🌟🌟Fathisthari Vaahaka🌟🌟

Once upon a time it happened, how it happened is a fiction by me for you.

އަލިމަހުގެ ވިދުން - 5 ވަނަ ބައި

މަންޒަރުދެކެން އައިސްތިބި މީހުން މި މަންޒަރު ބަލަނީ ޝައުޤާއެކުގައެވެ. އެމީހުން އިއްޔެ ދުށް ދުވަހަށްވުރެ މިއަދު ކުލަގަދައެވެ. އެމީހުން އިއްޔެ އެހި އަޑުތަކަށްވުރެ މިރޭ އިވޭ އަޑުތައް ތަފާތުވާނެކަން ޔަޤީނެވެ. އެކަމަކު މިވަނީ ކީއްކަން އެމީހުންނަށް ބައެއްފަހަރަށް ނުވިސްނޭތީ ކަންބޮޑުވެފައި ތިބި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިދާ ގޮތުން ދާ ކަމަށްވާނަމަ ރާއްޖޭގެ ސިޔާސީ މަސްރަޙް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އޮންނާނެ ގޮތް އެމީހުންނަށް އަންދާޒާ ކުރަންވެސް ބައެއްފަހަރަށް ދަތިވެފައި ވެއެވެ.

ކޮންމެއަކަސް، ދިވެހިންގެ މެދުގައި އެހާ ޢާއްމު ނޫން ސެންޓެއްގެ ވަހުން މުޅި މާޙައުލު އެއްވަސްވެފައިވާ ފަދައެވެ. "ސިޔާސަތު" ގެ ވަހެވެ. މީގެ ކުރިން ދިވެހިން އެހާ ބޮޑަށް ނުދަންނަ މި ބަހަކީ މިހާރު އަތަރަކަށް ވެ ނިމިއްޖެއެވެ. އެ ބަހުގެ ފުޅާ ކަމާއި މާނަ ފުންކަން ކުރިއަށް އޮތްތަނުގައި އަދިވެސް ބޮޑަށް އެނގިގެން ދާނެކަމުގެ ޔަޤީންކަމަކީ އެންމެންނަށްވެސް ލިބިފައި އޮތް ޔަޤީން ކަމެކެވެ.

"ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން...ޑީޕީގެ އިސް ލީޑަރު އަލީ ކަރީމް ، އޭކޭ، ހޫނު ތަރުޙީބެއް..." ރޭގެ ޙަފްލާ ހުށަހަޅައިދޭން ހަމަޖެހިފައިވާ ފަރާތްކަމަށްވާ ޔަޒީދުގެ އަޑުން މާހައުލު ގުގުމައިގެން ދިއުމާއެކު ދެން ފެނުނީ ޑީޕީގެ އިސް ބޭފުޅުން ސްޓޭޖްމައްޗަށް އެރި ތަނެވެ.


އެންމެ ކުރީގައި ހުންނަވައިގެން އެރި އޭކޭގެ ފަހަތުން އެ ޕާޓީގެ އެހެނިހެން އިސް ބޭފުޅުންވެސް ސްޓޭޖަށް އެރިއެވެ. އެކިބޭފުޅުން އެކި ކުލަކުލައިގެ ގަމީހުގައި ތިބި ނަމަވެސް އޭކޭ ހުރީ ޕާޓީގެ ކުލަ ކަމަށްވާ މަޑު އޮރެންޖް ކުލައިގެ އަތްދިގު ގަމީހެއް ލައި، އަތުކުރި އޮޅާލައިގެންނެވެ. ދުރު ދުރަށް ދަންދެންވެސް ފެންނާނެފަދަ އުޖާލާ ހިނިތުންވުމަކާއެކު، އެއްވެފައިވާ މީހުންނަށް ސަލާމް ކުރުމުގެ ގޮތުން އަތުން އިޝާރާތް ކުރަމުން އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދިޔައެވެ.  އެއާއެކު ތަރުޙީބުގެ އަތްތިލަބަޑިއާއި ތޫނު ތުނބުން ފުމުން ތަކުން މުޅި މާޙައުލު އެއްއަޑަކުން ގުގުމާލިއެވެ. އޭކޭ ފެނުމާއެކު މީހުންގެ ޖޯޝާއި ފޯރި އިތުރުވެގެން ހިނގައްޖެއެވެ.

"އައްސަލާމް ޢަލައިކުމް...ކޮބާ ކިހިނެއްތޯ ހުރިހާ ބޭފުޅުންގެ ޙާލު އަހުވާލު....." ސްޓޭޖްގެ ދެ ފަރާތުގައި ހުރި ދެ ސްކްރީނުންވެސް ދުރަށް ފެންނަނީ މިހާރު ޔަޒީދުއާއި މައިކް އެކަންޏެވެ.

"ރަނގަޅު ދެއްތޯ؟ ވަޑައިގެން ދެއްވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް މި ޕާޓީގެ ނަމުގައި އަދި ޚާއްޞަކޮށް އޭކޭގެ ނަމުގައި ޚާއްޞަ ޝުކުރެއް. އަދި ހޫނު މަރުޙަބާއެއް. އާދެ....މިކޮޅުންވެސް، އަދި މިކޮޅުންވެސް އަޅުގަނޑަށް ވަރަށް ގިނަ ބެނަރތައް ފެންނަމުން އެބަދޭ. ތިޔަ ދެއްވާ ތާއީދާއި ލޯބީގެ ބަދަލު ރަނގަޅުވާނެ ކަމާމެދު ޝައްކެއް ނެތް.
ދިވެހިންގެ ޕާޓީ އާދެ ޑީޕީގެ ކުރިއެރުމަކީ، ދިވެހިންގެ ކުރިއެރުން. އެއްދުވަހުން އަނެއް ދުވަހަށް ލިބެމުން މި އަންނަ ތާއީދާއި އެއްބާރުލުމުގެ އާޚިރު ނަތީޖާ ފޮނިވާނެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑުމެންގެ އަޑަކީ ތިބޭފުޅުންގެވެސް އަޑު. އަޑު އުފުއްލަވާ. ޑިމޮކްރަސީގެ މަގުން ހިންގަވާ. ދިވެހިންނަށް މިއަދު ބޭނުންވަނީ ސާފު ފުރިހަމަ ޑިމޮކްރަސީއެއް. އެ ޑިމޮކްރަސީ ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން މިތިބީ އެންމެން އަތުކުރި އޮޅާލައިގެން. އަޅުގަނޑުމެންގެ އިސް ލީޑަރު އޭކޭ...އާދެ މި ޕާޓީއިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އޭކޭގެ ފިޔަވަޅުތައް މަތީ އަޅުގަނޑުމެން ހިނގާނަމު. އޭކޭ ...އޭކޭ....އޭކޭ....އޭކޭ....." ފުރަތަމަ ބަސްކޮޅު ނިންމާލާފައި ޔަޒީދު ގޮވަން ފެށި ނަމާއެކު އެންމެން އެއްފަހަރާ އޭކޭ އޭކޭ މިނަން ގޮވަން ފަށައިފިއެވެ. ތަރުޙީބާއި ތާއީދު އޮހެން ފެށިއެވެ.

"އާދެ....މިރޭގެ މި ޖަލްސާއަކީ....ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަންނަ އޮކްޓޯބަރު 7 ވަނަ ދުވަހު، އާދެ 2008 ގެ އޮކްޓޯބަރު 7 ވަނަ ދުވަހު މުޅި ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން ބޭއްވޭ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއް. އާދެ. ކުރިއަށް އޮތީ އެންމެ 2 މަސް ދުވަސް. އަޅުގަނޑުމެންގެ ޕާޓީއަށްވަރަށް ބުރަވާނެ ދެ މަސް ދުވަސް. އެހެން ނޫންތޯ. " ޔަޒީދުގެ ވާހަކަ ހުރީ ޢާއްމުންގެ ޝައުޤުވެރިކަން ދަމައިގަނެވޭނެ ގޮތަށެވެ. ޔަޒީދު އަކީ އެގޮތް ކިތަންމެ ރަނގަޅަކަށްވެސް ދަންނަ މީހެކެވެ.

"އިލެކްޝަނުގެ ކުރިން މާލޭގައި އަޅުގަނޑުމެންގެ ވަރަށް ޚާއްޞަ އެއް ޖަލްސާ ގައިމުވެސް ބޭއްވޭނެ. ނަމަވެސް އޭގެ ކުރިން އަޅުގަނޑުމެންގެ ޕާޓީ ގަސްދު ކޮށްފައިވަނީ މުޅިންވެސް އަތޮޅުތެރެއަށް ދަތުރު ކުރާ ގޮތަށް. އޭގެ ތަފްޞީލްތަކާއި ކުރިއަށް ރާވާފައި ހުރި ޚާއްޞަ ރޭވުންތައް މި ޖަލްސާ ކުރިއަށް ދާ ވަރުން ތިބޭފުޅުންނަށް އޮޅުންފިލާނެ. މާ ގިނަ ވާހަކަތައް އަޅުގަނޑު މިތާ ހުރެގެން ދައްކަން ވެއްޖެނަމަ ތިބޭފުޅުން ފޫހިވެދާނެވެސް ކަންނޭނގެ. ހެހެހެހެ....އެހެންކަމުން....ލަސްތަކެއް ނުކޮށް އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެންގެ ޕާޓީގެ އިސް ލީޑަރު ، އާދެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓް އަލްފާޟިލް ޢަބްދުލް ކަރީމް. އާދޭ....އޭކޭ...ޕާޓީގެ މެމްބަރުންނާއި މުޚާޠަބްކުރެއްވުމަށް ވަޑައިގެން ދެއްވުން އެދި އަދަބުވެރިކަމާއެކު ދަންނަވަން." މިހެން ބުނެފައި ޔަޒީދު މައިކާއި ދުރަށް ޖެހިލިއެވެ.

އޭކޭ ގޮނޑިން ތެދުވުމާއެކު އަނެއްކާވެސް މީހުންގެ މެދުގައި އަޑުގަދަވެގެން ހިނގައްޖެއެވެ. ތުނމުން ފުމުމާއި އެހެނިހެން ގޮތްގޮތުންވެސް ޢާއްމުން ދިޔައީ އެމީހުންގެ ތާއީދު އޭކޭއަށް އޮތްކަން އަންގަމުންނެވެ.

"އައްސަލާމް ޢަލައިކުމް...." ޖަލްސާ ފެށުނީ އެހިސާބުންނެވެ.

އޭކޭގެ ވާހަކަކޮޅު ކުރިއަށް ދިޔަ ވަރަކަށް ޑީޕީގެ ހުވާ ކަށަވަރުތައް ދިޔައީ ޢާއްމުންނަށް ލިބެމުންނެވެ. ދިވެހިން ރާއްޖެއިން ދެކެން ބޭނުންވާ ބައިވަރު މަންޒަރުތައް ލޯ ކުރިމައްޗަށް ސިފަ ކޮށްދެމުން ދިޔައެވެ.
އެ ޕާޓީގެ އެޖެންޑާ ތަކާއި  ޕްލޭންތަކުގެ ސިފައިގައެވެ. އުއްމީދުކުރާ އެތައް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ ޔަޤީންކަން ލިބެމުން ދިޔައެވެ. ދުވަހަކުވެސް ދިވެއްސެއްގެ ހިތަށް ނައަރާ، އެކަމަކު އެ އަޑު އިވުމުން އެއީ އެމީހުންނަށް މާ ކުރިންވެސް ހަމަޖެހިފައި އޮންނަން ޖެހޭނެ ގޮތެކޭ ޔަގީންވި އެތައް ކަމެއްގެ ވާހަކަ އަޑު އިވިގެން ދިޔައެވެ. އުމުރުން ދޮށީ މީހުންނަށް ވެދެވިދާނެ ފައިސާގެ އެހީތަކެއްގެ ވާހަކައެވެ. ކޮންމެވެސް ކަހަލަ ރަނގަޅު އުޞޫލެއްގެ މަތިން ޢާއްމު ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތުގެ ވާހަކައެވެ. ރާއްޖޭގެ އެކި ރަށްތަކަށާއި އެކި އަތޮޅުތަކަށް ފަސޭހައިން އައިސް ގޮސް ހެދޭނެ ގޮތެއް ހޯދޭނެ ގޮތެއް އޮތް ކަމުގެ އުފާވެރި ޚަބަރެވެ. ޚަރަދުބަރަދު ކުޑަވާނެ އެތައް ގޮތެއްގެ ވާހަކައެވެ.

ސަޕޯޓަރުންނާއި ތާއީދުކުރާ މީހުންގެ ތާއީދުގެ ބަސްތައް އޮހެމުން ދިޔައިރު މަންޒަރު ބަލަން އައިސް ތިބި އިދިކޮޅު ޕާޓީތަކުގެ މީހުންގެ މޫނުމަތިން ފެނުނީ މަލާމާތުގެ ހިނިތުންވުމެކެވެ. ތި ދައްކަނީ މޮޔަވާހަކައެކޭ ތި ވާހަކަތައް އަހަރެމެންގަބޫލު ނުކުރާނަމޭ ބުނާ ކަހަލަ ގޮތެކެވެ. އޭކޭއަށް، އަދި އެ ޕާޓީގެ އެހެން މެމްބަރުންނަށް ނޭނގުނު ނަމަވެސް، ކަލޭ އަޅެ ރީތިގޮތަކަށް ނިމިގެން ދާނެއޭ އޭކޭ އާއި ދިމާލަށް ހިތާ ހިތުން ބުނެބުނެ ތިބި އެތައް ބަޔަކު ހިނިއައިއްސަ އެތަނުގައި ތިއްބެވެ.

އެއްވެސް އިރެއްގައި ނޭނގޭ ކަމަކުން ގެއްލުމެއް ނުވާނެތީ، އެއްވެފައި ތިބި މީހުންގެ ތެރޭގައި ތިބި މިފަދަ ބައެއްގެ ފަރާތުން މާ ބޮޑު އަސަރެއް ސަޕޯޓަރުންނަށްވެސް އަދި ޖަލްސާގެ އިސް ބޭފުޅުންނަށްވެސް ނުކުރެއެވެ.
ޖަލްސާ ދިޔައީ ކުރިއަށެވެ. ޖޯޝާއި ފޯރީގައެވެ. ޝައުޤާއި އުއްމީދާ އެކުގައެވެ.

"އާދެ....ދެން އޮތީ ދަންނަވާލުމެއް....އެންގުމޭ ބުންޏަސް ރަނގަޅުވާނެ ދޮގެއްތޯ! އާދެ.... މި އޮކްޓޯބަރުގައި  އޮންނަ އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުންނާއި، ރައްޔިތުންގެ ޙާލު ވަރަށް ގާތުންބެލުމަށްޓަކައި އަޅުގަނޑުމެންގެ ކެންޑިޑޭޓް، އޭކޭ މި އަންނަ ހަފްތާ ތެރޭގައި އުތުރުގެ ރަށްތަކަށް ދިގު ދަތުރުފުޅެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ. އެހެންކަމުން މިކަން ތިޔަ އެންމެހާ ބޭފުޅުންނަށާއި އެ އަތޮޅުތަކުގެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި މި ތަނުގައި އިޢުލާން ކޮށްލަން. އާދެ...އެ އެންމެބޭފުޅުންގެ އިހްސާސް ތަކާއި ދަތިތަކާއި މިވަގުތުން ވަގުތަށްވެސް ބޭނުންވެފައިވާ ކަންތައް އޮޅުންފިލުވުމަށް ކުރެވޭ ދަތުރެއް މިއީ.  އެހެންކަމުން މިކަން އިޢުލާންކޮށްލަން. އަދި ޚާއްޞަ ގޮތެއްގައި މާލޭގައި އުޅުއްވާ އެ ރަށްތަކުގެ ބޭފުޅުންގެ ތެރެއިން މި ދަތުރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް އެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވާލަން.

އޭކޭއާއެކު މި ދަތުރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ، އަޅުގަނޑު މި ދެންނެވީ އެ ރަށްތަކާއި އެ އަތޮޅުތަކުގެ ބޭފުޅުން އިނގޭތޯ. އެބޭފުޅުން ދަތުރުކުރުމުގައި ފަސޭހަވާނެ  ވަރަށް ޚާއްޞަ ގޮތްތަކެއް އަޅުގަނޑުމެން ރާވާފައި ވާނެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ތައް އަޅުގަނޑުމެންގެ ޕާޓީގެ މައި އޮފީހުން ލިބޭނެ. އަދި އަޅުގަނޑުމެންގެ ވެބްސައިޓުންވެސް މިކަމުގެ އެހީތެރިކަން ލިބިގެން ދާނެ. ތިބޭފުޅުންނަށްޓަކައި ދޮރުތައް ވަނީ ހުޅުވިފަ. ހަމަ ވަޑައިގަންނަވަންވީ އިނގޭތޯ. "
އޭކޭގެ ވާހަކަ ކޮޅަށްފަހު ޕާޓީގެ އެހެން ދެބޭފުޅަކުވެސް ވާހަކަ ދެއްކިއެވެ. އޭގެ ފަހުން ޖަލްސާ ނިންމާލުމުގެ ގޮތުން މި އުފާވެރި ޚަބަރު ލިބުމުން ޕާޓީގެ މެމްބަރުންގެ މެދުގައި އޭކޭއަށް އޮތް ސަޕޯޓް އިތުރަށް ފެނިގެން ދިޔައެވެ.

ޔަޒީދު ދިން މި ޚަބަރާއެކު ގޮތް ވެގެން ދިޔަ މީހުންގެ ތެރޭގައި ، ސްޓޭޖްގެ އަރިމަތީގައި، މީހުންނަށް މާ ބޮޑަށް ނުފެންނާނެ ކަހަލަ ގޮތަކަށް ހުރި ސާޢިދުވެސް ހިމެނެއެވެ.
ވަގުތުން ފޯން ނަގާފައި ގުޅާލީ ރާފިޢުއަށެވެ. ސްޓޭޖް ކުރިމަތީގައި ހުރި ގޮނޑިބަރިތަކުގެ ތެރެއިން އެންމެ ކުރީ ބަރީގައި އިން ރާފިޢުއަށް ބަލަން ހުރެއެވެ.

"އާނ...ކިޔާބަލަ." ތަނުގެ އަޑުގަދަކަމުން ރާފިޢުއަށް މިހެން ބުނަން ޖެހުނީވެސް ގާތްގަނޑަކަށް އަޑުގެ ނެތް ތަނަށެވެ.

"އަހަންނަށް ހީވަނީ ރާފިޢު އެ ދަތުރުގައި ކޮންމެހެންވެސް ބައިވެރިވާން ޖެހޭހެން އެބަ." ސާޢިދު އޭނަގެ ލަފާ ދިނެވެ.
"އެއީ....؟" ސާޢިދު އެ ބުނަން އުޅޭ އެއްޗެއް އަދިއެއް ރާފިޢުއަށް ނޭނގެއެވެ.

"ކުރިއަށް އޮތްތަނަށް ބަލާއިރު، މިއީ އެރަށުގެ ރައްޔިތުންނާއި ބައްދަލުވެ ތަޢާރަފްވެލަން ރަނގަޅު ފުރުޞަތެއް. އޭކޭ އާއެކު ދިއުމުން ބޮޑަށް..." އެއް އަތުން ކަންފަތް މަތީ އަތް އަޅައިގެންހުރެ ސާޢިދު ފޯނުން ވާހަކަ ދެއްކިއެވެ.
"އޯކޭ...." ސާޢިދު އެ ބުނަން އުޅޭ އެއްޗެއް ރާފިޢު އަށް އެނގިއްޖެއެވެ. އިތުރު ވާހަކައެއް ދެއްކޭވަރަށްވުރެ އެތަނުގެ އަޑުވެސް ގަދައީއެވެ.

އެތަކެއް ތަޢުރީފާއި އެތަކެއް ވަޢުދުތަކަށްފަހު ޖަލްސާ ނިމިއްޖެއެވެ. އެންމެންވެސް ކޮޅުކޮޅުމައްޗަށް ހިނގައިގަތެވެ. ރާފިޢު ގޮސް ހުއްޓުނީ ސްޓޭޖް ކައިރީ ހުރި ސާޢިދުކައިރިއަށެވެ.
"އެހެންވީމަ އެގޮތަށް ހަމަޖައްސާ. އޭކޭ ބުނެފި ވަރަށް އެހެން ކަހަލަ އެއްޗެއްވެސް. އަހަރެން މި ދަނީ އެމީހުންނާއެކު. ނިމުނުހާ އަވަހަކަށް އެބަދަން. އަދުހަމް އަށްވެސް އަހަންނާއެކު ދެވޭގޮތަށް ހަމަޖައްސާތި." ވަރަށް އަވަސް އަވަސް އަރުވާލާފައި ރާފިޢު ހިނގައްޖެއެވެ. ޕާޓީގެ އިސް މެމްބަރުންނާއިއެކު ގޮސް ގުޅިއްޖެއެވެ.

ސާޢިދު ހިނގައިގަތީ މީހުންގަނޑުގެ ތެރެއިން އައިސް އައިސް ތިބި ވަސީމް އާއި އައްޔައާއެކު އެތަނުން ނުކުންނާށެވެ.

"ރާއްޕެވެސް ފުރާނެ އޭކޭ އާއެކު..." ސާޢިދުއަށް ބުނެވުނީ މިވަރަށެވެ. އެވަގުތު ރިންގުވާން ފެށި މޮބައިލްގެ ސަބަބުން އެވާހަކަ އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ.
އައްޔަ އެރީ ޑްރައިވަރު ސީޓަށެވެ. ޖެހިގެން ހުރި ސީޓަށް ސާޢިދު އަރައި އަތުގެ އިޝާރާތުން ދުއްވާލުމަށް ބުނެލިއެވެ.
"ކޮންތާކަށް ވަސީމް އެ ދިޔައީ؟" އެމީހުން އެރި ކާރަށް ވަސީމް ނައަރާކަން އެނގުމާއެކު ސާޢިދު އަހާލިއެވެ.

"އޭނަ އަންހެނުން ދެންމެ ގުޅި ކޮންމެވެސް ތާކުން ގެއަށް ނުދެވިގެން. އެތަނަށްކަންނޭނގެ ދިޔައީ." އައްޔަގެ މި ޖަވާބުގެ ފަހުން އިތުރު އެއްޗެއް އަހާކަށްވެސް ސާޢިދުއަށް ވަގުތެއް ނުވިއެވެ. ކޯލަކަށް ފަހު ކޯލެއް އެ ފޯނަށް އާދެއެވެ. ފުލުފުލުގައެވެ.

އެއީ ސާޢިދުގެ ވަޒީފާއެވެ. ފުރަތަމައެއް ނޫނެވެ. ދެވަނައެވެ. ނަމަވެސް ފުރަތަމަ ވަޒީފާއަށްވުރެ އެންމެތަންކޮޅެއްވެސް މުހިއްމުކަން އޭނައަށް ކުޑައެއް ނޫނެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ގިނައިން ކިޔޭ އެއް ނަން ކަމަށްވާ ރާއްޕެގެ އެ ދާއިރާގެ ހުރިހާ ކަމެއް ރާވައި ހިންގައިދީ އަދި ކަންތައްތައް ގެންދަންވާ ގޮތުގެ އިރުޝާދު ދީ ހަދާ މީހަކީ ސާޢިދެވެ. ޤާނޫނީ ދާއިރާއިން މަތީ ސަނަދު ނަގައިގެން ހުރުމުގެ ސަބަބުން ގާނޫނީ ގޮތުން ދޭންވާ ހުރިހާ ލަފައެއްވެސް ދީ ހަދަނީ ސާޢިދެވެ. މި ދުނިޔެއިން އެއްވެސް އިންސާނަކަށް ނުކުރާ އިތުބާރާ ޔަގީންކަން ސާޢިދު އާއި ދޭތެރޭ ރާފިޢު ގެންގުޅެއެވެ. އެހެން އެއްވެސް އިންސާނަކާ ޙިއްޞާ ނުކުރާނެ ފަދަ ރޭވުންތަކާ މަޝްވަރާ ތައް ސާޢިދު އާއިއެކު ބާއްވާކަށް ރާފިޢު ދުވަހަކުވެސް ޖެހިލުމެއް ނުވެއެވެ. ލިބިފައި އޮންނަ އިތުބާރަކާއި ޔަގީންކަމެއްގެ ސަބަބުންނެވެ.

އުތުރުގެ އަތޮޅުތަކަށް އޭކޭ ކުރަން ހަމަޖެއްސި އެ ދަތުރުގައި ބައިވެރިވުމަށް ރާފިޢުއަށް ލަފާދޭން ސާޢިދުއަށް އެނގުނީ އެހެންވީމައެވެ. އެހެން އެކަކަށް ނޭނގުނު ނަމަވެސް އެކަމުގައި ރާފިޢު ކުރާ އުއްމީދާއި އޭނަ ޙާޞިލް ކުރަން ބޭނުންވާ ކަންތައް އެނގެނީ ސާޢިދުއަށް އެކަންޏެވެ.

"ކޮބާ ކިހިނެއް ހަދަނީ...." ޖަލްސާ ނިންމާފައި ދިޔަ ގޮތަށް ސާޢިދުމެން ދިޔައީ އެމީހުންގެ އޮފީހަށެވެ. އައި ދެތިން ކޯލަކަށް ޖަވާބު ދީފައި ދެން ސާޢިދު ގުޅީ އަނެއްކާވެސް ރާފިޢުއަށެވެ.
"ނުވިއޭ ކެންސަލެއް. އެމީހުން ބޭނުމޯ ބައްދަލުކުރަން..." ސާޢިދު ކުރި ސުވާލަކަށް އެއްޗެއް ބުނުމުގެ ކުރިން އެކޮޅުން ރާފިޢު ސުވާލު ކުރުމުން، އޭނައަށް އެ އައި ފޯންކޯލްތަކުގެ ވާހަކަ ސާޢިދު ކިޔައިދިނެވެ.

"އާނ...ހޫމް....ދިހަ ހާސް ރަނގަޅުވާނެނު....ހޫމް....އޯކޭ....އަދި އަދުހަމްވެސް ނާދޭ. އޭނަ އައީމަ ތިކަންތައް ހަމަޖައްސާނަން." ސާޢިދުގެ ވާހަކަ ހުރީ އެ ކޮޅުން ދެއްކި ވާހަކައާއި އެއްގޮތަށެވެ.
"އަހަރެން ދާނީ. އާނ އޯކޭ" ސާޢިދު ފޯން ބާއްވައިފިއެވެ.

ފޯން ކޯލް ނިންމާފައި ގޮނޑިއާއެކު ސާޢިދު އެއްފަރާތަށް އެނބުރުނެވެ. ގުދުވެފައި ސައިޑްކަބަޑުގެ ވަތްގަނޑެއް ހުޅުވާފައި ނެގީ ފައިސާގެ ދެތިން ބޮނޑިއެކެވެ. ނަގާ ސިޓީއުރައަކަށް ލައިގެން، ސައިކަލް ތަޅުދަނޑި ހިފައިގެން ސާޢިދު ހިނގައިގަތީ ނުކުންނާށެވެ.

"އެބަ އަންނަން ވަރަށް އަވަހަށް. އަދުހަމް އަތުވެއްޖެއްޔާ ބުނާތި އަހަރެން އަންނަންދެން މަޑޫކޮށްލާށޭ." ނިކުންނަން ހިނގައިގަންނަމުން ސާޢިދު އެދުނެވެ. އައްޔަވެސް ކިޔަމަންތެރި ކަމާއެކު ބޯ ޖަހާލިއެވެ.

ސާޢިދު އަކީ އޭނަގެ ކޮންމެ ޙަރަކާތެއްގައި، ކޮންމެ ވާހަކައެއްގައި، ކޮންމެ އެދުމެއްގައިވެސް ހަރުދަނާ ރޭވުމެއް ގެންގުޅޭ މީހެކެވެ. ހަރުދަނާ ހީވާގި، ވިސްނުންތެރި ޤާނޫނީ ވަކީލެކެވެ. ސާޢިދު ކުރާ ކަމަކަށް އަދި ބުނާ އެއްޗަކަށް މާ ގިނަ ސުވާލުކޮށް ނަހަދަން އައްޔައަށްވެސް އާދަވެފައިވަނީ އެކަން އެނގޭތީއެވެ. ސާޢިދު ބުނެފި އެއްޗެއްގައި އެމީހުން ކުރިމަތިލާންޖެހޭނެ އެއްވެސް ބިރެއް ނޯންނާނެކަން ޤަބޫލު ކުރެވިފައިވާތީއެވެ. ސާޢިދުމެންނާއެކު މަސައްކަތް ކުރާތާ މިވީ އަށެއްކަމަސް ތެރޭގައި އައްޔައަށްވެސް ސާޢިދު ވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ.

"ކޮބާ ސަމަދު ކީކޯ ބުނީ. އަހަރެން ނުގޮސްގެން ވަރަށް ޝަކުވާ ކުރި ދޯ؟" އެރޭގެ ބާރަ ގަޑި ބައިވެސް ވި ފަހުން އައިސް އޮފީހަށް ވަން ރާފިޢު ފުރަތަމަވެސް އަހާލީ މިހެންނެވެ. އަދުހަމް އާއި ސާޢިދުވެސް އިނީ އެމީހުންގެ ވަކިވަކި މޭޒުގައި މަސައްކަތުގައެވެ. މިހާރު ކޯޓްގައި ހިނގާ އެމީހުންގެ ކޭސްތައް ކުރިއަށް ދާގޮތާއި ދޭތެރޭ އެނގެން ޖެހޭ އެނގުންތަކެއް އުނގެނިގަތުމުގައެވެ.

"އޭނަ މައިތިރިއެއް ނުވާނެ ފަސޭހަ ގޮތަކަށް. ކަމަކަށްފަހު ކަމެއް އޭނަ އެބަ ނަގާ." ބަލަން އިން ލިޔުންތަކެއް އެއްފަރާތް ކޮށްލާފައި ލޮލުގައި ހުރި ނަންބަރު އައިނު ނަގާ ސާޢިދު ބޭއްވިއެވެ. މިރޭ ރާފިޢު އައުމުން އެ ވާހަކަ ދައްކަން ސާޢިދު މާ ކުރިންވެސް ވިސްނައިގެން އިންފަދައެވެ.

"މިހާރު ކީކޯ ކިޔަނީ...؟ ރާފިޢުވެސް އޭނަގެ ބޮޑު ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އެހެންނަމަވެސް އެ ދެއްކެން އުޅޭ ވާހަކައަށް އޭނަގެ މާ ބޮޑު ޝައުޤެއް ހުރި ވައްތަރެއް ނުޖަހައެވެ.
"އަނެއްކާވެސް އަނެއް ދިހަހާސް..." އެއްފައިމައްޗަށް އަނެއްފައި ނަގަމުން ދެއަތުގެ އިނގިލިތައް އެއްކޮށް ސާޢިދު މަހާލިއެވެ. ރާފިޢުއަށް މުހިއްމު ނުވިނަމަވެސް، ރާފިޢުއަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން، އަދި ރާފިއުގެ ކަންތައްތައް ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އެކަން ސާޢިދުއަށް ވަރަށް ބޮޑެވެ.

"އަނެއްކާ....؟ "  ރާފިޢު އަހާލިއެވެ. ހުރިހާ ސަމާލުކަމެއް ހުރީ  އަތުގައި އޮތް މޮބައިލް ފޯނަށެވެ.

"އަނެއްކާވެސް އެ ވާހަކަޔާއިގެން އެހެން ބަޔަކުވެސް އައީޔޯ އޭނަ ބުނަނީ. ކޮންމެ ގޮތެއްވިޔަސް އެމީހުންގެ އަނގަ މައިތިރިނުކޮށެއް ނުވާނެ. ސަމަދުގެ ވާހަކަ އަކީ އެއީ." ސާޢިދުއަށް ކަންބޮޑުވަނީ ސަމަދު ދައްކާ ވާހަކައިގައި މާބޮޑު އޮށްޓަރެއް ނުހުންނާތީއެވެ.

"އެކޮޅުގަ ކެމްޕޭން ޖައްސަން ހުރީ އޭނަ. ކޮންމެގޮތެއްވިޔަސް އޭނަ ރުއްސައިގެން އަހަރެމެންނަށް ކަމެއްވާން އޮތީ. އޭނަ އައިސް ކިޔާ ކޮންމެ އެއްޗެއް ގަބޫލުކުރުން ނޫންގޮތެއް ނޯންނާނެ. ހަމަޖައްސާލާ އެކަންތައް." އެއީ ރާފިޢުގެ އެންމެ އަތްމަތީ ޖުމްލައެވެ.

"އޭއި އަހަންނަކަށް ހިއެއް ނުވޭ ހަމަ އެމީހުން ޖަހާހާ ބެރަކަށް ނަށަން ޖެހޭނެހެނެއް. އަހަރެމެން އެންމެންނަށްވެސް އެބަ އެނގޭ މި ދުވަސްވަރު ރައްޔިތުންގެ ކަންތައް ހުރި ގޮތް.
މަދުބަޔަކަށް ސިޔާސަތަކީ ކޮބައިކަންވެސް އެނގެނީ. މަދުބަޔަކަށް މި ވަނީ ކީއްކަންވެސް އެނގެނީ. އެހެން އެންމެންވެސް އުޅެނީ އެމީހުންނަށް ނުކުރެވި ހުރި ކަންތައްތައް ކުރެވޭތޯ. އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ހައްދައިގެންވެސް ލާރިގަނޑެއް ކާލެވޭތޯ ހަމަ ކޮންމެ މީހަކުވެސް އެބަލަނީ. ވަކި އޭދަފުށްޓެއް ނޫނޭ. ހުރިހާ ރަށެއްގެވެސް ޙާލު.
އަޑުއެހީމެއްނު ހިންމިއަތުން އެ އަތުލި ލާރިގަނޑު. އައްޑޫ މީހުންނަށްވުރެ މުއްސަނދި އެހެންބަޔަކު މި ރާއްޖެއަކު ނޫޅޭ. އެކަމަކު އެހެރީ ހިންމިއަށްވެސް ދިން ލަނޑު. ދެން ކިހިނެއްވާނީ އެހެން ރަށްތައް." ސާޢިދު އެ ވާހަކަ ދައްކާ ދައްކާ މިހާތަނަށްވެސް ރާފިޢު އަށް އޮތީ އެ ވާހަކަ ގަބޫލު ނުކުރެވިފައެވެ. އެހެންނަމަވެސް އަނެއްކާވެސް އަދުހަމްވެސް އެ ވާހަކަ ދެއްކިއެވެ.

"އެކަމަކު އެބަޖެހެއެއްނު އެކަން ހައްލުކުރަން. އެމީހުން ބޭނުންވެގެން އުޅޭކަމެއް ކޮށްނުދީ އަހަރެމެން ބޭނުންވެގެން އުޅޭ އެއްޗެއް ލިބޭނެ އެހެން ގޮތެއް އަހަންނަކަށް ނޭނގެ." ފަރުވާ ކުޑަ ގޮތަކަށް ރާފިޢު ބުނެލިއެވެ.
"އެހެންވެގެންނޭ މި ކިޔަނީ އެކަން ދޫކޮށްލާށޭ އަހަރެންމެންގެ އަތަށް." އަދުހަމްގެ މި ބަހަށް ތާއީދު ކުރުމުގެ ގޮތުން ސާޢިދުވެސް ބޯ ޖަހާލިއެވެ. އަދުހަމް އެ ދެއްކި ވާހަކައަށްފަހު މާ ދިގު ވާހަކައެއް ނުދައްކާން ސާޢިދު ނިންމިއެވެ.

"އެކަމަކު ތިބުނާ ގޮތަށް ކަލޭމެންގެ ކެރިއަރ ޕްރެކްޓިސް ކުރަންވީ މި ވަގުތުތަ؟ ކެމްޕޭނަށް މި ހުރިހާ ޚަރަދެއް ކޮށްފަ އަހަރެންގެ މަޤްޞަދު ޙާޞިލު ނުވެއްޖެއްޔާޔޯ؟ އޭރުން ކާކު ޒިންމާވާނީ؟" ރާފިޢުއަށް އެއަށްވުރެ ބޮޑު އެހެން ކަމެއް ނޯންނާނެއެވެ. އޭނަ ބޭނުންވާނީ ކޮންމެ ޙާލެއްގަވެސް ކާމިޔާބެވެ.

"ސާޢިދުއަށް ރަނގަޅަށް އެނގޭނެ އަހަރެންގެ މަޤްޞަދަކީ ކޮބައިކަން. ކިހިނެއް އެކަން ކުރާނީ ތިގޮތަށް ހަދައިގެން؟" ރާފިޢުއަށް މުހިއްމު ހިސާބަށް އައުމުން ފޯން ބާއްވާފައި ސާޢިދުއާއި ދިމާލަށް ރާފިޢު އެނބުރިއްޖެއެވެ./

"އަތުގަ ލޯލާރިއެއް ނޯންނަ ހިސާބަށް ގޮސްގެން އެތައް ދަރަންޏެއް ބޮލުގަ އަޅައިގެންވެސް އެމީހުން އެ ބުނާ ކަންތައްތައް ކޮށްދީފަ، ދެން ކާމިޔާބު ނުވެއްޖެއްޔާ ވެސް ޒިންމާ ނަގާނެ މީހެއް ނުހުންނާނެ." ސާޢިދު ބުނެލިއެވެ.

އިރުކޮޅަކަށް ރާފިޢުގެ އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ވިސްނުމަށް ނައި ކަހަލައެވެ.

"ހަމަ ތެދެއް މިބުނީ އިނގޭ ރާއްޕެ. އެކަމަށް ވެއްޖެ ހުއްޓުމެއް ގެންނަން. އަނެއްކާ އެންމެ ރަށަކުން އެންމެ މީހެއް ނޫނޭ. މުޅި ޕާޓީގެ ކަންތައްތަކަށްވެސް ޚަރަދުކުރަން އެބަޖެހޭ....ކިހިނެއް އެހެން ލާރި ބަހާނީ؟" ސާޢިދު ދައްކަން އުޅުނު ވާހަކަ މުޅިން ކަހަލަ ގޮތަކަށް ކުރިއަށް ގެންދިޔައީ އަދުހަމް އެވެ. އެކަމާއި މެދުގަ ހަގީގަތުގައިވެސް އެމީހުން ކަންބޮޑުވެފައިވާތީއެވެ.
ނަގާފައިވާ ލޯންތަކާއި ދަރާފައިވާ ދެރުންތައް އެދެމީހުންނަށް ވެސް އެނގޭތީއެވެ.

"މިއީ ލޯ ފާރމެއް. އެކަމަކު ރާއްޕެއަށްވެސް އެނގޭނެ ހާލަކުން ފަހަރަކު ނޫނީ މިހާރު އެކަމެއް ނުހިނގާކަން މިތާގަ. ފައިސާ ވަންނާނެ މަގު މި އޮތީ ބަންދުވެފަ. އެޓްލީސްޓް ފާއިތުވި ހައެއްކަމަހު ނުހިނގާ އެކަމެއް. އެހެންވީމަ....؟ ކޮންތާކކުންފައިސާ ނެރެނީ؟" އަދުހަމް އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.

އެ ޙައްޤު އަދުހަމްއަށް އެބައޮތްވެސް މެއެވެ.
ރާފިޢުގެ ހިތްހަމަ ނުޖެހިފައިވާ މޫނާއި އަދުހަމްގެ ކަންބޮޑުވެފައިވާ މޫނަށް ބަލަން މަޑުމަޑުން އިން ސާޢިދުގެ ހިތަށް މިހެން އެރިއެވެ.
އޭނައާއި އޭނަގެ ސްކޫލް ދުވަހުއްސުރެވެސް އެންމެ ގާތް އެކުވެރިޔާ އަދުހަމް އާއި ދެމީހުން އެއް ދާއިރާއަކުން ތަޢުލީމް ޙާޞިލް ކުރީވެސް، ކޮންމެވެސް ދުވަހަކުން އެ ދާއިރާއިން ކުރިއަށް ގޮސް ކާމިޔާބީތަކެއް ޙާޞިލް ކުރުމުގެ މަގްޞަދުގައެވެ. މުޖްތަމަޢުގައި ހިނގައިގެން ނުވާނެ އެތައް ކަމެއް ހިނގަމުން އަންނަ ކަމަށް އެމީހުން ދެކޭތީ، އެމީހުން ޤަޞްދުކޮށްގެން ހުރީ އެކަންތައްތައް ހުއްޓުވުމަށްޓަކައި އެމީހުންގެ މައްޗަށްވެސް ވާޖިބު ކުރައްވާފައިވާ ދައުރު އަދާ ކުރުމަށެވެ.

ޤާނޫނީ ދާއިރާއިން ކިޔަވައިގެން އައިސް މީގެ 3 އަހަރު ކުރިން އެދެމީހުން އެ އޮފީސް ހުޅުވީ އެ މަޤްޞަދުގައެވެ. އިތުރު 2 ވަކީލަކާއެކު ކުޑަ ބަޖެޓަކުން ފެށި އެ މަސައްކަތަށް ފުދޭވަރެއްގެ ތަރުޙީބެއްވެސް ލިބުނު މެއެވެ. އިންސާފް ހޯދައިދިނުމާއި އިންސާފަކީ ކޮބައިކަން ދިވެހިންގެ މެދުގައި އެނގިފައި އޮތް މިންވަރާ ބަލާއިރު، ލިބުނު ކާމިޔާބީ ފުދޭކަމަށް އަދުހަމްވެސް އައީ އޭނައާއި އެއްބަސްވަމުންނެވެ. އެހެންނަމަވެސް އެމީހުން ބޭނުންވި ވަރަށް އެކަމަށް މަސައްކަތް ނުކުރެވެނީސް އެމީހުންގެ މަސައްކަތަށް ވަނީ ހުއްޓުމެއް އައިސްފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަން ފެށި ބަދަލުތަކެއްގެ  އަސަރު އެމީހުންގެ އެކުވެރި ރާފިޢުއަށް ކުރި ހިސާބުން ފެށިގެން މަންޒަރު ބަދަލުވާން ފެށީއެވެ. ފެށުނީއްސުރެން ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވަމުން އައި ރާފިޢު ސިޔާސީ ދާއިރާއަށް ވަންނަން ގަސްތު ކުރި ހިސާބުން ފެށިގެން އެމީހުންގެ ރޭވުންތައްވެސް ޖެހުނީ ބަދަލު ކުރާށެވެ.

ބަދަލުވަމުން އައި ސިޔާސީ މަސްރަޙާއިއެކު އެމީހުންގެ ކަންތައްތައްވެސް ބަދަލުވަމުން ބަދަލުވަމުން އައިސް އެންމެ ފަހުން މިއަދު "ސާދް އެންޑް ކޯ ލޯވ ފާރމް" ވެފައިވަނީ ޑީޕީގެ ލީޑަރު އޭކޭގެ އެންމެ އަރިސް އެއް މެމްބަރު ކަމަށްވާ ރާއްޕެގެ ސިޔާސީ ކެމްޕެއިން އޮފީސް ކަމަށެވެ. މިވަގުތު ރާއްޖޭގައި ހިނގަމުން އަންނަނީ އަންނަ އޮކްޓޯބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކާއި ކެމްޕެއިންތަކެވެ. ރާއްޕެގެ އޮފީހަކީވެސް އެ ޕާޓީއަށް ތާއީދު ހޯދުމަށްޓަކައި މަސައްކަތް ކުރާ ތަނެކެވެ. އަމާޒުކުރެވިފައިވަނީ ބ. އަތޮޅަށެވެ. ޚާއްޞަކޮށް ބ. އަތޮޅު އޭދަފުށްޓަށެވެ.

"އެންމެ ރަނގަޅު. އެކަމަށް އަހަރެމެން ހައްލެއް ހޯދާނަން. އަޅާނުލާ. ކޮންދުވަހަކު މިހާރު ފުރަން ކިޔަނީ؟" ހިމޭން ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކީ ސާޢިދުއެވެ. މައުޟޫއުގައި ދެބަސްވުމަކަށް ގޮސްދާނެހެން ހީވި ހިސާބުން އެންމެންވެސް ވާހަކަ ހުއްޓާލީއެވެ. އެ ވާހަކަ ފަށާ ކޮންމެ ފަހަރަކު އެ ދެމީހުންގެ ޚިޔާލާއި ރާފިޢުގެ ޚިޔާލު ދިމާނުވާކަން އޮތީ އެމީހުންނަށް ޔަގީން ވެފައެވެ. ވާހަކައަށްވުރެ އެކަން ރާފިޢުއަށް ވިސްނޭނީ ޢަމަލުން ދެއްކިއްޔާ ކަމަށް ސާޢިދު ނިންމިއެވެ.

"އަށާވީހުގަ ފުރާ ވާހަކަ ދައްކަނީ....އެއީ މި އަންނަ ހަފްތާއެއްނު؟" ކަލަންޑަރަށް ކަޅިއެއް އެއްލަމުން ރާފިޢު ބުނެލިއެވެ.
"ހޫމް............." ސާޢިދުވެސް ބަލާލީ ކަލަންޑަރަށެވެ. އެއީ މި އަންނަ ހަފްތާއެވެ.

"މިހާރު ދެން ކޮންމެހެން އޭކޭ އެކޮޅަށް ނުދިޔަޔަސް އަސްލު ރަނގަޅުވާނެ. ދިޔުމަކީ އަނެއްހެން މައްސަލައެއްވެސް ނޫން. ރައްޔިތުން ބޭނުންވާ ގޮތް އެ އޮތީ ނިންމާފަ. އެއީ އަހަރެމެންވެސް ބޭނުންވާ ގޮތް. ނިމޭނީ ކޮން ގޮތަކަށްކަން މިހާރުވެސް އެނގޭ. އެހާބޮޑު ދަތުރެއް ރާވައިގެން ކުރުން އެހާ ބުއްދިވެރިކަމަކަށް އަހަންނަށް ނުފެނޭ."  އަދުހަމް ފާޅުކުރީ އޭނައަށް ފެންނަ ގޮތުގެ ޚިޔާލެވެ.

"އެކަމަކު ރާފިޢު ބޭނުންވާ ކަންތައްތައް ޙާޞިލު ކުރުމަށްޓަކައި މިއީ ވަރަށް ރަނގަޅު ދަނޑިވަޅެއް. ކޮންމެހެންވެސް ދިއުން އަހަންނަށް ފެންނަނީ." ސާއިދު އެކަމާ ވަރަށް ރަނގަޅަށް ވިސްނައިފިއެވެ.
"އާނ...ސާޢިދު އެބަގެންގުޅޭ ރަނގަޅު ޕްލޭނެއް. ވޯރކް އައުޓް ކުރާނެކަން ޔަގީން. އެކޮޅުގަ އެ ޕްލޭން ޖައްސާލަން ކެރުން ރާއްޕެއަށް އޮންނާނީ." އަދުހަމް އާއި ސާޢިދު އެކަމާ ވާހަކަ ދައްކާ ނިންމާފައިވާކަން ރާފިޢުއަށް އެނގުނެވެ.

"ތިއީ އެއްވެސް ކަމެއް ނޫން. ކަލޭމެން ތިބޭ ބަލަން." ސާޢިދު އާއި އަދުހަމް ނިންމައިފިއްޔާ އެއަކު ގޯހެއް ނޯންނާނެކަން ރާފިޢުއަށްވެސް އެނގެއެވެ. ނިކުމެގެން ދިޔައީ ހިތްހަމަޖެހި ހުރެގެންނެވެ. އޭނަގެ ހުވަފެން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.

** ** ** ** **
"އަމީރާ....ދަރިފުޅާ...ނަދާ އެބަހުއްޓޭ އައިސް...ނިކަން އާދެބަލަ އެތިކޮޅެއް ކާން..." ކާމޭޒު މައްޗަށް އެއްޗިހި ގެންދަމުން އަމީރާއަށް ގޮވަމުން ދާތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އެކަމަކު އަދިވެސް އަމީރާ ދައްކާ ނުލައެވެ.

"ވަރަށް ފޮނި ވާނެ. ސޮރީއޭ ބުނީމަވެސް ނައަންނާން ދޯ އެ އިންނަނީ އަދިވެސް. އަންނާނަން ގޮވައިގެން..." މޭޒުދޮށުގައި އަމީރާގެ އިންތިޒާރުގައި އިން ނަދާއަށް ނީނދެވިގެން އެންމެފަހުން ހިނގައިގަތެވެ.

"އަމީ......ދައްތާ....އަމީ ބޯފަޅައިގެން ގޮއްސަ...." އަމީރާގެ ކޮޓަރި ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އަޑުގެ ނެތްތަނަށް ނަދާއަށް ހަޅޭއްލަވައިގަނެވުނެވެ.

ނަދާގެ އަޑު ޖެހުމާއެކު ކާމޭޒުދޮށުގައި އުޅުނު އަމީރާގެ މަންމަ އާއި ގޯތިތެރޭގައި ހުރި އުނދޯލީގައި އިން އަމީރާގެ ބައްޕަގެ ހިތް ހުއްޓުނުކަހަލައެވެ. އެ ކޮޓަރިއާއި ހަމައަށް އާދެވުނު އިރު އަމީރާގެ މަންމައަށް ރޮވިއްޖެއެވެ. ދަރިފުޅުގެ ޙާލު އަދި ލޮލުން ނުދެކޭއިރުއެވެ. ހަމަ އެކަނި އަނިޔާއެއް ވެއްޖެކަން އެނގުމުންވެސް އެ މަންމަގެ ހިތް ހަލާކުވެއްޖެއެވެ.

"ދަރިފުޅާ....އަމީރާ....." އަމީރާގެ މަންމަގެ ހެޔަށްވެސް ގޮތްވެދާނެ ފަދައެވެ.


    ** ** ** ** ** (ނުނިމޭ ) ** ** ** ** **

*މިވާހަކައިގައި ހިމެނޭ އެއްވެސް ނަމެއް، ތަނެއް، ކަމެއް، ހާދިސާއެއް، އަދި އެހެން އެއްވެސް ކަމެއްގައި ޙަޤީޤަތެއް ނުހިމެނެއެވެ. މިވާހަކައަކީ ހުރިހާ މާނައެއްގައިވެސް އަޅުގަނޑުގެ އަމިއްލަ ވިސްނުމަށް ލިޔާ ޚިޔާލީ ވާހަކައެކެވެ.*

11 comments:

sofaaaaaaaaaaa.. mi part nujahaa vaahakaeh vaththareh, v foohi, ekkoh nuves kiyan foohivi varun, mipart miothee mulhin siyaasee vefa.
party'ge jalsaaves ekkoh genesdheefa othee.

 

Alhe kihaa dhera. :(
Ekamaku eiy beykaaru baithakeh nooney kokko.

Ekamaku aslu eiy vaahakaige haadha muhimmu baithakeh himeney bayekey. this part says almost all the important details in the story. Asluves. U will see how true this is when u go ahead with the stories next parts.

Aslukoh.....!!!

 

Sofvath thi ulheny kihineh hadhan kamattha? Mi ee hageegatheh nooney buneema v.shakku. hehehe. keep posting.reethi.furihama. (shifa)

 

thariyaaaaaaaaaaaaaaaaaa ves siyaasee vejje.salhi

 

mivaahakiga siyaasee bai innaathy v foohi... ebai nuves kiyan

 

siyaasee konli konlinu vahaka mulhin hadi e vee.....v v v hadi mi part

 

mi vaahaka nimifa tha mihiryyyy

 

alhe edhevunu thadhu nugenesdhenee kihve........plx genes dheebaaaaaaaaaaaaaa..........

 

alhe edhevunu thadhu e vaahaka kihve genes nudhenii .....pix genes dheeeeebaaaaaaaaaaaa..........

 

liyuntherinna contact waane gotheh neitha? varah muhinmmu

 

Ofcourse Niyaz Husen, you can contact me from
any of these links as follows:

My FB contact: https://www.facebook.com/fathisthari

OR

My FB group: https://www.facebook.com/groups/Fathisthari/

OR
My FB page: https://www.facebook.com/FathisthariSofaa

Thank you.

 

Post a Comment