🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

ފޯންކޯލް - 82 ވަނަ ބައިނަވީންގެ އަނެއް އަތްވަނީ އިނާގެ އަތުގެ އިނގިލިތަކާ ލާމެހިފައެވެ. ހިނދުކޮޅަކަށްވެސް ވަކިވާން ބޭނުން ނުވާ ކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށް އެކުގައި އާދެވުނު ގޮތަށް، ދެން އޮތްތަންވެސް، އެކުގައި ތަޙައްމަލު ކުރާނަމޭ ބުނާ ފަދައަކުންނެވެ. ތިބާ ހުރެއްޖެނަމަ، ދުނިޔޭގެ ކިތަންމެ ފުން ކަނޑެއްވެސް ހުރަސްކުރެވޭތޯ މަސައްކަތް ކުރާނަމޭ، އެކަކު އަނެކަކަށް ބުނާ ކަހަލައެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އުއްމީދު ނަގައެއް ނުލާނަމޭ ބުނަމުންނެވެ.

ވާހަކަ ތަކަކުން ނޫނެވެ. ވާ އަޙުދު ތަކަކާއި ވަޢުދުތަކަކުންވެސް ނޫނެވެ. ހިމޭންކަމުގެ ބަސް މޮށުމުންނެވެ.


** ** **  ** ** ** ** ** **

އުފާވެރި ކަމާއި ހިތްހަމަޖެހުމަކީ، އެކަން ހޯދަން މަސައްކަތް ކުރާ ބަޔަކަށް، ޔަގީންކަމާއެކު ލިބޭނެ ކަމެކެވެ. ލިބުން ފަހަރެއްގައި ލަސްވެދާނެއެވެ. އެކަމަކު އެއީ ހުރި ބަދު ނަސީބެއް ނޫނެވެ. އެއީ ފިޠުރަތުން އެބަޔަކަށް ލައްވަވާ ރަޙްމަތެކެވެ. އެހެނީ، ހިތްދަތި ކަމާއި އަނިޔާ އަކީ އެމީހާގެކިބައިގައި ނެތްކަމަށް ޔަގީންކޮށްގެން ހުރި ހިތްވަރު ނެރެދީ، ދިރިއުޅުމުގެ މައިދާނުގައި ޢަޒުމާއެކު ކުރިއަށް ދާން އެނގޭ ހިތްވަރުގަދަ މީހަކަށް އެމީހަކު ހަދައިދޭ ކަމެކެވެ. އެމީހާ އަކީ ހިތްތިރި، އަނެކުންގެ ޒަޚަމްތައް ފެނުމުން ތަދު އިހްސާސްވާ، އޯގާތެރިއަކަށް ހަދައިދޭ ކަމެކެވެ. ކެތްތެރިކަމުގެ ސިއްކަ ޖެހިފައިވާ މީހަކަށް އެމީހާ ހަދައިދޭ ކަމަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ހަނގުރާމަ ތަކެވެ. ކޮންމެ ދަތިއުނދަގުލެއްގެ ތެރެއިން ގޮސް ނުކުމެވޭ މަންޒިލަކީ، އުފާވެރި މަންޒިލަކަށް ހެދުމަކީ ޚުދު ތިމާގެ އަތްމަތީގައި އޮންނަ ކަމެކެވެ. އަބަދުވެސް ކޮންމެ ކަމެއްގައިވެސް 2 މަގު އޮންނައިރު، މަންޒިލް ޚިޔާރު ކުރާނީ ތިމާއެވެ.

މިއީ ނަވީނ ކިޔާފައިވާ އެކިއެކި އެތައް ފޮތަކުން ނަވީނަށް ފެނި، ނަވީނަށް ހިތުދަސްވެފައި ހުރި ވާހަކަތަކެކެވެ.  އޭރުވެސް މިހާރުވެސް ނަވީން ގަބޫލުކުރާ ހަގީގަތެކެވެ. އަމިއްލަ ޙަޔާތަށް މި ނަޒަރުން ބަލާލުމުން ނަވީނަށް ލިބިގެން ދަނީ ހިތްފުރިގެން އަންނަ ފަދަ އުފާވެރި ކަމެކެވެ. އޭނައަށް ޚިޔާރު ކުރެވުނީ ރަނގަޅު މަގުކަމުގެ ޔަގީންކަން ބޮޑުވެގެން ދެއެވެ.

ނަވީންގެ މިންނެތް މަސައްކަތުން، ވިސްނުންތެރިކަމާއި ކެތްތެރިކަމުގެ ސަބަބުން ނަވީންގެ އާއިލާއަށް، މިއަދު ހިތްހަމަޖެހުން ނޫންކަމެއް ނުވެއެވެ. ނަވީން އަކީ ކުޑަ އާއިލާއެއްގެ މެމްބަރެއް ކަމުގައި ވިޔަސް، މިއަދު އެއީ ގުޅިފައިވާ ތިން އާއިލާއެވެ. ނަވީންގެ އަމިއްލަ މައިންބަފައިންނާއި އިނާގެ އާއިލާއެވެ. އަދި ހަމަ އޭގެ ތެރޭގައި ޚާލިދުގެ  އެއްމާބަނޑު ދައްތަ ، މަރްޙޫމް ޚާލިދާގެ ޢާއިލާއެވެ. މިއަދު އެ އެންމެންނަކީވެސް އެއް އާއިލާއެއް ފަދައެވެ. މިކަމަށްޓަކައި އެ ދެ އާއިލާގެ އެންމެންވެސް އުފާކުރެއެވެ.

އިއްޔެ ނަވީންގެ މަންމައާއި ބައްދަލުކުރަން ގޮސްފައި އެގެއިން އައީ އެ އާއިލާއަށް ދަޢުވަތު ދީފައި ކަމަށްވާތީ، މިއަދަކީ ޚާލިދު އާއި ޚާލިދާގެ އާއިލާގެ ފަރާތުން ނަވީން ގެ އާއިލާއަށް މެންދުރުގެ ކެއުމެއް ދިނުމަށްޓަކައި އެތަކެއް ވައްތަރުގެ ކާއެއްޗެހި ހަދާ ދުވަހެކެވެ.

ސޯނިޔާ އާއި، ސޯފިޔާ، ޝީލާ އާއި ދިލްމާ ބަދިގޭގައި ހޭލަމޭލައަށް އެ އުޅެނީ މެންދުރުގަޑި ކައިރިވާތީ ކައްކައި ނިންމުމުގެ މަސައްކަތުގައެވެ. ކެއްކުމުގައި އެންމެ އިސްކޮށް އުޅެނީ ޝީލާ އާއި ދިލްމާ ކަމުގައި ވިޔަސް، އިނާގެ އެހީތެރިކަންވެސް ބަދިގެތެރެއަށް ބަރާބަރަށް ލިބެމުން ދިޔައެވެ. އިނާ އަކީ ޝީލާއެކޭ އެއްވަރަށް މީރުކޮށް މޮޅު ކެއުން ކައްކަން ދަންނަ މީހެއް ނަމަވެސް، މިއަދު އެންމެންވެސް ނިންމާފައި އޮތީ އިނާއަށް މާ ބުރަ ނުކުރުމަށެވެ. އުނދުން ދޮށަށް ނައިސް، ފަސޭހަ ގޮތެއްގައި ހަދާލެވޭނީ ފޮނި އެއްޗިއްސާއި ސަލަޑްތައް ކަމަށްވާތީ، އެ މަސައްކަތް ހަވާލުކުރީ އިނާއާއެވެ. 14 މީހަކަށް ކައްކާއިރު ހަތަރު ވައްތަރުގެ ފޮނި އެއްޗިހި ހެދުމުގައި އިނާ އުޅުނީ އެކަށީގެންވާ ވަރެއްގައި އަވަދި ނެތިއެވެ. އިނާއަށް މާ ބުރަނުކޮށް އެހީވާން ސޯފިޔާ އަށް ކިތަންމެ ގިނައިން ހަނދާންކޮށްދެވުނު ނަމަވެސް، ގިނަ ފަހަރަށް ސޯފިޔާ އިންނަނީ ކޮންމެވެސް ފޯނެއްގައެވެ. އެކަމަކުވެސް ނުރުހުމެއް ނެތެވެ.

"ނަވީން މަންމައަކީ ނުލާހިކު ފާޑުވެރިޔެއް. އެއްވެސް ކަމެއް ގޯސްކޮށް ހުރެއްޖެއްޔާ ނަޖްމާއްތަގެ ލޮލަށް ސިއްރެއް ނުވާނެ. ވަރަށް ފަރުވާތެރިވާން ވާނެ...." މެންދުރު އެކެއް ޖަހަންވާއިރަށް، ނަވީންގެ އާއިލާ އަންނާތީ، ކާކޮޓަރީގެ އެ ބޮޑު މޭޒުމަތީގައި 9 ވައްތަރެއްގެ ކެއުން އަތުރަމުން ޝީލާ ބުނެލިއެވެ. ހަގީގަތުގައިވެސް ޝީލާގެ ހުރިހާ ސަމާލުކަމެއް ދީގެން އުޅެނީ ނަޖްމާގެ ލޮލުގައި އަޅައިގެންފާނެ ކުށެއް ފެނިޔަ ނުދިނުމަށެވެ.

"ހެހެހެހެހެ..... ޝީލާއްތަ ނަވީން މަންމައަށް ނަޖްމާއްތަ ކިޔަންފެށީ ކޮންއިރަކު؟ " ކާކޮޓަރީގައި ހުރެފައި ނިކުތް ޝީލާގެ ފަހަތުން އައިސް ބަދިގެއަށް ވަން ސޯފިޔާއަށް ހަމަ ނުހިފެހެއްޓިގެން ހީގަނެވުނީއެވެ. ބަދިގެތެރޭގައި ހުރި ސޯނިޔާ އާއި ދިލްމާއަށްވެސް ޝީލާއްތައާއި ދިމާލަށް ބަލާލެވުނީ ހިނިއައިސްފައެވެ. އެ ހުނުން ނުދައްކަންވެގެން އެތަނުން ނުކުމެގެން ދިޔައީ އިނާއެވެ.

"ކީއްތަވީ. ތިމާއަށްވުރެ ބޮޑެތި މީހުންނަށް ކިޔަންވާނީ ދައްތަ ބޭބެ ނޫންތަ؟" ޝީލާވެސް ގަދަ ކޮށްލިއެވެ.
"އެކަމަކު ދެން....ރޭގަ ވިއްޔާ ރައްޓެހިވީ. މިހާއަވަހަށް ދައްތަ ކިޔަން ފެށީމަ...." ސޯފިޔާ ހެނީއެވެ. އޭނައަށް އެކަން ވީ މަޖަލަކަށެވެ.

"ތި ހިފައިގެން އާދެބަލަ...."ހިފައިގެން ހުރި ޓިޝޫތަކުން ސޯފީގެ އަތުގަ ޖަހާލާފައި މިހެން ބުނެފައި ސޯނިޔާ އަނެއްކާވެސް ގޮސް ކާކޮޓަރިއަށް ވަދެއްޖެއެވެ.

"މިއަދު  "ނަޖްމާއްތަ" އަށް އެނގޭނެ އިނާ އަކީ ކިހާ އަގުބޮޑު ޖަވާހިރެއްކަން. " ނަޖްމާގެ ނަމަށް ބާރު ލާފައި މިހެން ބުނެލީ ސޯފިޔާއެވެ.
ހިފައިގެން އައި ގްރީން ސަލަޑް އަޅާފައި ހުރި ބޮޑު ތަށި ގެނެސް، ފުރުޓް ސަލަޑްތަށި ކައިރީ ބަހައްޓަމުން  ސޯފިޔާ ދޯ ދިނީ ސޯނިޔާއަށެވެ. ވަކި އެއްޗެއް ނުބުނެ ސޯނިޔާވެސް ބަލާލީ އިނާއަށެވެ.
ކޮޓަރީގެ ފާރުކައިރީ ހުރި ކޮފީ މޭޒުމަތީގައި އަތުރާފައި ހުރި ބްލޫބެރީ ކަސްޓަރޑް ޕައި އާއި، ޗޮކްލެޓް ކްރީމް ކޭކް އާއި، ސޫޖީ އާއި، ކްރީމް ޕަފް ކޭކް ތައް އަޅާފައި ހުރި ތަބައްތައް ކައިރީ ، ތަށިތައް ބަހައްޓަން ހުރި އިނާ ހަމަ އަޅާވެސް ނުލާ ހުރީއެވެ.

"އިނާވެސް ކިޔާނީ ދެން މަންމަ ދޯ...؟" އިނާ އާއި ދިމާނުކޮށް ސޯފިޔާއަށް ނުހުރެވިގެން ސީދާގޮތެއްގައި އިނާއާއި ބެހިލިއެވެ.
"ދެން ސޯފީ......." އިނާގެ ދިފާޢުގައި ސޯނިޔާ ބުނެލިއެވެ.

"ހޫމް.....މަންމަ ކިޔާނީ." ސޯނިޔާ އެހެން ބުނިފަހުން އިނާ ބުނެލިއެވެ. ސޯފީ އެ ކުރާ ސަމާސާގައި އޭނަވެސް ބައިވެރިވެލީއެވެ.
"ރަނގަޅު ދެން. އެކަހަލަ މަންމައެއް އަހަންނަށްވެސް ލިބޭނެ ނަމަ ދޯ؟" ނުލަފާ ހިންޏަކުން ހިނިއައިސް ހުރެ ސޯފިޔާ ދިޔައީ އިނާ އާއި ދިމާކުރުމުގެ ގޮތުން އެކި އެއްޗެހި ކިޔަމުންނެވެ.

އެއީ އާއިލީ ލޯތްބެވެ. ގާތްކަމާއި އެކުވެރި ކަމެވެ. ސަމާސާއެވެ. ހިތަދޫގައި ގެ އަޅައިގެން އެމީހުންގެ ބޮޑުބެ އިނާ ގޮވައިގެން އައްޑުއަށް ބަދަލުވުމާއި ހަމައަށްވެސް އެ ތިން ބެއިންނަކީ ވެސް އެއްގެއެއްގެ ތެރޭގައި އެކަކަށް މަންމަ ކިޔައިގެން އުޅުނު، ތިން އަންހެން ކުދިންނެވެ. އަވަށްޓެރިންނާއި ފެންނަ ކޮންމެ މީހަކުވެސް އެ ތިންކުދިންނަށް މާތް ﷲ ދެއްވާފައިވާ އާދަޔާ ޚިލާފު ރީތި ސިފައަށް ތަޢުރީފް ކުރާ ފަދައިން އެ ތިން އަންހެންކުދިންގެ ގާތްކަމާއި އަޚްލާގް ރަނގަޅުވާހަކައަށް ތަޢުރީފް ކުރަމުންނެވެ.

** ** ** ** ** ** ** ** ** **

ތިން އާއިލާގެ ބައްދަލުވުން ވެގެން ދިޔައީ އެންމެންވެސް ހީކުރިހެން، ކޮންމެވެސް ވަރެއްގެ "ބީރައްޓެހިކަމެއް" އެކުލެވޭ ބައްދަލުވުމަކަށެވެ. އެ ދުރުކަމެއް، އެ ޖެހިލުންވުމެއް އެއް ދުވަހުން ފިލާނުދާނެކަން އެންމެންވެސް ގަބޫލު ކުރެއެވެ. ނަމަވެސް، ނަވީންއާއެކު ނަވީންގެ މަންމަ އާއި ބައްޕަ އެގެއަށް ވަން ވަގުތުން ފެށިގެން އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ އެގޮތް ނުދައްކާ ވޭތޯއެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރީ ވީހާވެސް ބީރައްޓެހިކަން ކުޑަގޮތަކަށް ރައްޓެހިކަން ދެއްކޭތޯއެވެ. ދުރުކަން ގާތް ކުރެވޭތޯއެވެ. އެކަން އެންމެ ފާޅުކަންބޮޑުގޮތެއްގައި ދައްކާފައި ވަނީ ނަވީންއެވެ.

"އަނހަނ...ހުސެންވެސް އެބައިނިން ދޯ..." އެންމެ ފުރަތަމަވެސް ނަވީން ސަލާމް ކުރީ ހުސެން އާއެވެ. ދަންނަތާ މާ ގިނަ ޒަމާންތަކެއް ނުވި ނަމަވެސް، ނަވީން އާއި ހުސެންގެދެމެދުގައި ވަނީ ވަރަށް ބޮޑު އިތުބާރެއް އެކަކު އަނެކަކަށް އުފެދިފައެވެ.

ރީތި ކޮންމެ ގުޅުމަކީ، އެ ގުޅުމެއް ފެންނަ ބަޔަކުވެސް، އެ ގުޅުމުގެ ވާހަކަ އަޑު އަހައިފި ބަޔަކުވެސް، ތިމާވެސް އެފަދަ ގުޅުމެއްގައި ވުމަށް އުއްމީދު ކުރާނެ ގުޅުމެކެވެ. އެ ދެމީހުންގެ އަނބިންނަކީ އެކަކު އަނެކަކަށް އެހާ އިތުބާރު ކުރާ، ލޯބިވާ ދެ ރަހްމަތްތެރިކަން އެނގޭތީ، އެ ރީތި ގުޅުން ފެނުމުން، ނަވީން އާއި ހުސެންގެ ދެމެދުގައިވެސް ވަނީ އެފަދަ ބަދަހި އެކުވެރިކަމެއް އުފެދިފައެވެ. މުސްތަގްބަލްގައި އެދެމީހުން ވާނީ ވަރަށް ގިނައިން ބައްދަލުވާ، ވަރަށް ގިނައިން ވާހަކަ ދެކެވޭ، އާއިލީ ކަންތައްތަކާބެހޭ ގޮތުން ވަރަށް ގިނަ ބަހުސްތައް ކުރަން ޖެހޭ ދެމީހުންކަން އެމީހުންނަށް މިހާރުވެސް އޮތީ ޔަގީންވެ ނިމިފައެވެ.

ތަފާތު ތިން އާއިލާއެކެވެ. އެހެންނަމަވެސް ތަނަވަސްކަމާއި ގަދަރާއި އިއްޒަތްތެރި ކަމުގައި ދާދި އެއްފެންވަރެއްގެ ތިން އާއިލާއެވެ. މިހުރިހާ ދުވަހު، ހިތްހަމަނުޖެހުމުގައި ދެފަރާތަކަށް މޫނުލައިގެން ތިބިނަމަވެސް، މިއަދު ކޮންމެ މީހަކުވެސް އެ އިނީ އަނެއްމީހާއާއި ކުރިމަތިލައިގެން އެއް މޭޒެއް ދޮށުން ކާށެވެ. އެއް އާއިލާއެއްފަދައިން އެކަކު އަނެކަކަށް އެކިއެކި އުފާވެރި ވާހަކަ ތަކެއް ދައްކަމުން، ކައްކާފައި ހުރި މޮޅު ކެއުންތަކަށް ތަޢުރީފް ކުރަމުން، އެންމެންވެސް ދުވަހުގެ މެންދުރުގެ ކެއުން ކަމުން ދިޔައީ ލުއި ހިތަކާއެކުގައެވެ. ޒަމާންތަކެއްވަންދެން ބޮލަށް ބަރުވެފައި ހުރި އެތަކެއް ފިކުރުތަކެއް ގޮސް އެންމެންނަށްވެސް ލިބިފައި ވަނީ ވަރަށް ބޮޑު ތަސައްލީއެކެވެ.

"އަހަރެންގެ ކައިވެނީގައި ނަވީންގެ އާއިލާގެ ރުހުން ލިބުނު ނަމަ އެދުވަހުވެސް ފެނުނީހީ މި އުފާވެރި ކަމެވެ." އުފަލުން ހިނިތުންވެ ތިބި އެތަކެއް މޫނުތަކަށް ބަލަން އިން އިނާ ހިތަށް އެރިއެވެ.

ކެއުން ނިމި، އެކަކު އަނެކަކަށް ސަލާމް ގަލާމްކޮށްފައި ވަކިވީ، މިފަދަ ބައްދަލުވުންތައް ގިނަގިނައިން ބޭއްވުމަށް ބޭނުންވާކަން ހާމަ ކުރަމުންނެވެ. ގިނަގިނައިން ބައްދަލުވުމަށް އެކަކު އަނެކަކަށް ދަޢުވަތު ދެމުންނެވެ. ވެދިޔަތަނުގެ ވާހަކަ އެކަކުވެސް ނުދައްކައެވެ. އެންމެންވެސް ދެއްކީ މާދަމައަށްޓަކައި ކުރާ ފޮނި އުއްމީދު ތަކުގެ ވާހަކައެވެ.
** ** ** ** ** ** ** ** **

އެދުވަހުގެ ހަވީރުގެ ވަގުތުގައި ސިޓިންރޫމްގައި އިށީނދެލައިގެން ތިބި ދިލްމާ އާއި އިނާ އާއި ސޯފީ ދައްކަމުން ދިޔައީ މީގެ 5 ދުވަސް ފަހުން، އަންނަ ހޮނިހިރު ދުވަހު އިނާ ފުރާތީ ވާހަކައެވެ.
"ދިލްވެސް ފުރަންތަ އިނާމެންނާއެކު...." ސޯފީ އެހިއެވެ.
"މަންމަ މިހާރުވެސް އުޅެނީ އަހަރެން ދާލެއް ލަސްވެގެން. ހިކޫވެސް އެވަރަށް ޝަކުވާ ކުރޭ." އޭނަ މިހާރުވެސް މަޑުކޮށްގެން މި ހުންނަނީ ޝީލާއްތަ އާއި ޚާލިދުބެ އޭނަ މަޑުކުރުމަށް އެދިފައި އޮތީމައެވެ. އެހެން ނޫންނަމަ މިހާރު އޭނަ ހިނގައްޖައީހެވެ.  

"އަޅެ ދެން ބޮޑުބެވެސް ކީއްކުރަން އައްޑޫގަ އުޅެނީ. މިގެ ކުޑައެއް ނޫނޭ އިނާމެން އުޅެން." އެއި އަބަދުވެސް ސޯފިޔާ މައްސަލަ ޖައްސާ ކަމެކެވެ. އެކަމަކު އުޅެންވާ ތަން އޮތީ ކަނޑައެޅި ނިމިފައެވެ. އެކަން ބަދަލު ނުކުރެވޭނެކަން ސޯފިޔާއަށްވެސް އެނގޭމެއެވެ.

"ދެން ސޯފީއަށް އާދެވޭނެނު...." އިނާ ބުނެލިއެވެ.
"ދެވޭނެ. އެކަމަކު ދެން މާލޭގަ އުޅޭނަމަ ވާގޮތެއް ނުވާނެނު....އެކަމަކު އައްޑުއަށް ހާދަ ދާހިތްވެސް ވެޔޭ. ގޮއްސިއްޔާ އަންނަ ހިތެއް ނުވޭ." ސޯފީގެ ޚިޔާލަށް އަންނަ ވާހަކައެއް ދައްކަމުން ދިޔައެވެ.
"ދެން ކޮން ވާހަކައެއް ތި ދައްކަނީ...ފްލައިޓްގަ ވާ ވަގުތުކޮޅުގެ ޝަކުވާ ދޯ ތި ކުރަނީ؟" ދިލްމާގެ މި ވާހަކައަށް އިނާވެސް ހީލިއެވެ. އެއީ ތެދެކެވެ. ހަގީގަތުގައިވެސް ސޯފިޔާ ކުރާ ޝަކުވާ އަކީ އެއީކަން އިނާއަށްވެސް އެނގެއެވެ. އެވަރުވެސް ސޯފީއަށް ލަސްވަނީއެވެ.

"އޭއި ތިއެއް ނޫނޭ....އަހަރެން ހިތަށް އަރާ ނަޖްމާއްތަ ކުއްލިއަކަށް އެހާ ބަދަލުވީ ކިހިނެއްބާއޭ؟" އެމައުޟޫއިން މުޅިން ބޭރު ސުވާލެއް ސޯފިޔާ ކޮށްލިއެވެ.
"ތި ކޮން ވާހަކައެއް....؟" ދިލްމާއަށް ހީކުރެވުނީ ކުރިން ދައްކަމުން ދިޔަ ވާހަކައިން ކުރި ނުލިބުމުން ސޯފިޔާ އެ މައުޟޫޢު ބަދަލު ކޮށްލީ ކަމަށެވެ.
"ނޫނޭ ސީރިއަސް....އެހާ ދަގަނޑުކޮށް ހުރެފަ ކުއްލިއަކަށް ކިހިނެއް މިވީ. ޕްރެގް ވާހަކަ ބުނީމަ ވީގޮތެއް ކަންނޭނގެ ދޯ؟ ނަޖްމާއްތަވެސް ބޭނުންވާނެނު މާމަ ކުއްޖެއް." ކުރި ސުވާލުގެ ޖަވާބު ލިބިގަތީވެސް ސޯފީ އަމިއްލައަށެވެ.

"ނަވީން ބުނީ ބައްޕަ މަންމައާއި ވާހަކަ ދެއްކީއޭ... ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިގެން ބައްޕަ ވާހަކަ ދެއްކީމަޔޭ ބުނީ މަންމަ..." އަތުގަ އޮތް ޓީވީ ގައިޑް ބަލަން އިނދެ އިނާ ވާހަކަ ދެއްކިއެވެ.
"ދެއްކީމަ މަންމަ ގޮތް ދޫކުރީ ދޯ....އޭރުވެސް ހިތަށްއެރިއޭ ތިކަހަލަ ގޮތެއް ނުވެއެއް ނަޖްމާއްތަ ބަދަލެއް ނުވާނެޔޭ." ސޯފީ އެ ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ކާމިޔާބެއް ލިބުމުން ޖަހާލާ ކަހަލަ ގޮތަކަށް ގޮނޑީގެ އަތްގަނޑުގައި ޖަހާލަމުންނެވެ.

"ދެން މައްސަލައެއް ނެތްތާ...މިހާރު ހުރިހާ ކަމެއް ރަނގަޅެއްނު..." އެ ވާހަކަ އެގޮތަށް ސޯފީ ދެއްކުމުން، އިނާއަށް ނުތަނަވަސްކަމެއް ލިބިދާނެތީ ދިލްމާ ބެލީ އެ ވާހަކަ ހުއްޓުވާލެވޭތޯއެވެ.
"ނަޖްމާއްތަ އަދިވެސް ހާދަ ރީއްޗޭ ދޯ؟ އާނދެން އެކަން އެނގެން ޖެހޭނެ ދޯ އެހެރީ ވިއްޔާ ނަވީންވެސް ރީތިކަން...." އަނެއްކާވެސް ސޯފިޔާ އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކިއެވެ.

"އަހަންނަށް ފެންނަނީ އެއްވެސް ސުވާލެއް ނުކުރާން. ހުރިހާ ސުވާލެއްގެ ޖަވާބުވެސް އެބަ އެނގެއެއްނު ސޯފީއަށް." ސޯފީއާއި ދިމާލަށް ހީލަމުން ދިލްމާ މިހެން ބުނުމުން އިނާ ގާތަށްވެސް ލުއި ހިންޏެއް އައެވެ.

"ދޮންތަ އަންނަންދެން ކޮއްކޮ އުރާލަބަލަ..." އެ ފްލޯރއަށް އައިސް ވަން ސޯނިޔާ ، އޭނަގެ އުރުގައި އިން ކުޑަ ކުޑަ ރަޔާން ދިއްކޮށްލީ އިނާ އަތަށެވެ.
"ދޮންތާ އިނާ ކައިރީ ބުނޭ ވިހަން މިކޮޅަށް އަންނާށޭ...." ސޯނިޔާ ފެނުމާއެކު ސޯފިޔާ ބުނެފިއެވެ.
"އެޔޯ.....އިނާ އެއްނު އޭގަ ގޮތެއް ނިންމާނީ. ދޮންތައަކަށް ނޭނގޭނެ..." ރަޔާން ދީފައި ސޯނިޔާ ހިނގައިގަތެވެ.

"އަހަންނަށް އެނގެޔޭ...." ސޯފިޔާ ބުނަން އުޅުނު އެއްޗެއް މިހިސާބުން ހުއްޓާލަން ޖެހުނީ ދޮރުމަތިން ނަވީން ފެނުމުންނެވެ.

"ކޯޗެއް އެނގެނީ....؟" ނަވީންވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.
އާއިލާގެ އެންމެންނަކީވެސް ސޯފިޔާ އާއި ސަމާސާކޮށް ހަދާ މީހުންނެވެ. ސޯފިޔާއަކީވެސް އެންމެންނާވެސް ފަސް ޖެހުމެއް ނެތި ކޮންމެ ވާހަކައެއްވެސް ދައްކާ މީހަކަށް ވާތީ، ނަވީންއަށްވެސް ސޯފިޔާ އާއި ވާހަކަ ދައްކަން ވަރަށް ފަސޭހައެވެ.

"މިބުނަނީ އިނާ ވިހަން މިކޮޅަށް އަންނާށޭ. އެކަމަކު ހަމަ އަނގައިންވެސް ނުބުނެ އެ އިންނަނީ...." ސޯފިޔާ ޝަކުވާ ކޮށްލިއެވެ.
"އެ ތެދެއް....؟" އިނާ އިށީނދެ އިން ދިގު ސޯފާގައި، އިނާކައިރީ އިށީނދެ ލެނގޭތަނުގައި އަތް އަޅުވާލަމުން ނަވީންވެސް ސޯފިޔާގެ ޝަކުވާއަށް އިސްކަންދޭގޮތް ދެއްކިނަމަވެސް ނަވީންގެ ސަމާލުކަން ހުރީ ކުޑަ ރަޔާން އަށެވެ. ރަޔާންގެ އަނގައަށް ލައިގެން އިން އިނގިލި ދުރުކުރަން ނަވީން މަސައްކަތް ކުރަމުން ދިޔައެވެ.

"ވިހަންވަންދެން ހުންނާނީ އެކޮޅުގަތާ....ދެން އަށްމަސްވަރު ވެލީމަ އަންނަންވީނު މިކޮޅަށް." ސޯފިޔާއަށް އަދިވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބޭތީ ސޯފިޔާއަށް ދިޔައީ އުނދަގޫ ވަމުންނެވެ.
"އަށްމަސް ވީމަ ފްލައިޓަކަށް ނާރުވާނެ. " ސޯފީއަށް ހަނދާން ކޮށްދިނުމުގެ ގޮތުން ދިލްމާބުނެލިއެވެ.

"ކިހިނެއް އެނގެނީ....މިހާރު ރަށަށް ދިޔަޔަސް، އިނާ ހުންނާނީ މާލޭގައި ކަންނޭނގެ އެ ދުވަސް އަންނަންދެންވެސް..." ނަވީން މި ބުނި ބަހުގައި ހަރުދަނާ ގޮތެއް ހުއްޓެވެ. މިހާރުވެސް އެކަން އޮތީ އެހެން ނިންމާފައި ކަހަލައެވެ.

"ހަމަ އަސްލުތަ؟" ސޯފިޔާ އުފަލުން ތެޅިގަތެވެ. އިނާއަށް ހައިރާންވެފައި ބަލާލެވުނީ ނަވީނަށެވެ.
"ހަމަ ވެދާނެ.........." ސޯފީއަށް ޖަވާބު ދިން ނަމަވެސް، ނަވީން އަނެއްކާވެސް ރަޔާން އާއި ތޮޅެލިއެވެ.

"އެހެން ހަދައްޗޭ....އެންމެން މިތިބީ މިކޮޅުގައެއްނު. ނަވީން މަންމަމެންވެސް..." ސޯފިޔާ ބޭނުންވާ ގޮތަށް އެކަން ނިންމާލެވޭތޯ ދެއްކެން އޮތްހާ ވާހަކައެއް ސޯފިޔާ ދައްކައެވެ.

"ޚާލިދު މެން އެކަމަކު ތިބޭނީ އޭރުވެސް އެކޮޅުގައެއްނު...؟" ނަވީން ވިސްނާލިއެވެ.
"ޚާލިދުއޭ...؟ އެހެންތަ ނަވީން ކިޔަނީ...؟" ސޯފިޔާއަށް ސުވާލު ނުއުފެދޭގޮތަކަށް އެކައްޗެއްވެސް އެކަކަށްވެސް ނުބުނެވޭ ކަހަލައެވެ.

"ހޫމް...ކިހިނެއްވީ....؟" ނަވީން ހައިރާންވިއެވެ.

"ދެން އެކަމަކު....އިނާގެ ބައްޕައޭ އެއީ....ވަރަށް ހަޑި އެހެން ކީމަ....ނުކިޔާތި އެހެން. ބައްޕަ ކިޔާ...." ސޯފިޔާ އެބުނި އެއްޗަކާ އެދެމީހުންނަށް ހިތާހިތުން އެއްބަސްވެވުނު ނަމަވެސް، ސޯފިޔާގެ ކެރޭކަން ފެނި ދިލްމާ އާއި އިނާއަށް އިނދެވުނީ ވަރަށް ލަދުގަނެފައެވެ. އިސް އުފުލާ ނަވީން އާއި ދިމާލަށް ބަލަންވެސް އެ ދެމީހުންނަށް ނުކެރުނެވެ.

"އެހެންތަ....ވާގޮތަކީ....ކުރީއްސުރެ ރައްޓެއްސެއްގޮތަށް ދެކެވިފަ އޮތީމަ. އަނެއްކާ ޚާލިދު އަމިއްލައަށްވެސް ބުނެފަ އޮތީވެސް ޚާލިދު ކިޔާށޭ...." އިނާ ކައިރީގަ އިނާގެ ބައްޕަގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޚާލިދު ކިޔަން ޖެހޭތީ ޚުދު ނަވީނަށްވެސް ކޮށިގޮތެއް ހުރެއެވެ. އެހެންނަމަވެސް ބަދަލުކުރަން ހަމަ އުނދަގޫވަނީއެވެ.
ބައެއް އާދަތަކަކީ އައިބު ނުފެންނަ ، ބަދަލުކުރަންވެސް އުނދަގޫ އާދަތަކެއްކަން އެ އަޑު އަހަން ތިބި އިނާ އާއި ދިލްމާ ގަބޫލު ކުރި ނަމަވެސް ސޯފިޔާ އަށް އެ ވާހަކައާއި އެއްބަހެއް ނުވެވުނެވެ.

"އެކަމަކު މިހާރު ބޮޑުބެއަށް ކަމުނުދާނެކަން ޔަގީން. ދެން ބުނާކަށް ނުކެރޭނެތާ ޚާލިދު ނުކިޔާށޭ...ހެހެހެހެހެ" ސޯފިޔާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ.
"އާނ ދޯ.....؟" ނަވީންވެސް ހީލިއެވެ. އެކަމާއި ދޭތެރޭ ވިސްނާލަންވެއްޖެކަން ނަވީންވެސް ގަބޫލުކޮށްފިއެވެ.
ދިލްމާ އާއި އިނާ ތިބީ ކުރީއްސުރެން ހިނިތުންވެގެންކަމުން، ދެންވެސް މަޑުމަޑުން ތިބީއެވެ. އެ ދެއްކުނު ވާހަކައިން ފަހަރެއްގައި ނަވީން ލަދުގަނެފައި އިނދެދާނެތީ އެއިން އެކަކަށްވެސް ނަވީން އާއި ދިމާލަށް ބަލާކަށް ނުކެރުނެވެ. ސޯފީހާ ކެރޭ މީހުންނަށް އެދެމީހުން ނުވިއެވެ.

"ނަވީން ކޮބާ ކިހިނެއް މިހާރު ހަދަނީ. ދައްތަމެނާއެކު ދެވޭތަ އެކޮޅަށް..." ގޭތެރެއިން ނުކުމެގެން އައި ޝީލާއަށް އާދެވުނީ އެތަނުގައި ދައްކާނެ ވާހަކައެއް ނޭނގިފައި އެންމެންވެސް ހިމޭންވި ވަގުތަށެވެ.
"ދެވޭގޮތެއް ނުވި....އިނާއަށްވުރެ ކުރިން އެބަޖެހޭ އަހަރެން ކުޅުދުއްފުށްޓަށް ފުރަން..." ނަވީން އެ ދިނީ އެތަނުގައި ތިބި އެންމެންނަށްވެސް އާ މައުލޫމާތެކެވެ.

"އެހެންތަ....ކިހާ އަވަހަކަށް...؟" ޝީލާ އިށީނދެއްޖެއެވެ.
"މާދަމާ މެންދުރުފަހު...." އެހެން ބުނެލާފައި އެއަޑު އިވުމުން އިނާއަށް އައީ ކޮން ބަދަލެއްތޯ ބަލާލަން އިނާގެ މޫނަށް ނަވީން ބަލާލިއިރު ވީ އޭނަ ހީކުރިގޮތެވެ. އިނާ އިނީ ރަޔާން އަށް ބަލަހައްޓައިގެންނެވެ. އެކަމަކު ރަޔާންއަކަށް ސަމާލުކަމެއް ނެތެވެ.

"އެހެންތަ...ތިއީ ހާދަ ދެރަގޮތެކޭ...." ޝީލާވެސް ކަންބޮޑުވީ އިނާއާއި ދޭތެރޭގައެވެ.
"އަންނާނަން ދެމަސްފަހުން...." ނަވީން ޔަގީންކަން ދިނެވެ. ދެންވެސް އެކަކުވެސް އެކައްޗެއްވެސް ނުބުނެއެވެ. އެންމެންވެސް ވިސްނަމުން ދިޔައީ އެ ޚަބަރުން އިނާއަށް ލިބޭނެ ނުތަނަވަސްކަމާ ދޭތެރޭގައެވެ.
މިކަމާމެދުގައި ދިލްމާގެ ފިކުރު މާ ބޮޑުވިއެވެ. އިނާއާއެކު ނަވީން ރަށަށް ދާނެކަމަށް އިނާ އެހެރީ ވަރަށް ޔަގީންކޮށްގެންނެވެ. އެކަމާއި ބެހޭގޮތުން އޭނަ ކައިރީ ދައްކާފައި ހުރި ވާހަކަ އޭނަ ހަނދާން އެބަހުއްޓެވެ.

"އާނ ދެން ވަޒީފާވެސް މުހިއްމު ވާނެ. ބަލާތި އަވަހަށް އާދެވޭތޯ....ދިލްމާ....ގެއަށް ދާއިރު ޝީލާއްތަ ބުނާ ކަމެއް ކޮށްލަދީބަލަ އިނގޭ...އާދެބަލަ...." އެވާހަކަ އަކީ ނަވީން އާއި އިނާ ކުރިއަށް ގެންދަން ޖެހޭ ވާހަކަ އަކަށްވާތީ، އެ ހިސާބަށް އެ ވާހަކަ ޝީލާ ނިންމާލިއެވެ.
ޝީލާގެ ފަހަތުން ދިލްމާ ދިއުމުން އެވަގުތަކީ އެތަނުން ދާން ޖެހޭ ވަގުތެއްކަމަށް ދެކި، ރަޔާން އުރާލައިގެން ސޯފީވެސް ހިނގައްޖެއެވެ.
ނަވީން އާއި އިނާ އެކަނި ވެއްޖެއެވެ.

"ސައި ހަދަން...؟" އެމީހުން ތިބި ފްލޯރއިން ފައިބައިގެން ތިރީ ފްލޯރއަށް ދޮންތަ ކައިރިއަށް ސޯފިޔާ ދިއުމުން ނަވީން އާއި ދިމާލަށް އެނބުރިފައި އިނާ އަހާލިއެވެ.
"އުނހުނ....ނެތް ސައި ބޯހިތެއް. މިއަދު މެންދުރު އެވަރަށް ކެވުނީމަ ކަންނޭނގެ..." ސޯފާގައި ހަމަޖެހިލަމުން ނަވީން ޖަވާބު ދިނެވެ.

"ހިނގާ އޮށޯވެލަން ދާން....ބޮލަށް ފާޑެއްގެ ތަދެއްވެސް ވަދެފަ މިއަދު ހުންނަނީ..." ނިތްކުރިމަތީގައި ހިފައި އޮބާލަމުން ނަވީން ބުނެލިއެވެ. އިނާއަށް ބެލުނީ ނަވީންގެ މެރިފައިވާ ދެލޮލަށެވެ. ވަކި އެއްޗެއް ނުބުނެއެވެ.

"ކަމެއް އޮތިއްޔާ އިނާ މަޑުކޮށްލާ....އަހަރެން ބޭނުން އޮށޯވެލަން...." ކަންނެތް ގޮތަކަށް ތެދުވެ ހިންދެމިލުމާއެކު މޯޅިއަކަށްވެސް ދެމިލަމުން މިހެން ބުނެލާފައި އިނާގެ ކަންފަތްކައިރީގައި އަތުގެ ނުފުށުން ފިރުމާލިއެވެ.

ކަރުހިއްލައިގެން ނަވީންއާއި ދިމާލަށް ބަލަން އިން އިނާގެ ހަށިގަނޑަށް ލޮޅުމެއް އަރައިގެން ދިޔައީ ނަވީންގެ އިނގިލިތައް އިނާގެ ކަންފަތުގައި ބީހުނު ވަގުތުއެވެ. މުޅިހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ހިނގާލިހެން ހީވިއެވެ. ދެމީހުންގެ ތުންފަތްމަތިންވެސް މާނަވީ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

"އޯކޭ...ދަނީ...." އިނާއަށް ދެންމެ އެވީގޮތުން އޭނައަށް ލިބުނު މީރުކަން އިހްސާސްކުރުމުގެ މަގްޞަދުގައި އަދިވެސް އެއްފަހަރު އިނާގެ ކަންފަތުގައި ބީހިލާފައި ނަވީން ހިނގައިގަތެވެ.
އިނާ ހަމަ އިނީއެވެ.  ކޮންމެވެސް އެއްޗެއް ވިސްނާލަން އިންފަދައަކުންނެވެ.

އިރުކޮޅެއްފަހެވެ. އަލަމާރި ހުޅުވައިގެން ކޮންމެވެސް ކަމެއް ކުރަން ހުރި ނަވީން އަށް އަޑުއިވުނީ ކޮޓަރި ދޮރު ލެއްޕުނު އަޑެވެ. ބަލާލިއިރު އައިސް ވަނީ އިނާއެވެ.

"ނުދެވޭނެތަ ރަށަށް އަހަރެމެންނާއެކު...؟" ނަވީން ބަލަން ހުއްޓާ، މަޑުފިޔަވަޅުތަކެއް އަޅަމުން އައިސް އަލަމާރީގެ ހުޅުވާފައި ހުރި ފަރާތް ނޫން އަނެއްފަރާތު ދޮރުފަތުގައި ލެނގިލާފައި އިނާ މިހެން އަހާލީ ވަރަށް ދެރަވެފައެވެ. އަހަން ނައަހަން ހުރެފައި އަހާ ކަހަލަ ގޮތަކަށެވެ.

"ސޮރީ...ދެވޭނެ ގޮތެއް ވޭތޯ ވަރަށް މަސައްކަތް ކޮށްފަ މިއައީ...." އަލަމާރީގެ ހުޅުވާފައި ހުރި ދޮރުފަތް ލައްޕާލަމުން ނަވީން ޖަވާބު ދިނެވެ. މެންދުރު އެގެއިން ކައިގެން މަންމަމެނާއެކު ގެއަށް ގޮސްފައި މި ހޭދަވިހާ ވަގުތެއް އޭނަ ހޭދަކުރީ އޮފީހުގައެވެ.  އެކި އެކި ކަންތައް ހަމަޖައްސާ، ދެތިން ދުވަހަށްވެސް އިނާއާއެކު ރަށަށް ދެވޭނެ ގޮތެއް ވޭތޯއެވެ. އެކަމަކު އެކަމެއް ނުވިއެވެ.

އެއްވެސް އެއްޗެއް ނުބުނެ ނަވީންގެ މޫނަށް ބަލާލާފައި ދުރަށް ބަލަހައްޓައިގެން އިނާ ހަމަ ހުރީއެވެ. ނަވީން އެއްޗެއް ބުނަންދެން ހުރިކަހަލައެވެ.

"އާދެބަލަ....." އިނާގެ ކޮނޑުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.
"މިހާރު ނުދެވުނަސް އަދި ދެވޭނެ...." ނަވީނަށް ބުނެވުނީ މިހިސާބަށެވެ. އިނާ ވަގުތުން ސުވާލު ކުރުމުން ނަވީން ހުއްޓުނީއެވެ.

"ކޮން އިރަކުން...ބުނީމެއްނު ދެންމެ 2 މަސް ފަހުންނޭ ދެވޭނީ...؟" ނަވީން ނުލާ ދާކަށް އިނާ އެއްގޮތަކަށްވެސް ހިތެއް ނެއެދެއެވެ.

"އެއީ އެކޮޅުގެ ވަޒީފާ އެއްކޮށް ނިންމާފައި އަންނަން ޖެހޭ ދުވަސް. އެކަމަކު އެއަށްވުރެ ކުރިން އިނާ ބަލާ ދާނަމޭ." ނަވީން ޔަގީންކަން ދިނެވެ. އެހެން ބުނުމުން އިނާއަށް އުފަލެއް ލިބޭނެ ކަމަށް ނަވީނަށް ހީވިނަމަވެސް، އެ ވަޢުދަކުން އިނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އިނާއަށް އެއީ މުހިއްމު ވާހަކައަކަށްވެސް ނުވިއެވެ.

"އެއަށްވުރެ ކުރިން އިނާ ގެންނާނަމޭ މިކޮޅަށް. މަންމަ ކައިރީ ގޭގައި ހުންނާނީ." އިނާގެ ކޮނޑުވަށާލާ، ގަޔާ ކައިރިކޮށްލަމުން އުފަލާއެކު ނަވީން ބުނެލިއެވެ.
"އޭރުން ހަފްތާއަކު އެއްފަހަރުވެސް އާދެވިދާނެ މާލެ...އައްޑުއަށް ދިއުމަށްވުރެ ފަސޭހަވާނެ. އޭރުން ހަފްތާއަކު އެއްފަހަރު ދަރިފުޅާއި ދަރިފުޅުގެ މަންމަގެ ހާލުބަލަން ކައިރިއަށް އާދެވޭނެ....ކިހިނެއްވާނެ އެގޮތް..." އިނާގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލާވަރަށް މަޑުމަޑުން ނަވީން މިހެން ބުނީ، އިނާގެ ކުޑަކުޑަ ބަނޑުގައި ވަރަށް އޯގާތެރި އަތަކުން ފިރުމާލަމުންނެވެ.

"ނޫން......" އިނާ އޭނަގެ ބޯ ދުރަށް ޖައްސާލަމުން ނަވީން އެ ދެއްކި ވާހަކައަށް އިންކާރު ކުރިއެވެ.
"ނަވީން ނެތީސް އަދިއެއް ނުކެރޭނެ މަންމައާއެކު އުޅެން. އެހާ ރައްޓެއްސެއްވެސް ނުވާނެނު އަދި." އެއީ ޙަގީގަތުގައިވެސް އިނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ނަވީންއަށްވެސް އެކަން ގަބޫލު ކުރެވެއެވެ. އެކަމަކު ދުރުގައި އިނާ ބަހައްޓަން ހިތް ނެއެދޭތީ އެހެންވެސް ހަދަން ބޭނުން ވަނީއެވެ. މާލެ އާދެވޭ ކޮންމެ ފަހަރަކު އިނާއާއި ދިމާވާނީވެސް އޭރުންކަމަށް ވާތީއެވެ.
"ފުރަތަމަ ނަވީންއާއެކު މަންމަ ކައިރީ އުޅެލާފަ ފަހުން ދެން އުޅެވިދާނެ. މިހާރަކު އަދި ނުކެރޭނެ." އޭނަގެ ބަނޑުގައި ޖައްސާފައިވާ ނަވީންގެ އަތްތިލައިގެ މަތީގައި އަތްބާއްވާލަމުން އިނާ އެބުނީ އޭނަ ދެކޭ ގޮތެވެ.

"ނަވީން ބައްޕަވެސް އެރޭ ބުނި ނަވީން އެކޮޅުން އައީމަ އަންނަންވާނެޔޭ..." ނަވީން އެއްޗެއް ނުބުނެ އިންނާތީ އޭނަ ބުނި ބަސް ގަބޫލުކޮށްދިނުމުގެ މަގްޞަދުގައި، އިނާ މިވާހަކަވެސް ބުނެލިއެވެ.
"ކޮންއިރަކު އިނާއާއި ބައްޕަ ވާހަކަ ދެކެވުނީ.." އެއީ ނަވީން އަދި ނުދެނަހުރި ކަމެކެވެ.
"ރެއެއްނު ތިގެއަށް އަދި މިދިޔައީ. ރޭގަ އެތާ ފެންޑާމަތީގަ އިން އިރު ބައްޕަ ވަރަށް ގިނަ ވާހަކަ ދެއްކެވި. ނަވީން އޭރު މަންމަ އާއި ވާހަކަ ދައްކަން އެތެރޭގަ ހުއްޓާ." އިނާ ހަނދާންކޮށްދިނެވެ.
"އެހެންވީމަ ވަރަށް ވާހަކަ ދެކެވިފަތާ އޮންނާނީ ދޯ މިހާރު..." ނަވީން އުފާކުރިއެވެ. އޭނަގެ މަންމަ އާއި ބައްޕަގެ ރުހުން އިނާއަށް ލިބުނުކަން ޔަގީންވީއްސުރެ އޭނަގެ ހިތަށާ ސިކުނޑިއަށް ހާދަ ލުއިވެއްޖެއެވެ.

"ދެން ކިހިނެއް ހަދާނީ... އަހަރެން އެކަނި ދާންވީ ދޯ ދެން...؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް އިނާ އެހިއެވެ. އޭނަ ބޭނުންވަނީ އޭނަ އާއެކުގައި ނަވީން ރަށަށް ދިއުމަށެވެ.
"އެކަންޏެއް ނޫނެއްނު....މަންމަ ހުންނާނެ. ދިލްމާވެސް ހުންނާނެނު. ރައްޓެހި ނަރުސްކުދިންވެސް އުޅޭނެނު." އިނާއަށްވުރެ ބޮޑަށް، އިނާއާއެކު ދާން އޭނަ ބޭނުން ވެފައި އިން ނަމަވެސް، ނަވީން ވާހަކަ ދައްކަނީ އިނާ އިތުރަށް ދެރަނުކުރުމުގެ ގަސްދުގައެވެ.

"އެއީ ނަވީނެއް ނޫނޭ. ދެން އަޅާނުލާ....ދަނީ އަހަރެން...." ހިތްހަމަނުޖެހުމެއްގައި އެހެން ބުނެފައި ދިއުމަށްޓަކައި އިނާ ތެދުވެއްޖެއެވެ.
"އުނހުނ....މަޑުކުރޭ އަދި....." އިނާ ދުރަށް އުފުލި ފިޔަވަޅުތަކަށް ހުއްޓުން އައީ އިނާގެ އަތުގައި ހިފައި ނަވީން ހުއްޓުވުމުންނެވެ. އިނާވެސް ކޮންމެހެން ދާން ނުއުޅެއެވެ. އެކަމަކު އެނބުރި އައިސް އިށީންނާންވެސް ނޫޅެއެވެ.

އިނާ އަތުގައި ހިފައިގެން ގެނެސް ބައިންދަންޖެހުނީ ނަވީނަށެވެ. އެހެން ނަމަވެސް މިފަހަރު އެނދުގައެއް ނޫނެވެ. ނަވީންކައިރީ މަޑުކުރަން ނުވަތަ އިށީންނަންވެސް އިނާ އެއްވެސް މަސައްކަތެއް ނުކުރާތީ އިނާގެނެސް ނަވީން ބޭންދީ ނަވީން ބޭނުންވާ ތާކުއެވެ. ނަވީންގެ އެއްފައި މަތީގައެވެ.

"ދެރަވީތަ..؟ ލިސްން....އަސްލު ކުޅުދުއްފުށްޓަށްވެސް ގެންދެވިދާނެ. އެކަމަކު މިހާ އަވަހަށް ދަތުރުކުރުމަކީ ރަނގަޅުކަމެއް ނޫނޭ އަހަރެން މަންމަ ބުނި. ދެރަގޮތެއް ވެއްޖިއްޔާ މާ ދެރައެއްނު. މި ދުވަސްކޮޅު އިނާ ހުންނަން ރަނގަޅުވާނީވެސް އިނާ މަންމަ ކައިރީ. ރައްކާތެރިކަމާ އެއްވަރަށް ހިތްހަމަޖެހުންވެސް މުހިއްމުވާނެ." އިނާގެ މޫނުގައި ފިރުމަމުން އިނާ ރުއްސަން ނަވީން ވާހަކަ ދައްކަމުން ދިޔައެވެ.

"ހެހެހެހެހ.....މި ކިޔައިދެވެނީ އެންމެ ސީނިއަރ ލެވެލްގެ ނަރުހަކަށްކަންވެސް ހަނދާންނެތް." މިހަނދާން ވުމާއެކު ނަވީންގެ ގާތަށް ހިނިއައެވެ.
"ޔޫ ނޯވ އިޓް ބެޓަރ ދޭން މީ ލަވް." ނަވީން މަސައްކަތް ކުރަނީ އިނާ ރުއްސޭތޯއެވެ. އިނާ ހަމަ އެކައްޗެއްވެސް ނުބުނެ އިނީއެވެ.
"ދެމަސްފަހުން ގެންނާނީ އެއްކޮށް މިކޮޅަށް. އޭރުން ރެއާދުވާލު ހުރެދޭނަން..." އިނާއަށްޓަކައި ނަވީންއަށް އެހެރީ ފިދާވެވިފައިކަން ސާބިތު ވަމުން ދިޔައެވެ.
"ދެން ހޯދާނީ ގދ. އިންކަންނޭނގެ އޮފީހެއް...." ރެޔާދުވާލު ހުރެދޭނަމޭ ނަވީން ބުނި ނަމަވެސް އިނާއަށް އެ ވާހަކަ ގަބޫލު ކުރަން ފަސޭހައެއް ނުވިއެވެ.

"އުނހުނ....ދެން ނުދާނަން. ދަރިފުޅަށް އަހަރެއް ވީމަ ނޫނީ ދެން ރަށުން ބޭރަށް ނުދާނަން އެހާ ދިގު މުއްދަތަކަށް. ޕްރޮމިސް. އެގޮތަށް ފޮނުވަން އުޅެފިއްޔާ ދެން ޖެހޭނީ އިސްތިޢުފާ ދޭން." މިފަހަރު ނަވީން މިހެން ބުނި ވަރަށް ވަރުގަދަ ޢަޒުމަކާއެކުގައެވެ.
"ޝުއަރ....؟" އިނާއަށް ކުޑަހިތްހަމަޖެހުމެއް ލިބުނެވެ.

"ޕްރޮމިސް. އިރާދަކުރެއްވިއްޔާ މިބަސް ހިފަހައްޓާނަން. މިއީ ތެދުވެރި ފިރިއެއްކަން ދެންވެސް ސާބިތުކޮށްދޭނަން." އިނާއަށް ބޮޑު ވަޢުދެއްވެފަ، އަދި އިތުރަށް، މިއީ ތެދުވެރި ފިރިއެއްކަން ސާބިތުކޮށްދޭނަމޭ ބުނުމުން އިނާގެ ގާތަށްވެސް ލުއި ހިންޏެއް އައެވެ. ނަވީން އެހެން އެބުނީ ވެދިޔަ ކަންތަކަށް ނިސްބަތްކޮށްފައިކަން އިނާއަށްވެސް ނަވީނަށްވެސް އެނގެއެވެ.

"ނައު ސްމައިލް...." ފައިމަތީގައި އިށީނދެއިން އިނާގެ ހަށިގަނޑުގައި ދެއަތުން ވަށާލާ، އަދިވެސް ބޮޑަށް ނަވީން ކައިރިކޮށްލިއެވެ. އޭނަގެ މޫނަށް އިނާގެ ނޭވާގެ ބީހުން ލިބޭހާ ކައިރިއަށެވެ.
އިނާވެސް އޭނަގެ ދެއަތުގެ ހާރުން ނަވީންގެ ކަރުވަށާލިއެވެ. ދެހަށިގަނޑުގައި ޖަހާ ވިންދުގެ އިހްސާސް އެކަކު އަނެކަކަށް އިހްސާސް ކުރެވޭހާ މަސްހުނިވެލީ، އެއްވެސް ހުރަހެއް އެއްވެސް މަޖްބޫރެއް ނެތިއެވެ.

** ** ** ** **  (ނުނިމޭ) ** ** ** ** **

36 comments:

Sam = Story ge emme muhimmu suvaaluthakah javaabu dheefa dho sofffff.? thank u . u r too keen on everything u write. thanks. love it.

 

vvvvvvvvvvvvvv nice...ur the best of all

 

very nice... keep up the great work...

 

u never miss a thing dho. u have highlighted everything ...even humor. thanks fathisthari.v.salhi

 

Alhey..............haadha lobinney dho mihaaru inaaves ulheny....salhi.obi.

 

haadha molhey soff. nimeny dho

 

ibaaraaai kurumuga thivareh hama nei (sithoo)

 

Sofeeee v.majaa dho. eiy thi soff tha. noon dho. thi soff v.serious vaanehen heevanee.v.molhu aslukoh

 

salhi salhi. keep it up

 

oh mihaaru miannanee dhemeehunge rom bai dho, ekahala baithah gennanves haadha molhey ingey, varah reethi avahah genesdheynekamah heekuran (friender)

 

alhe sofaa.. this story is awesome.. mi vaahaka nimunyma haadha miss vaane ey inaa nd naveen mathin.. lurved dis story sofaa.. liyumun myhunge hiyy thakaa kulhelan thivareh neh sofaa..

 

soafee ulhey gothun hini aadhey, vaahakaiga hurihaa raha eh hurikan eba saabithuvey, ufalaai hithaama ummeedhaa inthizaaruge ithurun aailee gulhumaai laobi mi vaahakain eba feney. ufaa kuran ingey, adhives handhaan vanee soafeege majaa mizaaju. molhu ingey

 

varah salhi ingey Sofaa, hama varah salhi,,, alhe dhen ehaa dhuvas kohfa Inaa aa Navyn dhimaa veema enehka thi ulheny edhe love birds vaki kohlan tha? ehen nahadhabala...... heheeh,,, varah reethi ingey, aneh bai kiyaahiyvey varaha avahah.... plz hurry.... and adhives aneh vaahaka kiyaalevetne gotheh hadha eh nudhemehnu? bodaa nafsu?

 

super duper.. avahah nimmaaalaa. varah salhi

 

ooooooooooh!! no romance in this part? tooo bad :( ekamakuves hama bunelaanee this part is varah reethi ey.

 

"promise"
heeve naveen leem ge kanfaiy dhoshuga bunihen :P

salhi ingey.. you are the best dear <3

 

yaarey sofa.. kulhu dhiyaavejje,, geah varah vasdhuvi ingey ina mengeyga kehkkivas.. ekamaku naween fenuneema ladhun nukerunu dhaakkah :-{}

 

i felt evry single word. haadha molhey sofa.

heyonuvaane naweenu nufonuvaathi..
dhen ina akkah nuvaane ketheh.

naween nudhey nudhey nudhey nudhey

 

reethi,, ummmaaaaaaaah kobaa annehbai?

 

ina asluves e hedhumuga varah loabi.. naween ah ekani eh nuney mashaves ehen kahala feel eh vi ina fenuneema. nimmaalanee dho :(

 

iyye sure vaahak akiyan ulhe ulhe nuvi :(
vaahaka fennaakkah neiy :(

roe roe reyga duty ah ves nudhevunu
anhenun ehi kihiney hey vee
adam keekey bunaanee, ina aa hedhigeney bunefinama anhenun sad vaane ..

mivaahaka ah dhevilafaafa mihiree
alhey sofa haadha molhey
adam evves liyuntheri akkah mihen faadu nukiyan
ekamaku nukiyaa dhookohlevey varuge vaahaka eh nuney mee..

ehenvegen bunevunee adhives mihiree ready ga naween ge bai kulhedhen :P
haassakoh romantic bai
theehama best

 

Noooooo nudhey ina ekani konulaa. ina akkah nulheveyne nawee aa nula. ehaadhuvahu dhuruga hurefa dhen ekamaku sofa ehen nahadhabala. loabivanyaa vazeefaa dhookollan jehey haalathuga dhookuran jeheynee.. faisaa akkah dhacheh nuvaanehnnu ,, anehkka anaween ge ammila viyafaari ves ovey nu.. sofa naween nufonuvaa.. ina ah beynuvaane naween mivaguthu. please ehen nahadhaaaa.

 
Hafu / india

jab se tum mile ho, dil gaya hai kaam se
abb toh yeh dhadkata hai tumhare naam se
raat se din mil gaye hai, aur savera shaam se
(will miss you everyday...every second o naween
kyun na abb mile, roj hum...
i am gona miss you everday... o naween

 

salhi salhi salhi

 

oo loabivaa sofa.. you are too good at this tousand likes to thsi part. ummmmaaaaacheeeeeeees

 

waaaaaaaaaah! sofaa dhoooneee haadha molhey. heevee hama dining room ga indhevunuhen. naween nubuni dhw kaaechis meeruvaahakaves . million likes to this part

 

best story ever love ittttttttttttt

 

reethi ingey, thivareh neh. dhen kobaa aneh part. iyyega varah hoadhin dhemme dho up kuree? keeve reply nukuranee.

 

thee hama ajaaibeh fadha liyuntheri eh.mivaahaka nukiyuneema mihiree mood off vefa. ekamaku thanx a lot , obi hama .. love this story

 

great. best story ever. kobaa nae paatu

 

vaasaree vaaaaaaaaa!! saabahey buneveynee hama.. best vaahaka eh. lov to ina

 

varah salhi ingey mi bai.. lov it

 

thank u sofa....vara salhi hama vara salhi

 

alhe soff kobaa tha dhen in episode.. avahah up kohdhy..

 

best story ever.. thee hama emme best liyuntheriyaa ,, wellldone

 

ey alhe ninmaaleetha nuves engihutaa nimihje, dhen kon vaahakaeh othee new vaahakaeh avahah genesdhenchey ingey, (friender)

 

Post a Comment