Tuesday, June 16, 2020

Vaudhu Vaahithun - Ep 4

ވަޢުދު ވާހިތުން – 4 ވަނަ ބައި
"އަހަރެން އައީ ސޯލްވް ކޮށްފަ. އެވާހަކަ ބުނީމެއްނު. އައި ވޯންޓް އެ ޑިވޯސް. ނަތިންގ އެލްސް." ނީރާގެ މެސެޖުއައިލެއް ވަރަށް އަވަހެވެ.
ނީރާގެ އެ މެސެޖަށް ސިނާނަށް ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ. ގަނޑުވެފައި އިނދެވުނީއެވެ. އެތައް އިރެއް ވަންދެންނެވެ.

Saturday, June 13, 2020

Bodaa Nafsu - Ep 4

ބޮޑާ ނަފްސު - 4 ވަނަ ބައި


އަނެއްކާ އަނެއްކަންތައް ލައިގަތީކަންނޭގެއެވެ. އޭނަ އޮފީސް ނިމޭ ގަޑީގައި އޭނަގެ ކާރުގެ ކައިރީ އެމީހަކު ހުންނަތަ މިއީ 4 ވަނަ ދުވަހެވެ. ކަމެއް ކުރަނީކީނޫނެވެ. އެއްޗެއް ބުނަނީކީވެސް ނޫނެވެ. އެކަމަކު ހަމަ ބަލަހައްޓައިގެންނެވެ. މައްސަލައެއް ނެތެވެ. ބަލާނެ ވަރަކަށް ބަލަން ވީއެވެ. އެކަމަކު އޭނައާ އަނގައިން ބުނާ ދުވަހަކީ އެކަމުގެ ހިތާމަ އެމީހާ ކުރަން ޖެހޭނެ ދުވަހެވެ.

Thursday, June 11, 2020

Bodaa Nafsu - Ep 3

ބޮޑާ ނަފްސު – 3 ވަނަ ބައި 

ޒީނިޔާގެ ރީތި ދެލޮލުން އަލިފާންކަނިވެސް ބުރާ ކަހަލައެވެ. އެހާވެސް ރުޅިގަދައެވެ. އެ ދޮން މޫނުވެސް ރަތްމިރުހެއްހެން ރަތްވަމުން ދިޔައެވެ. އަސީލް އަށް އަންތަރީސްވެގެން ގޮސް އެކައްޗެއްވެސް ނުބުނެވުނެވެ.

Sunday, June 7, 2020

Bodaa Nafsu - Ep 2

ބޮޑާ ނަފްސު - 2 ވަނަ ބައި 


"އަހަންނަށް އަދިވެސް ގަބޫލުކުރަން ދަތި." އެރޭގެ ވަގުތެއްގައި ރެސްޓޯރެންޓްގައި ކޮފީއެއް ބޯން އިނދެފައިވެސް އަސީލް ދައްކަމުން ދިޔައީ ޒީނިޔާ ގެ ވާހަކައެވެ. ރިސޯޓްގެ މެނޭޖަރާއެވެ. ގާތް ރަހްމަތްތެރިޔާއާއެވެ. އަސީލް އެ ރިސޯޓަށް އެހާ ކުއްލިގޮތަކަށް އައީ ކީއްކުރަންއެނގޭ ހަމައެކަނި މީހާއާއި އެވެ.

Vaudhu Vaahithun - Ep 3

ވަޢުދު ވާހިތުން – 3 ވަނަ ބައި
ކިތަންމެ މައްސަލަ ގޯސްވެގެން ދިޔަޔަސް ވަރިއަށް ނީރާ އެދޭނެ ކަމަކަށް ސިނާން ހިއެއް ނުކުރެއެވެ. އޭނައަށް ކުރެވުނު ކަންތަކުގެ ނަތީޖާއާއި ކުރިމަތިލާން ޖެހުނީ ހީކުރިގޮތަށްވުރެ ގޯސްކޮށެވެ.
"އޯވ ކަމޯން ނީރާ....ޕްލީޒް..." ނީރާއާއި ދިމާލަށް ދެއަތް ދިއްކުރަމުން ސިނާން ބުނެލިއެވެ.

Sunday, May 31, 2020

Vaudhu Vaahithun - Ep 2

ވަޢުދު ވާހިތުން - 2 ވަނަ ބައި


ސިނާން އެ އަންގައިދިނީ ހުރިހާ ގޮތަކުންވެސް އޭނައަކީ ސިނާންއާއި އެކަށީގެންނުވާ މީހެއްކަން ހެއްޔެވެ؟ އެކަމަކު މި ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ އެހެންވިއްޔާ ސިނާން ހުރީ ކީއްވެހެއްޔެވެ. 
ސިނާން އާއި އަނޫޝާއާއި އޮންނަ އާދަޔާ ޚިލާފު ގާތްކަމާއިބެހޭ ގޮތުން ދެހަފްތާއެއްހާ ދުވަސްކުރީން އެދެމީހުން ހުރީ ވަރަށް ރަނގަޅަށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކާފައެވެ. ސިނާން އާއި އެ އަންހެންކުއްޖާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އޭނާ ދޫކުރާނެ ކަމަށް ވަޢުދުވީ އެދުވަހު ޚުދު ސިނާން އަމިއްލައަށެވެ. އެއީ އޭނަ އެދިގެން އޭނަ ބޭނުންވެގެނެއްވެސް ނޫނެވެ. ވަރިއަށް އެދޭފޯމް ސިނާންއަށް އޭނަ ޙަވާލުކުރީވެސް ސިނާން އަމިއްލައަށް ވެފައި އޮތް އެ ވަޢުދު ސިނާންއަށް ހަނދާން ކޮށްދިނުމަށެވެ. އެކަން އެހެން ކުރާނަމޭ ކުރިން ބުނެފައި އޮތީމައެވެ. 

Saturday, May 30, 2020

Bodaa Nafsu - Ep 1


ބޮޑާ ނަފްސު – 1 ވަނަ ބައި

(މިވާހަކައަކީ އޮންލައިންކޮށް އަޅުގަނޑުގެ ވާހަކަތައް ގެނެސްދިނުމުގެ ފެށުމެވެ. 2010 ވަނަ އަހަރު "މުރާސިލް" ނޫހުގައި ގެނެސްދޭން ފެށި މި ވާހަކަ މިހާރު އެއްވެސް ނޫހެއްގައި ކިޔާލެވެން ނެތުމުން ގިނަ ޢަދަދެއްގެ ކިޔުންތެރިން އެކަމަށް އެދެމުން ދާތީ، މިވާހަކަ މި ބްލޮގުގައި ކޮންމެ ހުކުރު ހޮނިހިރު ދުވަހަކު ޕަބްލިޝް ކުރުމަށް ގަސްތުކުރަމެވެ. ކިޔުންތެރިންގެ ކޮމެންޓަށް މަރުޙަބާ ކިޔަނީ އުފަލާއެކުގައެވެ.)



ޕާޓީ....ޕާޓީ....ޕާޓީ....އެއް ޕާޓީއަށްފަހު އަނެއް ޕާޓީއެކެވެ. ނިމުމެއް ނެތެވެ. މުޅި ދިރިއުޅުންވެސް ޕާޓީއަކަށް ވެއްޖެއެވެ. ބޮޑު ފޫއްސެކެވެ. މިކަމަކުން ސަލާމަތްވެވޭކަށްވެސް ނެތެވެ. އަދި ސަލާމަތް ވިޔަކަސް މިންޖެއް ނެތެވެ. އުނދަގުލެކެވެ. މުޅި ދިރިއުޅުންވެސް ޖޯކެއް ފަދައެވެ.