FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 9 ވަނަ ބައި


ދަރިފުޅާ......މަންމައާއެކު އަންނަން ދަރިފުޅުވެސް ހަމްދުވެސް ތައްޔާރުވޭ. ޓިކެޓްގެ ކަންތައް ބައްޕަ ހުންނާނީ މިހާރު ހަމަޖައްސާފަ. އެއަރޕޯޓަށް ދިޔައީމަ ޓިކެޓް ލިބޭނެ. ޒާހިރުއަށް އެނގޭނެ ކަންތައް ކުރަންވާ ގޮތް." އާ ދުވަހަކަށް އިރު އަރަމުން އައިއިރު އޭޑީކޭ ގޯތިތެރޭގައި ހުރެ އިނާއަށް ގުޅާފައި ޚާލިދު އެ އެންގީ ޚާލިދުގެ އާއިލާ ހިތަދޫއިން މާލެއަށް އައުމަށެވެ.


އާއިލާ އެއްތަންވާންވީ ވަގުތު ޖެހުނީއެވެ. ޚާލިދާގެ ހާލު ދަށްވަމުން ދަށްވަމުންގޮސް އެންމެ ފަހުން ޑޮކްޓަރުން އުއްމީދު ކަނޑާލައިފިއެވެ. ވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ. އެކަމަކު ދުނިޔެމަތީގައި ތިބި އިންސާނުންނަށް ދެން އިތުރު އުއްމީދެއް ނެތެވެ. ޚާލިދާ އެދަނީ އެ ފުރާނައިގެ ފަހު ނޭވާ ގުނަމުންނެވެ.


އެދުވަހުގެ މެންދުރަށްވީއިރު ޚާލިދުގެ އާއިލާގެ ތިން މެމްބަރުން މާލެ އައިސް ޚާލިދާގެ އާއިލާ އާއި ގުޅިއްޖެއެވެ. ގޭތެރެއަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފް ހިމޭން ކަމެކެވެ. ސޯނިއާގެ ދޮށީ ދަރިފުޅު މާންގެ އަޑު ފިޔަވައި މާ ބޮޑު އަޑުތަކެއް ގޭތެރެއަކުން ނީވެއެވެ. އެގޭ މަންމަ ބަލިވީއްސުރެން ގޭތެރެއަށް ވެރިވެފައިވަނީ އެ ހިމޭންކަމެވެ.

ޚާލިދާ އާއި ޚާލިދުގެ އާއިލާގެ ހުރިހާ މެމްބަރުންނާއި ޚާލިދާގެ އާއިލާގެ އެންމެ ގާތް ދެތިންހަތަރު ރައްޓެއްސަކުވެސް އޭޑީކޭގެ ލޭބަރ ރޫމް ކުރިމަތިން އޮތް ގޯޅިގަނޑުގައި އަތުރާލާފައި ހުރި ގޮނޑިބަރީގައި އިށީނދެލައިގެން ތިއްބެވެ. މާގިނަ ވާހަކަތަކެއް އެކަކުވެސް ދައްކައެއް ނޫޅެއެވެ. ކޮންމެ މީހަކުވެސް ފިކުރުގައި ހިނގަމުން ދަނީ ޚާލިދާގެ ހާލަށްޓަކައި ކުރެވޭ ޚިޔާލުތަކެވެ.

ޚާލިދު އާއިއެކު ސުހެއިލްއާއި ޝީލާވެސް ތިބީ ގޮސް އައިސީޔޫ ކުރިމަތީގައެވެ. އެތެރެއިން އެއްޗެއް ބުނެފާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހަމަ ކޮންމެ އިރެއްގަވެސް އެއްޗެއް ބުނެފާނެ ކަމަށެވެ. ނަމަވެސް ހަމްދު ހުއްޓެވެ. ޝީލާމެން އައިފަހުން އަދި އިތުރު ބޮޑުގޮތްތަކެއް ވެގެންނެއް ނޫޅެއެވެ. މަޑުމަޑުން ނޭވާ ލަމުން ގެންދެއެވެ. އިތުރުއެއްވެސް ކަމެއް ގޯސްވާކަމަކަށް ޑޮކްޓަރުން ނުބުނުއްވައެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ހިމޭންކަމާއެކު އިނދެގެން ހިތާ ހިތާ ދުޢާ ކޮށްލަކޮށްލާ ތިބީއެވެ. ރަނގަޅުވާނެ ކަމުގެއުއްމީދުގައެވެ.

އެދުވަހުގެ ދަންވަރު ދޭއްޖަހާލިތަނާ އައިސީޔޫއިން ނިކުތް ޑޮކްޓަރަކު ސުހެއިލްއަށް ގޮވާލައްވާފައި ޚާލިދު ކޮބައިތޯ އެއްސެވިއެވެ. ބޭބެ މިވަގުތު ވީ ބޭރަށް ނުކުމެލާފައިކަމުގައި ސުހެއިލް ބުނުމުން އެތެރެއަށް ގެންދިޔައީ ސުހެއިލްއެވެ. އެތާގައި އެވަގުތު ތިބި އިނާ އާއި ސޯފިއާ އާއި ޝީލާގެ ހިތަށް ސިހުމެއް ލިބުނެވެ. އަނެއްކާ ވީ ކީއްބާއޭ އެކަކު އަނެކަކަށް ސުވާލު ނުކުރި ނަމަވެސް ކޮންމެ މީހަކަށްވެސް އަނެއްމީހާގެ ހިތުގައި އޮތީ އެ ސުވާލުކަން އެނގެއެވެ.

"ކަމެއް ގޯސްވީތަ. ކީކޯ ޑޮކްޓަރު ބުނީ؟" މާގިނައިރުތަކެއް ނުވެ ސުހެއިލް ނުކުތްތަން ފެނިގެން އަވަހަށް ތެދުވެގެން ގޮސް ސުހެއިލް ކައިރިއަށް ހުއްޓެމުން މިހެން އެހީ ޝީލާއެވެ.
"ނޭނގެ އެމީހުން ހަދާ އެއްޗެއް. ނޭވާވެސް ބަރާބަރަށްލެވޭތީއޭ ކިޔާފަ މެޝިނުންވެސް ވަކިކޮށްފި. އެހެންވެ ބޮޑުބެ އެ ހޯދީ. ކޮބާބޮޑުބެ. އެމީހުން ހަދާފާނެ ކޮންމެ އެއްޗެއްވެސް." އެތަނުން ނުކުތްއިރުވެސް ސުހެއިލް ހުރީ ހިތްހަމަ ނުޖެހިފައެވެ. ޝީލާއާއި ވާހަކަ ދައްކަންވެސް މަޑުކުރުމުގެ ބަދަލުގައި އަވަހަށް ހިނގައިގަތީ ޚާލިދު ހޯދާށެވެ.

"ބޮޑުބެ ނުދާނެ ދުރަކަށް. ގުޅާލަބަލަ ސުހެއިލް." ދިއުމުގެ ބަދަލުގައި އެގޮތް އަވަސް ވާނެ ކަމަށް ޝީލާ ހަނދާން ކޮށްދިނެވެ. ސުހެއިލްއަށްވެސް ވިސްނުނެވެ. އެބުނީ ތެދެކޭ ހީވާ ފަދައަކުން އަވަހަށް މޮބައިލް ނަގާ ޚާލިދުއަށް ގުޅަން ފެށިއެވެ. ގިނައިރުތަކެއް ނުވެއެވެ. ޚާލިދު އައިސް ފެނުނީ ސުހެއިލްކައިރިން ވީގޮތް އޮޅުންފިލުވާ ތަނެވެ.

"ބޮޑުބެ އަންނާނަން. މަޑުކޮށްލާ." އައިސީޔޫއަށް ވަނީ ޚާލިދު އެކަންޏެވެ. ސުހެއިލްއަށް ލިބިފައި ހުރި ހާސްކަން އަދިވެސް ނުފިލައެވެ. އެއްފަރާތަކަށް ގޮސް ހުއްޓިލައިގެން ހުރިއިރުވެސް އެ ޒުވާން މޫނުމަތިން ފެންނަނީ މަންމައަކަށްޓަކައި ފިރިހެން ދަރިއަކުގެ ހިތުގައި އަޅަމުންދާ ވޭނުގެ ސާފު ކުލަވަރެވެ.

"ސުހެއިލް އެބުނީ ތެދެއް. ދައްތަގެ ހާލު ރަނގަޅުވާން ފަށައިފި. ހަކުރުވެސް ރަނގަޅު. އެންމެ ފަހުން ކުރި ތިންޗެކްއަޕްގަވެސް އެއްވެސް މައްސަލައެއް ނެތް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ކަނބުލޮ ދެރަނުވޭ އިނގޭ." ހިނިތުންވުމާއެކު ޝީލާއާއި ވާހަކަ ދައްކަމުންދިޔައިރު ހަމަ ދާދި ކައިރީގައި ދެލޮލުން ފެން ނިރާލާފައި ސޯފިއާ އިންތަން ފެނިގެން ސޯފިއާގެ ބޮލުގަ ފިރުމަމުން ޚާލިދު ވިސްނައިދިނެވެ. އިނާ އިނީ އޭރުވެސް ސޯފިއާގެ އަތުގައި ހިފައިގެން ކަމުން، ސޯފިއާގެ ހިތަށް ކުރާ އަސަރު އިނާގެ އަތަށް ސޯފިއާ ލަމުން ދިޔަ ބާރުން އިނާއަށް އިހްސާސް ކުރެވުނެވެ.

އިނާއަށް އެނގެއެވެ. އޭނައާއެކު ކުޑައިރު ކުޅެންއުޅުނީއްސުރެންވެސް ސޯފިއާ އަކީ ވަރަށް ހިތްބަލި ކުއްޖެކެވެ. އޭނައަށްވުރެ އެއް އަހަރު ދޮށިވއެއް ކަމަކު ދިހަބާރަ އަހަރުވެސް ސޯފިއާގެ ހިތް ޅަ ވާނެއެވެ. އަދި ޚާއްޞަކޮށް ދައްތަ އެއްޗެއް ބުނެފިއްޔާ ސޯފިއާގެ ހިތުގައި ވަރަށް ޖެހޭނެއެވެ. އެއިން ކޮންމެ ދަނޑިވަޅެއްގައިވެސް ސޯފިއާ އައިސް އިންނާނީ އޭނަ ކައިރީގައެވެ. މިހާރުވެސް ހަމަ އެ ގޮތެވެ. ދައްތައަށް ކަމެއްވެއްޖިއްޔާ އެންމެ ގަދައަށް ރޯނީވެސް އަބަދުވެސް ސޯފިއާއެވެ. ދެރަނުވާށޭ ބައްޕަ ކިތަންމެ ގިނައިން ބުނުއްވިއެއްކަމަކު ސޯފިއާގެ ހިތަށް ކުރާ އަސަރު އެންމެ ރަނގަޅަށް އެނގޭނީ އިނާއަށެވެ. އެހެންވެ ކުރިއަށްވުރެވެސް ބާރަށް ސޯފިއާގެ އަތްތިލައަށް އިނާ ބާރުކޮށްލިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ.

** ** ** ** ** ** ** ** **

ޚާލިދު އާއި ޚާލިދާގެ އާއިލާއަށްވެސް އައީ އިމްތިހާނެކެވެ. 
ޚާލިދާގެ ހާލު ދެރަވެގެން ހޭދަވީ އެއްފަތިހުން އަނެއް ފަތިހަށް ހޭދަވިހާ ވަގުތެކެވެ. ދެވަނަ ފަތިހަށް އިރު އަރައިގެން އައިއިރު ޚާލިދާގެ ހާލު ރަނގަޅުވާން ފަށައިފިއެވެ. ހަމްދުކުރުން ނޫން ކަމެއް އެބައޮތްހެއްޔެވެ؟ އިއްޔެ ފަތިހު މަރަށް ހާޟިރުވެފައިވާ އިންސާނަކު އޭނައަށް ހޭހަން ކުރަން ތިބި ޑޮކްޓަރުންނަށްވެސް ހައިރާންކަން ގެނެސްދިނީ ރަނގަޅު ހާލަކާއިގެން އެމީހުންނަށް ގޮވާލުމުންނެވެ.

އާނއެކެވެ. ޚާލިދާގެ ހާލު ކުރީރޭ ދަންވަރު ރަނގަޅުވާން ފެށިގޮތަށް އެރޭ ފަތިސްވީއިރު އާދަޔާ ޚިލާފަށް ވަނީ ރަނގަޅު ވެފައެވެ. އިހަށްރޭއްސުރެން ހާލުދެރަވި މީހެކޭވެސް ހީނުވާވަރަށް ރަނގަޅުވެއްޖެއެވެ. މާތްކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެއޭ މިވަގުތު ހިތަށް ނައަރައިފި އެއްވެސް މީހަކު ޝުކުރު ވެރިވާ މީހުންގެ ތެރެއަކުން ނުހިމެނޭނެއެވެ.

ހެނދުނު ހައެއް ޖެހިއިރު ފަހަރަކު ކުއްޖަކު ޚާލިދާ ދުށުމަށް އައިސީޔޫއަށް ވަންނަމުން ދިޔައެވެ. އެތަނުގައިނެތީ ހަމްދުއާއި ސޯނިޔާ އާއި ސޯނިޔާގެ ދެ ކުދިންނެވެ. އެ އާއިލާގެ އެހެން އެންމެން އެތާގައި ތިއްބެވެ. ކޮންމެ މީހަކުވެސް ނުކުންނަނީ ފެންކަޅިވެފައިވާ ލޮލަކާއެކުގައެވެ. ހިތާމައާއި އުފާ އެކުލެވޭ ކަރުނަތަކަކާއެކުގައެވެ. ހިތާމަ އަކަށްވީ މަންމަގެ ހާލުދަށަށް ދިޔަ ގޮތުން ދެން މަންމަ ނުފެންނާނެކަމަށް ހީކުރެވުނީތީއެވެ. އޭރު މަންމަގެ ހާލު ހުރި ގޮތް ހަނދާން ވުމުންނެވެ. އުފާ ކުރަނީ އެ ލެއްވި ހެޔޮ ރަހްމަތަށްޓަކައެވެ. އަނެއްކާވެސް އެމީހުންގެ މަންމަ އެމީހުންނަށް އަނބުރާ ލިބުމުންނެވެ. އެއިން ކޮންމެ ކުއްޖަކަށްޓަކައިވެސް ޚާލިދާއަކީ މި ދުނިޔޭގައިވާ ހުރިހާ މަންމައިންގެ ތެރެއިން އެންމެ ރަނގަޅު މަންމައެވެ.

** ** ** ** ** ** ** ** **

ދެދުވަހެއް ފަހެވެ. ޚާލިދާ ކޮޓަރިއަށް ދޫކޮށްލައިފިއެވެ. ހިނގާ ބިނގާވެ އުޅުމުގެ ހިތްވަރު ނުލިބުނު ނަމަވެސް އެތިކޮޅު ކައި އުޅެލެވޭވަރު ވެއެވެ. ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއަކަށް ޚާލިދާ ވީތީ ކަންނޭނގެއެވެ. ދޭ ކޮންމެ އެއްޗެއްވެސް ހިތްވަރުކޮށްފައި ކައިބޮއި ހެދޭތޯ ބަލައެވެ. 
"މަންމާ....މަންމާ...." ދެންމެ އައިސް ވަން ސޯފިޔާ މަންމަގެ އަތްތިލައިގައި ފިރުމަމުން މަޑުމަޑުން ގޮވާލިއެވެ. ނިދިފައި އޮތަސްވެސް މަންމައާއި ވާހަކަ ނުދައްކައެއް ސޯފިޔާނީންނާނެއެވެ. ފެނުމާއެކު ގޮވާލާ ފިރުމާލާ ހަދާނެއެވެ. ހިތުގައި އުފެދިފައި ހުންނަ ބިރެއްގެ ސަބަބުން ކޮންމެ ހިނދުކޮޅެއްގައިވެސް މަންމަ ގެއްލިދާނެއޭ ހީވާލެއް ބޮޑުކަމުންނެވެ.

"ދަރިފުޅާ...." ލޯހުޅުވާލާފައި ސޯފިޔާގެ ޚާލިދާ ޖަވާބުދިނެވެ. 
"މަންމަ އަށް ނިދޭ ދޯ ކުޑަކޮށް މިހާރު" ޚާލިދާގެ މަގަތުން ހުރި ގޮނޑިއެއްގައި އިށީނދެ މަންމަގެ މުޅިން ހުދު އިސްތަށިގަނޑު ރީތިކޮށްލަދެމުން ސޯފިޔާ ވާހަކަ ދެއްކިއެވެ.

"މަންމައަށް ހީވަނީ އެހެން. ކިހާއިރެއްވީ އަނެއްކާ؟" ސޯފިޔާގެ މައުސޫމް ކަމުން ހިނިތުންވެލަމުން ޚާލިދާ އަހާލިއެވެ.
"އަދިކިރިޔާ ދިހައެއް ޖެހީ. މަންމަ އެއްޗެއް ކާންވީނު؟ ކޯޗެއް މިރޭ މަންމަ ކާނީ؟" ޚާލިދާގެ ސުވާލަށް ޖަވާބު ދެމުން ސޯފިޔާވެސް އަހާލިއެވެ.
"ކޮބާ ބޮޑުބެ.....ދިޔައީތަ؟" އޮތްފަރާތްނޫން އަނެއްފަރާތަށް މަޑުމަޑުން އެނބުރިލަމުން ޚާލިދާ ބަލާލީ ޚާލިދު ފެނޭތޯއެވެ.
"ޝީލާއްތަ ގަދަކަމުން ބޮޑުބެ ގެންދިޔައީ ކާން ގެއަށް. އަންނާނަމޯ ބުނި އެކަމަކު އަދި މިރޭ." ފެންފުޅިން ފެންފޮދެއް ތައްޓަށް އަޅަމުން ސޯފިޔާ ބުނެދިނެވެ.

"ދަރިފުޅު މިރޭވެސް ހުންނަން ދޯ ތިއައީ. ކީއްކުރަން ކޮންމެ ރެއަކު ހުންނަނީ. އިނާ ހުރިއްޔާ ދަރިފުޅުނެތަސް ރަނގަޅުވާނެޔޭ. އެއީ ނަރުހެކޭ. އިރާދަކުރެއްވީތީ މިހާރު މަންމަ އެހާ ބައްޔެއްވެސް ނޫނެއްނު؟" ފެންތަށި ތުމުގައި ޖެއްސުމުގެ ކުރިން ޚާލިދާ ސޯފިޔާއަށް ބުންޏެވެ.
"ދެން ނޫނޭ މަންމާ. ސޯފީ ހުންނަން ބޭނުން ކޮންމެ ރެއަކުވެސް. ވާނެނަނަމ ކޮންމެ ދުވަހަކުވެސް ހުންނާނަން." ގޭގައި އެންމެންވެސް ލޯބިން ސޯފިޔާއަށް ކިޔާ ނަމަކީ ސޯފިޔާ ކުޑައިރު އޭނަގެ އަމިއްލަ ކުޑަކުޑަ ހަށިގަނޑުގައި އަތްޖައްސާފައި މީހުންނަށް ބުނެދިން ނަމެވެ. އެ ނަން ބޭނުންކޮށްގެން އެގޮތަށް ވާހަކަ ދައްކަނީ މަދުފަހަރެއްގައި ކަމުގައި ވިޔަސް މަންމަ އާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސޯފިޔާ ދައްކާ ގޮތަކީ އެއީއެވެ.

"ސޯފީއަށް އެނގެޔޭ. މަންމަ ތިއުޅެނީ އިނާ އެކަނި ބޭނުންވެގެން. އިނާ ހުރިއްޔާ މަންމަ އުފާވާނެކަން އެނގެޔޭ. އެކަން އެނގޭތީ ސޯފީވެސް މިހަމަ ކޮންމެ ރެއަކު އިނާ ގެންނަނީ. ހެހެހެހ....އެކަމަކު މަންމަ ސޯފީ ފޮނުވާލައިގެން ނުވާނެ." މަންމަ ކައިރީ ގޮނީގައި އިށީނދެފައި މަންމަގެ އަތްތިލަ ގެނެސް އަމިއްލަ ކޮލުގައި ޖައްސައިގެން އިނދެ ސޯފިޔާ ލޯތްބާއެކު ވާހަކަ ދެއްކިއެވެ. ލޮލުން ކަރުނަ ހިލިފައިހުރިތަން ޚާލިދާއަށް ފެނުނެވެ. އެހެންވެ އިތުރު އެއްޗެއް ނުބުނެ އެ ބަސްއަހާ ހަގު ދަރިފުޅުގެ މޫނުގައި ފިރުމާލިއެވެ. ސޯފިޔާއަށް ކެތްނުކުރެވިގެން ބަލިއެނދުގައި އޮތް މަންމަގެ ހަށިގަނޑުގައި ބައްދާލިއެވެ. މަންމަގެ ބަލިހާލު މީގެ ދެދުވަހެއް ކުރިން ހުރި ގޮތުން ސޯފިޔާގެ ހިތުގައި ހިނގި ބިރުވެރިކަމުން ސަލާމަތްވެ އޭނައަށް އޭނަގެ މަންމަ އަނެއްކާވެސް ލިބުނީތީވެ ސޯފިއާއަށް ހަމަ ނުހުރެވުނީއެވެ.

"މަންމަ ގެއްލުނީ ކަމަށް ހީކޮށް ވަރަށް ރޮވުނު." މަންމަގެ ގައިގައި ބާރަށް ބައްދައިގެން އޮވެ ކަރުނައިގެ ތެރެއިން ސޯފިޔާ ބުނެލިއެވެ. ހަގީގަތުގަވެސް ސޯފިޔާއަށް އެކަމުގެ އަސަރު ވަރަށް ފުންކޮށް ކުރިއެވެ. 

"މަންމައަށް އެނގޭ. އެކަމަކު ދެން ނުރޮއި. މިހާރު މަންމަ ރަނގަޅެއްނު. ދަރިފުޅު މިހާރަކަށް އައިސް މާ ހިކެނީވެސް އަބަދު ރޯތީހެން މަންމައަށް ހީވަނީ." ލުއި ހީލުމަކާއެކު ވަރަށް ލޯބިން ސޯފިޔާގެ ބޮލުގައި ފިރުމަމުން ޚާލިދާ އޭނަގެ ވަރުދެރަ އަޑުން ވާހަކަ ދެއްކިއެވެ. އޭނަގެ ހަގު ދަރިފުޅާއި އޭނައާއި ދޭތެރޭގައި އުފެދިފައިވާ އާދަޔާއި ޚިލާފު ލޯތްބަކީ އަބަދުވެސް އެންމެ ދަތި ހާލުގައިވެސް އޭނަގެ ހިތަށް ފިނިކަން ގެނެސްދޭ ކަމެކެވެ. ގަދަކަމުން ސޯފިއާ ދުރަށް ނުލެވެނީ އެހެންވެގެންނެވެ. ލޯތްބާއި އޯގާތެރިކަމަކީ ޚާލިދާއަށް އަބަދުވެސް ލިބުން އެދެވޭ އެއްޗެކެވެ. އެ އޯގާތެރިކަމާއި ލޯބި އެއްވެސް ޝަރުޠަކާ ނުލާ އޭނައަށް ދޭން ތިބިހާވެސް ބަޔަކީ މިހާރު އެ ކުދިންނެވެ. އޭގެ ތެރެއިންވެސް ސޯފިއާ އަކީ ޚާއްޞަ ކުއްޖެކެވެ.

"ސޯފީ....!!" ދެމައިންގެ ކަރުނައިގެ ތެރެއިން އަޑު އިވުނީ ސޯނިޔާގެ އަޑެވެ. ސޯފިއާވެސް ލޯފޮހެމުން ތެދުވެ ބަލާލިއެވެ. ސޯނިއާ އާއި ރީހާން ތިބީ ހައިރާންވެފައެވެ. މަންމައަށް އަނެއްކާ ކަމެއްވީބާއޭ ހީކޮށެވެ.

"މަންމަގެ ބޭބީ މިއީ....ހެހެހެހެ....ރީހާންވެސް އެބައުޅެމުދޯ؟ ދަރިފުޅު ވެސް އައީމަ ކުދިން ކައިރީ ކާކު ހުރީ؟" ސޯފިއާގެ ބޮލުގައި ފިރުމަމުން ރީހާންއަށް މުޚާޠަބްކޮށް ޚާލިދާ އަހާލިއެވެ. ރީހާންވެސް މަންމަގެ ބޯލާކޮޅަށް އައިސް ކައިރި ވެލިއެވެ.
"އިނާ އެބައިން. އަހަރެމެން ދިޔައީމަ އަންނާނެ އިނާ." ރީހާންގެ ބަދަލުގައި މަންމައަށް ޖަވާބުދިނީ ސޯނިއާއެވެ.
"ހިނގާ ކާން ދޯ މަންމާ...." ސޯނިއާގެ ވާހަކަ ނިމުމުން ސޯފިއާ މަންމަ ކުރެން އަހާލިއެވެ.
"އަދިވެސް މަންމައަކަށް ކާން ނުދެންތަ؟ ކީއްތަ ތިކުރީ މިހުރިހާއިރު" ސޯފިއާ އާއި މި ސުވާލު ކުރީ ސޯނިއާއެވެ.
"ހެހެހހެެހ......އެއީ މައްސަލައެއް ނޫނޭ ދޯ ސޯފީ. މިހާރު ދެން ހަމަ ކާންވީނު." އަވަހަށް ސޯފިއާ ދިފާޢުކުރަމުން ޚާލިދާ ބުނެލިއެވެ.

ކެއުމުގެ ވަގުތު ހޭދަވެގެން ދިޔައީ އެކިއެކި ވާހަކަ ދެއްކުމުގައެވެ. ރީހާންވެސް އެ ވާހަކަތަކުގައި ބައިވެރިވެ މަންމައާއެކު ވަގުތުކޮޅެއް ހޭދަ ކުރިއެވެ. އެދެމަފިރިން ގެއަށް ދާން ނިކުތްއިރު ބާރަ ޖަހަނީއެވެ.
ޚާލިދާވެސް ފުން ނޭވާއެއް ލާފައި އޮށޯވެ ހަމަޖެހިލިއެވެ. ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. ކުދިންކޮޅާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުމުންނެވެ.

"މަންމަގެ އިނާ އަންނަން އުޅޭނެ މިހާރު." ހުރިހާ ކަމެއް ނިންމާލާފައި އައިސް އަނެއްކާވެސް މަންމަގެ ކައިރީ އިށީނދެލަމުން ސޯފިއާ ހަނދާން ކޮށްދިނެވެ.
"ދަރިފުޅު އަދިވެސް ހަސަދަވެރިވަނީތަ؟ " ސޯފިއާއާއި ދިމާލަށް ބަލާލަމުން ޚާލިދާ ސަމާސާ ކޮށްލިއެވެ. 
"އުނހޫ. ހަސަދަކީއްވެ ވާންވީ. ސޯފީއަށް އެނގޭ މަންމަ އެންމެ ލޯބިވަނީ ސޯފީ ދެކެކަން. " ފޮނިވެލާފައި ސޯފީ ވާހަކަ ދެއްކިއެވެ. ޚާލިދާ އިތުރު އެއްޗެއް ނުބުނެ ހީލީއެވެ. 

އޭނަގެ ދޮށީ އަންހެން ދަރިފުޅު ސޯނިއާއާއި ޚިލާފަށް ސޯފިއާ އަކީ އަބަދުވެސް ހިތް ހުޅުވާލައިގެން ވާހަކަ ދައްކާ ކުއްޖެއްކަން ޚާލިދާ ދަނެއެވެ. އަދި އޭނައާއި ދައްކަން ސޯފިއާ ޖެހިލުންވާ ވާހަކައެއް ނޯންނާނެއެވެ. އެހެންވެގެން ކަންނޭނގެއެވެ. ޚުދު އޭނައަށްވެސް ސޯފިއާއާއި ބޭއްވެނީ މާ ގާތްކަމެކެވެ. ބޭނުންކޮންމެ އެއްޗެއް އެ ދަރިފުޅާއި ދިމާލަށް އޭނައަށް ބުނެވެއެވެ. ބޭނުން ކޮންމެ ސަމާސާއެއްވެސް ކުރެވެއެވެ.

"އަސްލު ބުނެބަލަ މަންމާ.....މަންމަ ކީއްވެ އިނާދެކެ އެހާ ލޯބިވަނީ. މިބުނީ ސޯފީއަށްވުރެ ބޮޑަށް ނުވެވޭނެކަން އެނގޭ. އެކަމަކުވެސް މަންމައަށް އިނާ އެހާ ޚާއްޞަ ވަނީ ކީއްވެ؟" ސޯފިއާ އެކޮށްލީ އަބަދުވެސް އޭނަ ކުރާ ބޮޑު ސުވާލެވެ. މިހާތަނަށް ޖަވާބެއް ލިބިފައި ނެތް ބޮޑު ސުވާލެވެ.

"ދަރިފުޅު ދައްކާ މޮޔަވާހަކަ. އިނާ އަކީވެސް ހަމަ މަންމަގެ ދަރިއެއްކަހަލަ ކުއްޖެއްނު؟" ސޯފިއާ އެ ކުރި ސުވާލުގެ ސަބަބުން ސިހިފައި ސޯފިއާ އާއި ދިމާލަށް ބަލާލެވުނު ނަމަވެސް ސޯފިއާގެ އެ ސުވާލަށް ޚާލިދާ ދިނީ ހަމަޖެހޭ ޖަވާބެކެވެ.

"މަންމައަށް އިނާ އަކީ ދަރިއެއް "ކަހަލަ" ކުއްޖަކަށް ވިޔަސް އިނާއަށްޓަކައި އަދިވެސް ތިއީ އޭނަގެ މަންމަ. މަންމައަށް އެނގޭ ދޯ އެކަން. " ޝައުގުވެރިކަމާއެކު ސޯފިއާ ވާހަކަ ދައްކަމުން ދިޔައެވެ.
"ހޫމް. މަންމައަށް އެނގޭ." ޚާލިދާ ދިނީ ކުރު ޖަވާބެކެވެ. ހަނދާނަށް އަންނަން ފެށީ ދިޔައީ އިނާގެ ޅަ ދުވަސްތަކެވެ.

"ޝީލާއްތަ އާއި ބޮޑުބެ އަކީ އިނާގެ އަސްލު މަންމައާއި ބައްޕަ ނޫންކަން އިނާއަށް އެނގުނު ދުވަހު.....މަންމަ ހަނދާން އެބަހުރިތަ އެ ދުވަސް....ސޯފީ ހިއެއްނުކުރަން އިނާ ދުވަހަކުވެސް ދެން ރަނގަޅުވާނެއެކޭ." ޚާލިދާއެކޭ އެއްފަދައިން ސޯފިއާގެ ޚިޔާލަށްވެސް މާޒީގެ ކަންތައްތައް އަންނަން ފެށިއެވެ. އެ ވާހަކަ ދެއްކުނީވެސް ޚިޔާލުގެ ތެރޭގައި އިނދެގެންނެވެ.

ޚާލިދާ މިފަހަރުވެސް ދިން ޖަވާބަކީ ހޫމް އެކެވެ. ބުނާނީވެސް ކީކޭހެއްޔެވެ. އޭނަގެ ހަނދާނުން އެ ދުވަސްތައް ދުވަހަކުވެސް ދާނެހެން ހިއެއް ނުވެއެވެ. 
ޚާލިދާއަށްވެސް އަދި ސޯފިއާއަށްވެސް ވިސްނާލެވުނީ އިނާއާއި ދޭތެރޭގައެވެ.

*******(ނުނިމޭ)********


http://www.muraasil.com/images/loading.gif
http://www.muraasil.com/images/comment_reply.pngPosted on 2010-12-28 09:51:51 | Report this Comment
އައިން.. މިހާރު ކިހިނެތް މިވީ؟... އެކަމަކުވެސް ވަރަށް ރީތި..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނިޒޫ
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 11:00:52 | Report this Comment
ތިބައި އެހެން ވާހަކައެއްގަ ގެނެސްދީފަ އަނެއްބައި ގެނެސްދީބާ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޭރުން ކިހިނެއް ވާނީ؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 11:24:09 | Report this Comment
އޯ ނަވީން އަކީ އަނެއްކާ އިނާގެ ބޭބެ ނޫންބާ . ވަރަށް ރީތި ވާހަކަ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެންހަމަ އެހާ ޓިޕިކަލް ވެދާނެތަ.؟ ނުވާނެ އިނގޭ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 13:23:25 | Report this Comment
ހެހެ! މިވަނީ ކިހިނެއް މިހާރު؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލަމާ ދޯ ވާ ގޮތް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 13:49:19 | Report this Comment
އޯވް. ކިހިނެތް މިވީ؟؟؟ އަނެއްކާ ނަވީންއާއި މިއާއިލާއާއި ގުޅުމެއް ނެތްބާ؟؟؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހިނގާ ބަލަމާ ދޯ........
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 14:50:10 | Report this Comment
ހޮސްޕިޓަލްގެ ސީން މާބޮޑަށް ދިގު ކަމަށްފެނޭ....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެހެން ހީވަނީ އަސްލު އެހެން ދެވަނަ ހާދިސާއެއް މިބައިގައި ގެނެސް ނުދެވި ވާތީހެން. ދެން އަންނަ ބައެއް ތިކުދިން ޝައުގުވެރިވާ ގޮތަކަށް ގެނެސްދެވޭތޯ ބަލާނަން.
http://www.muraasil.com/images/reportAbuseIcon.gif
އިންތިޒާރު ކުރާ ކުއްޖާ: އަދިވެސް ތިބައި ނާދޭ !! :(
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 15:08:29 | Report this Comment
ވަރަށް އިންޓްރެސްޓިންގ.......ސަޅި...އުއްމީދުކުރަން ދެން އޮތް ބައިވެސް އަވަހަށް ފެންނާނެކަމަށް..އޯލް ދަ ބެސްޓް... (:
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތުން.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 16:20:45 | Report this Comment
މިހާރު ބިރު ހީވާން ފަށައިފި...ނަވީން ބޭބެއަށް ނަހަދައި ފަރުޖައްސާތި އިނގޭ :) އެ ނޫނީ ވާހަކަ ހަޑިވެދާނެ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ެހެހެހެހ..........ވާހަކަ ހަޑިނުވާނެހެން ސޮފާއަށް ހީވަނީ. ގެނެސްދެވޭލެއް ލަސްކަމުން ޓަޗް ގެއްލެނީކަމަށް ތި ވާނީ.
http://www.muraasil.com/images/reportAbuseIcon.gif
ނިޒޫ: ސޮފާއަށް އެކަން އިނގޭއިރު ކީއްވެ އަވަހަށް ނެގެނެސްދެނީ.. ތަންކޮޅެއް އަވަސްކުރައްޗޭ ޕްލީޒް..
http://www.muraasil.com/images/reportAbuseIcon.gif
ޝައްޖު: hadi nuraathi ingey..dhen oiy bai wes awahha genesdhecchey..mihaa hiyy thalhuwaa kahala thankolhakah nimaaleema maa awahah genesdheynwaaneh nu dho
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 16:30:59 | Report this Comment
މި ވާހަކަ ހަޑި ކޮށްލަންތަ ތިއުޅެނީ ފަތިސްތަރި...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އުނހޫހުުުުުުުުުުުުުުުުު........އެހެން ނަހަދާނަން އިނގޭ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 16:49:58 | Report this Comment
އަސްލު ބުނަން....ވާހަކަ ހަޑިއެއްވެސް ނުވާނެ...އަދި އެހާ އާއްމު ކަންތަކެއްވެސް ނުހިނގާނެ ވާހަކައަކު. އެކަމަކު އެހެން ތިހީވަނީ ސޮފާއަށް މި ވާހަކަގެނެސްދެވެލެއް ލަސްކަމުން ދޯ؟ ވެދާނެ އެހެން. ގަބޫލުކުރަން.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 17:33:55 | Report this Comment
މިވާހަކަ ރީތި.. އެކަމަކު މިބައި ވަރަށް ކަމުނުދޭ.. ހީވަނި ވާހަކަ ދިގުކޮށްލަން ހިމަނާފައިވާ ބައެއް ހެން.. ވާހަކައިގެ އަސްލު މައްސަލަ އަށް ފޯކަސް ކޮށްފަ އިން ނަމަ ރީތިވީސް.. ސޮފާ ގެ ކުރީގެ ވާހަކަ އިން ވެސް މިކަހަލަ ބައި ބައި ފާހަގަވި.. އެކަންކަން ފާހަގަ ކޮްށްފައިވާ ކޮމެންޓް ތަކަށް ސޮފާ ރިޕްލައި ކޮށްފައިވަނީ ވަރަށް ނެގެޓިވް ކޮށް،، ފާޑު ކިޔުން ބަލައި ގަންނަން ދަތިވަނީ ކަންނެނގެ ގިނަ މީހުން ނަށް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަވާގެ މި ކޮމެންޓްވެސް އަދި މީގައި މި ބުނާ އެއްޗެއްވެސް އުފަލާއެކު ގަބޫލުކުރަން. ސޮފާ މަސައްކަތް ކުރާނަން ރަނގަޅު ކުރެވޭތޯ އެބައިތައް.
http://www.muraasil.com/images/reportAbuseIcon.gif
ނަވާ: ތޭންކްސް.. އެކި މީހުންގެ ހިޔާލު ތަފާތުވާނެ ދޯ؟؟ ސޮފާ އަށް އެނގޭނީ ސޮފާގެ ވާހަކަ ދިގު ކުރާނެ ގޮތެއް.. ނަވާ މި ފާޅު ކުރީ ނަވާގެ ހިޔާލު.. މިކަހަލަ ރީތި ވާހަކަ އެއް ގެނެސްދޭތީ ތޭންކް.. ދެން ތަން ކޮޅެއް އަވަސް އަވަހަށް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން..
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 19:01:11 | Report this Comment
ކީއްވެ ނަވީން އިނާގެ ބޭބެއަކަށް ވާންވީ. ކީއްވެ ނަވީންގެ ނަންވެސް ނެތް އިރު އެހެން ވިސްނަންވީ. ކީއްވެ ހުސް ރީތި ހުންނަންވީ. ކީއްވެ އިނާގެ ފެށުން ، އިނާގެ އަސްލު ވާހަކައިގެ އަސްލަށް ނުވާންވީ. ކީއްވެ ދިގު ވާހަކައެއް ކުރުވާހަކައަކަށް ހަދަންވީ. ކީއްވެ ދެން އޮތްބައި ކިޔާ ހިތުން ކެތް ނުވަނީއޭ ބުނަން ނުކެރެނީ؟؟ ކީއްވެ.....؟؟؟ ކީއްވެ ކޮންމެދުވަހަކު ވާރޭ ނުވެހެނީ؟؟؟؟؟؟؟
http://www.muraasil.com/images/reportAbuseIcon.gif
ކަލާ: އެހެނޭ އެބުނަނީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާވެސް ހިތަށް އަރަނީ ތިހެން. އެކަމަކު ކިއުންތެރިންނަށް ދޯ ބޮޑަށް އެނގޭނީ ފާޑުކިޔާން. އެހެންވެ ހައްތާވެސް......
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 19:56:17 | Report this Comment
މިހާރު ކިހިނެއް މިވީ. ވަރަށް އިންޓްރެސްޓިންގ ހިސާބަކަށް ނިންމާލީ. ބައެއްފަހަރު ވާހަކައިގަ ކުށްހުރޭދޯ. ދޭންވީނު އަހަރެން ކަރެކްޝަންހަދާދޭނަން، ވާހަކައެއްކޮން އޭރުން ކިހާފަސޭހަވާނެ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ...........ނެތިން އިނގޭ އެއްޗެއް ބުނާކަށް. ޝުކުރިއްޔާ އެކަމަކުވެސް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 19:59:06 | Report this Comment
ވަރަށް ވަރަށް އިންޓްރެސްޓިންގ މިހާރު.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ......މަގޭ ފްރެންޑާ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 20:16:40 | Report this Comment
ހެއި ސޮފާ، ހައު ޔޫ؟ ވާހަކަ ވ ރީތި، ފަޒޫ މި އައީ ލީވް އެއްގަ އުޅެފައޭ، ވާހަކަ އެއްކޮއްކިޔާލިން، ވވވވ ނައިސް، އަދި މިހާރު މާ އިންޓްރްސެޓް.ތޭންކްސް ސޮފާ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހޭއި ފަޒޫ.......އިޓްސްބީން ކުއައިޓް އެ ވައިލް....ވެއަރ ހޭވް ޔޫ ބީން. ެހެހހެހެ....ނައިސް ޓު ސީ ޔޫ ބެކް. ހީކުރަން ފަޒޫއަށްވެސް ކަމުދާ ވާހަކައަކަށް މި ވާހަކަވެސް ވާނެ ކަމަށް. ތޭންކސް އިނގޭ.
http://www.muraasil.com/images/reportAbuseIcon.gif
ޟީނާ: އަޅެ ކޮބާތަ ؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 21:06:36 | Report this Comment
އޯ ކޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެންކްޔޫ ޝައިނާ
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-28 22:03:42 | Report this Comment
ހައް!ހައް! ހީހީ ހަލާކު. މިހިރަ އުޅޭ 'ކީއްވެ؟؟؟' އެއް ދޯ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެކަމަކު އެއީ ރަނގަޅަށްހެން ސޮފާއަށް ހީވަނީ އެ ކީއްވެ ބުނެފައި އެހެރީ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-29 02:18:06 | Report this Comment
ވ ސަޅި.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-29 14:51:19 | Report this Comment
އަވަހަށް އަޕްލޯޑް ކޮށްދީ. ކިޔާހިތުން ކެއްމަދުވެފަ މިހިރީ.
http://www.muraasil.com/images/reportAbuseIcon.gif
އިންތިޒާާރުގައި ހުރި ކުއްޖާ: އަޅެ މިހިރީ ކެތްމަދުވެފަ!!!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2010-12-30 21:35:07 | Report this Comment
އަނެއް ބައި ކޮންއިރަކު ؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެބަ ގެނެސްދެން ވަރަށް އަވަހަށް.....!!!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-01 11:21:54 | Report this Comment
މިހާރު ހާދަ ލަސްވެޔޭ ވާހަކަ އަޕްލޯޑްވާލެއްދޯ؟ މިހެން ކަންތައްވަންޔާ ވާހަކަ ކިޔަން މީހުން ފޫހިވެދާނެ. ތަންކޮޅެއް އަވަހަށް އަޕްލޯޑް ކުރެވިދާނެތަ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލާނަން އަވަސް ކުރެވޭތޯ.........؟؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-01 12:16:16 | Report this Comment
ކޮންދުވަހަކުތަ އަނެއްބައި ގެނެސްދޭނީ؟؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އަވަހަށް އެބަ ބަލަން ގެނެސްދެވޭތޯ......!!!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-02 00:05:47 | Report this Comment
އަވަހަށް އަޕްލޯޑް ކޮށްދީ.ޕްލީޒްޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒޒ
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-03 11:37:12 | Report this Comment
ހާދަލަހޭ އަޕްލޯޑް ކުރާލެއް. މިހާރު ކިޔާހިތުން ދުވާލަކު އެތައް ފަހަރަކު ބަލާލެވޭ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-04 10:17:22 | Report this Comment
ވަރަށް ދިގު އިންތިޒާރަކަށް ފަހު އަނެއްކާވެސް މިވާހަކަ ކިޔާލަން މި ލިބުނީ.... ވ ވ ވ ވ ރީތި...... ވަރަށް ކިޔާ ހިތްވާ ކަހަލަ ގޮތަކަށް ގެނެސް ދީފަ މިއޮތީ.... ޓްވިސްޓް އާފްޓާރ ޓްވިސްޓް...... ވަރަށް ކިޔާ ހިތުން މިހިރީ...... އަޅެ ޕްލީޒް ނަވީނަށް އިނާ ދެއްޗޭ..... އަނެއްކާ ކޮބާތަ ނަވީން.... ކޮން އިރަކުންތަ ނަވީންގެ ހާލު އެނގެނީ؟؟ ސޮފާ ތިކުރާ ހިތްވަރަށް ހަމަ ސާބަސް އިނގޭ.......................
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އާޔާ........!!!! ހީކުރަން ސޮފާއާއެކު އަބަދުވެސް ހުންނާނެ ކަމަށް. ޝުކުރިއްޔާ!!!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-05 11:00:14 | Report this Comment
ފަތިސްތަރި ނާރާތާ ހާދަ ދުވަހެއްވެއްޖޭ.........އޮއްސުނީބާ؟؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނޯއްސޭނެ އިރާދަ ކުރެއްވިޔާ......!!!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-06 17:05:31 | Report this Comment
ފަތިސްތަރި ހާދަ ސަކަރާތޭ އަޕްލޯޑް ނުކުރާތީ. މިހާރު ކިހާ ދުވަހެއް އަޕްލޯޑް ނުކުރާތާ. ކިހިނެއްވީ އަނެއްކާ ވާހަކަ ލިއުން ހުއްޓާލީތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
http://www.muraasil.com/images/reportAbuseIcon.gif
މެންދަން ތަރި: ނުހުއްޓާނެ. މީހަކު ބުންޏަސް އެ ފަތިސްތަރިއެއް ވާހަކަ ލިއުން ނުހުއްޓާނެ. އެކަމާ ކަންބޮޑުނުވޭ. ހީވަނީ ތިކުދިންނަށް ވަރަށް އަވަހަށް ފެންނާނެހެން. މިހާރު ދެން މިހެން ހުންނަ ކޮމެންޓްތަކަށްވެސް އެ ކަމަނާ ރިޕްލައި ނުކުރާތީ އަޅުގަނޑު މި އުޅެނީ މި ޒިންމާވެސް ނަގައިގެން. އެކަމަނާ ރުޅި ނައިއްސިއްޔާވެސް ރަނގަޅު.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-08 20:56:44 | Report this Comment
ސޮފާ! 'ކެތްތެރި މީހުން'ގެ ކެތްތެރިކަން އިތުރަށް ޓެސްޓް ކުރަނީތަ ތި؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އުނހުނ.............ތި އިންޓެންޝަނެއް ނެތް.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-09 15:13:59 | Report this Comment
ވަރަށް ސަޅި އެކަމަކު އަނެއްބައި ކިޔާހިތުން ކެއްމަދުވެފަ އަޅެ ކޮންއިރަކުންތަ 10 ވަނަ ބައި ގެނެސް ދޭނީ އަނެއްކާ ސޮފާ ބަލީތަ
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-12 15:36:48 | Report this Comment
ފަތިސްތަރި ކޮންތާކު ތިއުޅެނީ. ހާދަގިނަދުވަސްވެއްޖޭ ޚަބަރެއްނުވާތާ. އަނެއްކާ ބަލިވީތަ.
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-15 17:45:50 | Report this Comment
މިވާހަކަ ވަރަށް ކިޔާހިތްވޭ :( !!! އަޅެ ކޮންދުވަހަކުތަ ކިޔާލަން ލިބޭނީ ؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-17 09:52:55 | Report this Comment
ކޮބާތަ މިވާހަކައިގެ އަނެއްބައި... ދެން ވަރަށް ކަޑަ އަނެއްބައި ނެތީމަ..... :-(
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-18 14:03:11 | Report this Comment
???? ???????? ????????????. ?????
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-18 18:58:46 | Report this Comment
ހާދަ ވަރަކަށް ބެލިއްޖެއެވެ. ހާދަ ދުވަހެއް ވެއްޖެއެވެ. ހާދަ އުންމީދެއް ފެނަށް ވެގެން ހިގައްޖެއެވެ. ހާދަ އިންތިޒާރެއް އަޅިއަށް ވެގެން ހިގައްޖެއެވެ. ރޭގަޑުގެ ނިންޖާއި ދުވާލުގެ މަސައްކަތުން ފޫހި ކުރުވައިފިއެވެ. މިޒާޖުގެ މައިތިރިކަމާއި ހިތުގެ ހަމަޖެހުން ގެއްލިގެން ހިގައްޖެއެވެ. އެހެނަސް.......... ޒިންމާ ނަގާނީ ކާކުބާވައެވެ! ޒިންމާ ވާންވީ ވެސް ފަހެ ކާކުބާވައެވެ!
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-19 20:41:24 | Report this Comment
ސޮފާ ގަނޑާ..!!! މިހާރު ކިހާ ދުވަހެއް އަނެއްބައި އަޕްވޭތޯ ބަލާތާ..ކނ އިރަކުންތަ އަނެއް ބައި އަޕްވާނީ..؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-22 09:23:01 | Report this Comment
ފަތިސްތަރިއަށ ކޮންމެވެސް ކުއްޖަކު ފޯން ކޯލްއެއްދީބަލަ!! މިހާ ރީތި ވާހަކައެއް ހުއްޓާލީމަ ކިޔުންތެރިންގެ އިތުބާރު ގެއްލިދާނެ ! ސޮފް އެހެން ނަދާނެ ދޯ ! ކީއްވެތަ ރިޕްލައި ނުކުރަނީ !؟ މީ މުރާސިލް އިން ކިޔަން ލިބުނު އެންމެ ރީތި އެއް ވާހަކަ ! އަޕްލޯޑް ނުކުރާތީ ވަރަށްވެސް ދެރަވޭ ! ކޮންމެ ދުވަހަކު މިވާހަކަ ގެނެސްދީފަ ހުރިތޯ ބަލަން ! :(
http://www.muraasil.com/images/reportAbuseIcon.gif
މެންދަންތަރި: ފަތިސްތަރިއަރާކަށް ހިއެއް ނުވޭ ދެން މާގިނަދުވަހެއް ނަގާނެހެނެއް. އެބައުޅޭ އިހަށް ދުވަހު މާލެ އައިސް. ހީވަނީ މާ ލަހެއް ނުވާނެހެން ދެން.
http://www.muraasil.com/images/reportAbuseIcon.gif
ޝައްޖު: ތިކަން ތިހެން ވެއްޖިއްޔާ ޙަމްދުހުރި
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-22 14:26:38 | Report this Comment
ފޯން ކޯލް ކެނޑުނީތަ! ނެތްތަ އަލުން ގުޅޭކަށް. ކަނެކްޝަން ގެއްލުނީތަ! ދިރާގު ކަމެއްތަ! ނޫނީ ފޯންގެ ކަމެއްތަ! ކިހިނެއް ތި ވަނީ ފަތިސްތަރިއަށް. އެހާ އިންތިޒާރުކުރުވަން ނުޖައްސަބަލަ!
http://www.muraasil.com/images/reportAbuseIcon.gif
އަހައްމަދު: މީ ކޮން މުހައްމަދެއްތަ އަނެއްކާ........؟؟؟؟؟؟؟؟؟؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-26 09:18:31 | Report this Comment
ހެހެހެ. މެންދަން ތަރިއަށް ޝުކުރިއްޔާ! ޒިންމާ ނަންގަވަން ހުންނެވިއްޔާ މަށެއް ނޫން ގެ ކޮމެންޓަށް ވެސް ޖަވާބެއް ދެއްވުން ކީއްތޯ؟
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-01-30 11:39:46 | Report this Comment
ސޮފާ ފޯނު ކޯލަށް ކިހިނެއްވީ. އަނެއްކާ ރޭންޖް ކަޑާގެން ދިޔައީތަ. ކިޔުންތެރިންގެ ކޮމެންޓްސް ތަކަށް ކީއްވެ ރިޕްމައި ނުކުރަނީ. ކިހާ ނާއުންމީދުވާނެ އެހެންވީމަ. ފަތިސްތަރި އެބައޮތް ލާރާގެ ވާހަކައަށް ވަރަށް ދިގު ދިގުކޮމެންޓެއްދީފަވެސް. ރާއްޖޭން ބޭރަށްވެސް އަދި އެނުން އެހެން ތަނަކަށްވެސް ދާކަމަށް ވަންޏާ އަންގާލަ ދޭނަމަ ކިޔުންތެރިން މިހާބޮޑަށް ނާއުންމީދެއް ނުވާނެއްނުދޯ. މިހާރުވެސް މުރާސިލުގަ އެބައުޅޭ ވާހަކަ ފަށައި ވަކިހިސާބަކަށް ގޮސްފައި ވީ ނުވީއެއްނޭންގޭ ލިޔުންތެރިންވެސް. ވީމާ، އެފަދަ މީހުންގެ ތެރޭގައި ފަތިސްތަރި ނުވާނެކަމަށް އުންމީދު ކުރަން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ފޯންކޯލް ދުވަސްކޮޅަކަށް މެދުކެނޑުނީ ސޮފާގެ ލައިފްގައި ދިމާވެގެން އުޅޭ ބޮޑު މައްސަލައަކާހެދި މިކަމަށް ކޮންސެންޓްރޭޝަން ނުދެވިގެން. އެކަމަކު އިރާދަކުރެއްވިއްޔާ ފެބްރުއަރީ 1 އިން ފެށިގެން ގަވާޢިދުން އަޕްކުރެވޭތޯ މަސައްކަތް އެބަ ކުރަން. ސޮފާ ބޭނުމެއް ނުވޭ ވަކި ހިސާބަކަށް ގޮސްފައި ވީ ނުވީއެއް ނޭނގޭ މީހަކަށް ވާކަށް. އެކަމަކު ދިމާވާ ކަންތައްތަކުގެ ސަބަބުން ހުއްޓުން އަންނަނީ. އެނގެއެއްނު ދޯ؟ ލައިފް އަކީ ޕްރެޑިކްޓް ކުރެވޭ އެއްޗެއް ނަމަ ސޮފާމެން މި ލިޔާ ކަހަލަ "ވާހަކަ" ތައް ދުނިޔެއަށް އުފަން ވާނީވެސް ކިހިނެއް ދޯ؟
http://www.muraasil.com/images/reportAbuseIcon.gif
ލީން: ތިމައްސަލަ އަވަހަށް ހައްލު ކޮށްދެއްވާށި !!އަވަހަށް ގެނެސްދޭތި
http://www.muraasil.com/images/reportAbuseIcon.gif
ލީން: ކޮބާ ؟؟؟ މިއަދު ފެބް 1 އެއްނު
ނަން:

ކޮމެންޓު:


http://www.muraasil.com/images/comment_reply.pngPosted on 2011-02-01 18:35:36 | Report this Comment
"ފެބްރުއަރީ 1 އިން ފެށިގެން ގަވާޢިދުން އަޕްކުރެވޭތޯ މަސައްކަތް އެބަ ކުރަން." އުފާވެރި ޚަބަރެއް! ސޮފާގެ ލައިފްގައި ދިމާވެގެން ތިއުޅޭ ބޮޑު މައްސަލައިގަ ސޮފާއަށް ކެތްތެރިކަން ދެއްވައި، ސޮފާގެކޮންސެންޓްރޭޝަން އަނބުރާ ގެނެސްދެއްވި ކުޅަދުންވަންތަ ﷲ އަށް ޝުކުރުކުރަން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފަޖުރުތަރި..........!!! އުފާކޮށްފިން އިނގޭ!!!!




0 comments:

Post a Comment