"ގެއަށް ދާން.....ބައްޕަ ބުނީ އިނާއާއި އަހަރެން ދެމީހުން
އަންނާށޭ..." ބައްޕަ ގުޅާފަ ބުނި ގޮތުން ނަވީނަށް ލިބުނު ހާސްކަމުގައި،
ކުރިން އިނާ ދާން ޖެހޭކަމެއް ބުނެވިފައި ނެތެވެ. ތައްޔާރުވާށޭ ބުނުމުން އިނާ އެހާ
ހައިރާންވީ އެހެންވެގެންނެވެ.
"ކިހިނެއްވީ އަނެއްކާ....؟" އިނާއަށް އަނެއްކާވެސް ކުރެވުނީ
ސުވާލެކެވެ.
އާނއެކެވެ. ނުކުރެވޭނީ ކީއްވެހެއްޔެވެ؟ އޭނައަކީ ނަވީންގެ މަންމަ ރުހޭ
އަންހެންކުއްޖެއް ނޫނެވެ. ބައްޕަގެ ގޮތެއް ނޭނގެއެވެ. އެހެން ނަމަވެސް މިއަދާއި
ހަމައަށްވެސް، މި ކައިވެނި ކުރެވުނު ފަހުން އެގެއަށް ނަވީން އޭނަ ގެންގޮސްފައި
ނުވެއެވެ. އަދި ނަވީންގެ މަންމަވެސް ބައްޕަވެސް، އެގެއަށް އިނާ ގެނައުމަށްވެސް
ބުނެފައި ނުވެއެވެ. ވީއިރު.........؟
ވީއިރު މިއަދު އަނެއްކާ މިވީ ކީއްބާވައެވެ؟
"ބައްޕަ ބުނީ ކީކޭތަ...މި ބުނީ ނަވީން ބައްޕަ..." އިނާއަށް އެކަމާއި
ސުވާލު ނުކުރެވި ހުންނާނެ ހެއްޔެވެ. ؟ޔަގީން ނުކުރެވޭތީ އަދިވެސް އެހެނީއެވެ.
"ބައްޕަ ބުނީ އިހަށް މިވަގުތު އިނާ ބައްޕައާއި މަންމަ ނުގޮސް އަހަރެމެން
އަންނާށޭ. " އެނދުގެ މަގަތުފަރާތުގައި އިން ނަވީން އެނބުރި އިނާއަށް
ބަލާލާފައި ޖަވާބު ދިނެވެ.
"ނަވީން މަންމަ ހުންނާނެނު..." އިނާ އަނެއްކާވެސް ބުންޏްވެ.
"މަންމަ ހުރިނަމަ ހިއެއްނުވޭ ބައްޕަ އެގޮތަށް ބުނާނެހެން. ބައްޕަ
އިނާއާއި ކޮންމެވެސް މުހިއްމު ވާހަކައެއް ދައްކަން ކަންނޭނގެއެއްނު."
ވެގެންއުޅެނީ ކީއްކަން ނޭނގުނު ނަމަވެސް، ނަވީން ދެން ހަމަ ބުނެލީއެވެ.
"ބައްޕައަށް އެނގޭތަ....ޕްރެގްކަން...؟" އިނާ މިހެން އެހިއިރު
ކުޑަކޮށް ފަސް ޖެހެވުނެވެ.
"މަންމައަށް އެނގޭނެ.....ދެން ބައްޕަ ކައިރީ ނުބުނާ ކަމެއް ނޭނގެ.
އަވަސްކޮށްލާ....ނޭނގެ ވީ ކީއްކަމެއްވެސް..." ނަވީން ހުރީ އަވަހަށް ދާން
ބޭނުން ވެފައެވެ.
ދެމީހުންވެސް އަވަސްއަވަސް ކޮށްލައިގެން ނަވީންގެ ގެއަށް ދިއުމަށް ކާރު
ދުއްވާލިއެވެ. ގެއާއި ހަމައަށް ދެވެންދެން އިނާގެ އެއްވެސް މައްސަލައެއް ނެތް
ނަމަވެސް، ގެއަށް ވަންނަން ޖެހުމުން އިނާ ފަސްޖެހުނުތަން ނަވީނަށް ފެނުނެވެ.
"އާދޭ....ބައްޕައެއްނު ބުނީ. " ފަސްޖެހިފައި ހުރިތަން ފެނި ، އަތުގައި
ހިފުމަށް އަތް ދިއްކުރަމުން ނަވީން ވިސްނައިދިނެވެ. އިނާވެސް މަޑުމަޑުން އޭނަގެ
އަތްތިލަ ނަވީންގެ އަތްތިލައިގެ ތެރެއަށް ދިނެވެ.
ދޮރުން ވަދެވުމާއެކު ފެންޑާގައި ހުރި ބޮޑު ގޮނޑިތަކުން ގޮނޑިއެއްގައި ބައްޕަ
އިންތަން ނަވީނަށް ފެނުނެވެ. ކުޑަކޮށް ފަހަތަށް ޖެހިހުރި އިނާއަށް އަނެއްކާވެސް
އައުމަށް އިޝާރާތް ކުރިއެވެ.
ނަވީންމެން ފެނުމާއެކު އަލިމަނިކުވެސް ތެދުވަންނަވާފައި އިނާއަށް ސަލާމް
ކުރުމަށް ފެންޑާގެ މަގަތަށް ޖެހިލިއެވެ.
"އައްސަލާމް ޢަލައިކުމް އިނާ...." އިނާއަށް ވަކިން ޚާއްޞަ ގޮތަކަށް
އަލިމަނިކު ސަލާމް ކުރިއެވެ.
"ވަޢަލައިކުމުއްސަލާމް...." ދެއަތް ޖޯޑުކޮށް ސަލާމް ކުރުމަކާ
ނުލާވިޔަސް އިނާވެސް އެ ސަލާމް ބަލައިގަތީ ހިނިތުންވުމަކުންނެވެ.
"އިށީނދޭ އިށީނދޭ....ކޮބާ ޚާލިދުމެން....ބައްޕަ ގުޅިފަހުން ގުޅާފަ ބުނި
ވަރަށް ކައިރީގަޔޭ މިތިބީ. ބައްޕަ ބުނިން އެހެން ވިއްޔާ އަންނާށޭ."
އެތެރެއަށް ވަންނަން އިޝާރާތް ކުރަމުން އަލިމަނިކު ބުނުއްވިއެވެ.
ނަވީންވެސް އިނާވެސް ވަކި އެއްޗެއް ނުބުނެ ވަދެ އިށީނދެއްޖެއެވެ.
"ބައްޕަ ނަވީން ކައިރީ އަންނާށޭ ބުނީ .... ވެގެން ދިޔަ ކަންތައް ހަނދާން
ނައްތާލާފައި، އާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތެއް ކުރަންވެއްޖެއޭ ބުނަން."
އަލިމަނިކު މިހެން ބުނީ ނަވީން އާއި މުޚާޠަބް ކޮށެވެ.
"ދަރިފުޅުވެސް މި ނޫނަސް ދެތިންފަހަރު މާލެ އަތުވެއްޖައީމު، އެކަމަކު
އެއްވެސް ފަހަރެއްގައި ނަވީންގެ އާއިލާ އާއި ނަވީންގެ މަންމަ އާއި ބައްޕަ އާއި
ބައްދަލުވެފައި ނެތް. އޭރު ދެން ކަންތައް ހުރި ގޮތުން އެހެން ވިޔަސް، އަބަދު
އެހެން އެކަން ބާއްވައިގެން ކަމަކު ނުދާނެ....ނަވީން ކީއްވެ އެކަމަށް މަސައްކަތް
ނުކޮށް ކޮންމެ ފަހަރަކު އިނާ ތި ފުރުވާލަނީ؟" ސީދާ އިނާއާއި ދިމާލަށް އެނބުރި
އިނދެ ދައްކަން ފެށި ވާހަކައިގެ ފަހު ބައި އަމާޒުވީ ނަވީނަށެވެ.
"މިއަދު މެންދުރުވެސް އަޅުގަނޑު ގެއަށް އައިން. މަންމައާއި ވާހަކަ
ދެއްކޭތޯ މަސައްކަތް ކޮށްފަ އަޅުގަނޑު ދިޔައީ. އެކަމަކު މަންމަ..." ނަވީން
ބުނަން ފެށީ ޖުމްލަ ހުއްޓާލިއެވެ.
"މަންމަ މާ ރުޅިއައިސްފަ ދޯ...؟" ކުޑަކޮށް ހީލަމުން އަލިމަނިކު އެ
ޖުމްލަ ފުރިހަމަކޮށްލިއެވެ.
ޖަވާބުގައި އެކަކުވެސް އެކައްޗެކޭވެސް ނުބުނެއެވެ.
"މަންމައަށް ބައެއްފަހަރު އެހެން ވިސްނާނުލާ ކުށެއް ކުރެވިދާނެ.
އެކަމަކު އެކަމެއް ވިސްނުނީމަ ފާއިތުވެދިޔަ ތަން ވާނީ ހަނދާން ނައްތާލަން...ދަރިންނަށްވެސް
މައިންބަފައިންނަށްވެސް ކުށް ކުރެވޭނެ. އެކަމަކު ދެބައިމީހުންވެސް ވާނީ މަޢާފް
ކުރަން. ބައްޕައަށް ހީވަނީވެސް ބޮޑަށް މިހެން މިވީ، ނަވީން މީހަކާ އިނދެގެން
ދިޔައީމަ މަންމަ އެކަނިވެރިވާނެ ވަރު މަންމައަށް އެނގޭތީ، އެ ގޮތް
ނުދައްކާންވެގެން ކަންނޭނގެ....މަންމަގެ ހުރިހާވެސް ދަރިއަކީ ތިއީ. އެހެންވީމަ
ވީގޮތެއްހެން ބައްޕައަށް ހީވަނީ. މަންމައަށް ހީވެފައި އޮތީ ގެކައިރީ ކުއްޖަކާ
އިނީމަ އަބަދުވެސް މަންމަ ކައިރީ އެ ކުއްޖަކު ހުންނާނެއޭ ކަންނޭގެ ދޯ. ނޫނީ
ނަވީންވެސް ދުރަށް ނުދާނެއޭ ކަންނޭނގެ...." އަލިމަނިކު މިބުނި އެއްޗަށް
އެކަކުވެސް އެއްޗެއް ނުބުނެއެވެ. އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި މަޑުމަޑުން
ތިބީއެވެ.
މަންމަ ބުނެގެން ނަވީންމެން މިގެނައީ....ދޭބަލަ ނަވީން މަންމަ
ކައިރިއަށް.....މަންމަ އެބައުޅޭ ކޮޓަރީގަ...." އަލިމަނިކު މި ބުނި އެއްޗަކުން
ނަވީން އާއި އިނާއަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
"ފުރަތަމަ ނަވީން ދޭބަލަ މަންމަ ކައިރިއަށް. މަންމަ ވަރަށް ދެރަވެފަ
ހުރީ. ނަވީން ދިޔައީމަ ރަނގަޅުވާނީވެސް." އެއްޗެއް ނުބުނެ ނަވީން އިންނާތީ
އަލިމަނިކު އަނެއްކާވެސް ބުނުއްވައިފިއެވެ.
ނަވީންގެ ކަންފަތަކަށް ގަބޫލެއް ނުކުރެވެއެވެ. މީގެ ހަތަރުވަރަކަށް ގަޑިއިރު
ކުރިން އޭނަ މިގެއަށް އައެވެ. މަންމަ އާއި ވާހަކަވެސް ދެއްކިއެވެ. އެހެންނަމަވެސް
އޭނަ ނިކުމެގެން ދާން ޖެހުނީ ނާއުއްމީދު ވެގެންނެވެ.
މިވީ އަނެއްކާ ކިހިނެއް ބާވައެވެ.
"ދޭބަލަ ދޭބަލަ...މަންމަ ދައްކަން ހުރި ވާހަކަވެސް އަޑުއަހާލީމައެއްނު
އެނގޭނީ...." ނަވީން ތެދުވުމުން، އަވަހަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން
އަލިމަނިކު މިހެން ބުނުއްވިއެވެ.
ނަވީން ގޮސް މަންމަގެ ކޮޓަރީ ދޮރުމައްޗަށް އެރިއިރު، ދޮރު ހުރީވެސް އެއްކޮށް
ހުޅުވާފައެވެ. ގޭގައި ގެންގުޅޭ އަންހެންކުއްޖާވެސް ފެންތަށްޓެއް ހިފައިގެން ގޮސް
އެ ކޮޓަރިއަށް ވަންނަން ދިޔައި ނަވީންގެ ފަހަތުންނެވެ.
ނަވީން ބަލާލިއެވެ. މަންމަ އިނީ ކޮޓަރީގައި ހުރި ކުޑަ ސޯފާގައި
އިށީނދެލައިގެންނެވެ. ގޮނޑީގެ އަތްގަނޑުގައި ޖައްސާލި އަތުގައި ދަތްދޮޅި
ވިއްދައިގެން އިން މަންމަ އިނީ ފިކުރު ބޮޑުވެފައިކަން ދާދި ފަސޭހައިން ނަވީނަށް
އެނގުނެވެ.
"މަންމާ....." އެތެރެއަށް ވަދެގެން ގޮސް މަންމަ ކުރިމައްޗަށް
ހުއްޓިފައި ނަވީން ގޮވާލިއެވެ.
ނަޖްމާގެ ކަންފަތުގައި ނަވީން އަޑު ޖެހމާއެކު ސިހިފައި ބަލާލިއެވެ.
"މަންމަ ބަލިވީތަ....؟" ނަވީނަށް ހީވިގޮތާއިބެހޭ ގޮތުން ނަވީން
ސުވާލު ކުރިއެވެ. ނަޖްމާގެ ނިތްކުރީގައި އަތް ޖައްސާލަމުންނެވެ.
"ނޫނޭ........" ނަވީންގެ އަތުގައި ހިފައި ހުއްޓުވަމުން ނަޖްމާ
ބުނެލިއެވެ. މަޑު އަޑަކކުންނެވެ.
"ދަރިފުޅާ މަންމައަށް މަޢާފް ކުރޭ...." ނަވީންގެ ހަރަކާތް ހުއްޓުނު
ކަހަލައެވެ. އެއީ އޭނަގެ މަންމަގެ އަނގައިން ބުނާ އަޑު އިވޭނެކަމަށް އޭނަ
އުއްމީދުކުރި އަޑެއް ނޫނެވެ. އެހާ އަވަހަށް އެހެން ބުނެވުނީ ކިހިނެއްހެއްޔެވެ؟
ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އިނާއަށް ފުރުޞަތު ދިނުމަށް އޭނަ އެދުނީ
މީގެ ހަތަރުވަރަކަށް ގަޑިއިރު ކުރިންނެވެ. އެފަހަރު މަންމަ ދިން ޖަވާބު އަދި
އޭނަގެ ކަންފަތުން ނުފިލައެވެ.
"ކޮންކަމަކަށް މަންމާ..." އޭނަގެ އަތުގެ މުލައްދަނޑިގައި
ހިފަހައްޓައިގެން އިން މަންމައާއި ދުރަށް ދާން އެއްވެސް މަސައްކަތެއް ނުކޮށްހުރެ
ނަވީން އަހާލިއެވެ. އޭނަ އެކުރި ސުވާލުގެ ޖަވާބު ކޮންމެވެސް ވަރަކަށް
އެނގިހުރެއެވެ. އެހެން ނަމަވެސް މަންމަގެ އަނގައިން އަޑުއިވުމުން ނޫނީ ޔަގީންކުރަން
ނުކެރިފައި ހުރެއެވެ.
"މިތާ އިށީނދެބަލަ...." ނަޖްމާ އިށީނދެ އިން ގޮނޑީގެ އަރިމަތިން
ހުރި ތިރި މޭޒުގައި އަތްޖައްސާލާފައި ނަޖްމާ އެދުނެވެ. ނަވީންވެސް އެތާގައި
އިށީދެއްޖެއެވެ. މަންމަ ބުނަން އެ އުޅޭ އެއްޗެއް ސަމާލުވެ އަޑުއެހުމުގެ
ބޭނުމުގައެވެ.
"ބައްޕަ ދަރިފުޅަށް ލައްކަ ވާހަކަތައް ކިޔައިދީފި ދޯ އިއްޔެއާއި ރޭގަ؟ މަންމަ އަށް އެނގޭ އެކަން....މިހާރު ދަރިފުޅަށް ނޯޅޭނެ މަންމައަށް އިނާއާއި ދޭތެރޭ އެގޮތަށް ކަންތައް
ކުރެވުނީ ކީއްވެގެންކަން. ހަގީގަތުގަ، އެ ސަބަބުތަކަށްވުރެވެސް ބޮޑަށް މަންމަ
ބޭނުންވީ ލީނާ އާއި ދަރިފުޅުގެ ކައިވެނި ވާން. އެ ހުވަފެން މަންމަ ދެކެނީ ލީނާ މި
ދުނިޔެއަށް އައީއްސުރެ. ދަރިފުޅަށް އެކަން ނޭނގުނަސް އަވަށްޓެރިންނަށާއި
ދަރިފުޅުގެ ބައްޕައަށް އެކަން އެނގޭނެ. މި މަންމަ ލީނާ ގެންގުޅުނީ
އެދުވަހުއްސުރެވެސް މިގޭ ޅީދަރިއެއްކަމަށް ދެކިގެން." ނަޖްމާ ވާހަކަ ދައްކަމުން
ދިޔައީ ކުރެވުނު ކުށަށް އިޢުތިރާފް ވާ އަޑަކުންނެވެ.
"އެކަމަކު މަންމަ ކީއްވެ އެގޮތަށް ވިސްނަންވީ......؟" ނަވީނަށް
އެހެން ނައަހައެއް ނުހުރެވުނެވެ. އެއީ އަބަދުވެސް އޭނަ އަހާ ސުވާލެކެވެ.
"ފަހަރެއްގަ ވެދާނެ ލީނާގެ އެކަނިވެރިކަން މަންމައަށް އެނގޭތީކަމަށްވެސް....މަންމައެއް
ހުރި ކުއްޖެއް ނޫން. މަންމައެއް ލޮލުން ދުށް ކުއްޖެއްވެސް ނޫން. ފަހަރެއްގަ ވެދާނެ
އެހެންވީމަކަމަށްވެސް. މަންމައަށް އަންހެން ދަރިއަކު ނެތުމުގެ އިހްސާސުން ނެރެދިނީ
ލީނާ ކަމަށްވެސް. މަންމަގެ ބަނޑުން އުފަން ނުވިޔަސް މަންމައަށް ހީކުރެވިފައޮތީ
އެއީ ހަމަ މަންމަގެ ދަރިއެކޭ...." ނަޖްމާ މެދުކަނޑާލި ނަމަވެސް ނަވީން ދިޔައީ
އަޑު އަހަމުންނެވެ.
ބައެއްފަހަރު މަންމަ އާއި ދިމާލަށް ބަލަމުންނެވެ. އަނެއްބައިފަހަރު އިސް
އޮބައިގެން އިނދެގެންނެވެ. މަންމަގެ
ދުލުން އެހުރިހާ ވާހަކައެއް ދެއްކުމަކީ މަންމައަށް ކިހާ ދަތިކަމެއްކަން ނަވީނަށް
އެނގެއެވެ. އެހެންނަމަވެސް، މަންމަ އަމިއްލައަށް އެ ވާހަކަ ތައް ދައްކަން
ފަށައިގެން އެ އުޅެނީ ޚުދު މަންމަގެ ހިތަށް ތަސައްލީއެއް ބޭނުންވާތީކަން ނަވީނަށް
އެނގޭތީ، ނަވީން ބޭނުންވީ މަންމަ ދައްކަން ބޭނުންހާ ވާހަކައެއް ދައްކައި ނިމެންދެން
އަޑުއަހަން އިންނާށެވެ. މަންމަގެ ހިތަށް ލުޔެއް ލިބޭނީ އެވާހަކަތައް މަންމަ
ދައްކަން ބޭނުން ވަރަކަށް ދައްކަން ފުރުޞަތު ދީގެންނެވެ.
"ދަރިފުޅުމެން ޒުވާން ވެގެން އައިއިރު، މަންމަ ތި ދެކުދިންނަށް ކަންތައް
ކޮށްދިނީ ހަމަ އެއް އުސޫލަކުން. އެހެން ބައްޕައެއްގެ އެހެން އާއިލާއެއްގެ
ކުއްޖެއްވިޔަސް، ލީނާއަށްވެސް މަންމަ އައީ ހަމަ ދަރިއެއްގޮތަށް ކަންތައް ކުރަމުން.
ލީނާގެ ހުރިހާ ޚަރަދެއްވެސް ބެލެހެއްޓީ ލީނާ ބައްޕަ. އެކަމަކު އެ އަންހެންކުއްޖާގެ
ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް ގޮތް ނިންމީ މި މަންމަ. ސްކޫލަށް ދިޔަ
ދުވަސްވަރުވެސް، ލާނެ ހެދުންވެސް، ކާނެ ކާއެއްޗެހިވެސް، ދާ ތަންތަންވެސް، ހުރިހާ
ކަމެއް އެ ކުއްޖާ ބޮޑުވަންދެން ކުރީ މަންމަ. އެއްމެ ދުވަހަކުވެސް ހިތަކު ނެތް ލީނާ
އާއި މަންމަ ވަކިވާން ޖެހިދާނެއެކޭ...." ނަޖްމާ ވާހަކަ ދައްކަމުން ދިޔައެވެ.
"މަންމަ ލީނާއާއި ވަކިވާކަށް ނުޖެހޭނެޔޭ އަހަރެން ކައިވެންޏެއް
ކުރިޔަސް. ހަމަ ކުރިއެކޭ އެއްގޮތަށް މަންމައަށް ލީނާއާއެކު އުޅެވޭނެ. އަހަރެންވެސް
ބޭނުމެއް ނޫން މަންމަ އެކަނި ކޮށްލާކަށް އިނާއާއި މަންމަ ނުރުހުނަސް އެއީ
މައްސަލައެއް ނޫން. މަންމައާއެކު ލީނާ ހުރެދޭނެކަމުގެ ޔަގީންކަން
އެބައޮތް..." ނަވީން އަވަހަށް ޔަގީންކަން ދިނެވެ. ހަގީގަތުގައިވެސް، އޭނައާއި
ނުގަބޫލުވެ އޭނަގެ އަންހެނުންނާއި މަންމަ ނުގަބޫލުވިޔަސް، މަންމައަށް ދެރައެއް
ލިބޭކަށް އޭނައަށް ނެއެދެވޭނެއެވެ. މަންމަ އުފާވަނީ ލީނާއާއެކުގައި އުޅެގެން
ކަމަށްވަންޏާ، މަންމަގެ
އެ އުފަލަށްވެސް އޭނަ ހުރަހެއް ނާޅާނެއެވެ.
"އެކަން އެނގޭ....އެކަމަކު އެއީއެއް ނޫނެއްނު އޮންނަންވާ ގޮތަކީ...މަންމައަށް
ކުރިން ވިސްނާނުލެވުނީ....މަންމަ އަބަދުވެސް އުއްމީދުކުރީ ދަރިފުޅާއި ލީނާ
ކައިވެނި ކުރާނެ ދުވަހަކަށް. މަންމަ ހީކުރީވެސް ދަރިފުޅު ލީނާއާއި ރުހޭކަމަށް
އެގޮތަށް. ދަރިފުޅު މީހަކާ ރައްޓެހިވީ ކޮންމެ ފަހަރަކު، މަންމަ ހުރީ ދުޢާކޮށްލަ
ކޮށްލާ އެމީހަކާއި ދަރިފުޅާއި ވަކިވޭތޯ...." އިންތިހާއަށް ދެރަވެފައި މަންމަ
ދައްކަމުން ދިޔަ ވާހަކަތައް ނަވީން އަޑުއަހަމުން ދިޔައެވެ.
"އެހެން އުޅެންހަދައިގެން ނުކުރާންވީ ކިތަންމެ ކަމެއް މަންމައަށް
ކުރެވިފައި ވެއްޖެ. އެންމެފަހުންލީނާ އާއި ޒިޔާދުއާއި ވެގެން އެ ކުރި
ކަންތަކުގައިވެސް މަންމައަށް ބައިވެރި ވެވުނީ އެހެންވެ...." ނަޖްމާގެ
މޫނުމަތިން ފެންނަނީ ހަގީގަތުގައިވެސް ކުށްވެރި ވެފައިވާ ކަމުގެ ކުލަވަރެވެ.
"ދަރިފުޅު ހީނުކުރައްޗޭ އެއީ މަންމަ އިސްވެ ކުރި ކަމެކޭ. މަންމައަށް
އެކަން އެނގުނީވެސް އެ ދަތުރު ނިންމާފަ ލީނާ އައި ފަހުން..." ނަޖްމާ
ޔަގީންކަން ދިނެވެ.
"މަންމައަށް ނޭނގޭތަ ލީނާ އެކޮޅަށް ދިޔަކަން...؟" ނަވީން އަށް
އެކަމާ ހަމަ ޝައްކެވެ.
"ނޫނޭ...މަންމައަށް އެނގޭ ދިޔަކަން. މަންމައަށް އެނގޭ ޚާލިދުއާއި ލީނާ
އާއި ބައްދަލުވެ ރައްޓެހިކަން އުފެދި އެގެއަށް ދިޔަކަންވެސް. އެކަމަކު އޭގެ ފަހުން
ޒިޔާދުގެ ރޭވުމުގެ މަތިން ލީނާ ކުރި އެއްވެސް ކަމެއް މަންމައަކަށް ނޭނގެ. ލީނާ މި
ކޮޅަށް އައިތާ ދުވަސްކޮޅެއްވެސް ވީފަހުން އެ ވާހަކަ ކިޔައިދިނީ....ދަރިފުޅަށް
ގަބޫލު ނުކުރެވޭ ދޯ..؟" ނަވީންގެ މޫނުމަތިން ނަޖްމާއަށް ފެންނަނީ އެ ގޮތެވެ.
"ނޫނޭ....މަންމަ ބުނާ އެއްޗެއް ގަބޫލުކުރަން..." މިހާތަނަށްވެސް
މަންމަ ދައްކާ ވާހަކަ އޭނަ ގަބޫލު ކުރިއެވެ. ދެންވެސް އޭނައަށްޓަކައި މަންމަ އަކީ
ތެދުވެރި އެކެވެ.
"އެވާހަކަ މަންމައަށް އެނގުނުއިރު ކަންވެ ނިމިއްޖެ. މަންމައަކަށް ނޭނގެ
އޭގެ ނަތީޖާ ނުކުންނާނީ މިގޮތަށް ކަމެއް. މަންމައަކަށް ނޭނގެ އިނާ ރުޅިއައިސްގެން
ރަށް ދޫކޮށް ދިޔަކަންވެސް. ހިއެއްނުވޭ ލީނާއަށްވެސް އެނގޭހެނެއް. ގައިމު ނުބުނޭ
މަންމަ ކައިރިއަކު ދުވަހަކުވެސް..." ވިސްނަމުން ހަނދާން ކުރަމުން ބުނާ ކަހަލަ
ގޮތަކަށް ނަޖްމާ ބުނެލިއެވެ.
ނަވީންވެސް ވިސްނާލިއެވެ. މަންމައަށް ނޭނގުނަސް ލީނާއަށް އެނގޭނެއެވެ. އެ
ކަމަކީ ޒިޔާދުގެ ރޭވުމުގެ މަތިން ލީނާ ކުރި ކަމަށް ވުމުން، އިނާ ފުރައިގެން
ދިޔަކަން ލީނާއަށް ނޭނގި އޮންނާނެހެނެއް އޭނައަށް ހިއެއް ނުވެއެވެ.
"ދެން އަޅާނުލާ މަންމާ....އެކަން އެ ނިމުނީނު...." އެވާހަކަ
ދިގުކުރިޔަސް ފައިދާއެއް ނެތެވެ. ނަވީންއަކީ ވިސްނުންތެރި ދަރިއެކެވެ.
"ނޫނޭ ދަރިފުޅާ....މަންމަގެ ހިތެއް ހަމައެއް ނުޖެހޭނެ ދަރިފުޅު
މަންމައަށް ހިތްހެޔޮ ކޮށްފަ މައާފް ކުރީމަ ނޫނީ. ވިސްނާނުލާ ހުއްޓާ މަންމައަށް
ވަރަށް ބޮޑެތި ގޯސްތައް ހެދިއްޖެ....ރެއިން ފެށިގެން މަންމައަށް އެކަން އިހްސާސް
ކުރެވިއްޖެ. މަންމަގެ ސަބަބުން ފުރަތަމަ ފަހަރަށް ދަރިފުޅަށް ހިތްދަތިކަން
ދެވުނުކަމުގެ އިހްސާސް މަންމައަށް ރޭގަ ކުރެވިއްޖެ...." ނަޖްމާގެ ލޯ
ފެންކަޅިވާން ފެށިއެވެ.
"ދެން އެހެން ނުބުނޭ މަންމާ. މަންމަ ގަސްތުގަ އެކަހަލަ ކަމެއް
ނުކުރާނެކަން އެނގޭ." މަންމަގެ އަތުގައި ހިފަހައްޓާލަމުން ނަވީން ހިތްވަރު
ދިނެވެ.
"މަންމައަށް މައާފްކޮށްދީ ދަރިފުޅާ....އިނާ ކައިރިންވެސް މަންމައަށްޓަކާ
މަޢާފަށް އެދެއްޗޭ އިނގޭ. ދަރިފުޅު ކުޑަކުޑައިރުއްސުރެން ދަރިފުޅުގެ ކޮންމެ
ކަމެއްގަ މަންމަ ހުރި ގޮތަށް، ދެންވެސް ހުންނަން މަންމަ ބޭނުންވަނީ. ދަރިފުޅަށް
ބައްޕަ ކިޔާދުވަހަކު، މި މަންމައަށް އެތަނުގައި ނުހުރެވިއްޖެއްޔާ މަންމަ މަރުވެސް
ވެދާނެ..." ނަޖްމާގެ ދެލޯ ފުރިގެންކަރުނަތައް ފައިބަން ފެށިއެވެ. މި މަންޒަރު
ފެނުމުން ނަވީނަށް ތެޅިގަނެވުނެވެ. އޭނަގެ މަންމަގެ ލޮލުން ކަރުނަ އޮހޭތަން ދުށުމަކީ އޭނައަށް ކެތްވާނެ ކަމެއް ނޫނެވެ.
"މަންމާ....ތިކަހަލަ ވާހަކަ ނުދައްކާ...މަޢާފް ނުލިބޭވަރުގެ ކުށެއް ދުވަހަކުވެސް މަންމައަށް ނުކުރެވޭނެ. ދަރިއެއްގެ މަޢާފް ލިބުން ޙައްޤު ނުވާނެވަރުގެ ކުށެއް ދުނިޔޭގެ އެއްވެސް މަންމައަކަށް ނުކުރެވޭނެ." ނަވީނަށް ނީދެވިގެން
ތެދުވެގެން މަންމަގެ ކައިރިއަށް އައިސް މަންމަ އިށީނދެ އިން ގޮނޑީގެ
އަތްގަނޑުމަތީގައި އިށީނދެ މަންމަ ގަޔަށް ލަފާލިއެވެ. އޭނަގެ މަންމަ ކިތަންމެ ބޮޑު
ކުށެއް ކުރިޔަސް، އެ މަންމައަށް އޭނަ މަޢާފް ކުރާނެއެވެ. މަޢާފް ނުކުރާނަމޭ އެންމެ ދުވަހަކުވެސް އޭނަގެ ހިތަށް އަރާފައިވެސް ނުވެއެވެ.
މަންމައަށް އެހާ ފުން އަސަރެއް އެ ކުރީ އިނާ ބަނޑުބޮޑުކަން އެނގުނީމަތާއޭ
ނަވީން ހިތަށް އެރިއެވެ. އާނއެކެވެ. އަންހެނަކު މަންމައަކަށްވާ ޚަބަރު ލިބުމުން،
އެންމެ ހަރުހިލަ އޮތްނަ މަންމަގެ ހިތްވެސް މަޑުވާނެއެވެ. އެއީ ގުދުރަތުން އެކަން
ރާއްވަވާފައިވާ ގޮތެވެ.
އޭނަގެ މަންމައަކީ ޙަޞީލަތް ނުބައި އަންހެނެއް ނޫނެވެ. ގޮތާ އުޞޫލުތަކަކީ ކުޑަކުޑައިރުއްސުރެ
މަންމަ އުޅެ ބޮޑުވި މާހައުލުން ދަސްވެ، އެ މާހައުލަށާއި މަންމައަށް ވަރަށް
މުހިއްމު އެއްޗަކަށް ވުމުން، މަންމަގެ ކިބައިގައި އެފަދަ ގޮތް ދޫނުކުރުމެއް ހުރި
ނަމަވެސް، އޭނަގެ މަންމައަކީ ހިތެއް ނެތް ރަހުމެއް ނެތް މީހެއް ނޫންކަން އޭނައަށް
އެނގެއެވެ.
"އިނާމެން ފުރުމުގެ ކުރިން މަންމަ އާއި ބައްދަލުކުރަން މިގެއަށް
ގެންނައްޗޭ." ކިތަންމެ ބޮޑު ލަދެއް ގަތް ނަމަވެސް އިނާއާއި ކުރިމަތިލާން
ނަޖްމާ އެހެރީ ތައްޔާރު ވެގެންނެވެ.
ނަވީންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހަގީގަތުގަވެސް އޭނަގެ މަންމަ އަކީ
ދުނިޔޭގެ އެހެން ހުރިހާ މަންމަމެން ފަދައިން، އަމިއްލަ ހިތުގެ އެތިކޮޅަކަށްޓަކައި
ނަމަ، އަބަދުވެސް ގުރުބާންވާ މަންމައެކެވެ.
"އިނާ އެބައިން ބައްޕަ އާއި ވާހަކަ ދައްކަން ބޭރުގަ. މަންމަ ނުބުނަންތަ
އިނާ ގެންނާކަށް؟ ބައްޕަ ގުޅާފަ ބުނީމަ މިއައީ. " މަންމަގެ ކޮނޑުގައި
ފިރުމަމުން ނަވީން އެހިއެވެ.
"އެހެންތަ؟ ނޭނގެ ބައްޕަ ގުޅިކަމެއްވެސް...." ނަޖްމާއަށް
ހައިރާންކަމެއް ލިބުނީ އިނާ އެބައިނޭ ބުނުމުންނެވެ.
"މަންމަ ބުނިން ބައްޕަ ކާފައަކަށް ވާން އުޅޭވާހަކަ. ބައްޕަ އެދިޔައީ
މަންމަ ދެކެ ވަރަށް ނުރުހިގެން..." ހިނިތުންވެލަމުން ނަޖްމާ އިސް އުފުލާ
ނަވީންގެ މޫނަށް ބަލާލިއެވެ.
"އެހެން ބުނީމަތަ؟" ނަވީނަށް ހީވީ އެހެންނެވެ.
"ނޫނޭ....މަންމައަށް ކަންތައް ކުރެވުނު ގޮތުން..." ނަޖްމާ
އަނެއްކާވެސް އިޢުތިރާފް ވިއެވެ.
ނަޖްމާ ދިޔައީ އިނާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ނަވީންގެ
ކުރިމަތީގައި ހުރިހާ ކަމަކަށް އިޢުތިރާފް ވަމުންނެވެ. އިނާ އަކީ އެގެއިން ބޭރު
ކުއްޖަކަށް ވުމުން، އިނާ ކައިރީ އެވާހަކަތައް ދެއްކުމަށްވުރެ އޭނައަށް ފަސޭހަ
ވެފައި ރަނގަޅުވެސް ވާނީ ނަވީން އާއި ދެއްކުން ކަމަށް ވާތީއެވެ.
"އަންނާނަން އިނާ ގޮވައިގެން..." އޭގެ ފަހުންވެސް އެތައް
ވާހަކައެއް މަންމަ ދައްކައި ނިމުމުން، އުފަލުން ނަށަނަށާ އޮތް ހިތަކާއެކު އަވަސް ފިޔަވަޅުތަކެއްގައި
ނަވީން ހިނގައްޖެއެވެ.
"އާދޭ އާދޭ..........." އިނާ ގޮވައިގެން އައިސް ނަޖްމާގެ ކޮޓަރީ
ދޮރުމައްޗަށް އެރުމުން ނަވީންގެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި އިނާއަށް މުޚާޠަބް
ކޮށް ނަޖްމާ މަރުޙަބާ ކިޔެވެ.
ފަޚުރުވެރި ހިނިތުންވުމަކާއެކު އިނާގެ އަތުގައި ހިފައިގެން ނަވީން އެ
ކޮޓަރިއަށް ވަނެވެ. ނަޖްމާ އިށީނީ ނަޖްމާގެ އެނދުގައެވެ. ކައިރީގައި އިށީނުމަށް
ބުނީވެސް ނަޖްމާއެވެ. ނަވީން އިށީނީ ކުރިން ނަޖްމާ އިށީނދެ އިން ކުޑަ ސޯފާގައެވެ.
ނަވީންއަށް އިހްސާސް ކުރެވެމުން ދަނީ ވަރަށް ބޮޑު އުފަލެކެވެ. އޭނަގެ
މަންމައަށްޓަކައި އޭނައަށް މި ހޯދާދެވުނީ ޖަވާހިރެއްފަދަ ޅީދަރިއެއްކަން މާ
ލަސްތަކެއް ނުވެ މަންމައަށް އެނގިދާނެކަމުގެ ޔަގީންކަން ނަވީނަށް އޮތެވެ.
ލިބިގެންވާ ރީތި ސިފައާއި އެއްވަރަށް، އަޚްލާގާއި އުޅުމާއި، ވަށްޓަފާޅީގައިވެސް
މަންމަ ނުރުހޭނެ ސިފައެއް ނުހުންނާނެކަން ނަވީނަށް ޔަގީންވެއެވެ. އިނާ އާއި
ކައިވެނި ކުރަން އޭނަ ނިންމިކަން އެނގުނު ދުވަހުން ފެށިގެން އިނާ އާއި
ނުރުހޭކަންއެކި ގޮތްގޮތުން އަންގަމުން އައި މަންމަ، މިއަދު އެއިނީ ކައިރީގައި އިނާ
ބައިންދައިގެންނެވެ. ތިމާ ކައިވެނި ކުރާ އަންހެންކުއްޖާއާއި ތިމާގެ މަންމަ
ރުހިއްޖެނަމަ ފިރިހެނަކަށް ލިބޭނީ ކޮންފަދަ މަތިވެރި އުފަލެއްކަން މިއަދު ނަވީނަށް
އެނގި ކަށަވަރު ވެއްޖެއެވެ.
"ނޭނގެ ކީކޭ ކިޔާފަ ކަމެއް ފަށާނީވެސް....ފުރަތަމަ ދުވަހު އިނާ މިގެއަށް
އައިދުވަހު އެހާ ރީތިކޮށް އިނާ އާއި ވާހަކަ ދައްކާފަ، އިނާ އާއި ނަވީން ކައިވެނި
ކުރަން އުޅުމުން މަންމައަށް ކަންތައް ކުރެވިފައި އޮތީ މާ ރަނގަޅަކަށް ނޫން.
އެހުރިހާ ކަމަކަށް އިނާގެ ކިބައިން މަޢާފަށް އެދެން. މަންމައަށްވެސް ވިސްނާނުލާ
އުޅެވުނު ގޮތަކުން އެހެންވީ....ނަވީން އޭރުވެސް ބުނޭ މަންމަ އިނާ އެނގެން
މަސައްކަތް ކުރާށޭ. ކިތަންމެ ފަހަރަކު ބުނޭ. މިއަދު މެންދުރުވެސް ދިޔައީ ބުނެފަ.
އެކަމަކު މަންމައަށް....މަންމައަށް ދެން ކަންތައް ކުރެވުނު ގޮތުން...."
މެދުކަނޑާލާފައި، ކުރިން ބުނަން އުޅުނުގޮތް ބަދަލުކޮށްލިއެވެ. އަމިއްލަ ކުށުގެ
ވާހަކަ އިނާ ކުރިމަތީގައި އިޢުތިރާފް ވުމަކީ ނަޖްމާ ކަހަލަ މައިދައަކަށް އެއީ
ފަސޭހަ ކަމެއް ނޫނެވެ.
"އެއީ އެއްވެސް ކަމެއް ނޫން..." ކުޑަކުޑަކޮށް ކަޅި އުފުލާ
ނަޖްމާއަށް ބަލާލާފައި ލަދުރަކި ގޮތަކަށް އިނާ ބުނެލިއެވެ.
ހިނިތުންވުމަކާއެކުގައެވެ.
"ތިއީ އިނާގެ ރަނގަޅުކަން. މަންމައަށް ކަންތައް ކުރެވުނީ ތިހާ
ފަސޭހައިން މައާފް ހައްގުވާ ގޮތަކަށް ނޫންކަން މަންމައަށް އެނގޭ. އިނާ ހިތަށް
އަރާނެ ކަންނޭނގެ ކުއްލިއަކަށް މިއީ ކޮން ބަދަލެއްހޭ ދޯ....." ނަޖްމާ ވާހަކަ
ދައްކަނީ އޯގާތެރި އަޑަކުންނެވެ.
"މަންމަ ނަވީން ގެންގުޅުނީ ވަރަށް ލޯބިން. ނަވީން ހިތް ހަމަޖައްސައިދޭން
ކުރެވުނުހާ މަސައްކަތެއް މަންމަ އައީ ކުރަމުން. ދުވަހަކުވެސް ތަޅާ ރޮއްވައެއް
ނަހަދަން. އެކަމަކު ރޭގަ މަންމައަށް ފެނުނު މަންމައަށް ކަންތައް ކުރެވފައި އޮތް
ގޮތުން ނަވީނަށް އަށް ލިބުނު ހިތްދަތިކން. ފިރިހެން ދަރިއަކު ރޮއި ހިތާމަ ކުރާތަން
ދުށުމަކީ ބައެއްފަހަރަށް އަންހެންދަރިއަކު ރުއީމަ ނުކުރާ އަސަރު މައިންނަށް ކުރާ
ކަމެއް. މަންމައަށް އެކަން އިހްސާސް ކުރެވުނީ ރޭގަ." ނަޖްމާ ވާހަކަ
ދައްކަމުން ދިޔައެވެ.
އިނާ އެއްޗެއް ނުބުނެއެވެ. އަޑުއަހަނީއެވެ. އެދެމެދުގައި އެއްވެސް ވަރެއްގެ
ގާތްކަމެއް އަދި އުފެދިފައި ނެތުންވެސް އެއީ، އެއްޗެއް ނުބުނެވުމަށް މެދުވެރިވި
ސަބަބެއް ކަމަށްވެދާނެއެވެ.
"މަންމައަށް މައާފް ކުރޭ އިނގޭ އިނާ....މަންމަގެ ފަރާތުން ދެވުނު
ހިތްދަތިކަމަށްވުރެ ދިހަ ގުނަ ލޯބި ދޭން މަންމަ މަސައްކަތްކުރާނަން. ނަވީން
ބުނާގޮތަށް ނަމަ، މަންމަ އަށް އެ ފުރުޞަތު ދޭނަންތަ؟" ހީލަމުން އިނާގެ އަތްމަތީގައި
ނަޖްމާ އަތް ބޭއްވިއެވެ.
އިނާ އާނއެކޭ ބުނީ އިސް އުފުލާ ނަޖްމާގެ ލޮލަށް ބަލާލަމުންނެވެ.
ނަޖްމާ ދައްކަން ބޭނުން ހުރިހާ ވާހަކައެއްވެސް ނަވީންގެ ހާޟިރުގައި އިނާއާއި
ދައްކަމުން ދިޔައެވެ. ހިތުގައި އޮތް އެއްޗެއް އެންމެ ސީދާކޮށް ބުނުމަށް ނުކުޅެދޭ
ފަހަރުތައް އައިމެއެވެ. އެހެންނަމަވެސް، ޙަގީގަތް ހާމަ ވަމުން ދިޔައެވެ.
ލީނާ އާއި ޒިޔާދުގެ ރޭވުމުގެ ދަށުން އިނާއަށް އެފަދަ ބޮޑު އޮޅުވާލުމެއް
އޮޅުވާލާފައިވާކަން ނަވީނަށް އެނގުނު ވަގުތު، އަދި އެކަމުގެ ހަގީގަތްތައް އަނދިރިފަރުދާތައްފަދައިން
ނެގި ނިއުޅެމުން ދިޔައިރު، ނަވީންގެ މޫނުމަތިން ފެނުނު ހިތްދަތި ކަމާއި ފުން
ވޭނެއްގެ އަސަރު އޭނައަށް ރޭ ފެނުނެވެ. އޭގެ ސަބަބުން އޭނަގެ އަމިއްލަ ކުށް
އޭނައަށް ފުރަތަމަ ފަހަރަށް އިހްސާސް ކުރެވުނީ ރޭގައެވެ. ހަމަ އެންމެ
ސަބަބަކަށްޓަކައެވެ. އަމިއްލަ ބަނޑުން ވިހެއި އަމިއްލަ ދަރިއަށް ދެވުނު
ހިތްދަތިކަމުގެ ފުންކަން އިހްސާސް ކުރެވިގެންނެވެ. އެ ދަރިފުޅުގެ ހަގީގީ މަންމަ
އެފަދަ ކަމެއް ކޮށްފާނެއޭ މީހަކަށް ހީވެސް ނުކުރެވޭނެއެވެ. އެކަމަކު އޭނައަށް
އެގޮތަށް ކަންތައްތައް ކުރެވުނެވެ.
މިއަދު މެންދުރު ނަވީން އައިސް، އިނާ އަށް ފުރުޞަތު ދޭންވީ ނޫންހޭ ބުނެ
އެގެއަށް ސައިބޯން ގެންނަ ވާހަކަ ނަވީން ދެއްކުމުން ، އޭނައާއި ނުބައްސާ ނަވީން
އަމިއްލައަށް އިނާ އާއެކު ރީތި ކޮށް އުޅޭށޭ އޭނައަށް ބުނެވުނީ އޮޅިގެން ބުނެވުނު
އެއްޗެއް ނޫނެވެ. އެއީ އޭނަގެ ކުށް އޭނަ ގަބޫލު ކުރާ ގޮތެވެ. އެއީ އޭނަ އިނާއާއި
މެދުގައި ހިތް ނުބައެއް ނޫނޭ ބުނާ ގޮތެވެ. ގޮތުގައި ހުރެގެންނެވެ. އުޞޫލާއި
ސުލޫކުގައިވެސް އޭނައަކީ އެއީއެވެ.
އެއަށްވުރެ ބޮޑު ގާތްކަމެއް އިނާ އާއި ވެސް އެ އާއިލާއާއިވެސް ބާއްވަން އޭރު
އޭނަ ބޭނުމެއް ނުވެއެވެ.
ނަވީންގެ އަތްބެއްގެ މަގާމަށް އަންނަން ހުރި ލީނާއަށް އޮތް ފުރުޞަތު އިނާ
ނެގީތީއެވެ. އިނާގެ މަންމަ މިއަދު ދުނިޔޭގައި ނެތް ނަމަވެސް އިނާއަކީ، އިރެއްގައި
އޭނަ އިންތިހާއަށް ރުޅި އައި އަންހެނެއްގެ ދަރިއެއްކަން އެނގުމުންނެވެ. އިނާ އަކީ
ޚާލިދު އާއި ޝީލާ ގެންގުޅޭ ، ބައްޕައެއް ނެތް ، ނަހަލާލު
އަންހެންކުއްޖާ ކަން އެނގުމުންނެވެ. އޭނަގެ ތަޢުލީމީ ރީތި ޒުވާން ފިރިހެން
ދަރިފުޅުގެ އަނބިމީހާއަކީ ބައްޕައެއް ނެތް އަންހެންކުއްޖެކޭ، އެއީ ބިދޭސީއަކަށް
ނަހަލާލަށް ވިހާފައި ހުރި ދަރިއެކޭ، އެ ދަރިގެ މަންމައަކީވެސް ނަހަލާލު ދަރިއެކޭ ބުނާނެ
އެތަކެއް މީހުން ތިބޭނެ ކަން އެނގޭތީ މުޖްތަމަޢުން އޭނައަށާއި އޭނަގެ އާއިލާއަށް
ލިބޭނެ އެ ހަޑިނަމަށް ކެތްކުރަން އޭނަ ބޭނުން ނުވާތީއެވެ. މުއްސަނދި އާއިލާއަކަށް
އުފަންވި އޭނަގެ ދަރިފުޅު ނަވީންގެ އަތްބެއްގެ މަގާމަށް އެ ފެންވަރުގެ މީހަކު
އައުން އޭނައަށް ހމަ އެއްގޮތަކަށްވެސް ގަބޫލު ނުކުރެވުނީއެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި، އޭނަ މަސައްކަތް ކުރަމުން އައީ އޭނަގެ ރުހުން
އެ އަންހެންކުއްޖާއަށް ނެތްކަން ނަވީނަށާއި ޚާލިދުގެ އާއިލާއަށް ތަކުރާރުކޮށް
އަންގައިދެވޭތޯއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އޭނަ ބެލީ
އެގޮތެވެ. އެ ކައިވެނި ނުކުރާށޭ ބުނެ ބުނެ އޮތްވާ ގޮސް ނަވީން އެ ކައިވެނި
ކުރުމުން ދެން އެ ކައިވެނި ރޫޅާލަން ފާޅުގައި އެ ދޭތެރެއަށް ވަންނަން އޭނަ ބޭނުން
ނުވިއެވެ. ބަދަލުގައި އޭނަ ބޭނުން ކުރަމުން އައީ ލީނާއެވެ.
އެކަމަކު އެ ހުރިހާ ކަމަކީވެސް ކިހާ ދަށްފެންވަރުގެ ކަންކަން ކަން ނަޖްމާއަށް
މިހާރުވިސްނިއްޖެއެވެ. ރޭގަ ޒިޔާދު އާއި ލީނާގެ ކަންތައްގަނޑު އެނގުނު ހިސާބުން
އެކަން ގޮތަކަށް ގަބޫލުކުރެވިފައި ހުރީއެވެ. އެ އާއިލާއާއި އިތުރަށް
ޖައްސާލައިގެން ނުއުޅުމަށް އޭނަ ނިންމީ ރޭގައެވެ. ނަވީނަށްޓަކައެވެ. އޭނަގެ
ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލެވިއްޖެކަމުގެ އިހްސާސުން ހިތްކަތިލެވުނުލެއް
ބޮޑުކަމުންނެވެ. އެހެން ނަމަވެސް މިއަދު....
މިއަދު ނަވީން އެ ދިން ޚަބަރުން ނަޖްމާ އެއްކޮށް ބަދަލު ވެއްޖެއެވެ.
އޭނަ މާމަ އަކަށް ވަނީއެވެ. އަލިމަނިކު ކާފައަކަށް ވަނީއެވެ. އެ އާއިލާއަށް
މާމަ ދަރިއަކު އަންނަނީއެވެ.
މިއަށްވުރެ ބޮޑު ، މިއަށްވުރެ ޚާއްޞަ އެހެން އެއްވެސް ކަމެއް މިހާރު
އޭނައަށްޓަކައި ނެތް ފަދައެވެ.
އޭނަ އަކީ މަންމައެކެވެ.
މަންމައެއްގެ ހިތް ދަރިފުޅުގެ މައްޗަށް ހަމްދަރްދީންނާއި ލޯބިން ފުރިގެން
ގޮސް ބަންޑުން ދާކަށް، މާ ބޮޑު ސަބަބެއް، މާ ބޮޑު ޙަގީގަތެއް، މާ ބޮޑު އުކުޅެއް
އަދި މާ ބޮޑު ކަމެއްވެސް މުހިއްމެއް ނޫނެވެ.
ބޭނުންވަނީ އެ ދަރިފުޅު ބަނޑުގައި އޮތްއިރު އެ ދަރިފުޅަށްޓަކައި ވަގުފު ކުރި
ކޮންމެ ނޭވާއަކާއި ޖެހި ކޮންމެ ވިންދެއްގެ މަތިން ހަނދާން ވާނެ ރަޙުމު ހުރި ހިތެކެވެ.
ދުވަސްކޮޅެއްވަންދެން ނަޖްމާއަށްވެސް "ނިދިޖެހިފައި" ހުރެވުނު
ނަމަވެސް ނަޖްމާއަށް މިއަދު ހޭލެވިއްޖެއެވެ.
އެ އަންހެނަކަށް "މަންމާ" އޭ ކިޔާ ގޮވާލާނެ ދަރިއަކު ނެތި ހުންނަ
ނަމަ އެ އަންހެނަކީ އަބަދުވެސް އަލަތު އަތްބެކެވެ. އެހެންނަމަވެސް އެއީ އެއްވެސް
އަންހެނަކު ދާއިމަށް ބޭނުންވާނެ މަގާމެއް ނޫނެވެ. އެކަމަކު ދަރިޔަކު ދުނިޔެއަށް
އައުމާއެކު އެ ލިބުނު "މަންމަ" ގެ ލަގަބާ މަގާމަކީ އެއްވެސް އަންހެނަކު،
އުވިދާން އެދޭނެ މަގާމެއް ނޫނެވެ. މިއީ ދުނިޔޭގެ ހަގީގަތެވެ.
އެތައްވާހަކައެއް ދެކެވި އިނާ އާއި ނަޖްމާ އާއި ދެމެދުގައި ސުލްޙަވެ
ނިމިއްޖެއެވެ.
"ނަވީން ބުނި ވަރިވާން ފޯމް ލި ވާހަކަ. އެއީ ތެދެއްތަ؟" އެހުރިހާއިރު
އެތާ އިނދެފައި ނަވީން ބޭރަށް ނުކުމެލުމުން ނަޖްމާ އެހިއެވެ.
އިނާ ގަތް ލަދުން ހަލާކު ނުވީ ކިރިޔާއެވެ.
ނަވީން ކައިރިން ވަރިވާން ފޯމް ލި ވާހަކަ ނަވީންގެ މަންމަ ކައިރީ އޭނައަށް
ދެއްކޭނީ ކިހިނެއް ހެއްޔެވެ؟
"ރޭގަ އައިއްސަ އެހާ ހާލުދެރަކޮށް އޮވެގެންވެސް އެކަން ކުރުވައިފީމު؟
އެހާވެސް ހަމަ ނަވީން ދެކެ ރުޅިއައިތަ؟" އިނާ އެއްޗެއް ނުބުނެ އިން ނަމަވެސް
އަނެއްކާވެސް ނަޖްމާ އެހިއެވެ.
އިނާ ހީލީއެވެ.
އޭނަ އިންޑިޔާއިން އައީވެސް އެ ފޯމް ފުރައިގެންނެވެ. ފޯމް ލާން ހުސެން ދިޔައީ
އޭނަގެ އެދުމަށް ދެކޮޅުހަދަން ނުކެރިގެންނެވެ. ގޮތަކަށް މަޖްބޫރު ވެގެންނެވެ. އެއްގޮތަކުންވެސް
ރުހިގެނެއް ނޫނެވެ. އެހެންވިޔަސް އެމީހުން އެކަން ކޮށްދިނެވެ. އެ ހާލުގައި
އޮވެގެންވެސް އެކަން އޭނައަށް ކުރެވުނީ އެހެންވީމައެވެ.
"ކިހިނެއް ދެން މިހާރު ނިންމަނީ....މަންމަމެން ބޭނުމެއް ނޫން އިނާ އާއި
ނަވީން ވަކިވާކަށް." އިނާއަށްޓަކައި މި އަޑު ވެގެން ދިޔައީ ރީތި
މިއުޒިކަކަށްވުރެވެސް ހިތްގައިމު އަޑަކަށެވެ. އެހެން އެބުނީ ނަވީންގެ މަންމަގެ
އަނގައިންނެވެ. ދުވަހަކުވެސް އެ މަންމަގެ ފަރާތުން އެ އަޑު އިވިދާނެކަމަށް އިނާ
ހީކޮށްފައިވެސް ނުވެއެވެ.
"ފޯމް ކެންސަލް ކުރުވައިފިން މިއަދު..." އަތުގައި އޮތް ހިމަ
ކެވެލިކޮޅުގައި އަތް ހިންގާލަމުން އިނާ ބުނެލިއެވެ. އެވާހަކަ ނަވީންގެ މަންމަ އާއި
ދައްކަން އޭނައަށް ވަރަށް އުނދަގުލެވެ.
"އާނ...އެހެންވެއްޖިއްޔާ ތި ނިމުނީ....މިކޮޅުގަ ދުވަސްކޮޅަކު ހުރެލާފަ
އިނގޭ ދާންވާނީ. މި ބުނީ މި ގޭގަ. ނަވީންގެ އަނބިމީހާ ހުންނަންވާނީ ނަވީންގެ ގޭގަ.
އަދި ކިހާ ދުވަހެއް ޗުއްޓީ އެބައޮތް؟" ނަޖްމާ ދަނީ ވަރަކަށް މަޢުލޫމާތު ސާފު
ކުރަމުންނެވެ.
"ޗުއްޓީ އިތުރު ކުރަން ޖެހޭނީ..." އިނާ ރާވާފައި އޮތީ ވީ އެންމެ
އަވަހަކަށް ރަށަށް ދާން ނަމަވެސް މިހާރު ދެން ހުރިހާ ކަމެއް ބަދަލުވާނެ ކަމުގެ
އިހްސާސް އިނާއަށް ކުރެވެން ފެށިއެވެ.
"މަހެއްހާ ދުވަސް މިކޮޅުގަ ހުރެލާފަ ދާންވާނީ....ނަވީން ނޭނގެ ދޯ ހަދާ
އެއްޗެއްވެސް އަދި. ނަވީން އާއި ވާހަކަ ދައްކާލާފަ ގޮތެއް ނިންމާނީ...ހިނގާ
އެއްޗެއް ކާލާ ބޯލާ ހަދާލަން. މިހާރު ކިހާއިރެއް ދޯ ވާހަކައިގަ ތިބޭތާ..."
ނަޖްމާ ފަހަތުން އިނާވެސް ތެދުވެގެން ގޮސް
ކޮޓަރިން ނުކުމެއްޖެއެވެ.
ސިޓިންރޫމަށް ނުކުތްއިރު، އަލިމަނިކު އާއި ޚާލިދުއާއި ޝީލާގެ އިތުރުން
ސުހެއިލްވެސް އިންތަން ނަޖްމާއަށް ފެނުނެވެ.
"ހިނގާ ސައިބޯން ދޯ...." ފެންޑާއަށް ނުކުމެފައި އެންމެ ފުރަތަމަވެސް
ނަޖްމާ ދަޢުވަތު ދިނީ އެންމެންނަށްވެސް ސަޔަށެވެ.
ދެ އާއިލާ އެކުގައި އެއް މޭޒެއްގައި ސައި ބޮއިގެން ނިމިގެން ދިޔައީ ހިތްހަމަ
ޖެހުމާއެކުގައެވެ. ހުރިހާ ހިތްހަމަނުޖެހުންތަކާ ޝައްކުތަކާ ވަހުމުތަކާ، ޙަސަދައާއި
ބަދަލު ހިފުމުގެ މުޑުދާރު އިހްސާސްތަކުން ސަލާމަތްވެފައި ތިބި ހިތްތަކަކުން
ލޯތްބާއި އޯގާތެރިކަން އެކަކު އަނެކަކަށް ފާޅުކުރަމުން، ރީތި ހިނިތުންވުންތަކުން
ހިނިތުންވަމުންނެވެ.
ދުވަހަށް އިރުއޮއްސުނީ ރީތި ކުލަތަކަކުން އުޑުމަތި ރަން ކުރަމުން މަހުގެ 6
ވަނަ ރޭގެ ފަޅި ހަނދަށް ފުރުޞަތު ދެމުންނެވެ. ހިރަފުސް ދުވަސްތަކަކަށްފަހު،
އުޑުމަތި ސާފުވެ ވައި ރީތި ދުވަހަކަށް އިރުއޮއްސުނީ މާހައުލުގައި ތެތްފިނިކަން
އެކުލަވަމުންނެވެ. އަހަރުގެ ހޫނު މޫސުން ނިމި ފިނި މޫސުމަށް ފެށުނީއެވެ.
އެންމެންގެ ހިތްތަކުގައިވެސް ރޭވެމުން ދަނީ ކުރިޔަށް ހުރި އުފާވެރި
ދުވަސްތަކަށްޓަކައި ކުރަން ބޭނުންވާ ކަންތައްތަކެވެ. އެދެވެމުން ދިޔައީ
މިއަދަށްވުރެ މާ ފަހި މާ ރީތި މާ ހިތްގައިމު ދުވަހަކަށް މާދަން ވުމަށެވެ. ދުޢާ
ކުރެވެމުން ދިޔައީ މި ތިން އާއިލާގެ ގުޅުން ދާއިމަށް ލާމެހުމަށެވެ. ބަދަލެއް
ނެތިއެވެ. އުނިކަމެއް ނެތިއެވެ.
ގެއަށް ދިއުމުގެ ބަދަލުގައި ހެންވޭރު ރާޅުގަނޑު ކައިރިން ބޭރުމަގުން
ދުއްވަމުން އެދާ ނަވީންގެ، ވިދާ އަޅިކުލައިގެ ކާރުގައި ތިބެގެން ނަވީން އާއި
އިނާވެސް އެ ފާޅުކުރަނީ އެ އުފަލެވެ.
ޑްރައިވަރު ސީޓްގައި އިނދެގެން އެއް އަތުން ކާރު ދުއްވަމުން ދާއިރު، ނަވީންގެ
އަނެއް އަތްވަނީ އިނާގެ އަތުގެ އިނގިލިތަކާ ލާމެހިފައެވެ. ހިނދުކޮޅަކަށްވެސް
ވަކިވާން ބޭނުން ނުވާ ކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށް އެކުގައި
އާދެވުނު ގޮތަށް، ދެން އޮތްތަންވެސް، އެކުގައި ތަޙައްމަލު ކުރާނަމޭ ބުނާ
ފަދައަކުންނެވެ. ތިބާ ހުރެއްޖެނަމަ، ދުނިޔޭގެ ކިތަންމެ ފުން ކަނޑެއްވެސް ހުރަސްކުރެވޭތޯ
މަސައްކަތް ކުރާނަމޭ، އެކަކު އަނެކަކަށް ބުނާ ކަހަލައެވެ. އެންމެ ފަހު ވަގުތާ
ހަމައަށްވެސް އުއްމީދު ނަގައެއް ނުލާނަމޭ ބުނަމުންނެވެ.
ވާހަކަ ތަކަކުން ނޫނެވެ. ވާ އަޙުދު ތަކަކާއި ވަޢުދުތަކަކުންވެސް ނޫނެވެ. ހިމޭންކަމުގެ
ބަސް މޮށުމުންނެވެ.
** ** ** ** ** ** (ނުނިމޭ)** ** ** ** **

wow..soo happy !!
ReplyDeletev v v v v v v v v bodah shukuriyyaa sofaa.. mi vaahakaige hurihaa parteh ves upload kurey thw iru iru kolhaa balaalevey.. ehaaves reethi.. <3
ReplyDeletemi baives hama v reethi thanks fathis thari
ReplyDeletev salhi..... thanx
ReplyDeletereeethi kamaa eve..
ReplyDeleteWOWOO. the ending cover up dho. u r the best writer ever.
ReplyDeletealhe mi vaahaka nimenytha? alhey nooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooonnnnnnnnnnnnnnnnnnnnnnnnnnnnn....... ehen nahadhaaaaaaa
ReplyDeletei will miss this so badly
v.furihama.thanks
ReplyDeleteThi thari vareh hama nei
ReplyDeletenajmaattha haadha loibbey mihaaru. inaa preg veema ehen vaanekan engey maa kurinves. salhi sofff
ReplyDeleteinaa akee v.reethi anhen kujjeh dho soff. najmaattha aa talk kuran in goi immi ah fenunu.v.lovely.story ves ehaaa chaaaley
ReplyDeleteLiu- v.furihama.nimeny dho.dheravey nimeytheee. reeethi gothakah nimmacchey fathisthari
ReplyDeleteAlhe v v v v v v reethi.......thank u so much sofa dhoony......naveen aah inaa ge ufaaverikan hitha vadhe Ash ge loaves karunun furihje......hehehehe ekamaku eyee ufalun ingey.......haadha molhey sofa vaahaka sifa kohdheefa vaaleh....hugs for u sofaa dhooni gandaaaaaaaa......avaha next part genes dheythi inge.......
ReplyDeletevara salhi mibai ves. thanx fathis thari
ReplyDeleteshamy: alhey.. aslukoh rovijje mi part kiyaafa.. bunaane ehcheh ves neyge <3 <3 varah gina dhuvas fahun dho shamy ah mi coment kollevunee... sorry ingey.. :(
ReplyDeleteAlhey, enme fahun najma ah heyo visnun libijje dho! dhen iraadha kurehviyya hurihaa kameh rangalhu vedhaane,.... varah salhi ingey Sofa, furathama gabooluves nukurevunu Najma ge hiyaalu ehaa badhalu vedhaane kamakah... hithah ery yagyney acteh jassaniyyey... ekamu Inaa aa Navyn ah takaa varah ufaa vejje. varah salhi... aneh bayah keiytheri kameh nethi inthizaaring...
ReplyDeletealhe rovijje najuma dhatha haadha heyofulhey.. shukurukuran heyo visnun dhevekamahttakaa. super hama super ..bestu kamun shukuriyaa eve.
ReplyDeletekithamme ireh kiyaan ulheythaa. fahy ge bst writer thee,raalhu gandun naween ge car fenigen dhiyaamey.. billion likes ..
ReplyDeleteemme furathama sukuru kuran beynumee najuma dhatha ah.
ReplyDeletenaween kaareega bunelan beynuvanee ina ah balaalaigen ulhechey :P
varah beautiful mi part ves. faxeel ge mom ves furathama wife aa gabooleh nuvi/ btw noe she love my wife varah boddah, my mom is the best hama.
sofaaa you haadha molhey. waiting for 82.
ReplyDeletemaama akah vaatheeve, ekamuge ufaaverikamaa hedhi . mibai hama habeyxx :)
ReplyDeleteloading loading loading = my comment wow sofaa naween ge hithah finiveema magey hithahves finivejje :) greatu partu .
ReplyDeletereethi, ehaaves reethi my dearly dearly .
ReplyDeletevaahaka nimenee dho? picture kurevey hama hurihaa scene eh, yu reali r very obi at this.
ReplyDeletechofa haadha haadha haadha haadha molhey ,, chimpli hama best ,,
ReplyDeletecn harli wait for 82.
avas kollaathi chofaaaa
Najmaatthage bai soffaa haadha molhukoshey thi genesdhinee. hama eiy vaa goi. Il mengeygaves hama thihen veee. sofaa thi hunnanee mi hurihaa kameh thajribaa koffatha. r u married Sofaa. u know these details so much.ehenve ahaaly.hope u dont mind. (Ilhaamaa)
ReplyDeletema'aafu nukurevey varuge kameh midhuniyeyga evves insaakkah nukureveyne. ma'aafu kurumun e meehakkah e libey ufaaveri hih hamajehumakee eheh kamakaa alhaaakiyanyyaa eaha vure maa mathiveri kameh. haassa koh mamma adhi bappa akkah nukureveyne evves dhari ehge ma'aafu libun haggu nuvaa varuge kameh/ mamma adhi bappa menakee eah vure maa mathiveri gulhumakun aharemennaa gulhifa thibey baey. mi bai kiyaalumun neeno ah varah varah varah funasareh kuruvaifi. mi bai kiyumun dhenthibi kiyuntherinah ves ajaaibu kuruvani iburatheh libeynekamaa medhu shakkeh nukuran.
ReplyDeletesofa ge vaahaka hageegathugaves varah asarukuruvani. ummeedhakee mi fadha reethi vaahaka kuri ah oiy thanuga ves kiyaalan libeynekamah.
hih dhevijje mi vaahaka ah:)
ReplyDeletevarah hihgaimu.. fathis thari haadha molhey. billionun likes ingey :)
ReplyDeletealhe vaahaka nimenee dhw? sad sad sad. beynun romance baeh kiyaalan :P
ReplyDeletehama ekani romance baey noon ingey hurihaa baey ves hama varah reethi.
wow haadha salhi ey mi part.. yu r the best . ummmmmmaaaaaaaaaaah
ReplyDeletesalhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi salhi e sentence ve mi sentece ves hurihaa sentence ehves......heenukuraa gothakah e vee ves.....shaxx hieh nukuran najuma goi dhoo kuraane kamakah...ekam hama e goi dhookureethaa dhw.....nimenee dhw dhen mi....dhen kithah part adhi eboitha soff....wish u all the best and god bless u <3<3<3
ReplyDeletealhey.. rovenee hama rovenee.. konfadha mathiveri gulhumeh tha mom and son. najma you r the best. puppyssssss
ReplyDeletesofaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa ah bunelan u r habeys jaaanooooo. great wordings.
kobaaa 82.. avaskolla dhee dhoooooonyyaa . mi part hama best
ReplyDeleteyaaaaaaaaaaahooo very outstanding/ touched/ thank you.
ReplyDeletesofa dearyyyy alhey. komme faharaku kiya kiyaa indhefa dhn kiyaa levenee nunimey :( hehehe keekuraanee dho we bn readers hama hitheh nufureyay.. reethi kamun mi story.
ReplyDeletekithamme varakkah vaahakaige reethikamaa behey gothun comment kuriyas mi alhaage hithe nufurey.. keeh kuraanee ehaaves mi vaahaka salhi ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
ReplyDeletevaahaka kiyamun dhiya iru mi indhevenee neyvaa laan ves han'dhaan nethifa.. komme bayakah ves mivaru vey eba.. ekamaku vaa sofa sweety haadha molhey .. roe roe hih balivejje.. najma dheke loabivevijje.i just cudnt stop reading this part re-peatedly.. ♥♥ thanx a lot :-))
ReplyDeletelove u n this story .
dhuvahuge work feshumuge kurin kiyaalan beynunvaa emme furathama vaahaka akee mee, ehaaves gayaavey.. ☻☻ shukuriyyaaa
ReplyDeletesalhingey mi part ves.
sofa vareh hama neiy, kiyp uo the great work. love ittttt <3
ReplyDeletenaween ge hih varun hurihaa akmeh ves evee baraabaru,.. efadha maai firihendhari eh libuneema najuma ves islaahuvaanethaa dho.. dhen 82 avas avas avas,, thousand likes to thsi part .
ReplyDeletehabeyxxxxxxxxxx ottaru huri varah asaraaeku i read this.. well done dear, best of luck
ReplyDeletemee najuma ah ☻
ReplyDeletemee naween nd ina ah ♥♥
mee dhekudhinge baby ah ♥
1+1+1= million likes to this part.
mee sof ah ♥♥♥♥♥♥♥♥
completely awsome. wish you all the best fathis thari.
ReplyDeletebest story ever and ever and ever!! love your story. ☻ this s my frst cmmnt.
ReplyDeletecomment kuran ulhe ulhe nukurevigen miulhenee.. vaahaka reethi kamun anehkkaa balaleema jeena ge comment eh neiy :( soooo sadu nu .. kihineytha evi ehaareethi comment eh kureema ves?
ReplyDeletebeautiful described. i love mom- son relation part mostly. may ALLAH bless you and your work.
varah kehmadhu ingey ahdiha dhevana bayah. i am a big FAN :-}
heyyyyyyyyyyyyyy!! neyguhure balaa levunee , up kohffin dhow.. furihama ingey mi partves. haadha molhey kan'buloh.. brilliant ☻
ReplyDeletesofa dhoonigan'daaaa haadha furihama ey mi part. i miss my mother badly.. goo dluck naween n ina. we love you.
ReplyDeletesuccessful writer akah sof vaanekamaa medhu shakkeh evs nukuran. Allah abadhuves sof ah kehtherikan dhevvai liyuntherikamuge ron'gun kuriah dhiumah ithuru hihvaru dhevvaashi. thiya gothuga hurevijjenama , raajjeyga thiya nan vidhaalaane iraadha kurehviyyaa.. aameen. vaahaka varah salhi ehaame omaaaan.
ReplyDeletesofa dhen part ga mihaa dhera koh nulaaathi, heyonuvaane, haadha thadhuvejjey hithah ves.
ReplyDelete50 comment ves madhu mi part ah. so so so so beautifully described. so touching. so lovable son. such a cute daughter-in-law. ur just an awsome writer fathisthari.
ReplyDeletemi part ah libeynekan gaimu eah vure gina comments? ehaaves reeethi mi part ..kobaatha huriha a comment thakeh :( blog ah vee gotheh balaalabarrrrr sofa.. ramee bunihen kobaa jeena ge comment? alhe alhe
ReplyDeleteharduli waiting for 82.. salhi ingey mi part ves..
ReplyDeletekobaatah hafoo ge comment? plz hafu ves comment kureemey
ReplyDeleteannehkka bunelaanan mi vaahaka varaeh neiy hama.
haadha rovijjeh mi part kiyaafa. varah best.. thee hama best :)
ReplyDeletewow beautiful, mwaaaaaaaaaaaaaaaaaaaaahkkkkkkz
ReplyDeletewelldone sofa..
ReplyDelete10xx for solving the law - in law puzzle peeecfulli. how nice of you. again welldone! keep it up.
hardly waiting for a happy ending. super hama. sofa the super star :}
ReplyDeleteoh nooo,. adhives up eh nukurantha? sad .. sofa haadha molhey.
ReplyDeletesofa.. kobaa vaahaka? phonecall ah film kulhumuge kanthah kuriah dhoa othee? haadha molhey.. sofa. adam loves ur story. waiting 4 the next.
ReplyDeleteadamge wife ves oreg ey mihaaru.. ina aa ekukekeega vihaanehen hevanee,, adam beynumee boy eh. naween kaareega ahaalabala girl eh libijiyyaa engage kruvaanantho?
dhen doc ah dhakkan dhaa dhuvahega fennaane nnu dhoa,, ina aa naween ah maruhabaa aa thahuniyaa from adam n wife.
sofage mi vaahaka ah neyge faadakkah dehvilavaafa mihiree.. kithamme las shifteh nimunas geyha aissa balaalevenee vaahaka uo kuritho.. wife mihaaaru dhimaa kuraa varunves.. ekamakuves bunelan thiya phone call akun adam ge hayaaiy varah bajjaveri vejjey.. sofa ake emolhu liyuntheri,, saabas thikura ahivarah.
sofa dhooneeeeeee haadha molhey. kobaa anehbai? love thsi story.
ReplyDeleteokaaaaaas bokaaaaaaaaaaaaas...
ReplyDeleteobihama..
love this vaaahaka
500000000000000000000000000000000000000000000000 likes.
best story ever..
ReplyDelete!!!!!!!!! <3!!!!!!!!!!!!
ReplyDeletereeeeeeeethi ingey..
thankolheh haasargandu bodu... ehen liumun kiyaairu baeh faharu bunaa echehves neygifa indhevey...... anyways reethi...
ReplyDeletebaey kiyuntherin beynuvedhaane dhw one sentence in nimmaalan.. ekamakuves ei ekudhinge ves hiyaalu.. varah habeys ingey.. love it
ReplyDeletekobaa next part? mi part is tooo good.
ReplyDeletereethi ingey.
ReplyDeletehaadha reechey mivaahaka,, ninmmaalanee tha thi? kobaa anehbai?
ReplyDeletealhey sofaa loabivaaaaaa haadha molhey.. ummmmeeeeeeeeeeeeeees. best hama.
ReplyDeletesimple simple simple best best best .. <3 mee emme reethi story.
ReplyDeletehabeyxxxxxxxx i love this story.
ReplyDelete♥♥
sofaa alhe avahah dhn in part up koh dhy...
ReplyDelete