FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 32 ވަނަ ބައި



 އަމިއްލަ ޖީބުގައި އޮތް ފޯން ނަގައި ސްކްރީންގެ އަލިކަން އިނާގެ ކަރުދަށަށް އަޅުވާފައި ނަވީން ބަލާލިއެވެ. ހީވީ ރަނގަޅަށެވެ. އިނާގެ ކަރުދަށުގައި އަޅާފައިވާ ބޭސްގަނޑުން ކޮންމެވެސް ވަރަކަށް އެހެރީ ލޭފޭދެން ފަށާފައެވެ. އަދި މާގިނައިރުތަކެއްވިހެނެއްވެސް ހިއެއް ނުވެއެވެ

ބާރުފިޔަވަޅުތަކެއްގައި ނަވީން ހިނގައިގަތީ ސްވިޗް ޖައްސައި އިނާގެ އެނދާ ދިމާލުގައި އޮތް ހޮޅިބުރި ދިއްލާށެވެ. ދިއްލާލާފައި އޭނަ ގޮސް ގޮވީ ނަރުހަކަށެވެ.
ނަރުސް ކުއްޖާ އާއި ނަވީން އާއި ދެމީހުން އިނާގެ އެނދާއި ދިމާލަށް ހިނގައިގަތް އިރު ޝީލާވެސް ފަހަތުން ހުރެގެން އާދެއެވެ.
"
ކިހިނެއްވީ ނަވީން....؟" ވަގުތުން ޝީލާ ކަންބޮޑުވިއެވެ.
"
ޚާލިދުއަށް ގުޅަންވީކަންނޭނގެ އަވަހަށް." އަވަސް ފިޔަވަޅުތަކަކާއެކު ހިނގަހިނގާހުރެ ނަވީން ބުނެލިއެވެ.

ޝީލާގެ މޭގުޑައިގެން ދިޔައެވެ. އަނެއްކާ އޭނަގެ ދަރިފުޅަށް ވީ ކީއްހެއްޔެވެ؟

ޚާލިދުއަށް ގުޅަމުންވެސް ޝީލާ ދިޔައީ އިނާއޮތް އެނދާއި ދިމާލަށެވެ. އެހެންނަމަވެސް އޭނައަށް ދެވުނުއިރުވެސް ނަރުހުންތަކެއް އައިސްގެން އިނާގެ އެނދުވަނީ ވަށާލާފައެވެ. އިނާ މޫނު ފެންނަ ހިސާބަށް އޭނައަށް ވަންނަން ޖެހުނީ ވަރަށް ހާލުންނެވެ. ވީކީއްތޯ ބެލުމަށްޓަކައި ނަރުހުން އުޅެއެވެ. އެހެންނަމަވެސް އެމީހުންގެ ހަރަކާތްތަކުންނާއި ވާހަކައިންވެސް އެމީހުން އިނާއާއި ދޭތެރޭ ގެންގުޅެނީ ޚާއްޞަ ގޮތެއްކަން އެނގުނެވެ.

އިނާއަށް ލޯހުޅުވާލެވުނީ ފަސް ނަރުހަކާއި ނަވީން އާއި ޝީލާ އާއި އެންމެން އޭނަގެ އެނދު ވަށާލައިގެން ތިއްބައެވެ. ނިދިން ހޭލެވުނުއިރު މި އެންމެންތައް އޭނަ ކައިރީގައި ތިބިކަން އެނގުމުން އިނާގެ ހިތަށް ސިހުމެއް ލިބިގެން ދިޔައެވެ. އެ ސިހުމާއި ބިރު އިނާގެ ރީތި ދެލޮލުން ފެނުނެވެ. އެކަމަކު އެއީ ހަމަ އެކަނި، އިނާގެ ކަނައަތްފަރާތުގައި އެނދުގެ ހެޑްބޯޑްގައި އެއް އަތުން ހިފައިގެން އަނެއް އަތުން އިނާގެ މަގަތުން އެނދުގައި އަތް އަޅައިގެން ކުޑަގޮތަކަށް ގުދުވެ އިނާގެ ކަނދުރާގެ އަނެއްފަރާތުގައި ހުރި ބޭސްގަނޑު ޗެކް ކުރަން ތިބި ނަރުހުންނާ ސުވާލުތައް ކުރުމުގައި ހުރި ނަވީނަށެވެ.

"
ޝްޝްޝް........ކަންބޮޑުނުވޭ.....ޗެކްކޮށްލަނީ...." ކުޑަކުއްޖަކުކައިރީ ބުނާފަދައިން އިނާގެކައިރީ މިހެން ބުނެލީ ނަވީންއެވެ. އެ ހުރިހާ ނަރުހުންނަށްވެސް ދިރާގުގެ އެމްޑީގެ މި "ޚާއްޞަ" ގާތްކަން ފާހަގަ ކުރެވި ނަވީންގެ މޫނަށް ބެލުނެވެ.

އިނާ ހިތްހަމަޖައްސާލަންވެގެން ނަވީން ބުނެލި އެ ބަސްކޮޅާއެކު ހިނިތުންވުން ދައްކަން އިނާ މަސައްކަތް ކުރިކަމުގައި ވިޔަސް އިނާގެ ދިގު ކަނދުރާގެ ނާރުތަކަށް އައި ހަލަބޮލި ހަރަކާތް ނަވީންއަށް ފެނުނެވެ. އެއީ އިނާ ހާސްވެ ކަންބޮޑުވިކަމުގެ އަލާމާތެކެވެ. ނަމަވެސް އިނާގެ އެ ކަންބޮޑުވުން ނަވީން ކަންބޮޑެއް ނުކުރުވައެވެ. އިނާގެ ކަނދުރާގެ އެ ނާރުތަކަށް އައި ހަލަބޮލި ހަރަކާތުގެ ސަބަބުން ނަވީންގެ ހަށިގަނޑަށް ކުރީ ފިނި އިހްސާސެކެވެ. އާދަޔާ ޚިލާފު ގޮތެއް ވެގެން ދިޔައެވެ. އޭނަގެ އަމިއްލަ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިނާއާއި ދިމާލަށް ދެވަނަ ފަހަރު ބަލާލެވުނީވެސް އެހެން ކަހަލަ ގޮތަކަށެވެ.
އެހެންވިޔަސް އިނާއަށް ނަވީންގެ އެ ބެލުން ފެނުނެވެ. އެ ބެލުމުގެ މާނަވެސް އަދި ނަވީންގެ މޫނުގެ ކުލަވަރާއި ލޮލުގެ ވިދުމަށް ކުއްލިއަކަށް އައި ބަދަލުވެސް އިނާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ނުދެނަހުރިކަމަށް ހަދާފައި އަވަސް އަވަހަށް ކަޅި ތިރިކޮށްލިއެވެ.

"
އެހާ ބޮޑުކަމެއް ނުވޭ.....ކުޑަކޮށް ފެނެއް އައިސްހުރީ އެކަމަކު..........އެކަމަކު އެކަންވެސް މިހާރު ރަނގަޅުވެއްޖެ. ކަންބޮޑުނުވައްޗޭ އިނާ....." އެތިން ނަރުހުންގެ ތެރެއިން ސީނިއަރ ނަރުސް އިނާގެ އަތުގައި ފިރުމަމުން އިނާގެ ހިތްހަމަޖައްސައިދިނެވެ.
"
އިނާއަށް ހިއެއް ނުވޭ ބުނެދޭންޖެހޭނެހެނެއްވެސް. މިއަށްވުރެ ވޯރސް ސިޓުއޭޝަންތައްވެސް އިނާއަށް ހުންނާނީ ފެނިފައި." ހިނިތުންވެލަމުން ދެން ހުރި ނަރުސްވެސް އިނާއަށް ހިތްވަރު ދިނެވެ.

އަލްހަމްދުލިﷲ ޝުކުރު........ނަވީންއަށް އޭނަގެ ހިތާހިތާ ބުނެލެވުނެވެ.
ނަރުސް ކުއްޖާ ބުނެލި ވާހަކަކޮޅުން ނަވީންގެ ހިތަށް ލިބިގެން ދިޔަ ހަމަޖެހުން އެ މަންޒަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ހިންދެމިލާފައި އުނަގަނޑުގެ ދެފަރާތުގައި އަތް ޖަހާފައި ހަށިފުރާ ނޭވައެއް ލިއެވެ. އިނާއާއި ދިމާލަށް އެނބުރި ރީތި ހިނިތުންވުމަކުން ހިނިތުންވެލެވުނީވެސް އޭގެ ފަހުންނެވެ.

"
ކަންބޮޑުނުވޭ އިނާ މަންމާ....އިނާ ހަމަ ރަނގަޅު." ނަރުސް ކުއްޖާ ޝީލާއަށްވެސް ބުންޏެވެ.
"
ދެން އެއީ ކޮން ލެއެއް އެހެންވިއްޔާ..." ޝީލާ ހުރީ އެހާ ފަސޭހައިން ގަބޫލުކުރާ ގޮތަކަށް ނޫނެވެ.
"
އެއީ ލެއެއް ނޫން. އެއީ ޑިސްޗާރޖް. މިބުނީ އެތަނުން އައިސް ހުރި ކޮންމެވެސް ކަހަލަ ފެނެއް. އެކަމަކު ގޯހެއް ނެތް. މާދަން އަދި ޓެސްޓްތައް ހަދާނަން. ޑޮކްޓަރުވެސް ބައްލަވާނެ މާދަމާ. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ހިނިތުންވެ ހުރެ ހުރިހާ ވާހަކައެއް ދައްކާލާފައި ނަރުސް ހިނގައްޖެއެވެ.

މި ނަރުހުންނާ ޑޮކްޓަރުންނަކީ އަޖައިބެއްކަހަލަ ބައެކެވެ. އެކަހަލަ ވާހަކަތައް ދައްކާލަނީ ކިހާ ހަމަޖެހިފައި ތިބެގެން ހެއްޔެވެ.
"
ދައްތާ...............ކޮންކަމަކާ މާ ވިސްނަނީ ތި؟ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅޭ" ގޮސްގޮސް ތިބި ނަރުހުންނާ ދިމާލަށް ޝީލާ ބަލަން ހުރި ގޮތުން ނަވީންވެސް އަހާލިއެވެ.

"
ތިއީތާ މައްސަލައަކީ. އެނަރުސްކުދިންވެސް އެދިޔައީ ހަމަ ތިހެން ބުނެފަ. ފިލްމުތަކާ ސީރީސްތަކަކު ނޫންތަ އެހެން ބުނަނީ. އަހަރެން ހިތަށް އަރާ ބަލިމީހާގެ އާއިލާއަށް ހަގީގަތް އޮޅުވާލުމަކީ ކިހާ ގޯސްކަމެއްކަން މި މީހުންނަށް ވިސްނޭނެނަމައޭ" ނަވީންގެ ވާހަކައަށް އެއްޗެއް ބުނުމުގެ ބަދަލުގައި ޝީލާ ފެށީ ކުދި ކިޔާށެވެ. ހިތްހަމަނުޖެހިގެންނެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މަންމައަކުވެސް ފަދައިންނެވެ.

"
އެއީ ތެދެކޭ . ހުރިހާ ކަމެއްވެސް އަދި ރަނގަޅޭ ދައްތާ." ޝީލާގެ އެ ނުރުހުމަކީ އިނާގެ މައްޗަށް އޮތް ލޯބިކަން ނަވީނަށް އެނގެއެވެ.
"
ހޫމް....ނަވީންއަށް ކަމުދާނެ. އެހެންނު ވާނީ. ނަވީންގެ ތި ރަހްމަތްތެރިޔާ އަކީވެސް ނަރުހެއްވިއްޔާ ދޯ؟ އިނާވެސް ދުވަހަކުވެސް ކަމެއް ވިޔަސް ނުބުނާނެ. މިތާ އުޅެއުޅެ އެގޮތްވެފަ ތޯއްޗެ." އިނާއަށް އިޝާރާތްކޮށް މިހެން ބުނެލާފައި އިނާ ކައިރީ އޮތް ދެވަނަ ބާލީހުގެ އުރަ ބަދަލު ކުރަން އުރައެއް ބަލާ ޝީލާ ދިޔައީ ނާރސަސް ސްޓޭޝަނަށެވެ.

ޝީލާ އެބުނި އެއްޗަށް އެއްޗެއް ނުބުނެ ހުރެފައި ޝީލާ ގޮސް އޮބާލުމުން ނަވީން ބަލާލީ އިނާގެ މޫނަށެވެ.
"
އަހަރެމެން ދެމީހުންނަކީ ރަހްމަތްތެރިންނެއްވެސް ނޫންކަން އަދި ދުޝްމަނުންނެއްވެސް ނޫންކަން އިނާގެ މަންމަމެނަށް އެނގޭ ދުވަހަކުން ބުނާނެ އެއްޗެއް އިނާ ވިސްނާލައިފިންތަ؟" އިނާގެ މޫނު ފެންނަ ފަރާތަށްއައިސް ނަވީން އަހާލިއެވެ.
"
ނުވިސްނަން" ސާބިތުކަމާއެކު އިނާ ބުނެލިއެވެ.
"
އެއީ ކީއްވެ؟" އަނެއްކާވެސް ނަވީން އެހިއެވެ.
"
އެދުވަސް ނައަންނާނެތީ." އިނާ ޖަވާބު ދިނީ ނަވީން އާއި ދިމާލަށްވެސް ބަލާނުލެ އޮވެ ކަމުގައިވިޔަސް ކުރިއަށްވުރެވެސް މިފަހަރުގެ ޖަވާބުގައި ޔަގީންކަން ބޮޑު ގޮތެއް ހުއްޓެވެ. ނަވީނަށް ލިބުނީ ސިހުމެކެވެ. އެހިސާބަށް އިނާ ވިސްނީތާއެވެ.
"
މާނައަކީ އަހަރެމެން ދެމީހުންނަކީ ރައްޓެހިން ނޫންކަން އިނާގެ މަންމަމެނަށް ދުވަހަކުވެސް ނޭނގޭނެއޭތަ؟" އެކަން އެނގެން ނަވީންއަށް މުހިއްމު ވިއެވެ.
"
ހޫމް.................." އިނާ ބުނެލިއެވެ.
"
އެހެންތަ............؟" ނަވީންއަށް ކުރި އަސަރެއްގެ ބޮޑުކަމުން އިތުރު އެއްޗެއްވެސް ނުބުނެވުނެވެ.
** ** ** ** ** ** ** **
ހެނދުނު ދިލްމާއަށް ހޭލެވުނީވެސް އެހެން ހެނދުނުތަކަށްވުރެން ފިނިވެގެންނެވެ. ނަމަވެސް ކޮޓަރިތެރެއަށް އެއްވެސް ކުޑަދޮރެއް ނެތުމުން ދުވަހުން ވީއިރެއް ލަފާކޮށްލާކަށްވެސް ނޭނގުނެވެ. އޮތްގޮތަށް އޮވެ ފޯން ބަލާލައިފިއެވެ. ނުވައެއްވެސް ޖެހީހެއްޔެވެ؟ އޭނައަށް ހާދަ އިރަކު ނިދިއްޖެއެވެ. ގޭތެރޭގެ މަސައްކަތްތަކުގައި މަންމަ މިހާރު އުޅޭނީ އެކަނި މާއެކަނި ވަރަށް އަވަދިނެތިއެވެ.

އަވަހަށް ދިލްމާ އެނދުން ފޭބިއެވެ. އެހެން ދުވަސްދުވަހު ފައި ތިރިކޮށްލާ ގޮތަށް ފައިޖެހެނީ ފައިވާނުގައި ކަމުގައި ވިޔަސް ކޮޓަރީގެ އޮމާން ތަޅުންގަނޑުގައި ޖެހުނީ ދިލްމާގެ ފައިތިލައެވެ.
އެގެއަކީ ޒަމާނީގޮތަށް ހަދާފައިވާ ގެއެއް ނޫންކަމުން މުޅިގޭތެރޭގައިވެސް އޮންނަނީ އޮމާން ތަޅުންގަނޑެކެވެ. ހިރަފުހެއް ވެއްޔެއް ނުހުންނަވަރަށް ފޮޅާ ސާފުކޮށްފައި އޮންނަ އެ ތަޅުންގަނޑަކީ އާއްމުކޮށް ފިނިތަނެއްކަމަކު މިއަދު މާފިނިވުމުން ވިއްސާރަވީކަމަށް ދިލްމާ ގަބޫލުކުރިއެވެ.
ހީކުރެވުނީ ރަނގަޅަށެވެ. ފައިވާނަށް އަރައިގެން ނުކުމެ ބަލާލިއިރު އަދި ކިރިޔާ ފަތިސްވީފަދައެވެ. އެހާ އުޑުމަތި ބަނަވެފައި އަނދިރިއެވެ. ވިއްސާރަވާތާ އެތައް ދުވަހެއްވެފައިވާ ކަހަލައެވެ. މިހާރުވެސް ހުއްޓާނުލާ ވެހެނީއެވެ.

ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ދިލްމާއަށް ލިބުނެވެ. އިޚްތިޔާރަކާ ނުލާ ހިނިތުންވެލެވުނެވެ. ކޮންމެ މީހަކުގެ ލޯބިވެރިޔާ އެމީހާއާއި ދިމާލަށް ބަލާލުމުން ހިނިތުންވެލެވޭފަދަ ހިނިތުންވުމަކުންނެވެ.
ވާރެއަކީ މޫސުން ވާ ސަކަރާތެއްކަމަށް މީހުން ދެކެނީވެސް ކީއްވެހެއްޔެވެ؟ ކޮންފަދަ ހިތްގައިމުހެއްޔެވެ؟ ކޮންފަދަ އުފާވެރި ކަމެއް ވާރޭގެ ސަބަބުން ހިތަށް ލިއްބައިދެއެވެ. މުޅި ކައުނު އެކުގައި މަޑުމަޑު ރާގެއް ކުޅެލާފަދައެވެ. އަދި އެރާގާއެކު ހިމޭން އަޑަކުން ނާނާއެއް ކިޔާފަދައެވެ.

ގޯތިތެރޭގެ އެއްފަރާތުގައި ރާނައި ހިޔާކޮށްފައި ހުރި ތިން ކޮޓަރީގެ ކޮޓަރިބަރި ކުރިމަތިން އޮތް ބޮޑު ހުސްތަނުގައި ހައްދާފައި ހުރި ހިކަނދިފަތްގަހާ އަންނާރު ގަސްތަކާ އެކިކަހަލަ ބަގީޗާ ގަސްތަކަށް ވާރޭގެ ތިކިތައް ޖެހުމުން އެވާގޮތް ސަމާލުކަމާއެކު ބަލަން ހުރި ދިލްމާގެ ހިތަށް އެރިއެވެ.

ވާރޭގެ އުފާވެރި ރާގުއަޑުއަހަން ހުރެފައި ދިލްމާ ގޮސް ބަލާލީ އޭނަގެ ފޯނެވެ. އިނާ އާއި ގުޅުންހުރި އެއްވެސް ކޯލެއް އައިސްފަހުރިތޯ ބަލާލުމަށެވެ. ކޯލެއް ނެތުމުން އިނާގެ ހުރިހާކަމެއް ހަމަ އާދައިގެ ގޮތެއްކަން ވިސްނި ހިތްހަމަޖެހުމާއެކު ނޭވާއެއް ލާފައި ނުކުމެ މަންމަ ހޯދާލީ، ހޮސްޕިޓަލަށް ދިއުމުގެ ކުރިން މަންމައަށް ކަމެއް ބޭނުންވެފައިއޮތްތޯ ބަލާލުމަށެވެ.

ގޭގައި ހުންނަނީ ހަމައެކަނި ދެކޮޓަރިކަމުން މަންމަގެ ކޮޓަރީގައި އެއްވެސް މީހަކު ނެތުމުން ގޭގައި މަންމަވެސް އަދި ހިކްމާވެސް ނުއުޅެނީކަމަށް ނިންމާފައި އަސްކަނީ ރޯނުގައި އަޅުވާފައި އޮތް އޭނަގެ ތުވާލިހިފައިގެން ގިފިއްޔަށް ދިޔައީ އަވަސްއަވަސް ކޮށްލައިގެން އިނާ ކައިރިއަށް ހޮސްޕިޓަލަށް ދިއުމަށް ހިތުލައިގެންނެވެ. އަދި ދިއުމުގެ ކުރިން މަންމައަށް ގުޅާފައި އުޅޭނޫޅޭ ހިސާބެއް ބަލާލަންވެސް ހިތުލައިގެންނެވެ. ތަންތަނަށް ދާއިރު ގެންދާށޭ ކިޔާފަ މަންމައަށް އޭނަ ހޯދަދީފައި އޮންނަ ފޯނަކީ އޭގެ ބޭނުން މަންމަ ނުކުރާ އެއްޗެއް ކަމަކު، މަންމައާއެކު ހިކްމާ ދަންޏާ ފޯން ގެންދާނެކަން ދިލްމާއަށް އެނގެއެވެ.

ތައްޔާރުވެގެން ގެއިން ނިކުމެފައި ދިލްމާ މަންމައަށް ގުޅާލިއެވެ.
"
މަންމާ....ކޮންތާކު މަންމަ ތިއުޅެނީ މި ވިއްސާރައިގަ؟" ވާރެއިން ހިޔާވާން ނަގައިގެން ހުރި ކުޑައަށް ސަމާލުވަމުން ދިލްމާ އެހިއެވެ.
"
ދަރިފުޅަށް މާގަދައަށް ނިދިފަ އޮތީމަ ހޭނުލައްވާންވެގެން މިއައީ. ފާތިންދައްތަމެންގޭގަމިހިރީ. ހޮސްޕިޓަލަށް ދާވާހަކަ ބުނީމެއްނު؟ ދިޔައީތަ؟" އެކޮޅުން މަންމަ އެހިއެވެ.
"
އުނހުނ.....މި ނިކުންނަނީދާން." މަގުގެ ދެކޮޅު ހޯދާލާފައި ދިލްމާ ހިނގައިގަތީ ކަނާތްފަރާތަށެވެ.
"
އެހެންވެއްޖިއްޔާ ދަރިފުޅު އަންނަމުން މަންމައަށް ނިކަން ކަމެއްކޮށްދީބަލަ އިނގޭ. ގިފިލީ ތެލި ބަހައްޓާފަ ހުރި އަށިގަނޑު ތަންދޮށުގަ ހުންނާނެ މާޅޮސްކެޔޮތަކެއް. އެތަނުން ދެއަރިއެއްވަރު ނިކަން މަންމައަށް ގެނެސްދީބަލަ މިގެއަށް.." މަންމަ އަކީ އަބަދުވެސް ގޭގައި ހެދޭ އެފަދަ ތަކެތި އަވަށްޓެރިންނާއި ގާތް ތިމާގެ މީހުންނާއި ރަހްމަތްތެރިންނަށްވެސް ބަހާ މީހެއްކަން ދިލްމާ ދަނެއެވެ. އެއީ މަންމަގެ ހިތަށް ހަމަޖެހުން ހޯދުމަށް މަންމަ އަބަދުވެސް ކުރާ ކަމެކެވެ.
"
ދެން މަންމާ......މި ވިއްސާރައިގައި ތިހިސާބަށް ތިދިޔައީ ކީއްކުރަންތަ؟" އެގެއަށް ދާމަގުމަތީގައި ކެޔޮކޮޅު ގެންދެވުނަސް މި ވިއްސާރައިގައި މަންމަ އެގެއަށް ދިޔައީތީ ދިލްމާ ހިތްހަމަނުޖެހުނެވެ.
"
ހެހެހެހެ...........ރޯމަސްކޮޅެއް ލިބޭތޯ ނުކުތީމަ މިހިސާބަށްވެސް އާދެވުނީ." ދިލްމާގެ ހިތްހަމަނުޖެހުމަކީ އެ މަންމަ ދެކެ ވާ ލޯބިކަން ދިލްމާ މަންމަ ދަނެއެވެ.
"
އާނ. މިގެންދަނީ. މަންމަމެންގެ އަތުގަ ކުޑައެއް އެބައޮތްތަ؟" ދިލްމާ އަކީ ޒިންމާދާރު ދަރިއެކެވެ.
"
އުނހުނ.....މަންމަ އައިއިރު ވާރޭ ހުއްޓާލާފައޭ އޮތީ."
"
އާނ މި ދަނީ" ދިލްމާ މިހެން ބުނެފައި ފޯން ބާއްވައިފިއެވެ.

ދިލްމާގެ މަންމަ އެދުނުގޮތަށް ގެއަށްވަދެ ދެ އަރި ކެޔޮ ކޮތަޅަކަށް ލައިގެން މަންމަމެން ހިޔާވުމަށް ކުޑައެއްވެސް ހިފައިގެން ބޮޑުމަގުން ދިލްމާ ހިނގައިގަތެވެ. ރަށުގެ ބޮޑުމަގެއްކަމަކު، ފެންގަނޑު ހެދިފައި ނެތް ތަންކޮޅެއް ފެންނަނީ މަދުންނެވެ. ބޮޑު ފެންފެންގަނޑުތަކަކަށްފަހު ދުރުންނެވެ.
ވެހޭވަރަކަށް ވާރޭވެސް ވެހެމުން ދެއެވެ. އެހެންކަމުން ދިލްމާ ލައިގެން ހުރި ޖިންސުގެ ފައިކުރިން އޮޅާފައި ހުރި ހިސާބުވެސް މިހާރު ތެމިއްޖެއެވެ. ނުވިތާކަށް ލައިގެން ހުރި މަޑު ވިލުކުލައިގެ ޓޮޕަށްވެސް ވާރޭ ވިއްސާ ދިމަދިމާލުން ފުރަގަހުން ބަޔަކާއި ދެކޮނޑުމަތިން ބައެއް ތެމި ނިމިއްޖެއެވެ. ކޮނޑުގައި އޮތް ދަބަހާއި އަތުގައި އޮތް ކެޔޮ ކޮތަޅާއި ކުޑަ އާއި އަނެއް އަތުން އޭނަ ހިޔާވުމަށް ނަގައިގެން ހުރި ކުޑައާއެކު ހާލެއްގައި ހިނގަމުން ދިޔަ ދިލްމާއަށް ގެއެއްގެ ގޯތިތެރެއަށް ވަންނަން ޖެހުނީ ބާރަށް ދުއްވާފައި އަންނަ ޕިކަޕެއް ފެނިގެންނެވެ. އެ އަންނަ ސްޕީޑުގައި އަންނަ ނަމަ ދާދިގާތުގައި އެއޮތްފެންގަނޑުން އޭނަގެ މޫނާއި ހަމައަށްވެސް ފެންބުރައިގެން ދާނެކަން ދިލްމާއަށް އެނގެއެވެ.

ޕިކަޕް ހިނގައްޖެއެވެ. ހަމަ އެ ސްޕީޑުގައެވެ. މަގުގެ ދެފަރާތަށް ފެންގަނޑު ބުރުވާލާފައެވެ. ނަސީބަކުން ދިލްމާ ސަލާމަތް ވިއެވެ. ވަދެވިފައި ހުރި ގޭގެ ގޯތިތެރެއިން ނުކުމެ ދެކޮޅުބަލާލީ ހިނގައިގަތުމަށްޓަކައެވެ. ދޭތެރެ ދުރުކޮށް އެގޮތަށް ދާ ވެހިކަލެއް ފިޔަވައި މަގުމަތިން މިވާރޭގައި މާބޮޑު ހަލަބޮލިކަމެއް ނެތެވެ. ވާރޭގައި އޭނަ ހިނގާލަން ދާހިތްވާ ސަބަބަކީވެސް އެއީއެވެ. ވާރޭވެހިއްޖެއްޔާ އެންމެންވެސް ތިބޭނީ ފިލައެވެ. ގޭތެރޭގައެވެ. މިހާރުވެސް ލޮލުކޮޅަށް ދަންދެންވެސް މީހަކު ފެންނަން ނެތެވެ. ކުރިމަތީގައި އެހެރަ ފިހާރަކައިރިއަށް އައިސް ސައިކަލުން އެފައިބާ މީހާ ފިޔަވައި ދެން އެހިސާބުން ފެންނަނީ ދިލްމާ އެކަންޏެވެ.

ދިލްމާ ބަލާލިއިރު އެމީހާ ފިހާރައަށް ވަންނަން ވެގެން އުޅެފައި އެނބުރި ބަލާލިއިރު އޭނައަށްވެސް ދިލްމާ ފެނުނީއެވެ. އެއާއެކު އެމީހާ ދުވެފައި އަންނަން ފެށީ ދިލްމާއާއި ދިމާލަށެވެ. ގެއިން ނުކުމެގެން ހިނގައިގަންނަން އުޅެފައިމެ ދިލްމާއަށް އަލުން އަނބުރާ ވަދެވުނީ އެގޭގެ ގޯތިތެރެއަށެވެ. ވާރޭ ކޯޓަކުން ބޮލާއި ހަމައަށް ނިވާކޮށްގެން ހުރި އެމީހާ މަލްޓީ ސްޓޯރއަށް ވަންނަން އުޅެފައި އޭނައާއި ދިމާލަށް ދުވެފައި އަންނާތީ ދިލްމާ ކަންބޮޑުވިއެވެ.

ނަމަވެސް އެމީހާ އައިސް އޭނަ ހުރި ހިސާބަށް އެ ގޯތިތެރެއަށް ވަދެފައި ބޮލުގައި އަޅާފައި ހުރި ބައި ތިރިކޮށްލުމުން ދިލްމާގެ ކަންބޮޑުވުން ފިލާދިޔައެވެ. އޭގެ ބަދަލުގައި ލެވުނީ ފޫހިކަމުގެ މާނޭވާއެކެވެ.
އެއީ އެ ރީތި ޒުވާނާއެވެ. ހޮސްޕިޓަލުތެރެއިން ފެންނަ ކޮންމެ ފަހަރަކު އިނާގެ ހާލު އެނގޭހިތުން އަހާ އޮޅުންފިލުވާ ޒުވާނާއެވެ. އިނާ ދެކެ ލޯބިވާއިރުވެސް އިނާގެ ކުރިމައްޗަށް ދާން ނުކެރޭ ޒުވާނާއެވެ.
ދިލްމާ ހިތަށް އެރީ އެހެންނެވެ.

"
ދުރުން ފެނުނީމަ ހީކުރީ ފެންނަ ގޮތްކަމަށް. ހަމަ އަސްލުވެސް ދިލްމާ ދޯ ތިއީ." މާ ދަންނަ މީހެއްފަދައިން އެ ޒުވާނާ ވާހަކަ ދެއްކީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ. ހީވަނީ ނުފެނިފައިހ ހުރި މީހަކު ފެނުނު ހެންނެވެ. އެހިނިތުންވުމާއި ވާރޭގެ ސަބަބުން ކުޑަކޮށް ތެމިފައިވާ އިސްތަށިގަނޑަށް ބެލުނެއްކަމަކު އެ ޒުވާނާ އެކުރި ސުވާލަށް ދިލްމާ ޖަވާބެއް ނުދެއެވެ. ޖަވާބު ދޭން ޖެހޭކަމަކަށް ނުވެސް ދެކެއެވެ.
"
ކުޑައެއް އޮތެއްކަމަކު މުޅީން ތެމިއްޖެ ދޯ؟" އަމިއްލަ ބޮލުން ވާރޭގެ ތިކިތައް ފޮޅާލަމުން އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
"
ކޮންތާކަށް މި ވިއްސާރައިގައި ތިދަނީ؟ މިގެއަށްތަ؟" ލާނެތް ގޮތަކަށް މިހެން ބުނެލާފައި އެ ޒުވާނާ ގޭތެރެއަށް ބަލާލުމުން ދިލްމާއަށްވެސް އެނބުރި ބަލާލެވުނެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
"
ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟ އިނާގެ ހާލު ކިހިނެއް މިހާރު؟" ދިލްމާ އެއްޗެއް ބުނާނެއޭ ހީވި ކަންތަކާ ބެހޭ ގޮތުން އެ ޒުވާނާ ސުވާލު ކުރިއެވެ. ނަމަވެސް އެއީ އޭނައަށް ހެދުނު ގޯހެކެވެ.

"
އަހަންނަށް ހީވަނީ މިހާރު ވެއްޖެހެން އިނާއާއި ބައްދަލުކޮށް އިނާގެ ކައިރިން ހާލުގެ ވާހަކަ އަހަން. ތިހާވަރަށް އަޅައިގަނެގެން އުޅޭއިރު ނުބުނެ ހުރުން ރަނގަޅެއްނުވާނެއެއްނު؟" މަލާމާތާއި ޖެއްސުމުގެ ރާގާއެކު ދިލްމާ ބުނެލިއެވެ. އުނދަގޫ ވެގެންނެވެ. ފެންނަ ކޮންމެ ތަނަކުން އނާގެ ވާހަކަ އހާތީއެވެ.
އެ ޒުވާނާއަށްވެސް އޭނައަށް ކުރެވުނު ސުވާލަކީ މިވަގުތު ކުރަން ރަނގަޅު ސުވާލެއްނޫންކަން އެނގިއްޖެއެވެ.

"
އާނ ތީ ރަނގަޅުވާހަކައެއް. އަޅައިގަނެގެން އުޅޭމީހާކައިރީ ބުނަންޖެހޭނެ ލަސްނުކޮށް. އެހެންނޫނީ ގެއްލިދާނެ. އަހަރެންވެސް ބުނަން ބޭނުން. އެކަމަކު ފުރުޞަތެއް ނުލިބެނީ އަދި. މިވަގުތު ކިހިނެއް ވާނެ ބުނުން؟" އެ ޒުވާނާއަކީ ކޮންމެ މީހަކަށްވިޔަސް ހެޔޮތާއެވެ. އެއީވާ ކެރޭ މީހެކޭ ދިލްމާގެ ހިތަށް އެރިއެވެ.

"
މިވަގުތުވެސް ހަމަ ރަނގަޅުވާނެ. އަވަހަށް ދާންވީނު ބުނަން." ދިލްމާގެ ރާގުގައި ހުރި މަލާމާތް ވިސްނުމުން އެ ޒުވާނާގެ ގާތަށް ކުޑަކޮށް ހިނިއައެވެ.

"
އެކަމަކު ވަރަށް އެހެން ކަހަލަ ގޮތެއް ވާނެ ދޯ އިނާ ކައިރީ ގޮސް އެހެންބުނީމަ؟ ނޫންތަ؟" އެ ޒުވާނާގެ މޫނުމަތިން ފެންނަނީ ހަމަ މުޅީންވެސް ހަމަޖެހުމުގެ ގޮތެވެ. ކެރުމާއި ހިތްވަރުގަދަ ކަމުގެ ގޮތެވެ.
ހޮސްޕިޓަލަށް އިނާ ގެންދިޔައީއްސުރެން ހޮސްޕިޓަލުން ނުނުކުމެވިގެން އުޅޭނީ ގައިމު ދީވާނާވެފައިވާލެއް ބޮޑުކަމުން ނޫންހެއްޔެވެ؟ އެކަމަކު އެވަރުވާއިރުވެސް އެ ވާހަކަ ދައްކާ ޖެހިލުންކުޑަގޮތް ނިކަން ދެކެބަލާށެވެ.

ހިތާހިތުން ދިލްމާ އެޒުވާނާއާއި ދިމާލަށް އެއްޗިހި ކިޔެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ދިއުމަށްޓަކައި ދިލްމާ ހިނގައިގަތީވެސް ހަމަ ކުއްލިއަކަށެވެ. ހުއްޓާނުލާ ވެހެމުންދާ ވާރެއިން ސަލާމަތްވާން ކުޑަ އަތަށް ހެޔޮވަރުކޮށްލަމުންނެވެ.
"
ދިލްމާ..........މަޑުކޮށްލަބަލަ....." ދިލްމާ ހިނގައިގަތުމުން އެ ޒުވާނާ ގޮވާލިގޮތުން ދިލްމާއަށް ހުއްޓެވުނީ ގަސްދަކާ ނުލައެވެ. އެ އަޑުގައިވާ އެދުމާއި އާދޭހުގެ ރާގުންނެވެ.
"
ދިލްމާއަށް ނޭނގުނީތީ ވަރަށް ދެރަވެއްޖެ.........." ދިލްމާއަށް ހުއްޓެވުމުން ދިލްމާ ކައިރިއަށް އެ ޒުވާނާއަށް އާދެވުނީ ކޯޓުގެ ބޮލުގައި އަޅާބައި ނައަޅާކަމުން ބަނބުކެޔޮގަހުގެ ހިޔަލުން ނުކުމެވުމުން ހުރަހަކާ ނުލާ އެ ޒުވާނާގެ ބޮލަށް ވާރޭގެ ތިކިތައް ޖަހަމުން ދިޔައެވެ. ދިލްމާއަށް ބެލެނީ އެތަނެވެ. ނަމަވެސް އަވަސް އަވަހަށް އެ ޒުވާނާގެ މޫނަށް ނަޒަރު ސީދާ ކޮށްލިއެވެ.
ހަގީގަތުގައިވެސް ވަރަށް ދެރަވެފައިވާގޮތް ފެނެއެވެ. އަދި ކުރިއާއި ޚިލާފަށް މިހާރު ފެންނަނީ ވަރަށް ސީރިއަސްކޮށްވެސް މެއެވެ.
"
އިނާގެ ވާހަކައެއް އެނގެން ވާނީ އިނާއަށް. އަހަންނަކަށް ނޫން." އެ ޒުވާނާ އެބުނި އެއްޗަކަށް ވިސްނާލުމެއްވެސް ނެތި ދިލްމާ ބުނެލައިފިއެވެ.
"
ދިލްމާގެ ވާހަކައެއް ވީމައޭ ދިލްމާއަށް އަންގަން މިއުޅެނީ. އަހަރެން ވާހަކަ ދައްކާހިތުން މިއުޅެނީކީ އިނާއަކާ ނޫން. ދިލްމާއާ." އެ ޒުވާނާ އެންމެ ފަހުން ބުނެފިއެވެ.
ދިލްމާއަށް ލިބުނު ހައިރާންކަމުގައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ގަނޑުވިކަހަލައެވެ. ވެހެމުން ދިޔަ ވާރޭގެ އަޑުވެސް ދިލްމާއަށް އިރުކޮޅަކަށް ނީވުނު ކަހަލައެވެ. މިއީ މިފަދަ ގޮތަކަށް މީހަކު އޭނައަށް އެދޭވާހަކަ ހާމަކުރި ފުރަތަމަ ފަހަރެވެ. ނަމެއްވެސް ނޭނގޭ އެ ޒުވާނާ އެ އުޅެނީ އަސްލުވެސް އޭނައާއި ވާހަކަ ދައްކާ ހިތުން ހެއްޔެވެ؟ އެއީ ހަމަ ތެދެއްބާވައެވެ.
"
ހަމަ އެވަރު ނޭނގޭތަ؟" އެންމެ ފަހުން ދިލްމާއަށް ވިސްނިއްޖެކަން އެނގުމުން ކަރުއެލުވާލާފައި ހިނިތުންވެލަމުން އެ ޒުވާނާ އެހިއެވެ.
"
އަހަރެންކާކުކަންވެސް ނޭނގެނީތަ މިހާރު. ގައިމު އަހަންނަށް އެނގޭ ދިލްމާ އަބަދުވެސް." އަދިވެސް ވާހަކަ ދައްކަނީ އެ ޒުވާނާއެވެ. ދިލްމާއަށް ލިބިފައިވާ ހައިރާންކަމުގައި އަނގައިންވެސް ނުބުނެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުންވެސް ހަލުވާލެވުނީ ބޮލެވެ.
"
ހުސެން......ހުސެން ރަމީޒު.......ހަނދާނެއްނެތްތަ؟" ދިލްމާގެ ހަނދާނަކަށް ނާދެއެވެ.
"
ހަނދާން އެބަހުރިތަ؟ ހަމަ މިކަހަލަ ވިއްސާރަ ދުވަހެއްގަ އަހަރެންގެ އަތުގައި ކުޑައިގެ ނަރަކުން އަޅާލައި ކަނޑާލިހަނދާން. އެއީ ހަމަ ތި ދިލްމާއެއްނޫންތަ؟" ހުސެން އަދިވެސް މަސައްކަތް ކުރަނީ ދިލްމާއަށް ހަނދާންކޮށްދެވޭތޯއެވެ.
ދިލްމާ އަނގައަކުން ނުބުނެއެވެ. އެކަމަކު ދެންމެ އެންމެ ފަހަށް ހުސެން އެ ބުނި އެއްޗަކުން ދިލްމާގެ ދޮން މޫނުގެ ކުލަ ޖަންބުކުލައަށް ވެގެން ދިޔަތަން ހުސެންއަށް ފެނުނެވެ. އާނއެކެވެ. ދިލްމާ ހަނދާން ވެއްޖެއެވެ.
އެއީ މީގެ ވިއްސަކަށް އަހަރު ކުރީގެ ކަމެކެވެ. އޭނަ ގްރޭޑް ހައެއްގައިއުޅުނުއިރު ވީކަމެކެވެ. އެއްދުވަހަކު ސްކޫލުން އަންނަނިކޮށް ވާރޭ ވެހިގަތުމުން އޭނައާއި އޭނަގެ ރައްޓިހި ދެކުއްޖަކު ގެއެއްގެ ގޯތިތެރެއަށް ވަނީ ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުގެ ހިޔަލުގައި ވާރެއިން ސަލާމަތް ވުމަށެވެ. އެދުވަހު އޭނައަތަށް އެގެއިން ކުއްޖަކު ދުވެފައި އައިސް ކުޑައެއް ދިނެވެ. އެކަމަކު އެ ކުޑައަކީ އެކި ނަރުތައް އެކި ގޮތަށް ހުރި ކުޑައެއްކަމުން ހުޅުވަން އުނދަގޫވެގެން ތަޅުވައިގަތްތަނާ އެ ކުޑައިގެ ހަލާކުވެފައި ހުރި ނަރަކުން އަޅާ ދެމުނީ އެ ކުޑަ ގެނެސްދިން ފިރިހެންކުއްޖާގެ އަތުގައެވެ.
އެބުނީ ތެދެކެވެ. އެދުވަހު އެ ފިރިހެންކުއްޖާގެ އަތުން ފިސާރި ގިނައިން ލޭވެސް އައެވެ. އެކަމަކުވެސް އެ ކުއްޖާވީ ހިތްވަރުގަދަ ކުއްޖަކަށެވެ. ލޭއައިސް އައިސް ހުއްޓާވެސް އެއީ މައްސަލައެއް ނޫނެކޭ ކިޔާފައި އެތަނުގައި އަތް އަޅައިގެން ދުވެފައި ގޭތެރެއަށް ދިޔައީއެވެ.
މިހިސާބަށް ހަނދާންވުމުން ދިލްމާއަށް ބަލާލެވުނީ ގޭތެރެއާއި ދިމާލަށެވެ. އެއީ ހަމަ އެގެއެވެ. ޒަމާނީ ގޮތަށް ވަރަށް ފަހުން ހަދާފައި ހުރި ގެއެއްކަމަކު އަދިވެސް ގޯތިތެރޭގައި އެ ބޮޑުހުސްތަންވެސް އެބައޮތެވެ. ދެން ދިލްމާއަށް ބަލާލެވުނީ ބޮލާއިދިމާލުން މައްޗަށެވެ.
"
ތިހީކުރެވުނީ ރަނގަޅަށް. ގޭގެ ހަތަރުފާރަށް ބަދަލުއަޔަސް މިއީ ހަމަ އެގެ...........ތިހުރެވުނީވެސް ހަމަ އެބަނބުކެޔޮގަސްދަށުގަ." ދިލްމާގެ މޫނަށް އަރާފައިބާ ކުލަވަރުން ދިލްމާގެ ހިތުގެ ހާލު ދެނެގަންނަމުން ހުސެން މިހެން ބުނެލީ ފަޚުރުވެރިކަމާއެކުގައެވެ.
"
ހުސެންތަ އެދުވަހު ކުޑަގެނެސްދިނީ؟" ދިލްމާއަށް ގަބޫލުކުރަންވެސް ހަމަ ދަތިވަނީއެވެ.
"
އަދިވެސް ގަބޫލެއް ނުކުރަމުތަ؟ މިހިރީ........ބަލާ..........މިއީ އެދުވަހު ކުޑަގެނެސްދިން މީހަކީ." ދިލްމާއަށް ޔަގީންކޮށްދިނުމަށްޓަކައި ލައިގެން ހުރި ކޯޓާއެކު އަތުކުރި މައްޗަށް ނަގާފައި ހުސެން ދެއްކިއެވެ.
ދިލްމާގެ ދެލޯބޮޑުވިއެވެ.
އެއީ ތެދެކެވެ. އެދުވަހު އެ ލިބުނު ޒަޚަމް އެހެރީ ޒަމާނާ ވަގުތާއެކު ވަރުގަދަ ލަކުނަކަށް ވެފައެވެ. އެކަމަކު އެހާ ކުޑަކުޑަ ޒަޚަމެއް އެހާ ފުން ލަކުނަކަށް ވެދާނެހެއްޔެވެ؟ ދިލްމާ ހިތަށް އެރިއެވެ.

"
ގަބޫލުކޮށްފިންތަ މިހާރު؟ މިއީ އެ މީހަކީ. ދިލްމާއަށް ވަދެވިފަ ތިހިރީ މި ހުސެންގެ ގެއަށް. ހެހެހ........ރަށުން ބޭރުގައި އަހަރެން އުޅުނަސް އަހަންނަށް ދިލްމާ ފެނުނު ދުވަހުއެނގިއްޖެ ތިއީ އެ ދިލްމާކަން. އެކަމަކު ދިލްމާއަކަށް ނޭނގުނުދޯ؟" ހުރިހާ އެއްޗެއް ދެމީހުން ދެމީހުންނަށް އޮޅުންފިލުމުން ހުސެން މިހާރު އެހެރީ ހިތްހަމަޖެހިފައެވެ.

ނޭނގުނު ކަމަށް އެއްބަސްވުމުގެ ގޮތުން ދިލްމާ ބޯ ޖަހާލިއެވެ.
"
އަހަރެންގެ ރިކުއެސްޓަށް ދިލްމާގެ ޖަވާބެއް ބޭނުން. އަހަރެން ބޭނުންވަނީ ކޮންކަމެއްކަން މިހާރު އެނގޭނެކަމަށް ހީކުރަން." އެންމެ ފަހުން އަސްލު މައުޟޫއަށް ހުސެން ގޮސްފިއެވެ.
"
ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ............" ކުޑަވެސް ފަސްޖެހުމެއް ނެތި ދިލްމާ އަހައިފިއެވެ. ނަމަވެސް އެހެން އެހިގޮތުން ހުސެންއަށްވެސް ހުއްޓުން އެރިއެވެ.

"
އަހަންނަކަށް ނޭނގޭނެ މާ ފަށުވި އިބާރާތްތަކެއް. އެކަމަކު އަހަރެން ބޭނުންވަނީ ދިލްމާއަށް ދިމާވާ ކޮންމެ ކަމެއްގައި އެހީވާ މީހެއްގެ ގޮތުގައި އަބަދުވެސް ދިލްމާ ކައިރީ ހުންނަން. އުމުރުގެ ބާކީ އެންމެ ދުވަހެއް އޮތަސް އޮތްހާ ދުވަހެއް ދިލްމާއާއެކު އުޅެން ބޭނުންވަނީ. އެކަމަކު ހުރިހާ އިޚްތިޔާރެއް އޮތީ ދިލްމާގެ އަތުގަ. އަހަރެން މިބުނީ އަހަރެން އެދޭ ގޮތް. އަހަރެން ނުބުނާނަން ދެބަސް ނުވާނަމޭ....ނުރޮއްވާނަމޭ ހިތުގަ ނުޖައްސާނަމޭ......އެހެނެއް ނޭނގެ ބުނާކަށް. އެކަމަކުވެސް ޔަގީންކަން ދީފާނަން. ދިލްމާއަށް ދެރަވާ ހަމަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ގަސްތުގައެއް ނުކުރާނަން. އެކަން ޔަގީން. ދެން ގޮތް ނިންމާނީ ދިލްމާ." ދިލްމާ ދެކެ ހުސެން ވާ ލޯބި ހުސެން ބުނެދިނީ ސާފު ތިލަ އިބާރާތުންނެވެ. ދިލްމާ އެއަޑު އެހީފަރުވާތެރިކަމާއެކުގައެވެ. ކޮންމެ ބަހެއް ކޮންމެ ޖުމްލައެއް ވަކިވަކިން ހަނދާނުގައި ހަރުލައްވަމުންނެވެ.

ވާރޭވެހޭ ވަރަކަށް ވެހުނެއްކަމަކު، އަދި އެއްއަޑަކަށް މާހައުލުގައި ވާރޭގެ އަޑު ހުއްޓެއްކަމަކު ދިލްމާ އާއި ހުސެންގެ ދެމެދަށް އައިސްފައިވަނީ ވަރުގަދަ ހިމޭން ކަމެކެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަނީ އަނެއް މީހާ ބުނެލާނެ އެއްޗަކަށެވެ.

"
ކިހިނެއް ތިހެން ޔަގީންކަން ދޭން އެނގެނީ. އެކަހަލަ ދުވަހެއް އައިއްސިއްޔާ ދެން ބުނާނީ ކީކޭ." ދިލްމާ އަކީ މީހުން ދައްކާ އެފަދަ ވާހަކަތައް ފަސޭހައިން ގަބޫލުކުރާނެ މީހެއް ނޫނެވެ.
"
އެދުވަސް އަންނަން އުޅެންޏާ.....އެއަށްވުރެ ކުރިން އަހަރެން ދިލްމާގެ ހަޔާތާ ދުރަށް ދާނަން. އަހަރެންގެ ފަރާތުން ދިލްމާއަށް ދެރައެއް ދެވުމުގެ ކުރިން އަހަރެން ދާނަން ދިލްމާއާއި ދުރަށް. " ހުސެން އަކީ އާދަޔާ ޚިލާފު ވަޢުދުވާ ލޯބިވެރިޔެކޭ މި އަޑުއަހަން ހުރި ދިލްމާގެ ހިތަށް އެރިއެވެ.

"
ބުނެބަލަ.........ދިލްމާ ކީކޭ ބުނަނީ މިކަމާ.....މިހާރު ވަރަށްދުވަހު އިންތިޒާރުކޮށްފިން." ހުސެން ބޭނުންވަނީ ދިލްމާގެ އަނގައިން އެކަމާއިބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނުމަށެވެ.

******* (ނުނިމޭ) *********





ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-04-23 22:17:40 | Report this Comment
ތެންކްސް އެހާ އަވަހަށް ގެނެސް ދިނީމަ.........އަޅޭ އެކަމަކު ހާދަހާ ކުރޭ........މިލިއަން ލަވްސް އެންޑް ހަގްސް.......އަނެއްބައި ވ އަވަހަށް އަޕް ވާނެ ކަމަށްް ހޯޕްކުރަން... ޓޭކް ކެއަރ
http://www.muraasil.com/images/reportAbuseIcon.gif
ލައީ: ހެހެހެ މީ އަށް ދޯ ފުރއތަމަ ކޮމެންޓް ކުރެވުނީ.... ސޯ ހެޕީ.. ހިޔެއް ނުކުރަން ވިއްޔަ ފުރަތަމަ ކޮމެންޓް ކުރެވޭ ފަރާތަށް ވާނެކަމަކަށް..... ބަޓް އަބަދުވެސް ބޭނުންވޭ އެގޮތް..... ދެން މި އޮތީ ވެފަ ތާދޯ އެކަންވެސް.... ސޮފާ އެ ހުސެން ރަމީޒަކީ ޒިޔާދުގެ އެ ފްރެންޑް ދޯ... މި ބުނީ މާ މޮޅު އައިޑިއާ ދޭ ފްރެންޑެއް ހުރެއެއްނު ޒިޔާދުގެ... އޭނަ ދޯ އެއަކީ..... އޭނަވެސް އަނެއްކާ ޒިޔާދުގެ ގޮތްތަ ގެންގުޅެނީ.... އިފް ސޯ ވ ވ ވ ކަޑަ އިނގޭ.... އޭރުން ދިލް އަށްވެސް ލަނޑެއް ލިބިދާނެ އެއްނު؟ ސޮފާ އެހެން ނުހަދައްޗޭ އިނގޭ..... ހެހެ އޭނަ ދިލް އަށް ޒިޔާދުގެ "ގޮތްގނޑު" ކިޔާދޭނީ ދޯ..... ހެހެ އޭރުން ވ ނައިސް ވާނެ...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gif: އެހެން ވާނެތަ! ކުރީ ބައެއްގަ އޮތް ހަނދާނެއްވޭ ރަމީޒުގެ ދަރިފުޅު ބަލިވެގެން އަންހެނުންނާއެކު ހޮސްޕިޓަލް އުޅުނު ވާހަކަ. އެހެންވީމަ، މި ހުސެން ވެދާނެތަ ޒިޔާދުގެ ފްރެންޑް ރަމީޒަށް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ލައީ........ލައީއަށް ފުރަތަމަ ކޮމެންޓް ތިކުރެވުނީ. ދެން ލައީއަށް ބުނަން ބޭނުންވަނީ މި ހުސެން ރަމީޒް އަކީ ކާކުކަން އެނގޭނެ ކުރިއަށް ހުރި ބައިތަކުން އިނގޭ. ސޮފާ ޔަގީންކަން ދެން.....ތިބުނާހާ ކަޑަ ގޮތެއް ނުވާނެ.
http://www.muraasil.com/images/reportAbuseIcon.gif
އިންތި: އަސްލުވެސް އެއީ އެ ރަމީޒްގަނޑުތަ؟ ފޫއްސެއް..
http://www.muraasil.com/images/reportAbuseIcon.gif
ލައީ: ސޮފް ލައީއަށް މިބައި ނައިސް ކަމުން ކިޔުނު އަދަދެއްވެސް ނޭނގެ... ދިލް އާ ހުސެން ގެ ކޮންވަޒޭޝަން ހާއްސަކޮށް..... ބަޓް ކޮންމެދުވަހަކުވެސް އެތައްފަހަރެއްގަ މި ވާހަކަ އަޕްވެފަ އިންތޯ ބަލަން މުރާސިލް އަށް ވަންނަން.......އަޅެ އަޅެ ދެން ކޮންދުވަހަކުން އަޕް ވާނީ......... މިސް ޔޫޫޫ
http://www.muraasil.com/images/reportAbuseIcon.gif
މނކ: ހާދަ ލަހޭ އަޕްޑޭޓް. ކޮންއިރަކުންތަ އަނެއްބައި.......؟؟؟؟؟؟؟؟؟؟؟؟

http://www.muraasil.com/images/comment_reply.pngPosted on 2011-04-23 22:18:55 | Report this Comment
ފުރަތަމަ ކޮމެންޓް ކުރާ މީހާއަށް ވާނެ ކަމުގެ ފޮނި އުންމީދުގައި......ހެހެހެ.. ތިކުރާ ހިއްވަރަށް ހަމަ ސާބަސްދެން ކަނބުލޮޔަށް:) ޓޭކް ކެއަރ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ............ޝައިރު އަށް ތި ލިބުނީ ދެވަނަ. އެންމެ ފުރަތަމަ ކޮމެންޓް ކުރީ ލައީ. ޝުކުރިއްޔާ ޝާއިރު.

http://www.muraasil.com/images/comment_reply.pngPosted on 2011-04-23 22:36:17 | Report this Comment
ސޮފާ، މިބައިވެސް ވަރަށް ރީތި އިނގޭ. ތި ކުރާ ހިތްވަރަށްހަމަ ސާބަސް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޒާމް..........ޝުކުރިއްޔާ....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-23 22:36:24 | Report this Comment
ވަރަށް ރީތި.. ސޮފް ގެ ވާހަކައިގެ ކޮންމެ ބަޔެއްވެސް ވަރަށް ރީތި ހަމަ.. މި ބައި ނިމުނުއިރުވެސް ނޭގުނު ނިމުން ކަމެއް ވެސް.. އެހާވެސް ކިޔާހިތުން ހުއްޓާ މިނިމުނީ.. ހިތައް އަރަނީ ދިލް ގެ އާންސަރ މިހާރު.. ރިއު އަށް ހީވަނީ ދިލް ޔޭސް ބުނާނެހެން.. ދެން ހުސޭން ގެ ފަރާތުން ޒިޔާދު ގެ ކަންތައް ވެސް ކޮނޮމެސް ގޮތަކައް ދިލް އަށް އިނގޭނެހެން.. ހެހެހެ.. ދެން ޔޫނޯ ބެސްޓް ދޯ ސޮފް.. ހެހެ. ޔޫޓޭކް ކެއަރ ސްވީޓް ސޮފް..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ ރިއު..........އެއްބަޔަށްވުރެ އަނެއް ބައެއް ރީތި ކުރެވޭތޯ ސޮފާ ވަރަށް މަސައްކަތްކުރަމޭ އިނގޭ. ސޮފާ ނުބުނާނަން ދިލްގެ އާނސަރ އާއިބެހޭގޮތުން އެއްވެސް އެއްޗެއް. ކުރިއަށް ކިޔަމުން ދޭ އިނގޭ. ތޭންކސް އަ ލޮޓް އިނގެ ރިއު. ޓޭކް ކެއަރ ....

http://www.muraasil.com/images/comment_reply.pngPosted on 2011-04-23 22:38:21 | Report this Comment
އެންމެ ފުރަތަމަ ކޮމެންޓް ކުރެވޭތޯ ޓުރައި ކުރިން....އެކަމް ކޮންމެވެސް މައްސަލަޔެއް ދިމާވީ...ކޮންމެޔަކަސް ބުނެލާނީ ތިކުރއްވާ ހިއްވަރަށް ހަމަ ސާބަހޭ....ހެހެހެ

0 comments:

Post a Comment