ޙަޔާތުގައި އުފުލަން ޖެހިފައިވާ ހުރިހާ ބުރައަކާއި ހިތާމައަކާއި ދުރަށް
ދިއުމަށްޓަކައި ހުރިހާވެސް ހިތްވަރަކާއި ބާރަކީ އެދެމަފިރިންގެ ދެމެދުގައި އޮންނަ
އެކުވެރިކަމާއި ގާތްކަމާއި ލޯތްބެވެ.
މިއަދު މިހެންވިޔަސް މާދަމައަށް އެމީހުން އުއްމީދުކުރަނީ މިއަށްވުރެ ރަނގަޅުވާނެކަމަށެވެ.
** ** ** ** **
ނިމިގެން އެދިޔައީ އެތަކެއް ބަޔެއްގެ ޙަޔާތުން އެންމެ ދުވަހެކެވެ.
ދެންވެސް ވަގުތު ދިޔައީ ކުރިޔަށެވެ. ހުއްޓުމެއް ނެތެވެ.
ދިރިއުޅުން މި އަށްވުރެ އުފާވެރި ގޮތަކަށް ބަދަލުވާނެ ނަމައޭ ބުނެ ބުނެ ތިބި
އެތައް ބަޔެއްގެ ޙަޔާތުންވެސް ދުވަސްތަކާއި މަސްތައް ވޭތުވަމުން ދިޔައެވެ. ވަގުތު
ދިގުވެ ވަގުތުން ކުރާނެ މާ ބޮޑު ކަމެއް ނޭނގިގެން، ދެއްވާފައި ހުރި ނިޢުމަތްތަކުގެ
ބޭނުން ނަހަމަ ގޮތުގައި ކުރަމުން ދިޔަ މީހުންގެ ދިރިއުޅުންވެސް އެގޮތުގައި
ކުރިއަށް ގޮސް ޒަމާންތައް ފަސްދީ ހިނގައްޖެއެވެ.