FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 69 ވަނަ ބައި


--------ބާރު ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަވީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލީނާގެ މޫނުމަތިން ފެންނަނީ ފަތަޙައާއި ހިތްހަމަޖެހުމުގެ ފާޅުކަން ބޮޑު ހިނިތުންވުމެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް އޭނަ ނަވީން ހާޞިލްކުރާނެއެވެ. ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެއެވެ. އެއީ އޭނަގެ މަގްޞަދެވެ.

ނަވީން ގޮސް ގެއިން ނުކުމެއްޖެ ކަން ޔަގީންވަންދެން އެ ދިމާލަށް ބަލަހައްޓައިގެން ހުރެފައި މޭޒުމަތީގައި އޮތް ލީނާގެ ފޯން ނެގިގޮތަށް ނަގާ ކަންފަތުގަ ޖައްސާލިއެވެ.


"އަޑުއިވުނު ދޯ....؟ ހެހެހެހެހެ........ވަރަށް ރުޅިގަދަވެފަ ހުރީ." މިހެން ބުނެފައި ލީނާ ބާރަށް ހީގަތެވެ. އެކޮޅުން ޒިޔާދުވެސް ހީގަތް އަޑު ލީނާއަށް އިވިގެން ދިޔައެވެ.
"ފޯން ކަނޑާލާފައި އެއައީ ސީދާ މިގެއަށް....ނަސީބެއްނު މިގޭގައި އިނދެ ތި ކޯލް ނުކުރިކަން. އެހެންނޫންނަމަ އަހަރެންގެ ދުވަސް ދިޔައީސް. ހުރިހާ ޕްލޭނެއް ފްލޮޕް ވާނެ." އޭނަގެ ރޭވުމާއި އެއްގޮތަށް އެ ދެމީހުންގެ ދިރިއުޅުން އެއްކޮށް ރޫޅުމުގެ ކުރިން އޭނަގެ ނުބައިކަން އެކަކަށްވެސް އެނގޭކަށް އޭނަ ބޭނުމެއް ނޫނެވެ.

"ގުޅަންވީ ދޯ އަނެއްކާ....؟" އެކޮޅުން ޒިޔާދު އެހިއެވެ.
"ހޫމް...ގުޅާ.." ޒިޔާދުއަށް ލީނާގެ ތާއީދާއި ހިތްވަރު ބަރާބަރަށް ދިނެވެ.
"އެކަމަކު ކޮންފަރެންސް ކޯލެއް އިނގޭ ކުރާނީ މިފަހަރުވެސް. އަހަރެން ބޭނުން އަޑުއަހާލަން." ހީގަންނަމުން އަނެއްކާވެސް ލީނާ ބުންޏެވެ. ނަވީންގެ އަޑުގައި ހުރި ރުޅިވެރިކަމާއި ނަވީނަށް ވެފައި ހުރި ގޮތުން އޭނައަށް ބުނެދޭންވެސް ނޭނގޭ ކަހަލަ އުފަލެއް އޭނައަށް ހުރީ ލިބިފައެވެ.

"ނުނެގި މިފަހަރު.....ލީނާ އެހެން ބުނީމަ މާޔޫސްވީކަމަށްވާނީ...."  ނަވީން އާއި ގުޅޭތޯ ދެތިން ފަހަރަކު މަސައްކަތް ކޮށްފައިވެސް އެ ކޮޅުން ފޯން ނުނެގުމުން ކޮންފަރެންސް ކޯލުގައި ހުރި ލީނާއަށް ޒިޔާދު ޖަވާބު ދިނެވެ.

"ދެން ފަހުން ގުޅާނީ....މިހާރު ނޭނގެ ގޮސް ބައްޕައަށް ގުޅީ ނޫންކަމެއްވެސް. " ލީނާހިތަށް އެރި އެތިދުލުން ބުނެވުނެވެ.
"ތިދެން ވަރަށް އެހެން ކަހަލަ ވާހަކައެއް. އޭނަ ކީއްވެގެންތަ ލީނާގެ ބައްޕައަށް ގުޅަންވީ. ތި އާއިލާ މީހެއްތަ އެއީ؟ އޭނައަށް ކީއްތަ ލީނާ ކޮންމެ ކަމެއް ކުރިއްޔާ." ދެމީހުން ރާވައިގެން ނަވީނަށް ޖެއްސުން ކޮށް ރުޅިއަރުވާ ހެދި ނަމަވެސް ލީނާގެ އެއްވެސް ކަމަކާ ނަވީން ބެހޭތަން ބަލަން ހުރުމަކީ ޒިޔާދުއަށް އެހާ ކުޅަދާނަވާނެ ކަމެއް ނޫނެވެ. ލީނާއަށްވެސް އެކަން ނޭނގެނީކީ ނޫނެވެ. ނަމަވެސް އޮޅިގެން އެހެންބުނެވުނީއެވެ.

"އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ އޭނައާއި ލީނާ ތިހާ ގާތްކޮށް އުޅެން. އެކަން ހަނދާން ބަހައްޓައްޗޭ." ޒިޔާދުގެ ހިތުގެ ޝަކުވާ ލީނާއަށް ޒިޔާދު ހުށަހެޅިއެވެ.
"ދެން ޒިޔާދު ދޯ؟ ގާތްގުޅުމެއް އޮންނަނީކީ ނޫނޭ. ބައްޕަ ދަމުން ދަނީ އެ އާއިލާ މީހުންނާއި އަހަރެން ބަލަން ހަވާލުކޮށްފައޭ. އެހެން ނޫނަސް ކުޑައިރުއްސުރެން އަހަރެން މަންމަ ކިޔަނީވެސް ނަވީން މަންމައަށްކަން ޒިޔާދުއަށް ހަމަ ރަނގަޅަށް އެނގެއެއްނު. ކަންބޮޑު ނުވޭ. އައި އެމް އޭން އެކްސްޕާރޓް އޮން ދިސް. ވޮޒްންޓް އައި...؟" ޒިޔާދު ހިތްހަމަޖައްސަން ލީނާއަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ.

** ** ** ** ** ** ** **
"ދަރިފުޅާ މާ ހާސްވެގެން ތިއުޅެނީ ކިހިނެއްވީ؟" ރުޅިއައިސް ރަތްވެގެން ހުރެ ލީނާމެން ގެއިން ނުކުމެގެން ގޮސް ގެއަށް ވަންއިރު ސިޓިންރޫމްގައި އިން ނަޖްމާއަށް ނަވީން ފެނުމާއެކު އަހާލިއެވެ.
"ކަމެއް ނުވޭ މަންމާ...." މިހެން ބުނެފައި އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް ދާން ނަވީން ހިނގައިގަތެވެ.

"ދަރިފުޅަކަށް ނޭނގެ ދޯ ބައްޕަ އައި ކަމެއްވެސް...." ސިޓިންރޫމްގެ ކުޑަ މޭޒުމަތީގައި ހުރި އެއްޗިހިތަކެއް ހިފައިގެން ކާކޮޓަރިއާއި ދިމާލަށް ދަމުން ދަމުން ނަޖްމާ ބުނެލިއެވެ.
"ބައްޕަ އައީތަ؟" ސިޑިން އަރަ އަރާ ހުރި ނަވީނަށްވެސް ހުއްޓެވުނެވެ. މިއަދަކީ މިއީ ބައްޕަ ލަންކާއިން އަންނަން އޮތް ދުވަސްކަމެއް އޭނަ ހަނދާން ނެތުނީއެވެ.  
"ބައްޕަ ވެއްޖެ ކޮޓަރީގަ. " ސިޑިމަތީގައި ނަވީން މަޑުކޮށްލިތަން ފެނިފައި ނަޖްމާ ބުނެލިއެވެ.
ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އަނބުރާލާފައި އައިސް ނަވީން އިށީނީ ސިޓިންރޫމްގައެވެ. ބައްޕަގެ އިންތިޒާރުގައެވެ.

ސިޓިންރޫމްގައި ހުޅުވާފައި ހުރި ޓީވީއަށް ބަލަހައްޓައިގެން އިން ނަވީންގެ ލޮލަށް ފެންނަ މަންޒަރާއެކު އެހެން ޚިޔާލުތަކެއްވެސް ކުރެވެމުން ދިޔައެވެ. ލީނާގެ ވިސްނުން އެ ހުންނަ ގޮތާއި ދޭތެރޭގައެވެ. ލީނާއާއި އޭނައާއި ދެމެދުގައި މިއަދު މި ހިނގި ކަންތައްތަކާއި ދޭތެރޭގައެވެ. ލީނާއާއި ޒިޔާދުގެ އެ ކުޅިގަނޑަކީ ކިހާ ދުވަހެއް ކުރީއްސުރެ ހިނގާކަމެއްބާއޭ ނަވީންގެ ހިތުގައި ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. ތެދެކެވެ. އެއީ އޭނައާއި ބެހޭ ކަމަކަށް ނުވެދާނެއެވެ. އެކަމަކު ޒިޔާދު....

ޒިޔާދު މަތިން ހަނދާންވުމާއެކު އޭނަގެ މިޒާޖުގެ ހަމަޖެހުންވެސް ގެއްލުނު ފަދައެވެ. ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުން އިންގޮތް ބަދަލުކޮށްލެވުނެވެ.

ޒިޔާދު އާއި އިނާއާއ ގުޅުން އޮތްއިރު އޭނަ ދެކެ ކަނޑައެޅިގެން ޒިޔާދު ރުޅިއަންނަކަން އޭނައަށް އޭރު ސިއްރުވެފައެއް ނެތެވެ. ޚާއްޞަކޮށް އޭނަގެ ކާރުގައި ޒިޔާދުގެ ކާރުން ޖެއްސި ދުވަހަކީ އެކަން އޭނައަށް ޔަގީންވެފައި އޮތް ދުވަހެކެވެ. އެކަމަކުވެސް އޭނަ ޒިޔާދުއާއި ދިމާލަށް އެއްޗެއް ނުބުނެއެވެ. ބުނަން ޖެހޭ ކަމަށް އޭނައަށް ގަބޫލެއްވެސް ނުކުރެވެއެވެ.

އެހެންނަމަވެސް މިރޭ ލީނާމެންގެއިން ދިމާވުމުން ޒިޔާދު އޭނައާއި މުޚާޠަބް ކުރި ގޮތާއި އޭނައަށް ފޯނުން ގުޅާފައި އެ ވާހަކަ ދެއްކި ރާގާއި ދިން އިންޒާރުގެ ސަބަބުން ނަވީންގެ ރުޅިވަނީ ގަދަވެފައެވެ. ލީނާއާއި އޭނައާއި ދެމެދުގައި ހިނގި ކަންތަކުގެ ސަބަބުން އަމިއްލަ ނަފްސު ދެކެ އާދެވިފައިވާ ރުޅިއާއި ޒިޔާދު ފެނުމުން އިނާމަތިން ހަނދާންވެ އިނާ ދެކެވެސް އާދެވިފައި ހުރި ރުޅީގެ ސަބަބުން ނަވީންގެ ހިތްހަމަނުޖެހުން ދިޔައީ އިތުރު ވަމުންނެވެ.

"މަންމައަށް އެނގޭތަ ލީނާ މީހަކާ ރައްޓެހިވެގެން އުޅޭކަމެއް...؟" ސިޓިންރޫމްގެ އެއްފަރާތުގައި ހުރި ކުޑަ މޭޒެއް ކައިރީ އޭނައަށް ފުރަގަސް ދީގެން ކޮންމެވެސް ކަމެއް ހުރަން ހުރި ނަޖްމާއަށް ގޮވާލާފައި ނަވީން އަހާލިއެވެ.

"ދަރިފުޅާ.........އެކަމަކުވާ......." ހައިރާންވެފައި އެނބުރި ބަލާލާފައި ނަޖްމާ ބުނީ މިހެންނެވެ.
"ކިހިނެއްވީ.......؟" މަންމަ އެބުނި އެއްޗެއް ނަވީނަކަށް ނުވިސްނުނެވެ.
"ދަރިފުޅުގެ ހިތަކުން ހަމަ ނުފިލި ދޯ ލީނާ. އެހެންވެޔޭ މަންމަ އަބަދު ބުނީ......." ސިޓީންރޫމްގައި ހުރި ބިއްލޫރި ރެކްތަކުން ހިރަފުސް ފޮޅަން ގެންގުޅޭ ނައިލޯންފަށުގެ އަތުންހިފާ ފިހިގަނޑުގެ ހިފާ ތަނުގައި ޓޭޕް އޮޅައި ނިމިގެން އެ ހިފައިގެން ނަވީން އާއި ދިމާލަށް އަންނަމުން ނަޖްމާ ބުނަން ފެށިއެވެ.

"އެހެންނެއް ނޫން. މަންމައަށް އެ މީހަކު އެނގޭތޯ ބަލަންވެގެން މިއެހި....މަންމަ ދަންނަންތަ އެ މީހަކު؟" މަންމަ ބުނަން ފެށި އެއްޗެއް މެދުކަނޑާލާފައި  ނަވީން އަވަސް އަވަހަށް ބުންޏެވެ.
"މަންމައަކަށް ނޭނގެ އެމީހަކީ ކާކުކަމެއް. އެކަމަކު ލީނާ އެކަހަލަ ކަމެއް އެބަކުރާކަން މަންމައަށް އެނގޭ. ބައެއްފަހަރު ކިޔާނެ ވަރަށް އަވަހަށް ކައިވެނި ކުރާށޭ މިއުޅެނީ. އަނެއްބައި ފަހަރު ބުނާނެ އަދި އެއް އަހަރުފަހުންނޭ....ނޭނގެ ހަދާ އެއްޗެއް." މާ ބޮޑުކަމަކަށް ނަހަދާ އިނދެ ނަޖްމާ ވާހަކަ ދައްކަމުން ދިޔައެވެ.

"ކިހިނެއްވީ އަނެއްކާ....؟" ނަޖްމާ ދިން ޖަވާބަށް ނަވީން އެއްޗެއް ނުބުނުމުން ނަޖްމާ އަހައިފިއެވެ.
"ކަމެއް ނުވޭ....." ނަވީން އެ ވާހަކަ ދައްކާކަށް ބޭނުން ނުވެއެވެ.

"ބައްޕަ ނިދިކުރެއްވީ ކަންނޭނގެ." މައުޟޫއު ބަދަލު ކުރީ ނަވީން އެވެ.
"އަދި ކޭންވެސް ނުބައްލަވާ....ދަރިފުޅު މަޑުކޮށްލަބަލަ. މަންމަ އަންނާނަން." މިހެން ބުނެފައި ގޮސް ނަޖްމާ ކޮޓަރިއަށް ވަދެއްޖެއެވެ.

މާ ގިނައިރުތަކެއް ނުވެއެވެ. އައި އިރު އައީ އަލިމަނިކު އެކަންޏެވެ.
ނުފެނި ހުރެފައި ބައްޕަ ފެނުމާއެކު ނަވީންވެސް އިންތަނުން ތެދުވެއްޖެއެވެ. ބައްޕައާއި ސަލާމް ކުރުމަށްޓަކައެވެ.

"ދަރިފުޅު ހޯދައިފީމޭ ބައްޕަ....." ދެހަފްތާއެއްހާ ދުވަސްވަންދެން ނުފެނި ހުރެފައި ފެނުމުން އަލިމަނިކު އޭނަގެ ހުރި ހަމައެކަނި ދަރިފުޅާއި ކަރާއި ކަރު ޖައްސައި ސަލާމް ކުރިއެވެ. ކިތަންމެ ބޮޑު ވެފައި ހުއްޓަސް ދެބަފައިން ވަކިވާއިރުގައްޔާއި ނުފެނި ހުރެފައި ބައްދަލުވާއިރު އަބަދުވެސް ސަލާމްގަލާމްކޮށް އުޅޭ އާދައިގެ މަތިންނެވެ.

"އެކޮޅަށް ދިޔަ ފަހުން ދަރިފުޅު މާ ސިއްހަތު ދެރަކޮށް ފެންނަނީ. ރަނގަޅުތަ އަނެއްކާ؟" އޭނަގެ ދަރިފުޅަކީ އެ ދަރިފުޅުގެ މަންމައަށްވުރެވެސް އަބަދުވެސް ބައްޕައާއި ގާތް ކުއްޖެއްކަން އަލިމަނިކުއަށް ދަނެއެވެ.
"ލައްބަ....ހުރިހާ ކަމެއްވެސް ހަމަ ރަނގަޅު؟ ބައްޕަގެ ދަތުރު ކިހިނެއްތޯ؟ ކޮންއިރަކުންތޯ ޝިޕްމަންޓް އަންނަނީ....؟" ވިޔަފާރި ދަތުރެއްގައި ލަންކާއަށް ދިޔަ އަލިމަނިކުއާއި ނަވީން ސުވާލު ކުރިއެވެ.

ބައިގަޑިއެއްހާއިރު ވެގެން ދިޔައިރުވެސް ދެބަފައިން ތިބީ ވިޔަފާރީގެ އެކިއެކި ވާހަކައިގައެވެ. ފެށުނީ ކިހާ ހިސާބަކުންކަމެއް ނިމުނީ ކިހާ ހިސާބަކަށް ކަމެއް ނޭނގޭހާ ބޮޑަށް އެ ވާހަކައިގެ ތެރެއަށް ވަދެވިފައެވެ.

"އަދިވެސް ހަމަ ތިބީތަ؟ އެފަރާތަށް ދަމާ...." އެތައް އިރެއްފަހުން ނަޖްމާ ކޮޓަރިން ނުކުމެގެން އައި އިރުވެސް ދެބަފައިން އޮލަ ވާހަކައިގައި ތިބުމުން ނަޖްމާ މިހެން އަހާލީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އަދިވެސް އެމީހުން ނުފަށާތީއެވެ.
** ** ** ** ** ** **
ކައި ނިމިގެން ދެބަފައިން ސިޓިންރޫމަށް ނުކުތީ އެއްކޮށް ކަހަލަ ގޮތަކަށެވެ. ނަވީންވެސް ދިޔައީ ސޯފާގައި އިށީނދެލުމަށެވެ. ނަމަވެސް އަލިމަނިކު ހިންގަވަމުން ދިޔައީ ސިޓިންރޫމުން ނުކުމެވޭ ދޮރާއި ދިމާލަށެވެ.
"ދަރިފުޅާ......" އެހިސާބަށް ގޮސްގޮސް ހުރެފައި އަލިމަނަކު ނަވީންއަށް ގޮވާލެއްވިއެވެ. އަދި މި އަޑަށް ނަވީން ބަލާލުމުން ބޮލުގެ އިޝާރާތުން އައުމަށް އަލިމަނިކު އެދުނެވެ.

"ބައްޕަ ދަރިފުޅު ހޯދީ ކަމަކު" ބައްޕަ ފަހަތުން ގޮސް ނަވީންވެސް ފެންޑާއަށް ނުކުތުމުން ހިޔާކޮށްފައިވާ އެ ފެންޑާގެ ބޮޑު ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީންނަމުން އަލިމަނިކު ބުނެލިއެވެ.
"ކިހިނެއްވީތޯ.....؟" ބައްޕައަކީ ގޮތުގައި ހުންނަވާ އިއްޒަތްތެރި ބައްޕައަކަށް ވީ ނަމަވެސް، ނަވީން އާއި އެ ބައްޕައާއި ދެމެދުގައި އެއްވެސް ހުރަހެއް އެއްވެސް އިރެއްގައި ނޯންނަކަން އެއީ ހަގީގަތެކެވެ. ނަވީންއަށް އޭނަގެ މަންމަ ކައިރިން އެއްޗެއް އަހަން ނުކެރޭ ދަނޑިވަޅުތަކުގައިވެސް ބައްޕަ ކައިރިން އަހަން ނުކެރޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އެއީ އެ ދެމެދުގައި އޮންނަ މަތިވެރި ގުޅުން ރަމްޒު ކޮށްދޭ ކަމެކެވެ.

"ބައްޕަ ލަންކާއަށް ފުރަންވެފައި ހުއްޓާ، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ބައްޕައަށް ޚާލިދު ގުޅި. ދަރިފުޅަށް އެނގޭތަ އެކަން." އަލިމަނިކު ވާހަކަ ދައްކަމުން ދިޔައީ ސީދާ މައުޟޫޢުގައެވެ.
"ނޫނޭ....ނޭނގެ އިނގޭތޯ" ނަވީންއަށް ސިގްނަލެއް ލިބުނު ނަމަވެސް އަދި އެއީ ކޮން ކުލައެއްގެ ސިގްނަލެއްކަމެއް ނޭނގުނެވެ. ބައްޕަ އެ ބުނުއްވާ އެއްޗެއް ބުނުއްވާ ނިމުނީމަ ނޫނީ އެކަމުގައި އޭނައަށް އެނގޭ އެއްޗެއް އޮވެގެން ނުވާނެކަމަށް ނަވީން ނިންމިއެވެ.

"އާނ ބައްޕައަށް ޚާލިދު ގުޅި. ވަރަށް ކަންބޮޑުވެފަ ވާހަކަތަކެއް ދެއްކި....ދަރިފުޅު ގޮއްސިންތަ އައްޑޫއަށް މި ދަތުރުގަ؟" އަލިމަނިކު ލަންކާއިން އައިފަހުން އެންމެ ފުރަތަމަވެސް ވާހަކަ ދައްކާފައިވަނީ ޚާލިދު އާއި ކަމަށްވާތީ، ނޭނގޭ އެކައްޗެއް ނެތްނަމަވެސް މިވަގުތަކީ އަލިމަނިކު އޭނަގެ ހުރި ހަމަ އެކަނި ދަރިފުޅަށް ހެޔޮ ނަސޭޙަތް ދޭން ޖެހިފައިވާ ވަގުތު ކަމަށްވާތީ، އެ ވާހަކައިގެ ތެރެއަށް ނަވީން ރަނގަޅަށް ވައްދަމުން އަލިމަނިކު ދިޔައެވެ.

ބައްޕަ ވާހަކަ ދައްކަން ފެށީއްސުރެ ބައްޕަގެ މޫނަށް ބަލަހައްޓައިގެން އިން ނަވީންއަށް، އިރުކޮޅަކަށްވިޔަސް އޭނަގެ ނަޒަރު އަނބުރާލެވުނެވެ. އަމިއްލަ އަތުގައި އޮތް ގަޑީގައި އަތްހާކާލެވުނީ ބައްޕަގެ އެ ސުވާލަށް ޖަވާބުދިނުމަށް ޖެހެވުނު ފަހެއްގެ ގޮތުންނެވެ. އެހެންނަމަވެސް، ޚުދު އޭނަ މިވަގުތު މި ހުރެވުނީ ވަރަށް ބޮޑު އޮޅުންބޮޅުމެއްގެ ތެރެއަށް ވަދެވި ބައެއްގެ އެހީތެރިކަމަށް ބޭނުންވެފައިކަން ނަވީންއަށް ވިސްނައިގަނެވުނީ ހަމަ އެވަގުތުއެވެ. ކޮންމެވެސް ބައެއްގެ ފަރާތުން ކޮންމެވެސް މިންވަރަކަށް އޭނައަށް ޙަގީގަތް އަންގައިދޭނެ ނަމައޭ އޭނަ ހިތަށް އަރާތާ ކިތަންމެ ދުވަހެކެވެ.
އެ މީހަކަށް ޚުދު އޭނަގެ ބައްޕަ ވުން އެއީ ހުރި ހެޔޮ ފާލެއްކަމަށް ވިސްނާފައި ނަވީން ގަސްތުކުރީ ބައްޕަ ކުރައްވާ ސުވާލަކަށް ތެދުވެރި ކަމާއެކު ޖަވާބު ދިނުމަށެވެ.
އެ މައުޟޫއަށް ވާހަކަ ދައްކާ މީހަކު ހުއްޓުވުމުގެ ބަދަލުގައި އެ ވާހަކައެއް އަޑުއަހަން އޭނަ ބޭނުން ވިއެވެ.

"ލައްބަ....." އިރުކޮޅަކަށް ފަސް ޖެހުނު ނަމަވެސް އިސްއުފުލާލާފައި ނަވީން ޖަވާބު ދިނެވެ.
"އެހެންވެއްޖިއްޔާ ބައްޕަ ދައްކަން އުޅުނު ވަރަށް ގިނަ ވާހަކަތައް ކުރުކޮށްލާނަން. ދަރިފުޅަށް ކިޔައިނުދިނަސް މިވެގެން އުޅެނީ ކިހިނެއްކަން ދަރިފުޅަށް އެނގެންވާނެ މިހާރު." ނަވީން އައްޑޫއަށް ދިޔަކަމަށް އެއްބަސްވުމުން ހަގީގަތުގައިވެސް އަލިމަނިކު ދައްކަވަން ހުރި ވަރަށް ގިނަ ވާހަކަތައް ކުރުކޮށްލެއްވުމަށް ނިންމެވިއެވެ.

އިނާ އާއި ނަވީން އާއި ދެމެދުގައި މައްސަލަ އުފެއްދީ ލީނާކަން އެނގޭކަމަށް ހަދާކަށް އަދިއެއް އަލިމަނިކު ބޭނުމެއް ނޫނެވެ. ބައްޕަގެ ދުލުން ދަރިފުޅު ކައިރީ އެކަހަލަ ވާހަކައެއް ބުނުމަށްވުރެ އަލިމަނިކުއަށް ގަބޫލު ކުރެވެނީ އެ ވާހަކަ އެނގެންވާނީ ނަވީންގެ އަމިއްލަ ހޯދުންތަކުން ޚުދު ނަވީނަށް ސީދާ ގޮތެއްގައި ކަމަށެވެ. އެތަނުގައި އެއްވެސް މީހަކު އެއްވެސް އެއްޗެއް ބުނުން އެއީ އަލިމަނިކުގެ އުޞޫލާއިޚިލާފު ގޮތެކެވެ.

ޚާއްޞަގޮތެއްގައި އިނާވެސް ދިޔައީ ނަވީނަށް އެ ސަބަބު ނައަންގާ ކަމާއި އިނާގެ އާއިލާގެ މީހުންވެސް އެ ސަބަބާއި ބެހޭ ގޮތުން އެކައްޗެއްވެސް ނަވީން ކައިރީ ބުނެފައި ނުވާކަން އަލިމަނިކުއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އިނާގެ އެދުމަކީވެސް އެއީކަމަށްވާތީއެވެ.

 "ދަރިފުޅު އިނާއާއި ގުޅިންތަ މިއިން ދުވަހަކު" އަނެއްކާވެސް ވާހަކައާއި ގެން ކުރިއަށް ދިޔައެވެ. ނުގުޅާކަން އެނގިހުރެއެވެ.

ލަންކާއިން އައިސްފައި އެންމެ ފުރަތަމަ ކަމަކަށް ޚާލިދުއަށް އަލިމަނިކު ގުޅީވެސް ނަވީން އާއި ވާހަކަ ދެއްކުމުގެ ކުރިން ކަންތައްތައް ގޮސްފައި އޮތް ހިސާބެއް ރަނގަޅަށް އޮޅުންފިލައިގެން ހުރުން އޭނައަށް މުހިއްމު ވީމައެވެ.

"ނުގުޅަން...." ނަވީންގެ ޖަވާބުތައް ކުރުވިނަމަވެސް، އަޑުގައި ސާބިތު ގޮތެއް ހުއްޓެވެ.

"ތިއީ ގޯހެއް. އަނބިމީހާ ރުޅި ހަދާލާފައި އެހެން ދާ ކޮންމެ ފަހަރަކު ފިރިމީހާ އަޅާނުލައި ހުންނަންވެއްޖިއްޔާ ކައިވެނި ދެމި ނޯންނާނެ މާ ގިނަ ދުވަހަކު. އަންހެނުންނަކީ އަހަރެމެންނަށްވުރެ މާ ބަލިކަށި ހިތެއް ގެންގުޅޭ ބައެއްކަން ދަރިފުޅަށް އެނގެންވާނެ މިހާރު. ވަރަށް ކުޑަ ކަމަކާވެސް އެމީހުން ބޮޑާހާކާލަފާނެ. ދަރިފުޅަށް ފެނެއެއްނު ދަރިފުޅުގެ މަންމަވެސް. އެއިން ކޮންމެ ފަހަރަކު ބައްޕަވެސް ތުން އަނބުރާލާފަ މިގެއިން ނުކުމެގެން ދާނަމަ މިއަދު ދަރިފުޅު ކައިރީ މި ބައްޕައެއްވެސް މަންމައެއްވެސް ނުހުންނާނެ. އާޚިރު ނަތީޖާ ނިކުންނާނީ އެގޮތަށް. " އަލިމަނިކު ވާހަކަ ދައްކަމުން ދިޔައީ ނަވީންގެ އަމަލުތައް އެހުރި ގޮތަށް ހިތްވަރު ދިނުމުގެ ބަދަލުގައި އޭގެ އިދިކޮޅަށް އަނބުރާލުމަށް ދޭ ހިތްވަރެއްގެ ގޮތުންނެވެ. އިނާ ކަންތައް އެކުރިގޮތް ގޯސް ކުރުމުގެ ބަދަލުގައި، ހިތްވަރުކޮށްފައި ނަވީން ނިކުންނަންވެއްޖެކަން އަންގައިދޭ ގޮތަކަށެވެ.

"ދަރިފުޅު ކީއްވެ މިހުރިހާ ދުވަސްވީއިރު އިނާ ހޯދަން މަސައްކަތް ނުކޮށް ތިހުންނަނީ.؟" ނަސޭޙަތުގެ ގޮތުން ބުނި ބަސްކޮޅަކަށްފަހު އަލިމަނިކު އަނެއްކާވެސް ނަވީނާއި ކުރިމަތިކުރުވީ ސުވާލު ތަކެކެވެ.

"ވީކީއްކަން އޮޅުންފިލުވަން މަސައްކަތް ނުކޮށް، އަންގާވެސް ނުލާ އެގޮތަށް އިނާ ދިއުމަކީ ކުށެއް. އަޅުގަނޑު ގަބޫލެއް ނުކުރަން އެގޮތަށް އިނާ ދާންޖެހޭނެ ކަމަކަށް." އިނާ ހޯދަން ނަވީން މަސައްކަތް ނުކުރާ ސަބަބު، މިއީއޭ ނުބުނި ނަމަވެސް ނަވީން އެ ދިނީ އަލިމަނިކުގެ ސުވާލުގެ ޖަވާބެވެ.

"ދަރިފުޅަށް ހަމަ ހީވަނީތަ އެހާ މަޑުމައިތިރި އެހާ ބަސްމަދު އެހާ ކިޔަމަންތެރި އަންހެންދަރިއަކު، ހަމަ ކަމަކާނުލާ އެފަދަ ބޮޑު ނިންމުމެއް ނިންމަފާނެޔޭ؟ ބައްޕައަށް ހާދަ ހީނުވެޔޭ" އަލިމަނިކު ބުނުއްވިއެވެ.

"އަޅުގަނޑަކަށް ތިއެއް ނޭނގެ. އެކަމަކު އިނާ އެގޮތަށް ދިއުމަކީ އިނާ ކުރި ދެވަނަ ކުށް." ނަވީންއަށް ފާޅު ކުރެވެމުން ދިޔައީ އިނާއާއި ދޭތެރޭ ހިތްހަމަނުޖެހުމާއި ރުޅިއެވެ. އަންބަކު ކުރާނެ އެންމެ ފުރަތަމަ ކުށަކީ ފިރިމީހާ އާއި ދޭތެރޭ ޝައްކު ކުރުން ކަން ނަވީން ނުބުނި ނަމަވެސް ޚުދު އަލިމަނިކުއަށްވެސް އެނގެއެވެ. 

"ބަލަ ދަރިފުޅަކީ ފިރިހެނެއް. އިނާއަށްވުރެ ގިނަ ދުވަހު ދަރިފުޅު ދުނިޔޭގަވެސް އުޅެފަ ތިހިރީ. ދަރިފުޅު ވާންވާނެނު ތިއަށްވުރެ ވިސްނުންތެރި މީހަކަށް. އޮފީހާއި ވިޔަފާރި ކުރިއަށް ގެންދަން އެނގޭ ގޮތަށް ދަރިފުޅަށް އެނގެންވާނެ އާއިލާވެސް ގެންގުޅެން." ނަވީން އެއީނީ އިނާ ދެކެ ރުޅިއައިސްފައިކަން އަލިމަނިކުއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

"އާއިލާއަކީވެސް ވިޔަފާރިއެއްފަދަ އެއްޗެއް. އެ ދެކަމުގައި ހުރި ހަމަ އެކަނި ތަފާތަކީ، ވިޔަފާރިއަށް ފައިސާ ބޭނުންވާކަން. އާއިލާގެ މަސްލަހަތާއި ކުލުނާއި ލޯބި ދަރިފުޅު ހޯދައިދޭން ޖެހޭނީ އަގަކާ ނުލާ. މިދުނިޔޭގައި ފައިސާއިން ނުގަނެވޭ އެއްޗިއްސާ ދޭތެރޭ ދަރިފުޅު ވިސްނާލިންތަ؟ އެފަދަ އެއްޗިއްސަށް އަގުކިޔަންވެއްޖިއްޔާ ދަރިފުޅަށް އެ އެއްޗެހީގެ އަގު ކުރެވޭނެތަ؟  ދަރިފުޅުގެ އަމިއްލަ ދިރިއުޅުމުގެ އަގު ދަރިފުޅު ކިޔާނީ ކިހާ ވަރަކަށް؟" ދުރުވިސްނޭ ބުއްދިވެރި ހަރު ވާހަކަ ތަކަކުން އަލިމަނިކު ދިޔައީ އޭނަގެ ދަރިފުޅަށް ވިސްނައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އަޑުއަހަން އިން ނަވީންއަށް އިނދެވުނީ ބައްޕަގެ އެ ވިސްނުންތޫނު ވާހަކަ ތަކުން ބަސް ހުސްވެފައެވެ. ބައްޕަ އެ ކުރެއްވީ ކިހާ ތެދު ސުވާލެއް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމުގައި އޭނަ ޖަހާނެ އަގެއް އޭނަ ވިސްނާނީވެސް ކިހިނެއް ހެއްޔެވެ؟ އަދަދުތަކުން ވިޔަ ކުރަންޏާ ދުނިޔޭގައިވާ އެންމެ ފަހު އަދަދާއި ހަމައަށް ދިޔަޔަސް އޭނައާއި އިނާގެ ދިރިއުޅުން އަގުކުރަން އެވަރުވެސް އޭނައަށް ކުޑައެވެ. ކިތަންމެ ބޮޑު އަގެއް މީހަކު ކިޔަސް އޭނައަށް އިނާއާއި ނުލާ ނުއުޅެވޭނެއެވެ.

"ބައްޕައަށް ހީވަނީ ދަރިފުޅު ތިހެން ނީނދެ ވެއްޖެހެން މިކަމާ އުޅެން. ޚާލިދުމެންވެސް އެ ތިބީ ކަންތައް މިވީ ގޮތުން ހިތްހަމަ ނުޖެހިފަ. އެއްވެސް ބަޔަކަށް އެމީހެއްގެ ދަރިއަކު ގޯސްނުވާނެކަން ދަރިފުޅުވެސް ދަންނަންވާނެ. ތިހެން އަޅާނުލާ ހުރުމަކުން ޚާލިދުމެންގެ ހިތް ދަރިފުޅުގެ ކުށުން ދަރިފުޅު ބަރީޢަ ކުރާކަށް ސާފެއް ނުވާނެ." އަލިމަނިކު ވާހަކަ ދައްކަމުން ދިޔައީ މިރޭ އިރާކޮޅު ޚާލިދު އާއި ދެކެވުނު ވާހަކަތަކަށް ނިސްބަތް ކޮށެވެ.

"ބައްޕަވެސް ތިހެން ތިބުނުއްވަނީ؟ އަޅުގަނޑު ކުރިކަމެއް އަޅުގަނޑަށް ނޭނގެ. އަޅުގަނޑު ކޮންމެހެން މިހެން ޚާލިދު ކައިރީ ބުނާކަށް ބޭނުމެއް ނޫން. އެމީހުންވެސް އެތިބީ އިނާ ބުނި ވާހަކައެއް ވެއްޖިއްޔާ އަޑުއަހައިގެން. އިނާއަށް އެފަދަ ކަމެއް ކުރަން ކެރޭނީވެސް އިނާގެ މަންމަ އާއި ބައްޕަގެ ފަރާތުން ހިތްވަރު ލިބިގެންކަން އަޅުގަނޑަށް ޔަގީން. އެކަމަކު އަޅުގަނޑަށް ހީވަނީ އެންމެ ކުޑަމިނުން ފޯނެއް ކުރައްވާފަ ވިޔަސް ކަމެއް ގޯސްވެއްޖެކަން އަޅުގަނޑަށް އަންގަން ޖެހޭނެހެން އިނާ ފުރައިގެން ދިއުމުގެ ކުރިން. އެމީހުންގެ ދަރިއަކަށް އިނާ ވީ ގޮތަށްވުރެ ބޮޑު ހަގީގަތެއް ނޫންތޯ އިނާ އަކީ އަޅުގަނޑުގެ ވައިފް އަށް ވީކަން. ބައްޕަ ކީއްވެތޯ މިހެން ނުބުނުއްވީ ޚާލިދު ކައިރީ." އިންތިހާއަށް ނުރުހުންވެފައި ނަވީން ޝަކުވާ ކުރީ ނަވީންގެ ބައްޕައާއެވެ.

"އެހެންވެޔޭ މިބުނީ އެމީހަކަށް އެމީހަކު ދަރިއަކު ދޮންފުތު ވާނެޔޭ. އެކަމަކު ބައްޕައަކަށް ދަރިފުޅު ކަންތައް ތިކުރާ ގޮތް ކަމަކުނުދޭ. ބައްޕަގެ ނަސޭޙަތަކީ، ތިހެން މަޑުމަޑުން ނުހުރެ، ދަރިފުޅު އިނާ ބޭނުމިއްޔާ އިނާ ހޯދަން ފަށާށޭ. ވީ ކީއްތޯ އެނގެން އުޅޭށޭ. އިނާ ދިޔަފަހުން މިއީ ތިންވަނަ ހަފްތާ. ދަރިފުޅު ހަމަ ދެނަހުރިކަމަށްވެސް ނަހަދާ ތި ހުންނަނީ؟" ނަވީން ތިހަދާ ގޮތެއް ނޭނގެއޭ ބުނާގޮތް އަތުގެ ހަރަކާތުން ދައްކާލަމުން، އަލިމަނިކު މިހެން ބުނެލީ ނަވީންގެ ނުތަނަވަސްވެފައިވާ މޫނަށް ބަލާލަމުންނެވެ. ނަވީންގެ ހިތްހަމަނުޖެހުން ހުރި ހިސާބު އަންދާޒާ ކުރަމުންނެވެ.

" ދަރިފުޅަށް ވަންޏާ މިރޭވެސް ޚާލިދުއަށް ގުޅާ. ނޫނީ އިނާގެ މަންމައާއި ވާހަކަ ދައްކައިގެން ވެގެން އުޅޭގޮތެއް އޮޅުންފިލުވާ. މިހާރުވެސް މާ ލަސްވެއްޖެ މިކަމާ އުޅެން. މިއީ ދަރިފުޅުގެ ގެ. ދަރިފުޅު ބޭނުންއިރަކުން މިގެއަށް ވަދެ ނުކުމެވޭނެ. އެކަމަކު މިވަގުތު މިއީ ދަރިފުޅު ހުންނަންވީ ގެއެއް ނޫން. ބައްޕައަށް ފެންނަނީ ދަރިފުޅު މާދަންވެސް އެރަށަށް ދާން. " ސޯފާގެ ލެނގޭ ތަނުގެ މަތީގައި އަތް ދަމާލަމުން އެންމެ ފަހުގެ ބަސް އަލިމަނިކު އިއްވިއެވެ.

"ކޮންތާކަށް ނަވީން ފޮނުވާލަން ތި އުޅެނީ.....؟" ފެންޑާމައްޗަށް ނުކުތް ނަޖްމާއަށް އަޑު އިވުނު ހިސާބުން ނަޖްމާ ސުވާލު ކުރިއެވެ.
"އެއީ ކުޅުދުއްފުށްޓަށް...." ބައްޕަގެމޫނަށް ބަލާލާފައި އަވަސް އަވަހަށް ނަވީން "އޮޅުވާލި" އެވެ.

"ސައިތަށި ގެންނަންވީދޯ މިތަނަށް." ޢާއްމު ގޮތެއްގައި ނިދުމުގެ ކުރިން ފޮނިތޮށީގެ ސައިތައްޓެއް ބުއިމަކީ އަލިމަނިކުގެ އާދައަކަށް ވާތީ، އެ ސައިތަށި ގެންނަންވީތޯ ނަޖްމާ ސުވާލު ކުރިއެވެ.

"އާނ....މިތަނަށް ގެނޭ." ނަވީން އޭނަގެ މަންމައަށް އެ ދިން ޖަވާބުން ހައިރާންވެފައި އިން އަލިމަނިކުވެސް މާ ޝައުގުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް ބުނެލިއެވެ.

" މަންމައަށް ނޭނގެނީތަ ހަމަ އެއްކަމެއްވެސް؟"  ނަޖްމާ ދިއުމުން އަލިމަނިކު ސުވާލު ކުރެއްވިއެވެ.
ނަވީން ޖަވާބު ދިނީ ބޮލުންނެވެ. އާނއެކޭ ބުނީ ކުޑަކޮށް ނަޒަރު އަނބުރާލަމުންނެވެ.

ދެބަފައިންގެ މެދަށް އައީ ހަމަހިމޭން ކަމެކެވެ.

"އެނގޭތަ. މިރޭ ނަވީން އުޅެނީ މާ ކަންބޮޑުވެގެނެއްނު؟" ސައިތަށި ގެނެސް އަލިމަނިކު ގެ ކަނާތްފަރާތުން ކައިރީގައި ހުރި ކުޑަ ސްޓޭންޑް މަތީގައި ބަހައްޓާފައި އައިސް އަލިމަނިކުގެ ކައިރީ އިށީނދެ އަތްތިލައިގައި ހުރި ފެން އަނެއް އަތުން ފޮހެމުން މާ ބޮޑު ހިނިތުންވުމަކާއެކު ނަޖްމާ މި ބުނި އެއްޗަކުން ނަވީން ސިހިގެން ދިޔައެވެ.

ނަވީންގެ ހަޔާތުގައި ހިނގާ އެއްވެސް ކަމެއް މަންމައަށް ނޭނގެނެއޭ ނަވީން ބުނިފަހުން ވިސްނުމުގައި އިން އަލިމަނިކުވެސް ވަކި އެއްޗެއް ނުބުނުއްވާ އަނެއްކާވެސް ބަލާލީ ނަވީން އާއި ދިމާލަށެވެ.

"ލީނާ މީހަކާ ރައްޓެހިވެގެން އުޅޭތީ." އަމިއްލަ ދަރިފުޅުގެ ފުރަތަމަ ފިޔަވަޅު އަޅަން ފެށިކަން ބައްޕައަށް އަންގާއިރު ކޮންމެ މަންމައެއްގެ މޫނުމަތިންވެސް އެ ފެންނަ ކުލަވަރު މޫނަށް ގެނެސްފައި ނަޖްމާ މިހެން ބުނެލިއިރު ހީވަނީ، އެއީ ހަމަ އެހާވެސް އުފާވެރި ވާހަކައެއް ހެންނެވެ.  ނަމަވެސް ނަޖްމާ މިހެން ބުނުމުން ނަވީނަށް ވީގޮތް އަލިމަނިކު އިނީ ބަލާށެވެ. އިތުރަށް އެކަމާއި ބެހޭ ގޮތުން ސުވާލެއް ނުކުރި ނަމަވެސް ނަޖްމާ އެ ބުނީ ތެދެއްކަން އަލިމަނިކުއަށް ސާބިތު ވިއެވެ.

"އެހެންނު ވާނީ. މިދިޔަ ދެހަފްތާ މުޅިންމެ ހޭދަކުރީ ލީނާ ކައިރީގަ. ފުރަތަމަ ލީނާއަށް އަނިޔާ ކުރީ. އޭގެ ފަހުން މުޅިންވެސް އުޅުނީ އެގޭގަ. އަދި ކިރިޔާ ނަވީނަށް ލީނާ ފެންނަން ފެށީ. މަންމަ އަބަދު ބުނަމުން މި އަންނަނީ....." ނަޖްމާގެ ވާހަކަ މިހިސާބަށް ދިޔަތަނާ ނަވީން އިންތަނުން ތެދުވެއްޖެއެވެ.

އޭނަގެ ބައްޕަ އިން ތަނެއްގައި އިނދެފައި އެހާ ރުންކުރު ގޮތަކަށް ތެދުވެގެން ދިއުމަކީ އޭނަ މިހާތަނަށް ކުރިކަމެއް ނޫނެވެ. ނަމަވެސް މިފަހަރު މަންމަގެ އެވާހަކަ ފުރިހަމަވަންދެން ނަވީނަކަށް ނީނދެވުނެވެ. އެދިޔަގޮތަށްގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ލީނާގެ ވާހަކަ ނަވީން ކައިރީ ދެއްކުން ހުއްޓާލަންވެއްޖެއްނު މިހާރު ދެން. ނަވީން މީހަކާ އިނދެގެނެއްނު އެ އުޅެނީ؟" ނަވީން ދިޔުމުން ނަޖްމާއަށް ލިބުނު ހައިރާންކަން ބަލަން އިނދެފައި ސައިތަށިން ކޯވަރެއް ބޯލަމުން އަލިމަނިކު ބުނެލިއެވެ. ހަމަޖެހިފައިވާ ރާގެއްގައެވެ.

"އަލިމަނިކު ގަބޫލުކުރިޔަސް އަހަރެން އެ ކައިވެންޏެއް ގަބޫލެއް ނުކުރަން. ނުވެސް ކުރާނަން. ދުވަހަކުވެސް." ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި މިހެން ބުނެފައި ނަޖްމާވެސް ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

ވިސްނުމާއި ފިކުރުގެ ތެރެއަށް ގެއްލިފައި އިނދެގެން އަލިމަނިކު ސައިތަށި ބޮމުން ދިޔައެވެ.

** ** ** ** ** ** **

"ހަލޯވް.......ހަމްދު ދޯ؟ ކިހިނެއް؟" ކޮޓަރިއަށް ވަދެފައި ކުޑަކޮށް ވިސްނާލާފައި ނަވީން ގުޅީ އިނާގެ ގެއަށެވެ.
"ބައްޕަ އުޅުއްވާތަ؟" ސިޓިންރޫމްގެ ލޭންޑް ލައިނަށް ގުޅީ ޚާލިދުގެ މޮބައިލަށް ގުޅުމުން ނުނަގާތީއެވެ.

"ދޮންތަބެ އިރުކޮޅަކުން ގުޅާނަން. ބައްޕައަށް އަންގާލަދީބަލަ އިނގޭ." އިރުކޮޅަކުން އަނެއްކާވެސް ޚާލިދުގެ މޮބައިލަށް ގުޅަން ގަސްދުކޮށް މިހެން ބުނެލާފައި ހަމްދުއާއި ދެތިން ވާހަކައެއް ދައްކާލާފައި، މާ ގިނައިރުތަކެއް ނުވެ ނަވީން ފޯން ބާއްވައިފިއެވެ.

ބައްޕަ ދެއްކި ވާހަކައިން އޭނަގެ ޚިޔާލު ބަދަލުވީކަމެއް ނުވަތަ ހިތްވަރު ލިބުނީކަމެއް ނަވީނަކަށް ޔަގީނެއް ނޫނެވެ. އެނގޭހާވެސް ވަރަކީ އޭނަ ކޮންމެވެސް ކަމެއް ކުރަންވެއްޖެ ވަގުތު ޖެހިއްޖެ ކަމެވެ.

އެނދުގައި އިށީނދެލައިގެން އިނދެ ނަވީން ދިޔައީ، ޚާލިދުއަށް ގުޅާފައި އޭނަ ދައްކަން ހުރި ވާހަކަތައް ސިކުނޑީގައި ތަރުތީބު ކުރަމުންނެވެ.

********* (ނުނިމޭ)**********

25 comments:

Thank you all readers. Hope you will like it. ENJOY...!!!

 

can hardly wait to read the next part... inaa n naveen dhimaa vaane vagutheh ge foni inthizaaruga kehtheri kan kuda vaan fashaifi miharu.. plz publish the next episode soon....thanx for the awsome episode sofaaaaa

 

From Malay,

Wooooooooooooooooooooooooosht. varah obi hama.cant wait for the next part. aneh bai kon irakun soffffffffffffff

 

Nithoo : best ....vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v..vv.v.v.v.v.vv.v. baraaaaaaaaaaaaaaaaaabaru. oh my naveeeeeeeeeeeeeeeennnnnnnnnnnnnnnnnnnn.............

 

hi allah..............naveen ah kerijje dho. sofaaaaaaaaaa........anebbai avahah genesdhecchey. mirey gennan veenu aneh bai. cant wait.

 

sheela : mihaaru sofa ge style annan fashaifi.good work dear. im so happy for ur come back. dhen huttaanulacchey.

 

desperately waiting for the next part, sofa plx kill that leena

 

Fan : Sirreh bunantha thariyaaaaa??

thi thariyakeee emme vaahakaeh liyegen meehunge hitthah athuli thariyeh. Just one story,and you won it all. Engijje dho mi buni eccheh?????? Abadhuves thi gothugai vidha vidhaa hunnacchey.

 

Fathisthari keevve coment thakah reply nukuranee?

 

Hi All *READERS*

Comment thakah vakivakin reply kurevey gothakah nooon mi blog hedhifa huree. Ehenve hurihaa kiuntherinnah JUMLA kollaigen reply kuran jeheyneee. will be replying to you each. Thanks a lot.

 

mibaives varah reethi ekamaku thakolheh kuree. =friender=

 

Hi friender,

Theena nei dhuniye egga ma kihineh ulheyneeeves. mithanun hama ekani coment fenuneemaves ufalun folhijje. hehehehe......anehhen dhen mashah engey theenayakah ma liyaa vaahaka dhuvahakuves heyovaru vaa vareh nuvaanekan. abadhuves kuruvefa....abadhuves. 500 page liyefa dhinas bunaane adhi 500 in nama kihaa rangalhey. hehehehe........thank you for your love and support.

 

To Fan;

Aslutha? How glad i am to know that. Am so happy and thank Allah for the talent given to me. Its such an honour to rcv such support and such comments since i wrote only 2 stories to PUBLIC. thanks....

 

To Sheela / Nithoo

Thank you for your support. will bring the next part tomorow. ur coments are most appreciated.

 

alhey sofa naveen ah ehen nahadhabala!! haadha dhera veye,, ina aa dhekudhin dhimaa kohbala.. naveen kaaree buney i miss him ey :P

 

leela : vaahaka up vaane kamah mi innanee inthizaaruga.leena aa ziyadh aa BUST kollabala las nukkoh.. plssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

 

Sumone who loves u:

It's really amazing how you can write this stuff.I always knew u can do this.u "were" too good even the then. and here i see u exactly going ahead a step at a time.Keep on girl.

I still love you. M still waiting for yuh.

 

v.reethi, hope u won't be delaying like you did before.
n i guess it's time to take an action in this story, but you are a great writer.

 

Muraasil ah coment nukureveythee v.fooohivey.Dhen liu coment kuraany soff ge blog ah.aneh bai avaha geneshecchey.inthizaaruge gitaaga mi iny. :)

 

Soff. how.haaadha zamaaneh vejeyey.Hope everything is now ok.dont ever stop writing.ok.tc.btw. ur story is awsome as always.aneh bai gennanee kon dhuvahakun.miadhu libeynedho?

 

wow...wow....vara salhi vara salhi.....kon dhuvahaku upkolani......

 

Aish: bunee mennu iyye up kohdheynamey. liyuntheriyeh vehjiyya ithubaaru hifahattanves engenjeheyne. eyrun fans bodah loabivaany adhi bodah thaaeed kuraany ves. maa ginadhuvas veema onnanay mualaah kedifa.

 

Thittha:

V.furihama.suspense is just superb.bring the next upsode soon.

 

Aiman: Koba aneh bai. kureedhuvahu up kuraanamey bunefa adhives nukuramennu. keevve ehen vany???

 

alhey alhey alhey.. nuves egey 69 up kurikamey.. :( heveynnu e lollah nufenunas, mivaahaka keema haadha hih hama jehijjey.. heevee loaves rangalhu vejjey.. <3 100000000000000000000000000000000 stars mi bayah..

 

Post a Comment