Sunday, August 19, 2012

Alimahuge Vidhun - Ep 3



"ހޫމް....ދެން އެންމެ ރަނގަޅޭ. ކާލާ ކާލާ. އަން...މިހިރީ ސައިތަށިވެސް." ހޫނު ސައިތަށި ގާތްކޮށްލަދީފައި ހިނގައިގަތްއިރު އާސިފާއަށްވެސް ހުރެވުނީ ހިނިތުންވެއެވެ.
އެކަމުން އަހުމަދުއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
ނަމަވެސް އޭގެ ދެވަނަ ހިނދުކޮޅުގައި ބަތްތަށްޓާއި ދިމާލަށް އެނބުރުނުއިރު އަހުމަދުގެ މޫނުމަތިން އަނެއްކާވެސް ފެންނަންފެށީ ފިކުރުބޮޑުވެފައި ހުރި ގޮތެކެވެ.

"ބައްޕާ...." މިއަޑަށް އަހުމަދު ބަލާލިއިރު ޕަރީއެއްފަދަ ރީތި އޭނަގެ އަންހެންދަރިފުޅު ހުރީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ބައްޕަ ނުފެންނައިރުވެސް ބައްޕައާއި ދިމާލަށް ހިނިތުންވެފައެވެ.

Tuesday, July 17, 2012

Alimahuge Vidhun - Ep 2


އިންސާނުން ރާވާ ރޭވުންތައް އެއާއި އެއްގޮތަށް ނުހިނގާ އިދިކޮޅަށް ދަނީ ކިތައް ފަހަރު ހެއްޔެވެ؟ އެފަދަ ވަގުތު ތަކުގައި އަމިއްލަ ނަފްސު ކުށްވެރި ކުރުމުގެ ބަދަލުގައި ހެއްދެވި ފަރާތާއި ޝަކުވާ ކުރަނީ ކީއްވެގެން ހެއްޔެވެ؟ އުއްމީދު ކުރާ ކޮންމެ ކަމަކީ ފެންނަ ހުވަފެނެއްފަދަ ކަމެއްކަން އަހަރެމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ހޭލެވުމާއިއެކު އެ ހުވަފެނުންވެސް އެ ހޭލެވުނީ ކަމާއި ކުރިމަތިން ހާމަ ވަނީ ހަގީގަތްކަން ނުވިސްނެނީ ހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް ހުވަފެނަކީ ހަގީގަތެއް ނޫން ކަމަށް ވިސްނުނު ނަމަ ޙަގީގީ ދުނިޔޭގައި އެކަން ފުރިހަމަ ނުވުމުން ޝަކުވާ ކުރާކަށް ނުޖެހުނީސް ނޫންހެއްޔެވެ. ފަހުމީއާއިއެކު އުފާވެރި ދުވަސްތަކެއްއުޅެ އެކުގައި މުސްކުޅިވާން އޭނާ ކުރި އުއްމީދުވެގެން ދިޔައީ އެފަދަ ހުވަފެނަކަށެވެ.

Monday, July 16, 2012

Alimahuge Vidhun - Ep 1


(މި ވާހަކައަކީ 26.02.2011 ގައި މުރާސިލްގައި އަޅުގަނޑު ޕަބްލިޝްކުރަން ފެށި "ފަތިސްތަރި" ގެ 3 ވަނަ ވާހަކައެވެ. ދިގު މުއްދަތަކަށް މެދުކެނޑުނު ނަމަވެސް މި ވާހަކަ އެއްކޮށް ގެނެސްދިނުމަށް ގަސްތުކޮށްފައިވާތީ، އޭރު ޕަބްލިޝްކުރެވިފައި ހުރި ބައި،އަލުން މި ގެނެސްދެނީ ތިޔަ ލޮބުވެތި ކިއުންތެރިންގެ ހަނދާން އާކޮށްލަދިނުމުގެ ގޮތުންނެވެ.
ކިއުންތެރިންގެ ތާއީދާއި ބިނާކުރަނިވި ފާޑުކިއުމަށް އުއްމީދު ކުރަމެވެ.

އިރުއޮއްސެން ދަނީއެވެ. ހަވީރުގެ އެންމެ ފަހު ދަޅަތައް ދުނިޔެއަށް އަލިކުރަމުން ދެއެވެ. ރަށުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އުޑުމަތިން ފެންނަނީ ރަންކުލައާއި އޮރެންޖް ކުލައާއި އެކުވެގެން އުފެދިފައިވާ ރީތި ކުލަވަރެކެވެ. އެކަމަކު ބަލާލާކަށް އުނދަގޫވާކަހަލަ ގޮތެއް ނެތެވެ. މުޅި އުޑުމަތި ވިލާތަކުން ބައްދާލާފައި އޮތީ މުޅި ދުވަހަކީވެސް ވިއްސާރަ ފާޑަކަށް އޮތް ދުވަހެއް ވީމަކަމަށްވެދާނެއެވެ. އެހެންކަމުން އޮއްސެންދާ އިރުގެ ދަޅަތައް އެ ވިލާތަކަށް އެޅިފައި ހުރިއިރު ފެންނަނީ ވަރަށްވެސް ރީތި ހިތްގައިމު އަދި ހުވަފެނީ ގޮތެކެވެ. ރީތި ރީތި ހަވީރެކެވެ. 

Sunday, June 17, 2012

Best Friend


ބެސްޓް ފްރެންޑް

މިއީ ޚާއްޞަ ރެއެކެވެ. ބޮޑު ރެއެކެވެ.
ކައިވެންޏަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ ގޭގައި އޮތް ޕާޓީއަށް ތައްޔާރު ވުމުގައި ރާނިޔާ ހޭބޯ ނާރާ އުޅެނީ ހެނދުނުއްސުރެންނެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް އައިސް ވަނީ ނީނާއެވެ. ސްކޫލް ދައުރުއްސުރެންވެސް މިހާތަނަށް ދެގޮތެއް ނުވާ އެންމެ ގާތް އެކުވެރިޔާ ނީނާއެވެ.

"ސާބަހޭ...އަދި ކިރިޔާ ތި ދައްކާލީ..." ކޮށާފައި ހުރި ތަރުކާރީކޮޅު ތެއްޔަށް އަޅާލަމުން ރާނިޔާ ދައްކާލީ ރުޅި މޫނެކެވެ. ގާތް ދެ އެކުވެރިންނެވެ. އެހެންނަމަވެސް އުޑާބިމާހާ ތަފާތޭވެސް ފަހަރެއްގަ ބުނެވިދާނެއެވެ.

Wednesday, June 13, 2012

Edhevunu Thadhu - Ep 2





ކުރީ ދުވަހުގެ ބަޔާއި ގުޅޭ.....

އެހެންނަމަވެސް އެއީ ކައިވެނީގެ ހުރިހާ ކަމެއް ނިމި ލޯންޗެއްގައި ހުޅުމާލެއަށް އައުމަށް އެދެމީހުން ފުރި ވަގުތާއި ހަމައަށެވެ. ލޯންޗާއި ހިސާބުންވެސް ޝާންއަށް ބަދަލެއް އައިސްފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމާއިބެހޭ ގޮތުން އެތަކެއްފަހަރު ޝާން އާއި ސުވާލުވެސް ކުރެވުނެވެ. ކަމެއް ނުވާ ކަމަށް އެތަކެއް ޖަވާބު ލިބުމުން، ޚުދު އޭނައަށްވެސް އެ ޖަވާބު ގަބޫލުކުރެވުނީއެވެ. ލޯންޗް އައިސް ހުޅުމާލޭ ފަޅަށް ވަދެ، އޭގެ ފަހުން އެމީހުން ބަލާ އައުމަށް ބުނެފައިވާ ޓެކްސީ އައިސް، އެ ޓެކްސީގައި ގެއާއި ހަމައަށް ދެވެންދެން ހަނުހިމޭނުން ޝާން  ހުރުމުންވެސް އޭނައަށް ބެލެވުނީ އެއީ ޝާންގެ ގޮތް ކަމަށެވެ. އޭނައަށް އަދި ޝާން ދަސްވާން ވަގުތު ބޭނުންވާނެއޭ ހިތާ ހިތާ ނިންމުނެވެ.  

އެހެންނަމަވެސް އެރޭ އޭނަ ގޮވައިގެން އައިސް ގެއަށް ވަދެފައި....

Saturday, May 5, 2012

Edhevunu Thadhu - Ep 1




އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ ފަހުންނެވެ.


Wednesday, May 2, 2012

Lasvi Sity


މިވާހަކަ އަކީ، މިއަހަރުގެ އޭޕްރީލް މަހުގަ ދަރުބާރުގޭގައި ބޭއްވުނު ފޮތް މަޢުރަޟަށް ޚާއްޞަކޮށްގެން ނެރުނު "ލިޔުންތެރިޔާ" ގެ 5 ވަނަ ޢަދަދަށް އަޅުގަނޑު ލިޔެފައިވާ ކުރުވާހަކައެވެ.


އެއީ ޙަގީގަތެއް ކަމަށް ގަބޫލުކުރަން އަދިވެސް ދައްޗެވެ.

އެ އަންހެންކުއްޖާގެ ފެށުން އައިގޮތް ކުރުކޮށް ކިޔާދޭނަމެވެ. ނަމެއް ކިޔަމާ ހިނގާށެވެ. "ސާރާ" އެވެ. ސާރާ އަކީ ސާރާގެ މަންމަގެ އަލަތު ކައިވެނިން 2 ކުދިން ލިބުނުފަހުން، ގޮތަކަށް ބުނާނަމަ މަޖްބޫރެއްގެ ތެރެއިން ކުރި ދެވަނަ ކައިވެނިން ލިބުނު ފުރަތަމަ އަދި ފަހުގެ ވެސް ދަރިފުޅެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ސާރާގެ އުމުރުން 8 އަހަރު ނުވަތަ 9 އަހަރުގައި ސާރާގެ މަންމަ އަށް މާލެ ބަދަލުވާން ޖެހުނެވެ. ސާރާގެ ބައްޕަ (ދޮންބައްޕަ) އަކީ މާލޭގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން ބައްޕަގެ އެދުމުގެ މަތިން މާލެ ބަދަލުވާން ޖެހުނީއެވެ. ސާރާގެ ދިރިއުޅުމުގެ ފުރަތަމަ ބާބު ނިމުނީ މިހިސާބުންނެވެ.