FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 77 ވަނަ ބައި



"އަހަރެންގެ ފޯން ކޮބާ...؟" ދިލްމާމެންނާއެކު އިން އިރު އެތާ ބާއްވާފައި އާދެވުނު އޭނަގެ މޮބައިލް ފޯން މަތިން ނަވީން ކުއްލިއަކަށް ހަނދާން ވިއެވެ.
"އަންނާނަން ހިފައިގެން....ދިލްމާމެންކައިރީ ކަމަށްވާނީ..." އިނާގެ ހިތުގެ ޙާލު އެއްވެސް ވަރަކަށް ނޭނގި ހުރި ނަވީން އިނާގެ ކޮނޑުގައި ފިރުމާލުމަށްފަހު ފޯން ބަލާ ދާން ހިނގައިގަތެވެ.

"އަހަރެން ބޭނުމެއް ނޫން ނަވީންއާއެކު ދާން...." ބޭރަށް ނުކުންނަން ދޮރާއި ހަމައަށް ދެވިފައި ހުއްޓާ އިނާ މި ބުނި އެއްޗަކުން ނަވީންގެ ފިޔަވަޅުތައް ބިމުގައި ހަރުލި ކަހަލައެވެ.
ދޮރުގައި ހިފި ގޮތަށް ހުރެވުނީއެވެ.

"އެއީ ކީއްވެ...؟" އަނބުރާލާފައި އައިސް އިނާ ކައިރީގައި އިށީނދެފައި ނަވީން އަހާލިއެވެ.
"ވަރިއަށް އެދި ފޯމް ލައިފިން މިއަދު...." ދާދި ފަސޭހައިން އިނާ ބުނެލިއެވެ.

އިނާއާއި ދިމާލަށް ބަލަހައްޓައިގެން އިނުން ނޫން ކަމެއް ނަވީންއަކަށް ނުކުރެވުނެވެ.

ރޭގަ އިނާ ބުނިގޮތަށް ކަންތައް ކުރީތާއެވެ. ފަހުން ގުޅާނަމޭ ބުނެފަ ރޭގަ ދެވަނަފަހަރަށް ނުގުޅީވެސް އިނާގެ ހިތްބަދަލު ނުވާތީތާއެވެ. އެކަމަކު، އެހެން އެކަން ކޮށްފާނެ ކަމަކަށް ނަވީން ހީނުކުރެއެވެ.

"ތިހާ ބޯހަރު ގޮތް ދޫނުކުރާ މީހަކަށް އިނާ ވީ ކޮން ދުވަހަކު؟ އަހަރެން ދަންނަ އިނާ އަކީ ތިކަހަލަ މީހެއް ނޫން." ކޮޓަރިއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން ނަވީން އެހިއެވެ. ވަރަށްވެސް ފުން މާޔޫސީއަކާއެކުގައެވެ.

"ނަވީންއަށް އަހަރެންއެނގުނު ނަމަވެސް އަހަރެންނަށް ނަވީން ނޭނގުނުކަން އެއީ އަހަރެންގެ ބަދުނަސީބަކީ..." އިސްޖަހައިގެން އިން ނަމަވެސް ބުނަން ޖެހޭ އެއްޗެއް ފަސްޖެހުމެއްނެތި އިނާ ދިޔައީ ބުނަމުންނެވެ. ދެމާނަ އެކުލަވާފައެވެ.

"ނޭނގުނިއްޔާ، އެނގެން މަސައްކަތް ކުރަންވީނު. އޭގެ ބަދަލުގަ އެއްވެސް ފުރުޞަތެއް ނުދީ ތިގޮތަށް ހުރިހާ ދޮރެއް ބަންދުކޮށްލުން އެއީ ބުއްދިވެރިގޮތެއްހެނެއް ހިއެއް ނުވޭ...." ނަވީން އިނީ ވަރަށް ދެރަވެފައެވެ. ވަރިއަށް އެދި އިނާ ފޯމް ލީތީއެވެ.

" އެންމެ ދުވަހަކަށްވެސް ނަވީންއާއި ލީނާގެ ގުޅުމަށް ދުރުކަމެއް ނާންނަކަންނޭނގެ. މެރީކުރިދުވަސްކޮޅުވެސް އަބަދުވެސް ލީނާ ގުޅާ ނަވީންއަށް، ކުޅުދުއްފުށްޓަށް ނަވީން ދިޔަފަހުން ލީނާ އައީ. ލީނާ އެ ހުރިހާ ވާހަކައެއް ކިޔައިދިނީ އަހަރެން ކައިރީގަ ކަން ނަވީންއަށް އެނގޭތަ؟ އޭގެ ފަހުން މިހާރު އަޑު ފެތުރިފައި މި އޮތީ ނަވީން އޭނައާއި ދެ އަތްބަށް އިންނަން އުޅޭ ވާހަކަ. މިއީ އަނިޔާއެއްހެން ނަވީނަށް ހީނުވޭތަ؟ މަންމަމެންވެސް ކީކޭ ހީކުރާނީ؟"  މަޑުމަޑުން އިނދެ މަޑު އަޑަކުން އިނާ ދިޔައީ ވަރުގަދަ ވާހަކަތަކެއް ދައްކަމުންނެވެ.

"އެންމެ ރަނގަޅު.... އަހަރެން ހީކުރީ ފަހުން މިވާހަކަތައް ކިޔައިދިން ނަމަވެސް އިނާއަށް ފުދޭނެކަމަށް. ދިލްމާ އާއި ހުސެން އަށް އަހަރެން މިއައީ އަކުރުން އަކުރަށް ކިޔައިދީފަ. އިނާއަށްވެސް އެނގޭނެ ދިލްމާއަށް ގަބޫލުކުރެވޭތީކަން އަހަންނަށް އިނާ މިތާ އިންކަން އެނގުނީ. އެހެން ނޫންނަމަ ދިލްމާ ނުބުނާނެނު. ދެން މައްސަލައެއް ނެތް.....ގެއަށް ދިއުމުގެ ކުރިން އިނާ ހުރިހާ ވާހަކައެއް އަޑުއަހާ. އަޑުއަހާފަ ގޮތެއް ނިންމާނީ..." އިނާ ދައްކަން ފެށިވާހަކަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަވީން އެދުނެވެ.

އިނާގެ ހިތުގައިނަވީން އާއި ދޭތެރޭ އޮތް ކުށް ވަހުމާއި ކުށް ޝައްކު ފިލުވައިދިނުމަށްޓަކައި ޙަގީގަތުގެ ބައްތި ދިއްލައިގެން އިނާގެ ހިތުގައި އޭނައަށްޓަކައި އަނދިރިވެފައިވާ މަގުތަކުގައި ނަވީން ހިނގަން ފެށިއެވެ. އިނާގެ ހިތަށް އަލުން ވާޞިލް ވުމަށްޓަކައެވެ. އިނާގެ ހިތުން އޭނައަށްޓަކައި ގެއްލިފައިވާ މަގާމު އަލުން އަނބުރާ ހޯދުމަށްޓަކައެވެ.

ނަވީންގެ މަންމަ އިނާ އާއި ނުރުހޭ ސަބަބު، ފެށުނީއްސުރެން ލީނާ އޭނައާއި ދޭތެރޭ ދެކެމުން އައި ގޮތް، އޭނަގެ ކައިވެންޏަށްފަހު ލީނާ ކަންތައް ކުރަމުން އައިގޮތް، އޭނަ ރަށުގައި ނެތީސް އައްޑުއަށް ގޮސް ލީނާ އެގޮތަށް އުޅުނު ސަބަބު، އިނާ ކައިރީ ލީނާ ދައްކާފައިވާ ވާހަކައިގެ އަސްލު ޙަގީގަތް، މި ހުރިހާ ވާހަކައެއްވެސް ނަވީން އިނާއަށް އޮޅުންފިލުވައިދިނެވެ. އިނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ އިނދެއެވެ. އިނާގެ އަތްތިލައިން އެއްފަހަރުވެސް ދޫކޮށްނުލާ އިނދެއެވެ.

ފަރުދާގެ ނިވަލުގައި ހިނގާފައިވާ މި ހުރިހާ ކަމެއް އޭނައަށް އެނގެން ދިމާވި ގޮތާއި، ޒިޔާދު އާއި އޭނައާއި ދެމެދު ހިނގި ފޯންކޯލްގެ ވާހަކަ އާއި، ރޭގައި އިނާ ގުޅިފަހުން އެ އާއިލާ ތެރޭގައި ހިނގާފައިވާ ހުރިހާ ކަމެއްގެ ވާހަކަވެސް ތަފްޞީލްކޮށް ނަވީން އޮޅުންފިލުވައިދިނެވެ. ދެވަނަފަހަރަކު ޝައްކެއް ނުއުފެދޭނެ ގޮތަކަށެވެ.

ރޭގައި ބައްޕަ ދިން ލަފައެއްގެ މަތިން، ރޭގައި އޭނަގެ ކޮޓަރީ ފޯނަށް އިނާ ގުޅި ނަންބަރާއި އެޑްރެސް ހޯދުމުގެ މަސައްކަތް ދިރާގާއި ގުޅިގެން ކުރަމުންދާ ވާހަކައާއި، ޚާލިދުއަށް ގުޅައިގެން ޚާލިދުމެންނާއެކު ޓިކެޓެއް ނަގައިގެން އިނާ ބަލާދާން އޭނަ ރޭވި ރޭވުމާއި، ނަމަވެސް އިއްތިފާގުން މިއަދު އޭޑީކޭއަށް އާދެވެން މެދުވެރި ވުމާއި، މިތަނުން ދިލްމާ އާއި ހުސެން އާއި ދިމާވުމާއި ހަމައަށް، އޭނައަށް އެނގޭ ހުރިހާ ވާހަކައެއް ކިޔައިދީ، އިނާއަށްޓަކައި އަރަތަކަށްވެފައިވާ އެ އޮޅުންބޮޅުންތައް ނަވީން އޮޅުންފިލުވައި ދިނެވެ.

"މިހާރު ގަބޫލުކޮށްފިންތަ....؟" ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފަ އިނާގެ ދެއަތްތިލަ ގެނެސް ބޮސްދެމުން ނަވީން އަހާލިއެވެ.

އިނާއަށް އަނގައިން ބުނެވޭވަރެއް ނުވިއެވެ. ލޯފެންކަޅިވެ އަޑުބެދިފައިވާތީއެވެ.
އެ ވާހަކަތައް ނަވީން ކިޔައިދެމުން ދިޔައިރު، ނަވީންގެ ތެދުވެރިކަމާއި، ވަފާތެރިކަމާއި، ދެވަނަ މީހަކަށްޓަކައި ނަވީންގެ ހިތުގައި ވިންދެއް ޖަހާފައި ނުވާކަމުގެ ޔަގީންކަން އިނާއަށް ލިބިފައި ވަނީ އޭގެ ދެވަނައެއް ނެތް މިންވަރަށެވެ.

ފުރަތަމަ ދުވަހެކޭ މިހާރެކޭ ނަވީންގެ ހިތް އޭނައަށް އެދޭމިންވަރުން އުނިކަމެއް އައިސްފައިނުވާކަން އިނާއަށް ގަބޫލުކުރެވުނީ އެއްވެސް ޝައްކަކާ ނުލައެވެ. އެދެމެދަށް އައިސްގެން މިއުޅެނީ އެއްވެސް ޙަގީގަތެއް ނެތް ސަބަބުތަކަކާހެދި އައި ދުރުކަމެއްކަން އިނާއަށް ގަބޫލު ކުރެވުނެވެ. ބަޔަކުގެ ރޭވުމެއްގެ ދަށުން އެދެމީހުން ދުރުކުރުވަން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާކަން ހާމަކަމާއެކު އިނާގެ ހިތަށް ފެނިގެން ދިޔައެވެ.

"މަންމަ އިނާ ދެކެ ނުރުހޭ ސަބަބުގައި ޙައްގެއް އޮވެދާނެކަންނޭނގެ. އެކަމަކު އޭގަ އިނާވެސް އަހަރެންވެސް ކުރާނެ ކަމެއް ނެތް. އެ ވާހަކަ އަކީ މަންމައާއި ދައްކަން އަހަންނަށް ކެރޭނެ ވާހަކަތަކެއް ނޫން. އެއީ މަންމަގެ މާޒީ. އަހަރެމެންވެސް ވާނެ މަންމަގެ މާޒީއަށް އިހްތިރާމް ކުރަން. އިނާއާއި ޒިޔާދުގެ ގުޅުމަކީވެސް ހަގީގަތުގައި އަހަރެންގެ ހިތުން ދުވަހަކުވެސް ފިލާނުދާނެ ގުޅުމަކަށްވީގޮތަށް، މަންމަ އާއި ބައްޕަގެ ހިތުންވެސް ދުވަހަކުވެސް އިނާގެ އަސްލު މަންމައާއި ބައްޕަގެ އެ ގުޅުމެއް ހިތުން ނުފިލާނެ. އެކަމަކު އެވާހަކަ އަހަރެމެން ހިތުގަ ޖަހައިގެން އުޅުމުގެ މާނައެއް ނެތެއްނު. މަންމައަށް މަޢާފްކޮށްދީ .... މައިދައިތައަށްވީތީ..." ވިސްނުންތެރިކަމާއެކު ނަވީން ދެއްކި ވާހަކަތަކުގެ އެންމެ ފަހަށް ބުނެލި ބަސް ނަވީން ބުނެލި ގޮތުން އިނާއަށްވެސް ކަރުނައިގެ ތެރެއިން ހީލެވުނެވެ.

އިނާ ބޯޖަހާލިއެވެ.
ނަވީން އެބުނިހެން ނަވީންގެ މަންމައަށް އޭނަ މަޢާފްނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. ނަވީންގެ މަންމަވެސް އޭނަގެ އަސްލު ބައްޕަ ދެކެ ވީލޯތްބެވެ. ލީނާވެސް ނަވީންދެކެ ލޯބިވާ ފަދައިންނެވެ. ޒިޔާދުވެސް އޭނަ ދެކެ ލޯބިވާފަދައިންނެވެ. އެ ތިން ފަރާތުންވެސް ވީ ލޯބި އެމީހުންނަށް ނާކާމިޔާބުވި ނަމަވެސް، އެމީހުންގެ ދަޢުވާ ކުރެވޭނީ ލޯބީގެ ދަރުބާރުގަ އެކަންޏެވެ. ޙަގީގީ ދުނިޔޭގެ ޙަގީގަތަކީ އަދި އެހެން ކަމެކެވެ.

އޭނަގެ ލޮލުން އެއްފަހަރުވެސް ނުދެކޭ އެ ބައްޕަގެ ލޯބީގައި ނާކާމިޔާބު ވި މީހާގެ ހުރި ހަމައެކަނި ދަރިފުޅާއި އޭނަ ކައިވެނި ކުރަން ޖެހުން އެއީ ދުނިޔޭގެ އިއްތިފާގެވެ. ދުނިޔޭގެ ބުރުހަމަވަމުން އައިސް އެއްޖީލު ނިމި އަނެއް ޖީލަށް އައިއިރު މާޟީގެ އެ މަންޒަރު އަލުން ތަކުރާރުވާން ފުރުޞަތު ލިބިދާނެކަން އެއިން އެކަކަށްވެސް އެނގިފައިނުވެއެވެ.  

ނަވީންގެ މަންމަވެސް އެކަމަށް އުއްމީދެއް ނުކުރާނެއެވެ. ނަވީންގެ މަންމައަށް ނާކާމިޔާބުވި ލޯބި ހަނދާންކޮށްދޭނެ ދާއިމީ މެހްމާނަކު އެ އާއިލާއަށް އައިސްދާނެކަމަށް އެ މަންމަ ހުވަފެނުންވެސް ދެކެފައިނުވާނެކަން ޔަގީނެވެ. ނަމަވެސް ކަމުގެ އަސްލު އައިސްފައިވަނީ މިގޮތަށް ކަމަށް ވިސްނުމުން، ނަވީންގެ މަންމައަށްވެސް، ނަވީން ދެކެ ލޯބިވަމުން އައި އަންހެންކުއްޖާއަށްވެސް އޭނަ ދެކެ ނަފްރަތު ކުރެވޭނެއެވެ. އެއީ ގަބޫލު ކުރެވޭ ކަމެކެވެ.

ނާކާމިޔާބީ އަކީ އިންސާނާ ދެގޮތަކަށް އަނބުރައިލާނެ އެއްޗެއްކަން އިނާ ދަނެއެވެ. ޚިޔާރު ކުރެވޭ މަގަކީ ހިތްތިރިކަމާއި މަޑުމައިތިރިކަން ކަމުގައި ވިނަމަ، އަނެކާގެ ދިރިއުޅުން ބަރުބާދު ކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ދިރިއުޅުމަށް އެވަގުތު ހުސްކޮށް ފައިދާހުރި ކަމަކަށް ހޭދަކުރާނެއެވެ. ގޮތްދޫނުކުރުމާއި ބޮޑާކަމާއިބޯހަރުކަމުގެ ނަތީޖާއަކަށް އަބަދުވެސް ވެފައި އޮންނާނީ ހިތްފުރުމެއް ނެތް ބަދަލުހިފުންކަންވެސް އިނާ ދަނެއެވެ. އިނާ ގަބޫލުކުރާ ގޮތުގައި ބަދަލުހިފުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫނެވެ. އެއީ، ކުރެވެން ހުރި ރަނގަޅު އެތައް ކަމެއްގެ އެތައް ފުރުޞަތެއް ނަގާލާފައި އަމިއްލަ ހަޔާތުގެ ހަމަޖެހުން އަމިއްލައަށް ނަގާލުމެކެވެ.

އޭނަގެ ފަހަތުން ލީނާއާއި ޒިޔާދު އެ އުޅެނީ އެފަދަ ކަމެއްގައެވެ. ލީނާއާއި ޒިޔާދުގެ އެ ނުބައި ރޭވުމަކީ އެފަދަ ބަދަލުހިފުމެއްގެ ނަތީޖާއެވެ. އެ ނުބައި ނަތީޖާގެ ސަބަބުން އޭނައަށް އޭނައާއި ނަވީންގެ އަމިއްލަ ލޯބީގެ ގަނޑުވަރު މަތިން ހަނދާން ނައްތާލެވުނީއެވެ. ހިރަފުސްފޮޅާނުލެވިއެވެ. އުޖާލާ އަލިކަމަކުން ދިއްލާ ނުލެވިއެވެ.

ނާކާމިޔާބުވިނަމަވެސް އެފަދަ ބަދަލުހިފުންތަކެއްގައި ހަފުސްވެފައި ހުންނާން އިނާ ބޭނުމެއް ނޫނެވެ. އެއީ ހިތަށް ބަރު، ބޭކާރު ވިސްނުމެކެވެ. އެންމެ ރެއެއްގެ ހަމަނިދިވެސް ޔަގީން ނުވާފަދަ ލުޔެއް ލިބުން ނެތް ވޭނެކެވެ. އޭނަ ބޭނުންވަނީ އަމިއްލަ ނަފްސާއި ހިތާ ދެމެދުގައި ކުރެވެމުން އައި "މާނައެއް ނެތް" ހަނގުރާމަ ދޫކޮށްލިކަމުގެ އިޢުލާން ކުރާށެވެ. ހުދު ދިދަ ނަގާށެވެ. އަމާން ދިނުމަށެވެ.

އޭނައަށް މި ދިމާވިފަދަ ބޮޑު އޮޅުންބޮޅުންގަނޑެއްގައި ޖެހި އޮޔާނުގޮސް ސަލާމަތްވެފައި ވާނީ މަދު ދިރިއުޅުމެއްކަން އިނާ ގަބޫލުކުރިއެވެ. މަންޒިލާއި މަގްޞަދު ނުގެއްލެނީސް އޭނައަށް ޙަޔާތުގެ އައްސޭރިފަށަށް އާދެވުނުކަން އެއީ މަތިވެރި ކަލާނގެއަށް ޙަމްދުކުރަން ޖެހޭނެ ކަމެކެވެ. މި ޙަގީގަތް އެނގެން އޭނައަށް ފުރުޞަތު ނުދެވުނު ނަމަ.....

ނުދެވުނުނަމަ ވާނެގޮތް ހިތަށް އަރުވާލަންވެސް އިނާއަށް އުނދަގޫވިއެވެ. މީގެ ހަތްމަސްފަހުން ދުނިޔެއަށް އަންނަ އޭނަގެ ދަރިފުޅު ވީހީ، ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި މެނުވީ ބައްޕަގެ ލޯބި ނުލިބޭނެ ކުއްޖަކަށެވެ.
ތައުބާއެވެ. އެފަދަ ހިތާމައެއް އޭނަގެ ދަރިފުޅަށް ދެވޭ މައަކަށް އޭނަ ނުވެ ސަލާމަތްވިކަން ކޮންފަދަ ނަސީބުހެއްޔެވެ.

"މަޢާފްކޮށްފިންތަ.....؟" ހިނިތުންމޫނަކުން ނަވީންއަށް ބަލަމުން އަމިއްލަ ހިތާ ސިކުނޑީގައި އެތައް ވާހަކައެއް ދައްކަމުން ދިޔަ އިނާގެ ކައިރީގައި އެނދުގައި އިށީނދެލަމުން ނަވީން އަހާލިލއެވެ. ޖަވާބުގައި ނޫނެކޭ ނުބުނާނެކަން ޔަގީންވެ ހުރެއެވެ.

"ނަވީން ކުށެއް ކުރިނަމައެއްނު މަޢާފް ކުރާނީ. މަޢާފަށް އެދެން ޖެހެނީ އަހަރެން....ޙަގީގަތް ނުބަލާ ނަވީން އާއި ދޭތެރޭ ޝައްކު ކުރެވުނީތީ." ޖެހިލުންވެ ފަސްޖެހިފައި އިނދެވިޔަސް އިނާ އޭނަގެ ކުށަށް އިޢުތިރާފް ވިއެވެ. ރީތި ސިފައެކެވެ. ލޯބިވާ މީހާގެ ލޯތްބަށް އެދެވޭ މިންވަރު އަންގައިދޭ ދަލީލެކެވެ. އަނެކާގެ ފަރާތުން ތިމާއަށްޓަކައި ލޯތްބާއި ގަދަރާއި އިހްތިރާމް އެތަކެއް ގުނައަށް އިތުރުވެގެންދާނެ ފަދަ ކަމެކެވެ.

"އަހަންނަށް އެނގޭ އެއީ އިނާއަށް ޙަގީގަތް ނޭނގޭތީކަން...އަޅާނުލާ....އިނާއަށް އަބަދުވެސް މަޢާފްކުރާނެ ފިރިއެއް މިއީ..." އިނާގެ ކޮނޑުމަތިންވަށާލާފައިވާ އޭނަގެ އަތުގެ ގަޢިދު ހަނިކޮށް އަދިވެސް ބޮޑަށް ގާތްކޮށްލަމުން ނަވީން ބުނެލިއެވެ. އެ އަތުގެ ތެރެއިން ހިމާޔަތާއި ރައްކާތެރިކަން އަބަދުވެސް އިނާއަށް ދޭނަމޭ ބުނާފަދައަކުން އިނާގެ ކޮނޑުގައި ފިރުމަމުންނެވެ.

"އިނާ ނޫން މީހަކަށް މި މަގާމް ދޭން ދުވަހަކުވެސް ގަސްތެއް ނުކުރަން." އޭނަގެ ދަތްދޮޅިދަށުގައި ޖެހިފައިވާ އިނާގެ ބޮލުގެ، މީރުވަސް ދުވާ އިސްތަށިގަނޑުގައި ބޮސްދެމުން ނަވީން ޔަގީންކަން ދިނެވެ. ނަވީންގެ މޭގައި ޖެހިގެންއިން އިނާވެސް އިސް އުފުލާ ނަވީންގެ މޫނަށް ބަލާލިއެވެ. އޭނައަށްޓަކައި ލޯބިން ފުރިފައިވާ ނަވީންގެ ރީތި ދެލޮލަށެވެ. ޝުކުރުވެރި ހިތަކާއެކުގައެވެ. މިނޫން މަގާމެއް އޭނަ ބޭނުމެއްވެސް ނޫނޭ ބުނާފަދައަކުންނެވެ.

"އުޅޭ ދަމާ ދޯ....މަންމަމެން މިހާރު ތިބޭނީ ލަސްވެފަ. ނިކަން ބުނެބަލަ...ކިހިނެއްވެގެން މިތަނަށް ގެނައީ...." އިނާގެ ކައިރީގައި އިނދެފައި ގަޑިބަލާލާފައި ނަވީން އަނެއްކާވެސް އެ ސުވާލު ނަވީން ކުރިއެވެ.

ޖަވާބެއް ދިނުމުގެ ބަދަލުގައި އިނާ އުޅެގަތީ އެނދުން ފޭބުމަށެވެ. މިތަން ފެނި އަވަސް އަވަހަށް ނަވީން އިނާގެ އަތުގައި ހިފިއެވެ. ބަލާބެލުމަށް ބަލިހެނެއް އިނާ ހީނުވިނަމަވެސް، އިންތަނުން ތެދުވުމުގައި ބަރުހެލިކަމެއް ހުރިކަން ނަވީނަށް ފާހަގަ ކުރެވުނެވެ.

އެނދުންފައިބާފައި މަހުމަލުގެ ކަޅުފައިވާން ފަޔަށް ހެޔޮވަރުކޮށްލާފައި އިނާ އޭނަގެ އިސްތަށިގަނޑު އަތުން ހެޔޮވަރުކޮށް ރީތިކޮށްލާފައި ހިންދެމިލިއެވެ.

"ކުޑަކޮށް ފަލަ ދޯ....؟" ހަމަ އިސްކޮޅަށް އިނާ ތެދުވުމުން، ނަވީނަށް ބަލާލެވުނީ ވަރަށް ގަޔާވެވިގެންނެވެ. އެ ރީތި ކަމާއި ބަނިޔާދަންކަން ނުފެންނަތާ އެހާ ދުވަސްވީފަހުން ފެނުމުންނެވެ.

އިނާގާތަށް އައީ ރަކިގޮތަކަށް އައި ލުއި ހިންޏެކެވެ.
އާނއެކެވެ. އޭނަ ކުޑަކޮށް ފަލައެވެ. އޭނަވެސް ހީކުރިވަރަށްވުރެ މާ އަވަހަށް އޭނަ އެބަ ފަލަވެއެވެ.
އެކަމުގެ ސަބަބު ނަވީނަށް އެނގޭނަމަ ބޮޑުކޮށް ފަލަވިޔަސް ނަވީންވާނީ އުފާކަން އޭނައަށް ޔަގީނެވެ.

ނަވީންގެ އަތުން ދޫކޮށްލާފައި، އިނާ އޭނަ ލައިގެން ހުރި އުނަގަޑަށްވުރެ ތިރިއަށް އޮތް ދިގު ޖެކެޓްގެ ދެފަރާތުންހިފައި ކައިރި ކޮށްލިއެވެ. ނަވީން ބަލާތީ ލަދުންނެވެ. ނަވީނަށްވެސް އެކަން އެނގުނެވެ. ދެމީހުންގެ ހިތުގެ ވާހަކަ އެކަކު އަނެކަކަށް ބުނެދިނީ ލޮލުގެ ބަސްމޮށުމުންނެވެ.

"ނަވީން......." އޭނައާއި ދިމާލަށް ބަލަން ހުރެފައި އެއްޗެއް ނުބުނެ، ބޭރަށް ނުކުންނަން ދާން ހިނގައިގަތުމުން އަނެއްކާވެސް އިނާ ނަވީން  ހުއްޓުވިއެވެ. އެ އަޑު ޖެހުމާއެކު ނަވީން މަޑުކޮށްލިއެވެ.

"ޔެސް ލަވް....؟" އިޚްތިޔާރަކާ ނުލާ ނަވީނަށް ޖަވާބު ދެވުނެވެ. ނަވީން ހުރީ ވަރަށްވެސް ހިތްހަމަޖެހި ހިތްފުރިފައެވެ. އިނާއާއެކު އަވަހަށް ގެއަށް ދިއުމަށްވުރެ މިވަގުތު އޭނަ ބޭނުން އެހެން އެއްވެސް ކަމެއް ނުވެއެވެ.

އޭނަގެ އެނދުގެ ފައިލާކޮޅުގައި ހުއްޓިލި ނަވީން އާއި ދިމާލަށް އިނާ އަތްދިއްކުރިއެވެ. ހިނދުކޮޅަކުވެސް އެ އަތްތިލަ ހުހަށް ނުބަހައްޓައެވެ. ނަވީން އަވަހަށް އެ އަތުގައި ހިފައި އިނާ ކައިރިއަށް ޖެހިލިއެވެ.

"އަވަހަށް ބުނޭ...." ވަރަށް ލޯބިން ނަވީން އެދުނެވެ.

އޭނަ ދެކެ އެހާ ލޯބިވާ އެ ފަރި ޒުވާން ފިރިމީހާ ކައިރީ، އޭނަ މިއިނީ އެ ދެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެކަން ބުނެދޭނެ ގޮތެއްވެސް އިނާގެ ވިސްނުމަކަށް ނައެވެ.

އޭނަ ބަލިވެއިންކަން އެނގުނު ދުވަހު، ނަވީންކައިރީ އެވާހަކަ ބުނާނެ އެތައް ގޮތެއް އޭނަގެ ހިތުގައި އެދުވަހު ރޭވިއެވެ. ބަދިގޭގައި ހުއްޓާ އަތުވެއްޖެނަމަ ބުނާނެ ގޮތެވެ. ފުނާއަޅަން ނުވަތަ އޭނަ އޮށޯވެ އޮތްވާ އައިސްފިނަމަ ބުނާނެ ގޮތެކެވެ. ސިޓިންރޫމްގައި އިންދާ ނުވަތަ ޓެރަސްގައި އިންދާ ނަވީން އަތުވެއްޖެނަމަ ބުނާނެ ގޮތެކެވެ.
އެދުވަހުގެ ކޮންމެ މިނެޓެއް އޭނައަށް ހޭދަކުރެވުނީ ނަވީން ކައިރީ އެ ވާހަކަ ބުނާނެ ގޮތަކާއި ބުނުމުން ނަވީންއަށް ވާނެ ގޮތް ހިތާހިތާ ފަރިތަކުރުމުގައެވެ.  

ނަމަވެސް އެ އުފާވެރި، ފޮނިވަގުތުކޮޅު އެދުވަހު ނަގާލީ އެ ލީނާއެވެ.
އޭގެފަހުން މިއަދު.............
އެތަކެއްދުވަހުގެ ދުރުކަމަށްފަހު މިއަދު އެ ވަގުތު އައިސް ޖެހުމުން، ނަވީން ކައިރީ އެވާހަކަ ބުނާނެ ގޮތެއް އިނާގެ ވިސްނުމަށް ނައެވެ.

ނަވީންގެ ރީތި މޫނަށް ބަލަހައްޓައިގެން ހުރެހުރެފައި ނަވީންގެ ކަނައަތްތިލަ ގެނެސް އޭނަގެ ބަނޑުގައި މަޑުމަޑުން އިނާ ޖައްސާލިއެވެ. އަދި ދެން ނަވީންގެ ޙަރަކާތަކަށް ނުވަތަ ބުނާނެ އެއްޗަކަށް އިންތިޒާރުކުރަން ފެށިއެވެ.
އަނގައިން ބުނުމަށްވުރެ އެގޮތް އިނާއަށް ރަނގަޅުވިއެވެ.
މީހަކު އަޑުއަހައިފިނަމަ އެދެމީހުންގެ ނޭވާގެ އަޑު ނޫން އަޑެއް އެ ކޮޓަރިތެރެއިން މިވަގުތު ނީވޭނެއެވެ. އެހާވެސް ބޮޑު ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

ހިނދުކޮޅެއްގެ ފަހެވެ. އަނގައިންވެސް ނުބުނެ، އަދި އިތުރު ޙަރަކާތެއްވެސް ނުކޮށް ނަވީން ހުންނަން ފެށުމުން އިސްއުފުލާފައި ނަވީންގެ މޫނަށް އިނާ ބަލާލިއެވެ. ނަވީންގެ ނަޒަރު ހުއްޓިފައި ހުރީ އޭނަގެ ބަނޑަށެވެ.

"ނަވީން........" އިނާ މަޑުމަޑުން ގޮވާލިއެވެ. ހުއްޓުން އަރައި، ގާވެފައިހުރި މީހެއްހެން ނަވީން ހުރީތީއެވެ. އޭނަގެ ބަނޑުގައި ޖައްސާފައިވާ ނަވީންގެ އަތްތިލައިގަ މަޑުމަޑުން ފިރުމަމުންނެވެ. އިންތިހާ ދަރަޖައިގެ ލޯބިންނެވެ. ކޮށްފައިވާ އަސަރެއްގެ ސަބަބުން އިނާއަށް ކޮޅަށް ހުންނަން އުނދަގޫވިއެވެ. ވަގުތުގެ ނާޒުކު ކަމުންނެވެ.

އިނާ ގޮވާލުމުން ނަވީން އިނާއާއި ހަތަރުކަޅި ހަމަކުރިއެވެ.
"ހަމަ އަސްލުވެސްތަ؟" މިހެން އަހާލާ ކަހަލަ ގޮތަކަށް ބޮލުގެ އިޝާރާތުން ސުވާލު ކުރިއެވެ. އިނާވެސް ބޮލާއި ލޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ. ވާހަކަ ދެއްކުމަކީ މިވަގުތުކޮޅު އެ ދެމީހުންނަށްވެސް މާ ފަސޭހަ ކަމަކަށް ނުވިއެވެ.
ނަވީންގެ މޫނުމަތީގެ އަސަރު ފެނުމުން، ކޮޅަށް ހުންނަން އިނާއަށް އިތުރަށް އުނދަގޫވިއެވެ. ނަވީންއާއި ކުރިމަތިލައިގެން ހުރި ނަމަވެސް ފަހަތުގައި ހުރި އެނދުގައި ދެއަތުންހިފަހައްޓާލެވުނެވެ.

އިނާގެ އަތް ނެގުމުން، އިނާލައިގެން ހުރި ރީތި ދިގު ޖެކެޓްގެ ދެފަރާތުގައި ހިފައި ނަވީން ދުރުކޮށްލިއެވެ. އިނާގެ ހަށިގަނޑަށް ރަނގަޅަށް ބަލާލުމަށް އޭނަ ބޭނުންވިއެވެ. އިނާ އެބުނި އެއްޗެއް ޔަގީންކުރާށެވެ. އޭނައަށް ހީވާ ހީވުން ޔަގީން ކުރާށެވެ. ގަބޫލުކުރަން ދަތިވަނީއެވެ.

އެތެރެއިން އިނާ ލައިގެން ހުރީ ހުދުކުލައިގެ ގަޔަށް ވަރަށްހެޔޮވަރު އަތްކުރު ޓީޝާޓްފޮތީގެ މައްޗެއްކަމުން، ކުޑަކުޑަކޮށް ބޮޑުވެފައިވާ އިނާގެ ބަނޑު ވަރަށް ރީތިކޮށް ނަވީންއަށް ފާހަގަ ކުރެވެއެވެ.

ނަވީން ދެކެން ފެށީއްސުރެވެސް އިނާއަކީ ތުނިތުނި ބަނޑަކާއެކު ރީތި ހަށިގަނޑެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އެހެންކަމުން، އިނާގެ ހަށިގަނޑަށް މިހާރު އައިސްފައިވާ ބަދަލު ނަވީނަށް ސިއްރެއް ނުވެއެވެ. އިނާގެ ތުނި ބަނޑު އެހެރީ ރީތި ގޮތަކަށް ބޮޑުވެލާފައި ކަން ނަވީނަށް ފާހަގަ ކުރެވުނެވެ. އަދި އެފަދަ ގޮތަކަށް އެ ބަނޑު ހުންނާނީ ކީއްވެގެންކަންވެސް ނަވީނަށް ވިސްނުނެވެ.  އިނާގެ ހަށިގަނޑަށް އައިސްފައިވާ ފުރިހަމަ ކަން ނަވީންގެ ލޮލަށް ވަރަށް ފުރިހަމައަށް ފެނުނެވެ.

"ކޮންއިރަކު....؟" އިނާގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލާފައި ނަވީނަށް އެހުނެވެ. އެއްވެސް ވަރަކަށް ލަފާކުރެވިފައި ނެތް މި ބޮޑު އުފާ މި ލިބުނު ގޮތުން ނަވީންގެ ޙަރަކާތް ވަނީ މަދުވެފައެވެ. އެތެރޭގައިވާ ހިތާއި ފުރާނަވެސް އުފަލުން ނަށާއިރުވެސްމެއެވެ.

"ލީނާ ބަނޑުބޮޑުވާހަކަ ލީނާ ބުނި ދުވަހުގެ ހެނދުނު..." ކިތަންމެ ކުރު ޖުމްލައަކުން އެހިނަމަވެސް ނަވީން އެކުރި ސުވާލުގެ ފުރިހަމަ ޖަވާބު އިނާ ދިނެވެ.
"މިހެންވެ....؟؟؟ " ނަވީން އަހަން އުޅުނެވެ. ނަމަވެސް އެ ވިސްނުނު ހަގީގަތާއެކު ލީނާ ދެކެ އާދެވުނު ރުޅިއަކުން ދަތްތަކަށް ބާރުކުރެވުލެއް ބޮޑުކަމުން ނަވީނަށް އިތުރު އެއްޗެއް ނުބުނެވުނެވެ.

އިނާ އެގޮތަށް ދިޔަ ސަބަބު ނަވީނަށް ވަރަށް ރަނގަޅަށް ވިސްނުނީއެވެ. އިނާ ކިޔައިނުދޭ ވަރަށް ގިނަ ކަންތައްތައް ނަވީނަށް ކުއްލިއަކަށް އެނގިއްޖެއެވެ. ބޮޑު މަންޒަރު ފެނިއްޖެއެވެ.  

"އައި އެމް ސޯ ސޮރީ ..... އެ ނުލަފާ....." އަނެއްކާވެސް އިނާގެ ކިބައިން މަޢާފަށް އެދެވުނީ ވަރަށް ދެރަވެފައެވެ. އޭނަގެ ސަބަބުން އިނާއަށް ދެވުނު ހިތްދަތި ހިތާމަ އިހްސާސް ކުރެވުމުން ލީނާދެކެ ރުޅިއާދެވެނީ އިޚްތިޔާރަކާ ނުލައެވެ.

"ޝް.ޝް....." ނަވީން ބުނަން އުޅުނު އެއްޗެއް އިނާ ހުއްޓުވިއެވެ.
"އަޅާނުލާ....." ނަވީންގެ ގާތަށް ޖެހި ނަވީންގެ މޭގައި ފިރުމަމުން އިނާ ބުނެލިއެވެ.

ފިރިމީހާ ރުޅިއައިސް ރަތްވާއިރު ލޯބިވާ އަނބިމީހާގެ އެންމެ ފިރުމުމަކީ ނަފްސާނީ ޢިލްމުވެރިއަކުގެ އެތައް ދުވަހެއްގެ ލަފަޔަށްވުރެވެސް މޮޅު އެއްޗެއްކަމުން، އިނާގެ ފިރުމުންތަކުން ނަވީންގެ ރުޅި ހަނދާންނެތި، ނަވީންގެ ހުރިހާ ސަމާލުކަމެއް މި ވަގުތުގެ މި ޙާލަތަށް ހުއްޓިއްޖެއެވެ.

"އެކަމާ ނުވިސްނާނީ ދޯ......" ނަވީން ބުނެލިއެވެ.

އިނާވެސް ނަވީން ހުއްޓުވީ އެހެންވީމައެވެ. އެ ވާހަކަ ދެން ދައްކާކަށް އިނާ ބޭނުމެއް ނޫނެވެ.
އެ އަނދިރި ދުވަސްތައް އެދިޔައީއެވެ. އޭގެ ހިޔަނިވެސް އެދެމީހުންގެ ހަޔާތަށް ދެން އެޅޭކަށް އޭނަ ނޭދެއެވެ. އެފަދަ ފުރުޞަތެއް އޭނަ ނުދޭނެއެވެ.
ލީނާ ކުރި ކަމެއް ލީނާއަށެވެ. އެދެމީހުން އެތިބީ އަލުން ގުޅިފައެވެ. ދެ ދުނިޔޭގައިވެސް އެކުގައިވާން އެދޭ އިންސާނާ، އެވަނީ، އޯގާވަންތަ ކަލާނގެ އޭނައަށް ދެއްވާފައެވެ. ދެންކުރަންވީ ވަކި ކޮން ޝަކުވާއެއްހެއްޔެވެ؟ ކޮން ކަމަކަށްޓަކައި ހެއްޔެވެ؟

ކުއްލިއަކަށް، އިނާވެސް ސިހިއްޖެއެވެ.
އިނާގެ ދެކޮނޑުގައި ހިފައި ލޯބިން ފުރިފައިވާ ހިނިތުންވުމަކާއެކު އިނާއަށް ބަލާލާފައި، ވަރަށް އަވަސް ޙަރަކާތަކާއެކު އިނާ ގެނެސް އަތުގެ ތެރެއަށް ލައި ނަވީން ބޮނޑިކޮށްލިއެވެ. ލިބުނު އުފާވެރި ޚަބަރުގެ އަންދާޒާ އެކޮށްލެވުނީ ނަވވީނަށް އަދި ކިރިޔާއެވެ.
ބައްޕައަކަށް ވާކަމުގެ އިހްސާސުން ނަވީންގެ ހިތްފުރިގެން ބަންޑުންދާން އުޅޭފަދައެވެ. ލޯބިވާކަމަށް ތަކުރާރުކޮށް ބުނަމުން، އިނާގެ ލޫޅާފަތި ހަށިގަނޑުގައި ނަވީނަށް ބެއްދޭ ބާރުމިން ޚުދު ނަވީނަށްވެސް ނޭނގެއެވެ. އެތަކެއްފަހަރު ޝުކުރު އަދާކުރިއެވެ. އޭނައަށް ބައްޕަ ކިޔާނެ ކުއްޖަކު ދުނިޔެއަށް ގެނެސްދޭކަމަށްޓަކައެވެ. އެތަކެއްފަހަރު، އޭނަ ދޫކޮށްނުދިއުމަށް އެދުނެވެ. އެދަރިފުޅާއި އިނާއާއެކު މުޅި އުމުރުދުވަހުވެސް އުޅެން ބޭނުންވާތީއެވެ. އާދައިގެ ވާހަކަ ދައްކާ އުޞޫލަކުން ނޫނެވެ. ހުވަފެނެއްގައި ދެކެވޭ ވާހަކަތަކެއް ފަދައިންނެވެ.

ނަވީންއަށް ލިބުނު އެ އުފާވެރި ކަމުގައި އިނާވެސް ހިއްސާވީ އުފަލުންނެވެ. ނަވީންގެ އަތުތެރޭގައި ހުރެގެން އުފަލުން ހިނިތުންވަނީއެވެ. ބައެއްފަހަރު ވަރަށް ބޮޑަށެވެ. އަނެއްބައިފަހަރު މީގެ ކުރިން ދުވަހަކުވެސް ހިނިތުންނުވާހާ ބޮޑަށެވެ.

ކުއްލިއަކަށް އެކޮޓަރިތެރޭގައި ލުއި ހުނުމެއްގެ އަޑު ހިފާލިއެވެ. އިޚްތިޔާރަކާ ނުލާ އިނާއަށް ހީގަނެވުނީއެވެ. ނަވީންގެ ކަންތައް ހުރި ގޮތުންނެވެ.

އޭނަ އަށް އިނާ އެ ގެނެސްދިން އެ އުފާވެރި ޚަބަރުން ނަވީނަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގި އިނާ ނަގާ އުރާލެވުނީއެވެ. ދެ އަތުގެ ގައިދުގެ ތެރޭގައި އިނާއަށް އެދެވުނު ގާތްކަންވެސް ނަވީނަށް އަދިވެސް މަދުވިފަދައެވެ.
މަންމަމެން އައިސްދާނެއޭ ދޫކޮށްލާށޭ ބުނަމުން ދިޔައިރުވެސް އިނާއަށް އިޚްތިޔާރަކާ ނުލާ ހެވެނީއެވެ. އޭނަގެ ހުނުމުގެ އަޑު ބޭރަށް ނީވުނު ނަމަވެސް އިނާ ކަންބޮޑުވީ މަންމަމެން އައިސް ވަދެދާނެތީއެވެ. އަޑުވީއްލާ ހުނުމަކީ ވަރަށް މަދުފަހަރެއްގައި ނޫނީ ކުރެވިފައި ނެތް ކަމެކެވެ. އެހެންނަމަވެސް މި ޙާލަތުގައި އިނާއަށް އޭނަގެ އަމިއްލަ ނަފްސަށް ފަރުވާތެރި ނުވެވުނެވެ.

އިނާ އުރާލައިގެން ހުރެ ނަވީންވެސް ހެނީއެވެ. އެދެމަފިރިން އުފަލުން ފޮޅެނީއެވެ. ތިބެވުނު ތަނަކާއި ވަގުތަކަށް ނަވީންގެ އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ދުނިޔޭގައި ތިބި އެންމެ އުފާވެރި ދެމަފިރިންފަދައެވެ. އެދެމީހުން އެކަނި އުޅޭ ޢާލަމެއްގައި ތިބެވުނު ފަދައެވެ.

އެހެންނަމަވެސް އެއީ ކުޑަ ވަގުތުކޮޅަކަށެވެ. އެކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށި އަޑަށް އިނާއާއި ނަވީންގެ ހުނުން ހުއްޓިއްޖެއެވެ. މަޑުމަޑުން އިނާ ބިންމަތީގައި ބަހައްޓާފައި ނަވީން ހިންދެމިލިއެވެ. އިނާވެސް އަވަސް އަވަހަށް އިސްތަށިގަނޑާއި ހެދުން ރީތިކޮށްލިއެވެ. ހެމުން ހިނިތުންވަމުންނެވެ. ބަދަލުކުރެވެމުން ދިޔަ މާނަފުން ނަޒަރަކުން ދެމީހުންވެސް އެކަކު އަނެކަކަށް ބަލަމުންނެވެ.

** ** ** ** ** ** ** (ނުނިމޭ) ** ** ** ** ** **



65 comments:

mariyam : haadha dhigu inthozaarekey thi kuruveeeeeee! ekamakuves kiyaalevuneema ekan hadhaaney ney. mi part hama superb ingey.. wow heevee hama room 22ge kudadhorun balan hurevunuhen.. naweeeeeeeeeeeeeeeeenu eo vi ufalley dhoa.. naweenu ah ttaka ufaavejjeh :)) obinessssssssss <3 ummmmaaaaaaaaaaaaaaaaaaaaaaaaaaaah

 

VARH REETHI. EAGERLY WAITING FOR NEXT PART
AZLIFA

 

softey ur so sweet ingey, ehaa haalunves vaahaka genesdhineethee varah ufaavehje. dhen kon dhuvahakun, maadhan dho,

(friender)

 

vvvv reethi

 

mi vaahaka fenuneema ufalun hiygadu thelhiganna goiyves neynge.salhiey ingey (aayaa) =D

 

ސަޅި އިނގޭ ތެންކިއު

 

Salhi..... Varah bodah thank You Kiyaaalaahithun kehmadhu vefai vaa mi alhaa ge kehtherikamah kuda varehge luyeh genesdhineema ehenas dhannvaalan othee adhives kuriyah oiyy bayah inthizaaru ga hureemey ehves foohi kameh nethi

 

v.salhi

 

v kamudhey hama. keep it up

 

hmm hama obi noavey.thanx for story

 

xiu :::}}}}}} haadha molhey sofaaaaaaaaaaaa.. naween nd ina molhu dhw massala hallu kuranves.. kihineytha mihaa molhu hiyaalu libenee?

 

nowshan..
felt like it was real..goosebumps came..am wordless its just wow <3..naveeen and Inaa and cute angel of them..:D
May god bless yu sofff..:) umwaaaaaah

 

shiya : slhi ey hama obi ingey.. shukuriyyaa 10000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000 tyms adhi millionnnnnnnnnnnnnnnnnnnnnnn shukuru :)

 

leela / ummmmmmmmmmmmmmmmmmmmmmmm romatic kan naween n ina.. salhi salhi salhi. kyp iy up :)

 

wow....

 

rixa == totally superb.. i lov it<<<<<<<<<<<<

 

mivaahaka varah reethi.. hageegathuga vaahaka eh ga dialogue nuvatah ebayaku kuraa kameh nunee vaahakaiga characters thakuge reethikan bunedhee vaahaka dhigu kurumah vure maa gayaavaane ebayakkah kurevey ihusaas bunedheefa ineema.e ihusaasthah maa faseyha kamaekuga kiyuntheringe hithaa kulhelaane, adhi egeytha handhaanves hunnaane.binmaa men fadha molhu liyuntherieh liyaa vaahaka eh hen heevanee. thiya vaahaka liyuntheri aa ah ebaoiy faagathikan mi ron'gun kuriah dhaan kerijiyyaa.. ekamaa medhu shakkeh ves neiy.

 

dhen kon irakun 78? salhi ingey mi partuvexxxxxxxx

 

vara real....vara salhi....vara avaha up kolache

 

ހިތްފުރިއްޖެ ހިތްހަމަ ފުރިއްޖެ އެންމެ ގަޔާވިތަންކޮޅު "ޔެސް ލަވް....؟" ހަބޭސް

 

JUST HAMA WOWWWWWW

 

Alhe haadha lobinney naveen e balaalaneeeeeeeeeeeeeeeeeeeeeeee.......uraali goi......ohhhhhhhhhhhhhh

 

v v niceeeeeeeeeeeee

 

Sheela: Alhe sofffaaaa.....haadha furihamayey . haadha molhey sofaaa. manzaru sifa kurumuga thi vareh nei. e kotareega hurevunuhen heevee....haadha reecchey. Naveen aai inaage lobi...just superb

 

Loo:

Furihamayey...Furihama....Furihamayey Furihama, Furihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey FurihamaFurihamayey...Furihama....Furihamayey Furihama just AWSOME....

 

Laraa:

Just awsome, amazingly beautiful

 

އަޅޭ.......ވާހަކަ ޕަބްލިޝްނުކުރާ ކަމަށް ހީކޮށް މި ހުންނަނީ. މުޅިން ކަޑަވެއްޖެ...އަވަހަށް ކިޔާލަންމިއުޅެނީ.ތެންކސް ސޮފް

 

hageegathugaves inthihaa ah loabivaa dhemeehakah, mihen dhimaavaa haalathehga. lobiveriyaa ge firumunthakah vure, nafsaanee inlmuveri eh ge ethakeh garunuge masaiykaiy ves nubadhaluvaane.. ibaaraaiy kurumah adhi kiyuntheringe hih thakaa kulhelumah thiyavareh nethey bunyakas dhogakkah nuvaane.. saabahey thiya kuraa hihvarah.. ina aa naween ah faagathi dhuvas thakeh..

 

adam: mivaahaka reethvegen adamge wife eba ulhey ehenve adamves kiyankamah..

 

sul : salhi ingey/ avas aneh bai/

 

kiyaaa hoarahaahey yahaape jeeeeeeeeeeee mujey ye kahaaaaaaaaani bohath bohath pasandhu hey. love this :)

 

ramee :== dhenvaanee kihine baaaaa ey suvaalakee? najumatha ina accepy kuraanebaaaaa?? 78avas fursathehga kiyaalan libeynekamuge ummeeeeeeeeeeeeedhuga- ramee ah mi blog nufenigen ingey comment nukurevuneeeen. waaaaaaaaaaaaaaaaw eh buneveynee dhen.

 

salhi ingey/ thumbs up/keeeeeeeeeeeep ur work up/

 

manzarutha sifavejje habeyhah :)

 

shiya () trying my best not to miss any part. this is very kiyaahihvanings ,nice nice hama nice sofa.

 

To :

Mariyam, Azlifa, Friender, Aaaya, Wahy, Abdul Ghanee, Xiu, Nowshan, Shiya, Leela, Rixa, Hamdhu, Fazzy, Bliss, Sheela, Loo, Lara, Neeno, Adam, Sul, Faxeel, Ramee, Shiyaa and all others whose name is not there;

THANK YOU A LOT,
THANK YOU IMMENSELY,
THANK YOU FROM THE BOTTOM OF MY HEART,

For loving my work this much and letting me know what you think of it as a way to encourage me and to value my work.

I will still try my best to write the story as best as ever.

Thank you

 

To all readers who didnt comment;

Thank you for supporting my work.
Thank you for loving my work.
Will try to write the story in a way you will love more and more.

Thanks

 

thank u sofaa, vaahaka v reethi, ekamaku kame faahaga kollan tha, eche heenukurachey, Ash beynun vany dhen nerey vaahaka thafaathu kolla dhinun, Ash boda nafsu kee Addu site in dhen mivaahaka ves kiyaa mi nimuny, v reethi ekamaku bodaa nafsu aah vatharu gothe ebhuri, plz sofaa dhoony alhe visnaa lachey, million loves to u, dhen avahah 78 genesdhy

 

dhen liyaa vaahaka eh mihaaa dhigu nukoh 50 vana bain nimmaalan fennanee.. mi vaahaka ves salhi varah. ummeedhu kuran mi faadukiyun balaigannaane kamah, love ur storys :)
-leem-

 

reethi ingey varah mivaahaka :-D

 

Thank you Leem....thi hama nulaahiku rangalhu khiyaalennu thi dhineee. :)

Ekamaku sofaa ahaalaa hiy vvey ehen thi buni sababeh. Eyrun dho ekameh dhen gendhaaan vi goi engeyneee...noontha?

Once again, thank u for loving my story... :)

 

Mike inaaaaaaaaaage thuni thuni ban'du hahahaaaaaaaaaaaa fenijje :P salhi ingey

 

bashutti bunaane echcheh neygifa mihiree vaahaka reethi kamun............

 

To mike:

Hehehehe....keeve bely. Eiy Naveen geyey. :)

 

To Ash:

Ofcors Ash...ecchekey hee nukuran. Thi khiyaalu v.ufalaaeku balaigenfin. Infact, you guys should let me know what ur DISLIKES are as well. Thats the only way i will get more and more improved each day. So i thank u for letting me know this. :)

Thi bunihen eh goi gotheh faharegga huredhaane kamah gaboolu kuran. Ehen vedhaane. Ekamaku balaanan dhen liyaa vaahakaeh thafaathu kureveytho ingey....!!!

Thank u for loving my work :)

 

bodaa nasusu ebaintha aduu weba ga ekiga jahaafa?? alhey me ves beynu kiyaaaaalan :evives fathis thareege salhi vaahakaekey.

 

=Santhi=

78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78....Missing 78.... dhen heyo dho...?

Hehehehe...seriously Sofff...avahaha genesdheebala. dhuvas mulhin kadayey vaahaka nukiyeytheee.

 

Adam : sofaaaaaa kobaaaaaatha 78?? mivarah wait nukuruvabala heyonuvaane.. roomga taki jehi meehaku balanvegen kehmadhuvefa..

 

salhi kan.. 78kiyaahithun meeneee :)

 

faxeel :- heekuree miadhu morning ga 78 kiyaalan libeynekamah. kobaaaaatha fathsi thari?? haadha sad ey :(

 

sara : reeeeeeeeeeeeeeeethi.. kuriah kuriah kuriah. ummmaaaaaaaaah to ina :)

 

eleena : thuthabunihen haadha asarugadha ey mi story obihama ingey

 

one week therega ninmaalee ey mi vaahaka kiyaa.. salhi ehnuntha.. hehehhehehehe super story ingey :)

 

i jaaaaaaaaaastu laaaaaaaaaaaaaaaave thisssssssssss storeeeeeeeeeeeeeeeeeeeeeeeeeeeee waitin for 78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,78,

 

salhi eyyyyyyyyyyyyyyy kyp it up :()

 

yayyyyyyyyyyyyyyyy hooooooooooooooo kobaa 78??

 

inage hormonal changes annaane ingey dhen,.. bunebala ehen dhen naweenuaa dhuruga nuhureveynee!! eikeevaane kameh nooon.. ulhey dhemeehun honey monn fonuvan :P salhivaane.. marry kuri dhuvahah vure asarugadhavaane kan yageen mirey :hehehehhehehehhe obi hama ingey ummmaaaaaaaaaaaaaaaaaahhhh soffttey

 

miroo . mifadha ehen vaaaaahakaeh liyachey ingey sweeeet heart .very molhu ingey.

 

Sithoo>>>>> sofa haadha salhi ey mi part. busy koh ulhemunves dheythere eh hoadhaigen mibalanee phoen call libeythoa. molhukan dhwwwwwwwwwwwwwwwwwwwwwwwww shukuriyaaaaaaaaaaaaaaaaaaaaaaaaaaa

 

Ina ah heyovisnun dheveethee ufaavey..theres no such word that i can describe how i felt after reading this part.. you the best writer i have KNOWN so far. wish u all the best in writing... bring us more plsssssssssss ♥

 

awsomeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee hama awsomeeeeeeeeeeeeeeeeee. thanx a lot.

 

naween haadha loabi ey.. i love u and i love this story jaaaaaaaaaaaaaaaaanooooooooooooooooo :D

 

shukuriyyaaaaaaaaaaaaaaa sofaa vaahaka varah habeys hama. thivareh hama nethey bunukamun nuvaane dhogakkah .

 

dhen nimalani dhooo...salhi ko nimalache...good work

 

sunee
keep up the good work.....dhen kon iraku 78 genas dhenee

 

Post a Comment