FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 4 ވަނަ ބައި

ވާނީވެސް އެހެންތާއެވެ. އެވާހަކަ އާ ވާހަކައަކަށްވީ ނަވީނަށެވެ. ޒިޔާދު އާއި އިނާގެ ކައިވެނީގެ ވާހަކައަކީ އެ އާއިލާއަށް އާ ވާހަކައެއް ނޫނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ހަމަޖެހި ނިމިފައި އޮތް ކަމެކެވެ. އެކަން ނޭނގި އޮތީ ނަވީނަށެވެ.
އެކަމަކު ދެންމެ އެ އެނގުނީއެވެ.

"ނޫނޭ. އަޅުގަނޑު...މިދެން ވާވަރުވީހެން ހީވަނީ" ނަވީން މިހެން ބުނެލީ ދެ މާނައެއްގައެވެ. އަދި އެހެން ބުނީވެސް އިނާއާއި ދިމާލަށް ބަލާލަމުންނެވެ. ނަވީންގެ އެ ޖުމްލައިގެ އަޑު އިވިގެން އިނާވެސް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމުން މިފަހަރު ނަޒަރު ބަދަލުކޮށްލީ އިނާއެއް ނޫނެވެ. ނަވީނެވެ. ނަވީން އެނބުރި ބަލާލީ ހަމްދު އާއި ދިމާލަށެވެ. އިނާގެ ސޫރަވެސް ދެކެން ބޭނުން ނުވީއެވެ.

ރޭގެ ކެއުން ނިމި، ޚާލިދު އާއި ނަވީން ސިޓިންގ ރޫމަށް ނުކުތެވެ. އޭރުވެސް ޝީލާއާއި އިނާ ބަދިގެފަރާތުގައި އުޅެއެވެ.

"މާފުކުރައްވާތި. އަޅުގަނޑު އެބަޖެހޭ މިރޭ ތަންކޮޅެއް އަވަހަށް ގޮސްލަން. މީހަކާ ބައްދަލުކޮށްލަންވެސް ޖެހިފަ އޮތީ." ސިޓިންގރޫމްގައި އިށީންނަންވެސް ނަވީން މިރޭ އުޒުރުވެރިވެއްޖެއެވެ.
"ބަލަ އަޅުގަނޑު ހީކުރީ މިރޭ މުޅިން ހުސްކުރާނެކަމަށް މިގެއަށް. ކިހިނެއް ތިހެދީ" ސޯފާގައި އިށީންނަން ދިމާކުރި ޚާލިދުއަށް ނަވީން އެ އުޅެނީ ދާންކަން އެނގުމުން ކުޑަކޮށް ހުއްޓުން އެރި ނަމަވެސް އިށީނދެލަމުން ބުންޏެވެ.
ޚާލިދު އެބުނީ ތެދެކެވެ. އޭނަ ހުރީ ހުސްކޮށްގެންނެވެ. އެކަމަކު ދެން މިރެއަކު އެގޭގައި އިނދެވޭކަށް ނެތެވެ.
"މިރޭ ދެން ހަމަ ނުގޮސް ނުވީ އިނގޭތޯ." އުޒުރުވެރިވަމުން ނަވީން ހިނގައްޖެއެވެ.

އިނާމެންގެއިން ނުކުމެގެން ނަވީން ދިޔައީ ސީދާ ގެއަށެވެ. އެހެން އެއްވެސް ކަމަކާއި އެހެން އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއް ނަވީންގެ މިހާރު ނެތެވެ.

އެންމެ ރެއަކުން ނަވީންގެ މުޅި ދުނިޔެ ފުނޑުފުނޑު ވެއްޖެފަދައެވެ. ދިރިއުޅުމުގެ ކުލަތައް ގެއްލިއްޖެފަދައެވެ.

ނަވީނަށް އިނާ ފެނުނު ދުވަހުން ފެށިގެން އޭނައަށް ހީކުރެވިފައި އޮތީ ހެއްދެވި ފަރާތާއި ވަޒީފާ ނޫނީ ދެން އޭނަގެ އޮތް އެންމެ ބޮޑު ވާޖިބަކީ އިނާ ދެކެ ލޯބިބުން ކަމަށެވެ. ނަވީންގެ ހުރިހާ ވަގުތެއް ނަވީން ހޭދަކުރީ އިނާގެ ހަނދާނުގައެވެ. މުސްތަގްބަލަށް ކުރަމުން އައި ޕްލޭންތަކުގައި އިނާ ހިމަނާފައި އޭނަ ވަނީ އިނާ ފެނުނު ދުވަހުން ފެށިގެންނެވެ. ދެމީހުން ތަޢާރަފްވެ އެ ގެއަކީ އޭނަގެ އަމިއްލަ ގެއެއްފަދަ ގެއަކަށް ބަދަލުވެ އެގޭގެ ވެރިންނާއި ގުޅުން ބަދަހިވެ އެމީހުންގެ ފަރާތުން ގަދަރާއި ލޯބި ލިބިއްޖެކަން އެނގުނު ދުވަހުން ފެށިގެން އޭނައައީ އިނާއަށް ލޯބި ހުށަހަޅާނެ ރަނގަޅު ފުރުޞަތަކަށް ބަލަމުންނެވެ.

އެހެންނަމަވެސް މީގެ ހަމަ ކުޑައިރުކޮޅެއް ކުރިން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެގޭގެ ކާމޭޒުދޮށުން މިރޭ އޭނައަށް އަޑު އިވިގެން އެ ދިޔަ ވާހަކަ ތަކަކީ އޭނަގެ ނަފްސާއި ވުޖޫދުވެސް އެއްކޮށް ބަދަލުކުރަންޖެހޭފަދަ ބޮޑު ވާހަކައެވެ.

އޭނައަކީ މޮޔައެއްހެއްޔެވެ؟ އެތާގައި ދެއްކެން ފެށީ އޭނައާއި އިނާގެ ވާހަކައޭ އޭނައަށް ހީވީވެސް ކީއްވެހެއްޔެވެ؟ އޭނައަށް އެހާ ބޮޑު ކުށްހީއެއް ކުރެވުނީ ކީއްވެހެއްޔެވެ؟
ނަވީން އަމިއްލަ ނަފްސަށް ލަދުގަތެވެ.

ޝީލާ ދައްކަން ފެށި ވާހަކައިގެ އަސްލު މައުޟޫއަކީ ކޮބައިކަން އޭނއަށް ނޭނގޭތީ އެ ދެއްކެނީ ޚުދު އޭނަގެ ވާހަކައޭ އިނާއަށް ހީވުމަކީ އެއީ އޭނައަށް ކުރެވުނު ވަރަށް ބޮޑު ކުށް ހީއެކެވެ. ކައިވެނީގެ ވާހަކަ ކީއްކުރަންހެއްޔެވެ؟ އެތާގައި "އޭނައާ އިނާ" އެކޭ ނުވެސް ކިޔައެވެ. އެތާގައި ދެކެވުނީ އިނާގެ ކައިވެނީގެ ވާހަކައެވެ. ހަމަޖެހި ނިމިފައި އޮތް ކައިވެންޏެއްގެ ވާހަކައެވެ. އޮޅުނީ އޭނައަށެވެ.

އެކަމަކު ހުރިހާ ކަމެއްވެސް މިހާރު ވަރަށް ސާފެވެ.
އިނާއާއި ޒިޔާދުއަކީ ދެލޯބިވެރިންނެވެ. އެދެމީހުންގެ ކައިވެނި އެ އޮތީ އެންމެ ދެތިންމަސް ދުރުގައެވެ. ދެލޯބިވެރިއަކު އުޅޭނެހާ ގާތް ގުޅުމެއް އެދެމީހުންގެ ފަރާތުން ނުފެނުނު ކަމުގައިވިޔަސް އެއީކީ އެކައިވެނި ދޮގު ކުރެވޭނެފަދަ ވާހަކައެއް ނޫނެވެ. އަދި އިނާބޭނުންގޮތަކަށް އުޅެވެން އޮތް ބަހަނާއެއްވެސް ނޫނެވެ. ނުވަތަ އުޒުރެއްވެސް ނޫނެވެ.
އޭނައަށް އެނގެއެވެ. އިނާއަކީ ކޮންމެ މީހަކާއި ލޯބީގެ ގޮތުން ގުޅުނު ކަމުގައިވިޔަސް އެމީހަކާއި މާ ގާތް ގުޅުމެއް އުފައްދާ ވައްތަރުގެ އަންހެންކުއްޖެއް ނޫނެވެ. އެއަށްވުރެ ހިމޭން އަންހެންކުއްޖެކެވެ. އެހެންވީމަ އެހެން ހުރެދާނެއެވެ. އެކަމަކު ޒިޔާދުއާއި އިނާގެ އެ ގުޅުން އެއީ ހަގީގަތެކެވެ. އޭނަގެ ތޫނު ލޮލަށް އެ ހަގީގަތް މިއަށްވުރެ ކުރިން ނުފެނުނީ ކީއްވެހެއްޔެވެ؟

ގަބޫލުކުރާނީވެސް ކާކުހެއްޔެވެ؟ ހަތަރުމަސް ވެގެން ދިޔައިރުވެސް އެ ގޭތެރެއިން އިނާގެ ކައިވެނީގެ ވާހަކަ އޭނައަށް އަޑު އިވިފައެއް ނެތެވެ. އެވާހަކަ ދައްކާއުޅޭނެކަން އެއީ ޔަގީން ކަމެކެވެ. އެކަމަކު އެއިން އެއްވެސް ވަގުތެއްގައި އޭނައަށް އެތަނެއްގައި ހުރެވިފައިނެތީ ކީއްވެހެއްޔެވެ؟ މިއީ ހައްތާވެސް އިނާގެ ރޭވުންހެއްޔެވެ؟ ނޫނީ ހަމަ ތަގްދީރުހެއްޔެވެ.

އެކަމަކު އިނާ އޭނައާއި ދޭތެރޭ މިހެން ހަދަން ޖެހުނީ ކީއްވެގެންހެއްޔެވެ؟
ކުއްލިއަކަށް ނަވީން ހަނދާން ވީ ޒިޔާދު އަކީ ކާކުކަން އިނާ ބުނެދިން ގޮތެވެ. އިނާ ހެދީ ކަނޑައެޅިގެން ބޮޑު ދޮގެއްތާއެވެ. ކީއްވެހެއްޔެވެ؟ އިނާގެ މަގްޞަދަކީ ކޮބައިހެއްޔެވެ؟ އިނާއަށްޓަކައި އޭނަގެ ހިތް އޮތް ގޮތް އޭނަ ނުވެސް ބުނަނީސް އިނާއަށް އެނގެނީތާއެވެ. އޭނަގެ އިހްސާސްތަކަށް ގަދަރުކުޑަކޮށް އެއީ މަޖަލެއްކަމަށް އިނާ ހީކުރީ އެހެންވެގެންތާއެވެ. އެ ރީތިކަމުގެ ފުރަގަހުގައި އެހެރީ ހާދަ ނުލަފާ ކަމެކެވެ. މިހާ ބޮޑުކަމެއް ހަމަ ދިމާ ކަނޑައެޅިގެން އޮޅުވާލުމުގެ ބޭނުމެއް އޭނައަކަށް ނުވިސްނެއެވެ.

ފުރަތަމަ ދުވަހުވެސް ތިމަންނާއަކީ ކައިވެންޏަކަށް ތައްޔާރުވަމުންދާ މީހެކޭ ބުނިނަމަ އެ އަންހެންކުއްޖާއަށްޓަކައި އޭނަގެ ހިތުގައި އުފެދެމުން އައި އިހްސާސްތައް އެހިސާބުން އޭނަ ކޮންޓްރޯލް ކުރާނެއެވެ. ކުށްހީއަކާއި ކުށްއުއްމީދެއްގައި މިހާ ދިގު މުއްދަތެއް އޭނަ ނުނަގާނެއެވެ. މިހާރުވެސް މާ ލަސްވެއްޖެއެވެ.

ނަވީން އިންތަނުން ތެދުވެއްޖެއެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރެގެން ގޮސް ސިޓިންރޫމް ގޮނޑީގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. ފެންނަމުން ދަނީ ވަރަށްވެސް ބިރުވެރި މިނިކާވަގުތަކަކާއި ސިންގާ ތަކެކެވެ. ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެވެ. ރިމޯޓް އޮތީ އަތުގައި ކަމަކު ޗެނަލް ބަދަލުކުރާ ޚިޔާލެއް ނަވީނަކަށް ނާދެއެވެ. އޭގެ ބަދަލުގައި ސޯފާއަށް ލެނގިލިއެވެ.

އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިހާބޮޑަށް އެހެން އަންހެންކުއްޖަކާއި ދޭތެރޭ އޭނައަށް ޝައުގެއް ނުވެސް އުފެދެއެވެ. ވީއިރު އިނާ މަތިން ހަނދާން ނައްތާލެވޭނީވެސް ކިހިނެއްހެއްޔެވެ. އެކަމަކު އެއީ ކުރަން ވެއްޖެ ކަމެކެވެ. އިނާއަކީ ކައިވެންޏަކަށް ހަމަޖެހިފައި އިން އަންހެންކުއްޖެއްކަން އެނގިހުރެ އޭނައަށް އިނާއާއި ދިމާލަށް ބަލާލުންވެސް ދައްޗެވެ. ކިތަންމެ ލޯބިވިޔަސް ދެނެއް އިނާގެ ހިޔަންޏަށް ފާރަލަމުން އޭނައަކަށް ނޫޅެވޭނެއެވެ.

މިކަމާ ގޮތެއް ނިންމަން އޭނައަށް ޖެހޭނެއެވެ.
** ** ** ** ** ** ** **

އަނެއް ދުވަހެވެ. ނަވީން އިނީ އޮފީހުގައެވެ. އޭނައަކީ އައްޑުއަތޮޅުގައި ހުރި ދިރާގުގެ އޮފީހުގެ ވެރިޔާއެވެ. ވަޒީފާއަކީ ޒިންމާބޮޑު މަސައްކަތެކެވެ. މަޝްޢޫލުވެގެން އުޅެނީ އެ ޒިންމާތައް ފުރިހަމައަށް އަދާ ކުރެވޭތޯއެވެ. އަވަދި ނެތިއެވެ. ހުސްވަގުތެއް ނުދެކެއެވެ. ފިކުރެއްގެ ތެރޭގައި އިންނަ ވަގުތެއްވެސް ނުދެއެވެ. ހީލާ ހަދާތަނެއްވެސް ނުމެ ފެނޭމެއެވެ.

ސަބަބަކީ އެންމެ ސަބަބެކެވެ. މިއަދު ނަވީން ބޭނުންވަނީ ދުނިޔެ ދައުރުވާގޮތް ނޭނގޭވަރަށްވެސް ބިޒީވެގެން އުޅޭށެވެ. އިނާގެ ހަނދާން ކުރާކަށް އަދި ރޭގެ ކަންތައްތަކާއި ދޭތެރޭ ވިސްނާކަށްވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމަ އެކަނި އޮފީސް މަސައްކަތްކުރުމަށެވެ.

ޖެހިގެން އައި ދެ ހަފްތާވެސް އޭނަ ހޭދަކޮށްލީ އެގޮތުގައެވެ. އިނާއާއި އިނާގެ ޚިޔާލުތަކާއިވެސް މުޅިން ދުރުގައެވެ.

އެހެންނަމަވެސް އެދޭގޮތަށް ހުރިހާ ކަމެއް ވެދާނެބާވައެވެ؟ އިނާއާއި ބައްދަލުވުމުގެ ކުޑަވެސް ގަސްދެއް ނަވީންގެ ނެތްކަމުގައި ވިޔަސް އިނާއާއި ބައްދަލުވާން ނަވީނަށް މަޖްބޫރުވި ދުވަހެއް އައެވެ. ނުދަންނަ ނަންބަރަކުން ގުޅީމަ ނަގަން މަޖްބޫރުވެގެން ނެގީއެވެ. ނުދަންނަ ނަންބަރުތަކުން ގުޅީމަ އާއްމުގޮތެއްގައި އޭނަ ފޯން ނަގަނީ ރަސްމީ ގަޑީގައި ކަމަށްވިޔަސް މިރޭ ނަވީނަށް ފޯން ނެގުނީއެވެ.

"ހަލޯ....." އެކޮޅުން އިވުނީ މަޑުމަޑު އަޑެކެވެ. ނަވީންއަށް ޖަވާބެއް ނުދެވުނެވެ. އޭގެ ބަދަލުގައި ކަންފަތާއި ދުރުކޮށްފައި ބަލާލެވުނީ ފޯނަށެވެ.
އެއީ ހަމަ އޭނަ ހީކުރި ނަންބަރެވެ. އަދި އެއީ އޭނަ ނުދަންނަ ނަންބަރެއްވެސް ނޫނެވެ. އޭނަ ހަނދާންވާގޮތުގައި އެ ނަންބަރު އޭނަ ސޭވްވެސް ކުރިއެވެ. އެކަމަކު މިވީގޮތެއް ނޭނގުނެވެ. މީގެ ކުރިން ދުވަހަކުވެސް އެ ނަންބަރަށް ގުޅާފައިނުވާތީ ސޭވްވެފައި ނެތްކަންވެސް ނޭނގުނީއެވެ.
"ހަލޯވ....؟؟" ނަންބަރު ބަލާފައި އަނެއްކާވެސް ކަންފަތުގައި ފޯން ޖައްސާލަމުން މިފަހަރު ނަވީން ގޮވާލިއެވެ. ސުވާލުގެ ރާގަކަށެވެ.

"ނަވީން.....މިއީ އިނާ. ކިހިނެއް؟" ނަވީންގެ ސުވާލަށް އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.
"ރަނގަޅު...." އޭނަގެ ހާލުގެ ވާހަކަ ހަގީގަތުގައި ދައްކަން އިނާ ބޭނުންވާނެހެން ހީނުވާތީ އޭނަ ދިން ޖަވާބަކީވެސް ހަގީގީ ޖަވާބެއް ނޫނެވެ.
"އުނދަގޫ ގަޑިއެއްގަތަ މި ގުޅުނީ...؟" އަނެއްކާވެސް އެކޮޅުން އަހާލިއެވެ.
"ނޫނޭ....ރަނގަޅުހަމަ....ކުރިއަށް ގެންދޭ" ނަވީން އެހެން ބުނެލީ އިނާ ނޫން ކޮންމެ މީހަކު ގުޅިޔަސްވެސް ބުނެލާނެ ގޮތަށެވެ. އިނާއަށްވެސް އެކަން އިހްސާސް ވިއެވެ. ނަވީންގެ އަޑުން އިނާއަށް ފާހަގަ ކުރެވުނީ ދުރުގޮތަކާއި ރަސްމީ ގޮތެކެވެ.

"ނަވީން.....އަދިވެސް ހިތްހަމަނުޖެހިފަތަ؟" ނުކެރިފައި ހުރެގެންވިޔަސް އިނާ އަހާލިއެވެ.
"ކޮން ކަމަކާ.....؟ ހިތްހަމަނުޖެހޭވަރުގެ ކަމެއް ނުވޭ." އިނާއާއި ވާހަކަ ދެއްކުމުގެ މާ ބޮޑު ޝައުގެއް ނެތް ނަމަވެސް ފޯން ހިފައިގެން ގޮސް ސިޓިންގރޫމް ބޮޑު ގޮނޑީގައި އިށީދެ ކުޑަ މޭޒުމައްޗަށް ދެފައި ދަމާލައިގެން ނަވީން ހަމަޖެހިލިއެވެ.
"ނަވީން....." ނަވީނަށް އަޑު އިވުނީ ކޮންމެވެސް އެއްޗެއް ބުނެލަން އިނާ ގޮވާލި އަޑެވެ.
"ހޫމް....؟" ނަވީންވެސް އަހާލިއެވެ.
"އެނގޭ ނަވީން ހުންނާނީ ހިތްހަމަނުޖެހިފަކަން. ފަހަރެއްގަ ހީކޮށްފާނެ ނަވީނަށް އޮޅުވާލީކަމަށްވެސް..." އިނާ ވާހަކަ ފެށިއެވެ.
"ހީއެއްނޫން. ޔަގީންކުރަނީ އެގޮތަށް" ކެރިހުރެ ނަވީން ބުނެލިއެވެ.

"އެކަމަކު ތިއީ ކުށް ޔަގީނެއް. ނަވީނަށް އޮޅުވައެއް ނުލަން" އެއީ ހަގީގަތެއް ނޫންކަން ނަވީންއަށް އަންގައިދޭން އޭނަ ކިތަންމެ ބޭނުންވި ކަމުގައިވިޔަސް އިނާގެ އަޑުގައި ހުރީ ހިމޭން ގޮތެކެވެ. އަމިއްލަ ކުށް އިހްސާސްވެފައި ހުރި ކަހަލަ ގޮތެކެވެ.
"އެމީހެއްގެ ދިފާއުގައި އަބަދުވެސް އެމީހަކު ވާހަކަ ދައްކާނެ. ތިއީ އާ ކަމެއް ނޫން. " ނަވީންގެ ފަރުވާލެއް ނެތްކަން ނަވީންގެ އަޑާއި ރާގުން އިނާއަށް އެނގެމުން ދިޔައެވެ.
"ނަވީން ތިހީކުރަނީ ގޯސްކޮށް. ތިހީކުރާހެން ވީ ކަމެއް ނޫނޭ އެއީ." ނަވީންގެ ވާހަކަ ހުރިގޮތުން އިނާއަށް އުނދަގޫ ވެއްޖެއެވެ.
"އިނާގެ ކަމެއް ނޫންތަ ވީގޮތް ކިޔައިދިނުން.؟" ނަވީން ހުރީ ހިތްހަމަނުޖެހިފައެވެ.
"ނަވީން ބޭނުމެއް ނުވޭތަ އެނގޭކަށް؟" އިނާ ކިޔައިދޭން ބޭނުންވިޔަސް ނަވީން އެނގެން ބޭނުން ނެތިއްޔާ އެ ވާހަކަތައް އެހިސާބުން އެހެން ރާގަކަށް ބަދަލުވާން ޖެހޭނެކަން އިނާއަށް އެނގޭތީ އިނާ އެ އެހީ އެހެންނެވެ.

"އެއެއް ނޫނެއްނު މުހިއްމީކީ؟" ނަވީންގެ ވާހަކަތައް ހުރީ އިނާ ހީކުރި ރާގަކަށް ނޫނެވެ. ނަވީން އެ ބުނި އެއްޗަކަށް ދޭނެ ޖަވާބެއްވެސް އިނާގެ ވިސްނުމަކަށް ނައެވެ.

"ޒިޔާދުއާއި އަހަރެންގެ.....ޒިޔާދު އަކީ ބައްޕަގެ ގާތް ރައްޓެއްސެއްގެ ދަރިއެއް. ޒިޔާދުއާއި އަހަރެންނާއި ދިމާވީ މީގެ ހައެއްކަމަސްކުރިން ޒިޔާދު މިރަށަށް އައި ވިޔަފާރި ދަތުރެއްގަ. އެގުޅުން މިހިސާބަށް ގެންދާކަށް އަހަރެން ނުކުރަން އެއްވެސް މަސައްކަތެއް. އެކަމަކު ޒިޔާދު އުޅޭގޮތް ފެނުމުން މަންމަ ބުނެގެން އާނއެކޭ ބުނީ. މަންމައާއި ބައްޕަގެ އެދުމުގެ މަތިން ކައިވެނީގެ ކަންތައްވެސް މިހާ އަވަސްކުރަން ޖެހުނީ. އަހަރެންގެ މާބޮޑު ދެކޮޅުހެދުމެއްވެސް އަދި މާބޮޑު އެއްބާރުލުމެއްވެސް މިޔަކު ނެތް. " ނަވީންއަށް އެ ވާހަކަތައް ކިޔައިދޭންޖެހުނީ ކީއްވެގެންކަން ޚުދު އިނާއަކަށްވެސް ނޭނގެއެވެ. އެކަމަކު ހަމައެކަނި ހިތަށް ލުއެއް ހޯދުމުގެ ގޮތުންވިޔަސް ވަރަށް ކުރުކުރުކޮށް އިނާ ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ.

"ތިއީކީ އަހަރެންނަށް އެނގެންޖެހޭވެސް ކަމެއް ނޫންކަންނޭނގެ. އަދި ތިއީ އަހަންނާއި ބެހޭކަމެއްކަމަށްވެސް ނުދެކެން. އެހެންނޫނަސް މިހާރު މާލަސްވެއްޖެ ތި ތަފްޞީލް އެނގެން. ފުރަތަމަ ދުވަހުވެސް ތިކަން ތިހެން ރޭވިފައިއޮތްކަން އެނގުނުނަމަ......ހަގީގަތެއްނެތް ހިޔަންޏެއް ދެއްކުމުގެ ހައްގެއް އިނާއަކަށް ނޯންނާނެ ކަންނޭނގެ." ނަވީންގެ ހިތުގައި އަބަދުވެސް އުފެދެމުން އައި ވާހަކަތައް އިނާއާއި ދިމާލަށް ނަވީން ގޮވާލިއެވެ.

"ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ ނަވީން؟" ހިމޭން އަޑަކުން އިނާ އެދުނެވެ.
ނަވީންގެ ބަސްވެސް ހުސްވެއްޖެއެވެ. އިތުރުވާހަކައެއް ނުދައްކައެވެ. އަދި އިނާގެ އެ ސުވާލަށް ޖަވާބުވެސް ނުމެ ދޭމެއެވެ.

"ގަބޫލުކުރަން ޒިޔާދުގެ ވާހަކަ ސިއްރުކުރިކަމަށް. އެކަމަކު....ހިއެއް ނުކުރަން ނަވީންއަށް އޭގެ ސަބަބު ނޭނގޭނެ ކަމަކަށް." ނަވީން އެއްޗެއް ބުނާ އަޑު ނީވި އިރުކޮޅެއްވީފަހުން އިނާ ވާހަކަ ދެއްކިއެވެ.
ދެންވެސް ނަވީން އެއްޗެއް ނުބުނެއެވެ. އެކަމަކު އެންމެ ފަހުން އިނާ އެ ބުނި އެއްޗަކަށް ނަވީން ރަނގަޅަށް ވިސްނާލިއެވެ.
"ސަބަބު އެނގުމަކުން ކުރާނެ ފައިދާއެއް އޮތްހެނެއް ހިއެއް ނުވޭ. އަމުދުން މިހާރު." މިއީ ނަވީންގެ ހިތަށް އެރިގޮތެވެ. ނަމަވެސް ނުއެއް ބުނެއެވެ.

"އެހުރިހާ ކަމެއް ހަނދާންނައްތާލާ.....ޒިޔާދުއާއެކު އިނާއަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ އަހަރެން އެދޭގޮތް. އަދި އާނ...ހަތަރުމަސްވަންދެން ތި ދިން އެކުވެރި ކަމަށް ޝުކުރިއްޔާ! އަދި ޚާއްޞަކޮށް އިނާގެ މަންމަ އާއި ބައްޕަ ފަދަ އޯގާތެރި ދެމަފިރިއަކުގެ ގަދަރާއި އިހްތިރާމް އަހަންނަށް ލިބޭނެގޮތް މެދުވެރިކޮށްދިނީތީ ވަރަށްވެސް ބޮޑަށް ޝުކުރިއްޔާ! އެކަމަށްޓަކައި ވަރަށްވެސް އުފާކުރަން. ޒިޔާދުއާއި އިނާގެ ކައިވެންޏަށްވެސް ކުރީބައިގައި މަރުޙަބާ. " ވިސްނާލަން އިރުކޮޅަކު އިނދެލާފައި ނަވީން ދެއްކި ވާހަކަ އަކީ މިއީއެވެ.

އިނާ އިނީ ފަރުވާވެ އަޑު އަހާށެވެ. ނަވީންގެ ވާހަކައިން އިނާއަށް ވިސްނުނު އެއްޗަކީ ނަވީން އޭނައާއި އެއްވެސް ގުޅުމެއް އުފައްދަން ބޭނުން ނުވާ ކަމެވެ. އެހުރިހާ ކަމެއް ހަނދާންނައްތާލާށޭ ނަވީން ބުނެލިއަޑު އިނާގެ ކަންފަތުގައި ހިފާފައި ހުއްޓެވެ. އަދި ޒިޔާދު އާއި އޭނަގެ ކައިވެންޏަށް "ކުރީބައިގައި" މަރުޙަބާ އޭ ނަވީން ބުނެލި މާނަވެސް އިނާއަށް އެނގުނެވެ. އެކަމަކު އެއީ އޭނަ އުއްމީދު ކުރި ގޮތެއް ނޫނެވެ. އޭނަ ހީކުރީ އޭނައާއި ވާހަކަ ދައްކަން ނަވީން އަދިވެސް ބޭނުން ވާނެ ކަމަށެވެ. އެހާ ފަސޭހައިން ދޫކޮށްލާނެ ކަމަކަށް އިނާ ހީ ނުކުރެއެވެ. އެކަމަކުވެސް ދެން ކުރެވޭނެ އެއްކަމެއްވެސް ނެތެވެ.

"ޝުކުރިއްޔާ.....ދެން ބާއްވާލާނަން." ބުނާނެ އިތުރު އެއްޗެއް އަދި ދައްކާނެ އިތުރު ވާހަކައެއްވެސް އިނާގެ ވިސްނުމަށް ނައުމުން އިނާ ގަސްދު ކުރީ ފޯން ބާއްވާށެވެ.
އެހެން ނޫނަސް ނަވީން އާއި އިތުރުވާހަކައެއް ދައްކަން މިހާރު އިނާ ލަދުވެސް ގަނެއެވެ. އޭނައަށް ނަވީން އާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަމަށް ތަކުރާރުކޮށް ނަވީން ބުނެފައިވާތީ، ވާހަކަ ދައްކާނެ ހިތްވަރުވެސް އިނާގެ ނެތެވެ.

"އެންމެ ރަނގަޅު...." ވަރަށް ކެރިގެން ނަވީން ބުނެލިއެވެ. އެކަމަކު ނަވީންގެ ހިތަށްވެސް ތަދުވެއްޖެއެވެ.
ޒިޔާދުއާއި އިނާގެ ކައިވެންޏަށް މަރުޙަބާއޭ ބުނުމުންވެސް އެއަކާއި ދެކޮޅަށް އިނާ އެއްވެސް އެއްޗެއް ނުބުނީތީއެވެ. އޭނަ ދެން އިނާ އާއި ވާހަކަ ދައްކަން މަސައްކަތް ނުކުރާނެކަން އިނާއަށް އެނގިހުރެވެސް އެކަމަށް ހުރަސް ނޭޅީތީއެވެ. އޭނަ ނުހުއްޓުވީތީއެވެ.

ދެމީހުންވެސް ފޯން ބާއްވައިފިއެވެ.
އިނާ އިނީ އެގޭގެ ޓެރަސްގަހުރި އުނދޯލީގައެވެ. ފޯން ބާއްވާފައިވެސް ވިސްނަން އިނދެވުނީއެވެ.

ނަވީންއަށް ގުޅުމަށްޓަކައި އޭނަ އެ ހިތްވަރު ހޯދާތާވެސް އެތަކެއް ދުވަސް ވެއްޖެއެވެ. އެކަމަކު އޭނަ ދައްކަން ގަސްދުކުރި ގިނަ ވާހަކަތައް ނުވެސް ދެއްކުނެވެ. ދައްކާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނައާއި ނަވީން އެކަކު އަނެކަކަށް ދަންނަތާ ދުވަސްތަކެއް ވިޔަސް ހިތުގެ ޝަކުވާތަކާއި ހިތުގެ އަޑުތައް އެހާ ފަސޭހައިން ނުދެއްކޭނެ އެތަކެއް ސަބަބުތަކެއް އެ ދެމެދުގައި އެބަހުއްޓެވެ. އެވަރުގެ ގާތްކަމެއް އުފެދިފައި ނެތުން އެއީ އެންމެ ބޮޑު މައްސަލައެވެ.

އެހެން ނޫންނަމަ........
އެހެން ނޫންނަމަ މިރޭ ނަވީންއަށް ހުރިހާ ވާހަކައެއްވެސް އޭނަ ކިޔައިދޭނެއެވެ.
އޭނައާއި ޒިޔާދު އާއި ދިމާވި ގޮތާއި އޭނަގެ ފަހަތުން ޒިޔާދު އުޅުނު ގޮތުގެ ވާހަކައެވެ. އޭރު އޭނައަކީ އެއްވެސް މީހަކާއި ލޯބީގެ ގުޅުމެއް އޮތް މީހަކަށް ނުވާތީ އާއި ޒިޔާދު އުޅެމުން ދިޔަ ގޮތުން އޭނައަށްވެސް ޒިޔާދު އާއި ރުހެވުނު ވާހަކައެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އޭނައަށްވެސް އަންގާނުލާ އެގެއަށް ރަން ކިއުއްވަން ދެމީހުން ޒިޔާދު ފޮނުވި ގޮތުގެ ވާހަކައެވެ. އެދުވަހު އެކަން އެނގުމުން އޭނަގެ މަންމަ އާއި ބައްޕަ އެކަމާއި ހައިރާންވެލައްވައިގެން އުޅުއްވި ގޮތުގެ ވާހަކައެވެ. ރަން ކިއުއްވުމުގެ ބަދަލުގައި ޒިޔާދު އެގެއަށް ގެނެސް ޒިޔާދު އާއި ވާހަކަ ދައްކައި އެ ކައިވެންޏަށް ރުހޭ ވާހަކަ މަންމަ އާއި ބައްޕަ ދެއްކެވި ގޮތުގެ ވާހަކައެވެ. ނަމަވެސް ޒިޔާދުގެ އާއިލާއާއި ބައްދަލުވެލާ ހަދާލަން ބޭނުންވާހަކަ ބުނިތާ ދެވަނައަށް ވީ ދުވަހު ޒިޔާދުގެ އާއިލާއާއި ބައްދަލު ކުރުމަށް އޭނައާއި މަންމަ އާއި ބައްޕަ ގޮވައިގެން ޒިޔާދު މާލެ ދިޔަ ދަތުރުގެ ވާހަކައެވެ. އޭނަގެ ކައިވެންޏަށް ޒިޔާދު އެދިފައިހުރިވަރު ބޮޑުކަމުން ޒިޔާދުގެ އަމިއްލަ ޚަރަދުގައި އޭނައާއި އޭނަގެ މަންމަ އާއި ބައްޕައަށް ދަޢުވަތު ދީގެން ޒިޔާދުގެ އާއިލާއާއި ބައްދަލުކުރުވަން ގެންދިޔަ ގޮތުގެ ވާހަކަވެސް އޭނަ ކިޔައިދޭނެއެވެ.

އަދިވެސް އޭގެ އިތުރަށްވެސް ބުނެދޭނެއެވެ.
އެ ރަންކިއުމެއްގެ ފަހުން ޒިޔާދުއަށް އައި ބަދަލުތައްވެސް ކިޔައިދޭނެއެވެ. އެދެމީހުންގެ ކައިވެނި ހަމަޖެހިފައި އޮތެއްކަމަކު ދޭތެރެ އަކުން ދަތުރުވަރިއެއްގައި ޒިޔާދު އައުން ފިޔަވައި މާބޮޑު ގުޅުންތަކެއް އެދެމެދުގައި ނޯންނަ ވާހަކަވެސް ނަވީނަށް ބުނެދޭނެއެވެ.

އަދި....މީގެ ހަތަރުވަރަކަށް މަސްކުރީއްސުރެ ޒިޔާދު އާއި އޭނަގެ ގުޅުމާއި ދޭތެރޭގައި އޭނަގެ ހިތުގައި ޔަގީންކަން ކުޑަވި ވާހަކަވެސް އޭނަ ބުނާނެއެވެ. އެވަރުންވެސް ނަވީނަށް ނޭނގިއްޖެއްޔާ، އެއީ ނަވީން ފެނުނު ދުވަހުން ފެށިގެންކަންވެސް ނަވީނަށް އޭނަ ބުނެދޭނެއެވެ. އޭނަގެ ކައިވެނި އޮތީ ހަމަޖެހި ތާރީޚް ކަނޑައެޅިފައިކަން ހަނދާން ކުރަންވެސް، އޭގެ ފަހުން ސިކުނޑިއަށް ވަރަށް ބާރުލާންޖެހޭކަންވެސް އަދި ހިތްވަރު ހޯދަންޖެހޭކަންވެސް އޭނަ ނަވީނަށް އަންގައިދޭނެއެވެ.
އެކަމަކު އޭނައަށް މިއިން އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ދެހަފްތާވަންދެން ހިތްވަރު ކުރީމަވެސް އޭނައަށް ނަވީން އާއި ވާހަކައެއް ނުދެއްކުނެވެ. ކެރޭނީވެސް ކިހިނެއް ހެއްޔެވެ. އޭނަގެ ކުށް އެތާގައި އޮތްހެން ހީވަނީވެސް މާ ބޮޑަށެވެ.

އޭނައަށް ނަވީންއާއި ދޭތެރޭ ޝައުގުވެރިވެވެމުން އައީ އޭނަގެ އިޚްތިޔާރަކު ނޫން ކަމާއި ނަވީންއަށް އޭނަގެ ކައިވެނި ހަމަޖެހިފައިވާކަން އެނގޭ ދުވަހުން ވާނެ ގޮތްވެސް އޭނަ ވިސްނާފައި ނެތްކަމާއި އަދި އެހެން އެ ދުވަސް އައިސްފިނަމަ އޭނަ ދައްކާނީ ކޮން ވާހަކައެއްކަންވެސް އޭނަ ވިސްނާފައި ނެތުމަކީ އޭނަގެ ކުށަކަށް ވެދާނެއެވެ. އެކަމަކުވެސް އޭނައަށް ހަމަ ހަގީގަތުގައިވެސް ވިސްނާ ނުލެވުނީއެވެ.

އޭނައަށް ޔަގީންވެފައި އޮތީ 2 ކަމެކެވެ. ޒިޔާދު އާއި އޭނަގެ ކައިވެނި ކުރެވޭނެއެވެ. އެކަމަކު ނަވީން އާއި ދޭތެރޭ އެ ރުހެވުނު ރުހެވުން ބަދަލެއްވެސް ނުވާނެއެވެ. މިއީ އޭނައަށް އެނގިފައި އޮތް ކަމެކެވެ. މިކަމާއި އޭނަ ކުރިމަތިލާނީ ކޮން ގޮތަކަށްކަން އެއީ އޭނަ ޕްލޭން ކޮށްފައި އޮތް ކަމެއް ނޫނެވެ. އޭނަގެ ކުށަކީ އެއީއެވެ. މިދުވަސް އަންނައިރު ވާންޖެހޭ ތައްޔާރީތައް ވެވިފައި ނުވާތީއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ގައިމުވެސް މަންމަ ކައިރިއަކު ނުބުނެވޭނެއެވެ. މިހާރުވެސް އަބަދު އަބަދު މަންމަ އާއި ބައްޕަ ނަވީންގެ ވާހަކަ އައްސަވައެވެ. ވީކީއްތޯއާއި ނަވީން އެގެއަށް ނައަންނަނީ ކީއްވެގެންތޯ ސުވާލު ކުރައްވައެވެ.

ހަދާނެ ގޮތެއްވެސް އިނާގެ ވިސްނުމަކަށް ނައެވެ.

އަނެއްކޮޅުން ނަވީންވެސް ހަމަ އެ ހާލުގައެވެ.
ދެން ބާއްވާލާނަމޭ އިނާ ބުނި ރާގުންވެސް ލިބުނީ ހިތްހަމަ ނުޖެހުމެކެވެ. ލިބުނީ ތަދެކެވެ. އެއީ އޭނަ އުއްމީދު ކުރި ގޮތެއް ނޫނެވެ. އޭނަ ހީކުރީ އިނާ އޭނަ ހުއްޓުވާނެ ކަމަށެވެ. އަދި އިރުކޮޅަކު މަޑުކޮށްލަދޭށޭ ބުނާނެ ކަމަށެވެ. އެކަމަކު އިނާ ބާއްވައިފިއެވެ.

އިނާ އޭނައަށް ކުރި ފުރަތަމަ ފޯންކޯލްގެ ހަނދާންތައް އެކިއެކި ޖުމްލަތައް ވަކިވަކިން ނަވީންގެ ސިކުނޑީގައި ހިނގަމުން ދިޔައެވެ. އެރީތި އަޑު، ފޯން އިވޭއިރު އަދި މާ ރީއްޗެވެ. ގައިގެ އެންމެ ހިމަނާރާހަމައަށްވެސް އަސަރުކުރުވާކަހަލަ ގޮތެއް އެ އަޑުގައި ހުއްޓެވެ.

ހަމައެކަނި އަޑެއް ނޫނެވެ. އެ ރީތި ސިފަ....
އިނާގެ ރީތި ސިފަ ނަވީންގެ ސިކުނޑީގައި ބުރުޖަހަން ފެށިއެވެ.

އެއީ އާދަޔާ ޚިލާފް ރީތި ކަމެކެވެ.
އޭނަ އަބަދުވެސް އަޑު އަހައެވެ. އައްޑުއަތޮޅަކީ ރީތި މީހުން އުޅޭކަމަށް މަޝްހޫރު އަތޮޅެކެވެ. އެހެން ނަމަވެސް އިނާއަކީ އޭގެ ތެރެއިންވެސް ހޮވާލެވޭނެ އަންހެން ކުއްޖެކެވެ. ކުރިން އިނާ އެނގިފައި ނެތް މީހަކަށް އެއީ ދިވެއްސެކޭވެސް ނުބުނެވޭނެއެވެ. ޔޫރަޕްގެ އެންމެ ރީތި އަންހެންކުދިންގައިގައި ހުރި ހުރިހާ ސިފައެއް އިނާއަށް ލިބިފައި ވެއެވެ. ގައިގެ ކުލަ ޖަންބުކުލަވެފައި އެހާ އޮމާނެވެ. އިސްތަށިގަނޑުގައި އެ ހުންނަ މަޑުމަޑުރަންކުލައާއި ހަމަ އެކުލައިގެ ކަޅިއެއް ލިބިފައިވާ ރީތި ލޮލަކީ އިނާއާއި ހަތަރުކަޅި ހަމަކޮށްފި ކޮންމެ މީހަކުވެސް އިރުކޮޅަކަށް ބަސް ހުއްޓި ހިމޭންވާފަދަ ރީތި ކަމެކެވެ. މާތްކަލާނގެ އިނާއަށް ދެއްވާފައިވަނީ ރީތިކަމާއި ޖާދުވީ ހުރިހާ ސިފައެކެވެ.

އޭނައަށް ޔަގީނެވެ. މިއީ އިނާ ދެކެ އޭނައަށް ވެވޭ ލޯތްބެއްގެ ސަބަބުން ދެކެވޭ ގޮތެއް ނޫނެވެ. އިނާ ފެނުނު ކޮންމެ މީހަކުވެސް އެނބުރި އެނބުރިފައި އިނާއަށް ބަލައެވެ. އޭނައަށް އެ މަންޒަރު ވަނީ ފެނިފައެވެ.
އިނާއަކީ ހަގީގަތުގައިވެސް ރީތީގެ ރާނީއެކެވެ. އެއީ އޭނަ މޮޔަކޮށްލުވި ރީތި ކަމެކެވެ. އެ ރީތިކަމުގެ އަސީރަކަށް ވާން ހިތް އެދެވުނު ރީތިކަމާއި ނަލަ ކަމެވެ.
އަދި އެ އަޚްލާގާއި ޚުލްގު ހެޔޮ ކަމާއި އޯގާތެރިކަމާއެކު އެ ހިނިތުންވެލާ ހިނިތުން ވުމަކީ އެ ހިނިތުންވުން އަބަދުވެސް އޭނަ ދެކެން ބޭނުންވި ކަމެކެވެ. އެ ހިނިތުންވުމުން އޭނަގެ ކޮންމެ ދުވަހެއްވެސް ދިއްލައި އުޖާލާ ކުރެވޭނެކަމަށް އޭނަ އުއްމީދުވެސް ކުރިއެވެ. ހުވަފެންވެސް ދެކުނު މެއެވެ.
އެކަމަކު ...........
މިހާރު ހަމައެއްވެސް އުއްމީދެއް ނެތެވެ. އިނާއަކީ އެހެން މީހަކަށްޓަކައި މުޅިން ހިބަވެފައިވާ އަންހެންކުއްޖެކެވެ. އޭނަ ކަހަލަ އެހެން ފިރިހެނެއްގެ ހައްގެކެވެ. އޭނައާއި އިނާއާއި ދެމެދުގައި އެއްވެސް ގުޅުމެއް އުފެދިފައިވެސް ނެތެވެ. ނުވެސް އުފެދޭނެއެވެ.
އެކަން އެންމެ ބޮޑަށް ޔަގީންވަނީ އިނާ ދެންމެ އެ ކުރި ފޯންކޯލުންނެވެ.
އިނާގެ ފަރާތުން އިނާ ދައްކަން ބޭނުންވި ވާހަކައެއް ދައްކާފައި އިނާ ފޯން ބާއްވައިފިއެވެ. އެހިސާބުން އޭނައާއި އިނާގެ ގުޅުން އެއްކޮށް ކެނޑުނީއޭ ނަވީންއަށް ހީވާން ފެށީ އަދި ކިރިޔާއެވެ.

ސިޓީންރޫމް ސޯފާގައި ނަވީންއަށް އިނދެވުނީ ކިހާއިރެއްވަންދެންކަން ޚުދު ނަވީނަށްވެސް ނޭނގެއެވެ. ކުރެވުނު ހިތްދަތި އިހްސާސެއްގެ ސަބަބުން ނީނދެވިގެން ތެދުވެއްޖެއެވެ. އެ ބޮޑުގޭގައި އެކަނި އިންނަހިތެއްވެސް ނަވީން ނުވިއެވެ. އެހެންކަމުން ކާރުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ނުކުމެއްޖެއެވެ. ތާޒާ ވަޔާއި ހުސް މަގުތަކުގައި ކުޑަކޮށް ދުއްވާލައިގެން ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.

** ** ** ** ** ** ** **

އެރެއަކީ ނަވީން އާއި އިނާގެ ގުޅުމުގެ އެންމެ ފަހު ދުވަހެވެ. ނޫނީ އެއީ ނަވީން ނިންމި ގޮތެވެ. އިނާއާއި އޭނަ ދައްކާނެ ވާހަކައެއް ނެތި ހުރިހާ ގުޅުމެއް ނިމިއްޖެއެވެ.
ތެދެކެވެ. ނަވީން އެހެރީ އިނާ އާއި އެ ގުޅުމާއި އެ އާއިލާއައި އެ ހުރިހާ ކަމަކާއި ދޭތެރޭ ގޮތް ނިންމައިގެންނެވެ.

އިނާއާއި ދުރުވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ނަވީން ކުރާނެއެވެ. އަޒުމަކީ އެއީއެވެ.
އެކަމަކު އެގޮތުގައި ސާބިތުވެ ހުންނަން ނަވީނަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. ޚާލިދު ނަވީނަށް ގުޅުއްވާތީއެވެ. ޚަބަރު ނުވާތީއާއި ގެއަށްވެސް އައިސް ނުލާތީއެވެ. އޮފީސް ބިޒީކަމުގެ ބަހަނާ ނޫން ބަހަނާއެއް އޭނަ ދައްކަން އޮންނާނެ ހެއްޔެވެ؟ އަމިއްލަ ރަށެއް ނޫނެވެ. ވަޒީފާ ފިޔަވައި އިތުރު ކަމެއް ނޯވެއެވެ. ބުނަން އޮތްހާވެސް އެއްޗަކީ އެއީ ކަމަށްވާތީ ނަވީން އައީ އޮފީސް މަސައްކަތުގެ ނިވަލުގައި ފިލަމުންނެވެ.

2001 ގެ ޑިސެމްބަރު މަސް ނިމި ޖެނުއަރީ ފެށުނުއިރު ހިތަދޫގައި ހުންނަ ހިތް ނަވީން މުޅިން ކެނޑިއްޖެއެވެ. އެކަމަކުވެސް ވަޒީފާގައި އެއްބަސްވެފައިވާ މުއްދަތު ހަމަވަންދެން އެރަށުގައި ހުންނަން ޖެހޭނެތީ ހުރީއެވެ.

މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ދެފަހަރަކު ނަވީނަށް އިނާ ފެނިފައި ވެއެވެ. ދިމާވެދާނެކަމަށް ލަފާ ކުރެވޭ މަގަކުންވެސް ނުގޮސް ހުރި ނަވީނަށް އިނާ ނުފެނުމަކުން އަދި ބައްދަލު ނުވުމަކުން ނަވީންގެ ހިތުގައި އިނާއަށްޓަކައި އޮތް ލޯތްބެއް ބަދަލެއްނުވެއެވެ. އުނިކަމެއް ނާދެއެވެ. އޭގެ ބަދަލުގައި ކުރިއަށްވުރެ ބޮޑަށް ހަނދާންވާހެން ނަވީނަށް ހީވެއެވެ. އެހެންކަމުން އެކަމަށް ކުރަމުން އައިހާ މަސައްކަތެއް ބޭކާރުވާހެންވެސް ނަވީނަށް މިހާރު ހީވަނީ މާ ބޮޑަށެވެ.

*******(ނުނިމޭ)********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.


Posted on 2010-12-11 14:27:00 | Report this Comment
ޒާމް:
މި ވާހަކައިގަވެސް ހަމަ "ޒީނިޔާ" ގެ ނަން ބޭނުން ކުރެވެނީދޯ........... ވަރަށް ރީތި މިބައިވެސް.

ފަތިސްތަރި: ހެހެހެހެ.....ދޮގެއްވާނޫން. އެކަމަކު އެއީ ބޮޑާނަފްސު ލިޔުނު ދުވަސްކޮޅު ލިޔުނުބައެއްވީމަ ޒީނިޔާގެ ނަން ލިޔެވުނީ. ދެން ލިޔެވިގެން ނުވާނެ. ސޮފާ ބަލާނަން ސަމާލުވެވޭތޯ. އެކަމަކު ނުބައިކޮށް ލިޔެވިފަ އިނިއްޔާވެސް ޒާމް މެންކަހަލަ ކުދިން ވާނެ އަންގާލަދޭން. އިނގޭ. ޝުކުރިއްޔާ.!!!

ޒާމް: އޯކޭ......


Posted on 2010-12-11 16:52:59 | Report this Comment
އަނާ،:
ވަރައްރީތި މިބައިވެސް،ސޮފާވާހަކަތަކުގަލޯބައްޓަކާވަރައްއިންތިޒާރުކުރަންޖެހޭ،ސޮފާއައްތަޖުރިބާކުރަންޖެހުނީތަ؟ވަރައްރީތި،

ފަތިސްތަރި: ލިޔާ މީހާ ލިޔާނީ އޭނަގެ ތަޖްރިބާއޭތަ ތިބުނީ؟ އަދި އެއްފަހަރު އަޅެ ވިސްނާލަބަލަ. ހަމަ އެހެންތަ ވާނީ؟؟؟


Posted on 2010-12-11 17:08:24 | Report this Comment
ހާމް:
މިވާހަކައިގެ މައި ހާދިސާ ވެސް ހީވަނީ ވަރަށް ސަޅިހެން. އެކަމަކު ނިމިފައި، ކުރީބައިގައި ކިޔުންތެރިންނަށް އެނގިފައި ހުރި ބައިތައް ޚުލާޞާކޮސް ކިޔައިދީފައި ހުންނާތީ ވާހަކައިގެ ވައްޓަފާޅިގަނޑު އެހާ ހިތްގައިމެއް ނޫން. މައިގަނޑު ހާދިސާގެ އެކި ކޮޅުތައް ނިއުޅެމުން ފްލޯވަމުންދާގޮތަށް ގެންދިޔައިމަ ބޮޑަށް ސަޅިވާނީ އިނގޭ. ފަތިސްތަރީގެ ޚިޔާލު ވަރަށް ފުރިހަމަ. އެކަމަކު ހަމަ މިހެން ބުނެލާހިތްވީ. އުއްމީދުކުރަން ރަނގަޅު ކޮމެންޓަކަށް ވާނެކަމަށް.

ފަތިސްތަރި: ކުރީބައިގައި އެނގިފައިހުރީ ކޮން ވާހަކަތަކެއްކަން ބުނެދީފާނަންތަ؟ އަދި ބުނެލަން ބޭނުން....ވާހަކައެއް ކިޔާ ނުނިމެނީސް ވާހަކައަކަށް ޖަޖް ކުރެވޭނެހެން ހަމަ ހީނުވޭ އިނގޭ ސޮފާއަކަށް. މިއީ ވެބްސައިޓެއްގައި ޑެއިލީ އަޕްޑޭޓްސް އެކިބައިބަޔަށް ގެނެސްދޭ ވާހަކަ އަކަށް ވީމަ ފާޑުކިޔޭނީ ލިޔެފަ ހުރި ބައިތަކަށް އެކަނިހެން ހީވަނީ. ކުރިޔަށް އޮތް ބައިތައް ނޭނގޭއިރު އެއަށް އެއްޗެއް ބުނަން އެނގުމަކީ އެއީ ވެދާނެކަމެއްހެން ހާދަ ހީނުވެއޭ.

ނުދަންނަ މީހާ: ހަމަ ހާމްގެ ކޮމެންޓް ކިޔާލާފަ އެއްޗެއް ނުބުނެ ނުހުރެވިގެން ލިޔަން ގަސްދުކުރީ. ހާމްގެ ކޮމެންޓްތައް މި މުރާސިލްގެ ވަރަށް ގިނަ ލިއުންތަކުން ފެނޭ. އެކަމަކު ހާމްގެ ކޮމެންޓްތައް ކަމަކު ނުދޭ. މީހުންގެ ހިތްމަރާލާ ކުރިމަރާލާ ކަހަލަ ގޮތެއް ތި ގެންގުޅެނީ. ހާމްއަކީ އެންމެ ރަނގަޅަށް ވާހަކަ ލިއުން ދަންނަ މީހާކަމަށްވަންޏާ ކީއްވެބާ ހާމް ވާހަކަ ނުލިޔަނީ. މަލާމާތުގެ ރާގަށް ކޮމެންޓް ކުރުމުގެ މަގްޞަދަކީ ކޮބައިބާ؟


Posted on 2010-12-11 17:31:36 | Report this Comment
އަމާޒް:
ވާހަކަ ސަޅި. އެކަމަކު ބައެއް ކިޔުންތެރިން ދީފައިވާ ކޮމެންޓްތަކަށް ލިޔުންތެރިޔާ ދީފައިވާ ކޮމެންޓްސް އެހާ ހިތްގައިމެއްނޫން.. ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލު މުޅިން ތަފާތުވާނެ..އެކަމަކު.. ކިޔުންތެރިންނަށް ބޮޑަށް ފާޑުކިޔަން އިނގޭނީ..


Posted on 2010-12-11 18:13:04 | Report this Comment
އާޔާ:
އަސްލުކިހިނެއް މިވަނީ؟ ފަތިސްތަރީގެ ވާހަކަ ޕަބްލިޝްކުރަން ފަށާއިރަށް މާ ޒާތީ ކޮމެންޓްތައް މި އަންނަނީ ކީއްވެ؟ ހަމަ ކިއުންތެރިންގެ އައިޑިއާ ބުނިގޮތަށް ފަތިސްތަރިއަށްވެސް ފަތިސްތަރި ދެކޭގޮތް ބުނެވޭނެނު. ކޮބައިތަ މައްސަލައަކީ. އާޔާއަކީ ފަތިސްތަރީގެ ވާހަކައަށް ވަރަށް ސަޕޯޓްކުރާމީހެއް. މިވާހަކައިގައިވެސް އަދި މިވަނީ ކިހިނެއްކަން ވިސްނައިގަންނަންވެސް އާޔާއަކަށް ނޭނގެ. އެކަމަކު އެނގޭ މިވާހަކަވެސް މި ދަނީ ބޮޑެތި ކަންތައްތަކަކާއި ދިމާލަށްކަން. ކުރިއަށް ދާން އުޅޭމީހަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކީއްވެގެންތަ އެންމެން ހަސަދަ ފިލުވަނީ. ފަތިސްތަރި މި ކޮމެންޓް އެޕްރޫވް ކުރައްޗޭ. ފަތިސްތަރި އަމިއްލައަށް މިހެން ބުނޭތޯ ހުރެހުރެ ނުބުނީމަ އާޔާ މިބުނީ އެންމެ ފަހުން މިހެން. ކޮންމެވެސް މައްސަލައެއް އެބައުޅޭކަންނޭނގެ ފަތިސްތަރިއާއި މި ކިއުންތެރިންނާ ދެމެދު. މުރާސިލްގަ ހުންނަ އެހެން ވާހަކަތަކަށް މިކަހަލަ ކޮމެންޓް އައިސްފަ ހުއްޓައެއް ނުފެނޭ. އެހެންވެ ކަންބޮޑުވަނީ. ފަތިސްތަރިއަށް އަބަދުވެސް އާޔާ ސަޕޯޓް ކުރަން. ކުރިއަށްވުރެވެސް ރަނގަޅު ވާހަކައަކަށް މި ވާހަކަ ހަދާދޭނެކަމަށް އުއްމީދު ކުރަން.


Posted on 2010-12-11 18:37:08 | Report this Comment
ފާތުން:
ވާހަކަ ވަރަށް ހިތްގައިމު...ސޮފާ ހާދަ ދުވަހެއް ކޮށްލާފައޭ ދޯ މި ފެނުނީ......އެއްމީދުކުރަން ދެން ގަވާއިދުން ފެންނާނެކަމަށް.....އިތުރު ކަމެއް ދިމާނުވާނަމަ.....އަނެއް ބަޔަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަން.....ގުޑްލަކް....(:


Posted on 2010-12-11 19:49:58 | Report this Comment
ފްރެންޑާ:
(އަނާ) ގެ ކޮމަންޓް ގަ ބުނެފައިން ވާހަކަ އަށް ފްރެންޑާގެ ހިތުގަވެސް ސުވާލު އުފެދޭ. ވާހަކަ ވަރަށް ރީތި، އެކަމަކު އަޕްލޯޑްވާލެއް މާބޮޑަށްލަސްވަނީ. ކުރީގެ ބައި ހަނދާންނެތޭހާ ދުވަސްވެއްޖެ މިހާރުވެސް، ވާހަކަ ވަރަށް ރީތި..


Posted on 2010-12-12 03:17:12 | Report this Comment
އަނާ:
އަނާ،ހީވާގޮތުގަލިޔުންތެރިން ކޮންމެމައުލޫއަކައްވެސްލިޔެވިދާނެ،އެކިމީހުންލިޔާނީއެކިގޮތައްއެކިމީހުންކޮމެންޓުކުރާގޮތްތަފާތުވާނެ


Posted on 2010-12-12 09:34:59 | Report this Comment
ނާއި:
ވަރށްރީތި ....ބޮޑާނަފްސު މިވާހަކައިގެ ފުރަތަމަ ބައިތައް ކިޔާލަން ލިބޭނީ ކިހިނަކުން ހެއްޔެވެ.....
ފަތިސްތަރި: ނާއި....ވަރަށް ދެރަ. އެބައިތައް ނުހުންނާނެ މުރާސިލްގަ މިހާރު. ނާއި ކިޔާލަން ބޭނުމިއްޔާ ދީފާނަން . ކިހިނެއް އެކަމަކު ދެނީ؟

ފަތިސްތަރި: އަޅެ ތިކުދިން ތިހާ ދެރަވެގެން ބުނާތީ ސޮފާވެސް ދެރަވޭ އެބަ. އެކަމަކު ބުނަން. ދެރަނުވޭ. ސޮފާ ވަރަށް އެބަ މަސައްކަތް ކުރަން އެ ވާހަކަ އެއްކޮށް ކިޔާލަން ލިބޭނެ ގޮތެއް ވޭތޯ އިނގޭ. އެންމެ ރަނގަޅުތަ؟


Posted on 2010-12-12 10:43:03 | Report this Comment
ފަޒާ:
ނައިސް...ބަޓް އަޕްޑޭޓް ވާލެއް ވ ލަސް..!!


Posted on 2010-12-13 11:09:03 | Report this Comment
ނާއި:
އަލުންމުރާސިލް އަކަށް ބޮޑާނަފްސް ނުލެވޭނެތޯ....


Posted on 2010-12-13 16:12:29 | Report this Comment
މީ...މަ:
ކުރިން ބުނެވުނީ ޕޮޓޯގެ ކުލަތައް ރީއްޗޭ ދޯ. އަސްލު... ވާހަކަ ކުރިޔަށްދާ ވަރުން ޥާހަކައިގެ ފެންވަރު ފެނޭ އެބަ. ދެން އަންނަން އޮތްބަޔަށް އިންތިޒާރު ކުރެވޭ ވަރަށް ޥާހަކަ ރީތި ވީމަ ކަމަށް މި ބަލަނީ މިހެން މި ވަނީ.

ފަތިސްތަރި: ތިކުރާ ކޮމެންޓްތަކުގަ އެބަހުރި އެހެން ރާގެއް އިނގޭ. އެހެންވެ ސުވާލު އެބަ އުފެދޭ ކާކުބާއޭ ތިއީ.


Posted on 2010-12-13 16:18:05 | Report this Comment
މީ...މަ:
މި ވާހަކަ އާ 'ފޯންކޯލް' އާ ހުރި ގުލުން އެނގޭނެ ދޯ އަދި ފަހުން؟

ފަތިސްތަރި: މިވެސް ހަމަ މަތީގަ އެ އިން ރާގުގެ ކޮމެންޓެއް. އެކަމަކުވެސް ބުނެލާނަން.......ފަހުންވެސް "ފަރުވާވެ" ކިޔައިފިއްޔާ ކަންނޭނގެ އެނގޭނީ ފޯންކޯލް ، އެ ނަމާއި މިވާހަކައާއި ހުރި ގުޅުމެއް. ގުޅުމެއް ނެތިއްޔާވެސް ސޮފާއަށް އަންގާލަދެއްޗޭ އިނގޭ. ޝުކުރިއްޔާ.!!


Posted on 2010-12-13 22:49:48 | Report this Comment
މީ...މަ:
"ފަރުވާވެ"...؟؟؟ ބަލާނަން އިނގޭ ތިކަން ވޭތޯ! މަރުޙަބާ!


Posted on 2010-12-14 11:02:16 | Report this Comment
aayaa:
vaahaka varah reethi ingay. ekam thankolheh laheee genesdhayleh. ummeedhu kiuran mivaahakaves bodaa nafsu haa reethi vaaane kamah. goodluck......


Posted on 2010-12-14 13:36:46 | Report this Comment
ޝަޒް:
Sofaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa…………..misssssssssssss ya soooooooooooooooo much………..…haadha dhuvaheh kohllaafa………….. shax hee kuree sofa ah kameh veema kamah………goooood to see ya again …….anehkkaa ehkoh kiyan mi jehunee………...kunrin v goi hadhaaneh nei…….hehehe………dhen kon irakutha update vanee………shax adhives bodaanafsu miss vey ………….


Posted on 2010-12-14 15:22:23 | Report this Comment
ޒީން:
ބޮޑާނަފްސުގެ ޕާޓްތައް އަލުން އަޕްލޯޑް ކުރަންވީނު. ވަރަށް ބޭނުން އަލުން ކިޔާލަން.ވަރަށް ރީތި އެވާހަކަ. އުއްމީދު ކުރަން 'ފޯންކޯލް' ވެސް އެހާ ފުރިހަމަ ރީތި ވާހަކައަކަށް ވާނެކަމަށް.... ސޮފާއަށް އިތުރު ކުރިއެރުންތަކަށް އެދެން..

ފަތިސްތަރި: އަޅެ ތިކުދިން ތިހާ ދެރަވެގެން ބުނާތީ ސޮފާވެސް ދެރަވޭ އެބަ. އެކަމަކު ބުނަން. ދެރަނުވޭ. ސޮފާ ވަރަށް އެބަ މަސައްކަތް ކުރަން އެ ވާހަކަ އެއްކޮށް ކިޔާލަން ލިބޭނެ ގޮތެއް ވޭތޯ އިނގޭ. އެންމެ ރަނގަޅުތަ؟ އަދިވެސް ބުނެލަން ބޭނުން. މަސައްކަތް ކުރާނަން ފޯންކޯލް ވާހަކަވެސް ތިކިއުންތެރިންނަށް ރީތި ވާހަކައަކަށް ހެދޭތޯ. ޝުކުރިއްޔާ


Posted on 2010-12-14 21:30:02 | Report this Comment
އިނާ:
ފަތިސްތަރިގަނޑާ.........ކީއްތަ ތި ކުރަނީ..ތިހެން ނަހަދާ ވާހަކަ އަވަހަށް ގެނެސް ދީބަލަ. މިވާހަކަ ކިޔަންފެށީމަ އެބަ އެނގޭ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް އެބައުޅޭކަން މި ވާހަކައިގަ. އަވަހަށް ގެނެސްދީ......ޕްލީޒް........


Posted on 2010-12-14 21:34:07 | Report this Comment
ޝަހީ:
މިވާހަކަ ލަސްވާތީ ވަރަށް ދެރަވޭ. އަވަހަށް އަޕްލޯޑްކޮށްބަލަ.


Posted on 2010-12-15 00:08:14 | Report this Comment
މީ...މަ:
ޞޮފާ ބަލީތަ؟ އަޅެ ފަހެ ހައިރާނެއް ނުވާނެތަ؟ މިތިބަ އެންމެނަށް މި ވާވަރު ނުފެންނަނީތަ ހަމަ؟


Posted on 2010-12-15 12:34:03 | Report this Comment
ޝަޔާ:
އޭ! ފަތިސްތަރީ........... ؟ ހާދަލަހޭ އަޕްޑޭޓް ވާލެއް؟ މިހާރު ތީނަގެ ތިޔަ "ފޯންކޯލް" އަށްޓަކައި އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެ. ދެން މިވަރަށް އިންތިޒާރު ނުކުރުވާ! އަޅެ ޕްލީޒް އިގޭ. ބޭނުން ކޮންމެ ދުވަހަކުވެސް އެއްފަހަރު ތިޔަ "ފޯންކޯލް" . އޯކޭ އުއްމީދު ކުރަން....... ވަރަށް މިސްވޭ!!!!!!!!!!!


Posted on 2010-12-15 20:45:11 | Report this Comment
ފްރެންޑާ:
ވާހަކަ ކިޔާހިތުން މިހާރު ހުރެވެނީކީނޫން. ކޮންދުވަހަކުންތަ ދެން އާ ބައެއް ކިޔަން ލިބޭނީ. ނުލިބޭނެތަ އެއްކޮން ކިޔާލާކަށް.


Posted on 2010-12-17 11:50:15 | Report this Comment
ނަޖޫ:
ބޮޑާ ނަފްސު ވަރަށް ހޯދައިފިން....ނުފެނުނު...އެވާހަކަ ކިޔާލަން ކިހިނެއް ހަދަން ޖެހޭނީ.........


Posted on 2010-12-18 21:17:24 | Report this Comment
ޒީ:
ވާހަކަ ރީތި.ތަންކޮޅެއް އަވަހށް ގެނެސްދޭނެ ނަމަ........


Posted on 2010-12-18 23:05:55 | Report this Comment
ފާތުން:
ސޮފާ؟؟؟ އަޅެ ކޮންއިރަކުންތަ އަޕްވާނީ.....މި ވާހަކަ ވ ކިޔާހިތުން މި ހުރީ...އުއްމީދުކުރަން ރިޕްލައިއެއް ފޮނުވާނެކަމަށް....ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން......

1 comments:

Hi all readers....welcome to my blog.
mi vaahaka kurin publish koffaivaneee muraasil ga kamah vaathee mi blog ga post koffa mi hiree muraasil ga huri gothah e coment thakaa eku. Thanks a lot.

 

Post a Comment