FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 49 ވަނަ ބައި


ނަވީންގެ ކާރު ގޮސް ގެއްލުމުން، ބޮޑު ދޮރާށި ލައްޕާލާފައި އެތެރެއަށް ވަދެ ކުރިންވެސް ހުރިހެން ފިނިރޭގެ ފިނިކަން ހަށިގަނޑަށް ވަންނަމުންދާތީ ދެއަތުން ހަށިގަނޑު ވަށާލައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. 
އޭނަ ހިތްވަރު ކުރާނެއެވެ. ހެޔޮ އެދޭނެއެވެ. ނަވީނަށްޓަކައި އުފާވެސް ކުރާނެއެވެ.
ތިމާ ލޯބިވާމީހާއަށް ތިމާގެ ފަރާތުން ހިނިތުންވުމާއި އުފާ ދީގެން ހިތް ހަމަޖެހުން ލިބިގަތުމަކީ އޭނަގެ އަގީދާއެވެ. 
** ** ** ** ** **
މާޔާމެން ގެއިން ނުކުތްއިރު ބުނިހެން ނަވީންގެ ކާރު ނަވީން ދުއްވަމުން ދިޔައީ އިނާމެންގެއަށް ދިއުމަށެވެ. ނަމަވެސް އެހިސާބަށް ދިއުމުގެ ކުރިން ނަވީންގެ ހިތް ބަދަލުވެއްޖެއެވެ. މާ ލަސްގަޑިއެއްވީމައެވެ. އިނާ އަކީ ޑިއުޓީ ވަޒީފާއަކަށް ދާ މީހަކަށް ވާތީ، ނިދިވެސް އިނާއަށް މުހިއްމުވާނެތީއެވެ. މިވަގުތުވެސް އިނާ ޑިއުޓީގައި ހުރެދާނެއޭ ނަވީންގެ ހިތަށް އެރީ ކުއްލިއަކަށެވެ. ވަގުތުން ހޮސްޕިޓަލަށް ގުޅާފައި އެކަން ޔަގީން ކުރިއެވެ. ވީ ހަމަ އޭނަ ހީކުރި ގޮތަށެވެ. އިނާގެ ޑިއުޓީ މި ހަފްތާގައި އޮތީ މެންދުރުފަހު ތިންގަޑި ބައިގައެވެ. މިހާރު އިނާ އޮންނާނީ ނިދާފައެވެ. ދާން ކިތަންމެ ބޭނުންވިޔަސް، ގަޑީގެ ގޮތުން ދާކަށް ހިތެއް ނުރުހުނެވެ.

ނަވީން ގެއަށް ދިޔައީ އިރާދަކުރއްވިއްޔާ މާދަންރޭ އިރާކޮޅުގެ ގަޑިއެއްގައި އިނާ އާއި ބައްދަލުކުރަން ދާ ގޮތަށެވެ. ކޮންމެހެންވެސް ދާގޮތަށެވެ. އޭނަ ބޭނުންވަނީވެސް އިނާއަށް ނޭނގިހުއްޓާ ކުއްލިއަކަށް ގޮސް އިނާއަށް އުފާވެރި ޚަބަރެއް ދޭށެވެ. އެ ގަޑީގައިއިނާގެ މޫނުމަތިން ފެންނާނެ އުފާވެރި ކުލަވަރު ލޮލުން ދެކޭށެވެ.

ނަވީންގެ މި ވިސްނުމުގެ ހަގީގަތް ނޭނގި ޚާލިދު އާއި ޝީލާ އެރޭ އިންތިޒާރު ކުރީ ނަވީން އަތުވެދާނެ ކަމަށެވެ. އެވާހަކަތައް ނަވީން އާއި ދައްކާފައި ޚާލިދު އައިފަހުން، ޝީލާއަށްވެސް އަބަދު އަބަދު ގަޑިއަށް ބެލުނެވެ. ނަވީން އަށް އިންތިޒާރު ކުރެވުނެވެ. އެކަމަކު އެރޭ ބާރަގަޑިބައިވީފަހުން އެ ދެމަފިރިން ނިދަން ދިޔައީ ނަވީންގެ ޚަބަރެއް ނުވެގެންނެވެ. މާދަން އަންނާނެ ކަމަށް ބަލާފައެވެ. އަދި ނަޔަސްވެސް، ނަވީން އަމިއްލައަށް ވިސްނާލާފައި ޖަވާބެއް ދެންދެން ނަވީނަށް ނުގުޅުމަށްވެސް ނިންމައިގެންނެވެ.
** ** ** ** ** **
"
ދެން ހަމަ ޚަބަރު ނުބަލާނަންތަ.....؟" ކޮންމެދުވަހަކުވެސް އާއިލާއާއެކު ހެނދުނުގެ ސައި ގެއިން ބޮއިގެން ހޮސްޕިޓަލަށްދާ ޚާލިދު، މިއަދުވެސް ހޮސްޕިޓަލަށްދިއުމުގެ ކުރިން ސައިބޯން އައިސް ކާކޮޓަރިއަށް ވަނުމާއެކު ޝީލާ ކޮށްލީ ސުވާލެކެވެ. ޚާލިދު އިށީނީ އެއްޗެއް ނުބުނެއެވެ. އެ ސުވާލުގެ އަޑު ނީވޭތީކީ ނޫނެވެ. ބުނާނެ އެއްޗެއް ވިސްނާލަނީއެވެ.

"
މިހާރު މިއީ އޭގެ ފަހުން ހަތަރުވަނަ ދުވަސް......މާދަން ނަވީން ފުރާނެޔޭ ބުނީމެއްނު....އަޅެ އެންމެ ކުޑަމިނުން ފުރައިގެންދާއިރު ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެތާ....؟؟" އެކަމާ ކަންބޮޑުވަނީ ޝީލާ އެކަންޏެއް ނޫނެވެ. ޚުދު ޚާލިދުގެވެސް ހިތަށް އަރަނީ އެހެންނެވެ. އެކަމަކުވެސް، ނަވީން ކައިރީ ދެން ދައްކާނެ ވާހަކައެއް ނެތް ކަމަށް ޚާލިދު އެ ހުންނަނީ ނިންމައިގެންނެވެ. އެދިގެން ނަވީން ކައިރިއަށް ދިޔައީ އޭނައެވެ. ވީމާ، އޭނައަށް ޖަވާބެއް ދިނުމަކީ ނަވީންގެ ވާޖިބެކެވެ.

"
ހޫމް.........." ކިރުސައިތަށި ނަގާ ކައިރިކޮށްލަމުން ޚާލިދު ބުނެލީ ހަމައެކަނި މިހެންނެވެ. އަންހެނަކު ކަންބޮޑުވުން ފާޅުކުރާވަރަށް އެއްވެސް ކަމެއްގައި ފިރިހެނަކު ކަންބޮޑުވުން ފާޅުކުރުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ސިކުނޑީގައި ސައުވީސްގަޑިއިރު އެ ފިކުރު ހުއްޓަސްމެއެވެ.

"
މިހާރު އެއްގޮތަކަށްވެސް ނަވީން ނުވެސް ފެނޭ ............ފުރީކަންނޭނގެ. " މޭޒުގެ އެއްކަނުގައި ހުއްޓިލައިގެން ހުރި ޝީލާ އަދިވެސް އެ ދައްކަނީ ހަމަ އެ ވާހަކައެވެ.
"
އެހާ ކަންބޮޑުނުވެބަލަ....ވާގޮތެއް އެނގިދާނެނު....." ކުޑަތަށްޓެއްގައި ހުރި ބިސްގަނޑު ކާން ތައްޔާރުވަމުން ޚާލިދު ދިޔައެވެ. 
އިނާގެ ޑިއުޓީ އޮންނަ ގަޑިއަކަށް ނުވިނަމަވެސް، އާއިލާއާއެކު ސައިބޯލަން އިނާވެސް އައިސް ވަނީ އެ ވަގުތުއެވެ. އެ ވާހަކައިގައި ނިމުމުގެ ސިއްކަވެސް ޖެހުނީއެވެ.

އޭނަގެ ބައްޕަ ، ނަވީންކައިރިއަށް މީގެ ހަތަރު ރޭ ކުރިން ގޮސް އޭނައާއި ކައިވެނި ކުރުމަށް އެދިފައިވާކަމާއި، އޭގެ ފަހުން ކޮންމެ ސިކުންތެއް ކޮންމެ ވަގުތެއް ނަވީންގެ ޚަބަރެއް ވޭތޯ އިންތިޒާރުކުރަމުންދާކަން އިނާއަށް އެއްވެސް ވަރަކަށް ނޭނގޭކަން އެއީ ނަސީބެކޭ ހިތަށް އަރުވަމުން ޝީލާވެސް އިނާ އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ހެނދުނުގެ ސައިބޯން ފެށިއެވެ. 
** ** ** ** ** **
 
މިއަދަކީވެސް އިނާއަށްޓަކައި ފޫހި ދުވަހަކެވެ. ފަހަކަށް އައިސް ހުރިހާ ދުވަސްތަކަކީވެސް ފޫހި ދުވަސް ތަކެކެވެ. އެއްވެސް ޚާއްޞަ ކަމެއް ނެތް ދުވަސް ތަކެކެވެ. އަމިއްލަ ހަޔާތުގެ ފޫހިކަމާ އެއްވަރަށް މޫސުންވެސް އިނާއަށް ފޫއްސެވެ. ވާރޭ ވެހިލާ ދުވަހެއް ނުދެއެވެ. ދުވާލެއްނަމަ ގަދަ އަތްވެވެ. ރޭގަނޑެއްނަމަ ބަނަ ކަމެވެ. ތަރިތައް ހުރެމެއެވެ. ހަނދުވަރު މޫސުންވެސް އަދި އެތަކެއް އަހަރު ދުރުމިނެއްގައިވާފަދައެވެ.

އެކަމަކު މިއީ އިނާގެ މިހާރުގެ ދިރިއުޅުމެވެ.

ކޮންމެ ދުވަހަކުވެސް ވަޒީފާގެ ޑިއުޓީއަށް އަންނަން ޖެހެއެވެ. ގެއަށް ދިއުމަށްފަހު އިންތިޒާރު ކުރާނެ ކަމެއް، ހިތްހަމަ ޖައްސާނެ ގޮތެއް، ވާހަކަ ދައްކާލާނެ ރައްޓެއްސެއް ނުހުރެއެވެ. މި ދުވަސްކޮޅު ދިލްމާވެސް ރަށުގައި ހުންނަ ނަމައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ދިލްމާއާވެސް ވާހަކައެއް ދައްކަންޏާ ޖެހެނީ އޮންލައިން ވާށެވެ. ނޫނީ ގުޅާށެވެ. އެކަމަކު ކިޔަވަން ގޮސް ހުރި އެ ރަހްމަތްތެރިޔާގެ ހުރިހާ ގަޑިއެއްގައި އޭނަގެ ފިކުރުތަކުން ބޯހާސްކުރުވާފައި ބަހައްޓާކަށްވެސް އިނާ ނޭދެއެވެ. އެހެންކަމުން ވީ ވަރަކުން ބަލަނީ ދިލްމާއަށްވެސް އެހާ ގިނައިން ނުގުޅާ ވޭތޯއެވެ.

ދިޔައިރު ކިތަންމެ ޝައުގުވެރިކަން ކުޑަވެފައި ހުރެވުނު ނަމަވެސް ދުވަހުގެ ޑިއުޓީ ނިންމާފައި ރޭގަނޑު ގެއަށް ދިއުމަށް އިނާ ހުރީ ލަސްވެފައެވެ. މީގެ ގަޑިއެއްހާއިރު ކުރިން ވެހެން ވެށި ފާރޭ އަދިވެސް ހުއްޓާނުލާތީއެވެ. ވާރޭ ވެހޭ ކޮންމެ ފަހަރަކީ އޭނައަށް ޚާއްޞަ މީރުކަމެއް ލިބިދޭ ވަގުތަކަށް ވިޔަސް، އޭނައަށް ވާރޭގައި ކުޑައެއް ނަގައިގެން އަދި އެނޫންގޮތަކަށްވެސް ދިއުމުގެ ފުރުޞަތު އެއީ ވަރަށް ނުލިބޭ ފުރުޞަތެކެވެ. ވެހުނަސް ނުވެހުނަސް އޭނަ ބަލާ އެގޭ ކާރު އަންނާނެކަން އެނގޭއިރުވެސް ވާރޭ ވެހޭއިރު ވާރޭ ތެރޭގައި ގެއަށް ދެވޭނެކަމުގެ އިހްސާސުގައި އިނާ ހުރީ އުފަލުންނެވެ. 

އުފާވެރި އިހްސާސަކާއެކު ހުރެގެން އައިސް ހޮސްޕިޓަލްގެ ޕޯޓިކޯ ތެރެއަށް އިނާއާއި އޭނައާއެކު އެއްތަނެއްގައި ޑިއުޓީ ކުރާ ފާތުން، ނުކުތްއިރު އެތަނުގައިވެސް، ގެއަށް ނުދެވިފައި ހަތަރު ފަސް ނަރުހުން ތިއްބެވެ. އަދި އޭގެ އިތުރުން އާއްމުންގެ ހަތަރު މީހަކުވެސް ހުއްޓެވެ. އިނާ އޭނަގެ އަތުކުރީގައި އޮތް ގަދަ ރިހިކުލައިގެ ގަޑި ބަލާލިއެވެ. ރޭގަނޑު އެގާރަގަޑި ސާޅީސްވެއްޖެއެވެ. އަދި އޭނަ ބަލައެއް ނާދެއެވެ.

"
ދަނީއޭ އިނގޭ....." ފާތުންގެ މަންމަ ކުޑައެއް ހިފައިގެން އައިސް ދޮރުމައްޗަށް އެރުމުން އިނާގެ އަތުގައި އަތްޖައްސާލާފައި މިހެން ބުނެފައި ފާތުން ހިނގައްޖެއެވެ. 
އޭނައާއި ރައްޓެހި ނޫނަސް އަބަދުވެސް ދެކެފަރިތަ އަނެއް ފަސް ނަރުހުންވެސް ދިޔައީ އިނާ އެތާ އެހެން ހުއްޓައެވެ. އަދި އެތާގައި ތިބި އާއްމުންގެ އެކަކު އެތެރެއަށް ވަދެ، އަނެއް މީހާ ވާރޭގައިވެސް ތެމިގެން ބޮލުގައި އެކަނި އަތް އަޅައިގެން ދުވެފައި ގޮސް ދޮރާށިން ބޭރަށް ނުކުތީވެސް އޭނަ ބަލަން ހުއްޓައެވެ. މި ވެހޭ ބޯވާރޭގައި އެމީހާއަށް ނުތެމި އެންމެ ފިޔަވަޅެއްވެސް ނޭޅޭނެކަން ނޭނގެނީހޭ އިނާގެ ހިތަށް އެރިއެވެ. އެމީހާ ގޮސް އޮބާލުމާއެކު ސިއްރުން އިނާއަށް ހީލެވުނެވެ. ދުރުގައި ބަލަން ހުރި މީހަކަށްވެސް ފެނިދާނެތީ އުޅޭފާޑަކަށް އަނގަމަތީ އަތް އަޅާފައި އިސް އޮބާލަމުންނެވެ. 

ހަމަ އަވަހަށް ހުނުން ކޮންޓްރޯލްކުރަމުން އިނާ އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. ސާޅީސްފަހެއްވެސް ވެއްޖެއެވެ. އެކަމަކުވެސް މިރޭ އެހާ އަވަހަށް ކާރު ގެނުވާހިތެއް އިނާ ނުވިއެވެ. މީހުން ހީކުރާނީ އޭނަ ކާރު ނައިސްގެން ހުރީކަމަށްތާއެވެ. އެކަމަކު އޭނައަށް ރަނގަޅީ އަވަހަށް މިރޭ ކާރު ނައިއްޔާއެވެ. އޭނަ ބޭނުންވަނީ އެތާގައި އިރުކޮޅަކު ހުރެލާށެވެ. މި އުފާވެރިކަން އޭނަގެ ހިތަށް މި ލިބުނީ ޒަމާންތަކަކަށްފަހުގައެވެ. ވާރޭ ވެހޭ އުފާވެރި މޫސުމަކަށްވިނަމަ، ޒިޔާދުގެ ފަރާތުން އޭނައަށް ލިބުނު ހިތާމަތަކާވެސް އޭނައަށް ދުރުވެވޭނެކަން އޭނައަށް ގައިމެވެ. އެ ދުވަހުއްސުރެން އޭނަ އިންތިޒާރު ކުރަމުން އައީ މިފަދަ ދުވަހަކަށެވެ. 

ޖެހޭ ފިނި ރޯޅިއާއި ދެކޮޅުހަދާނެ ހިތްވަރެއް ނެތް އެތަކެއްބިލިއަން ފެންތިކިތައް، އެކަތިގަނޑަކަށްވެގެން ވާރޭގެ ތުނިތުނި ރަޖާތަކެއްގެ ސިފައިގައި އައިސް އޭނަގެ ހަށިގަނޑުގައި އޮޅިލާފައި އެދާގޮތް އަދިވެސް އެތަކެއްފަހަރު އިހްސާސް ކުރަން އެތާ ހުންނަން އޭނަ ބޭނުން ވެއެވެ. ފިނިފިނި ފެންތިކިތައް އެއްވެސް ހުރަހެއްނެތި ހުޅަނގުފަރާތުން އައިސް އޭނަގެ މޫނުގައި އެ ޖެހިލާގޮތުން އޭނައާއި އެކުރާ ސަމާސާއަކީ އެއްވެސް އިންސާނަކަށްވެސް އޭނައަށް އެ އިހްސާސް ކޮށްނުދެވުނު މީރު އިހްސާސެކެވެ. އެސްފިޔަތަކަށް ކެތްނުވެގެން ތެޅިގަނެވެނީވެސް އަދި ލުއި އެކަމަކު އެއްވެސް މަޖްބޫރެއް ނެތް ހިނިތުންވުމަކުން ހީލެވެނީވެސް އޭނައަށް ލިބޭ ފުން އުފަލަކުންނެވެ. 

"
ތެމެނީނު........؟" ބޯވާރޭގެ ސަބަބުން މާހައުލުގައި އެއްއަޑަކަށް ހިފާފައި ހުރި ފެން އޮހޭ އަޑާއި ޕޯޓިކޯގެ ފުރާޅަށް ވާރޭ ތިކިތައް ޖަހާ އަޑު ނޫން އަޑެއް ނީވިހުއްޓާ މިއަޑު އިނާގެ ކަންފަތުގައި އައިސް ޖެހުނީ ހަމަ ކުއްލިއަކަށެވެ. ހީވި ގޮތެކޭވެސް އިނާއަށް ހީވިއެވެ. އެކަމަކު އެއީ ހީއެއް ނޫނެވެ. އެކަން އޭނައަށްވެސް ޔަގީންވީ ފަސްއެނބުރި ބަލާލީމައެވެ. ހަމަ ވަގުތުން އިނާއަށް ފަހަތަށް ޖެހި، ކުރިއަށްވުރެވެސް ބޮޑަށް ވާރެއިން ހިޔާ ވެވުނެވެ. 

ހޮސްޕިޓަލްތެރެއަށް ކާރު އައިސްވަދެފައި މަޑުކުރަން ހަމަޖެހިފައިވާ ދިމާލުގައި އޭނައަށް ހުރެވުނުއިރު، އެތަނުގައި އޭނަގެ ފަހަތުގައި ހުރި ގޮނޑިބަރީގައި މީހަކު އިންތޯ ނޫންތޯވެސް އޭނައަށް ބަލާނުލެވުނީއެވެ. އާއްމު އުޞޫލުގެ މަތިން އޭނައަކީ ހުރިހާ ކަމަކަށް ލޯއެއްލާ މީހަކަށް ނުވީމައެވެ. ނަވީން އެތަނުން ފެނިދާނެއޭ ހިތަށްވެސް ނައަރާތީއެވެ.

"
ގަސްތުގަ ތެމެނީތަ........؟" މިހުރިހާއިރު އޭނަ އިނާގެ ހަރަކާތްތަކަށް ބެލީ އިނާގެ ފުރަގަހުގައި އިނދެގެންކަމަށްވިޔަސް، ތެދުވެގެން އައިސް އިނާގެ ކައިރިއަށް ހުއްޓިލިއެވެ. ލައިގެން ހުރި ކާކީކުލައިގެ ޖީންސްގެ ޖީބަށް އަތްޖަހާލީ މާހައުލުގެ ފިނިކަން ވަރަށް ބޮޑަށް އިހްސާސް ކުރެވިގެންނެވެ. އިނާ ކަހަލަ ހަށިގަނޑުގައި ބޭކާރު މަސްކޮޅެއް ނެތް ކުއްޖަކު އެ ފިނީގައި ހީނުކަރުވާތީ ހައިރާންވަމޭ ބުނާކަހަލަ ކުލަވަރެއް މޫނަށް ގެންނަމުންނެވެ.

ނަވީންގެ މޫނަށް މާގިނައިރު ނުބަލާންވެގެން އަނެއްފަރާތަށް ކުޑަކޮށް މޫނުއަނބުރާލަމުން އިނާވެސް އޭނަގެ އަމިއްލަ ހަށިގަނޑުގެ ވަށާލެވިފައިވާ އޭނަގެ އަމިއްލަ ދެއަތް އަދިވެސް ބާރުކޮށްލިއެވެ. 
"
އެބައޮތް ގޮތެއް.....ހިނގާ ތެމެންދާން......މިރޭ ކާރު ނުގެނުވާނީ......ގުޅަންތަ ޚާލިދުއަށް.....؟" އިނާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ނަވީނެވެ. އިނާއަށް ނަވީންގެ މޫނަށް ބަލާލެވުނީ ސިހިފައެވެ. އޭރު ނަވީން ހުރީ އެއްއަތުން ފޯން ނަގައިގެންނެވެ.

ނަވީން އޭނައާއި މާ ގާތްމީހަކަށް ހެދިގެން މިރޭ އެ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟
"
ގުޅަނީ އިނގޭ......" އެއްފަހަރު ފޯނަށް އަނެއްފަހަރު އިނާގެ މޫނަށް ބަލަމުން ނަވީން އަނެއްކާވެސް އެހިއެވެ. 

ނަވީންގެ ހިނިތުންވުމާއި ނަވީންގެ ލޮލާ ކިހާ ގުޅޭހެއްޔެވެ؟ ކިހާ ހިތްގައިމު ކިހާ ފިރިހެންވަންތަ ޒުވާންކަމެއްހެއްޔެވެ؟ ފުރަތަމަ ފެނުނު ދުވަހެކޭ މިހާރެކޭ ނަވީންއަށް ބަދަލެއް ނާދެއެވެ. މިހުރިހާ ދުވަހު ފެންނައިރުވެސް، އަދިވެސް ނަވީން ފެނުމާއެކު އޭނަގެ މުޅިގައިން ހީބިހި ނަގައިގެންދަނީވެސް ކީއްވެގެން ހެއްޔެވެ؟ ނަވީންއާއެކު އަބަދުވާން ފުރުޞަތު ނުލިބޭނެކަން އަދިވެސް އޭނަގެ ހިތް ގަބޫލުނުކުރަނީކަންނޭނގެއެވެ. ކަންނޭނގެއެއް ނޫނެވެ. ނުކުރަނީއެވެ.

"
ގުޅަންވީ ދޯ......." ކުރިންވެސް ނަވީން އެހެން އެހުމުން ނަވީންއަށް ބަލާލެވުމާއެކު އިނާގެ ހިތަށް ފެންނަން ފެށީ އޭނަގެ ހިތަށް އަބަދުވެސް އަސަރުކުރުވާ ނަވީންގެ ފުރިހަމަ ރީތި ސިފަތަކެވެ. މިފަހަރު އިނާގެ ލޯ ގޮސް ހަރުލީ ނަވީންގެ ރީތި އަތްތިލައިގައެވެ.

"
އުނހުނ...........ނަވީން މިތާގަ ކީއްކުރަނީ؟" ގުޅާނެ ކަމެއް ނެތޭ ބުނެފައި އަވަސް އަވަހަށް އޭނަގެ ހިތުން ޖަހާ ވިންދާވެސް ދުރަށް ދާން އިނާ މަސައްކަތް ކުރިއެވެ. އެ ވިންދުން އެދެނީ ނަވީން އެބުނިހެން ކާރު ނުގެނުވާ ވާރޭގަ ތެމެންކަމަށްވިޔަސް އެކަން ނުކުރެވޭނެކަމުގެ ހަގީގަތް މަތިން އިނާ ހަނދާންވީއެވެ. 

"
މިދެން ހަމަ ދަމުން ދަމުން މިހިސާބަށް އާދެވުނީމަ ވަދެލީ....ވާރެއިން ހިޔާވާން....." ކަންހުޅިކައިރިން އައި ފެންތިއްކެއް ކަނާތުގެ ބޮޑުއިނގިލިން ނަގާ ދުރަށް ފޮޅާލަމުން ނަވީން ބުނެލިއެވެ. އިނާއަށް އޭނަ އުއްމީދުކުރި ޖަވާބެއް އަޑުނީވުމުން ވާކަހަލަ ގޮތެއްވީތަން ނަވީން އަށް ފެނުނެވެ.

"
އަދިވެސް ކާރު އަންނާނެކަމަށްތަ ތިހުންނަނީ.....ނައަންނާނެ....." ފޯންޖީބަށްލަމުން ނަވީން ޔަގީންކަމާއެކު ބުންޏެވެ.
"
ނަވީނަށް ކިހިނެއް އެނގެނީ އެކަން......؟" އިނާ ނުރުހުނެވެ.

"
ދެން އަޅެ ހުރެބަލަ އާދޭތޯ؟ ހިއެއްނުވޭ އަންނާނެހެން." ނަވީން އަޑުގައިވަނީ ފަޚުރުވެރި ގޮތެކެވެ. 
"
އެއީ ކީއްވެ....؟" ހަމަ ވަގުތުން އިނާ އެހިއެވެ. ނަވީންގެ ފޮނިކަން ދެކެމުންނެވެ.

"
ހީވަނީ މިރޭ ހުރިހާ ކަމެއްވެސް ވާނީ އިނާ އެދޭގޮތަށްހެން. އެހެންވެ." އެއީ ތެދެކެވެ. ނަވީން އައިސް އެހެރީ، މިރޭ އިނާ ބަލާ ދާނީ ތިމަންނައޭ ޚާލިދު ކައިރީ ބުނެފައި އެކަމުގެ ހުއްދަ ލިބިގެންނެވެ. އެ ބުނާ ކާރެއް މިރޭ އިނާ ބަލާ ނައަންނާނެއެވެ. ކާރުގެ ޑްރައިވަރު ނިދައިފިއެވެ.

އިނާއާއި ދިމާލަށް އެނބުރި އިނާގެ މޫނަށް ފަރުވާވެ ބަލާލާފައި ނަވީން އެބުނި އެއްޗެއް އިނާއަށް އެ އަޑު އިވުނެވެ. އެކަމަކު ފޮރުވިފައިވާ މާނައެއް އޮތެކޭ އިނާގެ ހިތަކަށް ނޭރިއެވެ. ސަމާލުކަން ދެވުނީ ނަވީން އޭނައާއި ދިމާލަށް ބަލާލި ގޮތަށެވެ. ދެމީހުންމެ އިރުކޮޅަކަށް ގުޑާވެސްނުލާ ތިއްބެވެ. އިނާ ބަލަމުން ދިޔައީ،ބަލާން ނުބަލާން ހުންނަ ނަޒަރަކުންނެވެ. ނަވީން ގެ ނަޒަރު ފުންވެފައި އެތަކެއް ވާހަކަތަކެއް ބުނެދެއެވެ.

"
ވާރޭވެސް ހުއްޓާލައިފިއެއްނު....ހިނގާ ދާން....ހިނގާލާފަ ދޯ ދާނީ....." ގެނބިދާނެހެން ހީވި ތަނަކުން އަރައިގަންނަ ގޮތަށް، ކުއްލިއަކަށް އިނާގެ މޫނުން ނަޒަރު އަނބުރާލާ މާހައުލުގެތެރެއަށް އެނބުރެމުން ނަވީން އެދުނެވެ. އެކަމަކު ވާރެއެއް މުޅިއަކުން ނުހުއްޓައެވެ. ވަރަށް ތުނިކޮށް އަދިވެސް ވެހެއެވެ.

އިނާ ހައިރާންވީ އެހެންވެއެއް ނޫނެވެ. އިނާ ހައިރާންވީ ނަވީން އެބުނި އެއްޗަކުންނެވެ. ދާން ހިނގާށޭ ދާނީ ހިނގާލާފައޭ ބުނިއިރު، ނަވީން އާއި އޭނަ އަކީ އެހާ ގާތް ދެމީހުން ހެއްޔެވެ؟ އޭނަ ނުދެނަހުއްޓެވެ.
ފޫހިވެގެން އެނބުރިލާ ގޮތަކަށް އިނާ ނަވީނާއި ދުރުފަރާތަށް އެނބުރުނެވެ. 

އެހެންނަމަވެސް......
މިރޭ އިނާއަށް އޮތީ މުޅިންވެސް ސިހުމާއި ކުއްލި އުފާ ކަހަލައެވެ.
އިނާ އެބުރިލީ ވަގުތަކީ ނަވީން އިނާގެ އަތުގައި ހިފި ވަގުތެވެ. މަޑުކުރުމެއްވެސް، ހުއްދަ ހޯދުމެއްވެސް ނެތި ނަވީން ހިނގައިގަތީއެވެ. ވާރޭގެ ތެރެއިން ކުރިއަށެވެ. އިނާގެ އަތުގައި ހިފައިގެންނެވެ.

"
ނަވީން...............ކީއްތިކުރަނީ.....؟ މީހުން ބަލާނެ...." ނުދާން ހުއްޓުމަކީ އޮތް ހައްލެއް ނޫންކަން އެފަދަ ގަޑިއެއްގައި ކޮންމެ މީހަކަށްވެސް ވިސްނޭނެކަން ގައިމެވެ. އިނާގެ ދުލުން އިންކާރުކުރަމުން ދިޔަނަމަވެސް، އަދި އެ މަންޒަރު ބަލަން މީހުން ތިބިތޯ ފަސްއެނބުރި ބެލުނު ނަމަވެސް، އިނާގެ ފިޔަވަޅުތަކެއް ނުހުއްޓެއެވެ. ދެވުނީ ނަވީނާއިއެކީ ކުރިއަށެވެ. އަތް ދަމައިގަންނަމުން ބާރުލަމުން ވިޔަސް އިނާ ގަދައެއް ނުދައްކައެވެ. ހާލަތު އެދެމީހުންގެ ދެމެދަށް ނުފެންނަ ކަށިނަރުގެ ފާރެއް ގެނެސްފައި ހުރިނަމަވެސް، އެއީ އެކަކު އަނެކަކަށް ލޯބިވާ ދެ އިންސާނުންނެވެ. 

"
އާދޭ.......ޔޫ ވިލް ލަވް އިޓް........" އޭނައަށްވުރެ ފަސްވަރަކަށް ފިޔަވަޅު ފަހަތުގައި، އެކަމަކުވެސް އޭނަގެ އަތުން ހިފައިގެން ހުރި އިނާއާއި ދިމާލަށް ފަހަތަށް އެނބުރިލަމުން އިނގިރޭސިބަހުން ނަވީން ބުނެލިއެވެ. 

އެބަސްކޮޅުން އިނާއަށް ހަނދާންތަކެއް ގެނެސްދިނެވެ. އޭނައާއި ނަވީން ދިމާވިއިރު، އޭނައަށް އަޑުއިވިފައިވަނީވެސް، ގިނަފަހަރަށް ނަވީން އިނގިރޭސިން ވާހަކަ ދައްކާ އަޑެވެ. އެއީ ޝަރުޠަކަށް ނުވި ނަމަވެސް، އެއީވެސް އިނާއަށް ނަވީން އާއި ރުހެވެން ދިމާވި ވަރަށް ބޮޑު ސަބަބެއްކަން އިނާ ހަނދާންވިއެވެ. މި ހަނދާންވުމާއެކު ނަވީންގެ އަތުތެރެއިން އޭނަގެ އަތްތިލަ ދަމައިގަތެވެ. ގުޅުމެއް ނެތް މީހެއްގެ އަތުތެރޭގައި އޭނަގެ އަތް އޮންނާކަށް ނުރުހެވުނެވެ. 

ކިތަންމެ ތުނިކޮށް ވެހުނަސް، ވާރޭ ވެހެންޏާ ކުރިއަށް ލެނބި ކުޑަކޮށް ބޯގުދުކޮށްލެވުމަކީ ހަމަ ފިޠުރީ ކަމެކެވެ. ނަވީންވެސް އެފަދައެވެ. އެކަމަކު ހޮސްޕިޓަލް ގޯތިތެރެއިން ނުކުމެވުނުއިރު، އިނާ ހުރީ އެހެނެއް ނޫނެވެ. އިނާއަށް ހުރެވުނީ އެ ނިޢުމަތް ލިބުމުން އުފާވެފައެވެ. ވަރަށް ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ފިލުމުގެ އެއްވެސް ގަސްދެއް އޭނަގެ ނެތެވެ. ނަވީން ބުނިހެން މިރޭ ހުރިހާ ކަމެއްވެސް މިވަނީ އޭނަ އެދޭ ގޮތަށެވެ. 

"
ހަމަ ހިނގާލާފަތަ ދާނީ.....؟" ހޮސްޕިޓަލުގެ ދޮރާށިކައިރިއަށް އާދެވުމުން ނަވީން ޔަގީންކޮށްލިއެވެ. އިނާއަށް އޭނަގެ މޫނުމަތީގައި ހުރި ހިނިތުންވުން މިވަގުތު ސިއްރެއް ނުކުރެވުނެވެ. އަނގައިން އެއްޗެއްވެސް ނުބުނެވުނެވެ. ދެބުމަ އަރުވާލާފައި ބުނެވުނީ އާނއެކޭއެވެ. ނަވީންގެ މޫނަށްވެސް ހިނިތުންވުން އައެވެ. އިނާގެ އެ ކެރުމާއި، ޖެހިލުންކުޑަކަން ފެނުމުން ނަވީންއަށް އާދަޔާ ޚިލާފު ގޮތަކަށް އިނާއާއި ދިމާލަށް ބެލުނެވެ. ޝައުގުވެރިކަމުގެ އިންތިހާއީ ގޮތަކަށެވެ. 

"
އެންމެ ރަނގަޅު....ހިނގާ....ފަހުން ޝަކުވާއެއްކޮށްގެން ނުވާނެ...." އިނާއާއި ނަވީން އާއި ދެމީހުން އެކުއެކީގައި ހިނގައިގަތެވެ. 

އިނާ ހުދު ޔުނިފޯމްގައެވެ. ބޮލުގައި ހުރި ހުދު ތޮފިގަނޑުވެސް ތެމެމުން ދިޔައެވެ. އަތުގައި އޮތް ހުދު ޕާސްގެ ތެރެއަށް ފެން އެޅުނަނުދޭން އަނެއް ފުށަށް ޕާސް އަނބުރާލައިގެން އެކަމަކުވެސް ހަމަޖެހިލައިގެންނެވެ. ލައިގެން ހުރި ބޯފޮތީގެ ހުދު ޔުނިފޯމް މިހާރު މި ވެހޭ ވާރޭގައި އެކަށް ނުތެމޭނެ ކަމުގެ ޔަގީންކަމާއި، އަދި ތެމުނަސް އެ ހެދުން ގައިގައި ތަތްނުވާނެކަމުގެ ޔަގީންކަން އޮތުމުން އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. ވެހޭ ތުނި ވާރޭގެ އެއްވެސް އުނދަގުލެއް އިނާއަށް ނުވާކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ. 

ނަވީންވެސް އިނާއާއި ހަމަ އެންމެ ފިޔަވަޅެއްގެ ކުރީގައި ހުރެގެން ހިނގަމުން ދިޔައެވެ. ދެޖީބަށް އަތް ޖަހައިގެން އިސް އޮބައިގެން ހުރެއެވެ. އެކަމަކުވެސް ވެހޭ ވާރެޔަކުން ނަވީންގެ މޫނެއްވެސް އަދި ބޮލެއްވެސް ސަލާމަތެއް ނުވެއެވެ. އެހެންވިޔަސް ނަވީންގެ މައްސަލައެއް ނެތެވެ. ނަވީން ބޭނުންވަނީ އިނާގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެ ވަރުގެ އުފާވެރި ރެއަކަށް މިރޭ ވުމަށެވެ. އިނާ ހިތްހަމަޖެހެންޏާ ޖެހޭހާ ގޮތެއް ހަދާދޭށެވެ. 

ގަޑީގެ ގޮތުން މަގުމަތީގައި މީހުން ނެތްނަމަވެސް ދޭތެރެއަކުން ދުއްވާއެއްޗެއް ދެއެވެ. ކޮންމެ މީހަކުވެސް އެދެމީހުންނަށް ވަރަކަށް ބަލައެވެ. 

"
މީހުން ހީކުރާނެ ދޯ މޮޔަވީއޭ އަހަރެމެން....؟؟" ކައިއިރިން އަޅާފައި ކާރެއް ދިއުމުން ނަވީން އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުން މުހިއްމު ކަމަކަށް އިނާ ނުދެކުނެވެ.

ހޮސްޕިޓަލްގެ އަރިމަތީގައި އޮންނަ ހިމަ ގޯޅިންގޮސް ބޮޑުމަގަށް ނުކުމެގެން ދެންވެސް ދެމީހުން ހިނގަމުން ދިޔައެވެ. އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލާލާފަ ހިނިތުންވެލުން ފިޔަވާ ހަމަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންވެސް ދިޔައީ ކުރިއަށެވެ. 

ނަވީންގެ ފަރާތުން ލިބޭ ސަމާލު ކަމާއި، ނަވީން އޭނަގެ ފައި އެ އަގުބޮޑު ބޫޓާއެކު ފެނުގައި ޖައްސައިގެންވެސް އޭނަ ފެނުގަ ނުޖައްސާވޭތޯ އޭނައަށް ތަންދައްކަމުން ދިޔަ ގޮތާއި، ގެތަކުން ބޭރަށް ދިގުވެފައި ހުންނަ ގޮފިތައް އިނާއަށްޓަކައި ދުރުކޮށްލަދޭގޮތާއި، ތަންކޮޅެއް ކުރިއަށްވެސް ޖެހިލެވިއްޖެނަމަ، އިނާއަށް އެހިސާބަށް އާދެވެންދެން މަޑުކުރުމާއި، ދުއްވާއެއްޗެއް އަންނަ ނަމަ، ނަވީން މަގަތަށް ޖެހިފައި ފާރާއިވީ ފަރާތަށް ޖެހެން އޭނައަށް އިޝާރާތްކޮށްލާގޮތް، އިނާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. އެފަދަ ރީތި އުޞޫލުތަކާއި އާދަތައް ގެންގުޅޭމީހަކާ އޭނައާ ދިމާވެ، އެމީހާއާއެކު ހަޔާތުގެ ބާކީއޮތްހާ ތަނެއް ހޭދަކޮށްލުމުގެ ފުރުޞަތު އޭނައަށް ނުލިބުނީ ކީއްވެބާއޭ ހިތާ ޝަކުވާ ކުރެވެމުން ދިޔައެވެ.

އެހާ ގާތުގައި ހުރެގެން އިނާއާއެކު ދެވޭކަމަށްޓަކައި ނަވީނަށް ލިބެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް އޭނައަށް ތަޖްރިބާ ކުރެވިފައި ނުވާފަދަ އުފާވެރި އިހްސާސެކެވެ. ގައިގެ އެންމެ ހިމަނާރުގައިވެސް ހަލަބޮލިކަން އުފައްދާ، ވީހާވެސް އަވަހަކަށް އިނާއާއި ވާހަކަ ދައްކާލަން މަގުމަތި ނޫން ތަނެއްގައި ހަމަޖެހިލައިގެން ތިބެވޭނެ ވަގުތަކަށް އިންތިޒާރުކުރެވެމުން ދިޔައީ ހިތުގެ އަޑިންނެވެ. 

ކޮންމެއަކަސް ޙާލަތުން އުފާލިބިގަންނަމުން، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ދެމީހުންވެސް ހިނގަމުން ދިޔައީ ދެމީހުންވެސް ކައިރިކައިރީގައި ތިބެމެ، އެކަކަށް އަނެއްމީހާގެ ހިތުގެ އަޑު އިއްވާލަން ފުރުޞަތު ލިބިފައި ނުވާތީ، އެ ޚިޔާލުގައެވެ. އެކަކު އަނެކަކަށް ހިތުގެ އަޑިން އެދެވޭތީ،އެ ފޮނިމީރު އިހްސާސުގައެވެ. މަޑު ހިނގުމެއްގައި ހިނގަމުން ދެވުނީ މޫސުމަށް ސަމާލުކަން ނުދީއެވެ. ނަތީޖާއެއްގެ ގޮތުން ހިނގާތާ ފަނަރަ ވަރަކަށް މިނެޓްވީއިރުވެސް ގެއާއި ހަމައަށް ނުދެވުމެވެ. ގެއާއި ވިއްސަކަށް ފޫޓް ދުރުގައި ހުއްޓާ ކުއްލިއަކަށް ބޯކޮށްލި ވާރެއިން އެމީހުންނަށް ސަލާމަތެއް ނުވެވުނެވެ. އޭރު ތިބެވުނީ ލިންކް ރޯޑަށް ނުކުމެވިފައިކަމުން، ވަންނާނެ އަސްކަންޏެއްވެސް އެހިސާބަކުން ނުފެނުނެވެ. 

"
އަޅެ..........." ކުއްލިއަކަށް އޮހެންފެށި ބަރުތިކިތަކުގެ ވާރެއިން އިނާއަށްވެސް ލިބުނީ ސިހުމެކެވެ. 
"
އަވަސް....އަވަސް.....މަޑުނުކޮށް އާދޭ......" ދުއްވައިގަންނަމުން އިނާއަށްވެސް އައުމަށް ނަވީން ގޮވިއެވެ. އެކަމަކު އިނާގެ އަގުބޮޑު ބޫޓަކީ ވާރެއަށް ތައްޔާރުކޮށްފައިހުރި ބޫޓެއް ނޫންކަމުން، ފެން އެޅެންފެށުމުން އެ ބޫޓްގައި ދުއްވައި ނުގަނެވި ފައި ކައްސާލިއެވެ. އެހެންވެ އިނާ ގުދުވީ ބޫޓް ރަނގަޅަށް ފުންނާބުން އެޅުވުމަށެވެ.
"
ބޫޓް ނަގާ.....އަވަސް......" އިނާ ހުއްޓުނުތަން ފެނިގެން ނަވީން އަނބުރާގޮސް ބޫޓް ދިނުމަށް ބުނަން ފެށިއެވެ. ނަމަވެސް އިނާ ބެލީ ބޫޓް ފަޔަށް ފިޓް ކުރެވޭތޯއެވެ.
"
އިނާ....ތެމި ފޯވަނީއޭ........" ދެވަނަ ފަހަރަށްވެސް އިނާއަށް ހުއްޓެން ޖެހުނުތަން ފެނުމުން ކުރިއަށް ގޮސްގޮސް ހުރި ނަވީން ހުއްޓިފައި އަނެއްކާވެސް ގޮވަން ފެށިއެވެ. 
އެއީ ދެން ނުވާނެ ކަމެއްކަމަށް ވިސްނާފައި، އިނާވެސް ނަވީން ބުނިހެން ބޫޓްގެ ދެކިބަވެސް އަތުން ހިފައިގެން ދުއްވައިގަތީ، ލިންކްރޯޑުގެ އެތާރުގަނޑުމަތީގައި އޭނަގެ ހުސްފައިތިލަ ޖެހުނު ފުރަތަމަ ފަހަރުގެ އިހްސާސް ކުރަމުންނެވެ.

އިނާއާއި ނަވީންއާއި ދެމެދުގައި ހުރީ ފަސްވަރަކަށް ފޫޓްގެ ދުރުމިންކަމުގައިވިޔަސް، އިނާ އައިސް އެހިސާބާ އަރާހަމަވުމާއެކު އިނާއާއި ދިމާލަށް ނަވީން އަތް ދިއްކުރިއެވެ. ނަވީންގެ އަތްތިލައިގައި އިނާ ހިފީ ހަމަ އެއްވެސް ފަސްޖެހުމެއް ނެތި، ވަރަށް އާދައިގެ ގޮތަކަށް ކޮށްލާ ކަމެއްގެ ގޮތުގައެވެ. އެއާއެކު ނަވީން ދުއްވައިގަތެވެ. އިނާގެ އަތުގައި ހިފައިގެންނެވެ. އެމީހުން ދުވަމުން ދިޔައީ ގަދަވައި ރޯޅިއާއި ބޮޑެތި ތިކިތަކުގެ ވާރެއާއި ދެކޮޅަށްކަމުން، ފުދޭވަރެއްގެ ބާރެއް ދެފައިކުރިއަށް ލާން ޖެހުނެވެ. އެކަމަކުވެސް، ކޮންމެ މީހަކަށްވެސް އަނެއްމީހާގެ އަތުގެ އެހީ ލިބިފައިވާތީ، ބުނުމަކާ ނުލާ، އެދުމަކާ ނުލާ ދެމީހުންވެސް ހިތްވަރުލާފައި ކުރިއަށް ދިޔައެވެ. އިރުއިރުކޮޅާ އެކަކު އަނެކެއްގެ މޫނަށް ބަލާލެވެއެވެ. އަޑުގަދަކޮށް ނުހުނުނު ނަމަވެސް ދެމީހުންވެސް ވަނީ ހިންޏާއިގެން ހަލާކުވާވަރުވެފައެވެ. މި ދިމާވި ގޮތުންނެވެ. ބޯވާރޭގައި ގަދަ ވަޔާއި ދެކޮޅަށް ދެމީހުން ދުވެފައި ދާން މި ލިބުނު ފުރުޞަތަކީ ދެމީހުންގެ ހަޔާތުގައިވެސް އެދިއެދި ހުރި ފުރުޞަތެއްފަދައެވެ.

ގެއަށް ދެވިއްޖެއެވެ. ދެމީހުންވެސް ގޮސް ހުއްޓުނީ އިނާގެ ގޭގެ ބޮޑު އަސްކަނި ދަށަށެވެ. ދެމީހުންގެ ނޭވާވެސް ވަނީ ހަލަބޮލިވެފައެވެ. އެކަށް ތެމިފޯވެފައެވެ. 

ދޮރާށީގެ ތަޅުދަނޑި ނަގާ ދޮރު ހުޅުވާލާފައި އިނާ މަޑުކޮށްލިއެވެ. ދެން ހަދަންވީ ކިހިނެއްކަން ވިސްނާލަން މަޖްބޫރުވީ އެހިސާބުންނެވެ. ނަވީން އެހެރީ އޭނައާއެކު އެހިސާބަށް އައިހެވެ. ނަވީން އެހެރީ އެކަށް ތެމިފައެވެ. ވަގުތަކީ ރޭގަނޑުގެ ދަންވަރުގެ ވަގުތެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"
ކިހިނެއް ދެން ހަދާނީ.....؟؟" އިނާގެ ހިތުގައި އުފެދުނު ސުވާލު ވަރަށް ފުރިހަމައަށް ނަވީނަށް އެނގުމުން، އެ ސުވާލަށް އަޑު އަޅައިދިނީ ހަގީގަތުގައިވެސް ދެން އިނާ ހަދާގޮތެއް އެނގެން ބޭނުންވާތީއެވެ. އެއްގޮތަކަށްވެސް އޭނަ ހަދަންވީ ގޮތް އޭނައަށް ނޭނގޭތީކީ ނޫނެވެ. 
********(ނުނިމޭ)********

ް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.png

ކިހިނެއް ތިޔަ ހެދީ؟ ޝާއިއުކޮށްފައި ޑިލީޓްކޮށްލީތަ؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެއީ ހެދުނު ގޯހެއް.......މިހާރު އިންނާނީ ރަނގަޅު ބައި ލޯޑްކޮށްފަ.


http://www.muraasil.com/images/comment_reply.png
Posted on 2011-09-13 23:18:31 | Report this Comment

ޔަގީން އިރާދަ ކުރެއްވިއްޔާ މިފަހަރު ފަސްޓް ލިބޭނީ ޝާމީ އަށްް... :) އަދި އަޕްލޯޑް ކުރިތާ 3 ސެކަންޑް ވީ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ..........ނުލިބުނޭ އިނގޭ..........ދެން ފަހަރަކުން ދޯ.
shamy: hehehe... alhe evarun ކޮމެންޓް ކުރީމަވެސް ނުލިބުނު ދޯ!! :( ނުވެސް ކިޔާ ކޮމެންޓް ކުރީވެސް ފަސްޓް ލިބޭނެ ކަމަށް ހީކޮށް... އެކަމަކުވެސް އޯކޭ ސެކަންޑްވެސް ލިބިއްޖެތާދޯ..އެނީވޭސް ވާހަކަ ވ ވ ވ ވވ ވ ވ ވ ރީތި... ވަރަށް ވަރަށް ގިނަދުވަސް ވެއްޖެ ދޯ ޝާމީ ކޮމެންޓް އެއް ނުކޮއްލާތާ.... ސޮފާ ކިހިނެއްތަ؟؟؟
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ....ޝާމީމެން ކުދިންގެ ޚަބަރު މިހާރު ވަރަށް ނުވޭ. އެކަމާ ވަރަށް ދެރަވޭ............އެކަމަކު ދެން ވާނެ ކަމަށް ހީކުރަން. ފަސްޓް ނުލިބުނަސް ސެކަންޑް ލިބުނީމަ އުފާ ކުރަން ވާނެ އިނގޭ.....އަދި މަސައްކަތް ކުރައްޗޭ ފަސްޓަށް ދާން.


http://www.muraasil.com/images/comment_reply.png
Posted on 2011-09-13 23:29:19 | Report this Comment

ދެން ހިފިލުވާލާ ލޮލް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ..................އެމީހުން ނުވެސް އުޅެއެއްނު ހީކަރުވާތީ.


http://www.muraasil.com/images/comment_reply.png
Posted on 2011-09-13 23:43:20 | Report this Comment

alheyy vara nice dhn kon iraku ani baiii...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވީ އެންމެ އަވަހަކަށް ވޭތޯ


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 00:03:37 | Report this Comment

އަލޭ އެންމެ ރީތި ހިސާބުން ނޭ ޑިއާރ ތި ނިންމާލީ.ދެން ފޫހި ފޫހި.. ދެން ވެން އިޒް ނެކްސްޓް ޕާޓް. އައި އޭމް ވެއިޓިން އިގޭ. ވ.ކިއުރިއަސްވެފަ މައިން މީނީ ނެކްސްޓް ޕާތް ކިޔާލާ ހިތުން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަޅެ..........ދެން އޮތް ބައި ވަރަށް އަވަސް ކުރެވޭތޯ ބަލާނަން އިނގޭ. ޝުކުރިއްޔާ މައިން.


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 02:06:53 | Report this Comment

ސޮފާ...ދެން އަނެއްބައި އަވަހަށް ގެނެސްދީބަލަ.
އާޔާ: އާނ ދޯ ޝިއު!ދެ ދުވަސް ކޮށްފަ ސޮފާ އެ ވާހަކަ އަޕް ކުރީވެސް.ސޮފާވީމަ އެއްޗެއް ނުބުނަނީ!!އެކަމު މިއަދު އޭގެ އަނެއްބައި ގެނެސް ދެންވީނު މި ދެ ދުހު އަޕް ނުކުރެވުނީމަ ކައްފާރާ އެއްގެ ގޮތުން..(ޢޭހާދަ ހެއްވައޭ!!ދިވެހިން ލިޔާއިރު ދެ ތިކި ޕީ ނުކުރެހެ!!)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާޔާ ތިބުނިހެން މިއަދު ވާނެހެން ވަރަށް ހީވޭ އިނގޭ...........


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 06:57:44 | Report this Comment

kihineh thi hedhy?mi part nimuny..hehe...varah rythi mi part ves
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ............މި ޕާޓްގެ އަނެއްބައި އަދި އަންނާނެޔޭ........އިރާދަކުރއްވިއްޔާ މިއަދު ހަމަ އަންނާނެ.


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 07:52:13 | Report this Comment

varah varah salhi mi baii.. i like it dat i cud smyle while i read dis
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދެޓްސް ގްރޭޓް ޓު ސްމައިލް ވައިލް ޔޫ އާރ ރީޑިންގ. އިޓް މީންސް ޔޫ ރިއަލީ ލައިކް އިޓް


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 08:27:04 | Report this Comment

ސޮފާގަނޑާ!!ވަރަށް ފުއްވާފަ މިގޮވާލީ!!ތިހުރީވިއްޔަ ނިންމި ހިސާބު!އެގޭތަ އާޔާވެސް ވަރަށް ވާރެޔާ ތެމި ދުވާ ހިތްވޭ ވާރޭ ތެރޭގަ.ދެރައީ މާލޭގަ ބޭނުންވާ ގޮތަށް ނުތެމެވޭތީ!ސޮފާމެން ރަށަށް އާޔާ ގެންދަންވީނު.ލިންކުރޯޑުގަ ތެމިލަން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލަ އާޔާ....ސޮފާމެން ރަށަށް ކޮންމެހެންދާނެކަމެއް ނެތް ވާރެއާ ތެމެން. މާލޭގައި އުޅޭ މީހުންނަށް ވާރެޔާ ތެމިލާ، ވާރޭގަ ހިނގާލާ، ވާރޭގަ މޫދަށްގޮސްލާ ހަދާލަން ހުޅުމާލެއަށްވުރެ ބެސްޓް ތަނެއް ނުހުންނާނެ ިއނގޭ. ސޮފާވެސް ވަރަށް ގިނައިން ދަން ވާރޭގައި އެ ފިތުރޯނުގަސްތައް ހުންނަ މަގުން ހިނގަން. އާޔާވެސް އާދޭ ސޮފާއާއެކު ދާން. ދެން ދާ ދުވަހަކުން ގުޅާނަން އިނގޭ......އެތާގެ މަގުތަކަށްވެސް އޮންނަނީ ތާރު އަޅާފައެއްނު....ހެހެހެހެހެ
އާޔާ: އާނ ގުޅާލައްޗޭ އިނގޭ!!!ހެހެހެހ..އަވަހަށް ގުޅައްޗޭ!!އާޔާ ދާނަން ނަވީން ގޮވައިން އިނގޭ!!ހެހެ


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 08:52:02 | Report this Comment

ވާރޭ ދެކެ ލޯބިވާ މީހުން ލިޔާ ވާހަކަވެސް ހުންނާނީ ވާރޭގެ ލޯބިވެތި މަންޒަރުތައް ސިފަކޮށްދީފަ، އެކަމަކު ފްރެންޑާ އަށް ވާރޭ ވެހޭ މަންޒަރު ބަލަންރީތީ ބޮޑެތި ބިއްލޫރި ދޮރުން އެތެރޭގަ ހުރެގެން. ފެން ނުޖެހޭ ހިސާބުގަ ހުރެގެން. ހެހެހެ މި ބައި ވަރަށް ސަޅި .
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހެހ.........ލޯބިވާ ފްރެންޑާ.....ތީ ތެދެއް. އެއީ ކަންނޭނގެ މި ވާގޮތަކީ ދޯ. ސޮފާގެ ކޮންމެ ވާހަކައެއްގަ ވާރޭގެ ބައެއް ނުހިމެނެންޏާ އެއީ ހަމަ އުނިކަމެއް. އެބައި ނުހިމެނި ނުދާނެހެން ހީވަނީ.....ދެން ފްރެންޑާމެން ކަހަލަ "ބޮޑު" ކުދިން ބަލަން ވާނީ ބިއްލޫރި ދޮރުން އެތެރޭގައޭ.....ހެހެހެހެހެ.....ޝުކުރިއްޔާ ލަވް. .... (އޮސްޓްރޭލިއަން ސްޓައިލްގަ އިނގޭ ލަވް މި ބުނީ. އިއްޔެ އެއްކަލަ ދޮން ކުއްޖާ ހުއްޓެއްނު ދޯ. އެކަމަކު އޭނަ އެއީ ހަމަ ސީދާ ލަންޑަން އިނގޭ. އަދި ދެވޭނެ ދޯ. ދާންވާނެ ކޮންމެހެންވެސް. ތައްޔާރު ވައްޗޭ.)


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 09:13:14 | Report this Comment

http://www.muraasil.com/images/icons/comments_user.gif:
އޯނޯ...! ސަޅި ހިސާބަކުން ތި ނިންމާލީ، އަނެއް ބައި އަވަހަށް އަޕްކުރައްޗޭ، ވަރަށް ރީތި، ދެން މާ ލަސްނުކޮށް ނަވީން ބުނެބެލަ އިނާ ކައިރީ... "އިނާ! އައި ލަވްޔޫ، ވިލް ޔޫ މެރީމީ؟ ޕްލީޒް؟" އަވަސް އަވަސް... ވަރަށް ރީތި ސޮފާ!
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހެ...............ޝުކުރިއްޔާ....ކޮންކުއްޖެއްކަން ނޭނގޭތީ ނަން ނުޖެހޭނެނު.
http://www.muraasil.com/images/icons/comments_user.gifމާޝާ: މާޝާއޭ... ކީށްވެބާ ނަން ނުފެނުނީ؟


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 10:13:41 | Report this Comment

ސިފަ ކުރުމުގެ ފުރިހަމަކަމުން އެ މަންޒަރަށް ގެއްލިފަ އިނދެވުނީ. އަޅެ، ކިހިނެއް ތިހެދީ؟ ނޭވާގެ އެއްބައި އެތެރޭގައި އޮއްވަ ތި ނިންމާލީ،އަނެއްބައި އަވަހަށް ގެނެސްދޭތި އިނގޭ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ޝުކުރިއްޔާ. އަނެއްބައި އިރާދަކުރެއްވިއްޔާ މިއަދު ގެނެސް ދޭނަން. ރަނގަޅަށް ނޭވާ ލައްވަން ވާނެނު ދޯ. ހެހެހެހެ


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 10:55:48 | Report this Comment

މި ވާހަކަ ކިޔާތާ ވަރަށް ދުވަސް ވެއްޖެ އެކަމަކު މި އަދުގެ މި ބައި އެހުރިހައި ބައި ތަކާ އަޅާވެސް ނުކިޔޭ އެހާވެސް ރީތި.ހީވީ ހަމަ ދެންމެ ފެނުން މަންޒަރެއް ހެން.ފަތިސްތަރި ވަރަށް ކުޅަދާނަ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހާދަ އުފާކޮށްފީމޭ ހަމް. ޝުކުރިއްޔާ ހަމަ ވަރަށް ބޮޑުކޮށް.


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 11:17:49 | Report this Comment

ވޯއް... ވަރަށް ސަޅި.. ރިއު ހިތައް އަރާ ރިއު އަށް ވެސް އެގޮތައް ލިންކް ރޯޑްގަ ދެވޭނެ ނަމައޭ.. އައި ޖަސް ލަވް ދިސް.. ލޯންގް ވޯލްކް އިން ދަ ރެއިން ދޯ.. ހެހެހެ.. ސޯ ރޮމޭންޓިކް.. އަވަސްކޮށް އަނެއްބައި އަޕްލޯޑް ކޮއްދެއްޗޭ އިނގޭ ސޮފްފް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް ވާރޭގަ ހިނގާލުމަކީ ހަމަ އާ ރޫޙެއް ލިބުން ކަހަލަ ކަމެއް. ސަޅި ދޯ. އަދި ރިއުއާއި ސޮފާ ދާންވާނެ ލިންކް ރޯޑުގައި ހިނގަން. ދޯ. އަނެއްބައި މިއަދު ގެނެސްދޭނަން ިއނގޭ.


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 11:33:56 | Report this Comment

ވވވ.ރީތި މިބައިވެސް. ދެން އަޅެ އަވަހަށް އެދެމީހުން ގުޅުވާ ބަލަ. މިހާރު ކިހާދުވަހެއް ވެއްޖެތަ؟ދެން މިއަދު ގެނެސްދީބަ އަނެއްބައި.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މިއަދު ގެނެސްދޭނަމޭ އަނެއް ބައި.


http://www.muraasil.com/images/comment_reply.png
Posted on 2011-09-14 13:04:16 | Report this Comment

އަޅޭ އެވަރަށް ކިޔާ ހިތުން އިންދާ ތި ނިންމާލީ ...........ސޯ ރޮމޭންޓިކް.....ތުއްތަވެސްބޭނުންވަނީ ނަވީންއާއި އެކު އެގޮތައް ވާރޭގަ ތެރޭ ދުވެލަން .........ސަޅި އިނގޭ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ތުއްތަ...........ހެހެހެހެ........ނަވީން އާއެކު ދުވަން މާޔާވެސް ހުރީ.....އެކަމަކު އެކަންވެސް ނުވިއެއްނު.
އާޔާ: އޭ!ނޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫން!!!ނަވީން އެއް ނުދެވޭނެ އެހެން މީހަކާ އެކީ ދުވާކަށް!ތުއްތަ އަށް އެކަމް ނަވީން ބައިވެރިވާ ދުވުމުގެ ރޭހެއްގަ ވާދަކުރަން ލިބިދާނެ އިނގޭ!!=)

0 comments:

Post a Comment