FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 75 ވަނަ ބައި


ފޯންކޯލް – 75 ވަނަ ބައި...

ބައްޕަ ދިއުމުން ނަވީން އަނެއްކާވެސް އިށީނީއެވެ. ދޮރުމަތީގައި މަންމަ ހުރިކަން އެނގިހުރެމެ ނަވީން އިށީނީ ގަސްތުގައި މަންމައަށް ފުރަގަސްވާ ގޮތަށެވެ.

މަންމައާއި ދައްކާނެ ވާހަކައެއް އޭނައަށް މިވަގުތު  ނޭނގެއެވެ.
މަންމައަށް ދޭނެ ޖަވާބެއްވެސް އޭނައަށް ނޭނގެއެވެ.
އޭނަ ދެކެ އިންތިހާއަށް ލޯބިވި، އެ އޯގާތެރި މަންމަގެ ހިތް އޭނައަށްޓަކައި އެހާ ކިލަނބުވި ގޮތެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އަދި އަމުދުން މިވަގުތު އެކަމާ ވިސްނާކަށް އޭނަ ބޭނުމެއް ނޫނެވެ.


އެތަނުގައި ނަވީނަށް އިނދެވުނީ ކިހާއިރެއްވަންދެން ކަމެއް ނޭނގެއެވެ. ހިމޭން ވައިރޯޅިއެއްވެސް މިރޭ އެގެއަށް ނުޖެހެއޭ ހީވާފަދަ ހިމޭންކަމެއް އޮތް ގޭގެ ފެންޑާގައި ވިސްނުމުގެ ތެރެއަށް ގެއްލިފައި ނަވީން އިންދާ، އޭނަގެ މަންމަ ލީނާ ގޮވައިގެން ގޮސް ގެއިން ނުކުތްތަންވެސް ނަވީނަށް ފެނުނީ ހުވަފެނެއްގައި ފެންނަ މަންޒަރެއް ފަދައިންނެވެ. އެހާ ދުރުން އެހާ ފަނޑުގޮތަކަށެވެ.

ނަވީން އިނީ، ވަށައިގެންވާ އެއްވެސް ކަމެއްގެ ތެރެއަށް ރަނގަޅަށް ވަދެވޭކަހަލަ ހާލަތެއްގައެއް ނޫނެވެ. ސިކުނޑިއަށް ބަރުވެފައި ވަނީ މާބޮޑަށެވެ. ހިތަށް އުނދަގޫވެފައި ވަނީ އެއަށްވުރެވެސް ބޮޑަށެވެ. އެންމެ ގާތް މީހުންކަމަށް ދެކެމުން އައި އާއިލާއިން އޭނައަށް މިހާ ބޮޑު ކެއްސެއް ލިބުނުކަން ނަވީންގެ ސިކުނޑި އޭނަގެ ހިތަށް ވިސްނައިދޭން ފެށީއްސުރެ ނަވީން ވަނީ ނެގިމަޑުވެފައެވެ. އޭނަގެ ދިރިއުޅުމަށް އައިސްފައި މިވާ ބޮޑު ކަންތައްގަނޑުގައި ޚުދު އޭނަގެ އަމިއްލަ ޢާއިލާގެ ބޮޑު ޙިއްސާއެއްވާކަން އެނގުން ވެގެން ގޮސްފައި ވަނީ ބުނެދޭން ނޭނގޭކަހަލަ "ހުސްކަމެއް" އޭނަގެ ނަފްސަށް ގެނުވި ކަމަކަށެވެ.

އޭނަ ލީނާއަށް މަޢާފްކުރާނީ ކޮން ހިތަކުން ހެއްޔެވެ؟

ފުރާވަރަށް އެރީއްސުރެ، އޭނައާއި ދޭތެރޭ ޚާއްޞަ ސަމާލުކަމެއް ލީނާ ބަހައްޓާކަމާއި، އޭނައާއި ގުޅޭ ކޮންމެ ކަމެއްގައި ވަރަށް ފަރުވާތެރިވެ ލީނާ ބައިވެރިވާ ކަމާއި، ފަހުން ފަހުން އައިސް، އެއްވެސް ޖެހިލުމެއް ފަސްޖެހުމެއް ނެތި އޭނަ ފެންނަހާ ތަންތަނުން އޭނައާއި ގައިގޯޅިވާން ލީނާ މަސައްކަތް ކުރަމުން އައިކަން އޭނައަށް ނޭނގެނީއެއް ނޫނެވެ. ނަމަވެސް އޭނަ ނިންމައިގެން ހުރީ އެއީ ލީނާގެ ލާނެތް، ޖެހިލުން ކުޑަ މިޒާޖު ކަމަށެވެ. ޒަމާނީ ތަހުޒީބުގައި ލީނާއަށް ދެވޭ މަގުން ފެންނަ މަންޒަރުތަކުން ލީނާއަށް ލިބިފައިވާ ތަރުބިއްޔަތު ކަމަށެވެ. އެކަމުގައި އޭނަ ބެހެން ނުޖެހޭތީ ނުބެހި ހުރީއެވެ. ނަމަވެސް ލީނާވެސް މަންމައެއް ގޮތަށް ދެކެނީ އޭނަގެ މަންމަ ކަމަށްވާތީ، ލީނާގެ އެ އަމަލުތަކުގެ ވާހަކަ އެކިފަހަރު އެކި ގޮތްގޮތަށް، މަންމަގެ ސަމާލުކަމަށް ގެންނަން އޭނައަށް ވާނީ މަސައްކަތް ކުރެވިފައެވެ. ގިނަ ފަހަރަށް، އެއީ ލީނާގެ ލާނެތްކަން ކަމަށް ޚުދު މަންމަވެސް ބުނަމުން އައި ނަމަވެސް، އެގޮތަށް ނުއުޅޭށޭ ލީނާ ކައިރީ މަންމަ ބުނެފައިވާ އަޑު އޭނަ އަޑު އަހާފައި ވެއެވެ.

އެހެންނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ މިވީ އޭނަ ހީކުރި ގޮތެއް ނޫނެވެ. ލީނާގެ އެ އަމަލުތަކަށް މަންމަވެސް އެހެރީ ތަރުޙީބު ދީގެންނެވެ. އޭނަގެ ދިރިއުޅުން ބަރުބާދުކޮށްލަން ލީނާ އާއި ޒިޔާދު ގުޅިގެން ރޭވި "ވިޔާނުދާ" ރޭވުމުގައި ލީނާ އެހެރީ މަންމަވެސް ޝާމިލް ކޮށްގެންނެވެ. ބައްޕަ އެ ބުނި ސަބަބަށްޓަކައި މަންމަގެ ހިތް އިނާގެ މައްޗަށް ހެޔޮ ނުވެފައި ހުއްޓާ ލީނާ އެހެރީ އެވަގުތުގެ ފައިދާ އޭނަ އެދޭގޮތަށް ނަގާފައެވެ. އެހެން ނޫންނަމަ ވަގުތާއެކު މަންމަގެ ހިތްވެސް މަޑުމަޑުން ގޮސް އިނާއާއި ރުހެން ފަށާނެއެވެ. މަންމަ ރުހޭ ހުރިހާ ސިފައެއްވެސް އިނާގެ ކިބައިން އޭނައަށް ފެނިފައިވާތީ އެކަން އޭނައަށް ޔަގީނެވެ.

އެއްބަނޑުއެއްބަފާ ކުއްޖެއްގެ ގޮތުގައި ލީނާއާއި ދޭތެރޭ އޭނަ ދެކެމުން އައި ނަމަވެސް، އެގޮތަށް ލީނާ އޭނައާއި ދޭތެރޭ ވިސްނި އެންމެ ދުވަހަކަށްވެސް އިރު އަރާފައި ނުވާކަން ނަވީނަށް އެނގުމުން ލީނާ ދެކެ ނަވީނަށް ފޫހިވެވެން ފެށިއެވެ. މީގެ ކުރިން އެކި ފަހަރުމަތިން ލީނާގެ އަމަލުތައް ގެންގުޅެފައި ހުރި ގޮތްތައް ހަނދާންވުމުން، މިރޭ ނަވީންގެ ގާތަށް އަންނަ ރުޅި މާ ގަދައެވެ.

އޭނަ ލީނާއަށް މައާފް ކުރާނީ ކިހިނެއްހެއްޔެވެ؟

"ހަލޯވ............." އަތުގައި އޮތް ފޯން ރިންގުވާން ފެށުމުން އަވަސް އަވަހަށް ބަލާލާފައި ނަވީން އެ ފޯނަށް ޖަވާބު ދިނެވެ. އެއީ އޭނަގެ ރަހްމަތްތެރި އިމްރާން އެވެ.
"ނޫނޭ...ދެވޭނެ...ކިހާހިސާބެއްގަ ތިއުޅެނީ؟" އެހާ ގިނައިން ދިމާނުވި ނަމަވެސް، ވަރަށް ގިނަ ރޭރޭ ކޮފީއަށް ދިއުމަކީ އެދެމީހުންގެވެސް އާދައެކެވެ. ދައްކާލަން ޖެހޭ ކޮންމެހެން މުހިއްމު ވާހަކަތައް ދައްކަން ބައްދަލުވެލާ ވަގުތަކީ ރޭގަނޑުގެ އެ ކޮފީގެވަގުތެވެ.

ދެވޭނެ ކަމަށް ބުނެފައި ބޭރަށް ނުކުންނަން އުޅެފައިވެސް އަނބުރާ ގޭތެރެއަށް ވަދެ، ސިޓިންރޫމްގެ ދޮރުކައިރީގައި ހުރި ކުޑަކުޑަ މޭޒުމަތިން ، އޭނަގެ ސައިކަލުގެ ތަޅުދަނޑި ނަގައިގެން ނަވީން ނުކުމެއްޖެއެވެ. މި ގަޑީގައި ކާރު ދުއްވާހިތެއް ނަވީން ނުވިއެވެ.

ގޭތެރޭގައި މިވަގުތު އިނުމަށްވުރެ ބޭރަށް ނުކުމެލަން ފުރުޞަތު ލިބުމުން ނަވީންގެ ހިތްހަމަޖެހުނެވެ. އިތުރަށް އެ ވިސްނުމުގަ އިންނަން ބޭނުން ނުވާތީއެވެ.

ވިސްނަންވީވެސް ކީއްކުރަން ހެއްޔެވެ؟ މާދަމާ ޚާލިދުމެންނާއެކު އޭނަވެސް ފުރާނެއެވެ. އިނާ ހުރި ހިސާބަކަށް އޭނައަށް އޭރުން ދެވޭނެކަން ގައިމެވެ. އިނާ ހުރި ތަނަކުން އޭނައަށް އަނބުރާ ގެނެވޭނެއެވެ. އަންނަން ދެކޮޅު ހަދައިފިއްޔާ ގަދަކަމުން އުރާލައިގެންވިޔަސް އޭނަ އިނާ ގެންނާނެއެވެ. އިނާ ދޫކޮށްފައި އޭނަ ނައަންނާނެއެވެ. އިނާ ގެނައުމަށްޓަކައި ފަތަންޖެހުނު ކިތަންމެ ބޮޑު ފެންގަނޑެއްގައިވެސް ފަތަން އޭނަ ތައްޔާރެވެ.

އަދި ކީއްހެއްޔެވެ؟ ފުރުމުގެ ކުރިން އިނާ އުޅޭތަނެއްވެސް އޭނަ ހޯދާނެއެވެ. ދެވަނަ ފަހަރަކު އިނާ އޭނަގެ ކޮޓަރީ ފޯނަށް ނުގުޅިނަމަވެސް، އެއްފަހަރު ގުޅުމުން އޭނައަށް އިނާ ހޯދަން ފުދެއެވެ. އެ ގުޅި ނަންބަރު އޭނައަށް މާދަމާ އެނގޭނެއެވެ. އިނާ ހިތުން އޭނަގެ މޮބައިލަށް ނުގުޅީ އޭނަ ގުޅިތަނަކާ ނަންބަރު އެނގިދާނެތީއެވެ. އެހެން ކަންތައް ކުރިޔަސް އޭނަ މާދަމާ އިނާ ހޯދާނެއެވެ. ފުރަތަމަ ގުޅި ނަންބަރެވެ. ދެން ހުރި ތަނެވެ. އެއަށްފަހު އޭނަ ދާނީ އިނާ ބަލައެވެ.

އަމިއްލަ ވިސްނުމަށް އަމިއްލައަށް ބާރުފޯރުވަމުން މޭފުރިފައިވާ ފަދަ ނޭވާއެއް ލާފައި ނަވީން ގެއިން ނުކުމެއްޖެއެވެ.

ބޭރަށް ނުކުމެފައި، ފެންނަ ހިސާބެއްގައި މަންމަ އުޅޭތޯ ނަވީން ބަލާލިއެވެ. އޭނަ ބޭރަށް ދިޔަކަން މަންމައަށް ނޭނގިދާނެތީ ބުނެލާފައި ދާންވެގެންނެވެ. އެހެންނަމަވެސް ފެންނަން ނެތުމުން، ލީނާއާއެކު އެގެއަށް ވަނީ ކަމަށް ނިންމާފައި ނަވީން އޭނަގެ ސައިކަލް ދުއްވާލައިފިއެވެ.

** ** ** ** ** ** ** ** **

އެ ޚިޔާލާއި އެވިސްނުންތަކުން ދުރަށް ދެވިދާނެއޭ ނަވީން ހީކުރިނަމަވެސް، މަގުމައްޗަށް ނުކުތުމުންވެސް ނަވީނަށް މާބޮޑު ބަދަލެއް ނާދެއެވެ. އިނދެވުނީ އިނާގެ ޚިޔާލުގައި ކަމަށްވެފައި ގަޑިން އެގާރަ ޖަހާ ބޮޑުވެފައިވާތީ، ދުއްވާއެއްޗިއްސާއި މީހުން މަދު މަޖީދީމަގުން ނަވީންގެ ސައިކަލް ކުރިއަށް ދިޔައީ އޭނަގެ އަމިއްލަ އިޚްތިޔާރާވެސް ނުލާ ކަހަލައެވެ.
އޭނަގެ ގެއަކީ މާފަންނުގައި ހުރި ގެއަކަށްވާތީ، ޢާއްމުގޮތެއްގައި ނަސަންދުރައަށް ދާން އޭނަ ދަނީ އޯކިޑްމަގުންކަމަށްވިޔަސް، ނަވީނަށް މިއާދެވުނު ހިސާބު އިހްސާސް ކޮށްލެވުނީވެސް މަޖީދީމަގުން ގޮސް ސޯސަންމަގަށް ނިކުމެވެން އުޅެނިކޮށެވެ. ކައިރިމަގު އޭނައަށް ދުރުކޮށްލެވުނީއެވެ.

މިހާރު އިމްރާންމެން އޭނައަށް ލަސްވެގެން އުޅޭނެއޭ ހިތަށް އަރައި ބާރަށް ދުއްވާލަން ނަވީން ގަސްތުކުރިއެވެ. ނަމަވެސް އެވަގުތަކީ ސައިރަން އަޅަމުން، މަގުގެ އަނެއްކޮޅުން ވަދެގެން އައި  އޭޑީކޭ ހޮސްޕިޓަލްގެ އެމްބިއުލެންސް، އައިސް އެ ހޮސްޕިޓަލްތެރެއަށް ވަންނަން ދިމާކުރި ވަގުތެވެ. އެ އެމްބިއުލެންސް ނޫން އެހެން ހުރިހާ ދުއްވާ އެއްޗެއްވެސް އެ އެއްޗެއް އޮތް ހިސާބެއްގައި މަޑުކޮށްލިއެވެ. ނަވީނަށްވެސް ޖެހުނީ އޭނަ އިން ހިސާބުގައި މަޑުކުރާށެވެ. އެމްބިއުލެންސްގެ ފަހަތުން، އޭޑީކޭ އަށް ވަންނަން ދިޔަ ދެ ކާރުގެ ސަބަބުން، އަދިވެސް އިރުކޮޅެއް އެތަނުގައި ހޭދަކުރަން ޖެހުނެވެ.

" ޓްރެފިކް ކުޑަކޮށް އުނދަގޫވެގެން..." ހަގީގަތުގައި އޭނައަށް ލަހުން އާދެވުނީ މާ ދުރު މަގަކުން ރަށް ވަށާލާފައި ކަހަލަ ގޮތަކަށް އަންނަން ޖެހުމުން ކަމަށްވިޔަސް، އިމްރާން ކައިރީ އެހެން ބުނާކަށް ނަވީން ބޭނުމެއް ނުވިއެވެ. އޭނައަށް ކަމެއް ދިމާވެގެން އުޅޭކަމަށް އެމީހުންނަށް ޝައްކު ވެދާނެތީއެވެ. ކައިރި މަގު އޮތްވާ ދުރުމަގުން އޭނަ ދާންޖެހުނު ސަބަބު އެމީހުންނަށް ވިސްނޭކަށް އޭނަ ބޭނުމެއް ނުވިއެވެ.

"މިރޭ އާމިރު ކޮބާ...؟" އިށީންނަމުން ނަވީން އަހާލިއެވެ. އެމީހުންގެ ރޭގަނޑުގެ އެ ކޮފީގައި އާމިރު އަކީ ޢާއްމު މެމްބަރެކެވެ.
"ހެހެހެހެ...ހަނީމޫން ދުވަސްކޮޅު ވީމަ އާމިރު މިހާރު މާ އަވަހަށް ގެއަށް ވަންނަނީ. މިރޭވެސް ފޯން ނުނަގާ." ކޮފީއަކަށް އޯޑަރު ކުރުމުގެ މާ ކުރިންވެސް އިމްރާން ރޯކޮށްލީ މަލްބަރޯ ލައިޓް ސިނގިރޭޓެކެވެ.

"އިއްބެއަށް ގުޅާލަންވީ ދޯ؟" ސިނގިރެޓްގެ ފުރަތަމަ ދުންގަނޑު ދަމާލާފައި ފުން ނޭވައާއެކު، ވައިގެ ތެރެއަށް އެ ދުންގަނޑު އިމްރާން ދޫކޮށްލިވަގުތު ނަވީން އަހާލިއެވެ.

"ތިނެއް...." ނަސަންދުރައިގެ ގޭޓުން އިއްބެ ވަންތަން ފެނިގެން އަތުގެ އިޝާރާތުން ނަވީނަށް ދައްކާލާފައި، 3 ކޮފީ ގެނައުމަށް އިމްރާން ބުނީ ވެއިޓަރު ކައިރީގައެވެ.

"އަހަންނަށް ކަޅު ކޮފީއެއް....." ފިޓްނެސް ކްލަބެއް ހިންގަމުންދާ އިއްބެ އައިސް އިށީންނަމުން ވެއިޓަރަށް އިޝާރާތް ކުރިއެވެ. އިމްރާންމެން މި ގަޑީގައިވެސް ގެންނާނީ ކިރުކޮފީކަން އޭނައަށް އެނގޭތީ ބަދަލުކޮށްލަން އޭނަ ބުނީއެވެ.

ތިން މީހުންނަކީ ތިން ދާއިރާގެ ތިން މީހުންނެވެ. ނަމަވެސް އޭގެ އަސްލަށް ބަލާއިރު ވިޔަފާރިއާއި އިގްތިޞާދަށް މައިގަނޑު ހުޅުވިފައިވާ ދާއިރާތަކުގައި މަސައްކަތް ކުރާ 3 ރަހްމަތްތެރިންވެސް ދުވަހުގެ މަސައްކަތަށްފަހު ހަމަޖެހިލައިގެން ތިބެ ކޮފީ ބޮމުން ، އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ހުށަހެޅޭ ޚިޔާލުތަކާއި، ވަމުން އަންނަ ގެއްލުންތަކުގެ ވާހަކަ އާއި ހަދަން ފަށާފައިވާ ގޭގެ ވާހަކަ އާއި މިހެން ގޮސް، މާލޭގެ އަސްލު ވަޒަންވެރިންގެ ތެރެއިން ކޮންމެ މީހަކުވެސް ދައްކާނެ ވާހަކަތައް އެ ތިން ޒުވާނުން ދައްކަމުން ދިޔައެވެ. އެކަކު އަނެކަކަށް ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ.

"އިރުއިރުކޮޅާ ތި ފޯން ތިބަލަނީ ކަމެއް އުޅެނީތަ؟" ކިތަންމެ ގިނަ ވާހަކައެއް ދައްކަމުން ދިޔަ ނަމަވެސް ނަވީންގެ މާޔޫސީ މޫނުގެ ކުލަވަރާއި، އެއްވެސް ފޯނެއް ނައަންނައިރުވެސް، އިރުއިރުކޮޅާ މޮބައިލް ފޯން ނަވީން އެ ބަލާލާ ގޮތް އިއްބެއަށް ސިއްރެއް ނުވިއެވެ. އެންމެ ފަހުން ނީނދެވިގެން އިއްބެ މިހެން އެހީ، ދުފުން ގެނައިފަހުންނެވެ.

"ނޫނޭ....." ގޮނޑީގައި އިންގޮތް ބަދަލުކޮށްލާފައި ނަވީން އަވަހަށް ބުނެލިއެވެ.
"މިރޭ އައީއްސުރެން އެކަހަލަ ގޮތަކަށް އެ އިންނަނީ...." ގަދައަށް ދުފައިގެން، ތިންވަނަ ސިގިރޭޓް ބޯން އިން އިމްރާން ބުނެލިއެވެ.
"ހެހެހެހެ....ތިއީ ހީވާގޮތް...." ކުޑަ ފޯއްކޮޅެއް އަނގައަށް ލަމުން ނަވީން ހީލިއެވެ.

"އެހެންވެއްޖިއްޔާ ދެން ހިނގާ ދަމާ...އެކެއް ޖަހަނީ..." ތެދުވެ ގަޑި ބަލާލާފައި މިހެން ބުނެލީ އިމްރާން އެވެ. އަނެއް ދެ ރަހްމަތްތެރިންވެސް ޖީބުގައި ހަމައަށް އެއްޗިހި ހުރިތޯ ބަލަން ޖީބުގައި އަތްޖައްސާލަމުން އިމްރާންގެ ފަހަތުން ހިނގައިގަތެވެ.

"މިއަދު އެ އެނދި ކުދިންގެ ޚަބަރު ކިހިނެއް ވަނީ..؟" ސޯސަންމަގުން އައިސް އޭޑީކޭ އާއި އަރާ ހަމަވިފަހުން އިއްބެ އަހާލިއެވެ.

"ބޭރަށް ގެނދަން އުޅޭވާހަކަވެސް އަޑުއިވުނު. .....ގެންދިޔައީ ކަންނޭނގެ މިހާރު." އޭޑީކޭ ތެރެއަށް ނަޒަރެއް ދެމުން އިއްބެއަށް ޖަވާބު ދިނީ އިމްރާން އެވެ.

އެ ބުނާ ދެ ކުދިންނަކީ މިއަދު ހެނދުނު ކ.ވިލިނގިލީ އަތިރިމަތީގައި ޕެޓްރޯލް ބޭނުންކޮށްގެން އަލިފާންގަނޑެއް ރޯކުރި ކުދިންތަކެއްގެ ތެރެއިން ފިހުނު ދެ ފިރިހެން ކުއްޖެކެވެ. އެ ހިތާމަވެރި ޚަބަރާއި ގުޅޭ މަޢުލޫމާތު މިއަދު ހެނދުނު ޓީވީއިން އޭނައަށްވެސް ލިބިފައި ވެއެވެ. ނަމަވެސް ފަހުން އެ ކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނަވީނަށް ލިބިފައި ނުވާތީ ނަވީންވެސް ކަނުލާ އަޑުއެހީ އިމްރާން ދިން ޖަވާބެވެ.

"އޯކޭ...ދިޔައީއޭ...." ސޯސަންމަގުން އިރަށް އަނބުރާލަމުން އިއްބެ އެމީހުންނާއި ވަކިވިއެވެ. އެމީހުން އެކުގައި ކޮފީއަށް ގޮސްފި ރެއެއްނަމަ، އެހިސާބަށް އިއްބެއާއެކު އައުމުގެ މަގުޞަދުގައި އެމަގުން އައި ނަމަވެސް، ނަވީން އާއި އިމްރާންވެސް އަނބުރާލީ ހުޅަނގަށެވެ. މާފަންނާއި ދިމާލަށެވެ.

"އެ ކުއްޖާ މިކޮޅަށް ގެނައީތަ؟ މާ ޙާލު ދެރައީ ކަމަށްވާނީ ދޯ؟" ނަވީން ބުނެލިއެވެ.
"ހޫމް....މެންދުރުވެސް ނުވަނީސް ގެނެއްސި. އެއީ ކަމެއްވާ ބަޔެއް ނޫނޭ...." އައިޖީއެމްއެޗް އަށް މުޚާޠަބްކޮށް އިމްރާން ބުނެލިއެވެ.
ނަވީން ހަމަ އެކަނި ހީލީއެވެ.

41 comments:

THANKS SOFFAAAA ADHINUVES KIYAN

 

wow..thanks sofaaa..umwaaa..(aayaa)

 

hI aLLAH....THANKS SOFFFFF dhoonyaa...adhi nuves kiyan.publish kurithan fenuneema hama lobin thanks.

 

wow....finally he is going to meet inaa dhw.... so hpppi......tnku sofffff....

 

ހަމަ އަސްލުވެސް ވާހަކަ ނިމުނީތަ؟ ދެންވީކިހިނެއް؟

 

wat??? ina tha anehkaa fihegen genassa eyothy..softy !!!! pishun pishun!!! karuntu weitu foru da nekustu paatu..(aaya)

 

OMG. Finally found where Inaa is dho.

Mibai haadha dhigey Sofa.......E'ee samaasaa ingey.

Abadhuves mihaa dhigukoh genesdheynama haadha rangalhu vaaneyey.

 

alhe haadha reehchey mi part vex...anekka Ina delivrd tha..eargerly watng for de next part ingay...

 

So soryy kudhinney...sofaa ah olhigen NIMUNEE jehifa otheema change koffa e otheeee........adhi nimeyneee kihineh dho....heheheheheh...hope u guys like it....do let me know by a comment.

THANK U ALL FOR UR PRECIOUS TIME SPENDING ON MY WORK.

May Allah bless you all. :)

 

Ziu: For the Love of God..Who r u FATHISTHARI...u r just superb.Just amazing writer u are.The flow of the story, the suspense, how do u do that girl.Wanna be friends with u. i will text u my e-mail.pls add me to ur group.

 

mariyam : yaaarabbbeee!!!!!!!! emme emme dhahi kollee thi.... dhen 76 nukiyenees lollah nidhives naannaane:(((((((((((((((((((((

 

Thittha:

Dhigu inthizaaruge nimun annanee dho soffaa. aneh bai avas kuracchey.mi kahala hisaabuthakah nimmaathee v.sakaraai.ekamaku sofaa dhooni veema dhen ok.waiting waiting

 

vvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi ....waiting for the next plsssssssssssssssssssssssss avahah kiyeyne gotheh hadhaa dhi

 

soffaaa avahah anehbai uP kohdheebaaaaaaaaaaa

 

Sheela:

Mi part haadha reecchey sofaaaa. v.furihama.v.obi.aneh bai sunday ga genesdheebala.kei nuvaane.thanks for such a lovely story.

 

soff kihineh thi hedhy.v.sakaraai hisaabakun thi nimmaaleee.filaafa neendhe avahah aneh bai gennan ulhey.alhe naveen fakeeru mi hurihaa dhuvahu thelhuvi iru e anhenaa ulhunee maaaleygatha? aneh bai mirey up koddheeebaaaaaaaaaaaaaaa - khushy

 

alhe varah avahah genesdheebala pls
(friender)

 

ނިމުނީ ކަމށްހީކޮށް ކިރިޔާއެއްނުން ހިތްނުހުއްޓުނީ! ހިތަށްއެރީ ސޮފާ އަވަސްކޮށްލާފަ ވާހަކަ ނިންމާލީކަމަށް! އޭރުން ދެންވާނެގޮތއެއްވެސް ނޭގޭނެއެއްނުން. އަނެއްކާ އިނާ މިއުޅެނީ މާލޭގަދޯ! ވަރަށް ހެޕީވެއްޖެ! ތިހާ އަވަހަށް ގެނެސްދިނީތީވެ ތޭންކްސް އިނގޭ ސޮފާ.

 

Varah Varah salhi igey,

 

zaki : mivaahaka liyamundhaa liyuntheri aa ah bunelan beynun " thiyafadha thari eh adhi mi udharehakun nudhekemey" jaanu dheyhaa reethi liyunthakey thiya liyanee. Allah SW thiya liyuntheri aa ah abadhuves mi rongun kaamiyaabu minvaru kuravvaashi.. najma menfadha mamma innah heyo visnun dhevvaashi..

 

ceena : voooooooooooooooooooow.. hih furen kairivanee mi.. thnx fathis thari.. dis part is sooo sooooooooooperbbbbbbbbbbbbbb!

 

nidhu : yageeney vidhaalaa vidhuvareh haa haluvi koh naveen dhaane kan room 22 ah.. hehehhehe mihaaru dhen kehves vaanetha? thagudheeruge reyvun nikan dhekibala, ehaa loabivaa dhemeehun olhigen ves same imaaraathehga ethibevenee.. alhe alhe alhe.. najhumaaaaaaaaaaaaa U r going to pay for this!!! wat a MOm!!

 

shiya ============ beautiful/ beautifully touched/ i am so attached to this story. wen is the next part? hope it won't take long..

 

izu {}kiriyaa hama hih nuhuttunee{} room 22 ge dhoruga nock kuraa hisaabun nimmaalinama :-( salhi salhi wen is the next partu?

 

dilma fenuneema naveen dhuvelaafa huri iru heevanee ehen fadha kameh hen. aharenge saikal ga nujehunee hama kiriyaaa...hehehehe....sofftey...u r gadha. thivareh nei. hama best. hiy thakaaa kulhelan hama best. (shahy)

 

Inaa ulhey kan enguneema naveen anburaigathee dho?

 

sOFAAA ANEH BAI AVAS. KETHEH NUVAANE. MAADHAN MAAA LAS. HEYO NUVAAANE. NAVEEN AH VEE GOTHEH AVAHAH ANGAALADHEEE...naveen fakeeru...oh inaaa...naveen ah dherayeh nudhecchey. inaa preg kanves neygeyne dho adhi naveen akah.....WOWO....UR SUSPENSE IS KILLING ME.....SOFFFFFFF AVASSSSSSSSSSSSS

 

Eron Mohamed: heheh, fenijje ingey dhilma fenigen naveen dhuvefa dhiya than. dhilma kairiah dhaan ulhunu goiy ves. v.reethi mi bai. furathama kiyaalumun manzaru sifa vaahen liyumakee konme meehakah kurevey kameh noon. v.molhu, phone call ge alimas u beelun naveenah ali mageh hulhuvaala dhinumakee ihthifaaqeh baa!!!!

 

From neeno to Ina : ( on behalf of naween)

thibaa dheke vevunu loabehgge bodukamun ihuthiyaarakaa nulaa mi hih maa kurin thibaa ah fidhavejje, mi hih ma akurin thibaa ah govan fashaifi ey.
mi hih rovvaafa thihen dhuruga nuhure, mi hithha finikameh hoadha dhee..
mi hih fis fis vedhaaney.. jismu fanaa vedhaane.
huvafenunves thifadha faiy miyyeh nudhekey hama thedhe.
hashifanaave dhiyayas mihithuga thiya loabi dhiri hunnaane.. thaa abadhu mi edhevenee hama thibaa ashey. thiya nun vaheh belumuge shaugeh mihithuga nethey.

 

mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . mi vareh hama nei . just AWSOME...inaa aai naveen meet veema vaane goi....OOOOOOOOOOOOOOOOOOHhhhhhhhhhhh imagine kollan ves neygey....hiy huttidhaanehen heevanee... (shiu)

 

Mimmi:

This is my first comment soff.I was waiting impatiently to come office on sunday.Geyga net nuhurey..heheheh..btw...mi bai kiyaafa comment nukoh hama nuhurevuneeeyey...the way u have planed the story is just amazing. Vaahaka nimen ulheythee cover up koffa huri goi varah salhi. Mi bunee Maayaa ves genessa...dhil ves genessa...just brilliant. U r amazing writer. my favourite dhivehi writer ever. Thaureef kurevey varu adhives madhu. hama furihama kamun...May Allah bless you always in this field and in ur personal life too. Love u for bringing such a super story

 

ohhhhh fathis thari den avaha upkoddeebala pls...cant wait much...pls pls wanna c her expression n naween too

 

than kolheh hamajehey vaahaka eh liyebala dhen ... varah vaanuvaanaa neyney ,,,,

 

v reethi mivaahaka =).. (aayaa)

 

laxis <<<<<<<<<<<<<<<< u u u u u u u .. how on earth can someone write an excellent story like this????????? feels like this is soo damn real.oh!!!!!!!!! is this a real story? thrs no scene that i can't picture.. oh!!!!!!!!!! i am in a shock.. thanx tu the person whu gave me details of this blog.. i love this, i really do .. i have sent a request to join this FB grp, i wud appreciate if u accept my request. lukin 4wrd for more fascinating parts..

 

shoooooooooooooooooo reeeeeeeeeeeeethi :-()kyp it up!!!!!!!!!!!!!!

 

inthizaaru kuri kurihen hih thelhun nun kameh nuvey.. alhe avahah naween gendhebala heyonuvaaaaaane magey naweeeeeeeeeeeeeeeeeeeeenuuuuuuuuuuuuuuuuuuuuuuuuuuuuuu

 

hamkoh yey story bohath achaaa laguthaaahey.. zaraaaaaa jaldheekaro

 

thitha :::::::: kobaa hey kobaa hey 76? kobaa hey kobaa hey 76? haadhalehy :(((

 

< dhualkun adhi galamakun ves, mi vaahakaige reethikamuge vaahaka dhakkaa adhi liye nimeyne dhuvaheh naannaane..ehaaves furihama. shukuru kuran mifadha vaahaka eh kiyaalan libuneetheeves. vaahaka nimenee tha>

Fahee :)

 

Hurihaa kudhinge commentthakah ves varah BODAH shukuriyyaaa.....komme kommenteh ves balaigannaneee v.ufalaaa eku. shukuruveri hithakun. Iraadha kureviyyaa hurihaa kudhinge komment thakah vaki vakin adhi reply kuraanan ingey. Vaguthu Sofaa aaa ehaaa rattehi nuvey adhiyey...vee irakun ingey. Ekamaku eyah vureves kurin bunelan adhives eh faharu........thi kiuntherinakeee sofaa yah mi vaahaka liumah libey emme bodu hivvaru...Hama varah bodah ufaakoh shukuruverivan ingey hurihaa kudhinnah ves.... :)

 

Post a Comment