"ހޫމް....ދެން އެންމެ ރަނގަޅޭ. ކާލާ ކާލާ. އަން...މިހިރީ ސައިތަށިވެސް." ހޫނު ސައިތަށި ގާތްކޮށްލަދީފައި ހިނގައިގަތްއިރު އާސިފާއަށްވެސް ހުރެވުނީ ހިނިތުންވެއެވެ. އެކަމުން އަހުމަދުއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ނަމަވެސް އޭގެ ދެވަނަ ހިނދުކޮޅުގައި ބަތްތަށްޓާއި ދިމާލަށް
އެނބުރުނުއިރު އަހުމަދުގެ މޫނުމަތިން އަނެއްކާވެސް ފެންނަންފެށީ ފިކުރުބޮޑުވެފައި
ހުރި ގޮތެކެވެ.
"ބައްޕާ...." މިއަޑަށް އަހުމަދު ބަލާލިއިރު
ޕަރީއެއްފަދަ ރީތި އޭނަގެ އަންހެންދަރިފުޅު ހުރީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ބައްޕަ
ނުފެންނައިރުވެސް ބައްޕައާއި ދިމާލަށް ހިނިތުންވެފައެވެ.



