ވަޢުދު ވާހިތުން – 4 ވަނަ ބައި
"އަހަރެން އައީ ސޯލްވް
ކޮށްފަ. އެވާހަކަ ބުނީމެއްނު. އައި ވޯންޓް އެ ޑިވޯސް. ނަތިންގ އެލްސް."
ނީރާގެ މެސެޖުއައިލެއް ވަރަށް އަވަހެވެ.
ނީރާގެ އެ މެސެޖަށް ސިނާނަށް
ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ. ގަނޑުވެފައި އިނދެވުނީއެވެ. އެތައް އިރެއް
ވަންދެންނެވެ.
އޭނަ އެ ވަރަށް ވާހަކަ
ދެއްކުމުންވެސް އޭނަ ދެއްކި އެއްވެސް ވާހަކައެއް ނީރާ ޤަބޫލު ނުކުރީތާއެވެ. އޭނަ
އެވަރަށް މަޢާފަށް އެދުނީމަވެސް އެކަން ނީރާއަށް އެއްޗަކަށް ނުވީތާއެވެ. އޭނަ ދޫކޮށް
ދިޔައީ އެހެންވެގެންތާއެވެ. ހިތުގައި ޖެހިފައިހުރެގެން ސިނާން ވިސްނިއެވެ.
ދެމަފިރިން އެކުގައި
ކެއުމަށްޓަކައި ކާން ހަދާފައި ހުރެވުނު ހަނދާންވެސް ސިނާންވީ
އިރުގަނޑެއްފަހުންނެވެ. ތެދުވެގެން ކޮޓަރިއާއި ދިމާލަށް ދާން ތެދުވުމުން ކާމޭޒު
ފެނިފައެވެ. އެކަމަކު މިހާރު ކާހިތެއްވެސް ސިނާންގެ ނެތެވެ. އެންމެ ގާތުން ޖެހުނު
ގޮނޑީގައި އިށީނދެ ނިތްކުރީގައި އަތްވިއްދާލެވުނީ، އަމިއްލަ ދިރިއުޅުމަށް މިއަދި
އަނދިރިކަމަކީ އަމިއްލައަށް ގެނެވުނު ކަމެއްކަން ސިނާނަށް ގަބޫލުކުރެވުމުންނެވެ.
ހަދަންވީ ގޮތެއް ބުއްދިއަށް
ނައިސްގެން އިންދާ ކުއްލިއަކަށް ސިނާންގެ ފޯން ވައިބްރޭޓް ވާން ފަށައިފިއެވެ. ހީކުރެވުނީ
އަދި އުއްމީދު ކުރެވުނީވެސް ނީރާގެ ކޯލަކަށް ނުވަތަ ނީރާގެ ރަޙްމަތްތެރިޔާގެ
ކޯލަކަށް ކަމަށްވިޔަސް ލިބުނީ އަނޫޝާގެ ކޯލެކެވެ. ފޯން ބެލި ވަރަށްވުރެން އަވަހަށް
އަނެއްފަރާތަށް ފޯން ޖަހާފައި ބާއްވައިފިއެވެ. އެއްވެސް މީހަކާ އެއްވެސް
ވާހަކައެއް ދައްކާނެ ހިތްވަރެއް ސިނާންގެ ނެތެވެ.
އެކަމަކު އެކަމެއް އަނޫޝާއަކަށް
ނޭނގެއެވެ. އަނެއްކާވެސް އަނޫޝާ ގުޅީއެވެ. ސިނާން މިފަހަރު ފޯން ކަނޑާލީއެވެ. ހަމަ
ވަގުތުންހެން ހީވާކަހަލަ ގޮތަކަށް އަނޫޝާގެ މެސެޖު ލިބުނެވެ.
"ވަޓްސް
ރޯންގ ލަވް؟" އަނޫޝާގެ މި މެސެޖަށް ޖަވާބު ދޭކަށް ސިނާންގެ މޫޑެއް ނެތެވެ. އެހެންވެ
ދެންވެސް އަޅާނުލާ އިނީއެވެ.
"މިސް ޔޫ " އަނޫޝާގެ
ދެވަނަ މެސެޖުވެސް އައެވެ.
"ދެން ކޮންއިރަކުން
ދިމާވާނީ؟ ނުވާނެ ދޯ އަވަހަކަށް؟" އަނޫޝާގެ ތިންވަނަ މެސެޖުވެސް ލިބުނެވެ.
ހަރަކާތެއް ނުކުރެވިފަ އިން މީހެއްހެން ސިނާން ހަމަ ފޯނަށް ބަލަހައްޓައިގެން
އިނީއެވެ.
ވީ ސިކުންތުކޮޅެކެވެ. އަނޫޝާގެ
ތިންވަނަ މެސެޖާއެކު ސިނާން މެސެޖެއް ލިޔަން ފެށިއެވެ.
"އައި ރިއަލީ ނީޑް ސަމް
ޓައިމް. ނީރާ ގޮއްސި މިގެއިން." ސިނާންގެ މަގްޞަދަކަށްވީ ވަގުތާއި ޙާލަތަކީ
އެހެން ކަމަކަށް ސިނާނަށް ވިސްނެން ނެތްވަގުތެއްކަން އަނޫޝާއަށް
އަންގައިދިނުމަށެވެ. އެކަން އަނޫޝާއަށް ގަބޫލުކުރެވިއްޖެކަން ސިނާންއަށް
ހެކިކޮށްދިނީ ދެން އަނޫޝާގެ މެސެޖެއް ނައުމުންނެވެ. އަނޫޝާއަކީ ތަޢުލީމީ ޒުވާން
އަންހެންކުއްޖެކެވެ. ވިސްނޭނެކަމާމެދު ސިނާންގެ ޝައްކެއްވެސް ނެތެވެ.
އަނޫޝާގެ އިތުރު މެސެޖެއް
ނުލިބުމުން ސިޓިންރޫމް ސޯފާގައި ސިނާން އޮށޯވެލިއެވެ. އެއް އަތް ނިތްކުރިމަތީގައި
ބާއްވައިގެން އަނެއް އަތުން ބަނޑުމަތީ ފޯން ބާއްވައިގެން ދެލޯ މަރައިގެން ސިނާނަށް
އޮތެވެ. އެހެން އޮތްއިރު ހަށިގަނޑުގެ ހުރިހާ ހިއްސެއް ސަމާލުވެފަ ހުރީ ފޯނަށެވެ.
ފަހަރެއްގަވެސް ނީރާގެ ދެވަނަ މެސެޖެއް ވިޔަސް އަތުވެދާނެ ކަމަށެވެ. ކޯލެއްވެސް
އަތުވެދާނެ ކަމަށެވެ.
ކުއްލިއަކަށް ސިހުމެއް ލިބުނީ
ހީވި ގޮތަކުންނެވެ. ލޯހުޅުވާލާފަ ފޯނަށް ބަލާލެވުނީ އޭނައަށް ހީވީ ރަނގަޅަށްތޯ
ބަލާލުމުގެ ކުރިން ގުޅާފަ ހުރިތޯ ބެލުމަށެވެ. ނޫނެކެވެ. އެއްވެސް މީހަކު
ގުޅާފައެއް ނެތެވެ. އެކަމަކު އެ އިވެނީ ދޮރުގައި ޓަކިޖަހާ އަޑެވެ. މަޑުމަޑުންނެވެ.
ނީރާ އައީކަން ޔަގީނެވެ. އެގޮތަށް
ދެވަނަ އެހެން މީހަކު ދޮރެއްގައި ޓަކި ނުޖަހާނެއެވެ. ފިނި ވައިރޯޅިއެއްގެ އަރާމު
ލިބުމުން ހަށިގަނޑަށް ތާޒާކަން ލިބިލާ ފަދައިން ހުރެގެން ގޮސް ސިނާން ދޮރު
ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ނީރާއެއް ނޫނެވެ. އަނޫޝާއެވެ.
"ވަޓް ދަ....." ސިނާން
ގަތީ ފާޑެއްގެ ބިރެކެވެ.
"ވާޓް. އިޓްސް މީ. ހެހެހެހ.
އެހާ އަވަހަށް ހަނދާން ނެތުނީތަ؟" އަކުރުތަކަށް ދަމާލަމުން ހައިރާންވާ ގޮތް
އަނޫޝާ ދެއްކިއެވެ. ދެން ހަމަޖެހިލުމުގެ ގޮތުން، ލައިގެން ހުރި ހުރަސްރޮނގު ދެމި
ޓީޝާޓް ތިރިއަށް ދަމާލާ މޭމައްޗަށް ރަނގަޅަށް ހެޔޮވަރު ކޮށްލިއެވެ.
"ކީއްވެ މިގެއަށް ތިއައީ.
އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް؟" ސިނާން ވާހަކަ ދައްކަނީ ބިރުން ހުރެ ވައި
އަޑުންނެވެ.
"ކިހިނެއްވީ. އޭނައެއް
ނެތެއްނު. ލެޓް މީ އިން. މިތާތަ ބަހައްޓަނީ. މީހަކަށް ފެނިއްޖެއްޔާޔޯ؟" އަނޫޝާގެ
އަޑާއި ރާގުގައިވެސް ހުރީ ލާނެތް ގޮތެކެވެ. ސިނާންއަށް އަނޫޝާގެ އެ ސިފަ އެހެން
އިރުއިރު ކަމުދެއެވެ. އެކަމަކު މިވަގުތު ސިނާންގެ ސަމާލުކަމެއް އަނޫޝާއަށް
އެގޮތަކަށް ނުލިބުނެވެ.
ހާސްވެގެން ގޮސް ސިނާން
އެއްފަހަރު ބޯ ކަހާލައެވެ. އަނެއްފަހަރު ދަތްދޮޅި ކަހާލައެވެ. އެއްފަހަރު ޖީބަށް
އަތް ޖަހައެއްވެ.
ނީރާ ހިނގައްޖެއޭ ، ތިމަންނާއަށް
ވަގުތުކޮޅެއް ބޭނުމޭ ކިޔާފަ އަނޫޝާއަށް މެސެޖު ކުރިއިރު އޭގެ ނަތީޖާ ނުކުމެދާނެ
ދެވަނަ ދެގޮތެއް އޮވެދާނެއެކޭވެސް ސިނާން ހިތަކަށް ނާރައެވެ.
ސިނާނަށް މަޖްބޫރުވީ އަނޫޝާ
އެގެއަށްވައްދާށެވެ. މީހަކަށް ފެނިދާނެތީއެވެ.
"އެކަމަކު އަސްލު މިގަޑީގަ
އައުން އެހާ ރަނގަޅެއް ނޫން. އަހަންނަށް ފެންނަނީ ދާން. ހުވާ މީހަކަށް
ފެނިއްޖެއްޔާ ކަން ނުވެ ނަން ވާނީ" އަނޫޝާއަށް ވިސްނައިދިނުމަށް ސިނާން ބޭނުން
ވިއެވެ.
"އޯވހ ކަމޯން. ޔޫ އާ ކިޑިންގ
ރައިޓް؟" އަނޫޝާ ބާރަށް ހީގަތެވެ.
"ކިހިނެއްވީ، އައިއެމް
އޮނެސްޓް" ސިނާން ހުރީ ވަރަށް ސީރިއަސް މޫޑެއްގައެވެ.
"ދެން މިވަރަށް އެހެން
ވިއްޔާ ކަން ނުވެ ނަން ވާނީ. ހައްހައްހައް" އަނޫޝާގެ ހުނުން ކުރިއަށްވުރެ
ބާރެވެ. އެއްކޮށް ދޫކޮށްފަ އޮތް ފަން އިސްތަށިގަނޑު މުޅި މޫނަށް ވިހުރުވޭ ވަރަށް ބިނދިބިނދިފައި
އަނޫޝާ ހީފިއެވެ.
"ޕްލީޒް ޓްރައި ޓު
އަންޑަސްޓޭންޑް، މައި ލައިފް އިޒް ރުއިންޑް. އެވެސް އަހަރެންގެ އަމިއްލަ ކުށުން.
އައި ނީޑް ސަމް ޓައިމް" އަނޫޝާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން
ސިނާނަށް ބުނެވުނެވެ.
"ސިނާން ދޫކޮށްފަ އޭނަ
ދާކަށް ނޫންތަ ބޭނުންވީ. މިޔެއް ނޫންތަ ސިނާން ބޭނުންވި ގޮތް؟" އަނޫޝާ
ހައިރާން ވިއެވެ.
"ތިއީ ކޮންކަހަލ ވާހަކައެއް.
އަނޫގެ ހިތަށް ތިހެން އެރީތީވެސް ހަމަ ހައިރާންވެއްޖެ. މިއީ އަހަރެން ބޭނުންވި
ގޮތެއް ނޫން. އެއްފަހަރުވެސް ބުނިންތަ އަހަރެން އެހެން." ސިނާން ނުރުހުނެވެ.
އެއީ ދުވަހަކުވެސް ސިނާންގެ ހިތަށްވެސް އެރި އެއްޗެއް ނޫނެވެ. ދުލުން ބޭރުވާނީ
ހިތް އެގޮތަށް އެދޭނަމައެވެ.
"އޯވހ....އެހެންވީމަ ހަމަ
ޓައިމް ޕާސްކޮށްލީ ދޯ؟" އަނޫޝާ ދެއަތް މަހާލިއެވެ.
"އޯވހ ކަމޯން. ސީރިއަސްލީ؟
އަހަރެންތަ ޓައިމް ޕާސްކުރީ. ކުރިންވެސް އެނގެއެއްނު މީހެއްގެ ފިރިއެއްކަން މިއީ.
އެނގިހުރެ ކާކު އަހަރެންނަށް ހަމަނިދި ނިދުނަ ނުދީ އުޅުނީ؟" ސިނާންގެ
ހިތްހަމަނުޖެހުން ލަފްޒުތަކަކަށް ވެގެން އަނޫޝާއަށް އަޑުއިވިގެން ދިޔައެވެ.
އެކަމަކު އޭނައަށް އެ ބުނެވުނު އެއްޗެއްގެ
ގޯސްކަން ސިނާންއަށް އަމިއްލައަށް ވިސްނުނީ ބުނެވި ނިމުނު ފަހުންނެވެ.
"ވަޓް؟ ސިނާން ބޭނުން ނުވޭތަ؟"
އަނޫޝާވެސް ރުޅިއައެވެ.
"ސްޓޮޕް އިޓް. މިތަނުން ދިޔައިއްޔާ
ރަނގަޅުވާނީ. އައި ޑިޑްންޓް އިންވައިޓް ޔޫ ފޯރ ޝުއަރ" އަނޫޝާއަށް ސިނާން
ފުރަގަސް ދިނެވެ.
"ގޮސްދާނަމޭ. ބުނެބަލަ.
ސިނާން ބޭނުން ނުވެތަ ކުރިކަމެއް ކުރީ.؟ ސިނާން ބޭނުން ނުވެތަ އަހަންނާ
ރައްޓެހިވެގެން އުޅުނީ. ބޭނުން ނުވެތަ ރިސޯޓްތަކަށް އަހަރެން ގޮވައިގެން ދިޔައީ؟
އޭނ؟"
އަނޫޝާއަށްވެސް އޭނަގެ އަގު ވެއްޓޭކަށް ބޭނުން ނުވިއެވެ. ދިފާޢުގައި
ދައްކަން ޖެހޭ ވާހަކައެއް އަނޫޝާވެސް ދެއްކިއެވެ.
އަނޫޝާއަކީ ޒަމާނީ ކެރޭ
އަންހެންކުއްޖެއްކަން ސިނާން ހަނދާންވީ އެވަގުތު ކަހަލައެވެ.
"އަނޫ ޕްލީޒް، ދިސް އިޒް
ނޮޓް ދަ ޓައިމް. އައިއެމް ލިޓްރަލީ އިން ހެލް..ޕްލީޒް. ޔޫ ކާންޓް އީވެން އިމޭޖިން."
އަނޫޝާ ހަމައަކަށް އެޅުވޭތޯ ސިނާން މަސައްކަތް ފެށީއެވެ.
"ބުނެބަލަ. ސިނާން ބޭނުން ނުވޭތަ
އަހަންނާއެކު އުޅެން މިހުރިހާ ދުވަހު؟" އަނޫޝާ ބޭނުންވަނީ މުޅި
ދުނިޔެއިންވެސް އެ ސުވާލުގެ ޖަވާބު އެކަނި ކަހަލައެވެ.
"އައި ޑޯންޓް ނޯ. އަހަރެން
ފަހަތުން ނުނެއްޓި އުޅުނީ އަނޫ. ނޮޓް މީ. ސޯ، ޖަސްޓް ލީވް އިޓް...."
ކުރީއްސުރެންވެސް ސިނާން ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމުގެ ތެރޭގައެވެ.
އަނޫޝާގެ ފިއްތުންތައް ބޮޑުވެގެން އެންމެ ފަހުން ގޮސް ސިނާނަށް އެހެންވެސް
ބުނެވިއްޖެއެވެ.
"ބާސްޓަޑް...."
މަޑުމަޑު އަޑަކުން މިހެން ބުނެފައި އަނޫޝާ ފަހަތަށް ޖެހުނެވެ.
" ރޮޓް އިން ހެލް"
މިހެން ބުނުމާ ބަން ލަފައި ދޮރު ލެއްޕުމާއި ދިޔައީ އެކުއެކީގައެވެ. އަނޫޝާ
ހިނގައްޖެއެވެ. ސިނާނަށް ދެއަތުން އަމިއްލަ ބޮލުގައި ހިފަހައްޓާލެވުނެވެ.
ހަމަ އެވަގުތުމެ ދޮރު ހުޅުވިއްޖެއެވެ.
ސިނާން ބަލާލިއިރު ހުރީ ނަޒީރުއެވެ. ނީރާގެ ބޮޑުބޭބެގެ ދޮށީ ފިރިހެން ދަރިއެވެ.
ނީރާމެން ކިޔާގޮތުންނަމަ ދޮންބެއެވެ.
ދެމީހުންވެސް ތިބީ ބަސް
ހުސްވެފައެވެ.
ނަޒީރު އެ ވަނީ އަނޫޝާ ލެއްޕި ދޮރުންނެވެ.
އަނޫޝާ ނުކުތުމާއި ނަޒީރު ވަނުމާއި ދެމެދުގައި އަދި މިނެޓެއްވެސް ނުވާނެއެވެ.
އަނޫޝާ އެކޮޓަރިން ނުކުތްތަން ނަޒީރުއަށް ނުފެންނާނެ އެއްގޮތެއްވެސް ނޯންނާނެއެވެ.
އަނެއްކޮޅުން ނަޒީރު މިރޭ އެނބުރި
ދާނީ ނީރާ ހޯދާފަކަން ޔަގީނެވެ. އެހިސާބުން އެގޭގައި ނީރާ ނެތްކަންވެސް ނަޒީރު އަށް
އެނގޭނެއެވެ. ނީރާ ނެތީސް އެގެއަށް އަންހެންކުއްޖަކު އަންނަން ޖެހުނު ގޮތް
ކިޔައިދޭނެ އެއްވެސް ގޮތެއް ސިނާންގެ ވިސްނުމަކަށް ނައެވެ. ހާސްވެ ކަންބޮޑުވި
ވަރުން ދޮންބެއޭ ކިޔާފަ ސިނާނަށް ގޮވައެއްވެސް ނުލެވުނެވެ.
"އެއީ...؟" ލެއްޕުނު
ދޮރާއި ދިމާލަށް އިޝާރާތް ކޮށްފައި ނަޒީރު އެހިއެވެ.
"އެއީ، އެއީ
ރައްޓެއްސެއް." ކަރުކެހިލަމުން ސިނާން ބުނެލިއެވެ.
"އަނޫޝާ ދޯ؟" ނަޒީރު މިހެން
ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ.
ސިނާނަކަށް ޖަވާބު ނުދެވުނެވެ.
"އަހަރެން ދުވަހަކުވެސް
ހީނުކުރަން ސިނާނަކީ ތިކަހަލަ މީހެއް ކަމަކަށް. އަހަރެން ވަރަށް އިތުބާރު ކުރި
މީހެއް ތިއީ. ނީރާ ދިޔަތާ އަދި ނުވޭކަންނޭނގެ ގަޑިއެއްހާއިރުވެސް. " އެކަމަކު
އެ އަންހެންކުއްޖާ ތިގެނައީއޭ ބުނާ ކަހަލަ ގޮތަކަށް ނަޒީރު އިޝާރާތުން ބުނެލިއެވެ.
ނަޒީރު އަށް ހުރިހާ ކަމެއް
އެނގިފައިހުރުމުން ސިނާން އިތުރަށް ހައިރާން ވިއެވެ. ނީރާ އަކީ ދުވަހަކުވެސް ސިނާން
އާއި ދެމެދުގައި ހިނގާ މައްސަލައެއްގެ ވާހަކަ ޢާއިލާ މީހެއް ކައިރީ ނުދައްކާ
މީހެކެވެ. މިރޭ މި ހިނގި ކަންތައް ހަމަ ވަގުތުން އެހެރީ ނީރާ އޭނަގެ ދޮންބެ ކައިރީ
ބުނެފައެވެ. އެއީ މުޅިން އާ ކަމެކެވެ. އެއީ ނީރާގެ ކިބައިން ފެނުނު ސިނާން
ހައިރާން ކުރުވި ސިފައެކެވެ.
"ނީރާ ބުނެގެނެއް ނޫން
މިއައީ. އެކަމަކު ނީރާގެ ވާހަކަ އަޑުއަހާފަ އަހަރެން އައީ ތިދެމެދުގެ މައްސަލަ
ޙައްލު ކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލަން. ވަރިއަކީ ޙައްލު ކަމަށް
އަހަންނަށް ނުފެންނާތީ. އަދި އަމުދުން ތި ދެމީހުން ވަކިވުމަކީ ދެމީހުންނަށްވެސް
ވޭނެއް ކަމަށް ހީކޮށް އާދެވުނީ...." ވާހަކަ ދައްކަމުން ދައްކަމުން ގޮސް
ނަޒީރު ސޯފާގައި އިށީނދެއްޖެއެވެ.
"އެކަމަކު އޮބްވިޔަސްލީ،
އަހަރެންނަށް ވިސްނުނު ގޮތް ގޯސްތާ މިވީ ދޯ؟" ސޯފާގައި އިށީނދެ އެއްފައި
އަނެއްފައި މައްޗަށް އަރުވަމުން ގޭތެރެއަށް ވަށައިގެން ބަލާލިއެވެ. ސިނާނަށް
ބަލަން ވެސް ބޭނުން ނުވެފައި އިންފަދަ ގޮތަކަށެވެ.
"އޭނަ މިގެއަށް އައީ އަހަރެން
ބުނެގެނެއް ނޫން." ނަޒީރުގެ ކަނާތްފަރާތުގައި ހުރި އެއް ސީޓްގެ ސޯފާގައި
އިށީންނަމުން ސިނާން ބުނެލިއެވެ. އޭނަގެ ދިފާޢުގައި ބުނެވެން އޮތް ހަމަ އެކަނި
ވަރަކީ އެވަރުކަމަށް ވާތީ އެކައިވެނި ސަލާމަތް ކުރަން އެވަރު އެކަނި ވިޔަސް ބުނަން
ސިނާން ބޭނުން ވީއެވެ.
"އެހެންތަ؟" މަލާމާތުގެ
ލުއި ހީލުމަކުން ނަޒީރު ހީލީއެވެ.
"އެކަމަކު ސިނާނަށް އެނގޭ ދޯ
އަހަރެންނަށް ދެން އަހަރެން ދައްކަން އައި ވާހަކަ ނުދެއްކޭނެކަން؟ އަހަރެމެން
ދެމީހުންނަށްވެސް އެބަ އެނގޭ އެ އަންހެންކުއްޖާއަށް މިގެއަށް މިގަޑީގަ އަންނަން
ނޭނގޭނެކަން ސިނާން ނުބުނާނަމަ. ގައިމު އޭނަ އަންނަން ޖެހޭ ކަހަލަ ކޮންމެވެސް
އެއްޗެއް ސިނާންއަށް ބުނެވުނީމަތާ އަންނާނީ. އެހެން ނޫންނަމަ މި ހުރިހާ
ދުވަހު...އަނެއްކާ ކުރިންވެސް އޭނަ އައިތަ މިގެއަށް؟" ކިތަންމެ އާދައިގެ ގޮތަކަށް
އިނދެ ވާހަކަ ދެއްކިޔަސް ނަޒީރު އިނީ ސިނާން މަތިން ފޫހިވެފައިކަން ޚުދު
ސިނާނަށްވެސް އެނގެއެވެ. ސިނާން ބޯ ހޫރާލިއެވެ.
ދެފިރިހެނުން ދެމެދުގައި ވެރިވެފައި
އޮތީ ހިމޭން ކަމެވެ. ސިނާނަށް ކެތް ކުރަން ދަތި ހިމޭން ކަމެކެވެ. ނަޒީރު އިނީ
ސިނާން އާއި ދެން އެއްވެސް ވާހަކައެއް ދެއްކުމަކީ ބޭކާރު ކަމެއް ކަމަށް ވިސްނި
ފޫހިވެފައެވެ.
"އޯކޭ، ނީރާގެ އެއްޗެހި ބަލާ
ފޮނުވާނަން، ދަނީ." އެންމެ ފަހުން ތެދުވެގެން ހިނގައިގަންނަމުން ނަޒީރު
ބުނެލިއެވެ.
"ނީރާ ހުރީ ތިގޭގަތަ؟"
ނަޒީރު ނުކުންނަން ހިނގައިގަތުމުން ކޮޅަށްތެދުވަމުން ސިނާން އެހިއެވެ.
އަތުގައި އޮތް ފޯނަށް
ބަލަހައްޓައިގެން ހުރި ނަޒީރު ބޯ ހޫރާލީއެވެ.
"ނޫން. ނީރާ ނާދޭ ގެއަކަށް.
އަދި އަހަރެމެންގޭ އެއްވެސް މީހަކަށްވެސް ނޭނގެ. އެކަމަކު ދެން ނޭނގުމުގެ
ބޭނުމެއްވެސް ނެތް. ސިނާނަށް އެނގޭތަ، އެކަކު އަނެކަކަށް އިހްތިރާމް ނެތީމަ
ސިނާން، އެ ގުޅުމެއް ދެން އޮތުމަށްވުރެ ރަނގަޅުވާނީ ނެތިއްޔާ." އެކަން
ގަބޫލުކުރާށޭ ބުނާ ގޮތަކަށް ދެފަހަރަކު ބޯޖަހާލަމުން ނަޒީރު މިހެން ބުނެލިއެވެ.
އަދި މަޑުމަޑުން ދޮރު ލައްޕާލާފައި ހިނގައްޖެއެވެ.
------------- (ނުނިމޭ)
--------------

No comments:
Post a Comment