FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 27 ވަނަ ބައި


 "މާދަން ހަވީރު އާދެވޭނެ. އަންނަގޮތަށް ފުރާނީ ތިކޮޅަށް. އިނާއަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި. މި ދަތުރު ނުގޮސް ވާނެ އެއްވެސް ގޮތެއް އޮތްނަމަ އެކަމެއް އަޅުގަނޑު ކުރާނަން. އެކަމަކު ހަމަ...." ވާހަކައިގެ ކުރިން ބުނިބައި ބުނިއިރު އަޑުގައި އެއްވެސް ހަމްދަރްދީއެއް އަދި ލަސްވެގެން އުޅޭ ގޮތް ނެތް ކަމުގައި ވިޔަސް، ފަހަތުބައި ބުނެލިއިރު ރާގު ވަރަށް ތަފާތެވެ. އެބުނި އެއްޗެއްގެ އަސަރު އަޑުންވެސް ފާޅުވެއެވެ.

ކަންފަތަށް ޒިޔާދުގެ އަޑު އިވެމުން ދިޔައިރު، ޝީލާގެ ކުރިމަތިން ގޮނޑިއެއްގައި އިށީނދެގެން އިން ނަވީންގެ ކަންބޮޑުވެފައިވާ ހަރަކާތްތަކާއި، ނަވީން ލައިގެން އިން ވަރަށް މަޑުފެހިކުލައިގެ ޓީޝާޓާއި ނޫކުލައިގެ ޖިންސުގެ އެތަން މިތަނުގައި ހޭކިފައިވާ އިނާގެ ލޭ، ލޮލަށް ފެންނަމުން ދިއުމުގެ ސަބަބުން ޒިޔާދު އެ ދެއްކި ވާހަކައާއި ދޭތެރޭ މާ ބޮޑު ވިސްނުމެއްވެސް ޝީލާއަށް ވިސްނާލެވުނުހެނެއް ހިއެއް ނުވެއެވެ.

ގޭގައި ތިބި ދިލްމާ އާއި އަލީ ނިޒާރު އާއި އޭނަގެ އަންހެނުންވެސް އެތަނަށް ވަދެގެން އަންނަތަން ޝީލާއަށް ފެނުނީ ހަމަ އެވަގުތުއެވެ. ޝީލާ ފޯނެއްގައި ހުރުމުން ވާހަކައެއް ދެއްކުމަކާ ނުލާ ގޮސް އެތިންމީހުންވެސް ނަވީންއާއި ދުރަށް ދެ ގޮނޑި ދޫކޮށްފައި އިށީނީއެވެ.

"
ދައްތަމެނަށްވެސް ތިކަން އެނގޭ. މިވަގުތު ބޭނުންވަނީ އިނާއަށް ހެޔޮ ދުޢާކޮށްދިނުން. ޒިޔާދު އެކަން ކޮށްދޭނެކަން ޔަގީން. ކަންބޮޑު ނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ." އެއްފަހަރު ނަވީންއަށް އަނެއްފަހަރު އޮޕަރޭޝަން ތިއޭޓަރަށް ބަލަމުން ޝީލާ ވާހަކަ ދެއްކިއެވެ. ކަންފަތުގައި ހުރީ ޒިޔާދުގެ ފޯނެއް ކަމުގައި ވިޔަސް ސަމާލުކަން ދެވެނީ އޮޕަރޭޝަން ތިއޭޓަރަށް ކަން ޔަގީނެވެ.

ފޯން ބާއްވާފައި އެނބުރިލެވުނު ވަގުތަކީ އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވާފައި ޚާލިދު އާއި އެހެން ޑޮކްޓަރަކުވެސް ނުކުތް ވަގުތަށެވެ. ކަންފަތުން ދުރަށްލީ ފޯން ހިފައިގެން ޝީލާއަށް ހިނގައިގަނެވުނީ ޚާލިދު އާއި ދިމާލަށެވެ. ގޮނޑިބަރީގައި އިށީނދެ ތިބި ދިލްމާ މެނަށްވެސް ތެދުވެވުނެވެ.
ނަމަވެސް ގޮސްގޮސް ހުއްޓާ ޚާލިދު އާއި އެ ޑޮކްޓަރު އެއްފަރާތެއްގައި މަޑުކޮށްލާފައި ވާހަކަ ދައްކަން ފަށައިފިއެވެ. ހުރެވުނީ އެމީހުންނާއި ދާދި ގާތުގައި ކަމުގައި ވިޔަސް، ޚާލިދު އޭނަގެ ދާއިރާގެ ވާހަކައެއްގައި ހުއްޓާ އެތަނަށް ކައިރި ވުމަކީ ހަޑި ކަމަކަށް ވާތީ ޝީލާ މަޑުކޮށްލީއެވެ. އަނެއްފަރާތުން އައި ނަވީންވެސް މަޑުކޮށްލީ އެހެންވެގެންނެވެ.

"
އެކްސްޓާރނަލް އަދި އިންޓާރނަލް ޖަގިއުލަރގަވެސް ޖެހިފަ ހުރީމަ ރިސްކް އެހާ ހައިވަނީ." ޚާލިދު އާއިއެކުގައި ނުކުތް ޑޮކްޓަރު، ޑރ. މުރުތީ ޚާލިދު އާއި ވާހަކަ ދައްކަން ފެށިއެވެ. ދެ ޑޮކްޓަރުން އިނގިރޭސިބަހުން ދައްކަމުން ދިޔަ ވާހަކައިގައި ޖަގިއުލަރ އަކީ ކޯޗެއްކަން ނަވީންއަށް ނޭނގުނު ކަމުގައި ވިޔަސް ސައިންސް ސްޓްރީމުން އޭލެވެލް ހަދައިގެން ހުރި ޝީލާއަށް އެއީ ކިހާ ވަރެއްގެ ކަމެއްކަން ވިސްނުނެވެ. ޖަރގިއުލަރ ފިޔަވާ އެހެން ހުރިހާ ވާހަކައެއް ނަވީންއަށް ފަސޭހައިން އެނގެމުން ދިޔައެވެ.

"
ދެތަނުންވެސް ފަހަން ޖެހޭނީ. އެކަމަކު އިންފެކްޓް ވެފަހުރީމަ ފެހޭނީވެސް އިރުކޮޅަކުން....ޑޮކްޓަރ. ހަރީ ވިދާޅުވިފަދައިން އަދި ފަސްމިނެޓްފަހުން ފަހާނީ......." ޑޮކްޓަރ މުރުތީ ވާހަކަ ދައްކަމުން ދިޔައެވެ.

"
މިހާރު އިންޖެކްޝަން ދީފިއެއްނޫންތޯ....؟" އަދި އިތުރަށް ޔަގީންކޮށްލާ ކަހަލަ ގޮތަކަށް ޚާލިދު އަހާލިއެވެ.
"
ރަނގަޅު....ދެން ހަމަ އެއީ ކުޑަ ހިނދުކޮޅެއްގެ ކަމެއް....." ޑޮކްޓަރު ޔަގީންކަން ދިނެވެ.

"
އާރޓަރީއަކަށް ނެތެއްނު އެއްވެސް ގެއްލުމެއް ލިބިފައެއް. ނޫންތަ؟" ކިރިޔާވެސް ގެއްލުމެއް ލިބުނު ނަމަ މަރާ ކުރިމަތިލާން ޖެހޭނެ ފަދަ ބައެއް ކަމުގައިވާ ކަރުގެ އާރޓަރީއަށް ގެއްލުމެއް ނުލިބުނުކަމީ ޚާލިދުއަށް ޝުކުރު ކޮށްލެވޭ ކަމެކެވެ. އޭނަގެ ދަރިފުޅު އޭނައަށް ނުގެއްލި ސަލާމަތް އެވީ ހަމަ ކިރިޔާއެވެ.

"
ރަނގަޅު....އެއީ ނަސީބެއް. އެހެން ނޫންނަމަ.......ބުނެބަލަ.....ކީއްވެ ހޮސްޕިޓަލަށް އައުމުގެ ކުރިން އެތަނުން ބިއްލޫރިގަނޑު ދަމައިގަތީ....؟ ހަގީގަތުގަ ވީ އެކްސިޑެންޓަށްވުރެ އެ ގޮތަށް ބިއްލޫރިގަނޑު ދަމައިގަތުމުން ލިބިފަ ހުރި ގެއްލުން މާ ބޮޑު. މިހާރު އިންޓާރނަލީވެސް އަދި އެކްސްޓާރނަލީވެސް ފަހަން އެބަޖެހޭ ވަރަށް ބޮޑަށް. އަނެއްކާ އިންފެކްޓްވެސް އެވީ.... ލޭމަނާކުރަން ބޭނުންކުރަންވާނީ ސާފު ފޮތިގަނޑެއް ކަން ޚާލިދުއަށް މާ ބޮޑަށްވެސް އެނގޭނެނު.....މި ހޮސްޕިޓަލުގެ އޮޕަރޭޝަން ސްޕެޝަލިސްޓަކީ ތިއީނު....ކީއްވެ އެހެން ހެދީ.....؟" ސާފު އިނގިރޭސިބަހުން ޑޮކްޓަރ މުރުތީ ސުވާލުތައް ކުރަމުން ދިޔައެވެ. މިއަޑުތައް އަހަން ހުރި ޝީލާ އާއި ނަވީންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނީ އެކުއެކީގައެވެ.

ނަވީންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ނުވާނީވެސް ކީއްވެހެއްޔެވެ؟ ޑޮކްޓަރު އެބުނި ބޮޑު ދެގެއްލުންވެސް އިނާއަށް އެ ލިބުނީ އޭނަގެ ސަބަބުންނެވެ. އެ ބިއްލޫރިގަނޑު ދަމައިގަތީވެސް އޭނައެވެ. ބަދިގޭގައި އޮތް ފޮތިގަނޑެއް ބޭނުންކޮށްގެން އިނާގެ ގައިން އަންނަ ލޭ މަނާކުރަން އުޅުނީވެސް އޭނައެވެ.
ސުބުހާނަﷲ އެވެ.
އިނާގެ ލޯބި ލިބުމުގެ ބަދަލުގައި އޭނައަށް މި ލިބެނީ އިނާގެ މަރުގެ ޒިންމާ ހެއްޔެވެ؟

ނަވީން މުޅިން ހާސްވެއްޖެއެވެ. އިތުރަށް އެތާކު ނުވެސް ހުރެވުނެވެ. އެމީހުންނާ ދުރަށް، ވަރަށް ދުރަށް ގޮސް ހޮސްޕިޓަލްގެ އަނެއްފަރާތުން ގޯތިތެރެއަށް ނުކުމެއްޖެއެވެ.
"
އެއީ ދެން......ވަގުތުގެ ގޮތުން އެކަކަށްވެސް ވިސްނާނުލެވުނީ...." ޑޮކްޓަރ މުރުތީއަށް ޚާލިދު ޖަވާބު ދިނީ ވިސްނާލާފައި އެކަކުވެސް ކުށްވެރި ނުވާނެ ގޮތަކަށެވެ.

"
އާނ ތީ ވާނެވެސް ގޮތް އެފަދަ ކޮންމެ ވަގުތެއްގައިވެސް.....ކަންބޮޑުނުވޭ....އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އެކަމަކު ޚާލިދު ދެން އެތަނަށް ނުވަންނާތި. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ކަންބޮޑުނުވޭ....." ޔަގީންކަމާ އިތުބާރާއެކު ނުރައްކާތެރި އެތައް އޮޕަރޭޝަންތައް ކުރާ ޚާލިދުއަށް މިއަދު އޭނަގެ އަމިއްލަ ދަރިފުޅުގެ ހާލަތު މެދުވެރިވީއިރު އައިސްފައިވާ ބަދަލު ފެނުނު ޑޮކްޓަރު ޚާލިދުއަށް ހިތްވަރު ދެމުން ދިޔައެވެ. ޚާލިދު އަކީ ރާއްޖޭގައި ހުރި ދެތިން އޮޕަރޭޝަން ޑޮކްޓަރުންގެ ތެރެއިންވެސް ޢާއްމުންގެ ރުހުމާއި ތާއީދާއި އިތުބާރު ލިބިފައިވާ ޑޮކްޓަރެއް ކަމަކު، މިއަދު އެއީ އެ ޚާލިދެއް ނޫންކަން ޑޮކްޓަރ މުރުތީއަށްވެސް އެނގެއެވެ.

"
ޝުކުރިއްޔާ........!!!" ރަހްމަތްތެރި ޑޮކްޓަރުގެ އޯގާތެރި ބަސްކޮޅަށް ޝުކުރު އަދާކުރަމުން ޚާލިދު އެ ޑޮކްޓަރާއި ސަލާމް ކުރިއެވެ.

"
ކިހިނެއް ދެން ހަދާނީ.....؟؟؟" އެ ޑޮކްޓަރު ދިއުމުން ގޮސް ޚާލިދު ކައިރިއަށް ހުއްޓެމުން ޝީލާ އަށް ސުވާލު ކުރެވުނީ ދެން ހަދާނެ ގޮތަކާ ދޭތެރޭގައެވެ. އެ ދެ ޑޮކްޓަރުން ދެއްކި ވާހަކަ ދާދި ކައިރިން އަޑުއިވިފައި ވާތީ އިތުރަށް ވީކީއްތޯއެއް ނައަހައެވެ.

"
އިރުކޮޅަކުން ފަހާފަ ނެރޭނެ....ވަރަށް ހާލުދެރަ އެހާ ގިނައިން ލޭ ފޭބީމަ......." އޮޕަރޭޝަން ތިއޭޓަރުކައިރީ ހުރި ގޮނޑިބަރީގެ ތެރެއިން ދިލްމާ މެންނާއި ދުރުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީންނަމުން ޚާލިދު ވާހަކަ ދެއްކިއެވެ. ޝީލާއަށް ހަމަ އެކައްޗެއްވެސް ނުބުނެވުނެވެ. ޚާލިދުގެ ފިކުރު ބޮޑުވެފައިވާ މޫނަށް ބަލާލެވުނީއެވެ.

މީގެ ކުރިން ޚާލިދު އަކީ ދުވަހަކުވެސް އެ ގޮނޑިބަރީގަ އިށީން މީހެއް ނޫނެވެ. މީގެ ކުރިން އެއީ އެ ގޮނޑިބަރީގައި ތިބޭ މީހުންނަށް ހެޔޮ ޚަބަރު ނުވަތަ ހިތާމަވެރި ޚަބަރު ދޭން އޮޕަރޭޝަން ތިއޭޓަރުން ނުކުންނަ ޑޮކްޓަރެކެވެ. އެހެނަސް މިއަދު....
މިއަދު އޭނައަކީ އެފަދަ އެހެން އާއްމުންފަދައިން އަމިއްލަ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރައްވާތޯ ހިތުގެ އަޑިން ދުޢާ ކޮށްލަ ކޮށްލާ އިން ދެމަފިރިންގެ ތެރެއިން އެކެކެވެ. ބައްޕައެކެވެ.

ޚާލިދުގެ ފިކުރު ބޮޑުވެފައިވާ މޫނަށް ބަލާލުމުން ޝީލާ ހިތަށް އެރީ މިހެންނެވެ. ވީދެރައިންނާއި ޚުދު އަމިއްލަ ހިތުގެ ހަމަޖެހުމަށާއިއެކު ޚާލިދުގެ އަތުގައި ޝީލާއަށް ހިފުނެވެ.

"
ކޮބާ ނަވީން މިހާރު......؟؟" ލޯބިވާ އަނބިމީހާގެ އަތްތިލައިގެމަތީ އަނެއް އަތް ބާއްވަމުން ޚާލިދު އަހާލިއެވެ.
"
ދެންމެ އެފަރާތަށް ނުކުތީ. ނަވީން ވަރަށް ކަންބޮޑުވެފަ ހުރީ.............އެހުރިހާ ކަމެއްވެސް އެވީ އެފަކީރު އަތުން...." ޝީލާ މަޑުމަޑުން ބުނެލިއެވެ.

"
އަސްލު ކިހިނެއް ވީ ކަމެއް މިއީ............." އެ ކުއްލި އެކްސިޑެންޓް ހިނގިތާ ސާޅީސްފަސްމިނެޓް ވީއިރުވެސް އެކަކުވެސް ނުކުރާ އެ މުހިއްމު ސުވާލު ކުރީ ޚާލިދެވެ.
"
ދިލްމާ އެތާ ހުރީ....ދިލްމާއަށްކަންނޭނގެ އެނގޭނީ............." އަނެއްފަރާތުގައި ހުރި ގޮނޑިބަރިއާއި ދިމާލަށް އެނބުރެމުން ޝީލާ މިހެން ބުނިއިރު ދިލްމާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ޝީލާ އަތުގެ އިޝާރާތުން ހަނާ އަޅާލުމުން ދިލްމާ އެދިމާލަށް އަންނަން ފެށިއެވެ.

"
ތެދެއް ދިލްމާ....ކިހިނެއްވީކަމެއް މިއީ......." ދިލްމާ އައުމުން ސުވާލު ކުރީ ޝީލާއެވެ.

ވަރަށް ހިތްވަރުކޮށްފައި، ވީ ހުރިހާ ގޮތެއް ދިލްމާ ކިޔައިދީފިއެވެ. ދިލްމާގެ ރީތި ލޮލުން ފެންނަމުން ދިޔައީ އޭނަގެ ހިތުގައި ރަހްމަތްތެރިޔާއަށްޓަކައި އުފެދިފައިވާ ބިރާއި ހަމްދަރްދީއެވެ. ލޮލަށް ޖަމާވާން އުޅޭ ކަރުނަތަކާއި ދުރަށް ދާން ބޭކާރު މަސައްކަތް ދިލްމާ ކުރަމުން ދިޔަކަން ޝީލާއަށްވެސް އަދި ޚާލިދުއަށްވެސް ފެންނަމުން ދިޔައެވެ.

"
ދެރަނުވޭ........އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ........." ދިލްމާގެ ވާހަކަ އަޑުއަހާފައި ޚާލިދު އެއްވެސް އެއްޗެއް ނުބުނި ކަމުގައި ވިޔަސް، ދިލްމާގެ ގައިގައި ފިރުމަމުން ޝީލާ ހިތްވަރު ދިނެވެ.
ދިލްމާވެސް އިސް ޖަހާލިއެވެ. އެއްޗެއް ނުބުނި ކަމުގައި ވިޔަސް ޚުދު އޭނަގެ ކުށްވެސް އެތަނުގައި ވެޔޭ އޭނަ ހިތަށް އަރާ ވަރުން ކެތްކުރަން ވަރަށް އުނދަގޫވެއެވެ. އެކަމަކުވެސް އިނާގެ ބައްޕަ އެތާ އިންނެވުމުން އެފަދަ ވާހަކައެއް ދައްކާކަށްވެސް ދިލްމާއަކަށް ނުކެރުނެވެ.

"
ދެންމެއަކު ޒިޔާދު ގުޅި......ކުއްލިއަކަށް ލަންކާއަށްފުރަންޖެހިގެން ފުރާ ވާހަކަ ބުނީ....އެކަމަކު މާދަން އައިސްފަ އެއަރޕޯޓުން ސީދާ މިރަށަށް އަންނާނެ ވާހަކަ ބުނި." ދިލްމާއަށް ހިތްވަރު ދީފައި ޚާލިދު އާއި ދިމާލަށް އެނބުރިފައި ޝީލާ ކިޔައިދޭން ފެށިއެވެ.

ޒިޔާދުގެ އެ އޮފްދާރުކަމުގެ ފުރަގަހުގައިވާ ހަގީގަތް އެނގޭ ޚާލިދުގެ ހިތަށް ވަރަށް ގިނަ ވާހަކަ އަރާނެކަމީ ގައިމުވާ ކަމެކެވެ. ނަމަވެސް އެއްޗެއް ނުބުނެ ތެދުވެގެން ދިޔައީ ނަވީން ނިކުތް ދިމާލަށެވެ. ނަވީން އާއި ވާހަކަ ދައްކާލުމަށެވެ.

ޚާލިދު އެތަނުން ދިއުމުން އިނާގެ ހާލު އަހުވާލު އޮޅުންފިލވުމުގެ ގޮތުން ދިލްމާވެސް އަދި ޒާހިރުވެސް އެތަކެއް ސުވާލު ކުރިއެވެ. ޝީލާ އޭނައަށް އެނގޭ މިންވަރަކަށް ކިޔައިދިނެވެ. އެ އަޑުތައް އަހާފައި އެތަނަށް ހިމޭންކަމުގެ ސުކޫތެއް ވެރިވެގެން ދިޔަ ފަދައިންނެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ހިނގި ބޮޑު ކަމެއްގެ ސަބަބުން އެންމެންގެވެސް ފިކުރު ބޮޑުވެފައި ވެއެވެ.
** ** ** ** ** ** ** **
އޮޕަރޭޝަން ތިއޭޓަރަށް ވެއްދިތާ ހަތަރުގަޑިއިރު ފަހުން އެތަނުން އިނާ ނެރެން އުޅޭކަމުގެ ހިލަން ވާން ފެށިއެވެ. އެތަނުން ނުކުތް ނަރުސް ކުއްޖަކު އައިސް ޚާލިދު ކައިރީ އެހެން ބުނުމުން ޚާލިދުގެ މޫނަށް އުޖާލާކަން ވެރިވެގެން ދިޔަތަން ޝީލާއަށް ފެނުނެވެ.

"
ކީކޯ..............؟؟" ނައަހައެއް ޝީލާއަކަށްވެސް ނުހުރެވުނެވެ.
"
އިރުކޮޅަކުން ނެރޭނެޔޯ.........އެކަމަކު ނިންދަވާފަ އޮތީ އަދި. " ޚާލިދު ކިޔައިދިނެވެ.
"
އެއީ ކީއްވެ..............؟؟" އެކަހަލަ ކޮންމެ ވަގުތެއްގައިވެސް ލިބޭ ކޮންމެ ޖަވާބަކަށްވެސް އާއްމުކޮށް މީހުން ކުރާ ސުވާލު ޝީލާއަށްވެސް ކުރެވުނެވެ.
"
އެހާ ގިނައިން ގައިން ލޭ ދިޔައީމަ ވަރަށް ވީކްވީމަ އެއީ..." ޚާލިދު އޮޅުންފިލުވަދިނެވެ. ދެން ޚާލިދު ހިނގައިގަތީ އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށެވެ. ޓަކި ޖަހާލުމާއެކު ނަރުސް ކުއްޖަކު ހުޅުވާލިއެވެ. އަދި ޚާލިދު ފެނުމާއެކު ރީތި ހިނިތުންވުމަކާ އަދަބުވެރި ކަމާއެކު ކޮންމެވެސް އެއްޗެއް ބުނެލިތަން ފެނުނެވެ. ހަމަ އެވަގުތު އެތެރެއިން އަދި އެހެން ނަރުހަކު އައިސް އޮޕަރޭޝަން ތިއޭޓަރުގެ ދޮރު އެއްކޮށް ހުޅުވާލިތަން އެންމެންނަށް ފެނުނެވެ. ނަވީންއަށްވެސް ގޮނޑިން ތެދުވެވުނެވެ.

ހުޅުވާލި ދޮރުން ނެރުނުތަން ފެނުނީ އިނާއެވެ. ސްޓްރެޗަރ އެއްގައެވެ. އެއާއި ޚިލާފަށް އެތާ ކައިރިއަށް ދާނެ ހިތްވަރުވެސް ނަވީންއަށް ނުލިބުނު ކަހަލައެވެ. ނަމަވެސް އެއީ މާ ދުރެއް ނޫނެވެ. ނަވީންއަށް ސާފުކޮށް ހުރިހާ މަންޒަރެއް ވަރަށް ގާތުން ފެންނަމުން ދިޔައެވެ.

ހުދުފޮތީން ކަވަރު އަޅާފައިވާ ސްޓްރެޗަރއެއްގައި ހުދުފޮތިން ހަށިގަނޑު ނިވާކޮށްފައި އޮތްއިރު އިނާގެ ރީތި އިސްތަށިގަނޑާއި މޫނު ފިޔަވައި ތަނެއް ފެންނާކަށް ނެތެވެ. ކަރުވެސް ވަނީ ފޮތިގަނޑުން ނިވާކޮށްފައެވެ. ނަވީންގެ ދާދި ކައިރިން ލާފައި އިނާގެ އެނދު ގެންދިޔައިރު އިނާގެ މެރިފައިވާ ދެ ލޯ ފެނުމުން ނަވީންގެ ގައިން ވަރުދޫވިއެވެ. އޭނަގެ ސަބަބުން އިނާއަށް މިލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟

އިނާގެ ހާލާއި ދޭތެރޭގައި ކަންބޮޑުވެފައި ތިބުމުގެ ސަބަބުން އެމީހުން ފަހަތުން ނަވީން ނައަންނަ ކަމާއި އިޚްތިޔާރަކާ ނުލާ ނަވީންއަށް ގޮނޑީގައި އިށީނދެވުނުކަން އެތަނުން އެކަކަށްވެސް ފާހަގައެއް ނުކުރެވުނެވެ. ނަވީންގެ ލޯކުރިމަތިން އިނާ ގެއްލެންދެންވެސް ނަވީންއަށް އިނދެވުނީއެވެ. ތެދުވެގެން އިނާގެ އެނދުގެ ފަހަތުން ދާނެހާ ހިތްވަރެއް ނަވީންއަކަށް ނުލިބުނެވެ.

އިނާގެ ރަހްމަތްތެރި ހައިފާ އާއި ފާތުން އެމީހުންގެ އޮފް ޑިއުޓީގައި ގޭގައި ތިއްބާ އިނާގެ ޚަބަރު ލިބިގެން ދެންމެ އައިސް ހޮސްޕިޓަލަށް ވަދެގެން ނަވީންގެ ކުރިމަތިންލާފައި އެ ދިޔައީވެސް ނަވީންއަށް ހިލަންވެސް ނުވެ އިންދައެވެ.

އަމިއްލަ ކުށް އިހްސާސް ކުރެވޭލެއް ބޮޑުކަމުން ދާންވެސް ނުކެރިފައި ހިތްވަރު ނެތިފައި ފަނަރަ ވަރަކަށް މިނެޓް ވަންދެން ނަވީން އިނެވެ. އިނާ ބާއްވާފައި އޮތް ވޯޑަށް ވަންއިރު އިނާ އޮތީ އެނދުގައި ބާއްވާފައެވެ. ޚާލިދު އާއި އަދިވެސް އެހެން ދެ ޑޮކްޓަރަކު އިނާގެ އެނދު ކައިރީގައި ތިބި އިރު ދެން ތިބި އެންމެންވެސް ތަންކޮޅެއް ދުރުގައި ތިއްބެވެ.

އިނާގެ ހާލު އެނގުން އޭނައަށް ކޮންމެހެންވެސް މުހިއްމުކަމަށް ދެކި، ނަވީން ވަދެގެން ގޮސް ހުއްޓުނީ ޚާލިދު ކައިރިއަށެވެ. ޚާލިދު އާއި ޑޮކްޓަރުން ދެއްކި ވާހަކަ އަޑުއަހަން ނަވީން ސަމާލުވެގެން ހުރިއިރުވެސް ބެލެމުން ދަނީ އިނާގެ މޫނަށެވެ.

މިކުރެވުނީ ކީއްހެއްޔެވެ؟
މިކަހަލަ ކަމެއް ވެދާނެ ކަމުގެ ހިލަންވިނަމަވެސް އޭނަ އެރޭ އިނާ ހުރި ހިސާބަކަށް ނުދާނެއެވެ.
** ** ** ** ** ** **
އިނާ އެޑްމިޓް ކުރުމަށްފަހު ދޭންޖެހޭ ފަރުވާތައްވެސް ދީ ނިމިއްޖެއެވެ. ޑޮކްޓަރުންތައްވެސް ގޮސް ނިމިއްޖެއެވެ. މިހާރު ހުރީ އިނާގެ ވިންދު ބަލަން ހުރި ނަރުހަކާއި އާދައިގެ ހެދުމުގައި ތިބި ހައިފާ އާއި ފާތުން އެވެ. އެ 2 ރަހްމަތްރެރިން އިނާގެ މިވަގުތުގެ ހާލަތާއި ބެހޭ ގޮތުން އެ ނަރުހާއި ސުވާލުތައް ކުރަމުން ދިޔައެވެ.

"
މިހާރު ދެން މި ހަމައަކަށް އެޅުނީ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ނަވީންވެސް ގޮސްލަންވީނު ގެއަށް. ހެދުން ބަދަލުކޮށްލަން." ތަންކޮޅެއް ދުރުގައި ތިބި ޝީލާމެންކައިރީގައި ހުރެގެން އިނާގެ ހާލަތު އޮޅުންފިލުވައި ދީފައި ޚާލިދު ވާހަކަ ކޮޅު ނިސްބަތް ކުރީ ނަވީނަށެވެ. އެއީ ތެދެކެވެ. އެތަނުގައި ތިބި މީހުންގެ ތެރެއިން އެންމެ ގިނަ ލެއެއް ހޭކިފައި ހުރީ ނަވީންގެ ގައިގައެވެ.

އެކަމާއިބެހޭ ގޮތުން އިތުރު އެއްޗެއް ނުބުނެއެވެ. ފަހުން އަންނާނެ ކަމަށް ބުނެފައި ނަވީން ދިޔައީއެވެ.

"
ނަވީން އާއި ކިހިނެއްތޯ ދިމާވީ.........؟؟" މީގެ ދުވަސްކޮޅެއް ކުރީއްސުރެ ނަވީން ފެނުނު ފަހުން ނަވީންގެ ޖާދޫގައި ޖެހިފައި ހުންނަ ހައިފާއަށް އެތަނުން ނަވީން ފެނުނީއްސުރެން އެ ސުވާލު ކުރާހިތުން ހުރެހުރެފައި އެންމެ ފަހުން ނަވީން ދިއުމާއެކު އެ ސުވާލު ކޮށްފިއެވެ.
"
ނަވީން ހުރީ އެވަގުތު އިނާ ކައިރީ............މިބުނީ އަހަރެމެން ގޭގަ އޮތް ކެއުމަކަށް ގޮސް ގޭގައި ހުރީ......." ހައިފާ އަކީ އިނާގެ ވަރަށް ގާތް ކުއްޖެއްކަން އެނގޭތީ، ހަގީގަތަށް ޝީލާ ކިޔައިދިނެވެ. އެކަމަކުވެސް ނަވީންގެ ވާހަކައާއި ބެހޭ ގޮތުން ހައިފާ އަހާލި ގޮތުގައި ތަފާތު ގޮތެއް ހުރިކަން ޝީލާއަށް ފާހަގަ ކުރެވުނެވެ. ޒުވާން އަންހެންކުއްޖެއްގެ ހިތުގެ ހާލަކީ ޝީލާފަދަ ތަޖްރިބާ ހުރި އަންހެނަކަށް ސިއްރު ކުރެވޭނެ ކަމެއް ނޫނެވެ.

ޝީލާގެ ފަރާތުން އެ ލިބުނު ޖަވާބަށް އެހެންތޯއޭ ބުނެފައި ނިންމާލިއެއްކަމަކު ، އެ ޖަވާބުގެ ސަބަބުން ހައިފާގެ ނިތަށް ރޫ އެރިއެވެ. ނަވީން އާއި އިނާ އަކީ އެކަކު އަނެކަކަށް ދަންނަ ދެމީހުންކަމެއް މީގެ ކުރިން އޭނައަށް އެނގިފައެއް ނުވެއެވެ. އިނާގެ ގެއަށް ނަވީން ދާވާހަކަ މީގެ ކުރިން އިނާ ނުބުނެ އޮތީ ކީއްވެބާއޭ ހައިފާއަށް ވިސްނާލެވުނެވެ. އެކަމަކު އެ ސުވާލަށް ޖަވާބު ލިބޭނީ އިނާ ހޭއެރި އިރަކުން ކަމަށް ވާތީ، ހައިފާ ގަސްދު ކުރީ އިހަށް އަދި މަޑުމަޑުން ހުންނާށެވެ. އެ ސުވާލުގެ ޖަވާބަށްވުރެ އޭނަގެ ރަހްމަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރެއްވުން އެދެވޭލެއް މާ ބޮޑުވެފައި ވާތީއެވެ.

"
ނޭނގޭނެނު ދޯ މިހެން ވާނެކަމެއް. ނަވީން ނުދާން އުޅުމުންވެސް އިނާ އާއި ބައްދަލުވެލަން އަމިއްލައަށް ބަދިގެފަރާތަށް ދޭބަލާށޭ ބުނީވެސް ދައްތަ......" ނަވީން އާއި ބެހޭ ގޮތުން ސުވާލުކޮށްފައި ލިބުނު ޖަވާބާއިގެން ހައިފާ އެފަރާތަށް އެނބުރުމުން ޝީލާ މިހެން ބުނެލީ ދާދި ކައިރީގައި ހުރި ދިލްމާ ކައިރީގައެވެ.
"
ތިބުނީ..............؟؟؟" ޝީލާ މި ބުނެލި އެއްޗަކުން އިތުރަށް ނައަހައެއް ދިލްމާއަކަށް ނުހުރެވުނެވެ.
ޚުދު ދިލްމާ ހުރީވެސް ނަވީން އެގޭގެ އެހާ އެތެރެއަށް ވަންނަން ޖެހުނު ސަބަބު ނޭނގިފައެވެ. އެކަމަކު އެ ސުވާލު އެކަކާވެސް ކޮށްލަން ނުކެރިގެން އޭގެ ހަގީގަތެއް ނޭނގިފައި ހުއްޓާ ޝީލާ އަމިއްލައަށް އެ ވާހަކަ ފެށުމުން ކަންފަތަށް ގަބޫލުނުކުރެވިގެން އެހުނީ އެހެން ވެގެންނެވެ.

"
ދިލްމާއަކަށް ނޭނގޭ ދޯ.....ކުރިން ނަވީން އަންނާނެ ވަރަށް ގިނައިން........އެކަމަކު މިހާރު ދެތިންމަހެއްވެދާނެ އެއްގޮތަކަށްވެސް ނަވީން ގެއަށް ނައަންނަތާ.......އެންމެ ފަހުން އައީވެސް އިހަށްރޭ ޒިޔާދު ގޮވައިގެން ގަމުން ގެއަށް އައިސްދިން ދަތުރުގަ......އެރޭވެސް ނުވަތް ގެއަކަށް." ދިލްމާ އަކީ އިނާއާއި އެކުގައި އުޅެ އުޅެ އެގޭ ކުއްޖަކޭ އެއްފަދަ ކުއްޖެއްކަމުން ދިލްމާއަށް އެއްވެސް ކަމެއް ސިއްރުނުކޮށް ޝީލާ ކިޔައިދިނެވެ.

"
ނޭނގެ ކިހިނެއްކަމެއް ޚާލިދު މިރޭ ނަވީން ގެއަށް ގެނުވީ........." އަމިއްލަ އަމިއްލައަށް ބުނެލާ އެއްޗެއް ގޮތަށް ޝީލާ ބުނެލިއެވެ.

"
އިނާ ބައްޕަ ނައިސްގެން އެހެން ތިއްބާ ގެއަށް އައިއިރު އައީ ނަވީންވެސް ގޮވައިގެން. އެހެންވެ އިނާއަށް..........ނަވީން ފެނުމުން އިނާ ވަރަށް ހައިރާންވާނެކަން އެނގޭތީ އެހެންވެ ނަވީން ކައިރީ ދައްތަ ބުނީ އެތެރެއަށް ގޮސްލަބަލާށޭ........." ވާހަކައިގެ ވަކި ހިސާބަކުން ހުއްޓާލާފައި އިނާގެ މޫނަށް ބަލާލާފައި އަނެއްކާވެސް މަޑުމަޑުން ޝީލާ ބުނެލިއެވެ.

"
ދައްތައަކަށް ނޭނގޭނެނު މިކަހަލަ ކަމެއް ވާނެކަމެއް........" އެއްވެސް ހަރަކާތެއް ނެތި އޮތް އިނާގެ މޫނަށް އަނެއްކާވެސް ޝީލާ ބަލާލިއެވެ. ދައްތަގެ ހިތުގެ ހާލު ވިސްނައިގަނެވޭ ދިލްމާއަށް އެކަމަކުވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އުފެދެމުން ދިޔައީ އިތުރު ސުވާލު ތަކެކެވެ.

ނަވީން އާއި އިނާ އާއި އެހާ ރައްޓެހިކަމެއް އޭނައަށް ނޭނގިފައި އޮތީ ކީއްވެހެއްޔެވެ؟
ނަވީންގެ ހަރަކާތްތައް އިނާއާއި ދޭތެރޭގައި ބެހެއްޓި ގޮތުން، އިނާއަކީ ނަވީންއަށްޓަކައި ވަރަށް މުހިއްމު މީހެކޭ އޭރުވެސް އޭނައަށް ހީވިއެވެ. އިނާ ވެއްޓެން އައިއިރު ނަވީން ދުވެފައި ގޮސް އިނާގައިގަ ހިފެހެއްޓި ގޮތާއި، އިނާގެ ކަރަށް ބިއްލޫރިގަނޑު ވަދެފައި ހުރިތަން ފެނުމުން ނަވީންއަށް ވީ ގޮތާއި، ނަވީން އުޅުނު ގޮތުން އިނާއަކީ ނަވީންއަށްޓަކައި ވަރަށް ޚާއްޞަ ކަމެއް ދެވިފައިވާ މީހެއްކަން ދިލްމާއަށްވެސް ޔަގީން ވެއްޖެއެވެ. އެ ހުރިހާ ކަމަކަށް ވިސްނާއިރު އޭނަގެ ވިސްނުން ރަނގަޅުކަމަށް ދިލްމާ ނިންމިއެވެ.
އަނެއްކާ ނަވީން އާއި އިނާ...........................؟؟
އޭނައަށް މި ހީވަނީ ރަނގަޅަށް ބާވައެވެ.؟؟
ދިލްމާ ވިސްނާލިއެވެ.
********(ނުނިމޭ)********

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 11:42:24 | Report this Comment
އަޅެ ދެން އަވަހަށް އިނާ ރަނގަޅުކޮށްދެއްޗޭ. ވަރަށް ރީތި މިވާހަކަ... އަލަށް މި ކޮމެންޓްކުރީވެސް..... އެކަމަކު ފެށުނީއްސުރެވެސް ކިޔަން... ވަރަށް މޮޅު ސޮފާ..... އަނެއްބައި ވެސް ވަރަށް އަވަހަށް ގެނެސްދެއްޗޭ...އިނގޭ.....ސަލާމް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެ........ސޮފާ ރަނގަޅު ކުރީމަތަ އިނާ ރަނގަޅު ވާނީ......އެނީވޭސް ޝުކުރިއްޔާ.....ސޮފާ އުއްމީދު ކުރަން އީންގެ ކޮމެންޓްތައް މީގެ ފަހުން ފެންނާނެ ކަމަށް. . ވަރަށް ސަލާމް.

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 11:44:57 | Report this Comment
މިޕާޓް ނިމުނު ގޮތުން ދެން އޮއްބައިގައި ވާނެގޮތް ކޮންމެވެސް ވަރަކައް އިމޭޖް ކޮއްލެވޭ....ނަޒީމް ފުރަތަމަ ފަހަރު ކަންނޭގޭ މިވާހަކަ އަށް މިގޮތައް ކޮމެންޓް މިކުރީ...އިންޓްރެސްޓިން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެންކްޔޫ ނަޒީމް......ހޯޕް ޓު ސީ ޔޫ ކޮމެންޓްސް އެގެއިން އެންޑް އެގެއިން....!!!
http://www.muraasil.com/images/reportAbuseIcon.gif
ނަޒީމް: އިންޝާ ﷲ .... އިރާދަ ކުރެއްވީޔާ ކުރާނަން.....ދެން ނަޒީމްގެ ރިކުއެސްޓެއް! ސޮފާ މިމުޖްތަމައުގައި އެބަހުރި ގިނަގުނަ މައްސަލަތަކެއް އާއިލާތަކުގެ ތެރޭގަ އެހެނަސް ގިނައިން ވާހަކަވެސް މިފެންނަނީ އެއްވައްތަރެއްގެ ރަހަތަކުގެ ވާހަކަތައް ތަފާތު ގޮތަކައް ގެސްދީފައި ހުއްޓަސް ފަހަރެއްގާވެސް އެންމެން ލިޔަނީ އެއްވައްތަރު ގެ ވާހަކަ އެކޭނުން މިބުނީކީ ނުވަތަ ސޮފާގެ ވާހަކަ އެއް ބުނާ ކުޑާމީސް ބަހެއްނުން.......ނަޒީމް އަކީ ވަރަށް ގިނަ ސޯޝަލް ކަންތަކުގައި ހަރަކާއްތެރިވާ ކުއްޖެ....އެހެންކަމުން އާދައިގެ މީހަކައްވުރެ އެމައުލޫމާތު ނަޒީމް ގިނަވާނެ ކަމައް މިބަލަނީ ދެން ކޮންމެވެސް ވަރަކައް ކައުންސިލިންގެ ދާއިރާގަވެސް އުޅުނިން....ނަޒީމްގެ އެދުމަކީ މިފަދަ ކޮންސެއްޕްޓަކައް ވާހަކަ އެއް ލިޔަފާނަންތޯ؟ ފެންނަފެނުމައް ވަރަށް ގިނައިން އަޑުއިވޭ އެހެނަސް އިބުރަތުން ފުރިގެންވާ؟
http://www.muraasil.com/images/reportAbuseIcon.gif
އައިމް: ނަޒީމް ތިބުނީ ހަމަ އައިމް ވެސް ގެންގުޅޭ ހިޔާލެއްގެ ވާހަކަ. ހައްތާވެސް ކުރަން ކުރަން ހުރެވެނީ. ނަޒީމްއާ ކޮންޓެކްޓް ކުރެވޭނެ އައިޑީއެއް ލިބިދާނެތަ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަޒީމް ތި ދިން ޚިޔާލަކީ އަބަދުވެސް ސޮފާ ގެންގުޅޭ ޚިޔާލެއް....އެކަމަކު ރަނގަޅު ރިސާރޗެއް ކުރަން ވަގުތު ބޭނުންވާތީ......އެކަމަށް އަދި ވަގުތެއް ނުވަނީ.....ސޮފާ ކޮންމެހެންވެސް ބޭނުން ނަޒީމް އާއި ކޮންޓެކްޓް ވާން...ނަޒީމްއާއި ކޮންޓެކްޓް ކުރެވޭނެ އައިޑީއެއް ނުވަތަ ނަންބަރެއް ލިބިދާނެތަ؟ ޕްލީޒް އިނގޭ.....!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އައްމި ތިބުނީ ކުރަން ކުރަންކޮންކަމެއް ހުންނަ ވާހަކަތަ؟
http://www.muraasil.com/images/reportAbuseIcon.gif
ނަޒީމް: ސޮފާ ކީއްވެބާ އެއްޗެކޭ ނުބުނީ!؟ އައިމް ނަޒީމްގެ މެއިލް އައިޑީ reethi_abadhuves_reethi@hotmail.com
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަޅެ ސޮފާ އެއްޗެއް ނުބުނަންތަ؟ އެ އޮތީނު ބޮޑު ސިންގާ އެއްޗެއް ބުނެފަ......ނުވެސް ބަލަމު ދޯ......
http://www.muraasil.com/images/reportAbuseIcon.gif
ނަޒީމް: ސޮފާ ނަޒީމް އެކޮމެންޓް ލިޔުނު އިރު ސޮފާގެ ކޮމެންޓް އަދި އަޕް ނުވޭ...ނަޒީމް ކުރިން ކުރި ކޮމެންޓްގައި އެވަނީ ނަޒީމްގެ މެއިލް އައިޑީ އުންމީދު ކުރަން ކޮންޓެކްޓް ވާނެ ކަމައް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާ ފޮނުވައިފިން އިންވިޓޭޝަން.....އެންޑް އޭމް އޮލްރެޑީ އޮންލައިން.....ހޯޕް ޓު ސީ ޔޫ....!!!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނަޒީމްގެ ޚަބަރެއް ނުވެގެން ވަރަށް ގިނައިރު އިނދެފިން.........މިހާރު ތަނަކަށް ދާން ލަސްވެގެން ދަނީ.....އެކަމަކު އުއްމީދުކުރަން ވަރަށް އަވަހަށް ކޮންޓެކްޓްވާނެކަމަށް.....ތޭންކްސް.

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 11:50:05 | Report this Comment
ވަރަށް ރީތި ހީވަނީ ހަމަ ޑޮކްޓަރަކް ލިޔެފަ އޮތް ވާހަކަ އެތްހެން. އަނެތްބައިވެސް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އުފާވެއްޖެ ވަރަށް.............އިރާދަކުރެއްވިއްޔާ އަނެއްބައި ވެސް އަވަހަށް ގެނެސް ދެވޭތޯ ބަލާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 12:04:56 | Report this Comment
ވާހަކަ ވަރަށް ސަޅި،،،،،،،،،،،،،،،،،،،،،،،،،،
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ...........!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 12:14:31 | Report this Comment
ބޭބެ އަށް މިވާހަކަ ގެނެސްދީފަ އިންގޮތް ވަރަށް ކަމުގޮސްފި...ދެން ބޭބެ އަކީ ހނދު ބޮޑުވާ މޫސުމައް ކޮމެންޓް ކުރަން އަންނަމީހެއް...އެހެންވީމަ މާގިނަ ގިނައިން ބޭބެ ނުފެންނާނެ....މިތާގަ ކޮމެންޓް ކުރިކުއްޖެ ލިޔެފަ އެބަވޭ ސޮފާއޭ އެއީދޯ ނަމަކީ......ސޮފާ ބޭބެ ލިޔަމުން ދާއިރު ހުރެދާނެ އައްޑޫ ބަހުން ނުވަތަ ފަރަންޖީ ބަހުން އެއްޗެއް އެމުނިފަ...އެކަމަކް މާފު ނުކުރިއަސް ބޭބެގެ މައްސަލައެއް ނެއް ބޭބެ ދެން ކުޑަކޮއް މުސްކުޅި ވެފައި މިހިރީ ވާން ބޭނުން ނޫނަސް...ސޮފާ ބޭބެގެ ރިކުއެސްޓެއް ދެން ތިހެން ވާހަކަ ލިޔާއިރު ބޭބެ މެން ޒަމާނުގައި ލޯބީގެ ވާހަކަތައްވެސް ގެންނައްޗޭ އެޒަމާނުގައި ބޯވަޅު ހެދުން ލައިގެން ރަތް މަލެއް ބޮލުގައި ޖަހައިގެން ވަރުގަދަ ހައިވަކަރު ވަސްދުވާ އަތަރު ޖަހައިގެން ބިޓުން ދާއިރު އެހެރަ ދުވާވަހުން ހީވަނީ ކައިރީގަ ޖެހިގެން ހުރިގޭ ޖަންގުޝަން ފަޅައިގެން އުޅޭހެން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާ ހާދަ އުފާވެއްޖެއޭ މިފަދަ ނަމެއް ކިޔާ ކިއުންތެރިޔަކު (ރާބިޔާގެ އައްލާ) ސޮފާއަށް ލިބުނީމަ. ވަރަށް އުފާކޮށްފިން. ޝުކުރިއްޔާ...!!! ތި ކިއުންތެރިޔާއަށް މިވާހަކަ ކަމުދިޔަކަން އެއީ ހަމަ ސޮފާއަށް ހުރި ކުރިއެރުމަކަށް ނޫނީ ނުވާނެ. ހަނދުބޮޑުވާ މޫސުމަށް އެކަނި ކޮމެންޓް ކުރިއަސް ރަނގަޅުވާނެ. އެކަމަކު އުއްމީދުކުރަން އަސްލު ހަނދުފަދައިން އަނެއްކާވެސް އަނެއް މަހު ފެންނާނެ ކަމަށް. ދެން ބުނަން އޮތީ........ސޮފާއަށް ކޮންސެޕްޓެއް ދޭންވީނު ތި ބުނި ކަހަލަ ބޭބެމެންގެ ޒަމާނު ވާހަކައެއް ލިޔަން. އޭރުން ލިޔެވޭތޯ މަސައްކަތް ކޮށްލާނަން އެކަހަލަ ވާހަކައެއްވެސް. ސޮފާއަށް ހީވަނީ އެކަންވެސް ވާނެހެން. އެކަމަކު އެ ޒަމާން ފެނިފަ ނެތީމަ ނޭނގެ އެ ޒަމާނުގެ ކަންތައް އެހާ ރަނގަޅަކަށް. ދޭނަން ދޯ ކޮންސެޕްޓެއް. ދެން ބެނަން......ބޭބޭމެން އައްޑޫބަހުން ކޮމެންޓް ކެރިޔަސް ރަނގަޅަ. ޖަސްޓް ކީޕް އޮން އެޕިއަރިންގ ސަމްޓައިމްސް....!!! ޝުކުރިއްޔާ....!!!
http://www.muraasil.com/images/reportAbuseIcon.gif
ނަޒީމް: ސޮފާ އަށް އިނގޭތަ ރާބިޔާގެ އައްލާގެ އަސްލު ނަމަކީ...އަލީޒް މުސްކުޅިޔޯ އެކަމަކު އުމުރަކީ 26
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެ ލިޔެފަ ހުރި އެއްޗިހިންވެސް އެބައެނގޭ މުސްކުޅިއެއް ނޫންކަން. ހެހެހެހެ.......އެނީވޭސް ނަޒީމް އަށްވެސް އަދި އައްލާއަށްވެސް ޝުކުރިއްޔާ........!!! އުފާވޭ ތިކަހަލަ ކިއުންތެރިން ލިބުނީމަ.
http://www.muraasil.com/images/reportAbuseIcon.gif
ޝިއު: ނަޒީމް ތިގޮތައް މީހުން ބޭޒާރު ކުރާކަށް ނުވާނެއްނު ހިހިހިހި
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދޯ ޝިއު..........ހެހެހެހހެ
http://www.muraasil.com/images/reportAbuseIcon.gif
ނަޒީމް: ޝިއު އިނގޭތަ އެހެން ތަނެއްގަ އަލީޒް އެވަނީ ނަޒީމް ބޭޒާރު ކޮއްލާފައި..ހިހިހިހިހ ދެން އެހެން ނޫނަސް އަލީޒް އަކީ ވަރަށް ކުލޯޒް ފްރޭންޑެއް
http://www.muraasil.com/images/reportAbuseIcon.gif
ޝިއު: ނަޒީމް އަށް އިގޭތަ ކުރީ ދުވަހުގަ ސޮފާ އަށް ކުންނާރު ލިބުނު ކަމެއް؟ އެކަމަކު އަހަރެމެނަށް ނުދީ ކާލީ .. ސޮފާ ވަރަށް ގޯސް ދޯ
http://www.muraasil.com/images/reportAbuseIcon.gif
the vampire diaries: mi naxym and alex ge fighting mithaa ves :-S pis pis
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރަހްމަތްތެރި ކަމަކީ އެކަހަލަ އެއްޗެކޭ .......... ރަހްމަތްތެރިޔާއާއެކު އޭނަ ދާހާ ތަނަކަށް ދިއުމަކީ ގާތް ރަހްމަތްތެރިންގެ ކަމެއްނު ދޯ ...........އެހެން ކަންނޭނގެ އަލީޒް އާއި ނަޒީމް އަށްވެސް އެ ވަނީ.........!!!!

http://www.muraasil.com/images/comment_reply.pngPosted on 2011-04-08 12:45:58 | Report this Comment

0 comments:

Post a Comment