qnutihAv
uduWav
(މިވާހަކަ މި ބްލޮގްގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ / އަންގާރަ / ބުރާސްފަތި މި 3 ދުވަހުއެވެ.)
(މިވާހަކަ މި ބްލޮގްގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ / އަންގާރަ / ބުރާސްފަތި މި 3 ދުވަހުއެވެ.)
ނިދާފައި އޮތް ނީރާ އަށް
ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ރަޖާގަނޑު ދަމާ ކަރާ ހަމައަށް ގެނެސް
ބާރުކޮށްލީ ނިދީގެ ތެރެއަށް އިތުރަށް ފީނައިގަންނަމުންނެވެ. އެހެންނަމަވެސް ދެން
އިވުނު އަޑަކުން ސިކުނޑި ހޭލާން އުޅެގެންފިއެވެ.
"ހޫމް....އެންމެ
ރަނގަޅު...." ކިތަންމެ ވައި އަޑުން ވާހަކަ ދެއްކިނަމަވެސް އެއީ އޭނަގެ
ފިރިމީހާގެ އަޑުކަން ނީރާއަކަށް ސިއްރެއް ނުވެއެވެ. އަނެއްކާވެސް ސިނާންގެ މަންމަގެ
ޙާލު ބޮޑުވީކަންނޭނގެއޭ ހިތަށް އެރުމުން ނީރާއަށް ކަންބޮޑުވެވުނެވެ. ފާއިތުވި ތިން ހަތަރު މަހަކީވެސް
މައިދައިތަގެ ޙާލު ދޭތެރެ ދޭތެރެއިން ގޯސްވެގެން ދިޔަ ދުވަސްތަކެކެވެ.
"އޮފްކޯޒް....ޔެސް...ހެހެހެ...ޓްރަސްޓްމީ
ލަވް، އައިކޭން. އޯކޭ. ގުޑްނައިޓް. ލަވްޔޫ." ނިދަން
ގަސްތުކޮށްގެން އޮތް ނީރާގެ ލޯ މިއަޑަށް ހަމައެކަނި ހުޅުވުނީއެއްވެސް ނޫނެވެ.
ނިދިވެސް ފިލިކަހަލައެވެ. ހަފުތާއެއްހާ ދުވަސްފަހުން އަނެއްކާވެސް އެއްކަލަ
"ދަންވަރު" ކޯލް ސިނާނަށް އައީކަން ނީރާއަށް އެނގުނެވެ.
ރަނގަޅަށް ލޯ ހުޅުވާފައި
ނީރާ ބަލާލީ ފުރަތަމަވެސް އޭނާގެ ފޯނުގެ ގަޑިއެވެ. މެންދަމުން އަލިވެ ތިންގަޑި
ފަންސަވީސް ވީއެވެ. އެނދުގައި ސިނާން އޮންނަ ފަޅި ހުރީ ހުހަށެވެ. އޭނާގެ
ކަންފަތުގައި އެ ޖެހުނު ސިނާންގެ އަޑު އެ އަންނަނީ އެހެންވީމަ ސިޓިންރޫމުންކަން
ނީރާއަށް އެނގިގެން ޔަގީންވިއެވެ.
އެނދުކައިރީ ހުރި މަހްމާ
ފައިވާނަށް އަރައިގެން ނީރާ ހިނގައިގަތީ ސިއްރުސިއްރަކުން ނޫނެވެ. ކޮޓަރީ ދޮރު
ހުރީ ކޮންމެވެސް ވަރަކަށް ހުޅުވިފައިކަމުން ބޭރަށް ނުކުތުމުގެ މާ ކުރިން
ސިޓިންރޫމް ތެރޭގައި ހުރި ސިނާން ނީރާއަށް ފެނިއްޖެއެވެ. ސިނާން ހުރިގޮތުން އެ
އަންނަނީ ކޮޓަރިއަށް ވަންނަންކަމާއި ދައްކާނެ ވާހަކައެއް ވިއްޔާ ދައްކައި އެ
ނިމުނީކަން ވެސް ނީރާއަށް ވިސްނައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
އަނބުރާލާފައި ގޮސް ނީރާ
އިށީނީ އެނދުގައެވެ. އެމީހުންގެ އެންމެ ދޮޅު އަހަރުވީ ކައިވެންޏަށް ވަމުންދާ ގޮތާއިމެދުގައި
ވިސްނާން އިންއިރު އޭނަ ކުރަންވީ ކޮން އިހްސާސެއްކަންވެސް ވިސްނައިގަންނަން ނީރާއަށް
އުނދަގޫވިއެވެ.
މާ ލަހެއް ނުވެއެވެ.
ކޮޓަރިއަށް ވަދެ ސިނާން ދޮރު ލައްޕާލައިފިއެވެ. ކުޑަކޮށް ކަރުކެހިލިއެވެ. އިސް
އުފުލާ ނުބަލާ އިންނަމަވެސް އެ އަޑުތައް ނީރާއަށް އެނގުނެވެ. އޭގެ އިތުރުން
އޭނައާއި ދިމާލަށް ސިނާން އަންނަކަންވެސް ނީރާއަށް އެނގުނެވެ. ގޭތެރޭގައި
އަރާކަހަލަ ނޫކުލައިގެ ފައިވާނެއްގައި ހުރީ ސިނާންގެ ރީތި ދެފައިތިލަ ނީރާއަށް
ފެންނަ ހިސާބަށް އައުމުން އެ ފައިތިލައަށް ބަލަހައްޓައިގެން އިން ނީރާގެ
މޫނުމަތިން ފެންނަނީ ހިތާމަވެރި ގޮތެކެވެ.
އެއީ އެމީހަކަށްޓަކައި އޭނަގެ ހިތާ ފުރާނައިން ޤުރުބާންވި ރީތި އިންސާނާގެ ރީތި ދެފައިތިލައެވެ. އެ ދެފައި ހާޟިރުވާ ކޮންމެ ތަނެއްގައި އޭނާވެސް ވާނޭކަމުގެ ޔަގީންކަމަކީ މީގެ އެތައް އަހަރެއް ކުރީންވެސް އޭނައަށް ލިބިފައި އޮތް ޔަގީން ކަމެކެވެ.
އެއީ އެމީހަކަށްޓަކައި އޭނަގެ ހިތާ ފުރާނައިން ޤުރުބާންވި ރީތި އިންސާނާގެ ރީތި ދެފައިތިލައެވެ. އެ ދެފައި ހާޟިރުވާ ކޮންމެ ތަނެއްގައި އޭނާވެސް ވާނޭކަމުގެ ޔަގީންކަމަކީ މީގެ އެތައް އަހަރެއް ކުރީންވެސް އޭނައަށް ލިބިފައި އޮތް ޔަގީން ކަމެކެވެ.
އެމީހުންގެ ސެކަންޑަރީގެ
ފަހު ދެ އަހަރު ރައްޓެހިވެގެން އުޅެފައި ދެމީހުން ކިޔަވަން ދިޔައީވެސް އެއް
ޤައުމަކަށެވެ. އެއް ކޮލެޖެއްގައި ތިން އަހަރު އެކުގައި ކިޔަވަން އުޅުނުއިރުވެސް އެ
ދެމީހުންނަކީ އެކަކު އަނެކަކާ ދުވަހަކުވެސް ވަކި ނުވުމަށް ވަޢުދުވެގެން ތިބި
ދެމީހުންނެވެ. ދައްޗާއި އުނދަގުލުގައިވެސް ތިބީ އެކުގައެވެ. އުފާވެރި
ދުވަސްތައްވެސް ހިއްސާކުރީ އެކުއެކީގައެވެ. އެހެންނަމަވެސް ކައިވެންޏަށް އަދި
ދެއަހަރުވެސް ނުފުރިގެން އުޅެނީސް ސިނާނަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ނީރާގެ
އުފާވެރި ދުނިޔެއަށް ޠޫފާނީ ވިލާގަނޑެއްގެ ހިޔަނި އެޅިފައިވާ ފަދައެވެ.
އެކަމަކުވެސް އަދިވެސް އެ އިންސާނާއާއި ދޭތެރޭގައި އޭނަގެ ހިތުގައި ފޫހިކަމެއްވެސް
ނަފުރަތެއްވެސް ނުއުފެދެއެވެ. ޝަކުވާ ކުރާހިތެއްވެސް ނުވެއެވެ. ރީތިކޮށް
ސުލްޙަވެރިކަމާއެކު އެ ދެމީހުން އެ ވާހަކަ އެތައްފަހަރަކު ދައްކައިފިއެވެ. ސިނާން
އާއި އެހެން އަންހެންކުއްޖަކާއި ދޭތެރޭ އެއްވެސް ގުޅުމެއް ނުވާކަމަށާއި ސިނާންވެސް
އޭނައާއި ވަކިވާން ބޭނުން ނުވާކަން ސިނާން އޮތީ ކަށަވަރުކޮށްދީފައެވެ. ސިނާން އޭނަ
ދެކެ ވާ ލޯތްބާއި ދޭތެރޭ ނީރާ ޝައްކު ކުރަނީކީވެސް ނޫނެވެ. އެކަމަކުވެސް، ޚުދު ތިމާގެ
ފިރިމީހާ އެހެން އަންހެނަކާ އެވައްތަރަށް "ވާހަކަ ދައްކާނަމަ"
ކެތްކުރަން ދަތި މީހުންގެ ތެރޭގައި އޭނަވެސް ހިމެނޭތީ ދެންމެ އެ އިވުނު އަޑުން
އުނދަގު ނުވެ ނުހުރެވެނީއެވެ.
"ހަނީ....."
ނީރާގެ ބޮލުގައި ފިރުމާލަމުން ސިނާން އެ ގޮވާލި ގޮތުން އެކަނިވެސް ނީރާގެ ގައިގަ
ހުރި ފިނިކަން ކެނޑި ހަށިގަނޑުގައި ހޫނު ބާނިއެއް އުފެއްދިއެވެ. އެއީ ނީރާ އެ
އިންސާނެއް ދެކެ އެންމެ ލޯބިވާ އޭނަގެ ފިރިމީހާގެ ބަރު ރީތި އަޑެވެ. އެ
ފިރިހެންވަންތަކަމަށްޓަކައި އޭނަ ޖާނުން ފިދާވެވެނީ އިޚްތިޔާރަކާ ނުލައެވެ.
ނީރާ އިސް އުފުލާ
ސިނާންގެ މޫނަށް ބަލާލިއެވެ. އެނޫން ނަމަކުން ސިނާން އޭނައަށް ގޮވާފަ ހުންނާނީ
ނުރުހިގެން ހުންނަ މަދު ފަހަރެއްގައެވެ. އެހެން ނޫނީ އަބަދުވެސް ލޯބިން
"ހަނީ" ގޮވާލާ ގޮތުންވެސް ނީރާގެ ހިތް ކޮންމެ ދުވަހަކުވެސް އާ ގޮތަކަށް
އެ ފިރިމީހާ ދެކެ ލޯބިވެއެވެ.
"ކޮން
ގޮތަކަށް ތި ބަލަނީ، ކިހިނެއްވީ، މާ ފިނިވީ ދޯ؟" ނީރާގެ މޫނުން ފެންނަ
ތަފާތުކަން ސިނާންއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް ނީރާގެ އިހްސާސްތަކާއި
ތަފާތު ގޮތަކަށެވެ.
ސިނާން އަކީ އޭނަގެ
ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް އަބަދުވެސް ދިން މީހެކެވެ.
މިހާރުވެސް ގިނަ ކަންތަކަށް ސަމާލުކަން ދެއެވެ. އެކަމަކު އެއީ ލޯބިންކަމަށް
ޤަބޫލުކުރަން ނީރާއަށް މިހާރު ތަންކޮޅެއް ދައްޗެވެ.
އޭނަގެ ބޯމަތީގައި އޮތް
ސިނާންގެ އަތް ދުރަށް ލާފައި ނީރާ ތެދުވީއެވެ. ސިނާންއަށް ޖަވާބު ދިނުމުގެ
ބަދަލުގައި ގޮސް ހުޅުވީ އަލަމާރިއެވެ. އޮފީހަށް ގެންދާ ދަބަސް ނަގައި އެ ދަބަހުން
ނެގި ހިމަދިގު ސިޓީއުރަ ހިފައިގެން ގޮސް އޭގެއިން ނެގި ގަނޑުތަކެއް، ކުޑަމޭޒުމަތީ
ރޫޅާފައި ބެހެއްޓިއެވެ.
"މީގަ ސިނާން
ސޮއިކުރަން ޖެހޭ ތަންތަނުގަ ސޮއިކޮށްލަދީފަ ބާއްވާލާ." މަޑުމައިތިރި ކަމާއެކު
މިހެން ބުނެފައި ނީރާ ދިޔައީ ކޮޓަރިން ނުކުތުމަށެވެ.
އިރުކޮޅެއްގެ
ހައިރާންކަމުގައި ސިނާން ހުއްޓެވެ. ދެންގޮސް ނީރާ އެ ބެހެއްޓި ކަރުދާސްތައް
ބަލާލިއެވެ. އެއީ ވަރިއަށް އެދޭ ފޯމްތަކެކެވެ. އެއްފޯމެއް ނޫނެވެ. އެއްވައްތަރުގެ
ތިން ފޯމެވެ. އޭގެ މާނައެއްވެސް ސިނާންއަކަށް ނޭނގުނެވެ. އެކަމަކުބެލި ވަރަށްވުރެ އަވަހަށް ނަގާ
އެ ގަނޑުތައް ހޫރާވެސް ލައިފިއެވެ. ބާރު ހިނގުމެއްގައި ދެން ހިނގައިގަތީ ނީރާގެ
ފަހަތުންނެވެ.
"އަނެއްކާވެސް
ޝައްކު ކުރަން ފެށީތަ؟" ސިޓިންރޫމުގައި ހުރި ފްރިޖްގެ ދޮރު ހުޅުވައިގެން ހުރި
ނީރާ ކައިރިއަށް ހުއްޓި ސިނާން އެހިއެވެ. އަޑު އިވުނުކަމަށްވެސް ނީރާ ނެހެދިއެވެ.
ފްރިޖުގައި ހުރި ނަޓް ޕެކެޓެއް ހިފައިގެން ގޮސް ކާމޭޒުދޮށުގައި އިށީނީއެވެ.
"ނީރާ ޕްލީޒް. ވީ ހޭވް
ޓޯކްޑް އެބައުޓް ދިސް. ބުނީމެއްނު ޝައްކު ނުކުރާށޭ. ދެން އެ ކޮން ފޯމެއް. "
ނީރާއާއި ޖެހިގެން ހުރި ގޮނޑީގައި ސިނާން އިށީނދެއްޖެއެވެ.
"ރަނގަޅަށް ތިބުނީ.
މިވާހަކަ ދައްކާފަ އޮންނާނީ. އެތަކެއް ސަތޭކަފަހަރުވެސް ދެއްކިއްޖެ. ސިނާން ހަނދާން
ހުންނަންވާނެ އެންމެފަހުން ދުވަހު ދެކެވުނު ވާހަކަ. އޭނައާއި ގުޅުމެއް އޮންނަކަން އަހަންނަށް އެނގޭ
ދުވަހުން ސިނާން އަހަރެން ދޫކުރާނެ. ސިނާން ވީ ވަޢުދެއް އެއީ. ނޫންތަ؟" ނީރާ
ބޭނުންވީ ސިނާނަށް ހަނދާންކޮށްދިނުމަށެވެ.
"ހަނީ ޕްލީޒް.
އަހަރެން ބޭރަށް ނުކުތީ ކޮފީއެއް ބޮވައިގަނެގެންނޭ. ދެން ނިރާއަށްވެސް އެނގެއެއްނު
ފޯނު ހިފައިގެންކަން ދާނީ. ދޯ....ބަޓް ނަތިން އެލްސް. އިތުރު ކަމެއް ނެތް
އިނގޭ." ގޮނޑީގައި ސިނާން ހަމަޖެހިލިއެވެ. އެއާއެކު ނީރާ ތެދުވީ ކޮޅަށެވެ.
"އެހެންވިއްޔާ
ސިނާން ބުނެދީބަލަ ސިނާން ދެންމެ ފޯނުން ވާހަކަ ދެއްކީ ކާކާކަން؟" އެއީ
ކާކުގެ ކޯލެއްކަން ނީރާއަށް ޔަގީންވިނަމަވެސް އެ ޔަގީންކަންވެސް އޭނައަށްވީ
ކުށްހީއަކަށްވާން ނީރާގެ ހިތް ބޭނުންވެއެވެ.
"އެއީ ރައްޓެއްސެއް.
ވަޓްސް ރޯންގ ހަނީ. ވައި އާ ޔޫ ސޯ އަޕްސެޓް. ނަތިން ޓު ވޮރީ." ސިނާންގެ
އަޑުގައިވެސް ވަނީ ލުއި ހިނިތުންވުމެކެވެ. ނީރާ ރުޅިއަންނަން ޖެހޭ އެއްވެސް
ސަބަބެއް އޮތް ކަމަކަށް ސިނާން ނުދެކެއެވެ.
"ސިނާންގެ
ހުރިހާ ރައްޓެހިންނަށްވެސް ސިނާން ކިޔަނީ ލަވްތަ؟ ޕްލީޒް ސިނާން. މިވާހަކަ ވަރަށް
ގިނައިން ދެއްކިއްޖެ. އައި ޑޯންޓް ޑިޒާވް ދިސް." ނީރާއަކަށް އެ ވާހަކަ
ދައްކަންވެސް ނުހުރެވުނެވެ. ހިނގައިގަނެވުނީ ކޮޓަރިއާއި ދިމާލަށެވެ.
އެ ކޮޓަރިއަށް ސިނާން
ދިޔައީ އިރުކޮޅެއް ފަހުންނެވެ. ފެނުނީ ސިނާން ހީކުރިކަހަލަ މަންޒަރެއް ނޫނެވެ.
ދެންމެ އޭނައަށް ސޮއިކުރަން ވަރީގެ ފޯމް ދިން ނީރާ ރޮނީއެވެ. އޭނައާއި
ހަތަރުކަޅިހަމަކޮށް ވާހަކަ ދެއްކި ނީރާ، އެނދުގެ މެދުގައި އިނދެ ދެކަކުލުގައި މޫނު
ފޮރުވައިގެން ރޮނީއެވެ.
ސިނާންގެ ހިތަކަށް ކެތެއް
ނުވިއެވެ. ކައިވެނީގެ ފުރަތަމަ ރޭ ފާޅުކުރިފަދަ ލޯތްބަކުން ނީރާއަށް ލޯބި ދޭން
ސިނާނަށް ފެށުނީ ނީރާގެ ކަރުނުން ފުރިފައި ހުރި ލޮލާއި ރަތްވެ އަރާފައި ހުރި މޫނު
ފެނި ހިތަށް ވީ ގޮތަކުންނެވެ. ދެމުން ދިޔަ
ޔަގީންކަމާއި ވަމުން ދިޔަ އެތަކެއް ވަޢުދުގެ ތެރެއިން ނީރާގެ ހިތަށާއި މޫނަށް
ހިނިތުންވުން ގެނުވަން ސިނާން އަށް ކުރެވުނުހާ މަސައްކަތެއް ސިނާން ކުރިއެވެ.
ނަތީޖާވެސް ރަނގަޅެވެ. ސިނާންގެ އެ ލޯތްބާއި އެ ވަޢުދާއި އެ އަޙުދުތައްވެސް
ނީރާއަށް ޤަބޫލުކުރެވުނެވެ. ވަހުމެއްވެސް ނެތި ހިތް ސާފު ވިއެވެ. ސިނާންގެ މޭގެ
ޙިމާޔަތާއި އަތުގެ އޯގާތެރި ފިރުމުންތަކުން ނީރާގެ ހުރިހާ ޝައްކެއް ފޮހެވި
ފިލައިގެން ދިޔައެވެ. ފަތިހުގެ ފުރަތަމަ ދޯދިތައް ކޮޓަރީގެ ބިއްލޫރި ކުޑަދޮރު
ތޮރުފަން ފެށިއިރު، ދެމަފިރިންގެ ހިތްވެސް ވަނީ ލާމެހި ގުޅިފައެވެ. ވަކި
ނުވެވޭނެވަރަށެވެ.
"އެންމެ ސުވާލެއް އަހަންތަ؟"
ނިންޖާ ދެލޯބަރުވެ ނިދީގެ ތެރެއަށް ގެނބެމުނ ދިޔަ ސިނާންގެ ގައިގައި ބައްދައިގެން
އޮތް ނީރާ ސިނާންގެ ދަތްދޮޅީގައި ފިރުމާލަމުން އަހާލިއެވެ.
"ހޫމް......."
ސިނާންއަށް އޮތީ ގާތްގަނޑަކަށް ނިދިފައެވެ. އެކަމަކުވެސް ނީރާގެ އަޑު ސާފުކޮށް
ސިނާންއަށް އިވުނެވެ.
"އަހަރެން
ނޫން އެހެން އަންހެންކުއްޖަކާއެކު ސިނާން ދުވަހަކުވެސް ނިދިންތަ؟" މަޑުމަޑު
އަޑަކުން ނީރާ މި އެހި ސުވާލުން ސިނާނަށް ސިހުމެއް ލިބުނުތަނެއް ނީރާއަކަށް
ނުފެނެއެވެ. އެކަމާ ނީރާއަށް ކަންބޮޑުވެވުނެވެ.
"ހޫމް..."
ނީރާގެ ސުވާލަށް ޖަވާބު ލިބުނެވެ. އެއާއެކު ނީރާއަށް ސިނާންގެ ގައިން
ދޫކޮށްލެވުނެވެ.
"ކާކާއެކު....؟"
ސިނާންގެ އުރުތެރެއިން ނިކުންނަމުން ނީރާ އެހިއެވެ.
"އޯވހ އަނޫ...ކޮން
ކަހަލަ ސުވާލެއް ތިކުރަނީ؟ ލެޓް މީ ސްލީޕް ލަވް." ސިނާން އޮތީ ވަރަށް
ބޮޑަށްވެސް ނިދަން ބޭނުންވެފައެވެ. އެދެވުނީވެސް އެކަމަށެވެ. ސިނާންއަށް ދެވުނު
ޖަވާބުން ނީރާގެ ޙާލެއް ސިނާންއަކަށް ނޭނގެއެވެ.
ސިނާންގެ ޖަވާބު އަޑުއަހަން
އޮތް ނީރާގެ ހިތް ކުދިކުދި ވެއްޖެއެވެ. އެބުނި ނަމަކީ ސިނާންއާއި ގުޅުމެއް
އޮތްކަމަށް މީގެ ހައެއްކަމަސް ކުރީއްސުރެ އޭނައަށް ޝައްކުކުރެވޭ ނަމެވެ. އެ ބުނި
އަނޫ ....އަނޫޝާ އަކީ ސިނާންގެ ޕީއޭ އެވެ. އޮފީހުގެ ޕާސަނަލް އެސިސްޓަންޓެވެ.
ސިނާންގެ ފޯނުން ލޯބީގެ މެސެޖްތައް ފެނުނީވެސް ހަމަ އެ އަނޫގެ ނަމުގައެވެ.
ސިނާންގެ ވިސްނުމުގައިވެސް އެހެރީ ސިނާން ކައިރީގައި މިވަގުތު އޮތީވެސް އަނޫޝާ
ކަމަށް ހެއްޔެވެ؟ ދެންމެއާއި ޖެހެންދެން ސިނާންގެ ފަރާތުން އެ ލިބުނު ލޯބި ސިނާން
އެދިނީ އަނެއްކާ އޭނައަކީ އަނޫކަމަށް ދެކިގެން ހެއްޔެވެ؟ މިހެން ވިސްނުމުން ނީރާގެ ބޮލަށް އެނބުރުން
އަރައިގެން ދިޔަ ކަހަލައެވެ. ކުއްލިއަކަށް ކުއްލިއަކަށް ތެދުވެ އިށީނދެއްޖެއެވެ.
"ސިނާން.....ސިނާން....ސިނާން...."
އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން އިނދެފައި ސިނާނަށް ގޮވަން ނީރާ ފެށިއެވެ.
ހޭލަންދެން ނީރާ ގޮވިއެވެ. ސިނާނަކީ އަބަދުވެސް ފަސޭހައިން ހޭލާ މީހެއްކަމުން
މިފަހަރުވެސް ދެތިންފަހަރަކު ގޮވާލާއިރަށް ސިނާން ހޭލިއެވެ.
"ވާހަކައެއް
ދައްކާލަންވެގެން..." ނީރާ ބުނެލީ ހަމައެކަނި މިވަރަށެވެ. ފާހާނާއަށް
ވަދެލާފައި އައިއިރު ސިނާންވެސް އިނީ ތެދުވެ އިށީނދެއެވެ.
"މިގަޑީގަތަ ދެން؟ ކިހިނެއްވީ
އަނެއްކާ؟" ތެދުވެ އިންނަމަވެސް ނިދި ސިނާންއަކާއި ވަތްކެއް ނުވެއެވެ.
"ސިނާން
ނިދިންތަ އަނޫޝާ އާއެކު؟" އިތުރު ވާހަކައެއްވެސް ދެއްކުމެއް ނެތި ނީރާ ދިޔައީ
ސީދާ ޕޮއިންޓަށެވެ.
"އޯވހ
ކަމޯން. ވަޓް އިޒް ދިސް ބުލްޝިޓް؟" ހައިރާންވެފައި ނީރާއާއި ދިމާލަށް
ކުއްލިއަކަށް ބަލާލެވުނެވެ.
"ސިނާން
ނިދިންތަ އަނޫޝާއާއެކު؟" ނީރާ އޭނަގެ ސުވާލު ތަކުރާރު ކުރިއެވެ.
"ވަޓްސް ރޯންގ ވިތު
ޔޫ ނީރާ. އެގެއިން؟"ސިނާންގެ
އަޑު ބާރުވިއެވެ.
"ކީއްވެ
ސިނާން އެ ސުވާލަށް ޖަވާބު ނުދެނީ؟" ނީރާގެ އަޑަށްވެސް ނުރުހުންތެރިކަން ވެރިވިއެވެ.
"ނުޖެހޭ ދޭކަށް.
އަޑު އިވިއްޖެ؟ ނުޖެހޭ ދޭކަށް." ރަޖާގަނޑު ނަގާ ހޫރާލާފައި ކުއްލިއަކަށް
ސިނާން ވެސް އެނދުން ފައިބައިފިއެވެ.
"އެކަމަކު
އަހަރެން އެނގެން ބޭނުން ސިނާން. އަހަންނަކަށް ސިނާންއާއެކު ނޫޅެވޭނެ އެ ސުވާލުގެ
ޖަވާބު ނޭނގި." ނީރާ ތަންކޮޅެއް މަޑުމަޑުން ބުނިކަމުގައިވިޔަސް އެއަޑުގައި
ހުރީ ވަރުގަދަ ޢަޒުމެއްގެ ގޮތެވެ.
"އެހެންވިއްޔާ ނޫޅޭ.
އައި ޑޯންޓް ކެއަރ. އަސްލުވެސް އިނގޭ. ޖަސްޓް ގެޓް ލޮސްޓް." ކުއްލިއަކަށް
ސިނާންގެ ފަރާތުން އިވުނީ ވަރަށް ހަރުކަށި ރަޙްމު ކުޑަ ބަސްތަކެކެވ. މީގެ
ވިއްސަކަށް މިނެޓްކުރިން އޭނަ ދެކެ ލޯބިން މޮޔަވާވަރު ވީ ހަމަ އެ ސިނާންކަމަށް
ނީރާއަށް ޤަބޫލުކުރަންވެސް ދަތިވެއްޖެއެވެ.
"ނޫން
ސިނާން. ސިނާން ކެއަރ ނުކުރިޔަސް އަހަރެން ކެއަރ ކުރަން. އަހަންނަށް މި ގުޅުން
މުހިއްމު. އަހަރެން އެނގެން ބޭނުން އެ ސުވާލުގެ ޖަވާބު." އޭނައާއި
މުޚާޠަބްކޮށް އެހާ ރަޙުމުކުޑަ ބަސްތަކަކުން ސިނާން ވާހަކަ ދެއްކުމުން ނީރާގެ
ހިތްހަމަނުޖެހުން ވީ އިތުރަށް ބޮޑެވެ.
"ބުނަން
ނީރާ. އިނަފް. އަހަރެން ބޭނުމެއް ނޫން ދެން ތި ވާހަކަ ދައްކާކަށެއް."
ކުއްލިއަކަށް ސިނާންގެ ޖަވާބު ފިނި ވެއްޖެއެވެ.
"މި
ސުވާލު ސިނާންއާއި ކުރަން ޖެހުނީ ކީއްވެތޯވެސް ސިނާން އެނގޭކަށް ބޭނުމެއް ނުވޭތަ؟
ފުރަތަމަ ތި ދަންވަރު ކޯލް، ދެން ސިނާން ދެންމެ ނިދެމުން ދިޔައިރު ދެއްކި
ވާހަކަ....ސިނާންއަށް އެނގޭތަ ދެންމެއަކު ނިދީގަ އޮވެގެން ސިނާން ވާހަކަ
ދެއްކީވެސް އެ އަންހެންކުއްޖާއާކަން. އަހަންނަށް ސިނާން ގޮވީ އަނޫގެ ނަމުން. ވަޓް
ޑު ޔޫ އެކްސްޕްކެޓް މީ ޓު ޑޫ.؟" ސިނާންއަށް ނީރާ އޮޅުންފިލުވައި ދިނެވެ.
ސިނާންއަށް
ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އެކަން ނީރާއަށް ނުދައްކާންވެގެން އަވަހަށް
އަނެއްފަރާތަށް އެނބުރުނެވެ.
"ސިނާން...؟"
ވަކި އެއްޗެއް ނުބުނެ ގޮސް ސިނާން ސޯފާގައި އިށީނުމުން ނީރާ ގޮވާލިއެވެ. ނީރާ
ބޭނުންވަނީ އޭނަގެ ސުވާލުގެ ޖަވާބެވެ.
"ކޮން ސުވާލެއްގެ
ޖަވާބު ބޭނުންވަނީ؟" ވަރަށް ގިނަ އިރު އަނގައިން ނުބުނެ އިނދެފައި ސިނާން
އެހިއެވެ.
"ސިނާންއާއި
އަނޫޝާއާއި އޮތީ ކޮން ގުޅުމެއްހޭ؟ ސިނާން މިރޭ ވާހަކަ ދެއްކީ ކާކާހޭ؟ ސިނާން
ނިދިންހެއްޔޭ އެއްވެސް އެހެން އަންހެނަކާއެކު؟ އެހެން މި އަހަނީ؟" ސާފު
ބަހުން ނީރާ އެހިއެވެ.
ނީރާގެ މި ސުވާލުތައް
އަޑުއަހާފައި ނީރާގެ މޫނަށް އިރުގަނޑެއްވަންދެން ބަލަހައްޓައިގެން ސިނާން އިނެވެ.
ވިސްނުންތެރިކަމާއެކުގައެވެ.
"ވާހަކަ
ދެއްކީ އަނޫޝާއާ. ކިހިނެއްވީ ދެން؟" ސިނާންގެ އަޑުގައި ވަނީ ހަމަޖެހުމެވެ.
"ސިނާންއާއި
އޭނައާއި އޮތީ ކޮން ގުޅުމެއްކަން ބުނެދެވިދާނެތަ؟" ނީރާ އެނދުގައި އިށީނެވެ.
"އެއީ
ކީއްކުރަން ބަލާކަމެއް؟" ސިނާންގެ ކިބައިން ނީރާއަށް ފެންނަނީ މުޅީން އާ
ސިފަތަކެކެވެ.
"ސީރިއަސްލީ
ސިނާން.؟" މިފަހަރު ނީރާގެ އަޑުގައި ހުރީ ކަރުނައެވެ.
"އާނ.
ސީރިއަސްލީ." ސިނާންގެ އަޑުގައި ހުރީ ކެރޭކަމެވެ.
"ހައު
ކުޑް ޔޫ...ސިނާންއަށް ކިހިނެއް ކެރުނީ ތިހެން އުޅެން؟" ނީރާއަށް ރޮވިއްޖެއެވެ.
"އަސްލު ބުނަން.
ދެން މިވާހަކަ ނުދައްކާ މިހިސާބުން ނިންމާލީމަ ރަނގަޅުވާނީ. އައި އެމް ސޯ ޓަޔަރޑް
އޮފް ދިސް." ސިނާން ކޮޅަށްތެދުވެއްޖެއެވެ.
"ސިނާންތަ
ޓަޔަރޑްވާންވީ. އަހަރެމެން ދެމީހުން މިތިބީ މެރީކޮށްގެން. އެހެން ފިރިހެނަކާ
އަހަރެން ގުޅުން ބޭއްވިނަމަ ސިނާންއަށް ކިހިނެއް ވާނީ؟ ހަމަސްވެގެން
މިދަނީ، ސިނާން ބުނި އެ އަންހެންކުއްޖާއާ އެކަހަލަ ގުޅުމެއް ނޯންނަ ވާހަކަ،
އެކަމަކު މިހާރު...." ނީރާއަށް ބުނެވުނީ އެހިސާބަށެވެ.
"އޮވޭ. އޭރުވެސް
އޮތް. މިހާރުވެސް އޮވޭ. ޔޫ ނޯ ވަޓް، ލެޓް މީ މޭކް އިޓް ކްލިއަރ." މިހާ
ހިސާބަށް ބުނެފައި ސިނާން ތެދުވެގެން ނީރާއާއި ދިމާލަށް ދިޔައެވެ.
"ޔު ނޯ ވަޓް، އައި
ޑޯންޓް ކެއަރ އެނީމޯ؟ ތިހާ ކަޓު ޚިޔާލެއްގެ މީހަކާއެކު ނޫޅެވޭނެ ދެނެއް. ތަންކޮޅެއް
އޯޕެން މައިންޑެޑް ތަންކޮޅެއް ސޯޝަލް މީހެއް ނަމަ ތިހާ ތާކުންތާކު ނުޖެހޭ
ވިސްނުންތަކެއް ނުވިސްނާނެ. ކިޔެވިކަސް ކަޓުގޮތް ނުކެނޑުނު ދުވހަކުވެސް. ވަރަށް
ބޮލަށް އުދަގޫވޭ." ސިނާން ރުޅިއައިސްހުރިވަރު އެއިން ކޮންމެ ލަފުޒަކަށް ލާ
ބާރުން އެނގުނެވެ. އަޑުގައި ހުރި ފޫހިކަން ފެނި ނީރާ ހައިރާން ވިއެވެ. ކަރުނައިން
ދެލޯ ފުރެމުން ދާއިރު ހައިރާންވެފައި ބެލެމުން ދިޔައީ ސިނާންއަށް ކުއްލިއަކަށް
އެއައި ބަދަލުގެ ސަބަބު ނޭނގިގެންނެވެ.
މިއީ ދުވަހަކުވެސް
އިވިދާނެ ކަމަށް ނީރާ ހީކުރި އަޑުތަކެއް ނޫނެވެ. މީގެ އިރުގަނޑެއް ކުރިން އޭނައަށް
އިންތިހާ ލޯބިދިން އޭނަގެ ލޯބިވާ ފިރިމީހާއަށް މިވީ ކީއްބާވައޭ ނީރާ ހިތަށް
އެރިއެވެ. އޭނައަށް އެތައް ވަޢުދަކާއި އަޙުދެއްވެފައި އޭނަ ކައިރީގައި ދެންމެއާއި
ޖެހެންދެންވެސް ސިނާން އޮތް ހަނދާން މިހާރު ހަމަ ނެތުނީހެއްޔެވެ؟ މިހާ އަވަހަށް
މިހާ ކުއްލިއަކަށް މީހުންނަށް މިކަހަލަ ބަދަލު އާދޭބާއެވެ.
"ސިނާން
ޕްލީޒް..." ސޯފާއިން ތެދުވެ ކޮޅަށް ހުރެ ވާހަކަ ދައްކަމުން ދިޔަ ސިނާންއާއި
ދިމާލަށް ނީރާއަށް ދެވުނީ ރޮވިގެންނެވެ. ސިނާން އެ ދައްކަނީ ކޮންކަހަލަ
ވާހަކައެއްހެއްޔޭ ހިތަށް އެރިއެވެ.
"ނޯ...ނޯ.
އިނަފް." ސިނާންގެ ޓީޝާޓުގައި ނީރާގެ އަތް ޖެހުމާއެކު ނީރާގެ އަތް ދުރަށް ކޮއްޕާލާފައި
ޚުދު ސިނާންވެސް ފަހަތަށް ޖެހުނެވެ. އެއްވެސް ގޮތަކަށް ނީރާއާއި ކައިރިވާން ބޭނުން
ނުވާ ފަދައަކުންނެވެ.
"ސިނާން
ހެޔޮނުވާނެ ތިކަހަލަ ވާހަކަ ނުދައްކާ. " ނީރާއާއި ދުރަށް އެގޮތަށް ސިނާން
ދާން އުޅުމުން ނީރާއަށް ނިކަމެތިކަމެއް އިހްސާސް ވިއެވެ.
ނީރާހިތުން
އޭނަގެ ފިރިމީހާއާއި އޭނަ ކުރީ ކުރުން ޙައްޤު ސުވާލެކެވެ. ކުރަން ޖެހޭ ސުވާލެކެވެ.
މިހާރުން މިހާރަށްވެސް އޮޅުން ފިލުވަން ޖެހޭ ސުވާލެކެވެ. އެކަމަކު ވެގެން ދިޔައީ
ނީރާ ހީކުރި ގޮތެއް ނޫނެވެ.
ފިރިމީހާއާއި
ސުވާލެއް ކުރިމަތި ކުރުވުމުން އޭގެ ތެދުދޮގު ރަނގަޅަށް އޮޅުންފިލުވައިދޭނެކަމަށް
ނީރާއަށް ހީވިނަމަވެސް ލޯބިވާ ފިރިމީހާގެ އަނގައިން އަޑުއިވުނީ ރަޙުމު ކުޑަ
ބަސްތަކެކެވެ. ދުވަހަކުވެސް ދުވަހަކުވެސް އޭނައާއި ދިމާލަށް ބާރަށް އެއްޗެއްވެސް
ނުބުނާ ފިރިމީހާގެ ދުލުން މިރޭ އެ ގޮވާލީ އޭނައަކީ ސިނާންއަށްވުރެ ހުރިހާ
ގޮތަކުންވެސް ދަށްމީހެއް ކަމެވެ. ނީރާގެ ހިތް ކަތިލެވިއްޖެއެވެ. ކުށެއް
ނުކުރާއިރުވެސް ކުށްވެރިކަމުގެ އިހްސާސުން މީހާ ކުޑަވެއްޖެއެވެ.
------------------(ނުނިމޭ)----------------

Thank you dear. Haadha reethivaaney heevey mivaahakaves. Konme dhuvahaku part eh genesdheyn vaudhuvebala alhe plz.
ReplyDeleteKaamiyaabah edhi dhuaa kuran
Thankiu Zoona for the kind prayer .
DeleteSSoff darling...soff I am soo happy to see this.. ������
ReplyDeleteVarah reethi feshumeh.. can't wait for the next part..
May the blessings of Allah fill your life with happiness and open all the doors of success now and always..
Awwwwwwwwwwwwwwwww how sweet of you, even after ages.
DeleteMay you be always happy and smiley and may you always have a heart full of love.
Every scene could vividly be picturized behind the words,sentences and paragraphs. Your words carried us through the scence. Keep it up.
ReplyDeleteThank you dear.Thank you.
DeleteIt helps me to go ahead . thankiu