FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 33 ވަނަ ބައި


"އަހަންނަކަށް ނޭނގޭނެ މާ ފަށުވި އިބާރާތްތަކެއް. އެކަމަކު އަހަރެން ބޭނުންވަނީ ދިލްމާއަށް ދިމާވާ ކޮންމެ ކަމެއްގައި އެހީވާ މީހެއްގެ ގޮތުގައި އަބަދުވެސް ދިލްމާ ކައިރީ ހުންނަން. އުމުރުގެ ބާކީ އެންމެ ދުވަހެއް އޮތަސް އޮތްހާ ދުވަހެއް ދިލްމާއާއެކު އުޅެން ބޭނުންވަނީ. އެކަމަކު ހުރިހާ އިޚްތިޔާރެއް އޮތީ ދިލްމާގެ އަތުގަ. އަހަރެން މިބުނީ އަހަރެން އެދޭ ގޮތް. އަހަރެން ނުބުނާނަން ދެބަސް ނުވާނަމޭ....ނުރޮއްވާނަމޭ ހިތުގަ ނުޖައްސާނަމޭ......އެހެނެއް ނޭނގެ
ބުނާކަށް. އެކަމަކުވެސް ޔަގީންކަން ދީފާނަން. ދިލްމާއަށް ދެރަވާ ހަމަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ގަސްތުގައެއް ނުކުރާނަން. އެކަން ޔަގީން. ދެން ގޮތް ނިންމާނީ ދިލްމާ." ދިލްމާ ދެކެ ހުސެން ވާ ލޯބި ހުސެން ބުނެދިނީ ސާފު ތިލަ އިބާރާތުންނެވެ. ދިލްމާ އެއަޑު އެހީފަރުވާތެރިކަމާއެކުގައެވެ. ކޮންމެ ބަހެއް ކޮންމެ ޖުމްލައެއް ވަކިވަކިން ހަނދާނުގައި ހަރުލައްވަމުންނެވެ.

ވާރޭވެހޭ ވަރަކަށް ވެހުނެއްކަމަކު، އަދި އެއްއަޑަކަށް މާހައުލުގައި ވާރޭގެ އަޑު ހުއްޓެއްކަމަކު ދިލްމާ އާއި ހުސެންގެ ދެމެދަށް އައިސްފައިވަނީ ވަރުގަދަ ހިމޭން ކަމެކެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަނީ އަނެއް މީހާ ބުނެލާނެ އެއްޗަކަށެވެ.

"
ކިހިނެއް ތިހެން ޔަގީންކަން ދޭން އެނގެނީ. އެކަހަލަ ދުވަހެއް އައިއްސިއްޔާ ދެން ބުނާނީ ކީކޭ." ދިލްމާ އަކީ މީހުން ދައްކާ އެފަދަ ވާހަކަތައް ފަސޭހައިން ގަބޫލުކުރާނެ މީހެއް ނޫނެވެ.
"
އެދުވަސް އަންނަން އުޅެންޏާ.....އެއަށްވުރެ ކުރިން އަހަރެން ދިލްމާގެ ހަޔާތާ ދުރަށް ދާނަން. އަހަރެންގެ ފަރާތުން ދިލްމާއަށް ދެރައެއް ދެވުމުގެ ކުރިން އަހަރެން ދާނަން ދިލްމާއާއި ދުރަށް. " ހުސެން އަކީ އާދަޔާ ޚިލާފު ވަޢުދުވާ ލޯބިވެރިޔެކޭ މި އަޑުއަހަން ހުރި ދިލްމާގެ ހިތަށް އެރިއެވެ.

"
ބުނެބަލަ.........ދިލްމާ ކީކޭ ބުނަނީ މިކަމާ.....މިހާރު ވަރަށްދުވަހު އިންތިޒާރުކޮށްފިން." ހުސެން ބޭނުންވަނީ ދިލްމާގެ އަނގައިން އެކަމާއިބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނުމަށެވެ.

"
ހުސެން އަބަދު ހޮސްޕިޓަލްތެރެއިން ފެންނަނީވެސް އެހެންވެތަ؟" ދިލްމާ ކުރީ މުޅިން އެހެން ސުވާލެކެވެ.
"
ނޫނޭ............" ލުއި ހީލުމަކާއެކު ހުސެން އޭނަގެ މޫނުމަތިން ފެންތައް ފޮހެލިއެވެ. ހުސެން ގާތަށް ހިނިއައީ ދިލްމާ އެ ސުވާލު ކޮށްލި ގޮތުންނެވެ.
ކޮންމެއަކަސް، ނޫނެކޭ ހުސެން ބުންޏެއް ކަމަކު އެ ޖަވާބަކުން ދިލްމާ އެ ވާހަކަ ގަބޫލުކުރިހެނެއް ހިއެއް ނުވެއެވެ. އެހެންކަމުން ދިލްމާ އެ ބޭނުންވާ ޖަވާބު ދިނުމަށް ހުސެން ވިސްނިއެވެ.

"
ދިލްމާ ފެނުނީ ހޮސްޕިޓަލުގަ އުޅެން ދިމާވީމައޭ ބުނިއްޔާ ރަނގަޅުވާނީ........ކާފަ ހޮސްޕިޓަލުގަ ބާއްވައިގެން އުޅޭތީ، ދުވަސްކޮޅެއް ވެއްޖެ ރެޔާދުވާލު އެތާ އުޅޭތާ. ހަގީގަތަކީ ރަށަށް އަންނަންޖެހުނީވެސް ކާފަ ބަލިވެގެން. އެކަމަކު.....އެއީ ދިލްމާވެސް ފެންނަންވެގެން ދިމާވިގޮތެކޭ މިހާރު ހިތަށް އަރަނީ." މާ ރީތި ހިނިތުންވުމަކާއެކު ހުސެން ބުނެލިއެވެ. އަސަރުގަދަ ގޮތަކަށް ދިލްމާއަށް ބަލާލަމުންނެވެ.

ދިލްމާ އެއްޗެއް ނުބުނެއެވެ. ހުސެން އަށް ބަލަން ހުރެފަ މަގުމައްޗަށް ބަލާލިއެވެ.
"
ހިއެއްނުވޭ އެހެންނެއް......." ވާރޭގެ ތެރެއަށް ބަލަން ހުރެފައި ދިލްމާ ދިން ޖަވާބު ކުރުވެފައި ހީކުރިގޮތާއި ޚިލާފެވެ.
"
ތިބުނީ......؟؟؟" ހުސެންއަށް އޮޅުމެއް ނުފިލިއެވެ.
"
މިބުނީ.......ހިއެއް ނުވެޔޭ އެހާ ދުވަހެއްވަންދެން ވިސްނާފަހެން ތި ވާހަކަ ތި ދައްކަނީ......" ދިލްމާވެސް ތަފްޞީލްކޮށްދިނެވެ.
"
މާނައަކީ.........؟؟" ކުރިއަށްވުރެވެސްބޮޑަށް ހުސެންއަށް އޮޅުންއެރި ކަހަލައެވެ.

"
މިހާރު ވަރަށް ލަސްވެއްޖެ....." ދިލްމާ މިހެން ބުނެފައި ކޮތަޅުތައް އަތަށް ހެޔޮވަރު ކުރަން ފެށިއެވެ.
"
ތިބުނީ ކީކޭ......ދިލްމާ ތިއީ އެހެން މީހެއްގެ....؟؟" ހުސެންއަށް ލިބުނު ހައިރާންކަމުގައި ހިތަށް އެރިއެތި ދުލުން ބުނަންވެސް ހުސެން ބޭނުން ނުވީއެވެ.
"
މިބުނީ މިހާރު ވަރަށް ލަސްވެއްޖެޔޭ....ދަނީއޭ....." މިހެން ބުނެފައި ދިލްމާ ދާން ހިނގައިގަތެވެ. ލަސްވެއްޖެއޭ އޭނަ ބުނުމުން އޭގެ މާނައަކީ އޭނައަކީ އެހެން މީހެއްގެ ހައްގެކޭ ހުސެންއަށް މާނަ ކުރެވުނީތީ "އެތެރެއިން" ހިނިއައިސް ހުރެއެވެ.

"
ދަނީއޭ...........؟؟؟ " ހުސެންއަށް ލިބެނީ ހައިރާން ކަމެވެ. ހުސެންގެ އެ ހައިރާންކަން ފެނިފައި ދިލްމާވެސް ވަނީ ހައިރާނެވެ. ހުސެން ދައްކާހާ ވާހަކައެއް އެގޮތަށް އޭނަ ގަބޫލުކުރާނެ ކަމަށް ހުސެން ހަމަ ހީކުރީހެއްޔެވެ؟ އޭނައަކީ އެހާ ފަސޭހައިން ފިރިހެނެއްގެ ވާހަކަ ގަބޫލުކޮށްފާނެ މީހެކޭ ހީކުރުން އެހީ ހުސެންގެ ހުރި މޮޔަ ކަމެއް ނޫންހެއްޔެވެ؟

"
ހޫމް....ދަނީ..........." އިތުރު ވާހަކަތަކަކަށް މަޑުކުރުމެއްވެސް ނެތި ދިލްމާ ހިނގައިގަތެވެ.
"
އަދި މަޑުކޮށްބަލަ........ކޮންމެވެސް ޖަވާބެއް ދީފައި ދޭބަލަ....ދިލް..........ދިލް........" ދިލްމާ ހިނގައިގަތުމުން ދިލްމާގެ ފަހަތުން ހިނގައިގަންނަމުން ހުސެން ގޮވަން ފެށިއެވެ. ނަމަވެސް ދިލްމާ، ހަމަ އެ ދިޔަ ބާރުމިނުގައި ވާރޭގެ ތެރޭގައި ހިނގައިގަތެވެ. ހުސެންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އެވީ ގޯސްކޮށެވެ. އޭނަ ހީކުރި ގޮތެއް ނޫނެވެ.
ބޯވާރޭގެ ތެރޭގައި، ގަޔަށް ބުރާ ފެނަކަށް، މަގުގައި ހެދިފައި އޮތް ޗަކައަކަށް ވިސްނުމެއް ނެތި ބާރު ބާރަށް ހިނގަމުން ދިޔަ ދިލްމާއަށް ބަލަން ހުރި ހުސެންގެ އުއްމީދު ވަރަށް ފަނޑުވެއްޖެއެވެ.

** ** ** ** ** ** ** ** ** ** **

މަންމައަށް ބަނބުކެޔޮ ކޮތަޅާއި ކުޑަ ދީފައި ދިލްމާ ގޮސް ހޮސްޕިޓަލަށް ވަންއިރު އިނާކައިރީ ޝީލާވެސް އިނެވެ.
"
ހާދަ ގޮތަކަށް ދިލް....." ދިލްމާ ވަދެގެން އައިއިރު ބަލަން އިން ޝީލާ ބުނެލިއެވެ.
"
ވަރަށް ވިއްސާރައޭ......މިހިސާބަށް އާދެވޭނެއެކޭވެސް ހީނުކުރަން." ދިލްމާއަށްވެސް އޭނަގެ މޫނުގެ ކުލަވަރު ބަދަލުކަން އެނގެއެވެ. އެކަމަކުވެސް އެ ދިލްމާ ކަމަކަށް ފަސޭހައިން އެއްބަހެއް ނުވާނެއެވެ.

"
ދެން ތިހެން ނުކިޔާ. ދައްތަ އޮންނާނީ ބުނެފަ އަންނަންވީމަ ގުޅާލާށޭ. ކާރު ފޮނުވަދޭނަމޭ. އެހެން ނަހަދާފަ ދެން ތި ވާހަކަ ނުދައްކާ...." ޝީލާ އެބުނީވެސް ދޮގެއް ނޫނެވެ.
"
މާ ޚާއްޞަ ކަމެއްވީތަ ދިލް.....؟" އިރުކޮޅަކުން ކޮންމެވެސް ކަމަކު ޝީލާ ބޭރަށް ނުކުތުމުން އިނާވެސް މަޑުއަޑަކުން މިހެން އަހައިފިއެވެ.
"
ދައްތަވެސް އެހެން....އިނާވެސް އެހެން.....އަނެއްކާ މަގޭ މޫނުގަ އެއްޗެއް ހުރީތަ؟ ކަމެއް ވެއްޖެތަ؟ ނުދެނަހުރިން." ދިލްމާ ވަރަށް ހުޝިޔާރެވެ.
"
މަންމައަށް އޮޅުވާލެވިދާނެ. އަހަންނަށް ދިލް އެނގޭނެނު އެއަށްވުރެ ރަނގަޅަށް. ބުނެބަލަ....އެއީ ކާކު.........؟" ކަމެއް ވެއްޖެހޭ ނުދެނަހުރީމޭ ދިލްމާ ބުނިއިރުވެސް ދިލްމާގެ ލޯ އޭނައާއި ހަތަރުކަޅި ހަމަކުރަން ނުކެރޭކަން އިނާއަށްވެސް އެނގުނެވެ. އެންމެ ފަހުން އެކަހަލަ ކުލަވަރެއް އެ ރަހްމަތްތެރިޔާގެ މޫނުމަތިން ފެނުނީ މީގެ އަށް އަހަރު ކުރިންނެވެ. އޭރުވެސް އެ ކުލަވަރު ވެގެން ދިޔައީ އިންތިހާއަށް ދިލްމާއަށް ވެވުނު ލޯތްބެއްގެ ފެށުން ކަމުގައެވެ. މިފަހަރުވެސް އެހެން ނޫނީ ނުވާނެއޭ އިނާ ހިތަށް އެރީވެސް އެހެންވެގެން ކަމަށް ވެދާނެއެވެ.
"
ތީ ހީވާގޮތެކޭ.........." ދިލްމާ ފެށީ ބޮލުގައި ހުރި ފެން ޓިޝޫއަކުން ފޮހެވޭތޯއެވެ. ފުދޭވަރަކަށް ތެމިފައިވާ ބޮޑު އިސްތަށިގަނޑެއްގައި ހުރި ފެން ހިއްކުމަށް ތުނި ތުނި ޓިޝޫއަކީ އެހާ އެކަށީގެންވާ އެއްޗެއް ނޫނެކޭވެސް މިވަގުތު ދިލްމާއަށް ނުވިސްނުނީއެވެ.

ދިލްމާގެ "ހީވާގޮތޭ" ގެ ޖަވާބުގެ ފަހުން ސުވާލުކުރުން ހުއްޓާލާފައި ދިލްމާގެ ހަރަކާތްތަކަށް ބަލަން އޮތް އިނާގެ ހިތަށް އެރިއެވެ.
ދިލްމާ ހަމަ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.

** ** ** ** ** ** ** ** ** **

އެ ދުވަހުގެ ދުވާލުގެ ގަޑިތައް ނިމި މިހާރު ހިނގަމުން ދަނީ ރޭގަނޑުގެ ދެވަނަ ދަމުގެ ވަގުތު ތަކެވެ. ރޭގަނޑުން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ހޮސްޕިޓަލުގައި ބޭއްވިފަހުން މިރޭ ނޫނީ މިގަޑީގައި އިނާ ހޭލާ އޮތް ރެއެއް ނާދެއެވެ. އެކަމަކު މިރޭ އިނާއަކަށް ނުނިދެއެވެ. ޚިޔާލެއް އައިސް އޭނައަށް އުނދަގޫކުރާ ވަރުންނެވެ.

"
ދަރިފުޅަށް މިރޭ ނުނިދިގެން ތިއުޅެނީ ކިހިނެއްވެގެން......ތަދުވަނީތަ....ކަމެއް ވަންޏާ މަންމަ ކައިރީ ބުނައްޗޭ....." އިނާ ކައިރީ މިރޭވެސް ހޭލާ އިން ޝީލާއަށް އިނާގެ ލޮލުން ނިދީގެ އަސަރެއްވެސް ފެންނަން ނެތުމުން ނީނދެވިގެން އަހާލިއެވެ. މަންމައާއި ދިމާލަށް ނޭނބުރުނެއް ކަމަކު ލުއި ހިނިތުންވުމަކުން އިނާ ޖަވާބު ދިނެވެ.

"
ދަރިފުޅުމެން މިތާ އުޅެއުޅެ ނުވެދާނެ ބޮޑު ކަމަކަށް. އެކަމަކު މަންމަ ވަރަށް ކަންބޮޑުވޭ ދަރިފުޅަށް ނުނިދިގެން އުޅޭތީ...." ޝީލާގެ އަޑުންވެސް ކަންބޮޑުވުން ފާޅުވެއެވެ. މަންމަ ކަންބޮޑުވާނެވަރު އިނާއަށް އެނގެއެވެ.

އެކަމަކު ނިދާ އިންޖެކްޝަން ނުދިންނަމަ ނުވަތަ ދޭ ބޭހެއްގެ ސަބަބުން ނޫންނަމަ މިތަނަކަށް ގެނައި ފަހުން އެއްފަހަރުވެސް އޭނަގެ ލޮލަކަށް ނިދި ނައަންނާނެކަން އޭނަގެ މަންމައަކަށް ނޭނގޭނެތާއެވެ.

"
މަންމައަށް އެނގޭހެއްޔެވެ؟ މަންމައަށް ތިފެންނަނީ މިރޭ އެކަނި މަންމަގެ ދަރިފުޅު ނުނިދާ ތަނެވެ. އެކަމަކު މިއިން އެއްވެސް ރެއަކު މަންމަގެ މި ދަރިފުޅު ނިދަނީ ނިދި "އައިސްގެނެއް" ނޫނެވެ. ޑޮކްޓަރުން ނިންދަވާތީއެވެ. އެހެން ނޫންނަމަ ނިދޭނީވެސް ކިހިނެއް ހެއްޔެވެ؟ ނިދާފަ އޮތަސްވެސް ހޭލާ އޮތަސްވެސް މަންމަގެ މި ދަރިފުޅުގެ ހިތުގައި ހަރުލާފައި ހުންނަނީ އެންމެ ތަސްވީރެކެވެ. ސޫރަ ވަނީ އެންމެ މީހެކެވެ. ގޮވާ އަޑު އިވެނީ އެންމެ އަޑަކުންނެވެ. ގޮނޑިމަތިން ވެއްޓެންދިޔައިރު ގައިގައި ހިފި އިހްސާސް ނޫން އިހްސާސެއް ނުކުރެވެއެވެ. ޒަޚަމެއް ވެއްޖެކަން އެނގުމާއެކު ކަންބޮޑުވެފައި އެ "މީހަކު" އުޅުނު ގޮތް ނޫން ކަމެއް ހަނދާނަކަށް ނާދެއެވެ. ދެކެން ބޭނުންވަނީ އެ މީހެކެވެ. އަހަން ބޭނުންވަނީވެސް އެ އަޑެވެ. ކިތަންމެ ބޭނުން ނުވިޔަސް މި ނޫން ކަމެއް މަންމަގެ މި ދަރިފުޅުގެ ހިތާ ސިކުނޑިއަކު މިހާރަކު ނުވެއެވެ. މަންމަ އެކަމާ ކަންބޮޑެއް ނުވޭހެއްޔެވެ؟" އިނާގެ ހިތާހިތާ އިނާ ވާހަކަ ދެއްކިއެވެ. ދުލުން ދުވަހަކުވެސް ހާމަކުރަން ނުކެރޭނެ ވާހަކަ ތަކެކެވެ.

އިނާގެ ވަށައިގެންވާ އެއްވެސް މީހަކަށް ނޭނގުނެއް ކަމަކު އިނާއަށް މިކަމެއް ދިމާވީއްސުރެން އިނާގެ ހާލަކީ އެއީއެވެ. މިރޭގެ ހަމަ އެކަނި ތަފާތަކީ އޭނައަށް ކުޑަކޮށް ލުއިވާން ފެށުމުން، ނިންދެވުމަށްޓަކައި ޑޮކްޓަރުން އޭނައަށް ދެމުން އައި ބޭސްތަކާއި އިންޖެކްޝަންތައް މިއަދުން ފެށިގެން ހުއްޓާލާފައި ވުމެވެ.

އެހެންރޭރޭ ނިދީގައިވެސް ނަވީނަށް އިންތިޒާރު ކުރެއްވުނެއްކަމަކު، މިރޭ ، ހޭލާއޮވެގެން، ގަސްތަކާ ނުލާ އޭނައަށް އިންތިޒާރު ކުރެވުނީ ނަވީން އަންނާނެ ވަގުތަކަށެވެ. ހޭދަވާ ކޮންމެ ގަޑިއަކާއެކު އަވަސްވާ ހިތަކާއެކުގައެވެ. އެހެންނަމަވެސް، ރޭގަނޑުން އެގާރަ ޖެހިއިރުވެސް ނަވީންގެ ޚަބަރެއް ނުވުމުން ދެން މިރެއަކު ނަވީން ނައަންނާނެކަން އޭނައަށް ވިސްނޭތީ، ހިތް ނުތަނަވަސްވީއެވެ. ނިދި ލޮލާ ދުރުވި ސަބަބަކީ އެއީއެވެ.
އެކަމަކު މި ވާހަކަ އޭނަގެ މަންމައަށް އޭނަ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟

"
އަނހަނ....ދަރިފުޅު އަދިވެސް ނުނިދަމުތަ؟" އެނދުކައިރީ ދަމާފައިވާ ސްކްރީންގެ ތެރެއިން އެތެރެއަށް ވަންނަމުން އެހެން ބުނެލީ ޚާލިދެވެ. އިނާއަށް ސިހުމެއް ލިބުނެވެ. ބައްޕަ ހުރި ދިމާލަށް ނެއެނބުރެވޭނެކަން އެނގޭއިރުވެސް ބައްޕައާއެކު ނަވީން އައިސް ހުރިތޯ ބަލާލެވެން އުޅުނެވެ.
"
ހާދަ ލަސްވީ....؟" ޝީލާ އެހީ ޚާލިދު ކައިރިންނެވެ.
"
އާނއެކޭ ދޯ.....އެގޭގައި މާ ލަސްވީ.....ނަވީންވެސް އުޅުނު ލަސްވެގެން. ތަނަކަށް ދާންވެފަ އޮތީހެން ހީވަނީ. އެކަމަކު އަހާ ކޮންމެ ފަހަރަކު ބުނޭ ކަމެއް ނުވެއޭ." އަތުކުރީ އޮތް ގަޑީއަށް ބަލާލަމުން ޚާލިދު ތަފްޞީލް ދިނެވެ.

"
ވަދެވެސް ނުލާ ގޮއްސި ދޯ އެހެންވެ...؟" އިނާގެ ހިތުގެ އަޑު ޝީލާގެ ދުލުން އިވުނުފަދައެވެ.

"
ނޫނޭ.......ދެންމެ ވަންނަން އައިތަނުން މީހަކާ ދިމާވެގެން އެބަހުރި ވާހަކަ ދައްކަން.....ދަރިފުޅާ.... ރަނގަޅުތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟ ވަންޏާ ބުނައްޗޭ އިނގޭ..." އިނާގެ ކައިރިއަށް ޖެހިލާފައި ހާލު ބަލާލިއެވެ.

"
ނަވީން ގެނެސްދީ ބައްޕާ......އޭރުން ހުރިހާ ކަމެއް ލުއިވެދާނެ.........ހުރިހާ ވޭނެއް ނިމުމަކަށް އައިސްދާނެ....." އިނާ ބުންޏެވެ.
*******(ނުނިމޭ)*********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:15:27 | Report this Comment
ހުރިހާ ކިއުންތެރިންނަށްވެސް އާ ފެށުމަކުން ސަލާމް.....!!! ދިގު މުއްދަތަކަށްފަހު އަނެއްކާވެސް އެނބުރި މިއައީ ތިޔަ ކިއުންތެރިންނާއި ދުވަހަކުވެސް ވަކިވާން ބޭނުން ނުވާތީ...!!! އުއްމީދު ކުރަނީ ތިޔަ ހުރިހާ ކިއުންތެރިންގެވެސް ހިތްވަރާއި ތާއީދު އަދި ހެޔޮ ދުޢާ ކުރިއެކޭ އެއްފަދައިން ސޮފާ އަށާއި ސޮފާގެ ވާހަކަ ލިއުމަށް ލިބޭނެ ކަމަށް....!!! ޝުކުރިއްޔާ...!!!
http://www.muraasil.com/images/reportAbuseIcon.gif
ލީޝް: އޯ އެމް ޖީ.... ހާދަ ދިގު އިންތިޒާރެއްގެ ނިމުމެކޭ މިއީ ސޮމް.... ސޯ ހެޕީ.... ޔާހް....ޝުއާ....އެކަކު ނެތަސް ލީޝް އަބަދުވެސް ސޮފާ އާއި އެކު ވާނަން....އެނގޭ ބިޒީ ދުވަސްކޮޅުކޮޅު ވެސް އަންނާނެކަން....ވިޝް ޔޫ އޯލް ދަ ބެސްޓް
http://www.muraasil.com/images/reportAbuseIcon.gif
ޒޯނާ: ދިސް އިޒް މައި ފަސްޓް ކޮމެންޓް.. ޞޮފާ ހާދަ ދިގު އިންތިޒާރެއް ކުރުވާފަ ތިގެނެސްދިނީ... ކޮންމެ ދުހުކުވެސް ބަލަން މިވާހަކަ އަޕްވޭތޯ.. ހަމަ ބަބަލަ އިންދަ ތި ގެނެސްދިނީ.. ތޭންކްސް... އެކަމް ތަންކޮޅެއް ކުރީ.. ދެން އޮތް ބައި ކޮންއިރަކުން؟؟؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލީޝް އަށް: ވަރަށް އފާވެއްޖެ އިނގޭ ލީޝް.... ތޭންކްސް އަ ލޮޓް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒޯނާއަށް: ތެންކްސް ފޯރ ޔޯރ ކޮމެންޓް. ހޯޕް ވިލް ސީ ޔޫ ކޮމެންޓިންގ މޯރ އެންޑް މޯރ.........ތަންކޮޅެއް ކުރު ދޯ މިއަދުގެ ބައި.....އެކަމަކު އަދި ރަނގަޅު ވާނެ. ހަމަ ކޮންމެހެންވެސް މިއަދު ގެނެސްދޭންވެގެން ގެނެސްދިނީ....!!! އިރާދަ ކުރެއްވިއްޔާ ދެން އޮތް ބައި ހޮނިހިރު ދުވަހުން ގެނެސްދޭނަން.....!!!
http://www.muraasil.com/images/reportAbuseIcon.gif
ޝަޒް: ހާދަ އިންތިޒާރެއް ކޮސްފީމޭ އަޅޭ.............. ސޮފް..... އައި މިސްޑް ޔޫ އަ ލޯޓް............................ވެލްކަމް ބޭކް އިނގޭ.................ކިހިނެތްތަ ހާލު........................... ރިއަލީ ވެރީ ހެޕީ ޓު ސީ ޔޫ އަގެއިން............................ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ރީތި ވާހަކަ ދާގޮތް......................................އިނާ އެކޭ އެއްވަރަށް ޝަޒް އަށްވެސް އިންތިޒާރުކުރެވެނީ ނަވީން އިނާ ކައިރިޔަށް ދާނެ އިރަކަށް.................ހެހެހެހެހެހެހެހެ މަޖާ ދޯ..............................ދެން ކޮން އިރަކުން އަޕް ވާނީ..........................އަޅެ ޕްލީޒް އެހާ ދިގު އިންތިޒާރެއް މިފަހަރު ނުކުރުވައްޗޭ......................... ހިތުގެ ހިގުން ހުއްޓި ދާނެ........................... މިވާހަކަ ނުކިޔުނީމަ ހީވަނީ އެއްބައި މަދުހެން...............މާތް ﷲ ސޮފާއަށް ހެޔޮރަޙްމަތް ލައްވާށި!!!!!!!!!!!!! އާމީން!!!!!!!!!! ލޮޓްސް އޮފް ލަވް އެންޑް ހަގްސް!!!!!!!!!!!
http://www.muraasil.com/images/reportAbuseIcon.gif
ލައީ: އަލެ ހާދަކުރޭ...........ހާދަހާ ދިގު އިންތިޒާރެއްގެ ނިމުމެކޭ......ވ ހެޕީވެފަ މިހުރީ ވާހަކަ އަޕް ވީމަ..ތޭންސް ސޮފާ....... ދެން ކޮންދުވަހަކުންތަ އަނެއްބައި އަޕްވާނީ.......އަވަހަށް އަޕް ކުރައްޗޭ އިނގޭ...........މިލިއަން ލަވްސް އެންޑް ހަގްސްްްްްްްްްްްްސްސްސްސްސްސްސް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝަޒް.....................ހާދަ އުފާވެއްޖެއޭ ޝަޒްގެ ކޮމެންޓް މިތަނުން ފެނުނީމަ..........ވަރަށް ދުވަސް ވެއްޖެ ދޯ ދިމާނުވާތާ............އެހާ ދިގު އިންތިޒާރެއް ދެން މިފަހަރަކު ނުކުރުވާނަން......އިރާދަ ކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް ބައެއް ގެނެސްދެވޭތޯ ބަލާނަން. ލޮޓްސް އޮފް ލަވް ޓު ޔޫ ޓޫ...!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ލައީއަށް: މާ ކުރު ދޯ މިއަދުގެ ބައި.........އެކަމަކު ދެން އަންނ ަބައެއް ވަރަށް ދިގުކޮށް ގެނެސްދޭނަން އިނގޭ...........!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:21:54 | Report this Comment
މި ވާހަކަ އަވަހަށް ގެނެސްދީފާނަށް! ތި ގޮތަށް މަހަކު އެއްފަހަރު ގެނެސް ދެންޏާ ދެން ކިޔާ ހިތެއް ނުވާނެ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތިކަމާއި ސޮފާވެސް އެއްބަސް. ކިޔާހިތް ވުން ދުރުވާނެ ހަގީގަތުގަވެސް ލަސްވަންޏާ ދޯ.....އެކަމަކު އިރާދަކުރެއްވިއްޔާ ދެން ކޮންމެ ދުވަހަކު 1 ބައި ގެނެސްދޭނަން...!!!
http://www.muraasil.com/images/reportAbuseIcon.gif
ޝާ: އަޅެ ސޮފާ ހާދަ ރަނގަޅޭ! ތޭންކްސް!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝާއަށްވެސް ތޭންކސް............ސޮފާގެ ވާހަކައަށް ތި ދޭ ތަރުޙީބަށް.

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:25:48 | Report this Comment
Nasybeh nun sofa anburaa aikanamy ulhuny waahaka amy amihlayah liyegen kuriyah gendhan kamah:P heheheadhi waahaka nukiyaa cmnt mi kury..dhn waahaka kiyaafa cmnt kuraanan ingey.dhn awahah waahaka up kohdhehchey ingey
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އަމީ..........ނަސީބެއް ދޯ އަވަހަށް ގެނެސް ދެވުނުކަން. އަސްލު ހުރީ ވަރަށް އަޒުމްކަނޑައަޅައިގެން ޖޫން މަހު 1 އިން ފަށަން. އެކަމަކު މި ފެށުނީ 2 ގަ. މިވަރުވެސް ޝުކުރު ކުރަން....އިރާދަކުރެއްވިއްޔާ ދެން ކޮންމެ ުދވަހަކު ބައެއް ގެނެސްދޭނަނަން...!!!
http://www.muraasil.com/images/reportAbuseIcon.gif
aMY: EMME KIYAA HIY VI HISAABUN NIMMAALY……EKAMX VVV SALHI INGEY MI BAI WESANEH BAI NUKIYAA HAMA JEHILAIGEN NIDHEYNE HEN WES HYNUWEY.HEHEEHEE

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:33:18 | Report this Comment
hadha dhuvas thakha khah fahu vaahaka upload kolhley....v happy bt upload little bit fast....niceeeeeeeeeeeeeeee
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ދޯ ލައިނާ..........އެކަމަކު އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތައް....ޝުކުރިއްޔާ އިނގޭ ލައިނާ...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:35:15 | Report this Comment
ވަރަށް ބޮޑަށް ޝުކުރިއްޔާ އަޕްޑޭޓް ކޮއްދިނީތީ،އިންތިޒާރުގަ ދަބަރު ހަމަކިރިޔާ ނުޖެހީ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް ބޮޑަށް ޝުކުރިއްޔާ މަރީއަށްވެސް.....ފޫހިކަމެއް ނެތި އަދި ދަބަރު ޖެއްސިޔަ ނުދީ އިންތިޒާރު ކުރީތީ...!!! ހެހެހެހ ޝުކުރިއްޔާ...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:36:36 | Report this Comment
ބުނެލަން ބޭނުންވަނީ ތީހަމަ ބެސްޓޭ ތޭންކްސް ސޮފާ އަގުވަޒަން އެބަކުރަން މިހާރު ސިފާ އެއްކަމަށް ބަލަން އެބަޖެހެ މިހާރު އިނާ ކިޔާނެ ކަމަށް މިބަލަނީ އަދިވެސް އެއްފަހަރު ސުކުރިއްޔާ އޭ ބުނެވޭނީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އޯވހ...........މުސޭއެއްނު........އެނީތިންގ އިޒް ޕޮޒިބަލް....!!! މަރުޙަބާ ވަރަށް ބޮޑަށް އިނގޭ....!!! ތިކަހަލަ ރަހްމަތްތެރިންގެ ހިތްވަރާ ނުލާ ސޮފާ ކިހިނެއް މިކަހަލަ ކަމެއް ކުރާނީވެސް.....ހުރިހާ ވެސް އެއްޗަކީ ތިފަދަ ރަހްމަތްތެރިންގެ ހިތްވަރާއި ހެޔޮ ދުޢާ....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:37:06 | Report this Comment
ސޮފާ.... ހާދަދިގު އިނެުތިޒާރެއެު ކޮށެުފީމޭ.... އިނެުޝާ ﷲ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަލްހަމްދު ލިﷲ ދޯ............އުފާކޮށްފިން ނިޝާމެން ކުދިން ސޮފާ ދޫކޮށްފަ ނުދިޔައީތީ...!!1 އިރާދަ ކުރެއްވިއްޔާ ކޮންމެ ދުވަހަކު އާ ބައެއް ގެނެސްދެވޭތޯ ބަލާނަން....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:38:39 | Report this Comment
ައޅޭ ނުވެސްނިދޭ މި ވާހަކަ ކިޔާހިތުން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޒާހީ........ޝުކުރިއްޔާ.....އުފާކުރަން ތިފަދަ ހިތްވަރުގެ ބަސްތައް ލިބޭތީ...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:38:49 | Report this Comment
އަޅޭ، އަ އެމް ސޯސޯސޯސޯ ހެޕީ، ޔެޕް ޝީ އިޒް ބެކް، ހެހހެހެހެހ ތޭނކް ގޯޑް :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:39:07 | Report this Comment
ވ.ވ.ވ.ވ.ވ.ވ އިންތިޒާރު ކޮށްފިން. ތެންކްސް އަ ލޮޓް. ހޯޕް ދެން އޮތްބައި ވަރަށް އަވަހަށް ފެންނާނެކަމަށް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިޔާ އިނާ..........ހޯޕް ކުރޭ....އިރާދަ ކުރެއްވިއްޔާ ހޯޕް ކާމިޔާބު ވެސް ވާނެ.

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:40:26 | Report this Comment
ވ ވ ވ ވ ވ ރީތި ...ވ އުފާވެއްޖެ މި ވާހަކަ ގެނެސް ދޭންފެށީ މަ އިގޭ..ވ ބޮޑަށް މަރުހަބާ ފަތިސްތަރި އަށް އިގޭ...ހީކުރަން ދެން އެހާ ގިނައިން އިންތިޒާރު ކުރަން ނުޖޭހޭ ނެ ކަމަށް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ސާތީ.............!!! ސަޅި ނަމެއް ތިއީ އިނގޭ....މާނަވެސް އެހާ ސަޅި.....ދެން އިރާދަކުރެއްވިއްޔާ އެހާ ދިގު އިންތިޒާރެއް ކުރަން ނުޖައްސާނަން....!!1 އެންމެ ރަނގަޅެއްނު ދޯ؟

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:47:30 | Report this Comment
nyc suprise eh month eh fahunn update thi kuryy varah happyy huttumeh nethi update kuraane kamah ummeedhu kurann..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނެތި އަޕްޑޭޓް ކުރާނަން ދެން.......ޝުކުިއްޔާ ޒާން....!!!
http://www.muraasil.com/images/reportAbuseIcon.gif
xaan.: maruhabaaa

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 12:48:56 | Report this Comment
ވެލްކަމް ބެކް ފަތިސްތަރީ.. ވަރަށް ސަޅި.. ހަމަ ތަންކޮޅެއް ކުރީ މިބައި.. އެނީވޭޒް ތިބުނީ ދެން ކޮންމެދުވަހަކުވެސް އެޕިސޯޑެއް ގެނެސްދޭނަމޭ(އިރާދަ ކުރައްވައިފިއްޔާ) އެހެންވެއްޖިއްޔާ.. މިވަރު އޯކި..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތަންކޮޅެއް ކުރުކަން އެނގޭ.........އެކަމަކު މަސް ފެށުނު ދުވަހުވެސް ގެނެސްދޭން އަޒުމްކަނޑައަޅާފަ ހުރީމަ އަވަހަށް ގެނެސްދިނީ. އިރާދަ ކުރެއްވިއްޔާ ދެން ކޮންމެ ދުވަހަކު ބައެއް ގެނެސްދެވޭތޯ ބަލާނަން....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 13:01:21 | Report this Comment
ހާދަ ދުވަސް ކޮށްފަ .... މިހާރު އިންތިޒާރު ކޮށްކޮށް ފޫހި ވެއްޖެ... އެކަމް އަނެއްކާވެސް ކުރީގެ ވާހަކަ ގެނެސްދިނީތީ ވ ހެޕީ ތޭންކްސް.. އުއްމީދު ކުރަން ވާހަކަ ނިމެންދެން ގެނެސްދޭނެ ކަމަށް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދިރިއުޅުމުގަ އަންނަ ކަންތައްތައް އަންނާނީ ގިނަ ފަހަރަށް އުއްމީދު ނުކުރާ ދަނޑިވަޅުގަ. ސޮފާއަށްވެސް އެކަހަލަ ކަމެއް ދިމާވީ ކަމަށް ވިސްނާ އިނގޭ....!!! އުއްމީދުކުރަން ފޫހިވީ ތަންކޮޅުވެސް އިތުރަށް ޝައުގުވެރި ކުރުވވޭ ވަރަށް ސޮފާއަށް މި ވާހަކަ ލިޔެވޭނެ ކަމަށް.....ޝުކުރިއްޔާ ކިއުންތެރިޔާ...!!!
http://www.muraasil.com/images/reportAbuseIcon.gif
: ދފދފ

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 13:01:33 | Report this Comment
ފޯންކޯލް އަޕްލޯޑް ވާނެކަމަށް އެކްސެޕްޓް ވެސް ނުކޮށް އިންދަ ފެނުނީމަ ހަމަ ސަޕްރައިޒް ވީ.. ވ ހެޕީ ވެއްޖެ.. ސޮފާ މިސްވެގެން އުޅޭތާ ކޮންދުވަހެއް މިހާރު.. ހެހެހ ވެލްކަމް ޓު ދަ ނިވް ބިގްނިންގ.. ކީޕް އިޓް އަޕް ގާރލް..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ ސޮފާ މަތިން ހަނދާންކުރާ ކުދިންވެސް ތިބީމަ. ތެންކްޔޫ ޔަނާ....ވިލް ޓްރައި ޓު ކީޕް އިޓް އަޕް....ތޭންކސް...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 13:02:31 | Report this Comment
ވވވވވވވވ އުފާވެއްޖެ އަޕް ކޮއްދިނީމަ...ވަރަށް މިސް ވި މިސް ކޯލް މަތިން އިނގޭ ސޮޕާ... ތެންސް އަ ލްޓް.....
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނީޝްމެން ކުދިން މަތިންވެސް ސޮފާ މިސްވި. ހަގީގަތުގަ މި ދިޔަ ދުވަސްތައް ލައިފް އެހާ ހެޕީއެއް ނޫން....އެކަމަކު ހެޕީވާން ބޭނުން. އެކަމަކު ސޮފާއަށް އެނގޭ ސޮފާއަށް ހެޕީއެއް ނުވެވޭނެކަން ސޮފާގެ ކިއުންތެރިންނާއި ނުލާ. އެހެންވީމަ.........އުއްމީދުކުރަން ކުރިއަށް ހުރި ދުވަސްތައް ސަޅި ވާނެ ކަމަށް....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 13:24:56 | Report this Comment
ދިގު އިންތިޒާރެއްގެ ނިމުން މި އައީ. ތޭންކްސް ސޮފާ!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މަރުހަބާ ނާ.........!!!

http://www.muraasil.com/images/comment_reply.pngPosted on 2011-06-02 13:28:24 | Report this Comment
ވަރަށް ސަޅި ވާހަކަ އަހަރެންވެސް މިވާހަކަ އަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެ ވަރަށް އުފާވެއްޖެ ވާހަކަ ގެނެސް ދިނީމަ ޝުކުރިއްޔާ ޞަފާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މަރުޙަބާ ޢަބްދުﷲ.........އުއްމީދުކުރަން ފޫހިކަމެއް ނެތި ސޮފާގެ ވާހަކަ ކިޔާފައި ކޮމެންޓް ކުރާނެ ކަމަށް.

0 comments:

Post a Comment