ބޮޑާ ނަފްސު – 6 ވަނަ ބައި
އެދުވަހު އެ ފޯންކޯލަށްފަހު އަސީލްގެ
ފަރާތުން ހަމަ އެއްވެސް ހިލަމެއް ޒީނިޔާއަކަށް ނުވެއެވެ. ހަފުތާއެއް ވެއްޖެއެވެ.
އެއްވެސް ކަހަލަ އުނދަގުލެއް ނުވެއެވެ. ދެ ހަފުތާވެއްޖެއެވެ. ޚަބަރެއް ނުވެއެވެ. އަނެއްކާ
އަސީލްއަށް ވީ ކީއްބާވައޭ ވިސްނާލެވޭ ވަރަށް ގިނަފަހަރުތައް އައެވެ.

