FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ބޮޑާ ނަފްސު - 43 ވަނަ ބައި

ޒަރީނާއާއި ވާހަކަ ދައްކަން ވަގުތު ބޭކާރުނުކޮށް އިގްބާލް ގެއަށްވެއްދުން މުހިއްމުކަމަށް ދެކިގެން އަވަސް އަވަހަށް ގޮސް ސިޓިންގ ރޫމް ދޮރު ހުޅުވިއެވެ. ދެތިންފޫޓު ދުރުގައި ފޯނެއްގައި ހުރި މީހަކު އެ އަޑަށް އެދިމާލަށް އެނބުރުނެވެ. ގޯތިތެރޭގައި ދިއްލާފައި ހުރި ބޮކި އަލީގައި އެއީ ކާކުކަން އެނގުމުން ޒީނިޔާގެ ލޭ ގަނޑުވިކަހަލައެވެ. އެމީހާ އެއްއަތް ޖީބަށް ޖަހައިގެން އަނެއް އަތުން ފޯނެއްގައި ހުރެގެން އޭނައާއި ދިމާލަށް އާދެއެވެ. ބޭނުންވީ ދޮރުލައްޕާފައި އެތެރެއަށް ދިއުމަށެވެ. އަވަހަށް ދިއުމަށެވެ. އެކަމަކު އެކަމެއް ނުވިއެވެ.
ޒީ...........؟ ޒީ ރަނގަޅުތަ؟ ގޮތެއްވަނީތަ؟" ޒީނިޔާ ކައިރިއަށް އައިސް ފޯން ޖީބަށް ލަމުން އަސީލް އަހާލިއެވެ. ވަރަށް ކަންބޮޑުވެފައެވެ. ޒީނިޔާއަށްވެފައި ހުރި ގޮތުން އަސީލްވެސް ހީކުރީ ޒީނިޔާގެ ހާލު ރަނގަޅުނޫނީ ކަމަށެވެ.



ނަމަވެސް ޒީނިޔާ ހީކުރީ އަސީލް އޭނައަށް މަލާމާތް ކުރީ ކަމަށެވެ. އަވަސްއަވަހަށް ހަމަޖެހެން މަސައްކަތް ކޮށްލިއެވެ. އަދި ދޮރު ލައްޕާފައި ބޭރަށް ނުކުތެވެ. އެގެއަށް އަސީލް ވައްދަން އޭނަގެ ހިތަށްވެސް ނާރާނެއެވެ.

"

ކީއްކުރަން މިގެއަށް އައީ؟ ކާކުގެ ހުއްދައަކަށް؟" ދެއަތުން ހަރަމް ބަނދެލަމުން ޒީނިޔާ އެހެން އެހީ އަސީލްއާއި ވާހަކަ ދައްކަން ޖެހޭ ކޮންމެ ފަހަރަކުވެސް ޒީނިޔާގެ ކިބައިން ފެންނަން އެ ހުންނަ ގުޑުމެއް ނުވާ ވަރުގަދަ ޢަޒުމާއެކުގައެވެ.



ދޮރު ހުޅުވާލި އަޑަށް އެނބުރި ބަލާލާފައި އެދިމާލަށް ގޮސް ޒީނިޔާ ހުރި ދޮރުކައިރިއަށް ހުއްޓުނު އަސީލް އެތާ ހުއްޓައި ޒީނިޔާ ހުރީ އެ ދޮރުލައްޕާފައި ގޮސް ގޯތިތެރެއަށް ނުކުމެއެވެ. އެއީ އެގެއަށް އޭނަ ނުވައްދާންވެގެން ޒީނިޔާ ހެދިގޮތްކަން އަސީލްއަށްވެސް ވިސްނައިގަނެވުނެވެ.



އެހެންކަމުން ޒީނިޔާއާއި ދިމާލަށް ބަލަހައްޓައިގެން އަސީލްއަށް ހުރެވުނީ އަދިވެސް ދޮރުކައިރީގައެވެ. ޒީނިޔާއަކީ ހަމަ ރަނގަޅަށްވެސް އަރަތެކޭ ހިތަށް އަރާފައެވެ. ޒީނިޔާ ބަދަލުވާލެއް އަވަސްކަމުން އަސީލް ހަމަ ހައިރާން ވެއެވެ. ދެންމެއަކު އޭނަ ފެނުނު ވަގުތު ޒީނިޔާގެ މޫނުމަތީގައި ހުރި ކުލަވަރާއި މިހާރު ހުރި ގޮތާއި ވަރަށް ތަފާތެވެ. މިހާރު ހުރިގޮތުން ހީވަނީ އަސީލް އާއި ދޭތެރޭ އޭނަ ގެންގުޅޭ ގޮތް ބަދަލުކުރެވޭނެ އެއްވެސް ކަމެއް މި ދުނިޔެމައްޗަކު ނުވާނެޔޭ ބުނެގެން ހުރިހެންނެވެ.



"އަހަރެން މިއައީ މުހިއްމު ވާހަކައެއް ދައްކާލަންކަމަށް. ވަރަށް ގުޅިން. އެކަމަކު ޒީނިޔާ ފޯން ނުނެގީމަ އައީ." ޒީނިޔާއާއި ދިމާލަށް ބަލަން އިރުކޮޅަކު ހުރެފައި އަސީލް ކުރިއަށް ޖެހިލިއެވެ. ޒީނިޔާގެ ކަންތައް ހުންނަ ގޮތުން ލިބިފައިވާ ހައިރާންކަން ކަނޑުވާލަން ބޭނުންވެގެން ކުރާ ހަރަކާތެއްގެ ގޮތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަދިވެސް ދެފިޔަވަޅެއް ކުރިއަށް އަސީލް އެޅިއެވެ.

"

ކީއްވެގެންތަ ގަބޫލުނުކުރެވެނީ އަހަރެން ބޭނުމެއް ނުވާކަން އެއްވެސް ވާހަކައެއް ދައްކަން. " ޒީނިޔާ ހުރީ އެހެންޏާވެސް ހުންނަ މިޒާޖުގައިކަމަށް ފެނުނު ކަމުގައި ވިޔަސް، އެ ބުނެލި ވާހަކޮޅު ތަފާތުކަން އަސީލްއަށް ފާހަގަ ކުރެވުނެވެ. އެ ބުނެލުމުގައި މީގެ ކުރިން ހުންނަ ދުއިސައްތަ ޕަސެންޓްގެ ރުޅިއެއް ނެތެވެ. އޭގެ ބަދަލުގައި މިއަދު އެ ބުނެލީ އާދައިގެ މީހުން ނުރުހުނީމަ ބުނާ ގޮތަށެވެ. މާބޮޑު ރުޅިއެއްވެސް އަދި ނަފްރަތެއްވެސް އަސީލްއަކަށް އެ ޖުމްލައިން ނުފެނެއެވެ. އަސީލްއަށް ފެންނަނީ ހަމަ އާދައިގެ ނުރުހުމެކެވެ. ނަތީޖާއަކަށްވީ އަސީލްއަށް އަނެއްކާވެސް ޒީނިޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޒީނިޔާއާއެކުނަމަ ކޮންމެ ސިކުންތަކީވެސް ހައިރާންކަމެކެވެ.


ޒީނިޔާގެ ރީތި އިސްތަށިގަނޑު އޮތީ ފުރަގަހަށް ނަގާފައި ބޮޑު ދައްޗަކުން ހިފަހައްޓާފައިކަމަށްވިޔަސް، ރެއަކީ ކުޑަކޮށް ވައިގަދަ ރެއެއްކަމުން ވައިގެ ސަބަބުން ޒީނިޔާއަށް އުނދަގޫވާވަރަށް އިސްތަށިގަނޑު ވަޔާއުދުހެއެވެ. އެސްފިޔަތައް ދިގު ލޮލުން ނުރުހުމާއެކު އަސީލްއަށް ބަލަމުން ދިޔައިރުވެސް އަސީލްއަށްޓަކައި އެއީ ހަމަ ޖާދުލެކެވެ. އުއްބައްތި އަލީގެ ބޮކި އަލި ޒީނިޔާގެ ރީތި އަދި އެހާމެ ދޮންދޮން ހަށިގަނޑަށް އެޅިފައިހުރުމުގެ ސަބަބުން ފެންނަފެނުމަށް ހީވަނީ އެއީ ރަންކުލައިގެ އަންހެންކުއްޖެއްހެންނެވެ. ނޫނެކެވެ. އެއަށްވުރެވެސް ވައްތަރީ ސުވާސާ ރަންކުލައާއެވެ. އަސީލް ހިތަށް އެރިއެވެ. މިހެން ހިތަށް އެރުމުން ކުޑަކޮށް ހިނިތުންވެސް ވެވުނެވެ. އަދި ނުބަލާންވެސް މަސައްކަތް ކުރިމެއެވެ.


އެކަމަކު ގުދުރަތުގެ އަޖައިބެއްފަދަ އެ ރީތިކަން އަސީލްގެ ލޮލަކަށް ސިއްރެއް ނުވިއެވެ. ނުދެކޭތާ އެތަކެއް ދުވަސްފަހުން ފެނުނީމަ ނޫންކަމެއް ނޭނގެއެވެ. އަސީލްއަށް އަދިވެސް ބެލެނީއެވެ.


އެ ރީތި ދިގުދިގު ކަނދުރާގައި އިސްތަށިތައް އައިސް އޮޅޭގޮތުން އަސީލްގެ ލޮލަށް ސިހުރަކަށް ވިއެވެ. ރަތްކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖީންސްގައި އަސީލްއަށް ޒީނިޔާ މިރޭ ވަރަށް ރީތި ވިއެވެ. އަދި ޒީނިޔާގެ ކައިރިއަށް އައުމުން އެ ދުވާ ލުއިލުއި މީރުވަސް އަސީލްގެ ހިމަނާރުތަކަށް ވެރިވަމުން ދިޔައެވެ.


މި ރީތި އަންހެންކުއްޖާގެ ހިތް ތަންކޮޅެއް މަޑުކޮށްދެއްވާނެ ނަމައޭ އަސީލްގެ ހިތަށް އެރިއެވެ.


"ޒީނިޔާ ހަނދާންނެތުނީތަ އަހަރެމެން ދެމީހުން ދައްކަންފެށި ވާހަކައެއް އަދި ނުނިމިއޮތްކަމެއް؟" ޒީނިޔާގެ ރީތި ސިފައިގެ އަސަރު އޭނަގެ ނަފްސަށް ކުރަމުންދާތީ އެކަމާއި ދުރުވާން މަސައްކަތް ކުރަމުން އަސީލް ވާހަކަ ދެއްކިއެވެ. އަބަދުގެވެސް އާދައިގެމަތިން ޒީގެ ބަދަލުގައި ޒީނިޔާއޭ ކިޔަމުންނެވެ. އޭނަގެ ހިތުން އަބަދު ވެސް ކިޔެނީ ޒީކަމަށްވިޔަސް އޭނަގެ ދުލުން ޒީ ކިޔައިގެން ވާހަކަ ދައްކައިފިނަމަ ޒީ އިތުރަށް ނުރުހިދާނެތީއެވެ. އެއްވެސް ވަރެއްގެ ގުޅުމެއް ރަހްމަތްތެރިކަމެއް ނެތްއިރުވެސް މާ ގާތްމީހަކަށް ހަދައިގެން އުޅެނީއޭ ހީކޮށްފާނެތީއެވެ.


"ރޭގައިވެސް އަހަރެން ބުނިންދޯ އެވާހަކަތައް ހަނދާންނައްތާލާށޭ. އަހަރެން ބޭނުމެއް ނެތް މިހާރަކު އެއިން އެއްވެސް ކަމެއް ހަނދާން ކުރާކަށެއް." ޒީނިޔާ އެ ނިސްބަތް ކުރީ ކުރީރޭ އޭނަ ނިދަން އުޅެނިކޮށް އަސީލް ގުޅުމުން އޭނަ ދިން ޖަވާބަށެވެ.


އެރޭ އޭނައަށް ގަޑިއަށް ބަލަހައްޓައިގެން އޮވެވުނީ އަސީލްގެ ޚިޔާލުގައި ކަމަށްވިޔަސް އެކަން އޭނަ ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން އޮތްވާ އެރޭ އަސީލް ގުޅުމުން އޭނަގެ ހިތުގެ އަޑު އަސީލްއަށް އިވުނީ ކިހިނެއްބާއޭ ހިތަށްއެރިއިރުވެސް އެކަން އޭނަގެ ސިކުނޑިއަށް ވިސްނައިދޭކަށް އޭނަ ބޭނުމެއް ނުވެއެވެ.


"ތިއީ އެންމެ ރަނގަޅުގޮތްހެން ޒީނިޔާއަށް ހީވޭތަ؟" އަސީލް އެހިއެވެ.
ޒީނިޔާގެ މުޅި އުމުރު ދުވަހު ނޭނގިގެން އުޅުނު ހަގީގަތް ހާމަވާ ހިސާބުން ދޫކޮށްލަން ގަސްތުކޮށްގެން ޒީނިޔާ ހުރިކަން އެނގުމުން އަސީލް ހައިރާން ވިއެވެ. އެއީކީ ޒީނިޔާގެ ގޮތެއް ނޫނެވެ. އެހާ ފަސޭހައިން ދޫދޭން ޒީނިޔާ ފެށީ ކޮން ދުވަހަކުން ފެށިގެން ބާވައެވެ؟


ނޫނީ.......ޒީނިޔާ ބޭނުންވަނީ މުޅި އުމުރު ދުވަހު އޭނައަށް ނަފްރަތު ކުރާނެ ސަބަބެއްހެއްޔެވެ؟


"ޔަގީންވޭ. އެހެން ނޫނަސް ކަމެއް އެނގުމަކުން އެއްވެސްކަމެއް ދެނެއް ނުވާނެ ބަދަލެއް." ޒީނިޔާ ބުނީ ޒީނިޔާގެ ޚިޔާލެވެ. ފަހަކަށް އައިސް އެކަމާއި ދޭތެރޭ ވިސްނާލެވޭ ކޮންމެފަހަރަކުވެސް އޭނައަށް ވިސްނެނީ އެގޮތަށެވެ.


އަދި އަސީލްއަށްވެސް އޭނައަށް ހީކުރެވުނީ ރަނގަޅަށްކަން އެނގުނެވެ. ހަގީގަތުގައިވެސް ޒީނިޔާ ބޭނުންވަނީ އޭނައަށް ނަފްރަތު ކުރާނެ ސަބަބެކެވެ. ކަމުގެ އަސްލަކީ ކޮބައިކަން އޮޅުންފިލުވަން ބޭނުން ނުވަނީ އެހެން ވެގެންނެވެ.


ޒީނިޔާގެ އެ ޖަވާބުން އަސީލްއަށް އަދި އެހެންކަމެއްވެސް ފާހަގަ ކުރެވުނެވެ. މިރޭ ޒީނިޔާ އެ ވާހަކަ ދައްކަނީ އެހެން ކަހަލަ ގޮތަކަށެވެ. މީގެ ކުރިން ނަމަ ޖަވާބު ދޭކަށް ނުޖެހޭނެއޭ.....ބުނާކަށް ނުޖެހޭނެއޭ ބުނަމުން އައިކަމަށްވިޔަސް، މިރޭ އޭނަ ބުނާ ކޮންމެ އެއްޗަކަށްވެސް ހިތާދެކޮޅަށްވިޔަސް އެބަ ވާހަކަ ދައްކާކަން އަސީލްއަށް ފާހަގަ ކުރެވުނެވެ. އަދި ޒީނިޔާ ނުބުނާ އެތަކެއް އެއްޗެއް އޭގެއިން އަސީލްއަށް ވިސްނުނެވެ.


"ސާހިލްގެ ހާލު ކިހިނެއް؟" އަސީލް މައުޟޫޢު ބަދަލުކޮށްލިއެވެ. ގަސްދުގައެވެ.
ޒީނިޔާ އިސްޖަހާލިއެވެ.
"މިއާއިލާ މީހުން އެކަމާ ވިސްނާނެ. އެހެންމީހަކު ވިސްނަންޖެހޭ ކަމެއް ނޫން އެއީކީ" އިސް އުފުލާފަ ޒީނިޔާ ބުނެލީ މިހެންނެވެ.


އަސީލްއަށް ހީވީ ބޮލުގައި އެއްޗަކުން ޖެހުނު ހެންނެވެ. ރަހުމްކުޑަ ބަސްބަސް ބުނަން ޒީނިޔާވަރެއް ނުހުންނާނެއޭ އަސީލްގެ ހިތަށް އެރިއެވެ.
އޭނަ ބުނި އެތީގެ އަސަރު އެންމެ ރަނގަޅުގޮތުގައި އަސީލްއަށްކުރިތަން ޒީނިޔާއަށް ފެނުނެވެ. އަދި އެކަމާއި ހިތްހަމަޖެހުނެވެ.
"އަހަންނަށް ރަނގަޅީ މިތަނުން ދިޔައިއްޔާ." މިހެން ބުނެފައި އަސީލް ބަލަން ހުއްޓައި ހިނގައިގަތެވެ. ގެއަށް ވަނުމަށެވެ.


"ސާހިލް އެކްސިޑެންޓްވީ އަހަރެންގެ ނަމުގައި އޮތް ކާރެއްގައިޖެހި. ކިހިނެއް އަހަރެން އެކަމާ ނުވިސްނާ ހުންނާނީ؟" ޒީނިޔާ ހިނގައިގަތުމުން ހުއްޓުވުމަށްޓަކައި ދެން ބުނަން އޮތް އެންމެ ފަހު އެތި އަސީލް ބުނެފިއެވެ.


ޒީނިޔާ އެނބުރުނުއިރު މޫނުމަތިން ފެންނަނީ ވަރަށް އެހެން ކަހަލަ ކުލަވަރެކެވެ.


"ކީކޭ ތިބުނީ.............؟" ފުރަތަމަ ފަހަރަށް އަސީލް ކައިރިން އެއްޗެއް އޮޅުންފިލުވުމުގެ ޝައުގު ޒީނިޔާގެ ކިބައިން ފެނުނެވެ.
"ތި އަޑުއިވުނީ ރަނގަޅަށް" އަސީލް ސާބިތުކަމާއެކު ބުންޏެވެ.


އެހެންވީމަ މިކަންވެސް މި ކުރީ މި އިންސާނާއެވެ. އޭނަގެ އާއިލާއަށް މިހިތާމަވެސް ގެނެސްދިނީ މި ނުލަފާ މީހާތާއެވެ. ރީތި ސިފައެއްގައި ހުރި ފުރޭތައެކޭ އެއްގޮތެވެ. މިމީހާއާއި އަޅެ އޭނައާއި ދިމާވީވެސް ކީއްވެހެއްޔެވެ؟


ދެން ހޭދަވެގެން ދިޔައީ ހިމޭން ކަމެކެވެ. ޒީނިޔާ ހުރީ ކަޅިޖަހާނުލާ އަސީލްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒީނިޔާ ދެން ބުނެފާނެ އެއްޗަކަށް ދެން ހަދާފާނެ ގޮތަކަށް ބަލަހައްޓައިގެން ހުރި އަސީލްއަށް ޒީނިޔާގެ ލޮލުން ކަރުނަ ހިލުނުތަން ފެނުނެވެ.


"އަޅެ ކިހިނެއްވެގެންތަ އަހަރެންގެ ދިރިއުޅުމާއި ދުރަށް ނުދެވިގެން ތިއުޅެނީ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ކީއްވެގެންތަ އަހަރެންނަށް ގެއްލުންދެނީ. އަހަރެން ކީއްތަ ކުރީ. " ޒީނިޔާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް ކަރުއެލުވާލާފައެއް ނޫނެވެ. ނުރުހިގެން ކުރާ ޝަކުވާއެއްގޮތަށެވެ. ޒީނިޔާއަށް ވަރަށް އަސަރު ކޮށްފިއެވެ.
އަސީލްއަށްވެސް އެކަން އެނގުނެވެ. ދެރަވެސް ވިއެވެ.


"ތިހީވީ ގޯސްކޮށް. އަހަރެންނެއް ނޫނޭ އެކާރު ދުއްވަން އިނީކީ" އަސީލް ވިސްނައިދޭން އުޅުނެވެ. ޒީނިޔާ އެހީކުރީ އެހެންކަން އެނގޭތީއެވެ.

"އަބަދުވެސް.....އަބަދުވެސް ތިބުނަނީ އަހަންނަށް ކުށްހީއޭ ކުރެވެނީ. އެކަމަކު ކޮބައިތަ ކުށްހީ ކުރެވިފައި. މިފަހަރުވެސް މިކަންވެސް....ހަމަ އެކަކު. އަހަންނަށް ދުވަހަކުވެސް މަޢާފެއް ނުދެވޭނެ." ސާހިލްގެ އެ އެކްސިޑެންޓްގެ ސަބަބުން އާއިލާއަށް ދިމާވެފައިވާ ހިތާމައިންކަމަށްވެސް ވެދާނެއެވެ. މިރެއަކު ޒީނިޔާގެ ކިބައިން އެހެންދުވަސްދުވަހު ފެންނަކަހަލަ ރުޅިވެރިކަމެއް އަސީލްއަށް އަދި ފެންނަން ނެތެވެ.
ޒީނިޔާ ހުރީ ރުޅިއަށްވުރެ ބޮޑަށް ހިތްދަތި ވެފައެވެ. އަސީލްގެ މަތިން މުޅިން ފޫހިވެއްޖެޔޭ އަދި މުޅިން ނާއުއްމީދުވެއްޖެޔޭ ބުނާކަހަލަ ގޮތަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ޒީނިޔާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.


"ޒީނިޔާ....މަޑުކޮށްބަލަ...." ގޮސްގޮސް ހުރި ޒީނިޔާގެ ފަހަތުން އަސީލް ހިނގައިގަތެވެ. ނަމަވެސް ޒީނިޔާއެއް ނުހުއްޓެއެވެ.
އަސީލްއަށް ގޮސް އަރާހަމަވިއިރު ޒީނިޔާ ގޮސް ދޮރުގައި ހިފައިފިއެވެ. އެގޮތަށް ހިތްދަތިވެގެން ޒީނިޔާ ދިޔަދޭން ބަލަހައްޓައިގެން އަސީލް އަކަށް ނުހުރެވުނެވެ.
ގޭތެރެއަށް ޒީނިޔާއަށް ވަދެވުމުގެ ކުރިން އަވަސްފިޔަވަޅުތަކެއްގައި ގޮސް ޒީނިޔާގެ އުޅަނބޮށްޓާއި ދިމާލުން އަތުގައި ހިފައި ހުއްޓުވިއެވެ.


"ޒީނިޔާ....އަޑުއަހަން މަޑުކޮށްބަލަ. ކީއްވެގެންތަ މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ހިތްވަރު ނުހުންނަނީ. ހީކުރަނީތަ ތިމާއަކީ އެންމެ އިންސާފުން ކަންތައްކުރާމީހާއޭ؟" ޒީނިޔާގެ އަތުގައި ހިފައި ދޮރާއި ދުރަށް ގެންނަމުން އަސީލް ސުވާލު ކުރިއެވެ.


އަސީލް އެބުނި އިންސާފު، މި ލަފުޒު އަޑުއިވުމުން ޒީނިޔާ އަށް ހަނދާންވީ ހަމީމާ މަތިންނެވެ. އެބަސް އޭނައާއި ދިމާލަށް ބުނިއަޑު އޭނައަށް އެންމެ ފުރަތަމަ އިވުނީ އެދުވަހުއެވެ. އެ ހަނދާން ވުމުން ޒީނިޔާ ރުޅިއަތުވެއްޖެއެވެ.


"އިންސާފުގެ ވާހަކަ ދައްކަން ތިއީ ވަރަށް ރަނގަޅު މީހެއް. އެހެން ނޫނަސް އަހަރެން ނުޖެހޭ ތިކަހަލަ މީހަކާއި ދޭތެރޭ އިންސާފުން ކަންތައް ކުރާކަށެއްވެސް." އަސީލްގެ އަތް ފޮޅުވާލަމުން ޒީނިޔާ ފަހަތަށް ޖެހުނެވެ.


"އެކާރު ދުއްވަން އިނީކީ އަހަންނެއް ނޫން. އަހަރެންގެ ރަޖިސްޓްރީގައި އޮތަސްވެސް އެއީކީ އަހަރެންގެ ކާރެއް ނޫން. އެއީ އަހަރެންގެ ބޮޑުބޭބެގެ ދަރިއަކުގެ ކާރެއް." ޒީނިޔާ ދެއްކި ވާހަކައަށް ސަމާލުކަން ނުދީ އަސީލް އުޅުނީ ޒީނިޔާއަށް އޮޅުންއަރައިގެން އެ އުޅޭ އެއްޗެއް އޮޅުންފިލުވައި ދިނުމަށެވެ. ތެދު ހާމަކޮށްދެވޭތޯއެވެ.


އެކާރު ގެނައީވެސް އޭނަގެ ނަމުގައި ކަމަށްވެފައި ރަޖިސްޓްރީކުރުމުގައި ފަސޭހައަކަށް އޭނަގެ ނަމުގައި ރަޖިސްޓްރީކުރި ކަމުގައިވިޔަސް އެއީ އެއަށްވުރެ ބޮޑު އިތުރު ގުޅުމެއް އެ ކާރާއި އޭނައާއި ދެމެދަކު ނެތެވެ. އެކަމަކު ޒީނިޔާ އަޑުއަހަން ނެތިއްޔާ ބުނެދެނީ ކިހިނެއް ހެއްޔެވެ؟


"އެބަހުރިތަ އޭގެއިން ތަފާތެއް. ހަމަ އެކައްޗެއްނު؟" ޒީނިޔާއަށް އެ ނޫންގޮތަކަށް އެކަން ނުވިސްނޭނެއެވެ.


"އާސްތު.....ކީއްތަ ތިކުރަނީ ބޭރުގަ؟" ދެމީހުންގެ ވާހަކައަށް ހުއްޓުމެއް ގެނުވީ ކުއްލިއަކަށް ދޮރު ހުޅުވާފައި ނުކުތް އުގައިލުބެގެ އަޑެވެ. އުގައިލުބެއަށް ނުފެންނަކަން ނަސީބޭ ޒީނިޔާގެ ހިތަށް އެރި އެއީ ފުރަތަމަ ފަހަރެވެ. އަވަހަށް އަސީލްއާއި ދުރަށް ޖެހިލިއެވެ.


ދެމީހުން ކުރެން މީހަކަށް އަނގައަކުން ނުބުނެވުނެވެ.


" ރައްޓެހިންނާއި ވާހަކަ ދައްކަންވެސް ބޭރުގައިތަ ހުންނަނީ. ވަދޭވަދޭ. ގޭތެރެއަށް ވަދޭ." އުގައިލުބެ އެ ނުކުތީ އޭނަ ވާހަކަ ދައްކާ އަޑުއިވިގެންކަން ޒީނިޔާއަށްވެސް އަދި އަސީލްއަށްވެސް އެނގުނެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންނަށް ތިބެވުނީ ދޮރާއި ވަރަށް ގާތުގައެވެ. ހިމޭން ރޭގަނޑެއްގައި ދައްކާ ވާހަކައެއް ރީތިކޮށް އެތެރެއަށް އިވޭނެކަން ގައިމެވެ.


"އާސްތޫ......!!!" ޒީނިޔާގެ އަޑެއް ނީވުމުން އުގައިލުބެ ގޮވާލިއެވެ.
"މި ވަންނަނީ." ޒީނިޔާ ޖަވާބު ދިނެވެ. އެކަމަކުވެސް ބަލަހައްޓައިގެން ހުރީ އަސީލްގެ ލޮލަށެވެ. ރުޅިވެރިކަމާއެކުގައެވެ.


"އައްސަލާމް އަލައިކުމް އުގައިލުބޭ" ކުރިއަށް ޖެހި އުގައިލުގެ އަތުގައި ހިފައި އަސީލް ސަލާމް ކުރިއެވެ. ވަގުތުގެ ބޭނުން އަސީލް ހިފީ ހެޔޮ ގޮތުގައެވެ. އޭނަ އެގެއަށް އައި ބޭނުން އެހާ ފަސޭހައިން ފަހިވިކަމަށްޓަކައި އަސީލް ޝުކުރު ކުރިއެވެ.
ޒީނިޔާ ހުރީ ކޮސްވެފައެވެ. ޖެހިލުންވެސް ކުޑަ މީހެކޭ ހިތަށް އަރާފައެވެ.


"ވަޢަލައިކުމުއްސަލާމް. ކާކުބާ. އަދި ނޭނގުނޭ." ހިނިތުންވަމުން އުގައިލު އަހާލިއެވެ.
"ކުރީދުވަހު ހޮސްޕިޓަލަށް ދިޔައިމެއްނު. އަސަދުގެ ބޭބެ" އުގައިލުއަށް ހަނދާން ކޮށްދިނުމުގެ ގޮތުން އަސީލް ބުންޏެވެ.


"އާނ....އެހެންތޯ؟ ބުނީމޭ އެ ދުވަހުވެސް އާސްތު ކައިރީ. އެކަމަކު ނަން ހަނދާންނުވި އެ ދުވަހު. އަސަދުގެ ކަންތައް ކޮންމެ ގޮތަކަށް ދިޔަ ކަމުގައިވިޔަސް ތި އާއިލާއިން އާސްތުއާއި ދޭތެރޭ ތިބަހައްޓާ ގާތްކަމަށް އަޅުގަނޑުމެން އުފާކުރަން." އަދިވެސް އުގައިލުއާއި އަސީލް ތިބީ ސަލާމަށް އަތުގައި ހިފިގޮތަށެވެ.


"މިތާ ބޭރުގައި ނުހުންނަވާ ވަންނަވާ އެތެރެއަށް. ގެއަށް އަންނަ މެހްމާނުން ބޭރުގައި ބަހައްޓައިގެން ވާހަކަ ދެއްކުމަކީ ހުތުރު ކަމެކޭ އާސްތު. އެތެރެއަށް އާދޭ އާސްތުވެސް" ހިނގައި އުޅުމަށް ބޭނުންކުރާނެ އަސައެއް އަތުގައި އޮތެއްކަމަކު، އުގައިލުބެ މިފަހަރު ހިނގައިގަތީ އަސީލްގެ އެހީގައެވެ.
ސިޓިންގ ރޫމް ސޯފާއާއި ހަމައަށް ދެވެންދެންވެސް އުގައިލުބެ އަތަކުން އަސީލް ދުލެއް ނުކުރެއެވެ. މި މަންޒަރުބަލަން ޒީނިޔާއަށް ހުރެވުނީ ދެންމެ އަސީލްދެކެ އާދެވުނު ރުޅިއާއި މުޅިން އިދިކޮޅު އިހްސާސަކާއެކުގައެވެ.


އުގައިލުބެއާއެކު އަސީލްވެސް ސޯފާގައި އިށީންތަން ފެނުމުން ޒީނިޔާއަކަށް ދެނެއް ބޭރުގައި ނުހުރެވުނެވެ. ވަގުތުން ވަދެއްޖެއެވެ. އޭނަ ނެތިއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް އެ ނުލަފާ މީހާ ދައްކަފާނެއެވެ. އެކަން ހުއްޓުވަން އޭނަ ޖެހޭނެއެވެ.


ގަޑިން ރޭގަނޑު ދިހައެއްޖަހައި ހިނގައިފިއެވެ. ވިއްސާރައިގެ އަސަރު ދުނިޔެމަތިން ފެންނަމުންދާތީ އެގަޑީގައި ދޮރުނުލައްޕައި ނުބަހައްޓަންވެގެން ޒީނިޔާ ދޮރުވެސް ލެއްޕިއެވެ. ނަމަވެސް ދޮރުލައްޕާލާފައި އެނބުރުނުއިރު އަސީލްގެ މޫނު ފެނުމުން އަނެއްކާވެސް ފޫހި ވިއެވެ.


އަސީލްއިނީ އުގައިލުކައިރީގައެވެ.


"ނެތީތޯ ހަމަ އެނޫންގޮތެއް" ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ޒީނިޔާއަށް އަޑުއިވުނީ އަސީލް މި ސުވާލު ކުރިއަޑެވެ.
"ކީއްތޯ ކުރާނީ. އެ ކުއްޖާއަކަށް ނެތް އެނޫންގޮތެއް. މިންވަރަށް ޝުކުރު ކުރުން ނޫންގޮތެއް ނޯންނާނެ." އުގައިލުބެގެ އަޑުން ހިތާމައާއި ނިކަމެތިކަން ހާމަވެއެވެ.
އެދެއްކި ސާހިލްގެ ވާހަކަކަން ޒީނިޔާއަށް އެނގުނެވެ.
އޭނަގެ ފަރާތުން ނޭނގުނު އަދި ނުވެސް އެނގޭނެ ކިތަންމެ ކަމެއް އުގައިލުބެގެ ފަރާތުން އަސީލްއަށް އެނގުނީއެވެ.


"އަޅުގަނޑަށް ކޮށްދެވެން އޮތް ކަމެއްވެއްޖިއްޔާ ކޮށްދޭން އަޅުގަނޑު މިހިރީ ތައްޔާރަށް. އިންޑިޔާގެ ފަރުވާ ވަކި ގޯހެއް ނުވާނެ. އެކަމަކު އަޅުގަނޑަށް ފެންނަނީ ސިންގަޕޫރަށް ގެންދަން ސާހިލް. އެތަނުގެ ފަރުވާ ވަރަށް ރަނގަޅުވާނެ. އަޅުގަނޑުގެ ބައްޕަ ގޮވައިގެން ދެތިންފަހަރު އެތަނަށް ދެވިއްޖެ. އެހެންވެ އަޅުގަނޑަށް ފެނި ތަޖްރިބާ ކުރެވިފައިހުރީމަ މިހެން ބުނަން މިއެނގެނީ. މާދަމައިން މާދަމައަށް އެކޮޅަށް ދިއުމާއި އޮޕަރޭޝަންގެ ކަންތައްވެސް އަޅުގަނޑަށް ހަމަޖައްސައިދެވިދާނެ. އޮޕަރޭޝަނުގެ ހުރިހާ ޚަރަދެއް އަޅުގަނޑު ހަމަޖައްސައިދޭނަން. " އަސީލް މި ދެއްކި ވާހަކައަކުން ޒީނިޔާ ހައިރާން ވިއެވެ. އެވަރުގެ ބޮޑުކަމެއްވެސް އަސީލް އެހެރީކޮށްދޭން ހެއްޔެވެ.

"އަޅުގަނޑު މިގެއަށް އައީވެސް މިވާހަކަ އުގައިލުބެއާއި ދައްކަން. އަދި އެތެރެއަށް ނުވަދެވިގެން އުޅެނިކޮށް ތި ނިކުންނެވީ" ހަރުދަނާ ކަމާއެކު އަސީލް މިހެން ބުނެލުމުން ޒީނިޔާ އިތުރަށް ސިހުނެވެ. އެ ބުނީ ހަމަ ތެދެއްހެއްޔެވެ.

"ނޫނޭ........އެހެން ނަހައްދަވާ. އެހާ ބޮޑު އެހީއަކަށް ކިހނެއް އެދޭނީ. ސިންގަޕޫރަށް ގެންގޮސްގެން ފައިބުރިނުކުރާ ގޮތަކަށް ވާނެނަމަ ރަނގަޅުގެންދަން. ކޮންމެ ތަނަކުން ކުރިޔަސް އެ ކުއްޖާގެ ފައި ސަލާމަތެއް ނުވާނެ. ކުރާ ތަނުގެ ގޮތަކުން ނާންނާނެ ފަރަގެއް. އެހެންވެ ބޭނުމެއް ނުވޭ އިތުރަށް އެ ކުއްޖާފުޅަށް ތަކްލީފް ޖައްސާކަށް." އުގައިލުބެ ވާހަކަ ދެއްކީ ތެދަށެވެ. އެއަށްވުރެ ބޮޑު އެހެން ތެދެއް ނުވާނެއެވެ.

"ފަހަރެއްގައި އެހެންގޮތެއްވެސް އޮވެދާނެ ނޫންތޯ. " އަސީލް ދެންވެސް މަސައްކަތް ކުރީ އުގައިލު އޭނަގެ ހުށަހެޅުން ގަބޫލުކުރޭތޯއެވެ. އޭނަ މިރޭ އެގެއަށް އައި މަގްޞަދަކީ އެއީވިއްޔާއެވެ.

"އާސްތު އެބައިނެއްނުމިތާ. އާސްތުއަށް އެނގޭނެ ވަރަށް ރަނގަޅަށް. އެހެންގޮތެއް ނެތްކަމަށް އެތަކެއް ޑޮކްޓަރުން ވިދާޅުވެއްޖެ." އުގައިލު މިހެން ބުނެ އިޝާރާތް ކުރި ދިމާލަށް އަސީލް އެނބުރި ބަލާލިއެވެ. ޒީނިޔާ ދޮރުކައިރީ އެބަހުއްޓެވެ. އެމީހުންގެ ވާހަކަ އަޑުއަހާށެވެ.

"އެކޮޅަށް ނުދުރުވަންތޯ؟" އެނބުރި އަނެއްކާވެސް އަސީލް ވާހަކަ ދައްކަންފެށީ އުގައިލުއާއެވެ.
"ނޫނޭ....މިއުޅެނީ މާދަން މެންދުރުގެ ފްލައިޓުން ދާން. އާސްތުވެސް ދެޔޭ. ނުބުނޭތޯ؟" އަނެއްކާވެސް ވާހަކަ ނިމުނީ ޒީނިޔާއަށެވެ. އަސީލް މިފަހަރަކު ނޭނބުރެއެވެ.

"ދެން ބޭބެ ދަނީ. ކައިގެން ދަނިކޮށް ބޭރުން އާސްތުގެ އަޑުއިވިގެން މި މަޑުކުރީވެސް. ޝުކުރިއްޔާ އިނގޭތޯ އަސީލް." އުގައިލު ތެދުވާން އުޅުމުން އަސީލް އެހީވިއެވެ. އަސާ ނަގައި އަތަށް ލައިދެމުން ކުޑަތަންކޮޅަކަށް ދިޔަވެސް މެއެވެ. އެގޭތެރެއަށް އެގޮތަށް ވަދެގެން ދިއުމަކީ ރަނގަޅުކަމެއްކަމަށް ނުވާތީ ވަކި ހިސާބަކުން ހުއްޓި ދެން ބަލަހައްޓައިގެން ހުރެވުނީ ނުފެންނަ ހާލުގައިވެސް އުގައިލު ހިނގާފައިދާ ގޮތް ފަރިތަކަމުންނެވެ.

ވާނީވެސް އެހެންތާއެވެ. އެގެ ހަދާ ނިމުނުއިރުވެސް ލޮލުގެ ނޫރު ސަލާމަތުން ލައްވާފައިވި މީހަކަށް މިހާރު އެގޭތެރޭގައި އުޅޭކަށް އެހާ އުނދަގުލެއް ނުވާނެއެވެ. ލޮލުގެ ފެނުން ނެތް ކަމުގައިވިޔަސް ހިތުގައި ނޫރު ލައްވާފައިވާނެއެވެ.

އުގައިލު ގޮސް އޮބާލުމުން އަސީލް އެނބުރުނެވެ. ވަށައިގެން ބަލާލިއެވެ.
ޒީނިޔާއެއް ނެތެވެ. ދިޔައީކޮން އިރަކުކަމެއްވެސް އަސީލްއަކަށް ނޭނގުނެވެ. އަދި ދިޔައީކޮން ދިމާލަކަށްކަމެއްވެސް ނޭނގުނެވެ.
ބީރައްޓެހި ގެއެއްގައި އެހެރީ އޭނަ އެކަންޏެވެ.

އެވަގުތު އަސީލްގެ ލޮލުގައި އަޅައިގަތީ ސިޓިންގރޫމްގައި ހުރި އެހެން ދޮރެކެވެ. އެއީ މީގެ އެތަކެއް ދުވަސްކުރިން އެއްރޭ ޒީނިޔާގެ ފަހަތުން އޭނަ ގޮސް ނުކުތް ދޮރެވެ. އެއީ އޭނަގެ ބައްޕައަށް ހާޓް އެޓޭކް ޖެހުނުރެއެވެ. ހަނދާން ނެތޭނީވެސް ކިހިނެއް ހެއްޔެވެ.

ސިޓިންގރޫމްގެ މައި ދޮރު ހުރީ އެއްކޮށް ލައްޕާފައި ކަމަށް ވިޔަސް، އަނެއް ދޮރު ހުރީކުޑަކޮށް ހުޅުވިފައެވެ.
އިރުކޮޅަކު ހުރެލާފައި އަސީލް ގޮސް އެ ދޮރުކައިރިއަށް ހުއްޓުނެވެ. އަދި ދޮރުހުޅުވާލާފައި ކުޑަކޮށް ބޭރަށް ނުކުމެލިއެވެ.
އޭނައަށް ހީވީ ރަނގަޅަށެވެ.
ޒީނިޔާ އެއިނީއެވެ. އެރޭވެސް އިންގޮތަށް އެ ހުދު ގޮނޑީގައެވެ. އެތަނަށް ދީފައިވަނީ ކިތަންމެ ފަނޑު އަލިކަމެއްކަމަށްވިޔަސް ޒީނިޔާ އިނީ ރީތިކޮށް ފެންނާށެވެ. އެކަމަކު އަސީލް އެ ދޮރުހުޅުވީވެސް އަދި އެތަނަށް ނުކުތީވެސް އެއްވެސް އަޑެއް އިއްވާނުލާކަމުން ޒީނިޔާއަކަށް އޭނަ އެތަނަށް ނުކުތްކަން ނޭނގޭކަހަލައެވެ. ގަސްތަކާއި ދިމާލަށް ބަލަހައްޓައިގެންއިނީއެވެ.

އަސީލް އަތްދިއްކުރީ ދޮރުން އެތެރެއަށެވެ. އޭނަ އެތަނަށް ނުކުންނަން އައިއިރު ދޮރުކަނި ކައިރީ ފާރުގައި ސްވިޗެއް ހުރިތަން އޭނައަށް ފެނިފައިވާތީ އަތްދިއްކޮށް ސްވިޗް ޖެއްސިއެވެ. ހީކުރިގޮތަށް އެތަން އަލިވެގެން ދިޔައެވެ. ގޭގެ ފުރަތަމަ ފަންގިފިލާގެ ޝީޓުން ބެލްކަންޏަށްވާގޮތަށް ބޭރަށް ނެރެފައިވާ ބައިގައި ހަރުކޮށްފައި އިން ރީތި ދެލައިޓް ދިއްލިގެން ދިޔައެވެ. ގޯތިތެރޭގައި ހުރި ކުލައިގެ ބޮކި އައްޔަކުން މުޅިތަން އަލިވިއެވެ.

އަސީލް ސްވިޗް ޖެއްސީވެސް ޒީނިޔާއަށް ބަލަން ހުރެކަމުން ޒީނިޔާ ސިހުނުތަން އަސީލްއަށް ފެނުނެވެ. ނަމަވެސް ނުއެއް ތެދުވެއެވެ. އިނީއެވެ. އަދި އަސީލް އައިސް ކުރިމައްޗަށް ހުއްޓުމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

އަސީލް އެއްވެސް އެއްޗެއް ނުބުނެ ޒީނިޔާ އިން ގޮނޑީގެ އަނެއްކޮޅުގައި އިށީނދެއްޖެއެވެ. އަދި ވަށައިގެން ބަލާލިއެވެ.

އަސީލް ހަނދާންވީ އޭނަ އެތަނަށް އައި ފުރަތަމަ އަދި އެންމެ ފަހު ދުވަސް މަތިންނެވެ. އެރެއަށްވުރެ މިހާރު މިރޭ އެތަނުގައި މާތައް ގިނަހެން އަސީލްއަށް ހީވިއެވެ. އަދި އެމީހުންގެ ފުރަގަހުން ހައްދާފައި އެހެރަ ފިނިފެންމާގަސްތަކުގައިވެސް މިރޭ ވަކިން ގިނައިން މާފޮޅިފައިވާހެން ހީވިއެވެ. ރީތި ތަނެކެވެ. ފުރިހަމަ ތަނެކެވެ.

އަސީލްގެ ނަޒަރު ގޮސް ހުއްޓުނީ ޒީނިޔާއަށެވެ. އެއްފައިމައްޗަށް އަނެއްފައި ލައިގެން ދެއަތުން ހަރަމްބަނދެލައިގެން އިން އިރު ސާބިތުކަމާއެކު އިންކަން އެނގޭހާވެއެވެ. ބޭރުފުށުން ރީތި ހުރިހާ ސިފައެކެވެ. މުބާރާތެއް ބޭއްވިޔަސް އެއްވަނަ ލިބޭނެކަން ގައިމެވެ. އެކަމަކު.......ގޮތްދޫނުކުރުމާ ބޮޑާ ހޭކުމުގެވެސް ހަމަ އެއްވަނައެވެ.

ފަރުވާތެރިކަމާއެކު ޒީނިޔާއަށް ބަލަންއިންއިރު އަސީލް ހިތަށް އެރީ މިހެންނެވެ.

"މާދަން ފުރަނީ ކިހާއިރަކުން؟" އުމުރުދުވަހު ދަންނަ މީހަކާ ސުވާލުކޮށްލާހެން އަސީލް ސުވާލުކޮށްލިއެވެ. އެއްވެސް ބީރައްޓެހި ކަމެއް ނެތިއެވެ.
ޒީނިޔާ އެނބުރިވެސް ނުލައެވެ.
"އުގައިލުބެ..........." އަސީލް ބުނަން އުޅުނެވެ.

"އުގައިލުބެއޭ....؟؟؟ ތިމާގެ ކުށް ފޮރުވަން ފައިސާގެ ދަޅަދައްކަން މަސައްކަތް ކުރީމަ އެކަން ކާމިޔާބު ނުވީދޯ؟" އަސީލްގެ ޖުމްލައިގެ އެއްބައި އަނގައިގައި އޮތްވައި ޒީނިޔާ ރައްދު ދިނެވެ. ހީވަނީ ޒީނިޔާ އިނީ ހަމަ ކިރިޔަކިރިޔާހެންނެވެ.

"އޮޕަރޭޝަނަށް ލާރިދިނަސް އަދި ސިންގަޕޫރު ކީއްކުރަން، ލަންޑަނަށް ގެންދިޔަސް އެއީ ނުވާ ކަމަކަށް ނުވާނެ. މިރޭ ތިއައީ އެކަން ފޫބައްދަންކަމަށްވަންޏާ ހަނދާން ނައްތާލާ. އެއީ ނުވާނެކަމެއް." ހަގީގަތުގައިވެސް ޒީޏިޔާ އިނީ އެވާހަކަ ގޮވާލެވޭލެއް ލަސްވެފައެވެ.

އަސީލްއަށް އިސްޖެހުނީއެވެ. ދެރަވެގެނެއް ނޫނެވެ. ހައިރާން ވެގެންނެވެ. މި ބޮޑާ އަންހެންކުއްޖާއާއި ވާހަކަ ދައްކާނީވެސް ވަކި ކިހިނެއް ހެއްޔެވެ؟ ހަމަ ކޮންމެ އެއްޗެއް ބުންޏަސް އޭގެއިން ނަގަނީ ހިތަށްވެސް ނާރާ ކަހަލަ މާނައެކެވެ.

"ތިގޮތް ދޫކޮށްލަބަލަ ޒީނިޔާ. ހަމަ ރަނގަޅަށް އެބަ އެނގެއެއްނު ކުށް ފޮރުވާކަށް އަހަރެން ނުޖެހޭނެކަން. އަހަރެންގެ ނަމުގައި އެ ކާރުގެ ރަޖިސްޓްރީ އޮތުން އެއީތަ ކުށަކީ؟" އަސީލް ވާހަކަ ދެއްކީ އޯގާތެރި އަޑަކުންނެވެ.

"ތީ ވަރަށް ނުލަފާ ބައެއް" އަސީލް ކުރި ސުވާލަށް ދޭނެ ޖަވާބެއް ޒީނިޔާއަށް ނޭނގުނީކަންނޭނގެއެވެ. ޒީނިޔާ ބުނީ ހަމަ އެވަރަށެވެ.

ޒީނިޔާ އެހެން ބުނެލާނީ އާދެވުނު ރުޅީގެ ބޮޑުކަމުން ބުނާނެ އިތުރު އެއްޗެއް ދުލަށް ނައިމަ ކަން މިހާރު އަސީލްއަށް އެނގެއެވެ. އެހެންވެ ޒީނިޔާ އެހެން ބުނުމުން އެކަމާއިބެހޭ ގޮތުން ވަކި އިތުރު އެއްޗެއް އަސީލްވެސް ނުބުނެއެވެ.

"ހަގީގަތް އެނގެން މަސައްކަތް ނުކޮށް އަނެއްމީހާ ކުށްވެރި ކުރުމަކީ އެންމެ ރަނގަޅުގޮތްހެނެއް ހިއެއްނުވޭ. ކޮންމެހެން އެމީހާއާއި މާ ގާތް ގުޅުމެއް ނުބޭއްވި ކަމުގައިވިޔަސް އެމީހާ ދައްކާ ވާހަކަ އަޑުއަހާލުމަކީ އިންސާނިއްޔަތަށްޓަކައިވެސް ކުރުން ރަނގަޅުކަމެއްހެން ހީވަނީ." ހިމޭން އަޑަކުން އަސީލް ވާހަކަ ދެއްކިއެވެ.

"ހުރިހާ ފަހަރަކީ ތިމާއަށް ވިސްނޭ ގޮތް ރަނގަޅުވާނެ ފަހަރެއްކަމަށް ނުދެކި އަނެއްމީހާގެ ވާހަކަވެސް އަޑުއަހާލުން ބުއްދިވެރިވާނެ. އޭރުން ތިމާއަށްވެސް ހަމަޖެހުމެއް ލިބޭނެ. އަދި އަނެއްމީހާއަށްވެސް އިހްސާންތެރި ވެވިދާނެ އެގޮތަށް." ޒީނިޔާއާއި ދިމާލަށް ބަލަން އިނދެ އަސީލް ދެއްކީ އޭނައަށް ފެންނަ ގޮތުގެ ވާހަކައެވެ.

ހަގީގަތުގައިވެސް އޭނަ މިގެއަށް މިރޭ އައީކީ ޒީނިޔާއަށް ލޯބި ހުށަހޅާކަށް ނޫނެވެ. އެއީ ހުށަހަޅައި ނިމި ނުގަބޫލުވެފައި ބޮލާލާ ޖަހާފައި އޮތް ކަމެއްކަން އޭނައަށް އެނގެއެވެ. އަދި އޭނަގެ ރަޖިސްޓްރީގައި އޮތް ކާރަކަށް އެ ކާރު ވީތީ، ނުވަތަ އެކާރު ދުއްވަން އިނީ އޭނަގެ ބޮޑުބޭބެގެ ދަރިއަކަށްވީތީ އަސީލް ޒިންމާ ނަގަން ނުޖެހޭކަންވެސް އޭނައަށް އެނގެއެވެ.

އެކަމަކުވެސް ދޮންތަގެ ދަރިފުޅުގެ ސަބަބުން ޒީނިޔާއަށް އެތަކެއް ހިތްދަތިކަން ލިބިފައި ބޮޑުބޭބެގެ ދަރީގެ ސަބަބުން އެ އާއިލާގެ ފިރިހެން ދަރީގެ ފައިބުރިކޮށްލަން ޖެހުނު ވާހަކަ އަޑުއަހާފައި ކުށް އިހްސާސްނުކުރެވޭނީ ހިތެއް ނެތް މީހަކަށެވެ. އޭނަގެ އަމިއްލަ އެއްވެސް ކުށެއް އެކަމުގައި ނެތޭ ދުލުން ބުންޏެއްކަމަކު އޭނައަށް އެކަމުގައި ކޮންމެވެސް ވަރެއްގެ ކުށެއް އިހްސާސް ކުރެވެއެވެ.

ސާހިލްއަށް އެހީވުމަށް ހުށަހަޅަން އޭނަ އައީ އެހެން ވެގެންނެވެ. ސާހިލްއަށް އެ ދިމާވި ދެރަގޮތުން އެކަމާއި ހިތުގައި އުފެދުނު ހަމްދަރްދީއަކަށްޓަކައެވެ. ސާހިލްއަށް ސިންގަޕޫރުން ބޭސްފަރުވާ ކޮށްދެވޭނެ މަގު ފަހިކޮށްދެވިދާނެތީ އެކަމުގެ އެހީ އެ އާއިލާއަށް ހުށަހެޅުމަށެވެ. ފައިސާ އަކީ އޭނަ އަތުގައި ގިނަ އެއްޗަކަށް ވާތީ، އިންސާނިއްޔަތަށްޓަކައިވިޔަސް ސާހިލްއަށް އެހީއެއް ވުމަށްޓަކައެވެ.

އޭނައަށް ވާނެނަމަ އޭނަ ވާހަކަ ދައްކާނީ އެންމެ ފުރަތަމަވެސް އުގައިލުއާއެވެ. ނަމަވެސް އެ އާއިލާއަށް އޭނައަކީ ބީރައްޓެއްސަކަށް ވާތީ ޒީނިޔާ މެދުވެރިވެގެން އެކަން ކުރެވޭތޯ އޭނަ މަސައްކަތް ކުރީއެވެ. އޭނަ ހީކުރީ ފަސޭހަ ވާނީ އެގޮތް ކަމަށެވެ. އަދި ޒީނިޔާއަށް ސިއްރުން އެ އާއިލާއަށް އެވަރުގެ ކަމެއް ކޮށްދިނުމަކީ ޒީނިޔާއަށް އޮޅުވާލެވޭ އޮޅުވާލުމެއްކަމުގައި އަސީލްއަށް ހީކުރެވުނީއެވެ.

އެކަމަކު އެކަމުގައި ޒީނިޔާ އާއި ވާހަކަ ދެއްކުން އެއީ އޭނައަށް އިޚްތިޔާރު ކުރެވުނު ކުށްމަގެއްކަން މިހާރު އަސީލްއަށް އިހްސާސް ކުރެވިއްޖެއެވެ.

"ކޮން ވައްތަރެއްގެ އިހްސާންތެރިކަމެއްގެ ވާހަކަ ތި ދައްކަނީ. ސާހިލް އެ އޮތް ހާލު އެނގޭތަ. އޭނަގެ މައިންބަފައިންގެ ހިތުގައި އަޅާ ވޭން އިހްސާސް ކުރެވޭތަ. އޭނައަށް އެހެންވީ އެއީ އަހަރެމެންގެ ކުށުންތަ؟ ކާކުގެ އިހްސާންތެރިކަން ނެތިގެންތަ އެހެން އެވީ؟ މި ހުރިހާ ކަމެއް ވީ ހަމަ ތިމީހުންގެ ސަބަބުންނެއްނު؟ ދެން ކޮން ވާހަކައެއް އަހަރެން ލައްވާ އަޑުއައްސަން ތިއުޅެނީ." ޖެހޭ ގަދަ ވަޔާއި ދެކޮޅަށް އިސްތަށިގަނޑު ރީތި ކުރަން މަސައްކަތް ކުރަމުން ޒީނިޔާ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. ޒީނިޔާވެސް ދެއްކީ އޭނަހުރި މަގާމުގައި ރަނގަޅު ވާހަކަ ކަމަށް އަސީލް ގަބޫލު ކުރިއެވެ.

"ކަމެއް ދިމާވުމުން ތިއީކީ ނޫނެއްނު ވިސްނުން ބަހައްޓަން ޖެހޭނެ ގޮތަކީ. އެކަމަށް އޮތް ހައްލެއް ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަހާ ބަޔަކުގެ ބޮލުގައި އިލްޒާމް އެޅުވުމުން ފައިދާއެއް އެބަކުރޭތަ ޒީނިޔާއަށް" އަސީލް މިހެން އެހީ ޒީނިޔާގެ މޫނަށް ބަލަން އިނދެއެވެ. އޭނައަށް އިނދެވުނީ ދެކަކޫމަތީ އުޅަނބޮށި ޖައްސައިގެން ދެއަތްތިލަ މަހާލައިގެން ކުރިއަށް ގުދުވެގެން ނޫންނަމަ ނުފެންނާނެ ވަރަށް ޒީނިޔާ އިނީ އަނެއް ފަރާތަށް މޫނު އަނބުރާލައިގެންނެވެ. ނުވިތާކަށް ވައިރޯޅިވެސް ޒީނިޔާއަށް އެކަމުގައި އެހީވަމުން ދިޔައެވެ. ޒީނިޔާގެ އިސްތަށިގަނޑު ހިފަހައްޓާފައިވާ ދަތިންވެސް ދޫވެގެން ބައެއް އިސްތަށިތައް ޒީނިޔާ މޫނު ފޮރުވައިދޭން މަސައްކަތް ކުރެއެވެ.

"ކޮންމެ ކަމެއްގައިވެސް ޒީނިޔާ ތި ގެންގުޅެނީ ތި އުޞޫލު. ތިގޮތަށް ވިސްނުން ގެންގުޅޭހާ ހިނދަކު ޒީނިޔާގެ ސިކުނޑިއަކަށްވެސް ހިތަކަށްވެސް ހަމަޖެހުމެއް ނުލިބޭނެ." ޒީނިޔާ ހިމޭނުން އިނުމުގެ ސަބަބުން އަސީލް މަސައްކަތް ކުރީ ޒީނިޔާއަށް ވިސްނައިދީ ޒީނިޔާގެ ހިތް މަޑުވޭތޯއެވެ.

"އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ ތި ނުލަފާ މީހާ އާއި ތި އާއިލާ މީހުން މި ދުނިޔޭގައި އުޅޭހާ ހިނދަކު. ތިއީ އަހަންނަށް ހުރި ކޯފާއެއް." ޒީނިޔާގެ ރައްދު އައީ ވިދުވަރެއްހާ ހަލުވިކޮށެވެ. އަދި ހަމަ ވަގުތުން ގޮނޑިން ތެދުވެގެން ހިނގައިގަތެވެ.

އަސީލްއަށް ހީކުރެވުނީ މުޅިން ކުށް ހީއެކެވެ. ޒީނިޔާގެ ހިމޭން ކަމަކީ އުފާވެރި ކަމެއްގެ ނިޝާނެއް ނޫނެވެ. އެއީ ނުރައްކަލެކެވެ.

ޒީނިޔާއާއި ދޭތެރޭގައި އަސީލްއަށް ހީކުރެވުނީ ކިހާ ވަރެއްގެ ކުށް އެއްޗެއްކަން މިހާރު އަސީލްއަށް އިހްސާސް ކުރެވޭނެކަން ގައިމެވެ. ގަނޑުފެނަށް ލިޔަސް އެ ޒީނިޔާއެއް ފިންޏެއް ނުވާނެކަން މިހާރު އަސީލްއަށް އެނގޭނެއެވެ.

ޒީނިޔާ އެންމެ ފަހުން އެ ބުނި އެއްޗަކުން އަސީލްގެ ސިކުނޑިއަށް ގުޑުމެއް އައި ކަހަލައެވެ. ޝޮކެއް ޖެހުނެވެ. ރަހުމުކުޑަވިޔަސް މިއީ ބޮޑުވަރެކޭ ހިތަށް އެރިއެވެ.
ޒީނިޔާ ތެދުވެގެން ހިނގައިގަތުމުންވެސް އަސީލްއަށް އިނދެވުނީ ހަމަ ޒީނިޔާ އިންދިމާލަށް ގޮނޑިއަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އެއީ މާ ގިނައިރަކު ނޫނެވެ. ދިހަވަރަކަށް ފޫޓް ދުރުގައި ހުރި ދޮރާއި ހަމައަށް ޒީނިޔާއަށް ނުދެވެނީސް އަސީލް އިންތަނުން ތެދުވެއްޖެއެވެ.

އަސީލްއަށް ދެން އިތުރަކަށް ކެތެއް ނުވާނެއެވެ. ޒީނިޔާގެ އެގޮތް ދޫކުރަން މިހާރު ދެން ވެއްޖެއެވެ. މޫނުމަތީގައި އެތިފަހަރެއް ޖަހާފައިދާ މީހަކުފަދައިން ރަހުމްކުޑަ އެއްޗެއް ބުނެފައި ޒީނިޔާ ދިޔައީތީ އަސީލް ވަރަށް ހިތްހަމަނުޖެހުނެވެ. އިންސާނަކަށް ވީތީވެސް އެއްވެސް ކަހަލަ ގަދަރެއް އޭނައަށް ނުކުރީތީ ޒީނިޔާއާއި ދޭތެރޭ ހަރުކަށިވާން މަޖްބޫރުވިއެވެ.

"މަޑުކުރޭ. އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނައަޅާތި." އަސީލް ކޮށްލީ ވަރުގަދަ އަމުރެކެވެ. އޭނައަށް އެ ހައްގު އޮތްތޯވެސް މިހާރު އޭނަ ބަލާކަށް ބޭނުމެއް ނޫނެވެ. ހައްގުގެ ވާހަކަ ދައްކާނީ ފަހުންނެވެ.
ކާކުގެ ނަސީބެއްކަމެއް ނޫނީ ކާކަށްހުރި ދެރައެއްކަމެއް ނޭނގެއެވެ. ޒީނިޔާ މަޑުވެސް ކޮށްފިއެވެ.

"ޒީނިޔާ ހީކުރަނީ ކީކޭތަ؟" ފުރަގަހުން ގޮސް ޒީނިޔާގެ އަތުގައި ހިފައި މަގަތަށް އަނބުރާލަމުން އަސީލް އެހިއެވެ.

************(ނުނިމޭ)*************

on 2010-10-04 09:12:16 | Report this Comment
ޝަންނަ:
ހމމމމ... ރަގަޅޭ އަނެއްކާވެސް ބުނެލަން ބޭނުމީ. ދެންއޮތްބަޔަށް އިންތިޒާރު ކުރަން. ކޮޅެއެގަ ޖައްސާނެބާ ދެންކުރިއަށް އޮށް ބައިގަ؟

ފަތިސްތަރި: ކޮޅެއްގަ ވާނެ ޖައްސަން ވާހަކަ ނިމުމުގެ ކުރިން. ދޯ.؟؟؟ ހެހެހެހެ...........މި ބުނިއެއްޗެއް އެނގޭ ދޯ. ބައިދަވޭ....ތޭންކސް އިނގޭ.

Posted on 2010-10-04 09:24:36 | Report this Comment
ނިއު:
މިދެން ބޮޑުވަރު ޒީނިޔާ.......... ފަތިސް ކިހިނެތްތަ މިއަންހެނާ ގެ ކަންތަށް މިހުރީ... ޕިސް ޕިސް.... މަވެސް ހަމަ ހައިރާންވެއްޖެ... ހެހެހެހެހެ ތޭންކްސް ވާހަކަ އަޕްލޯޑް ކޮށްދިނީތީ...ވަރަށް ރީތި ވާހަކަ

ފަތިސްތަރި: ތޭންކްސް ނިއު އަށްވެސް.

Posted on 2010-10-04 09:33:25 | Report this Comment
ޢާޔާ:
ދެން އަޅެ ބަލާބަލަ........ އެންމެ ހިތްތެޅޭ ހިސާބުން އެ ނިންމާލީ....... މިބައި ހާދަ ހާދަ ރީއްޗޭ...... ޕްލީޒް ޕްލީޒް އަވަހަށް އަޕްލޯޑް ކޮށްދީ.............

ފަތިސްތަރި: ކުރިއަށްހުރި ބައިތައް އަދި މިއަށްވުރެވެސް ރީތިކުރެވޭތޯ ބަލާނަން އިނގޭ އާޔާ. ޝުކުރިއްޔާ ވަރަށް ބޮޑަށް.

Posted on 2010-10-04 09:55:43 | Report this Comment
ޒޫ:
ވަރަށް ވަރަށް ރީތީ.

ފަތިސްތަރި: ޝުކުރިއްޔާ

Posted on 2010-10-04 10:12:20 | Report this Comment
އަމްސާ:
އަލެ އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ މާދަމާ އިނގޭ، ޕްލީޒް ޕްލީޒް ވަރަށް ނައިސް އިންގޭ.

ފަތިސްތަރި: އާނ.އިރާދަކުރެއްވިއްޔާ. ވަރަށް ބޮޑަށް ޝޫކުރިއްޔާ.

Posted on 2010-10-04 10:38:07 | Report this Comment
ފަޒޫ:
ވވވވވވވވވވވވވވވވވވ ނައިސް، ދެންއޮތްބަޔައް އިންތިޒާރުކުރަން. ވވވވ ތޭންކްސް، މާދަމާ ވެސް ގެނެސްދޭނެކަމައް އުއްމީދުކުރަން. މި ޑްރާމައިގަ އޮތީ ކިތައް އެޕިސޯޑް ތަ؟ އައި މީން ދެން ބާކީ އިނގޭ. އަސްލުވެސް ޑްރާމާ އެއްގޮތައް ނޫނީ ފިލްމެއް ހަދައިފިއްޔާ ހަމަ ސަތޭކަޕަސެންޓު ހައުސް ފުލްވާނެ.........ޔޫ ރ ދަބެސްޓު.

ފަތިސްތަރި: ސޮފާއަށްވެސް ނޭނގޭ އެޕިސޯޑްތަކުގެ އަދަދު. އަޕްލޯޑްކުރެވޭވަރަކުން އެކަން އެނގޭނީ. އެކަމަކު ޔަގީން. ދެން ނުވާނެ މާ ގިނައެއް. ދިޔަބަޔަށްވުރެ ގައިމުވެސް މަދުވާނެ ކުރިއަށް ހުރި އެޕިސޯޑްތައް. ފަޒޫ ގަވާއިދުން ފޫހިކަމެއް ނެތި ސޮފާގެ ވާހަކަ ކިޔާތީ ފަޒޫއަށް ތޭންކްސް.

Posted on 2010-10-04 10:51:24 | Report this Comment
މުސޭ:
ވ ބޮޑަށް ޝުކުރިއްޔާ

ފަތިސްތަރި: މުސޭއަށްވެސް ހަމަ އެހާ ބޮޑު ޝުކުރިއްޔާއެއް.

Posted on 2010-10-04 11:01:12 | Report this Comment
އެރޮން:
ވަރަށް ރީތި، އަސީލު ހިނިއައިސްފަ ހުރިތަން ފެނިފަ އެރޮންއަށްވެސް ހެވިއްޖެ އިނގޭ! ސިފަކޮށްދޭގޮތް ހާދަ މޮޅޭ، އެކަމު ބައެއް ބަސް ބޭނުންކޮށްފަހުންނަ ގޮތުން...........

Posted on 2010-10-04 11:09:19 | Report this Comment
އެރޮން:
ފިލްމެއް ހެދޭނެތަ މި އަސަރާ މި އިޙްސާސާއެކު، ހިއެއް ނުވޭ. މިބައި ވަކިން ރީތި، އަސީލު ހިނިއައިސްފަ ހުރިތަން ފެނިފަ އެރޮންއަށްވެސް ހެވިއްޖެ. މޮޅު އިނގޭ! ޒީނިޔާއަކަސް އަބަދަކު އެހެނެއް ނޫޅެވޭނެ، ގަނޑުފެންވެސް އަތަށްލީމަ އިސާހިތު ވިރިގެންދޭ ދޯ!

ފަތިސްތަރި: އުނހޫ އެރޮން. ސޮފާ ބޭނުމެއް ނޫން ސޮފާގެ އެއްވެސް ވާހަކައަކަށް ފިލްމެއް ހަދާކަށް. ނަހަދައްޗޭ.

ޝަންނަ: އަސްލު މަވެސް ހިތައް އަރާ އެއްޗެއް، މިވާހަކަ ފިލްމަކަށް ހެދިއެޖެޔާ ހާދަ އަސަރެއް ދައްކަންޖެހޭނެޔޭ. ދިވެހި އެކްޓަރުންނަށް މިކަން ކުރެވޭނެ ބާއޭ....

Posted on 2010-10-04 11:30:40 | Report this Comment
neon:
aaachaaaaaa.. emme salhi thankolhun thi nimuneee

ފަތިސްތަރި: ނިއޮން ހާދަ ދުވަހެއް ކޮށްލާފަ ތިއައީ. ؟ ބައިދަވޭ ތޭންކްސް

Posted on 2010-10-04 11:36:34 | Report this Comment
ނަވާ:
މިބައިވެސް ވަރަށް ރީތި....މީވެސް މިފިލްމުން ބަލާލެވުން އާބައެއް....ސިފަކުރުންތައް ވަރަށް ފުރިހަމައިނގޭ...ހަމައެހާ ފުރިހަމަ...ސޮފާހާދަމޮޅޭ... ހަމަ ހައިރާންވެފަ މިއިނދެވެނީ..ކެތްތެރިކަމެއްނެތި އަނެއް ބަޔަށް އިންތިޒާރުކުރަން.. ކީޕްއިޓް އަޕް ގުޑްލަކް..

2448:ފަތިސްތަރި: ވަރަށްވެސް އުފަވެއްޖެ އިނގޭ ނަވާ. ވަރަށްބޮޑަށް ޝުކުރިއްޔާ.
Posted on 2010-10-04 11:46:41 | Report this Comment
ޑްރެގަން ގާރލް:
ޕިސް ޕިސް...އެއްޗެއް ބޮއިގެން އުޅޭ އަންހެނެއްތަ އަޅެ ފަހެ އެއީ...އެއްޗެއް ބުނާ އިރު ތަނެއް ދޮރެއް ބެލުމެއްވެސް ނޯވޭ ދޯ! މަވެސް މިހާރު ރުޅިގަދަވެއްޖެ!! އޭނައަށް އެހުރިހާ ކަމެއް އެވަނީވެސް އޭނަގެ ގޮތްދޫ ނުކުރުމާ ބޮޑާކަމުން...ކަންތައް ވީމަ ވާ ވާހަކަ އިބަ ދައްކައެއްނު... އަސީލް އޭނަ އޮބަހައްޓާފަނަމަވެސް މައިތިރި ކުރޭ!!!! ހޫމމ..އޭނަ ހިތުން އޭނަ އެއީ އެންމެ އިންސާފަށް ކަންތައް ކުރާމީހާ...އޭނަގެ ބޮޑާކަމުން އޭނައަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް ލިބޭތޯ ބަލާނަމޭ....އެއީ އެންމެ "ޕާފެކްޓް" މީހާ ތޯ...:@

ޝަޒް: ޑްރެގަން ގާރލް ވާ ރުޅި މަޑު..... ހެހެހެހެހެ.... :)

ފަތިސްތަރި: އެކަމަކުވާ ޑްރެގަން ގާރލް...........ރުޅިމަޑުކޮށްބަލަ.

Posted on 2010-10-04 12:05:55 | Report this Comment
ލަތީ:
އަޅެ މި ޒީ ހާދަ ރުޅިގަދައޭ ފަތިސްތަރި އެ ޒީ ރުޅިމަޑުކުރަން އަޅެ ފާގަ ދިޔަ ކޮޅެއް ބޯން ދީބަލަ އޭރުންވެސް އެ ރުޅިގަނޑު މައިތިރިވެދާނެ ވާހަކަ ނައިސް އިނގޭ
Posted on 2010-10-04 12:40:25 |
ރަނާ:
މިހާރު ވާހަކަ ކިޔާއިރު ބޮލަށް ތަދުވަނީ ޒީނިޔާ ދެކެ ވަރަށް ފޫހިވޭ . ހިތަށް އަރާ ހަމަ މިހާ ގޮތްދޫނުކުރާ ރަހުމް ކުޑަ މީހުން ވެސް އުޅޭބާއޭ... ކޮންމެ ކަމެއްގެ ޙަޤީގަތް ފެންނަށް އޮތްވާ ދެކޮޅުހަދަނީ އެހާ ތަންދޮރު ދަންނަ މީހެއް.... ވާހަކަގެ ނަމާ ވަރަށް ގުޅޭ..
ފަތިސްތަރި: ގަބޫލުކުރޭ ރަނާ......ހަމަ ހަގީގަތުގައިވެސް އެބައުޅޭ އެކަހަލަ މީހުން. ޚާއްޞަކޮށް އަންހެންކުދިން އެބައުޅޭ. ސޮފާއަށް އެނގިހުރެ މިބުނީ އިނގޭ. ތަންދޮރު އެނގި ތަޢުލީމްވެސް ލިބި އެކަމަކުވެސް ބޯހަރު. ހެހެހެހެހ އަސްލުވެސް އެބައުޅޭ.

ރަނާ: އެހެންދޯ ފަތިސްތަރި... ދެން އިގިދާނެތާ ވާހަކަޢިގެ އަނެއްބަޔަށް އިންތިޒާރުގައި

Posted on 2010-10-04 12:49:47 | Report this Comment
ހަންޑި:
ޕްލީޒް، ޑްރެގަން ގާރލް، ޒީ ދެކެ ރުޅި ނައިސްބަލަ! އޭނައަށް ލައިފްގަ ކަންތައްތައް ދިމާވިގޮތުންނޭ އެހެންވީ،

Posted on 2010-10-04 13:32:46 | Report this Comment
ރީޑަރ:
ވަރަށް ރީތި. ކޮންމެ ގޮތެއް ހަދާފަވެސް ޒީނިޔާ އަސީލް ދެކެ ލޯބިކުރުވައްޗޭ.

ޝާމީ: މަވެސް ތާއީދު

Posted on 2010-10-04 14:40:33 | Report this Comment
މޭރީ :
ޑްރެގަން ގާރލް ބަލަން ހުރޭ. ދެންފަހަރަކުން އަސީލް ޒީނިޔާ އަށް ދެކޮޅުން ކުރެ އެއްކޮޅު ޖައްސާނެ. މަވެސް ހަމަ ޑ.ގާރލް އަށް ތާޢީދު.

Posted on 2010-10-04 16:10:47 | Report this Comment
ޝަޒް:
ސޮފާ......ހަމަ އެންމެ ހިތް ތަޅުވާލާފަ ތި ނިންމާލީ......ޒީނިޔާކަހަލަ ގޮތްދުނުކުރާ އަންހެނެއް އުޅޭނެހެނެއް ހޮއެއްނުވޭ މި ދުނިޔެއަކު..........އަސީލްވާ ކެތްގަދަ....... ޝަޒް ނަމަ ރުޅިއައިސްގެން ދެން ނުވެސް އަންނާނަން އެ ޒީނިޔާ ކައިރިޔަކަށް .... :@ މިބައި ވވވވވވވވވވވވވވވވވވވ ރީތި........ދެންއަންނަ ބައި އަވަހަށް އަޕްލޯޑްކޮށްދެއްޗޭ ޕްލީޒް.......... ދެންވޏެ ގޮތަކާ ދޭތެރޭ ވިސްނަންހަދައިގެން މިރޭ ލޮލަކަށްނިންޖެއްވެސް ނާންނާނެ ކަންނޭގެ................. ހަމަ ސޮފާ ވަރެއްނެތް އިނގޭ ވާހަކަ ލިޔުމުގަ..... ޔޫ އާރ ދަ ބެސްޓް..... :)

ފަތިސްތަރި: ޝުކުރިއްޔާ ޝުކުރިއްޔާ.އެ ނޫން ދެން ކީކޭ ބުނާނީވެސް.

Posted on 2010-10-04 18:50:48 | Report this Comment
ރީމް:
ވާހަކަ ވ ވ ވ ސަޅި.....ޒީނިޔާ އަށް ހަމަ އޭނަ ވަރެއް ނެތީ ދޯ......ހުރިހާ ކިޔުންތެރިން ވެސް މިހާރު ރުޅި އައިސްފި....އެހެންވީމަ އަސީލް ހަމަ ވ ކެއްގަދަ ދޯ.....

Posted on 2010-10-04 19:29:02 | Report this Comment
ޕިސްޕިސް:
ވަރަށް ރީތި ވާހަކަ ކުރިޔަށް ގެންދާ ގޮތް އިނގޭ. މަށަށް ވެސް މިހާރު ހިތަށް ތަދުވާވަރުން އަސީލްދެކޭ ލޯބިވެވިއްޖެ. ހެއްހެއްހެއް.އަނެއް ބައި އަވަހަށް އަޕްލޯޑް ކޮށްދެއްޗޭ ސޮފާ. ސޮފާއަށް ހަމަ އައްސަރިބަހާ ސާބަސް. ކުރިޔަށް ވަޑައިގަންނަވާ.
ފަތިސްތަރި: ތިކުއްޖާއަށް ޝުކުރިއްޔާ އިނގޭ. ތިދިން ސާބަހަށް.

Posted on 2010-10-05 09:13:09 | Report this Comment
ވާހަކަ ކިޔާ ކުއްޖާ:
ކޮބާ އަނެއް ބައި..... އިންތިޒާރުކޮށް ކޮށް މީޙާ ހަލާކު ވާން ކައިރިވެއްޖެ..ތިހެން ނަހަދާ ދެން އަވަހަށް އަޕްޑޭޓްކޮށްލަދީ ޕްލީޒް.

Posted on 2010-10-05 11:50:39 | Report this Comment
ޝާމީ:
އަސީލް ކަހަލަ މީހަކު ޝާމީ އަށްވެސް ލިބޭނަމަ ހެހެހެހހެހެހެ.... ދެން އަވަހަށް އަނެއްބައި ގެނެސްދީބަ ސޮފާ........................................................

Posted on 2010-10-05 13:48:32 | Report this Comment
ޝަޒާ:
ހާދަ ސަލި އޭ މިބައި.އަޅި ޕްލިޒް ފަތިސްތަރި. ބުނެބަލަ. ކިތައްދުވަހުން އެއްފަހަރުތަ ތިއަޕްލޯޑް ކުރަނީ.ކޮންމެ ދުވަހަކު ކެރެވޭނެ ގޮތެއް ނޮންނާނެތަ؟ އެ ޒީނިޔާ ހަމައަކަށް އެޅޭނީ އަސީލް ގަދަ ހަދާލީމަ ދޯ.. ހެެހެހެހޭ. ތޭންކްސް ފަތިސްތަރި

Posted on 2010-10-05 14:50:20 | Report this Comment
ސަނޫ:
ވ. ނައިސް މިޕާރޓްވެސް.... ޒީނިޔާ އާ ދޭތެރޭގައި ކަންތައްވާ ގޮތުން އޭނަ އެހާ ރުޅިގަދަވަނީ... މަ މިހުރީ ޒީނިޔާ އާ އެއްކޮޅަށް.... ވާހަކަ ވަރަށް ސައިސް.. ފަތިސްތަރި ވަރެއް ހަމަ ނެތް.... ދެން އޮތް ޕާރޓް އަޕްލޯޑް ކޮށްދޭނީ ކޮންދުވަހަކުންތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

Posted on 2010-10-05 16:52:32 | Report this Comment
ހަންޑި:
ސަނޫ މަވެސް މިހުރީ ޒީނިޔާއާއި އެއްކޮޅަށް. ޒީނިޔާދެކެ ކިތަންމެ ރުޅިއަޔަސް އަސީލު ކިޔުންތެރިއެއް ދެކެ ލޯބި ވާނެތަ! ހެހެހހެ

Posted on 2010-10-06 08:25:32 | Report this Comment
ޖިންނި:
ހަންޑިއަށް އިނގޭތަ މީ ޚިޔާލީ ވާހަކައަކުން އަސީލް ވެސް ޒީނިޔާ ދެކެ އެބަ ލޯބިވެއެއްނު. ހަމައެހެންމެ ޕިސްޕިސް ވެސް އަސީލްދެކެ ލޯބިވުން އެއީ ޙަޤީޤަތެއްނޫނޭ. އެވެސް ހަމަ ބުނެލިއެއްޗެކެ. ސޮފާ އަށް ބުނެލަން އޮތީ އަވަހަށް އަޕްލޯޑް ކޮށްދެވޭކަށް ނެތްހޭ.

Posted on 2010-10-06 09:57:45 | Report this Comment
އައިން:
ސޮފާ ކޮބާ އަނެއްބައި. ހާދަ އިންތިޒާރެއް ކޮށްފީމޭ. އަޅެ މިއަދު އަޕްލޯޑް ކޮށްދީބާ. ކިޔާހިތުން ލޭހުސްވަނީ. ޕްލީޒް، ޕްލީޒް، ޕްލީޒް.

Posted on 2010-10-06 11:35:56 | Report this Comment
މާރިދު:
ހެހހެހެހެ. ހީހީ ހަލާކު. ކޮމެންޓްތައް ޕަބްލިޝްކޮށްގެން އެއްބަޔަކު ޒީނިޠާގެ ކޮޅަށް، އަނެއް ބަޔަކު އަސީލުގެ ކޮޅަށް ޖެހި ވާދަވެރި ކަމެއް އެފެދެނީ. ނުވިތާކަށް ހަންޑީންނާއި ޖިންނީންވެސް ޒުވާބު ދޭން ފަށައިފި. ފޯރިގަދަ ވާހަކައެއް ދޯ! ހެހހެހެ

ފަތިސްތަރި: މާރިދު ތި ބުނީ ތެދެއް. ސޮފާވެސް މިއިނީ ހަމަ ހިނި އައިސްފަ ވަރަށް. މިހާރު ސޮފާއަކަށް ހިއެއް ނުވޭ މިކުދިން މި ކުރާ ކޮމެންޓަށް ސޮފާ އެއްޗެއް ބުނަން ރަނގަޅުހެނެއްވެސް. އެ ކުދިންގެ ހިތަށް ކިރިޔާވެސް ތަދެއް ވެދާނެތީ ސޮފާވެސް މިއިނީ އެއްޗެއް ނުބުނެ.

Posted on 2010-10-06 13:08:09 | Report this Comment
shamy:
alhe dhen apload kohdheeba avahah.... iyyega ves vaahaka nugenesdhey anehka miadhuves.
Posted on 2010-10-06 15:01:19 | Report this Comment
ދީވާނާ.....:
ސޮފާ..... މަށަށް އަސީލް ދެކެ ލޯބި ވެވިއްޖެ... އަސީލް އިނގެން ފެށިންސުރެ..... ހަމަ އަސްލުވެސް ދީވާނާ ވެއްޖެ............... ޒީނިޔާދޯ... އެކުރަނީ ދެން ބޮޑުވަރު...... ހީވަނީ ދެން އޭނަ ވަރުގެ މީހެއް ނެތް ހެން........ ޒީނިޔާ ޑަޒަންޓް ޑިޒާވް އަސީލް އަސްލު....... ހާދަ ރީއްޗޭ..... އަސްލު މިކަހަލަ އަސީލް އެއް އުޅޭނެބާ؟؟؟؟؟...... އައި ޓޯޓަލީ ލަވް ހިޒް ކެރެކްޓާ.....ސޮފަ....ދެން ކޮންއިރަކުންތަ އަޕްލޯޑް ކުރާނީ؟؟.... ވަރަށް އިންތިޒާރު ކުރެވޭ އެބަ....

ފަތިސްތަރި: އަސީލްކަހަލަ މީހަކު ދެކެ ލޯބިވާނެ އަހަރެމެންކަހަލަ ހުރިހާ އަންހެންކުދިންވެސް. ދޯ. އަދި ބުނަން ........ގަބޫލުކުރޭ. ހަމަ އެ އަސީލް އެބައުޅޭ ރިއަލް ލައިފްގަ. ތަފާތު ވަނީ ނަން އެކަނި. އަޕްކުރާނަން އިރާދަކުރެއްވިއްޔާ މާދަން ހެނދުނު.
Posted on 2010-10-06 16:22:57 | Report this Comment
ސޮފީ އެމާ:
ހެހެހެހެހެ... ހާދަ ފޯރި އެކޭދީ.. ހަމަ ސޮފާ ގެ ކާމިޔާބީ ދީ... ވާހަކަ ވ ވ ނައިސް.. މި ޑްރެގަން ގާރލް އަ ހާދަ ވަރެކޭ ދޯ މިވަނީ.. ތި ރުޅިގަޑު މައިތިރި ކޮށް ކެއްތެރި ކަމާއެކު މި ވާހަކަ ކިޔޭތޯ ބަލާބާ..... ތި ރުޅިގަޑުން ސޮފާ އައް ކުރާނެ ހަމަ އެއްކަމެއް ވެސް ނެތް.. ހެހެހެހެހެ.. ސިލީ ގާރލް .. ޒީ ތި ކަންތަ ކުރާގޮތް ހަމަ ރަގަޅު .. ނުޖެހޭ އެ ކަހަލަ މީހުންނާ ރީތިކޮށް ވާހަކަ ދައްކަކަށް . އެމީހުން އަބަދުވެސް އުޅޭ ނީ އަމިއްލަ އެދުމައި ގެން.. .. ޒީ އަށް ހަމަ ތާއީދު... ރަނާ .. އެކަހަލަ ކުދިން ވެސް ހަމަ ދުނިޔޭގަ އުޅެއޭ.. ގަބޫލް ކުރޭ.... :)

ފަތިސްތަރި: އޭއި އޭއި ސޮފީ ކޮއްކޯ؟ ތި ރުޅިމަޑުކުރޭ. ތިމާއަށް ކުރެވިފައި ހުރި ތަޖްރިބާއަކަށް އެންމެންނާއި ދޭތެރެ އެއްގޮތަކަށް ހީނުކުރައްޗޭ. އެއީ ގޯހެއް.

Posted on 2010-10-06 18:06:59 | Report this Comment
ފަތިސްތަރި:
@ އައިން، ޖިންނި، ހަންޑި، ސަނޫ، ޝަޒާ، ޝާމީ، ޕިސްޕިސް، ރީމް.....މި ހުރިހާ ކުދިންނަށް ޝުކުރިއްޔާ. ތިބަހައްޓާ ޝައުގުވެރިކަން ހާމަވޭ ތިކުރާ ކޮމެންޓްތަކުން. ޝުކުރިއްޔާ އަދިވެސް ބޮޑަށް.

Posted on 2010-10-06 18:40:12 | Report this Comment
ޕިސްޕިސް:
މަރުހަބާ މަރުހަބާ ސޮފާ.

Posted on 2010-10-07 02:00:21 | Report this Comment
ސަފް:
އަސްލުވެސް މި ވާހަކަ ވވވވވވވވވވވވ ރީތި... މި ސަފް ގެ ފުރަތަމަ ކޮމެންޓް.... ރީތި ކަމުން ކޮމެންޓް ނުކޮށް ނުހުރެވުނީ..... ލަވް އިޓް.............

Posted on 2010-10-07 08:30:02 | Report this Comment
ޝާމީ:
މަރުހަބާ.... މަރުހަބާ..... އެކަމަކު އަދިވެސް ވާހަކަ ނުގެނެސްދެމެއްނު.. :(.. އިއްޔެގަވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރެވުނު ހިތްތެޅޭވަރުން..ސިކުންތަކުން ސިކުންތަކުން ރިފްރެޝް ކޮށްލަ ކޮށްލާ އިނދެވެނީ......... ދެން އަވަސް ކޮށްބަ

Posted on 2010-10-07 09:00:10 | Report this Comment
ޝައު:
ދެން އަނެއް ބާ އަވަހަށް ގެނިސްދީ .....

Posted on 2010-10-07 10:03:58 | Report this Comment
ހަމްދޫން:
މުރާސިލުން އެންމެ ގިނަ ކޮމެންތް ލިބިފައިހުރި ވާހަކައަކަށް މިވާހަކަ އިނީމަ މި ކިޔާލީ. މިބައި ކިޔާފައި ނުހުރެވުނު އެހެން ބައިތައް ނުކިޔައި. މިހާރު ހާރު ކިޔާލައިފިން 5 ބައި.ހާދަހާ ރީތި ގޮތެއް އެބަހުއްޓޭ މިވާހަކަ ލިޔުމުގައި. އަދި ނުދެކެން މިކަހަލަ ވާހަކައެއް. ކޮމެންޓް އަދި މަދު މިވާހަކައަށް. ހާދަހާ ފުރިހަމައޭ. ސޮފާއަކީ ކާކުކަން އެނގެން ވަރަށްބޭނުން.

Posted on 2010-10-07 10:04:33 | Report this Comment
ޑްރެގަން ގާރލް:
@ސޮފީއެމާ: ރުޅިމަޑު ކުރާށޭބުންޏަސް ކިހިނެތް ރުޅިމަޑުވާނީ މި އަންހެނާ އެތެޅޭ ވައްތަރުން.. އޭނަ "ޖޭ" ވާވަރުގެ ލައިފެއް އަސީލްއަށް ހޯދަދެއްޗޭ އިނގޭ ފަތިންތަރީ...އެފާޑަށް ތެޅޭ އަންހެނަކާ މިހާރު އަސީލް ގުޅުވާކަށްވެސް ޑްރެގަން ބޭނުމެއްނޫން...އަސީލްކަހަލަ ސްމާރޓް ރެސްޕެކްޓެޑް މީހަކާ ޒީނިޔާ ކަހަލަ ބޮޑާ ގޮތެއްނެތް ކިބުރުވެރި އަންހެނަކު ނުވެސް ގުޅޭ އެއަށްވުރެއް ހަމީމާވެސް އަސީލް އާ މެޗްވޭ.....ކުރިން އަސްލު ޑްރެގަންވެސް ބޭނުންވި އަސީލްއަށް ޒީނިޔާ ލިބެން އެކަމް މިހާރު ކުޑަކޮށްވެސް އެދެމީހުން ގުޅޭކަށް ހިތްނޭދޭ... ބަލައްޗޭ ހަންޑިވެސް ޒީނިޔާގެ އެބޮޑާ ކިބުރުވެރި ގޮތްދޫނުކުރުމުން އޭނަ އަދި ރީތި ބޮނޑިއެއް ބޯނެ...އެހެންނު ވާނީ އޭނައަށް އެހުރީ އޭނަ ފެނިފަ...:@ ޕްލީޒްޒްޒް ފަތިސް!! އަސީލްއަށް އެޒީނިޔާގެ ހިޔަނިވެސް އެޅުނަ ނުދޭތި!!!!! ވާހަކަ ހަމަ އޮބި އިނގޭ!!! ގުޑް ވޯރކް!!! ކީޕް އިޓް އަޕް.....:)


Posted on 2010-10-07 10:12:17 | Report this Comment
ނިއު:
މިހާރުދެން މިސައިޓަށް ވަންނަހިތެއްވެސް ނުވޭ މިވާހަކަ އަޕްލޯޑް ނުކުރާތީ.... ފަތިސް ތަންކޮޅެއް އަވަހަށް ގެނެސްދީބަލަ....... ޕްލީޒް

Posted on 2010-10-07 10:24:13 | Report this Comment
އަޅެއަޅެ:
ހާދަ ކޮމެންޓެކޭ.........ބައެއްކުދިން އަސީލްއާއިހެދި މޮޔަވެފައި. ހަމަ ދެން އެހާ މާތްމީހެއްތަ އަސީލްއަކީ. އަހަރެން ހުންނާނީ ޒީއާއި އެއްކޮޅަށް. ހހހހހހެހހެހެހެހެހހެ

Posted on 2010-10-07 10:51:54 | Report this Comment
ޝަޒާ:
އަޅެ ފތިސްތަރި. އަތަކުން ،ހިތަކުން ކަމެއްކުރަން ބނުމެއްނުވޭ. މިވާހަކަ މިއަދު އަޕްލޯޑް ކޮށްދީބަ. ދެން ކެތެއް ނުވާނެ....ވަރަށް އިންތިޒާރު ކުރެވިއްޖެ. އަސީލް އަށްވުރެވެސް އިންތިޒާރު ކުރެވިއްޖެ.


Posted on 2010-10-07 10:53:22 | Report this Comment
ހަންޑި:
ހެހހެ. މަށަށް ހީވަނީ މި ވާހަކަ ލިޔަންވީ ފަތިސްތަރިއެއް ނޫންހެން. ޑްރެގަން ގާރލްހެން. ބަލަގަ. ޑްރެގަން ބުނާގޮތަށް ވާން ޖެހޭތަ. ކިހިނެއް ވެގެންތަ މާ ވަރަކަށް ޒީނިޔާ ދެކެ ރުޅިއަންނަނީ. ހަމަ އަސީލުދެކެ ހިތާވާލެއް ބޮޑުކަމުންދޯ! އެމަކު ބުނަން. ޒީނިޔާ ހުއްޓަ އަސީލަކަށް ނުދެވޭނެ އެހެން ދިމާލަކަށް. ޒީނިޔާ ނޫން އެއްވެސް އަންހެނަކު އަސީލަކާ ނުގުޅޭ. ނަމަ ނަމަ ޒީނިޔާއަށް ބޮނޑިއެއް ލިބެން ނޭދޭތި. އެހެންނޫނީ ހަންޑި ރުޅި އަންނަން ޖެހިދާނެ

Posted on 2010-10-07 11:01:05 | Report this Comment
އައިން:
އަޅެ ޕްލީޒް ، އަނެއްބައި މިއަދު ހެދުނު އަނެއްބައި އަޕްލޯޑް ކޮށްދޭނަމޭކިޔާފަ އަދިވެސް ނުދެމެންނު، މިހާރު އެގާރަ އެޖެހީ. އަޅެޕްލީޒް އަވަސްކޮށް މިއަދު އަޕްލޯޑް ކޮށްދީބާ. ކުރިއަށް އޮތީ އަސީލްއާއި ޒީގެ ކޯޅުންގަޑު. އަޅެ ޕްލީޒް ޕްލިޒް.ޕްލީޒް ޕްލީޒް ޕްލިޒް

Posted on 2010-10-07 11:15:33 | Report this Comment
ފަތިސްތަރި:
އެނގޭ ހުރިހާ ކިއުންތެރިންވެސް ބޭނުންވާނެކަން ވީހާވެސް އަވަސް އަޕްޑޭޓެއް. ސޮފާ އަމިއްލައަށްވެސް ގަބޫލުކުރަން މިހާރު މާލަސްވެއްޖެކަން. އެކަމާ ދެރަވެސްވޭ ވަރަށް. ތިހުރިހާ ކުދިން އެހާ ގިނައިން ކިޔަންޖެހޭތީވެ ދެރަވޭ ވަރަށްބޮޑަށް. އެކަމަކު ހަމަ ކީއްކުރާނީ. އޮފީސް ބިޒީކަމުން މިހާރު ގެއަށް ދެވެނީވެސް އެހާ ލަހުން. ގޮއްސަ ހަމަ ނުވަނީ ވަގުތު ވާހަކަ ލިޔަން. މިދުވަސްކޮޅަކީ ހަމަ އާދަޔާއި ޚިލާފަށް ބިޒީ ދުވަސްކޮޅެއް. "ބިޒީ" މި ލަފްޒު ސޮފާ މިބުނީ ކިހާ ފުޅާ މާނައެއްކަން ހުރިހާ ކިއުންތެރިންވެސް ވިސްނޭނެކަމަށް އަދި ގަބޫލުކުރައްވާނެކަމަށް ހީކުރަން. އިރާދަކުރެއްވިއްޔާ މި ވީކެންޑްގައި ވާހަކަ ގެނެސްދޭނަން.

Posted on 2010-10-07 11:32:42 | Report this Comment
ޝާމީ:
އަޅެ އެހެން ވިއްޔާ ދެ ބައި ގެނެސްދޭނަން ދޯ...........ޕްލީޒް

Posted on 2010-10-07 11:50:04 | Report this Comment
ޑްރެގަން ގާރލް:
@ހަންޑި: ބަލަގަ ޑްރެގަން ބުނެފިންތަ ޑްރެގަން ބޭނުންވާގޮތަށޭ ވާހަކައިގަ ވާންޖެހޭނީ.... ވާހަކަ ދާނެގޮތަކާ ގެންދާނެ ގޮތެއް އިނގޭނީ ހަމަ ލިޔުންތެރިޔާއަށް...ކިޔުންތެރިންގެ ހިޔާލަކީ ފާޑުކިޔުމަކީ ލިޔުންތެރިޔާއަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ....އަސީލް ދެކި ހިތާވަނީއެއްނޫން އެކަމް އަސީލްގެ ކެރެކްޓަރ ގެނެސްދީފައިންގޮތުން އަސީލްއަށް over ރެސްޕެކްޓް ކުރެވޭ....ދެން އެވަރުގެ "ސަޅި" މީހަކަށް ޒީނިޔާކަހަލަ ބޮޑާ މީހަކާ ގުޅޭނީ ކިހިނެތް...އަދި ނުވިތާކަށް އޭނަދެކި ލޯބިވާ ރަނގަޅު މީހަކު ލިބުނީމަވެސް އުޅެންނޭނގުނު އަންހެނަކަށް އޭނަދެކި ލޯބިވާ މީހެތް ފެނުނީމަ އިނގޭނެތަ؟؟ އެއީއެއް ނޫން ވާގޮތަކީ މިނަށްވުރެއް ބޮޑަށް މީހާ ބޮޑާވެފަ ކިބުރުވެރީ....މާބޮޑަށްވެސް އޭނައަށް އެހުރީ އޭނަ ފެނިފަ..

Posted on 2010-10-07 12:14:48 | Report this Comment
ސުމީ :
ޑްރެގަން ގާރލް އާއި ހަންޑި ގެ ކޯޅުންގަޑު: ހީހީ ހަލާކު. ބޯ ހަލާކު ހެއްހެއް. އެކަމަކު މަށަށް ވެސް ތާޢީދު ކުރެވެނީ ޑްރެގަން ގާރލް އަށް. އެ އަސީލް ވެސް އެބޮޑާ އަންހެނާދެކެ މޮޔަވެފަކަން ނޭގެ އެހުންނަނީ.

Posted on 2010-10-07 12:25:53 | Report this Comment
ޝާމީ:
ޕިސް ޕިސް ތީދެން ފުކެއް ބޮޑުވަރު އިނގޭ ޑްރެގަން......... މިހާރު ޝާމީވެސް ރުޅި އަތުވެއްޖެ.. ޒީނިޔާ އާ ދިމާލައް ފާޑުފާދުގެ އެއްޗިހިކިޔާނެކަމެއް ނެތް އިނގޭ!!. ޒީނިޔާގެ ހިތް ތިރި ކުރައްވާ އަސީލް އަށް ޒީނިޔާ ދެއްވާންދޭވެ!!!!!!!!!!!! އާމީން

Posted on 2010-10-07 12:28:42 | Report this Comment
އިފްރީތު (ފުރޭތަ):
މިޑްރެގަން ގާރލް މިއުޅެނީ އަސީލް އާހެދި މޮޔަވެގެންދޯ؟ ބަލަގަ ޒީނިޔާ ދޫކޮށްލާފަ އަސީލް ނުދާނެ އެއްވެސް އަންހެއްކުއްޖެއްގެ ގާތަށް. ޒީނިޔާ ކިތައްމެ ބޮޑާ ވިޔަކަސް އަސީލް އަކަށް މައްސަލައެއް ނެތޭ. ޑްރެގަން ގާރލް ، ޒީނިޔާ ދެކެ މިހާ ނަފްރަތު މިވަނީ ކޮންމެހެން ޒީނިޔާ ބޮޑާ ވީމައެއް ނޫން . އަސީލް ނުލިބިގެން (އަސީލް އާ ހިތާވެގެން) . އެންމެ ހެއްވާ ކަމަކީ އަދި އަސީލަކަށް ނޭގޭ ޑްރެގަން ގާރލް ، އަސީލާ ހެދީ މިވަރުން އުޅޭ ކަމެއްވެސް. ޒީނިޔާ އިޒް ދަ ބެސްޓް ގާރލް އިން ދަ ވޯރލްޑް. އޯކޭ. ހެއްހެއްހެއް. ހަންޑި އާއި މާރިދު ތިދައްކަވާ ވާހަކައަކީ ހަމަތެދު ވާހަކަ.

Posted on 2010-10-07 13:07:45 | Report this Comment
ހައިތް:
ސޮފާއަށް ހަމަ ސާބަސް!! އަހަރެންގެ ހިތައްއަރާ މީ ހަމަ ސޮފާގެ ހިޔާލުބާއޭ! އެއްޗެއް ބަލައިގެން ބާއޭ މި ލިޔަނީ...... މިބުނީ އެހާވެސް ފުރިހަމަވާހަކަ،،، ގުޑް ޖޮބް

ފަތިސްތަރި: ސޮފާ އަށް 34 ވާހަކަ ލިޔެވުނުއިރު އަދި މިހާތަނަށް ދުވަހަކުވެސް ނުލިޔަން އެއްޗެއް ބަލައިގެނެއް. ހަމަ އަމިއްލަ ޚިޔާލަށް ވާހަކަ ލިޔަނީ. ސޮފާގެ މިވާހަކަ ހައިތް އަށް ކަމުދިޔައީމަ ވަރަށް އުފާވެއްޖެ. ޝުކުރިއްޔާ!!!

Posted on 2010-10-07 14:25:25 | Report this Comment
ފަތިސްތަރި:
ކުދިންނޭ.........ރުޅިގަދަނުވޭ. ލޯތްބަކީ މި ދުނިޔެއިން އިންސާނަކަށް ކުރެވޭނެ އެންމެ ރީތި އިހްސާސް. ތިކުދިން އަސީލް ދެކެ ވިޔަސް އަދި ޒީ ދެކެ ވިޔަސް ލޯބިވަންޏާ ގަދަރުކުރަންވާނެ. ހިތްތިރިކުރަން ވާނެ. އެހެންވީމަ ނުތޮޅެ އިންތިޒާރުކުރޭ . ރަނގަޅުވާނެ.

Posted on 2010-10-07 14:27:39 | Report this Comment
ޑްރެގަން ގާރލް:
@ އިފްރީތް (ފުރޭތަ) ކޮޔާ!!! ހަމަޖެހިބަލަ އަސީލް އެއީ ވާހަކައެއްގަ އުޅޭ ހިޔާލީ ކެރެކްޓަރ އެކޭ...އެހެނެކޭ ކިޔާފަ ޑްރެގަން ގާރލް މީ ރިއަލް ލައިފްގަ އުޅޭ ރިއަލް ކުއްޖެ ސޯ!!! ކިހިނެތް އަސީލް އާ ހިތާވާނީ ދޯ!! ތީތި ސެންސް މޭކެތް ނުކުރެއެތްނު ދޯ!! އޯކޭ އޯކޭ ދެން ތި އެތްމެން ބަލަން ތިބޭ ޒީނިޔާގެ ބޮޑާކަމުން އޭނަ ބޯނެ ބޮނޑި....ލޯބިވާ މީހުން އެކައްޏެއްނޫން ހެޔޮއެދޭ ރައްޓެހިންވެސް ގެއްލޭނެ ރިއަލް ލައިފްގަ ޒީނިޔާ ކަހަލަ ބޮޑާ އަންހެނުން އުޅެންޏާ!!!! ބޮޑާކަން އެއްކިބާލާ ގޮތްދޫނުކުރުންވެސް ހަމަ އެވަރު...އެވަރު މީހަކަށް މީހެތްގެ އެހީއެތް ހަމްދަރުދީއެއް އަޅާލުމެއް ބޭނުމެއްނުވާނެ..މީހާއަށް އެހުރީ މީހާ ފެނިފަވިޔަ..ސޯ ލެޓްސް ސީ ވަޓް ހެޕެން ނެކްސްޓް!!!

Posted on 2010-10-07 14:57:27 | Report this Comment
ސޮފީ އެމާ:
ޕިސްޕިސްޕިސް... ފޯރި އެއް ވާ އިބަހުރި ދޯ .... މި ޑުރެގަނ މިއުޅެނީ ކިހިނެއް ވެގެންތަ؟ ކެއްތެރިކަމާ އެކުގަ ވާހަކައި ގެ އަނެއްބަ އަށް އިންތިޒާރ ކޮށްބާ... އިތުރަށް މީހުންނާ ބަހުސްނުކޮށް.. ޖަސްޓް ވެއިޓް އެންޑް ވޮޗް.. ސޮފީ އަށް ހަމަ ބުރަވެވެނީ ޒީ ގެ ކޮޅަށް... ހެހެހެހެހެހެ .... އަސްލު ޒީ އެ ކަންތަ ކުރާގޮތް ހަމަ ރަގަޅު .. އެއީ ސޮފީ ނަމަ ވެސް ހަމަ އެގޮތައް ކަންތަކުރެވޭނީ ... ހެހެހެހެ.. ފަތިސްތަރި ހަމަ ވާހަކަޔާއިގެން ކުރިއަށް ވަޑައިގަންނަވާ ... ފޫހިކަމެއް ނެތި ކުރިއަށް އޮތް ބަޔަށް ވެސް އިންތިޒާރ ކުރަން .. :)

ޑްރެގަން ގާރލް: ހޫމމމ...ސޮފީ އަށް ބުރަވެނޭނީ ޒީނިޔާގެ ކޮޅަށްތާ!!! ސަބަބަކީ ތީވެސް ހަމަ އެހާ ގޮތްދޫނުކުރާ ބޯހަރު ކުއްޖެކޭ!! ކަންތައް ތައް ނިންމާއިރު ކަމުގެ 2 ކޮޅެއް ނުބަލާވިޔަ...

Posted on 2010-10-07 15:26:17 | Report this Comment
ލަޔާލް:
ޒީ ތިގޮތަށް އަސީލްގެ ކުރިމަތީގައި ރުޅިއައިސްފައި ހުންނައިރު ހާދަ ލޯބިވެތި ގޮތެއް ހުރެއޭދޯ!!!!!!!!!!! މީ މީގެ ކުރިން ޑެއިލީކޮށް އަފް ކޮށްދެމުން އައިވާހަކައެއްދޯ............ މިހާރު މާ ބޮޑަށް ސަޕޯރޓް ބޮޑުވީމަދޯ ތިގޮތަށް ތިޔަ ހައްދަވަނީ؟؟؟؟؟؟؟؟؟ އަނެއް ޕާރޓް މަތިން ވަރަށް ވވވވވވވވވވ ބޮޑަށް މިސްވޭ އިނގޭ،،،،،،،،،،،،،،،،،،،،

ފަތިސްތަރި: ނޫނޭ ލަޔާލް. ކޮންމެހެން ވާހަކައަށް ސަޕޯޓް ބޮޑުވެގެން ގަސްތުގައި ލަސްކުރަނީކީ ނޫން. އެއްގޮތަކަށްވެސް އެހެނެއް ނޫން. މައްސަލައަކީ ދުވަހުގެ ގިނަވަގުތު މި ހޭދަކުރަން ޖެހެނީ މިހާރު އޮފީހުގައި. އެހެންވީމަ އަމިއްލަ ކަމެއް ކުރަން ހަމަ ވަގުތު ނޯންނަނީ. ދެން ލަޔާލްއަށް އެނގެއެއްނު ސޮފާ އެހެން ނަހަދާނެކަން.
Posted on 2010-10-07 15:56:40 | Report this Comment
ޝަޒް:
ޝަޒް އަށްވެސް އަސީލްދެކެ ލޯބިވެވިއްޖެ:|!!!!!! ސޮފާ އަޅެ މީ ހަޤީގީ ވާހަކައެއްތަ އަޅެ؟؟؟؟.......ޝަޒް އަށްވެސް ލިބޭނެނަމަ ދޯ އެކަހަލަ ރަގަޅު އަސީލެއް....

Posted on 2010-10-07 16:36:17 | Report this Comment
އަސީލް:
ޑްރެގަން ގާރލް އަދި ދެރަނުވޭ. އަޅުގަޑަށްވެސް ކެތްކުރެވޭނީ ްވަކިވަރަކަށްދޯ ފަހަރެއްގައި ޑްރެގަން ގާރލްއަށްވެސް ފުރުސަތު ލިބިދާނެއެއްނުން.
Posted on 2010-10-07 17:47:18 | Report this Comment
ޑްރެގަން ގާރލް:
@ އަސީލް: ވަޓް ޔޫ މީން "ފުރުސަތު ލިބިދާނެއެއްނު"؟؟ އަސީލް! ޑްރެގަން މިވާހަކަ ދައްކަނީ ކޮމެންޓްވެސް މިކުރަނީ މިވާހަކައިގެ ކެރެކްޓަރތަކަށް ރިއަލް ލައިފްގަ އުޅޭ މީހަކަށް ނޫން..ސޯ ހޯޕް ޔޫ ގޮޓް މައި ޕޮއިންޓް!!! ކިތައްމެ ގިނަ މީހުން ޒީނިޔާ ކޮޅަށް ތިއްބަސް މިވާހަކައިގެ ކުރީގެ ހުރިހާ ޕާޓްއެއް ކިޔާލީމަ އިބަ އިނގޭ އެއަންހެނާގެ ނިމުން އަންނާނީ ރީތި ބޮނޑިއެއް ބޮއިގެންކަން.....

Posted on 2010-10-08 10:55:16 | Report this Comment
ޒީނިޔާ:
މަ ކޮންމެ ގޮތަކަށް އުޅުނަސް ޑްރެގަން ގާރލްއަށް ކީއް؟ މަ އުޅޭނީ މަ ބޭނުންގޮތަކަށް. އެ އިޚްތިޔާރު މަށަށް ލިބިގެންވޭ. ރަގަޅު ވާހަކައެއް ބުނަން. މަ ނުހިފަހައްޓަން އަސީލެއް. މަށަށް ހެޔޮ ޑްރެގަން ގާރލް އަސީލު ރޮލާ ކެޔަސް. ދެން ބުނަން. މަށަށް ކޮންމެ ބޮނޑިއެއް ލިބުނަސް ޑްރެގަން ގާރލް އެކަމާ ދެރަވާކަށް ނުޖެހޭނެ. އަދި ތި ކަހަލަ ބަދު ބަސް ނުބުނާށެކޭވެސް ނުބުނާނަން. އެމީހަކު ކުރި ކަމެއްގެ ރަހަ ލިބިގެން އެމީހަކު މިދުނިޔެއިން ދާނީ. މިވަރުން ފުއްދާލާ. އިތުރަށް އެންމެ ލަފްޒެއްވެސް ބުނާކަށް ނެތިން.

Posted on 2010-10-08 11:45:25 | Report this Comment
ޕިސްޕިސް:
އެކަމަކުވާ........ހުއްޓާލަބަލަ ތި ޒުވާބުކުރުން. ތިއުޅެނީކީ ވާހަކަ ރީތިވެގެނެއް ނޫން ދޯ. އެހެންކަމެއް ވެގެން ތިއުޅެނީ. ހެޔޮ އެހެންވިޔަސް. ހުއްޓާލާ. ދެން ޒުވާބު ނުކުރާތ

Posted on 2010-10-14 00:06:11 | Report this Comment
ޕީސް މޭން:
ކުދިންނޭ ކުދިންނޭ ޒުވާބު ނުކުރޭ. ޕިސްޕިސް އެ ބުނީ ރަނގަޅަށް. ވާހަކަޔަށް ހުރިހާ ކުދިން ވެސް ކޮމެންޓް ކުރާނީ. އެކަކު އަނެކަކު ގޭގަ އުޅޭ ގޮތަކަށް ނޫން.

8 comments:

Hi all readers....welcome to my blog.
mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

hi sofaa..bodaa nafsu vaahka kiyan balaa liiruga muraasil ga ves adhi sofa ge blog gaves kureega part thakeh nufenun..where can i find those parts..?

 

Hi *Story reader*

Thi buni hen BNFS ge kuree part thakeh nuhunnaane mi blog aku.Blog ah genessa mihireee muraasil ga huri baithah e hurigothah e coment thakaa eku. BNFS ge ithuru baithah huree sofa athuga.If u want pls contact me directly.

 

kureege baithah hodhaany kihineh.v beynun kiyaalan

 

kureege baitah kiyalan varah beynun. khihineh sofa ah contact kuranee pls.

 

mivaahakaige enme parteh tha mifennanee? alhe keevetha sofa ? haada kiyahitun ulhey vaahakaeky mee, mivaahaka fesigen nimenden libeyne goteh hadai deeba sofa [pls........

 

kurin thivaahaka muraasil site kin......

 

khineh sofaa aa contact kuraany ? kuryge baithah kiyaalan varahh beynun :/

 

Post a Comment