Sunday, June 17, 2012

Best Friend


ބެސްޓް ފްރެންޑް

މިއީ ޚާއްޞަ ރެއެކެވެ. ބޮޑު ރެއެކެވެ.
ކައިވެންޏަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ ގޭގައި އޮތް ޕާޓީއަށް ތައްޔާރު ވުމުގައި ރާނިޔާ ހޭބޯ ނާރާ އުޅެނީ ހެނދުނުއްސުރެންނެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އައިސް ވަނީ ނީނާއެވެ. ސްކޫލް ދައުރުއްސުރެންވެސް މިހާތަނަށް ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާ ނީނާއެވެ.

"ސާބަހޭ...އަދި ކިރިޔާ ތި ދައްކާލީ..." ކޮށާފައި ހުރި ތަރުކާރީކޮޅު ތެއްޔަށް އަޅާލަމުން ރާނިޔާ ދައްކާލީ ރުޅި މޫނެކެވެ. ގާތް ދެ އެކުވެރިންނެވެ. އެހެންނަމަވެސް އުޑާބިމާހާ ތަފާތޭވެސް ފަހަރެއްގަ ބުނެވިދާނެއެވެ.

Wednesday, June 13, 2012

Edhevunu Thadhu - Ep 2





ކުރީ ދުވަހުގެ ބަޔާއި ގުޅޭ.....

އެހެންނަމަވެސް އެއީ ކައިވެނީގެ ހުރިހާ ކަމެއް ނިމި ލޯންޗެއްގައި ހުޅުމާލެއަށް އައުމަށް އެދެމީހުން ފުރި ވަގުތާއި ހަމައަށެވެ. ލޯންޗާއި ހިސާބުންވެސް ޝާންއަށް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމާއިބެހޭ ގޮތުން އެތަކެއްފަހަރު ޝާން އާއި ސުވާލުވެސް ކުރެވުނެވެ. ކަމެއް ނުވާ ކަމަށް އެތަކެއް ޖަވާބު ލިބުމުން، ޚުދު އޭނައަށްވެސް އެ ޖަވާބު ގަބޫލުކުރެވުނީއެވެ. ލޯންޗް އައިސް ހުޅުމާލޭ ފަޅަށް ވަދެ، އޭގެ ފަހުން އެމީހުން ބަލާ އައުމަށް ބުނެފައިވާ ޓެކްސީ އައިސް، އެ ޓެކްސީގައި ގެއާއި ހަމައަށް ދެވެންދެން ހަނުހިމޭނުން ޝާން  ހުރުމުންވެސް އޭނައަށް ބެލެވުނީ އެއީ ޝާންގެ ގޮތް ކަމަށެވެ. އޭނައަށް އަދި ޝާން ދަސްވާން ވަގުތު ބޭނުންވާނެއޭ ހިތާ ހިތާ ނިންމުނެވެ.  

އެހެންނަމަވެސް އެރޭ އޭނަ ގޮވައިގެން އައިސް ގެއަށް ވަދެފައި....

Saturday, May 5, 2012

Edhevunu Thadhu - Ep 1




އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ ފަހުންނެވެ.


Wednesday, May 2, 2012

Lasvi Sity


މިވާހަކަ އަކީ، މިއަހަރުގެ އޭޕްރީލް މަހުގަ ދަރުބާރުގޭގައި ބޭއްވުނު ފޮތް މަޢުރަޟަށް ޚާއްޞަކޮށްގެން ނެރުނު "ލިޔުންތެރިޔާ" ގެ 5 ވަނަ ޢަދަދަށް އަޅުގަނޑު ލިޔެފައިވާ ކުރުވާހަކައެވެ.


އެއީ ޙަގީގަތެއް ކަމަށް ގަބޫލުކުރަން އަދިވެސް ދައްޗެވެ.

އެ އަންހެންކުއްޖާގެ ފެށުން އައިގޮތް ކުރުކޮށް ކިޔާދޭނަމެވެ. ނަމެއް ކިޔަމާ ހިނގާށެވެ. "ސާރާ" އެވެ. ސާރާ އަކީ ސާރާގެ މަންމަގެ އަލަތު ކައިވެނިން 2 ކުދިން ލިބުނުފަހުން، ގޮތަކަށް ބުނާނަމަ މަޖްބޫރެއްގެ ތެރެއިން ކުރި ދެވަނަ ކައިވެނިން ލިބުނު ފުރަތަމަ އަދި ފަހުގެ ވެސް ދަރިފުޅެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ސާރާގެ އުމުރުން 8 އަހަރު ނުވަތަ 9 އަހަރުގައި ސާރާގެ މަންމަ އަށް މާލެ ބަދަލުވާން ޖެހުނެވެ. ސާރާގެ ބައްޕަ (ދޮންބައްޕަ) އަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން ބައްޕަގެ އެދުމުގެ މަތިން މާލެ ބަދަލުވާން ޖެހުނީއެވެ. ސާރާގެ ދިރިއުޅުމުގެ ފުރަތަމަ ބާބު ނިމުނީ މިހިސާބުންނެވެ.

Saturday, March 31, 2012

ފޯންކޯލް - 83 ވަނަ ބައި (އެންމެ ފަހު ބައި)



"ނައު ސްމައިލް...." ފައިމަތީގައި އިށީނދެއިން އިނާގެ ހަށިގަނޑުގައި ދެއަތުން ވަށާލާ، އަދިވެސް ބޮޑަށް ނަވީން ކައިރިކޮށްލިއެވެ. އޭނަގެ މޫނަށް އިނާގެ ނޭވާގެ ބީހުން ލިބޭހާ ކައިރިއަށެވެ.
އިނާވެސް އޭނަގެ ދެއަތުގެ ހާރުން ނަވީންގެ ކަރުވަށާލިއެވެ. ދެހަށިގަނޑުގައި ޖަހާ ވިންދުގެ އިހްސާސް އެކަކު އަނެކަކަށް އިހްސާސް ކުރެވޭހާ މަސްހުނިވެލީ، އެއްވެސް ހުރަހެއް އެއްވެސް މަޖްބޫރެއް ނެތިއެވެ.

އޭގެ ދެ ދުވަސްފަހުން، ޖެހިގެން އައި ބުރާސްފަތި ދުވަހުގެ މެންދުރުފަހެވެ.

Tuesday, March 27, 2012

ފޯންކޯލް - 82 ވަނަ ބައި



ނަވީންގެ އަނެއް އަތްވަނީ އިނާގެ އަތުގެ އިނގިލިތަކާ ލާމެހިފައެވެ. ހިނދުކޮޅަކަށްވެސް ވަކިވާން ބޭނުން ނުވާ ކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މިއަދާއި ހަމައަށް އެކުގައި އާދެވުނު ގޮތަށް، ދެން އޮތްތަންވެސް، އެކުގައި ތަޙައްމަލު ކުރާނަމޭ ބުނާ ފަދައަކުންނެވެ. ތިބާ ހުރެއްޖެނަމަ، ދުނިޔޭގެ ކިތަންމެ ފުން ކަނޑެއްވެސް ހުރަސްކުރެވޭތޯ މަސައްކަތް ކުރާނަމޭ، އެކަކު އަނެކަކަށް ބުނާ ކަހަލައެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އުއްމީދު ނަގައެއް ނުލާނަމޭ ބުނަމުންނެވެ.

ވާހަކަ ތަކަކުން ނޫނެވެ. ވާ އަޙުދު ތަކަކާއި ވަޢުދުތަކަކުންވެސް ނޫނެވެ. ހިމޭންކަމުގެ ބަސް މޮށުމުންނެވެ.

Saturday, March 24, 2012

ފޯން ކޯލް - 81 ވަނަ ބައި



"ގެއަށް ދާން.....ބައްޕަ ބުނީ އިނާއާއި އަހަރެން ދެމީހުން އަންނާށޭ..." ބައްޕަ ގުޅާފަ ބުނި ގޮތުން ނަވީނަށް ލިބުނު ހާސްކަމުގައި، ކުރިން އިނާ ދާން ޖެހޭކަމެއް ބުނެވިފައި ނެތެވެ. ތައްޔާރުވާށޭ ބުނުމުން އިނާ އެހާ ހައިރާންވީ އެހެންވެގެންނެވެ.

"ކިހިނެއްވީ އަނެއްކާ....؟" އިނާއަށް އަނެއްކާވެސް ކުރެވުނީ ސުވާލެކެވެ.
އާނއެކެވެ. ނުކުރެވޭނީ ކީއްވެހެއްޔެވެ؟ އޭނައަކީ ނަވީންގެ މަންމަ ރުހޭ އަންހެންކުއްޖެއް ނޫނެވެ. ބައްޕަގެ ގޮތެއް ނޭނގެއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް، މި ކައިވެނި ކުރެވުނު ފަހުން އެގެއަށް ނަވީން އޭނަ ގެންގޮސްފައި ނުވެއެވެ. އަދި ނަވީންގެ މަންމަވެސް ބައްޕަވެސް، އެގެއަށް އިނާ ގެނައުމަށްވެސް ބުނެފައި ނުވެއެވެ. ވީއިރު.........؟