FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 66 ވަނަ ބައި

އެހެންކަމުން އޭނަގެ ގެއިން، އޭނަގެ ކޮޓަރި ތެރެއިން އެގޮތަށް ނަވީން ފެނުމަކީ މިހާރު އޭނައަށް ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިފަހަރު ނަވީން އެއައީ އޭނަގެ ހާލު ބެލުމަށްވުރެ ބޮޑަށް ނަވީންގެ އަމިއްލަ ހާލު އޭނަ ލައްވާ ބަލުވަން ހެން ލީނާއަށް ހީވީ ކޮޓަރިއަށް ވަންގޮތަށް ވަދެފައި އޭނަގެ އެނދުމައްޗަށް ހުރަހަށް ނަވީން ވެއްޓިގަތުމުންނެވެ.
"
ނަވީން.........ކަމެއް...." ލީނާ ބުނަން އުޅުނެވެ. އިންތަނުން ތެދުވަމުންނެވެ.
"
ޕްލީޒް............ގެއަށް ނުވަދެ މިއައީވެސް މަންމަ އެކި އެކި ސުވާލުކުރާނެތީ.......އިހަށް ރެސްޓެއް ނެގިޔަދީ.......މަންމަ ކައިރީ ނުބުނާތި އަހަރެން މިގޭގައި އޮތް ވާހަކަ. އެހެންނޫނީ މިގެއަށްވެސް މަންމަ އަންނާނެ. " ނިތްކުރިމަތީގައި އެއް އަތުން ބާރަށް ހިފަހައްޓާލަމުން އެ އޮތްގޮތަށް އޮވެ ނަވީން ބުނެލިއެވެ. 
ލީނާ އެއްޗެއް ނުބުނެއެވެ. ނަމަވެސް އައިސް އެނދުކައިރީގައި ނަވީނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެލެވުނެވެ. ލޯމަރާލާއިގެން ނަވީން އޮތް ގޮތުން ކޮންމެވެސް ކަމަކާ ނަވީންގެ ބޮލަށް ވަރަށް ފިކުރުބޮޑުވެފައި އޮތްކަން އެނގެއެވެ.

"
އެހެންވެއްޖިއްޔާ ތިހެން ނޯވެ ރީތިކޮށް އޮށޯންނަންވީނު....." ނަވީން ކައިރީގައި އެނދުގައި އިށީނދެލަމުން ލީނާ ބުނެލިއެވެ. ނަވީންއަށް ވެގެން އުޅެނީ ކީއްކަމެއް އަދި ނޭނގުނު ނަމަވެސް، މިހާރަކަށް އައިސް ނަވީން ހުންނަނީ ކޮންމެވެސް ކަމެއްގެ ބޮޑު ވިސްނުމެއްގައިކަން އެނގޭތީ ނަވީންގެ އެ ހާލުގެ މައްޗަށް ލީނާއަށް ހަމްދަރްދީ ވެވުނެވެ.

ލީނާ އެއްޗެއް ބުނިހެނެއްވެސް ނަވީނަށް ހީނުވެއެވެ. ހަމަ ކުރިންވެސް އޮތްގޮތަށް ނަވީން އޮތީއެވެ. ލީނާއާއި ދޭތެރޭ ނަވީންގެ އެއްވެސް ސަމާލުކަމެއް ނެތްކަމުގެ ރޭކާވެސް ލީނާއަށް ނުލާތީ، އޭނަގެ ގެއަށް އައިސް، އޭނަގެ އެނދުގައި އެގޮތަށް ނަވީން އޮތްތަން ފެނުމުން ލީނާއަށް ލިބުނީ ބުނަންވެސް ނޭނގޭފަދަ ޔަގީންކަމެކެވެ. އޭނަގެ ރީތި އިނގިލިތަކުގައި ޖަވާހިރުގެ އަނގޮޓިއެއްފަދައިން ނަވީން އަޅުވާލެވިދާނެކަމުގެ ޔަގީންކަމެވެ.

ނަވީން އެދުނުހެން އަރާމުކޮށްލަން ވަގުތުކޮޅެއް ނަވީނަށް ދީފައި މޭޒުމަތީގައި އޮތް ވިދާބަބުޅާ ކުޑަ އަތްދަބަސް ނަގައިގެން ކޮޓަރީގެ ދޮރު ލައްޕާލާފައި މަޑުމަޑުން ލީނާ ނުކުމެއްޖެއެވެ. ކުރިން ނިންމާފައި އޮތީ ރައްޓެހި ކުދިންނާއެކު ގޭގައި ވަގުތުކޮޅެއް ހޭދަކޮށްލަން ކަމުގައިވިޔަސް، މިހާރު ލީނާގެ ހިތް ބަދަލުވެއްޖެއެވެ. މިހާރު އޭރާ މުޅިން ތަފާތު ވެއްޖެއެވެ. މިހާރު ނަވީން އެބައޮތެވެ. އޭނަގެ އެނދުގައެވެ. އޭނަގެ ހިމާޔަތުގައެވެ. ޕާސް ނަގައިގެން ކޮޓަރިން ނުކުތީ އެހެންވެގެންނެވެ. ރައްޓެހި ކުދިންނަށް ނަވީން ފެންނަންވެސް ލީނާ ބޭނުން ނުވަނީއެވެ. ފެނިއްޖެނަމަ އޭނަގެ އެ ހެޔޮ ނަސީބަށް އެ ކުދިންގެ އެސްފީނާ ޖެހިދާނެތީ ލީނާ ބިރުގަތެވެ.

އަނގައިގެ ދަތް ހަލާކުވިތާ މާ ގިނަ ދުވަހެއްވެސް ނުވާތީ، ލީނާއަށް މާ ގަޔާވެގެނެއް ނުވެސް ކެވުނެވެ. ލީނާއަށް ބޮވުނީ ހޫނު ޗޮކްލެޓްތައްޓެއް އެކަންޏެވެ. ލީނާގެ ރަހްމަތްތެރިން ހީކުރީ ލީނާ އަދިވެސް ފިޓް ނުވަނީ ކަމަށެވެ. ނަމަވެސް އެއީ ހަމަ އެކަނި ހީއެކެވެ. ލީނާއަށް ނުކެވުނީ އެހެންވެގެނެއް ނޫނެވެ. އޭނައަށް ނުކެވުނީ އޭނަގެ ހިތް އަވަސްވެފައި ހުރިވަރުންނެވެ. ގެއަށް ދާހިތުންނެނެވެ. ލަސްވާތީއެވެ. ނަވީން ކައިރިއަށް ދާހިތުންނެވެ. ނަވީން އޮންނާނީ އޭނަގެ އެނދުގައި ނިދާފައިކަން އެނގޭތީ އެތަން ދުށުމަށް ދާހިތުންނެވެ. 

ރައްޓެހި އަނެއް ތިން ކުދިންނާއެކު އައިސް ލީނާގެ ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ލީނާ އަވަސް އަވަހަށް ފޭބިއެވެ. 
"
ހާދަ އަވަސް އަރުވާލާފަ...." ކިހިނެއްވީ އަނެއްކާ....ލީން........" ލީނާގެ ރަހްމަތްތެރި ފައިހާ އަހާލިއެވެ.

"
ކަމެއްނުވޭ....ހަމަ ވަރުބަލިވާތީ......" ލީނާ އަވަސް އަވަސް ކޮށްލާފައި ގޮސް ގެއަށް ވަދެއްޖެއެވެ. ދޮރާށި ލައްޕާފައި އެނބުރުން ވީ ލަހެވެ. އަތްދަބަހުގައި އޮތް ފޯން ރިންގުވާން ފެށިއެވެ. ލީނާ ހީކުރީ ފައިހާމެން ގުޅަނީކަމަށެވެ. އެހެންކަމުން އަވަސް އަވަހަށް ދަބަސްތެރެއިން ފޯން ނަގައިގެން ބަލާލިއެވެ. ނޫނެކެވެ. އެއީ ފައިހާމެންނެއް ނޫނެވެ. އެއީ މިގަޑީގައި އެންމެ ނުގުޅާންވީ މީހާއެވެ. ޒިޔާދުއެވެ. އޭނަގެ ޒިޔާދުއެވެ.

"
ވެލްކަމް ބެކް...........ހައު އާރ ޔޫ......." ފޯން ނަގާފައި ޝައުގާއިއެކު ލީނާ އަހާލިއެވެ. އެބަހުގެ ފުރިހަމަ އަސަރު ލީނާގެ އަޑުން ފުރިހަމައަށް ފާޅުވެއެވެ.
"
މިއުޅެނީ ހަމަ.........ދިއްލީ ކިހިނެއް....؟؟" ޒިޔާދު ކުރި ސުވާލަކަށް ލީނާ ޖަވާބު ދިނެވެ. 

"
ނޫނޭ ދިމާވާންވާނެ.....އެކަމަކު މިރެއަކު ނޫންކަންނޭނގެ.......ތަންކޮޅެއް ބަލިކޮށް މި އުޅެނީ......" ދިމާވާން ކިތަންމެ ބޭނުންވިޔަސް އެކަހަލަ އެއްވެސް ކަމަކާ މިހާރަކު ނޫޅެވޭނެއެވެ. 

"
އާނ. ތަންކޮޅެއް ލަސްކޮށްލާފަ ދެވިދާނެ......." ވާހަކަ ދައްކަމުންވެސް ލީނާއަށް ބަލާލެވެނީ ގޭތެރެއަށެވެ. 
ބައްޕަވީ ސިންގަޕޫރުގައި....." ނަވީން ނިކުމެދާނެ ކަމުގެ ބިރުގައި ހުރެވެސް ލީނާއަށް ޒިޔާދު އާއި ވާހަކަ ނުދައްކައެއް ނުވެސް ބޭއްވުނެވެ. 

ދޭތެރެއަކުން މައްސަލަ ޖެހި، ދުވަސްކޮޅަކަށް ގުޅުން ކެނޑިފައި ވިޔަސް، އެ ދެމެދުގެ ގުޅުމަކީ މި ފާއިތުވި ހައެއްކަ އަހަރުތެރޭވެސް ބަދަލެއް ނައި ގުޅުމެކެވެ. އެކަކު އަނެކެއްގެބޭނުން ޖެހޭ ކޮންމެ ހިނދެއްގައިވެސް ގޮވާލުމުން އަނެކާ އެދޭތަނަކަށް ވަގުތުން ހާޟިރު ވުމަކީ އެ ދެމީހުންގެ ގުޅުމުގެ އެންމެ ޚާއްޞަ އެއް ސިފައެވެ. ފަހަރެއްގަ އެ ގުޅުމުގަ ހުރި ހަމަ އެކަނި ސިފަ ކަމަށްވެސް ވެދާނެއެވެ. 

"
އާނ....ދިހަގަޑިބައި އޯކޭ....." ލީނާގެ ހިތުގައި ނަވީން އާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާއިރުވެސް ޒިޔާދު ދެކިލާހިތުންވެސް އޭނައަށް އުނދަގޫ ވަނީއެވެ. 
"
ޔެސް...އައި ވިލް ކަމް....ލަވް ޔޫ....." މިހެން ބުނެފައި އެކޮޅުން ލިބުނު ޖަވާބާއެކު ހިތްފުރިގެން އައިސް ހުރި ހިނިތުންވުމަކުން އުޖާލާވެ ރަތްކުލަ އަރާފައިވާ މޫނަކާއެކު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެލާފައި ފޯންގެ ރިންގު ކެނޑުމަށްފަހު އަތްދަބަހަށް ފޯން ލާފައި ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ.

އޭނަގެ އަމިއްލަ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލެވުމުން ލީނާއަށް ހުއްޓުމެއް އައެވެ.
އޭނައަށް ދެވުނީ ބޮކިވެސް ނުދިއްލާ ވީމަ ކޮޓަރިތެރެއަށް ވަނީ އަނދިރިކަމެވެ. އެހެންނަމަވެސް އެގޭގެ ފުރަގަހުގައި ހުރި އަޒީޒާއްތަމެންގޭގެ ތިންވަނަ ބުރީގެ ބެލްކަނީގައި ދިއްލާފައިވާ ހުދުއަލީގެތެރެއިން ފުދޭވަރެއްގެ ރަނގަޅު އަލިކަމެއް އޭނަގެ ކުޑަދޮރުގެ ދެވަނަ ފަރުދާ ފޫއަޅުވާލަފައި އެކޮޓަރިތެރެއަށް ވެރިވެފައި ވެއެވެ. މީހަކު އެނދުގައި އޮތްކަން ދުރުން އެނގެއެވެ. 
އެހެންވެސް ނަވީން އޮތްތަން ފެނުމުން އޭނައަށް ހިތް ހަމަޖެހުނެވެ. ވަދެ ދޮރުލައްޕާފައި ބޮކި ޖައްސަން އަތްދިއްކުރިއެވެ. އެހެންނަމަވެސް އެ ހިސާބުން ހުއްޓާލައިފިއެވެ.
މި ވަގުތުކޮޅު އޭނަގެ އަތުން ހަލާކުކޮށްލަންވީ ކީއްވެހެއްޔެވެ؟ އޭނަގެ ކޮޓަރީގެ ނިދާބޮތްކަކީ މަޑު ރަތްކުލައިގެ އައްޔެކެވެ. އެއީ ގަދަ ކުލައެކެވެ. އޭނަ ނުދިއްލާނެއެވެ. ނަވީން އޮންނަން ބޭނުންވާހާ އިރެއްވަންދެން އޭނަގެ އެނދުގައި ނަވީން މިރޭ އޭނަ ބާއްވާނެއެވެ.
އެ ފަނޑު އަލީގައިވެސް ދުރުން މިވަރަށް ފެންނަންޏާ ކައިރިން މާ ރީތިކޮށް ފެންނާނެކަން އޭނައަށް ޔަގީނެވެ. 

ވައަތް ބަނޑުމަތީގައި ބާއްވައިގެން، ފައިމަތީގައި ކަނައަތް އޮތްގޮތުން، އޭނަ ދިޔައީއްސުރެންވެސް މިވީ ދޮޅުގަޑިއިރުތެރޭ ނަވީން ގުޑާލާފައިވެސް ނުވާކަން ނަވީނަށް ބަލާލުމުން ލީނާއަށް އެނގުނެވެ.

ނަވީނާއި ދިމާލަށް ބަލަން ހުރެ މޫނުބަލާ ލޯގަނޑުކައިރީގައި ދަބަސް ބަހައްޓާފައި ގަޑި ބަލާލިއެވެ. އަދި ކިރިޔާ ނުވައެއް ޖެހީއެވެ. އަދި ލައްކަ ވަގުތު އެބައޮތެވެ. 

މަޑުމަޑުން ލީނާ އައިސް ނަވީން އޮތް އެނދުކައިރިއަށް ހުއްޓިއްޖެއެވެ. 
ކިހާ ރީތި ސޫރައެއް ހެއްޔެވެ. ކިހާ ފުރިހަމަ ފިރިހެންވަންތަ ސިފަތަކެއް ހެއްޔެވެ. ކުޑައިރުއްސުރެން، ޒުވާންވީއްސުރެން އޭނައަށް އެދެވިފައި ވަނީ މި އިންސާނާގެ ލޯތްބަށެވެ. އެއެއް އޭނައަށް ނުލިބެއެވެ.
ނޫނެކެވެ. އޭނަ ދެކެ ނަވީން ލޯބިވެއެވެ. އެކަމަކު އެއީ އިޝްގީ ލޯތްބެއް ނޫނެވެ. އެއީ އާއިލާގެ އެކަކު އަނެކަކަށް އޮންނަ ފަދަ ލޯތްބެކެވެ. އޭނަ އާއި ދޭތެރޭ ނަވީން އަބަދުވެސް ދެކެމުން އަންނަނީ އެފަދަ ގޮތަކަށް ކަންނޭނގެއެވެ. ފަހަރެއްގަ އެއީ ނަވީންގެ މަންމައަށް އޭނަވެސް މަންމަ ކިޔާތީ ކަންނޭނގެއެވެ. ފަހަރެއްގަ އެއީ އަބަދު ގޮސް އޭނަ އެ ގޭގެ ކުއްޖެއްހެން އެގޭގައި އުޅޭތީކަކްނޭނގެއެވެ. އެހެން ގެއެއްގައި، މާ ދުރު ހިސާބެއްގައި އުޅެން އޭނައަށް ލިބުނު ނަމަ، އެ ދެމެދުގައި އާއިލީ ގުޅުމެއް ނޮއޮތީހެވެ. އެހެން ނޫންނަމަ އޭނަ ބޭނުންވާ ކަހަލަ ލޯތްބެއް ނަވީންގެ ފަރާތުން ހޯދުމަށް އޭނައަށް ފަސޭހަ ވީސްކަންނޭނގެއެވެ.

އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އޭނައަކަށް ނަވީންގެ އެފަދަ ލޯތްބެއް ނުލިބުނެވެ. މިހާރު ދެން އަމުދުން ނުލިބޭނެއެވެ. މިހާރު މިއީ މީހެއްގެ ފިރިއެކެވެ. އޭނައަށްވުރެ އެތައް ހާސް ގުނައެއް ރީތި ރާނީއެއްފަދަ އަންހެންކުއްޖެއްގެ ފިރިމީހާއެވެ. އޭނަގެ ނެތް އެތައް ރަނގަޅު ސިފައެއްވެސް އިނާގެ ވާނެއެވެ. ނަވީން ލޯބިވާނީ އެފަދަ އަންހެންކުއްޖެއް ދެކެކަން އޭނައަށް ކުރިންވެސް އެނގެއެވެ. 
އެކަމަކު އެއްވެސް މީހަކަށް އޭނައާއި ނަވީންގެ ދެމެދަށް އާދެވިގެން ނުވާނެއެވެ. އިނާއަށް ނަވީން ދީގެން އޭނައަކަށް ނުހުރެވޭނެއެވެ. އިނާ ކައިރީ ނަވީންގެ ދަރިއަކަށް އޭނަ ބަލިވެއިންކަމަށް އިނާ ކައިރީ ވާހަކަ ދައްކަން ޖެހުނީވެސް އެކަމަށް އޭނައަށް ކެތް ނުކުރެވޭތީއެވެ. އެދެމީހުންގެ ދެމެދަށް ދަރިއަކު އައުމުގެ ކުރިން އެ ދެމީހުން ދުރުކުރުވިއްޔާ ނޫނީ އެކަން ނުވާނެކަން އޭނަ ގަބޫލުކުރާތީއެވެ. ޚުދު ނަވީންގެ މަންމަވެސް އޭނަގެ އެ ޚިޔާލަށް ތާއީދު ކުރިއެވެ.
އޭނައަށް ވެވުނު ވަރަކުން އެ ދެމީހުން ދުރުކުރުވަން އޭނަ މަސައްކަތް ކުރާނެއެވެ. އޭނަގެ މަރު ދުވަހާއި ހަމައަށްވެސް ނަވީން ހާޞިލް ކުރުމަށް އޭނަ މަސައްކަތް ކުރާނެއެވެ. އެއްގެއެއްގައި ، އެކަކަށް މަންމަ ކިޔައިގެން އުޅުމުން އޭނައަށް ވާންވީ އުނދަގުލެއް ނޫނެވެ. ނަވީން ހާޞިލް ކުރުމަށް އޭނައަށް ވާންވީ ފަސޭހައެވެ. އޭނައަށް އެކަން ކުރަންވީ ގޮތަށް ކުރަން ނޭނގެނީއެވެ.

ނޫނެކެވެ. ނޭނގެނީކީ ނޫނެވެ. އޭނައަށް އެ ފުރުޞަތުވެސް މީގެ ކުރިން ނުލިބެނީއެވެ.
އެކަމަކު މިއީ ފުރުޞަތެވެ. އޭނައަށް މިހާރު އެކަމަށް މި އޮތީ މަގުފަހިވެފައެވެ. މިހާރު ނަވީން މިހިރީ މާލޭގައެވެ. މިވަގުތު މިއޮތީ އޭނަގެ ކޮޓަރީއެވެ. އޭނަގެ އެނދުގައެވެ. އޭނަގެ ކައިރީގައެވެ.
އޭނަ ނަވީން ދެކެ ވާ ލޯބި މިވަގުތުގެ ބޭނުން ހިފައިގެން ނަވީނަށް އޭނަ އިހްސާސްކޮށްދޭނެއެވެ. އޭނަ ނަވީނަށް އެދޭ މިންވަރު އޭނަ ބުނާނެއެވެ. އޭނަ ނަވީން އަށްޓަކައި ވާނެ ގުރުބާނީތައް ނަވީނަށް ކިޔައިދޭނެއެވެ. 
އޭނައަށް ވަގުތު ގެއްލުމުގެ ކުރިންނެވެ. އިނާ ކައިރިއަށް ރަށަށް ނަވީން ފުރައިގެން ދިއުމުގެ ކުރިންނެވެ. 

އަނެއްކާ މިފަހަރު އައީއްސުރެން މާލޭގައި ނަވީން އެ ހުންނަނީވެސް ކީއްވެހެއްޔެވެ؟ ބޯހާސްވެ ރުޅިގަދަވެފައި ހުންނަނީވެސް ކީއްވެހެއްޔެވެ؟ ރަށަށް ނުދަނީ ކީއްވެހެއްޔެވެ؟
އޮފީސް މަސައްކަތަކީ އެހާވެސް ނަވީނަށް ވޭންދެނިވި އެއްޗެކެވެ. ކޮންމެވެސް ބޮޑެތި ކަންތައްތަކެއް އޮފީހުގައި ހުރީ ކަމަށް ނޫނީ ނުވާނެއެވެ. މި މަސައްކަތްތައް ނިންމާފައި ނަވީން ފުރައިގެން އިނާ ކައިރިއަށް ދިއުމުގެ ކުރިން މި ފުރުޞަތުގެ ބޭނުން އޭނަ ހިފާނެއެވެ. 

އޭނަ ބޭނުންވާ ހަމައެކަނި މީހަކީ ނަވީންއެވެ. ޒިޔާދުއެއްވެސް ނޫނެވެ. އަދި އެފަދަ މުއްސަނދި އެހެން މީހެއްވެސް ނޫނެވެ. އޭނަ ބޭނުންވަނީ ނަވީން އެވެ. ޒިޔާދުއަކީ އޭނަގެ ފޫހިވަގުތުތަކުގެ ބައިވެރިޔާއެވެ. ޒިޔާދު ހިތުން ޒިޔާދު ދެކެ އޭނަ ލޯބިވިޔަސް، އަދި އޭނައަށްޓަކައި ޒިޔާދު މަރުދޭން ހުއްޓަސް އޭނަގެ މީހަކީ ނަވީންއެވެ. ނަވީން ލިބިއްޖެނަމަ އޭނައަށް އެހެން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. 

ލީނާ މަޑުމަޑުން އެނދުގައި އިށީނދެއްޖެއެވެ. ނަވީން އޮތީ އެނދުގައި ހުރަހަށް އޮތް އިރުވެސް ލީނާ އިން ފަރާތަށް މޫނު އަނބުރާލައިގެން ކަމުން ހުރަހަކާ ދަތިކަމަކާ ނުލާ ލީނާއަށް ނަވީންގެ މޫނު ފެނެއެވެ. 

އެއްއަތް އެނދުގައި ވިއްދާލައިގެން އެއްފައިމައްޗަށް އަނެއްފައިލައިގެން ނަވީން ގެ މޫނު ފެންނަ ގޮތަށް އެނބުރި އެނދުގައި އިށީނދެލައިގެން އިން ލީނާ، އެނދުގައި ވިއްދާފައި ހުރި އޭނަގެ އަތް މަޑުމަޑުން ކުރިއަށް ޖައްސަމުން ދިޔައެވެ. އެ އަތް އެއްކޮށް ކުރިއަށް ދެމި ނަވީންގެ މޫނު ފެންނަ ގޮތަށް އެއް އަރިއަކަށް އޮށޯވެވެންދެނެވެ. ނިދީގައި އޮތް ނަވީންގެ ނިންޖަށް އުނދަގޫ ނުވާގޮތަށް ލީނާ ބޭނުންވީ މަޑުމަޑުން އެތާ އޮވެލާށެވެ. ނަވީންގެ ކައިރީގައި އެ ރީތި މޫނަށް ބަލަހައްޓައިގެން އޮވެލުމަށެވެ. ނަމަވެސް އޭނައަށްވުރެ ނަވީންގެ އިސްކޮޅުން ދިގުވުމާއި، އޮވެވުނުލެއް ތިރިކަމުން، ކިރިޔަ ކިރިޔާ ނަވީންގެ މޫނު އޭނައަށް ފެންނަނީއެވެ. 
އެކަމަކުވެސް ބަލަމުން ދިޔައެވެ. 

އުމުރުދުވަހު ނުފެނި، ގެއްލިފަ ހުރި ލޯބިވެރިޔަކު ފެނުމުން ބަލާ ފަދައިން ބަލަހައްޓައިގެން ލީނާ އޮތެވެ. 
ނަވީންގެ ހޭވިފައިވާ އިސްތަށިގަނޑާއި ނިތްކުރިއަށެވެ. ލޮލަށާއި ރީތި ބުމައަށެވެ. ރީތި ނޭފަތަށާއި ރީތި ތުންފަތަށެވެ. މީގެ ދެތިންދުވަހެއް ކުރީއްސުރެން ފަޅަން ފަށާފައިހުރި ތުނބުޅީގެ އިސްތަށިތަކަށެވެ. މަސައްކަތުގައި އަވަދިނެތި އުޅެންޖެހިފައިވާތީ، އަމިއްލަ ހަށިގަނޑަށްވެސް މާ ބޮޑު ފަރުވާލެއް ނަވީނަށް ނުދެވޭއިރުވެސް، އެ ސިފަތަކާއެކުވެސް ނަވީން ކިހާ ރީތި ހެއްޔެވެ؟ ކިހާ ފުރިހަމަ ހެއްޔެވެ. 

ގާތްކަމެއް އުފައްދަން އޭނަ މަސައްކަތް ކުރާ ކޮންމެ ފަހަރަކު އޭނައާއި ހަރުކަށި ބަސްތަކަކުން ވާހަކަ ދައްކާ އެ ނަވީން މިވަގުތު އެއްވެސް އާރެއް ބާރެއް ނެތްފަދައެވެ. އެކަމަކުވެސް ދަމާބާރަކާއެކު އޭނަގެ ހިތް އޭނައާއި ދިމާލަށް އޮޔާގޮސް ނިމެނީއެވެ. ނަވީން އޮތީ ގަދަ ނިދީގައިކަން ލީނާއަށް އެނގެއެވެ. އެހެންކަމުން މިވަގުތުގެ ބޭނުން ހިފައި އެންމެ ފަހަރަކުވިޔަސް ބީހިލުމުގެ ނިޔަތުގައި، ނަވީންގެ ބަނޑުމަތީގައި އޮތް ނަވީންގެ އަތްތިލަ މަތީގައި ލީނާ އޭނަގެ އަތްތިލަ މަޑުމަޑުން ބޭއްވިއެވެ. 
ނަވީނަކަށް އިހްސާސްވެސް ނުވެއެވެ. ނިދީގައި އޮތީމައެވެ. 
އެކަމާ ލީނާ އުފާކުރިއެވެ. އެހެން ނޫންނަމަ ހަމަ ވަގުތުން ފޮޅުވާލާނެއެވެ. އޭނައާއި ދިމާލަށް ހަޅޭއްލަވާނެއެވެ. ވައިސޫރިއެއްހެން ރުޅިއައިސްގެން އެގެއިންވެސް ނުކުމެގެން ދާނެއެވެ.
ނަސީބެކެވެ. މިފަދަ ފުރުޞަތެއް އޭނައަށް ދުވަހަކުވެސް ނުލިބެއެވެ. 

ލީނާ އޮތީ އޭނަގެ އަތް ނަވީންގެ އަތްމަތީގައި ބާއްވައިގެން ނަވީންގެ މޫނަށް ބަލަހައްޓައިގެން މަޑުމަޑުންނެވެ. އެ ވަގުތުކޮޅު ގަރުނުތަކަކަށް ދެމިގެން ދިއުމަށް ލީނާގެ ހިތް އެދެމުން ދިޔައެވެ.
އިރުކޮޅެއް ވެއްޖެއެވެ. ކުއްލިއަކަށް ނަވީންގެ އަތަށް ހަރަކާތެއް އައިކަން ލީނާއަށް އެނގުނެވެ. ގަތްބިރުން އަވަހަށް އަތް ނަގަން ލީނާ އުޅުނެވެ.

ނަމަވެސް ނަވީން އޭނަގެ ކަނައަތުން ލީނާގެ ކަނައަތުގައި ހިފައި ދެއަތުގެ އިނގިލިތައް މަހާލިއެވެ. އަދި ދެވަނަ ހިނދުކޮޅުގައި ނަވީން ކުރި ހަރަކާތެއްގެ ސަބަބުން ލީނާގެ އަތް އޮތީ ނަވީންގެ އަތާއެކު ގެންގޮސް ނަވީންގެ މޭގައި ޖެހިފައެވެ. ލީނާގެ ހިތުގެ ތެޅުން ބޭރަށްވެސް އަޑުއިވޭނެޔޭ ލީނާގެ ހިތަށް އެރިއެވެ. އެހާވެސް ކަންބޮޑުވެ ޖެހިލުންވިއެވެ.
ދެންވާނީ ކިހިނެއްބާއޭ ވިސްނަވިސްނާ ލީނާ އޮތްވާ ކުއްލިއަކަށް ނަވީން އޭނައާއި ދިމާލަށް އެއްކޮށް އެނބުރިލައިފިއެވެ. ނިދީގައެވެ. ނަވީންގެ އަތުތެރޭގައި އޮތް އޭނަގެ އަތްތިލައިގައި މަޑުމަޑުން ނަވީން ބޮސްދީފިއެވެ. މިފަހަރު ލީނާއަށް ހީވީ ލީނާގެ ހިތް ހުއްޓެން ދާހެންނެވެ. އެކަމަކުވެސް އެއްވެސް ހަރަކާތެއް ކޮށްލަން ނުކެރިފައި ލީނާ އޮތްވާ ނަވީން އަނެއްކާވެސް އޭނަގެ އަތްތިލަ ގެންގޮސް ނަވީންގެ އަމިއްލަ މޭގައި ފޮރުވައިފިއެވެ. އަމިއްލަ މިލްކެއް ފަދައިންނެވެ.

ލީނާގެ ހުރިހާ ހިއްސެއް ހޭލި ކަހަލައެވެ. ގައިންހީބިހިނަގައިގެން ދިޔައެވެ. ހިއްސުތަކަށް އައި އާވައްތަރެއްގެ ހަލަބޮލިކަމަށް ކެތް ނުކުރެވިގެން އޭނައަށް ގެނެވުނު ހަރަކާތަކުން ނަވީންގެ އަތުތެރޭގައި އޮތް އޭނަގެ އަތަށް ގުޑުމެއް އަރައިގެން ދިޔައެވެ. ނަވީން އަދިވެސް ބާރަށް އޭނަގެ އިނގިލިތަކާ ނަވީންގެ އިނގިލިތައް މަހާލިއެވެ. ހިނގައިދާނެތީ އުޅޭމީހެއްގެ އަތުގައި ހިފައިބާރުކޮށްލާހެންނެވެ. 
އަދި އެވަރަކުންވެސް ފުދުނީކީ ނޫނެވެ. އެއްއަތުން ލީނާގެ އަތުގައި ހިފައިގެން އޮވެ، އަނެއްއަތުން ލީނާގެ ހަށިގަނޑު ވަށާލައި، ގަޔާއި ކައިރިއަށް ލީނާ ލަފާލިއެވެ.
ލީނާއަށް ލިބުނީ ސިހުމަކާއި ހައިރާން ކަމެކެވެ. އެކަމަކު އެ ހައިރާންކަމުގައި މީރުކަމެއް ލީނާއަށް ހުއްޓެވެ. އޭނަ ބޭނުންވާ ހުރިހާ ގޮތަކަށް އެންމެ ފަހަރަކު ވިޔަސް ކަންތައް ވަމުން ދާތީއެވެ. 
ލީނާ އާއި ނަވީންގެ ދެމެދުގައި ހުރީ، ނަވީންގެ މޭގައި ޖައްސައި ބާރުކޮށްގެން ނަވީން އޮތް ލީނާގެ އަތާއި ނަވީން އާއި ދެމެދުގައި ހުރި ދުރުމިނެކެވެ. ނަވީންގެ އަމިއްލަ އިޚްތިޔާރުގައި އޭނައާއި ގާތަށް ލީނާލަފާލުމުން، ލީނާއަށް ވަދެވިފައިވަނީ ގާތްގަނޑަކަށް ނަވީންގެ އުރުތެރެއަށެވެ. ކިރިޔާވެސް ބޯ އުފުލާލައިފިނަމަ އޭނަގެ ބޯ ނަވީންގެ ދަތްދޮޅީގައި ޖެހިފައި ހުއްޓޭހާ ހިސާބުގައެވެ. އުމުރުދުވަހު އެހެން އޮވެވޭނެނަމައޭ ލީނާގެ ހިތަށް އެރިއެވެ. އަދިވެސް އިތުރަށް ގާތްވެލާ ނަވީންގެ ގައިން ދުވާ މީރުސެންޓްވަހުގެ ތެރެއަށް ގެނބެން މަސައްކަތް ކުރަމުން ލީނާ ދިޔައެވެ.

"
ސޯ ސޮރީ ފޯރ އެވްރީތިންގ...." ނިދީގެ ތެރޭގައި އޮތް ނަވީންގެ އަނގައިން މި އަޑު އިވުމުން ލީނާއަށް ސިހުމެއް އައެވެ. ނަވީން އެއޮތީ ހޭލައެވެ. ޔަގީނެވެ. އެހެން ނޫންނަމަ......
އެހެންނޫންނަމަ އޭނައަށް އިހަށްދުވަހު ނަވީންގެ ސަބަބުން ލިބުނު އަނިޔާއަށް މައާފަށް ނެއެދުނީހެވެ. 

"
ސްޓެއި ވިތް މީ....ޕްލީޒް....." ނިދިބަރުވެފައިވާ އަޑަކުން ވަރަށް މަޑުމަޑުން ނަވީން އަނެއްކާވެސް މިހެން ބުނެލައިފިއެވެ. 
އެއީ އޭނައަށް ހީވި ހީވުމެއް ނޫނެވެ. ހަގީގަތުގައިވެސް ނަވީން އެ އެދެނީ އޭނައާ އެކުގައި ހުރުމަށެވެ. 

ވިސްނަންވީ ކޮން ގޮތަކަށް ކަމެއްވެސް ލީނާއަކަށް ޔަގީން ނުވިއެވެ. 
އޭނައާއި އެފަދަ ގާތް ކަމެއް ބާއްވަން ބޭނުން ނުވާ ކަމަށް އަބަދާ އަބަދު ބުނަމުން އައި ނަވީން އޭނައާއެކު މިހާ ގާތްކަމަކާއި ގައިގޯޅިކަމެއް މިރޭ މި ބަހައްޓަނީ ކީއްވެހެއްޔެވެ؟ 
އޯވހ.......
އޭނައަށް ވިސްނިއްޖެއެވެ.
ނަވީންވެސް އޭނައެކޭ އެއްފަދައިން ވަގުތުގެ އުފާ ލިބިގަންނަނީއެވެ. ވާނީވެސް އެހެންނެވެ. ނަވީން އަކީވެސް ފިރިހެނެކެވެ. އޭނަ ފެންނަ ކޮންމެ ފިރިހެނަކުމެ އޭނަގެ ރީތި ކަމާއި ޒުވާންކަމުން އުފާލިބިގަންނަން އެދެމުން އަންނައިރު، އޭގެ ތެރެއިން ނަވީން ވަކި އިސްތިސްނާ ވާނެހެއްޔެވެ؟ ހިއްސުތައް ހަމައަށްހުރި ފިރިހެނަކަށް ނުހުރެވޭނެކަން އޭނައަށް ޔަގީނެވެ. ފުރަތަމަ ދުވަހުވެސް ނޫނެކޭ ބުނެވުނީތީ އެބަހުގައި ހުންނަން ވެގެން ނަވީންވެސް ހުންނަނީކަމަށް ނޫނީ ނުވާނެއެވެ. 
އެކަމަކު ލޭގެ ގުޅުމެއް އެއްގޮތަކަށްވެސް ނެތް އަންހެނަކާއި ދުރުގައި ފިރިހެނަކަށް އަބަދަކު ނުހުރެވޭނެއެވެ. 
އަނެހްނެކުއްޖަކާއި ފިރިހެންކުއްޖެއްގެ ރަހްމަތްތެރި ކަމަކީ ކޮންމެވެސް އެއް ދުވަހަކުން އެ ނޫން ގުޅުމަކަށް އެ ގުޅުން ބަދަހިވެގެން ދާނެ ކަމެކޭ މީހުން އެ ބުނަނީ އެއީ ހަމަ ހަގީގަތެކެވެ.

ނަވީންވެސް ކިތަންމެ ގޮތް ދައްކައިގެން ހުރި ނަމަވެސް، ޚުދު ނަވީންގެ ހިތްވެސް އެދޭނެއެވެ.
މިއޮތީ އެކަން ޔަގީން ވެފައެވެ.

ފުން ނޭވައެއް ލާފައި ނަވީންގެ މޭގައި ލީނާ އޭނަގެ މޫނު ޖައްސާލިއެވެ. ނަވީން އޮތީ ނިދީގައި ކަމަށްވިޔަސް، ނަވީންގެ ފަރާތުން މިވަގުތުކޮޅުގައި ލިބެން އޮތް ހުރިހާ ގާތްކަމެއް ލީނާ ބޭނުމެވެ. 
ނަތީޖާ ފެންނަންފެށީވެސް ލީނާގެ ހިތް އުފަލުން ފޮޅިގެން ދާނެ ގޮތަކަށެވެ.

އެތަކެއް ޒަމާންވަންދެން ނުލިބިގެން ފެންބޮވައިގެންފައި ހުރި ލޯބި ލިބި، އެ ލޯބި ތާއަބަދަށް މިލްކް ވާނޭފަދައިން އެ ލޯބިވެރިޔާ އާއި ކައިވެނިކޮށްގެން ހުއްޓާ، ވީނުވީއެއް ނޭނގި އޭނަ ދޫކޮށް އެ ލޯބިވެރިޔާ ދިއުމުން، ފާއިތުވަމުންދާ ކޮންމެ ސިކުންތެއްގައިވެސް، އެ ލޯބިވެރިޔާ ދުށުމަށާއި އެ ލޯބިވެރިޔާއާއި ލޯބިކޮށްލާހިތުން ހުރި ނަވީންއަށް، ނިދީގެ ތެރެއިން ލީނާގެ އަތުގެ އިހްސާސް ކުރެވުމުން އެއީ އިނާކަމަށް ހީކުރެވުނީއެވެ. މައާފަށް އެދި ދޫކޮށްނުދާށޭ އެ އެދުނީ ޚުދު އޭނަގެ ކިބައިންކަމަށް ލީނާއަށް ހީކުރެވުނު ނަމަވެސް ހުވަފެނީ އާލަމުގައި ނަވީން ވާހަކަ ދައްކަމުން ދިޔައީ އިނާއާއެވެ. އޭނަ ދޫކޮށްދިޔަ އޭނަގެ ލޯބިވާ އިނާ އެނބުރި އައީއޭ ނަވީންއަށް ހީކުރެވުނީއެވެ. އެންމެ ގަދަ ނިދީގައި އޭނަ ވަނިކޮށްވެސް އިނާ އައިސް އޭނަގެ ކައިރީ އޮށޯވެއްޖެނަމަ، އޭނައާއި ގާތަށް އިނާ ގެނެސް، އިނާއަށް އޭނަގެ ލޯބީގެ އިހްސާސް ނިދީގައިވެސް އަންގައިދޭން ނަވީންއަށް އާދަވެފައިވާތީ، އެ ހަރަކާތްތައް ލީނާއާއިއެކު ކުރެވެމުން ދިޔައީ އިނާކަމަށް ހީކޮށެވެ. ރަނގަޅަށް ހޭނުލެވި އޮތުމުން، އޮވެވުނުތަނަކާއި އަތުތެރޭގައި އޮތީ ކާކުކަން ނަވީނަށް އަދިއެއް ރޭކާނުލައެވެ. ލީނާ އަބަދުވެސް އެދެމުން އައިފަދަ ގާތްކަމަކާއި ގައިގޯޅިކަމެއް ނަވީންގެ ފަރާތުން ލީނާއަށް ދިޔައީ ލިބެމުންނެވެ. 

"
އޯވހ....ހައު އައި މިސްޑް ޔޫ....." ނިދީގައި އޮތް ނަވީން ވާހަކަ ދައްކަމުން ދިޔައީ ނަވީން ހިތުން، އޭނަގެ އަތުތެރޭގައި އޮތް އިނާ އާއެވެ. އެއީ އިނާއަށް ނަވީން ދީފައިވާ މަގާމެއްކަމުގައިވިޔަސް އެ އަޑުއަހަން މިވަގުތު އެތަނުގައި، އޭނަގެ އަތުތެރޭގައި އިނާގެ މަގާމުގައި އޮތީ ލީނާއެވެ. ނަވީންގެ އަތުގެ ގައިދު ބާރުވެ، އެ ދެމެދުގައި އިތުރު ދުރުމިނެއް ނެތްވަރަށް ގާތްވަމުން ދާތީ ލީނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ޚާއްޞަކޮށް، ނިދިބަރުވެފައިވާ ވައި އަޑަކުން ނަވީންގެ އަނގައިން އެ ނިކުންނަ ލަފުޒުތައް ލީނާއަށްޓަކައި ރީތި މިއުޒިކަކަށްވުރެންވެސް ހިތްގައިމެވެ. 

ލީނާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ނަވީންގެ އަތުގެ ތެރޭގައި އޮވެމެ، ކުޑަކޮށް މައްޗަށް ޖެހިލިއެވެ. ބޯއުފުލާލާފައި، ނަވީންގެ މޫނުގައި ހިފައި އޭނައާއި ދިމާލަށް ނަވީންގެ މޫނު ގެނައެވެ. 
ލީނާ ބަލަން އޮތީ ހިނދުކޮޅަކުއެވެ. ނަވީންގެ މޫނާއި ދިމާލަށް އޭނަގެ އަމިއްލަ މޫނު ލީނާ ގެންދިޔައެވެ.
މީހަކަށް ނުފެނުނު ނަމަވެސް، އަދި ތަނުގެ އަލިކަން ކިތަންމެ ފަނޑުނަމަވެސް، އޭނަ ކުރަން އެ އުޅެނީ ކުށެއްކަމެއް މިވަގުތަކު ލީނާގެ ހިތަށް ނައަރައެވެ. އަދި މިވަގުތު ނަވީން އޮތީ ނިދީގެ ތެރޭގައި ކަމަށްވިޔަސް، ނަވީނަށް ހޭލެވުނު އިރަކުން، މިހާރު އޭނަ ދެކެ އަންނަ ރުޅިއަށްވުރެ ބޮޑު ރުޅިއެއް އަންނާނެއެކޭވެސް ލީނާ ހިތަކަށް ނައަރައެވެ. މިކަހަލަ އެއްވެސް އަމަލަކަށް ނަވީން ދުވަހަކުވެސް މަރުޙަބާ ނުކިޔާނެކަމެއް ލީނާ ހަނދާން ނެތެވެ.

ނަވީންގެ ތުންފަތުގައި ބޮސްދިނުމަށް ލީނާ އޭނަގެ އަމިއްލަ މޫނު ގާތްކުރިއެވެ. ޖެހިލުމެއް ނެތިއެވެ. ތާއަބަދު ފެންބޮވައިގެންފައިހުރި އެދުމަށް އޭނަ އަމިއްލައަށް އިސްނެގީ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށެވެ.
އެހެންނަމަވެސް ނާއުއްމީދުވާކަށް ލީނާއަށް ނުޖެހުނެވެ. ލީނާގެ އެ ހަރަކާތަށް ނަވީންވެސް މަރުޙަބާ ކިޔައިފިއެވެ. ލޯމަރައިގެން އޮތް ނަވީންވެސް އެއް އަތުން ލީނާގެ މޫނުގައި ހިފައި އުފުލާލިއެވެ. ލީނާގެ މޫނުގެ އެތަން މިތަން، ނަވީންގެ ބޮސްދިނުންތަކުން ފުރާލަދީފިއެވެ. 
ދެމީހުންގެ ޙަރަކާތްމެ އެކުއެކުގައި ލާމެހިއްޖެއެވެ. 

"
ލީނާ............!!!" މިއަޑުކޮޓަރިތެރެއަށް އިވިގެން ދިޔައީ ކުއްލިއަކަށެވެ.
ލީނާއާއެކު ލީނާގެ އެ ކުށުގައި ބައިވެރިވާން ހިމޭންކަމާއެކު ބަލަހައްޓައިގެން ހުރި ފާރުތައްވެސް ސިއްސައިގެންދާފަދަ އަޑަކުންނެވެ.
ކޯޗެއްކަން ނޭނގި އަތުތެރެއަށް އަލިފާން ބޯޅައެއް ލައިގެން ހުއްޓާ އެނގުމުން ދޫކޮށްލާ ފަދައިން ލީނާގެ ގައިން އަތްދޫކޮށް، ނަވީންއަށް ލީނާ ދުރަށް ކޮއްޕާލެވިއްޖެއެވެ. 
އަދި ހަމަ އެ ބާރުމިނުގައި ކުއްލިއަކަށް އެނދުންވެސް ތެދުވެއްޖެއެވެ. 

މިހެން މިކަން ވާނެކަން ކުރިންވެސް އެނގޭ ލީނާ އަދިވެސް އޮތީއެވެ. ފަތަޙައިގެ ހިނިތުންވުމެއް އޭނަގެ މޫނުމަތީގައި ދައުރުކުރަމުން ދެއެވެ. ލީނާގެ މޫނުގެ އެ ކުލަވަރު ފެންނަވަރަށްވުރެ ތަނުގައިވާ އަލިކަން ފަނޑެވެ. އެނދާއި ދިހަވަރަކަށް ފޫޓް ދުރުގައި، ކޮޓަރީގެ ހުރަސް ފާރުކައިރީގައި ހުރި ނަވީނަށް ހުރެވުނީ މިވީ ކިހިނެއްކަން ނޭނގިފައި ލީނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިކުރެވުނީ އަޅެ ކީއްހެއްޔެވެ؟

ނަވީން ބަލަން ހުއްޓާ ލީނާ މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ހުދުބޮކި އައްޔަކުން ކޮޓަރިތެރެ ދިއްލައިފިއެވެ.
ނަވީންއަކަށް ލީނާއާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. ނަވީން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.

"
ޕްލީޒް ނަވީން......" ލީނާ އަވަސް އަވަހަށް ގޮސް ނަވީންގެ އަތުގައި ހިފިއެވެ. ކަންތައް މިވީގޮތުން ލިބިފައި ހުރި ޝޮކްގައި އަދިވެސް ހުރި ނަވީންއަށް ލީނާއާއި ދިމާލަށް އެއްޗެއް ނުބުނެވުނެވެ. އެނބުރިފައި ބަލަހައްޓައިގެން ހުރެވުނީއެވެ.
"
ޕްލީޒް ނުދޭ......" އެއްޗެއް ނުބުނެ ނަވީން ބަލަން ހުރުމުން ލީނާއަށް ފެހި ސިގްނަލް ލިބުނެވެ. 
"
ނަވީންދެކެ އަހަރެން މިހާ ލޯބިވާއިރު ކީއްވެ ނަވީން ގަބޫލުނުކުރަނީ...." ކަރުއެލުވާލާފައި އާދޭހާއެކު ލީނާ އެހިއެވެ. 
ނަވީންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލާލެވުނީ އޭނަގެ އަމިއްލަ މޭގައި ލީނާގެ އަތްޖައްސާފައި ހުރުމުން ލީނާގެ އަތަށެވެ. 

މިވަނީ ކީއްހެއްޔެވެ؟ އޭނައަށް މި ކުރެވުނީ ކީއްހެއްޔެވެ؟
 

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-12-24 13:32:05 | Report this Comment
އަޅެ ހާދަކުރޭ މިބައި....އަނެއްބައި ވ.އަވަހަށް ގެނެސްދޭނަން ދޯ!!!!!!!! މިބައިގަ ވ ދެރަގޮތެއްދޯމިވީ؟؟؟ އެހެންނޭ ވާނީ އިނާވެސް ބޯހަރުކަމުން.....ވ ވ ވ ވ ވ ވ ރީތި...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެރަތަ އެގޮތް؟ ލީނާ ހުރީ ލައްކަ އުފަލުންނެއްނު؟ ހެހެހެހ
ޝާމީ: ހޭ ޝާމީއަށް ދޯ މިފަހަރު ފަސްޓް ލިބުނީ.... ހީވެސް ނުކުރަން ފަސްޓް ލިބޭނެކަމަކަށް... ސޯ ހެޕީ އެހެން ވީމަ... ޝާމީބޭނުމެއްނޫނޭ ލީނާ ހެޕީ ކުރުވާކަށް... އިނާ އެންޑް ނަވީން ހެޕީކޮޢް ހުރެފަ ލީނާ ރޯތަން ދެކެން ބޭނުން ވަނީ... ދެން އަވަހަށް އަނެއްބައި ގެނެސްދީބަލަ...ކިޔާހިތުން ކެތްމަދުވެއްޖެ މިހާރު.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެނެކްސް ޝާމީ.....ތީ ސޮފާ މި މުރާސިލްގަ ލިޔުނު ފުރަތަމަ ވާހަކަ "ބޮޑާނަފްސު" އަށް ފުރަތަމަކޮމެންޓް ކުރި ނަން. ޝާމީގެ ނަން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ސޮފާގެ ހިތަކުން ނުފޮހެވޭނެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ޝައުގުވެރިކަމާއެކު ސޮފާގެ ވާހަކަ ކިޔައި، ވާހަކައާއި ދޭތެރޭ ދެކޭގޮތް އަންގަމުން ޝާމީ ތި އަންނަނީ. ސޮފާ ލިޔާ ކޮންމެ ވާހަކައެއްގައި ޝާމީގެ ނަން ހިމަނާނީ ޝުކުރުވެރިކަމާއެކު. ދަ ފަސްޓް ކޮމެންޓް އައި އެވަރ ގޮޓް ވޯޒް ފްރޮމް ޔޫ. ތެންކްސް އަ ލޮޓް.
ޝާމީ: ވާއު... މި ކޮމެންޓް ކިޔާފަ ހަމަ އަސްލުވެސް ފެންކަޅިވެއްޖެ..... ދެން ނޭގެ ބުނާނެ އެއްޗެއްވެސް... ރިއަލީ ..އައިމް ވ ވވވ ވ ވ ހެޕީ.... ލަވްޔޫ އަ ލޮޓްސް 3> 3>


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 14:05:12 | Report this Comment
މިބައި ވ ހަޑި. ދެން އެލީނާ ބޭޒާރުކުރަން ނުވޭތަ. އަވަހަށް ބޭޒާރު ކޮށްލަބަ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލީނާ ހަޑިކޮށް އުޅުނީމަ ދޯ ހަޑިވީ....އަދި ރަނގަޅުވާނެ އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 14:29:16 | Report this Comment
އައުޗް!! ޔޫ އާ ސޯ ފާސްޓް.. ލަވް ދިސް ޕާޓް. ކީޕް އަޕްޑޭޓިން.. 100000000 ސްޓަރސް.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯވހ ކަމޯން އައްމި....މިތާގަވެސް އެބައުޅެމުތަ؟ އައްމިގެ ކޮމެންޓް ފެނުނީމަ ހާދަ ހެވެއޭ ސޮފާއަށް....ތޭންކްސް އިނގޭ .....ހޯޕް ޓު ސީ ޔޫ ސޫން.


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 15:13:18 | Report this Comment
ވަރަށްރީތި.. ތޭންކްސް އެލޮޓް ފޯ ދި ފެބް އެޕިސޯޑް.. ވިޑް އެވްރިތިން ޔުއަރ ގޮއިން ތުރޫ.. ކީޕް އަޕް!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެންކްސް ......ވިލް ޓްރައި މައި ބެސްޓް...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 16:31:42 | Report this Comment
މިބައި ވ ރީތި. ދެން އެލީނާ ބޭޒާރުކުރަން ނުވޭތަ. އަވަހަށް ބޭޒާރު ކޮށްބަލަ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް މަޖާވެފަދޯ ތިހިރީ.....


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 16:38:39 | Report this Comment
އެހާ ދުވަސް ކޮށްލާފަ ހަދަ ހުތުރު ކޮށް ކަންތަށް ތި ކުރީ. ނަވީނަށް ވ.ހަމްދަރުދީ ވެވިއްޖެ. ކީއްވެ ލީނާ އަށް އަބަދު ކާމިޔާބު ލިބެންވީ. މި ފަހަރު އިނާ ރަށަށް އަންނައިރު ބަނޑުން އެނގޭނެ ދޯ ޕްރެގް ކަން. އަވަހަށް އަނެއްބައި އަޕްލޯޑް ކޮށްދެއްޗޭ ޕްލީޒް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތުން.....އާނ ތިބުނިހެން ލީނާ ވަރަށް ހުތުރުކޮށް އެ އުޅެނީ ދޯ. ހިނގާ ބަލަމާ އޭނައަށވެސް ވަނީ ކިހިނެއްތޯ؟ ބަނޑުން އެނގޭނދޯއޭ.....ހެހެހެހެ....ވަރަށް ބޮޑަށް ވާހަކައިގެ ތެރޭގަ ދޯ ތި އުޅެނީ....އުފާކުރަން ތި ބަހައްޓާ ޝައުގަށް އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 19:47:35 | Report this Comment
http://www.muraasil.com/images/icons/comments_user.gif:
ހިތް ހަމަ ޖެހިއްޖެ މިހާރު... އެކަމަކު ހިތަށްއަރަނީ ދެން ވާނީ ކިހިނެއް ބާއޭ...؟ ސޮފާ، ހިންޓެއްވެސް ނެތްތަ؟ އަނެއް ބައި ވަރަށް ކިޔާ ހިތްވޭ އެބަ މިހާރު... އެހާ ލަސް ނުވާނެ ކަމަށް މާޝާ ހީކުރަން... ވަރަށް ރީތި މިބައިވެސް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މާޝާ ވަރެއް ހަމަ ނެތް އިނގޭ....ދެ ދުވަހަކު ދެ ގޮތެއް ނުވަމު....އަބަދުވެސް އެބަ ހުންނަމު.....ތޭންކްސް މާޝާ....ޔޫ އާ އެ ފްރެންޑް ވިތު ނޯ ކަންޑިޝަން....ތެންކްސް އަ ލޮޓް.
http://www.muraasil.com/images/icons/comments_user.gifމާޝާ: ތެންކްޔޫ ފްރެންޑް!!! ރަކިވެސް ވެއްޖެ...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 20:58:44 | Report this Comment
އަޅެ ވަރަށް ކިޔާހިތްވެއްޖެ ނެކްސްޓް ޕާރޓް.. އަވަސް އަވަސް/ ސަޅި ވަރަށް މިޕާޓް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝޫކުރިއްޔާ ހުދާ.....ނެކްސްޓް ޕާޓް....ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޕްކޮށްދޭނަން އިނގޭ. ތެންކްސް ވަންސް އެގެއިން.


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 23:36:24 | Report this Comment
މިހާރު ފޫހިވޭ މިވާހަކަ ކިޔަންވެސް، އެހާ ލަހުން އަޕްލޯޑް ވަނީވެސް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާގެ އުއްމީދަކީ ތޯތާވެސް ކިޔާހިތްވާ ކަހަލަ ވާހަކައަކަށް މި ވާހަކަ ވުން. ސޮފާގެ ފަރާތުން ކުރަން އޮތް ކަމެއްވެއްޖިއްޔާ ކުރާނަން އެކަން ރަނގަޅު ވޭތޯ. ޝޫކުރިއްޔާ .


http://www.muraasil.com/images/comment_reply.pngPosted on 2011-12-24 23:52:30 | Report this Comment
ވަރަށްރީތި! އެކަމަކު އެއުޅޭ ލީނާއަށް ހުރިހާ ހިތްހަމަޖެހުމަކާއުފަލެއް! ވަރަށްފޫހިލީނާގަޑެއް! ދެން އިނާއާއި ނަވީންއެކީ އުފަލުން އުޅެނީ ކޮންއިރަކުންތަ! ގެއަށްދާތަނުންހުރިހާކަމެއް މިފަހަރު ނަވީނަށް ފަޅާއަރާނެދޯ! ސަޅިއިނގޭ!!!!!!!!!!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލީނާ ދޯ؟ ވަރަށް ކަންތައް ބޮޑު މީހެއް އެއީ. ހިނގާ ދޯ ބަލަމާ އިނާއަށްތޯ ލީނާއަށްތޯ އުފާވެރިކަން އޮތީ. ހެހެހެހެ...........ޝުކުރިއްޔާ އިނގޭ މިންމި.


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 00:12:05 | Report this Comment
އާހް!!!! އެންމެ ދަހިކޮށްލާފަ ނިންމާލީ ދޯ ތި.. ނޮޓް ފެއަރ އިނގޭ.. އަނެއްބައި އަވަސް.. ކެތް މަދުވެފަ.. ދަހިވޭ އިނގޭ.. ލީނާ އަކީ ވާ ނުބައި އިންސާނެތް ދޯ .. އެންމެފަހުން އޭނައަށް ވާގޮތް ބޭނުން ބަލާލަން.. ލަވް ޓުޑޭސް ޕާރޓް ޓޫ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ..............ތެނެކްސް މަރިޔަމް.........ތެންކްސް އަ ލޮޓް


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 02:24:46 | Report this Comment
ޜީތި ............................. އެބައުލެން
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނހަ މުސޭ.........ކޮންތާކު ތި އުޅެނީ. އަޑުއެހިން މާލެ ބަދަލުވި ވާހަކަ. ކޮންއިރަކުން ދިމާވަނީ. އަންނައްޗޭ އިނގޭ މިގެއަށް. ބައިދަވޭ. ޝުކުރިއްޔާ...


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 07:46:24 | Report this Comment
އަޅެ ނަވީންއަށް އެހެންނަހަދަބަލަ ފަތިސްތަރި ހާދަ ދެރައޭ ނަވީން ލައްވާއެކަހަލަ ކަންތައްނުކުރުވާށޭ މަގޭހިތަކަށް ކެތެއްނުވޭ :( ދެން އުޅޭ އެ ލީނާ ބަސްޓްކޮށްލަން އޭނައަށް ކުޅި ކުޅެވިއްޖެތާ ދޯ ، އިނާ ކޮބާތަ މިހާރު؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަވީން ލައްވާ ކުރުވީ ލީނާއޭ....ހެހެހެހެ......ހުރެބަލަ ލީނާގެ ވަގުތުވެސް ޖެހެންދެން. އިނާ ވެސް އަންނާނެ އަދި.


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 07:49:27 | Report this Comment
ފަހުބައި ގައި ވަމުން ދިޔަ ގޮތުން ވ ކަޑަ ވެފަ ހުރީ..އެކަމު ނިމުނު އިރު ނަވީންއަށް ހޭވެރިކަން ވީމާ ސޯ ހެޕީ... ވވ ސަޅި މިބައި ވެސް.. އެކަމު ދެން އިނާއއާއި ނަވީންގެ މެދުގައި މިއުޅޭ މިސްއަންޑަސްޓޭޑިންގ ފިލާ ލީނާގެ ހަގީގަތް ފަޅާއަރުވާލަން ހިނގާބަ ސޮފާ....ހެހެހެހ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހިނގާބަލަ ދޯ ތި ކަމާ އުޅެން. ޝިފާއަށް ތާއީދު. މި މަސައްކަތް ކުރަނީ ތިކުދިން ތި ބުނާ ބައި ގެނެސްދެވޭތޯ. ތެންކްސް.


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 08:09:44 | Report this Comment
ސޯ ސޭޑް.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޑޯންޓް ބީ. ސޭޑްނެސް ވިލް ނޮޓް ލާސްޓް ލޯންގ. ޖަސްޓް ލައިކް ހެޕިނެސް އޯލްސޭ ގެޓްސް ރިޕްލޭސްޑް އާފްޓަރ އެ ވައިލް.


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 12:18:33 | Report this Comment
މިބައިވެސް ވަރަށް ރީތި ސޮފް.. އެ ލީނާ އެއުޅޭ ވައްތަރެއް ދޯ؟ ސޮފް ކޮންމެވެސް މޮޅު ގޮތެއް ހަދާބަ ލީނާ އަށް.، ހާދަ ފޫހިމީހެކޭ.. ކޮންއިރަކުން އިނާ މާލެ އައްނަނީ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯ މަގޭ ރިއު....ކިހާ ދުވަހެއް ވެއްޖެތަ ދިމާ ނުވާތާ. އައި މިސްޑް ޔޫ އަ ލޮޓް އިނގޭ. ލީނާ އުޅެނީ އެކަހަލަ ހުރިހާ ކުދިންވެސް އުޅޭގޮތަކަށްނު؟ ލީނާއަށް ވާ ގޮތް ބަލައްޗޭ ދެން އަންނަ ބައިން އިނގޭ. ޔަގީން ރިއު ހޭނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-12-25 14:42:16 | Report this Comment
އަޅޭ.... ހާދަ ފޫހި ގޮތެކޭ މިވީ... ކީއްވެތަ އަބަދު އެ ލީނާ ބޭނުންވާގޮތަށް ހުރިހާ ކަމެއް ވަނީ >_< އިނާ އާ ނަވީން މީޓްނުވެ ކިތަންމެ ދުވަހެއް ވިޔަސް މިކަހަލަ އެއްވެސް ކަމެއް އެ ލީނާ ގަނޑާ ނަވީން އާ ދެމެދުގަ ހިނގާކަށް ބޭނުމެއް ނޫން... ސޮފް އަވަހަށް ލީނާ ބަސްޓްކޮށްދީބަ... ދެން އޮތް ޕާޓަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެނީ... ހޮޕްކުރަން ކޮންމެސް ރަނގަޅު ގޮތެއް ވާނެކަމަށް.. އަވަހަށް އަޕްކޮށްދެއްޗޭ....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް ދޯ. ލީނާގެ ވަގުތުވެސް ދާދި އަވަހަށް ޖެހިދާނެ. ހިނގާ ބަލަމާ ދޯ. އިރާދަކުރެއްވިއްޔާ މާދަން އަޕް ކޮށްދޭނަން އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-12-26 07:53:28 | Report this Comment
ALHEI ALHE KIYAA HITHUN INEEMA DHW NIMUNU IRU NUVES EGUNU.. KIHINEYTHA KIYUNTHERINGE HITHAA KULHEN DHASKUREE?? SHAKKO VES BEYNUN MIKAHALA VAAHAKA EY LIYAN :p


http://www.muraasil.com/images/comment_reply.pngPosted on 2011-12-26 13:04:16 | Report this Comment
އަޅެ ޕްލީޒް ދެން އާބައެއް އަޕްކޮށް ދީބަލަ


http://www.muraasil.com/images/comment_reply.pngPosted on 2011-12-26 19:07:41 | Report this Comment
ދެން އާބައެއް އަޕްކޮށް ދީބަލަ


http://www.muraasil.com/images/comment_reply.pngPosted on 2011-12-27 19:39:03 | Report this Comment
ވާހަކަވަރަށްރީތި! ދެންކޮންއިރަކުންތަ ޢަބައެއް ގެނެސްދޭނީ! އުންމީދުކުރަން ވަރަށް އަވަސްވާނެކަމަށް!.

1 comments:

Hi all readers....welcome to my blog. mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment