Sunday, May 31, 2020

Vaudhu Vaahithun - Ep 2

ވަޢުދު ވާހިތުން - 2 ވަނަ ބައި


ސިނާން އެ އަންގައިދިނީ ހުރިހާ ގޮތަކުންވެސް އޭނައަކީ ސިނާންއާއި އެކަށީގެންނުވާ މީހެއްކަން ހެއްޔެވެ؟ އެކަމަކު މި ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ އެހެންވިއްޔާ ސިނާން ހުރީ ކީއްވެހެއްޔެވެ. 
ސިނާން އާއި އަނޫޝާއާއި އޮންނަ އާދަޔާ ޚިލާފު ގާތްކަމާއިބެހޭ ގޮތުން ދެހަފްތާއެއްހާ ދުވަސްކުރީން އެދެމީހުން ހުރީ ވަރަށް ރަނގަޅަށް ވަރަށް ތަފްޞީލުކޮށް ވާހަކަ ދައްކާފައެވެ. ސިނާން އާއި އެ އަންހެންކުއްޖާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގޭ ދުވަހަކުން އޭނާ ދޫކުރާނެ ކަމަށް ވަޢުދުވީ އެދުވަހު ޚުދު ސިނާން އަމިއްލައަށެވެ. އެއީ އޭނަ އެދިގެން އޭނަ ބޭނުންވެގެނެއްވެސް ނޫނެވެ. ވަރިއަށް އެދޭފޯމް ސިނާންއަށް އޭނަ ޙަވާލުކުރީވެސް ސިނާން އަމިއްލައަށް ވެފައި އޮތް އެ ވަޢުދު ސިނާންއަށް ހަނދާން ކޮށްދިނުމަށެވެ. އެކަން އެހެން ކުރާނަމޭ ކުރިން ބުނެފައި އޮތީމައެވެ. 

Saturday, May 30, 2020

Bodaa Nafsu - Ep 1


ބޮޑާ ނަފްސު – 1 ވަނަ ބައި

(މިވާހަކައަކީ އޮންލައިންކޮށް އަޅުގަނޑުގެ ވާހަކަތައް ގެނެސްދިނުމުގެ ފެށުމެވެ. 2010 ވަނަ އަހަރު "މުރާސިލް" ނޫހުގައި ގެނެސްދޭން ފެށި މި ވާހަކަ މިހާރު އެއްވެސް ނޫހެއްގައި ކިޔާލެވެން ނެތުމުން ގިނަ ޢަދަދެއްގެ ކިޔުންތެރިން އެކަމަށް އެދެމުން ދާތީ، މިވާހަކަ މި ބްލޮގުގައި ކޮންމެ ހުކުރު ހޮނިހިރު ދުވަހަކު ޕަބްލިޝް ކުރުމަށް ގަސްތުކުރަމެވެ. ކިޔުންތެރިންގެ ކޮމެންޓަށް މަރުޙަބާ ކިޔަނީ އުފަލާއެކުގައެވެ.)



ޕާޓީ....ޕާޓީ....ޕާޓީ....އެއް ޕާޓީއަށްފަހު އަނެއް ޕާޓީއެކެވެ. ނިމުމެއް ނެތެވެ. މުޅި ދިރިއުޅުންވެސް ޕާޓީއަކަށް ވެއްޖެއެވެ. ބޮޑު ފޫއްސެކެވެ. މިކަމަކުން ސަލާމަތްވެވޭކަށްވެސް ނެތެވެ. އަދި ސަލާމަތް ވިޔަކަސް މިންޖެއް ނެތެވެ. އުނދަގުލެކެވެ. މުޅި ދިރިއުޅުންވެސް ޖޯކެއް ފަދައެވެ.

Sunday, May 24, 2020

Vaudhu Vaahithun - Ep 1

qnutihAv   uduWav


(މިވާހަކަ މި ބްލޮގްގައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދީއްތަ / އަންގާރަ / ބުރާސްފަތި މި 3 ދުވަހުއެވެ.)




ނިދާފައި އޮތް ނީރާ އަށް ހޭލެވުނީ ވަރަށް ބޮޑަށް ފިނިވެގެންނެވެ. ރަޖާގަނޑު ދަމާ ކަރާ ހަމައަށް ގެނެސް ބާރުކޮށްލީ ނިދީގެ ތެރެއަށް އިތުރަށް ފީނައިގަންނަމުންނެވެ. އެހެންނަމަވެސް ދެން އިވުނު އަޑަކުން ސިކުނޑި ހޭލާން އުޅެގެންފިއެވެ.
"ހޫމް....އެންމެ ރަނގަޅު...." ކިތަންމެ ވައި އަޑުން ވާހަކަ ދެއްކިނަމަވެސް އެއީ އޭނަގެ ފިރިމީހާގެ އަޑުކަން ނީރާއަކަށް ސިއްރެއް ނުވެއެވެ. އަނެއްކާވެސް ސިނާންގެ މަންމަގެ ޙާލު ބޮޑުވީކަންނޭނގެއޭ ހިތަށް އެރުމުން  ނީރާއަށް ކަންބޮޑުވެވުނެވެ. ފާއިތުވި ތިން ހަތަރު މަހަކީވެސް މައިދައިތަގެ ޙާލު ދޭތެރެ ދޭތެރެއިން ގޯސްވެގެން ދިޔަ ދުވަސްތަކެކެވެ. 
"އޮފްކޯޒް....ޔެސް...ހެހެހެ...ޓްރަސްޓްމީ ލަވް، އައިކޭން. އޯކޭ. ގުޑްނައިޓް. ލަވްޔޫ." ނިދަން ގަސްތުކޮށްގެން އޮތް ނީރާގެ ލޯ މިއަޑަށް ހަމައެކަނި ހުޅުވުނީއެއްވެސް ނޫނެވެ. ނިދިވެސް ފިލިކަހަލައެވެ. ހަފުތާއެއްހާ ދުވަސްފަހުން އަނެއްކާވެސް އެއްކަލަ "ދަންވަރު" ކޯލް ސިނާނަށް އައީކަން ނީރާއަށް އެނގުނެވެ.

Thursday, February 1, 2018

Edhevunu Thadhu - Ep 1 to Ep 9

އެދެވުނު ތަދު – 1 ވަނަ ބައިން ފެށިގެން 9 ވަނަ ބަޔާއި ހަމައަށް



1 ވަނަ ބައި
އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް، ހުޅުމާލޭގެ މަލަމަތިން ފޮހެވެމުން ދިޔަތަން ބަލަން ބެލްކަނީގައި އިނދެފައި ރީމާ ކުއްލިއަކަށް ތެދުވެއްޖެއެވެ. މިހާރު އޭނަގެ ފިރިމީހާ ގެއަށް އަންނާނެއެވެ. އަވަހަށް ތެދުވެ ، އިށީނދެ އިން ގޮނޑި އެތެރެއަށް ވައްދާ ބިއްލޫރި މޭޒުކައިރީ ބަހައްޓައިފިއެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ބެލްކަނީގައި ހުރި ގުރާކޮށީގެ ދޮރު ރަނގަޅަށް ލެއްޕި، އޭގެ މަތީގައި އަޅަންވާ ފޮތިގަނޑު ރަނގަޅަށް އެޅިފައިވޭތޯ ބަލާލިއެވެ. ދެން އަވަސް އަވަހަށް އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލީ އޭގެ ފަހުންނެވެ. 

Tuesday, September 19, 2017

Gasthakaanulaa - FULL STORY




"ގަސްތަކާ ނުލާ" މި ވާހަކައަކީ......
މިވާހަކަ ޕަބްލިޝް ކުރެވުނީ "ދޯ" އޮންލައިން މެގަޒިންގައެވެ.







ގަސްތެއް ނެތި ކުރެވޭ ކަންތައްތަކުން ތިމާގެ ހިތަށް ދުވަހަކު ނައަރާކަމެއްވެސް ވެދާނެއެވެ. ވިސްނާނުލާ ތިމާއަށް ކުރެވޭ ކަންތަކުން އެތައް ބަޔެއްގެ ޙަޔާތާ "ނުޙައްޤުން" ކުޅެލެވިދާނެއެވެ. ތިމާ ހިތާ ދުވަހަކު ނައަރާ ގޮތަކަށް ޚުދު ތިމާގެ ދިރިއުޅުން ބަނަވެސް ވެދާނެއެވެ.

އެއްވެސް މީހެއްގެ ޙަޔާތަށް ޤަދަރު ކުޑަ ކުރުމަކީ އަހަރެމެން އެކަކަށްވެސް ހުއްދަ އޮތް ކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ރަނގަޅު މީހެކެވެ. ތިމާ ކުޅޭ ކުޅިބަޔަކަށް މީހުންގެ ޙަޔާތް ހެދުމުގެ ނަތީޖާއަކީ ބައެއްފަހަރަށް ވިހަގަދަ ޒަހަރެކެވެ.

ޙަޔާތަކީ ބަދަލުވާ އެއްޗެކެވެ. ބަދަލު ކުރެވޭނެ އެއްޗެކެވެ. އެކަމަކު އެއީ ޚުދު ތިމާގެ ޢަމަލުތައް މި ބެހެއްޓެނީ ކިހިނެއްކަން ތިމާއަށް ފަހުމު ވާ ދުވަހަކުންނެވެ. އަމިއްލަ ދިރިއުޅުމާ އަމިއްލަ ޙަޔާތާއި ދޭތެރޭ ވިސްނާލަން ވަގުތުކޮޅެއް ހޭދަކުރުމަކީ އަހަރެމެން އެންމެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

އެހެނަސް ބައެއްފަހަރަށް އަހަރެމެންނަށް އެކަމެއް ނުވެއެވެ. އެކަން ކޮށްދެނީ އަހަރެމެންނާ ވަރަށް ދުރުން އަހަރެމެންގެ ޙަޔާތަށް އަންނަ މީހެކެވެ. ބައެއްފަހަރު ގަސްތުގައެވެ. އަނެއްބައިފަހަރު ގަސްތަކާނުލައެވެ. 
މި ވާހަކަ، "ގަސްތަކާނުލާ" އަކީވެސް އަޅުގަނޑުގެ ކިޔުންތެރިން ޝައުޤާއެކު ކީ، ހަނދާނުގައި ރައްކާކުރާނެ، ރީތި ވާހަކައަކަށް ވި ކަމަށް ހީކުރަން. އަޅުގަނޑުގެ ކިޔުންތެރިންގެ ކޮމެންޓްތަކުން ދިން ހިތްވަރާއި ދިން ލޯތްބަށް އިންތިހާއަށް ޝުކުރުވެރިވަން. މި ވާހަކަ މި ހިސާބުން ނިމުނީ. މިފަދަ އެހެން ފުރުޞަތެއްގައި، ރީތި އެހެން ވާހަކައަކާއެކު ތިޔަ ހުރިހާ ކިޔުންތެރިންނާއި ބައްދަލުވާނެ ކަމަށް އުއްމީދުކުރަން. ހުރިހާ ކިޔުންތެރިންނަށްވެސް ޢަދަދެއް ނެތް މިންވަރަށް ޝުކުރުވެރިވަން. އެންމެ ޚާއްޞަ ގޮތެއްގައި "ދޯ" މެގަޒިންއަށް ނިހާޔަތަށް ޝުކުރު އަދާކުރަން. ޞޮފާ ދެކޭ ގޮތުގައި ތިޔަ މެގަޒިނަށް ލިޔުމުގެ ފުރުޞަތު ލިބުމަކީ ޞޮފާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު ޝަރަފެއް. ތި މެގަޒިނަށް އަބަދުވެސް ކާމިޔާބަށް އެދެން. ޝުކުރިއްޔާ "ދޯ" ޓީމް. ޝުކުރިއްޔާ ހުރިހާ ކިޔުންތެރިން.

21 ޖެނުއަރީ 2018

Gasthakaa nulaa - 1 vana bai
Gasthakaa nulaa - 2 vana bai
Gasthakaa nulaa - 3 vana bai
Gasthakaa nulaa - 4 vana bai
Gasthakaa nulaa - 5 vana bai
Gasthakaa nulaa - 6 vana bai
Gasthakaa nulaa - 7 vana bai
Gasthakaa nulaa - 8 vana bai
Gasthakaa nulaa - 9 vana bai
Gasthakaa nulaa - 10 vana bai
Gasthakaa nulaa - 11 vana bai
Gasthakaa nulaa - 12 vana bai
Gasthakaa nulaa - 13 vana bai
Gasthakaa nulaa - 14 vana bai
Gasthakaa nulaa - 15 vana bai
Gasthakaa nulaa - 16 vana bai
Gasthakaa nulaa - 17 vana bai
Gasthakaa nulaa - 18 vana bai
Gasthakaa nulaa - 19 vana bai
Gasthakaa nulaa - 20 vana bai
Gasthakaa nulaa - 21 vana bai
Gasthakaa nulaa - 22 vana bai 
Gasthakaa nulaa - 23 vana bai
Gasthakaa nulaa - 24 vana bai
Gasthakaa nulaa - 25 vana bai
Gasthakaa nulaa - 26 vana bai
Gasthkaaa nulaa - 27 vana bai
Gasthakaa nulaa - 28 vana bai
Gasthakaa nulaa - 29 vana bai
Gasthakaa nulaa - 30 vana bai
Gasthakaa nulaa - 31 vana bai
Gasthakaa nulaa - 32 vana bai
Gasthakaa nulaa - 33 vana bai
Gasthakaa nulaa - 34 vana bai
Gasthakaa nulaa - 35 vana bai
Gasthakaa nulaa - 36 vana bai (FAHU BAI - NIMUNEE)


Tuesday, July 18, 2017

Edhevunu Thadhu - Full Story

Vaahaka-Edhevunu Thadhu - 5 vana vaahaka 

"އެދެވުނު ތަދު"  މި ވާހަކައަކީ......






ލޯބީގައި، ބައެއް ތަދުތައް، ވަގުތާއެކު ފޮނި މީރު ކަމަކަށް ބަދަލުވެއެވެ. 



Saturday, February 18, 2017

Hodhan Beynunvegen - Full Story



"ހޯދަން ބޭނުންވެގެން" މި ވާހަކައަކީ......
މިވާހަކަ ޕަބްލިޝްކުރެވުނީ "ވީ ނިއުސް" އޮންލައިން ނޫހުގައެވެ.




ކޮންމެ ދަރިއަކީވެސް އަމާނާތެކެވެ. އެ ދަރިއަކު ދުނިޔެއަށް އަންނަން ދިމާވާ ޙާލަތުގެ އަސީރަކަށް އެ ދަރިއަކުވެ، ޤުރުބާން ކުރެވޭ އިންސާނަކަށް އެ ދަރިއަކު ވެގެން ނުވާނެއެވެ. ތިމާއަށް ކުރެވުނު ހިތި ތަޖުރިބާގެ އަދަބު ތިމާގެ ދަރިންނަށް ދިނުމަކީ ގޯހެކެވެ. އެހެންނަމަވެސް އެއީ ވަރަށް ގިނަ ފަހަރަށް އަހަރެމެންގެ އާދައެވެ.

އަނިޔާ ލިބިފައިވާ އިންސާނަކަށް ބޭނުންވަނީ އޯގާތެރިކަމާއެކު އެހީވާ، ކެތްތެރިކަމާއެކު ހިތްވަރުދޭނެ މީހެކެވެ. ކޮންމެ ޙާލަތެއްގައިވެސް މާޔޫސް ވިޔަނުދީ އަތުގައި ހިފައިގެން އަލިމަގާދިމާއަށް ގެންގޮސްދޭނެ މީހެކެވެ. ޙާލަތު ބަދަލުކޮށްދޭނެ އެހީތެރިއެކެވެ.

ނަފްރަތާއި ފޫއްސަކީ މާޔޫސީ ދިރިއުޅުމަކުން އިންސާނަކަށް ދަސްވާނެ ހަމައެކަނި ސިފަތަކެވެ. އެފަދަ އިންސާނަކާއި ކުރިމަތިލުމަށް ބޭނުންވާ ހަމަ އެކަނި އައްޑަނައަކީ ލޯތްބެވެ. ހުރިހާ ޙާލަތެއްގައިވެސް، ހުރިހާ ގުޅުމެއްގައިވެސް ފަތަޙަ ލިބޭނީ ލޯތްބަށެވެ.

އެހީތެރިކަމަށް އެދި އެންމެނެއް ނުގޮވާނެއެވެ. އެކަމަކު އެންމެންނަށްވެސް އެހީތެރިއަކު ބޭނުންވެއެވެ. ހިތްދަތިކަމުގަ އުޅޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އުފާވެރި ދުވަހެއް "ހޯދަން ބޭނުންވެގެން" ކުރާ މަސައްކަތުގައި، އެކުގައިވާނެ މީހެއްގެ އެހީތެރިކަން ވަރަށް މުހިއްމެވެ.
Hodhan Beynunvegen - 1 vana bai
Hodhan Beynunvegen - 2 vana bai
Hodhan Beynunvegen - 3 vana bai
Hodhan Beynunvegen - 4 vana bai
Hodhan Beynunvegen - 5 vana bai
Hodhan Beynunvegen - 6 vana bai
Hodhan Beynunvegen - 7 vana bai
Hodhan Beynunvegen - 8 vana bai
Hodhan Beynunvegen - 9 vana bai
Hodhan Beynunvegen - 10 vana bai
Hodhan Beynunvegen - 11 vana bai
Hodhan Beynunvegen - 12 vana bai
Hodhan Beynunvegen - 13 vana bai
Hodhan Beynunvegen - 14 vana bai
Hodhan Beynunvegen - 15 vana bai
Hodhan Beynunvegen - 16 vana bai
Hodhan Beynunvegen - 17 vana bai
Hodhan Beynunvegen - 18 vana bai
Hodhan Beynunvegen - 19 vana bai
Hodhan Beynunvegen - 20 vana bai
Hodhan Beynunvegen - 21 vana bai
Hodhan Beynunvegen - 22 vana bai
Hodhan Beynunvegen - 23 vana bai
Hodhan Beynunvegen - 24 vana bai
Hodhan Beynunvegen - 25 vana bai
Hodhan Beynunvegen - 26 vana bai
Hodhan Beynunvegen - 27 vana bai
Hodhan Beynunvegen - 28 vana bai
Hodhan Beynunvegen - 29 vana bai
Hodhan Beynunvegen - 30 vana bai
Hodhan Beynunvegen - 31 vana bai
Hodhan Beynunvegen - 32 vana bai
Hodhan Beynunvegen - 33 vana bai
Hodhan Beynunvegen - 34 vana bai
Hodhan Beynunvegen - 35 vana bai
Hodhan Beynunvegen - 36 vana bai
Hodhan Beynunvegen - 37 vana bai
Hodhan Beynunvegen - 38 vana bai
Hodhan Beynunvegen - 39 vana bai
Hodhan Beynunvegen - 40 vana bai
Hodhan Beynunvegen - 41 vana bai
Hodhan Beynunvegen - 42 vana bai
Hodhan Beynunvegen - 43 vana bai
Hodhan Beynunvegen - 44 vana bai (Emme fahu bai)