FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 24 ވަނަ ބައި



ނަމަވެސް މިއީ އެފަދަ ފަހަރެއް ނޫނެވެ. ޒިޔާދު ކަތިމަގަށް އަޅުވަން އިނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ގުދުރަތުން އިނާއަށް ދެއްވާފައިވާ ރީތި ސިފަ އެކަނިވެސް ޒިޔާދު ކަތިމަގަށް އަޅުވަން ފުދެއެވެ. މާލެއާއި އައްޑޫއާއި ދޭތެރޭގައި އަދަދު ނުކުރެވޭ ދަތުރުތަކެއް އިނާއަށްޓަކައި ކުރަމުން ދިޔައިރު އަތުން ޚަރަދުވަމުން ދިޔަ ފައިސާއަށްވެސް ވިސްނާނުލާ އިނާގެ ފަހަތުން ދެވުނީ ހަމައެކަނި ، އިނާގެ ރީތި ސިފައިގެ ޖާދޫގައެވެ. ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހިއްސުތަކަށް ބާރުފޯރުވަން އުނދަގޫވާވަރަށް އިނާގެ ހަނދާންތައް ވަމުން ދާތީ ޒިޔާދު ބޭނުންވީ
ހިތްފުރެންދެން އިނާއަށް ބަލާނެ ފުރުޞަތު ހޯދުމަށެވެ. އިނާއަކީ ފަސޭހައިން އެއްވެސް ފިރިހެނެއްގެ ދަޢުވަތު ގަބޫލުނުކުރާ އަންހެންކުއްޖެއްކަމަށް އަޑުއިވިފައި އޮތުމުން ޒިޔާދު ބޭނުންވީ އިނާގެ "މިލްކުވެރި" އަކަށް ވުމަށެވެ.

ކައިވެނީގެ ނަމަކީވެސް އަދި އެ ޚިޔާލަކީވެސް ޒިޔާދުގެ ހިތުގެ މަގްޞަދެއް ނޫނެވެ. ނަމަވެސް ހިނދުކޮޅަކަށްޓަކައިވެސް، އިނާ ހާޞިލްވާން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާނަމަ އެކަންވެސް ކުރަން ޒިޔާދުއަށް އޭރު ހުރެވުނީ ރުހިގެންނެވެ. މިކަން އިރެއްގައިވެސް ޒިޔާދުއަކަށްވެސް އަދި އޭނަގެ ރައްޓެހިންނަކަށްވެސް ނޯޅެއެވެ. މިކަން އޮޅުނީ އިނާ އަށާއި ދެފަރާތުގެ އާއިލާއަށެވެ.

** ** ** ** ** ** **
"
ބައްޕަ ޒިޔާދު ކޮބައިތޯ؟" ޒިޔާދު އެތަނުން ދިޔަތާ އިރުކޮޅެއްފަހުން ގޯތިތެރެއަށް ނިކުތް އިނާ މިހެން އަހާލީ ޚާލިދު އިށީނދެ އިންނެވި މޭޒުކައިރީގައި ޒިޔާދުނެތިފައި ޒިޔާދު ގެންގުޅުނު ތަޅުދަނޑިފަތި މޭޒުމަތީގައި އޮތުމުންނެވެ.
"
މާ މުހިއްމު ކަމެއް ޖެހިގެން ކުއްލިއަކަށް ހިނގައްޖެ." މިވަގުތު ބުނާނެ އިތުރު އެއްޗެއް ޚާލިދުއަކަށް ނުވިސްނުނެވެ.

ކުޑައިރުކޮޅަކަށްވިޔަސް އިނާއަށް ހުއްޓެވުނެވެ. އޭނައާއެކު ދުއްވާލަން ދާހިތުން މަރުދީފާނެއޭ ހީވާފަދައިން ހުރެފައި، ދާންވީމަ އެ ދިޔައީ ބުނެވެސް ނުލައޭ އިނާ ހިތަށް އެރިއެވެ. އެންމެ ރަނގަޅެވެ. އެވީ މާ ރަނގަޅަށެވެ. ޒިޔާދު އަމިއްލައަށް ގަޑިއަކަށް ދާން ޖެހިގެން ދިޔައީކަމަށް ވަންނާ އޭނަ ކުށްވެރި ކުރުމުގެ ފުރުޞަތެއް ގައިމުވެސް ޒިޔާދުއަކަށް ނޯންނާނެއެވެ. އެކަމަކު އަދި ޒިޔާދު ގުޅާނެއެވެ. ޔަގީނެވެ.

މީގެ ދިހަވަރަކަށް މިނެޓްކުރިން އިނާގެ ބައްޕައާއި ޒިޔާދު އާއި ދޭތެރޭ އެފަދަ ކަމެއް ހިނގާފާނެއޭ އިނާއަށް ހީވާނީވެސް ކިހިނެއްހެއްޔެވެ؟ އެހާ ކުއްލިގޮތަކަށް އެތަނުން ޒިޔާދު ގެއްލުމަކީ ގޯހެއްކަމަށް ޝައްކެއްވެސް ނުވެއެވެ. ލިބުނިއްޔާ ލިބުނީ ބޮލަށް ލުޔެކެވެ. ލިބުނު ވަގުތުކޮޅުގެ ބޭނުންހިފައި، އިނާ ދިޔައީ ކޮޓަރިއަށެވެ. ނަމަވެސް ............

ފޯން އެފެށީ ރިންގު ވާށެވެ.
ދެފަހަރަކު ރިންގުވެލީމަ ތެދުވެގެން ގޮސް ބަލާލިއިރު ގުޅަނީ ކާކުކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އެއީ ދިލްމާއެވެ.
"
ކޮން ކަހަލަ ލަވައެއްތަ ތި ޖަހަނީ...؟؟" ޚަބަރެއް ނުވާތީ ދިލްމާ ކުރި ޝަކުވާ ތަކަކަށް ޖަވާބު ދިނުމަށްފަހު، އިނާ އެހެން އަހާލީ މާ ކުރީގ ލަވައެއް ދިލްމާގެ ފަހަތުން އިވެމުން ދާތީއެވެ.
"
އެއީ މަންމައަށް ޖަހާދޭ ލަވަތަކެއް." އެކޮޅުން ދިލްމާ ބުންޏެވެ.
"
މަންމައަށް އެކަނިތަ؟" ދިލްމާ އަކީ ކުރީ ޒަމާނުގެ ހިންދީ އަދި ދިވެހި އަދި އިނގިރޭސި ލަވަތަކަށް ލޯބިކުރާ މީހެއްކަން އިނާއަށް މާބޮޑަށްވެސް އެނގެއެވެ. އިނާގެ އެ ސުވާލަށް ދިލްމާ ހީގަތީއެވެ.
"
ކީކޭތަ އެ ކިޔަނީ...." ހިންދީ ބަހުގަ އޮންނަނީ އިނާއަށް އެނގޭ ދެތިންބަހެއްކަމަށްވާތީ، ރީތި ލަވައެއް އަޑުއިވިއްޖެއްޔާ އެ ލަވައެއްގެ މާނަ ދިލްމާ ގާތުން އެހުމަކީ އެއީ އޭނަގެ އާދައެކެވެ.
"
އެ ކިޔަނީ.........ދުނިޔާހޭ މޭރޭ ޕީޗޭ....ލޭކިން މެއި ތޭރޭ ޕީޗޭ......" އަބަދުވެސް އާދައިގެ މަތިން އިނާއަށް ލަވައިގެ މާނަ ކިޔައިދޭން ދިލްމާ ފެށިއެވެ. ނަމަވެސް ލަވައިން އަދި ތަންކޮޅެއް ކިޔާދީ ނުނިމެނީސް އިނާގާތަށްވެސް ލުއި ހިންޏެއް އައެވެ. ހިންދީ ނޭނގޭ މީހަކަށްޓަކައި ބައެއްފަހަރަށް ހިންދީ ބަސްތަކަކީ ހަމަ ޖޯކެކެވެ.

"
އެއްކަލަ ހޭން ފެށީ ދޯ. ތިވަރުން ކިހިނެއް ހިންދީ އެނގޭނީ. އެންމެ ރަނގަޅު މަ ބުނެފާނަން އެކިޔާ އެއްޗެއް ވަރަށް ކުރުކޮށް" ދިލްމާ ބުނެލިއެވެ.
"
އަވަހަށް ބުނޭ.." ހީލުމަކާއެކު އިނާވެސް ބުނެލިއެވެ.
ނުހޭތި އިނގޭ...އެއީ ހުސް ހޮޅިބޮޅި" ނުހޭށޭ ބުންޏެއް ކަމަކު ދިލްމާ މިހެން ބުނުމާއެކު އިނާގެ ގާތަށް އިޚްތިޔާރަކާ ނުލާ ހިނި އައެވެ. ތާކުންތާކު ނުޖެހޭ ކޮންމެ ވާހަކައަކަށް އައްޑޫ މީހުން ކިޔާ އުޅޭ އެ ބަހަކީ އިނާއަށް އެ ބަސް އަޑުއިވުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އޭނަ ހިނި އަންނަ ކަހަލަ ބަހެކެވެ.

"
މަށަށްވެސް އެހެން ހީވެއްޖެއޭ..." ހުނުމުގެ ތެރެއިން އިނާ ވާހަކަ ދެއްކިއެވެ.
ގާތް ރަހްމަތްތެރިކަމުގެ ގުޅުމަކީ މިފަދަ ކަމެކެވެ. އެންމެ ފިކުރުބޮޑުވެ ހާސްވެފައިވާ ދަނޑިވަޅުގައިވެސް ތިމާއަށް ހެޔޮ އެދޭ ރަހްމަތްތެރިޔާއާއެކު ސަމާސާއެއްގައި ބައިވެރިވެލުމަކީ ގަސްތަކާނުލާވެސް ކުރެވޭނެ ކަމެކެވެ. އެފަދަ ސަމާސާތަކުގައި އުމުރުގެ ފަރަގެއް ، މާލާއި ޖާހުގެ ފަރަގެއް، އިލްމާއި ހިލްމުގެ ފަރަގެއްވެސް ނުފެނެއެވެ. ރަށާއި ނަސްލުގެ ފަރަގެއްވެސް ނޯވެއެވެ. ރަހްމަތްތެރިކަމުގެ ފިޠުރަޠަކީވެސް އެއީއެވެ.

"
ހީކޮށްލާ މިއީ ޒިޔާދު އިނާއަށް ޖަހާދޭ ލަވައެކޭ....އެކަހަލަ ވާހަކަތަކެއް އެ ދައްކަނީ." އިނާގެ ހުނުމުގައި ބައިވެރިވަމުން ދިލްމާ އަދިވެސް އިތުރަށް އެ ލަވައިގެ ވާހަކަ ދައްކަން ފެށިއެވެ.
"
ހޫމް......އަވަހަށް ތިވާހަކަ ހުއްޓާލާ." އެދެމީހުންގެ އަމިއްލަ ވާހަކައެއްގައި ޒިޔާދު ޝާމިލްކުރާކަށް އިނާ ބޭނުމެއް ނުވިއެވެ.

"
މިހާރު އެ މަނިކުފާނު ފުރާވަޑައިގަތީތަ؟" ދިލްމާ އޮޅުންފިލުވާލިއެވެ.
"
އުނހުނ......." މިހެން ބުނެފައި، މިރޭ ޒިޔާދުއަށްޓަކައި އޭނަ ހޮސްޕިޓަލުން އައި ވާހަކައާއި އެކަމަކު ދާން ޖެހުނީމަ އަންގާވެސް ނުލާ ޒިޔާދު ހިނގައްޖެވާހަކަވެސް އިނާ ކިޔައިދިނެވެ.
"
ތިވީ މާ ރަނގަޅަކަށްނު. ހިނގާ ދެމީހުން ބޭރަށް ދާން. ފޫހިވެގެން މިއުޅެނީ." ދިލްމާ އަވަހަށް ދަޢުވަތު ދިނެވެ. އިނާއަށްވެސް އެ ދަޢުވަތާއި ގަބޫލު ވެވުނެވެ. މިފަހަރު ދިލްމާ އައިފަހުން އަދި އެންމެ ފަހަރަކުވެސް އޭނައަށް ދިލްމާއާއެކު ބޭރަށް ނުދެވެއެވެ. އެހެންކަމުން ރަހްމަތްތެރިޔާއަށްޓަކައި އެއީ ކޮށްލަން ރަނގަޅު ކަމެކޭ އިނާ ހީކުރިއެވެ.

ދިލްމާގެއަށް ދާ ވާހަކަ މަންމަ ގާތު ބުނެލާފައި އިނާ ނުކުތްއިރު ބައްޕަ އަދިވެސް ގޯތިތެރޭގައި އިންތަން އިނާއަށް ފެނުމުން ހައިރާން ވިއެވެ.
"
ބައްޕަ ހަމަ އެކަނި އިންނެވީތޯ އަދިވެސް؟" ފިކުރެއްގެ ތެރެއަށް ގެއްލިފައި ޚާލިދު އިންތަން ފެނި އިނާ އަށް އެހެން ނައަހައެއް ނުދެވުނެވެ.
"
ދަރިފުޅު ކޮން ތަނަކަށް ތިދަނީ މިހާ ލަސްވެފަ ހުއްޓާ؟" ޚާލިދު ކުރީ އެހެން ސުވާލެކެވެ.
ޒިޔާދު ކައިރީ އިނާއާއި ވާހަކަ ނުދެއްކުމަށް ބުނިތާ މާގިނައިރެއް ނުވަނީސް ، ދަބަސް އަޅުވާލައިގެން އިނާ ބޭރަށް ދާތަން ފެނުމުން ޚާލިދުއަށް ހީކުރެވުނީ އިނާއަށް ގުޅާފަ ބުނެގެން ޒިޔާދު އޭނަ ގެންދަނީ ކަމަށެވެ. ޒިޔާދުގެ އެންމެ އިސް މަގްޞަދަކަށް ވާނީ އިނާގެ އާއިލާ އާއި ދުރަށް، އެކަހެރިތަނަކަށް އިނާ ގެންދިއުންކަން، އޭރު ޒިޔާދު ފޯނުން ދެއްކި ވާހަކަތަކަށް ވިސްނާލުމުން ޚާލިދުއަށްވެސް އެނގެއެވެ.

"
ދިލް އާއެކު އެއްޗެއް ގަނެލަން ދާން މިދަނީ؟" އިނާގެ ފަހަތުން އައިސްއައިސް ހުރި ޒާހިރުއަށް އިޝާރާތް ކުރަމުން އިނާ ބުނެލިއެވެ. އިނާގެ ބަހަކާއި ދޭތެރޭ ދުވަހަކުވެސް ޝައްކު ނުކުރާ އެ ބައްޕަގެ ހިތަށް ހަމަޖެހުން ލިބުނެވެ.

"
އިނާ ނިމުނީމަ ގޮވައިގެން އަންނަން އެގޭ ދޮށުގަ މަޑުކޮށްލާތި" ޚާލިދު އެހެން އެންގީ ޒާހިރު އަށެވެ. މިރެއިން ފެށިގެން އޭނަގެ އަންހެން ދަރިފުޅުގެ މައްޗަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޚާލިދު ނިންމީ މީގެ އިރުކޮޅެއް ކުރިންނެވެ. އެކަމުގައި ނޯކަރުންގެ އެހީ ހޯދަން ޖެހުނަސް އަދި އަމިއްލަ ގޮތުން ކުރަންޖެހިއްޖެއްޔާ އެގޮތުންވިޔަސް އޭނަ އެކަން ކުރާނެއެވެ. ޒިޔާދުގެ މަޅީގައި އިނާ ޖެއްސިޔަކަ އޭނައެއް ނުދޭނެއެވެ. އެއީ އޭނަގެ އަޒުމެވެ.

އިނާ ހިނގައްޖެއެވެ. ނަމަވެސް ޚާލިދުގެ ފިކުރުތައް ބޮޑެވެ. ހަދާނެ ގޮތެއްވެސް ޚާލިދުއަކަށް ނުވިސްނުނެވެ. ޝީލާ ކައިރީވެސް އަދި އިނާ ކައިރީވެސް އެވާހަކަ ދައްކާކަށް ޚާލިދުގެ ވިސްނުމުގަ ނެތެވެ. ނަމަވެސް ކޮންމެވެސް ގޮތެއް ހޯދަން ވެއްޖެކަން ޚާލިދުއަށް ޔަގީން ވެއެވެ.
** ** ** ** ** **
"
ޒިޔާދުގެ ޚަބަރެއް ވެއްޖެތަ؟" އޭނައާއެކު ބޭރަށް ދާން އައިސް އިން އިނާ ކައިރީ ޖޯލީގައި އިށީންނަމުން ދިލްމާ އަހާލިއެވެ.
"
އުނހުނ........އެކަމަކު ހީވަނީ އެކުރަން ދިޔަ ކަމެއް ނިންމާފަ ގުޅާނެހެން." އެކަން ޔަގީނާއި ގާތަށް އިނާއަށް އެނގެއެވެ.
"
ދެން...؟ އޭރުން ކިހިނެއް ވާނީ؟" ދިލްމާ ކަންބޮޑުވިއެވެ.
"
އޭރުން ވަކި ކަމެއް ނުވާނެ. ގުޅީމަ ދާނީ. ދެންވެސް ހިނގާ އަވަހަށް ދާން. ދިހަގަޑި ފަނަރަ ވެއްޖެއެއްނު؟" ފޯންގެ ގަޑިއަށް ބަލާލަމުން އިނާ ތެދުވެއްޖެއެވެ.
"
މަޑުކޮށްލައްޗޭ....އަންނާނަން މަންމަ ކައިރީ ބުނެލާފަ." ދިލްމާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. އެހެންކަމުން އިނާ ޖަނބުރޯލް ގަސްދޮށުގައި މަޑުކޮށްލިއެވެ. އެވަގުތު އިނާގެ ކަންފަތް އަޑަކަށް ސަމާލުވިއެވެ. ކޮންމެވެސް ހިސާބަކުން އިވެމުން ދާ ލަވައެއްގެ އަޑު އިނާގެ ފިޔަވަޅުތަކަށް ހުއްޓުން ގެނުވިއެވެ.

"
ފުހެވޭހޭ ހިތުގެ ޒަޚްމާ ޒަޚްމުން އުފެއްދި ލަކުނާ...ނުފިލާނެކަން ޔަގީނޭ....ލޯބީގެ ސޫރަ މިބުނާ
"
ތަގްދީރު ރޭވުނީމާ ތަދްބީރު ކީއްކުރާނީ....މާޒީ ހަނދާންކުރާތި ފިކުރު ހުސްވެފާ ވަމޭ....."

"
އެލަވަ ރީތި ދޯ އިނާއަށްވެސް ...." ދިލްމާ އެނބުރި އައިއިރު އިނާ ހުރި ގޮތުން، އޭނަ ހުރީ އެލަވަ އަޑުއަހަންކަން އެނގިގެން ދިލްމާ އެހިއެވެ.
"
އަހަންނަށް އަބަދުވެސް ރީތި ލަވައެއް އެއީ." އިނާ ޖަވާބުދިނެވެ.

އެ ލަވަ އަކީ އަޑުއަހާލަން ހިތްގައިމު މަޑުމައިތިރި ލަވައެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ނަމަވެސް އެ ލަވަ ރީތިވި ވަރަށްވުރެ ބޮޑަށް އިނާއަށް އަސަރު ކޮށްފައި ހުރީ އެ ލަވައާއި އޭނަގެ އަމިއްލަ ހަޔާތާއި ގުޅުމެއްވެއޭ ހީވި ވަރުންނެވެ. ހަނދާނަށް އައީ ނަވީންއެވެ. ނަވީން އާއި އޭނަގެ މާޒީއެއް ނެތް ނަމަވެސް އެ ހަނދާންތަކާ އޭނައަށް އަދިވެސް ވައްކެތް ނުވެއެވެ. އޭނަ ބޭނުންވަނީ ނަވީންގެ ހަޔާތުގައި އޭނަ ހިމެނުން ކަމަށް ވީނަމަވެސް ތަގްދީރުގައި ރޭވިފައި ވަނީ އޭނައާއި ޒިޔާދުގައި އެކުގައި އުޅުމަށެވެ. ތަގްދީރު ރޭވުނީމާ އެބުނާހެން ތަދްބީރަކަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. އޭނާ އެވަރުން ނަވީން އާއި ދިމާވުމަށް ގަސްދުކޮށްގެން މިއަދު ހޮސްޕިޓަލަށް ދިއައެއްކަމަކު، މިއަދު އިރުއޮއްސި ހައެއް ޖެހިއިރު އިއްބެ ގެއަށް ފޮނުވާލަން މެދުވެރިވުން، އެއީވެސް ތަގްދީރެވެ.
** ** ** ** ** **
އިނާމެންގެއިން ނުކުމެފައި އިތުރު ވިސްނުމެއްވެސް ނެތި، މަގުމަތިން ދިޔަ ޓެކްސީއަކަށް އަތް ނަގައި ހުއްޓުވައިގެން ޒިޔާދު ދިޔައީ ފޭދޫއަށް ދިއުމަށެވެ. އަދި މިހެދެނީ ރަނގަޅަކަށް ނޫންކަން ޒިޔާދުގެ ހިތަށް އެރީ ހިތަދޫވެސް ފަސްދީ ގޮސް ފަޅުރަށްތަކުގެ ތެރެއަށް ކާރު ވަން ފަހުންނެވެ.

އަނބުރާލާފައި ހިތަދޫއަށް ދިއުމަށް ޑްރައިވަރު ކައިރީ ބުނެފައި ޒިޔާދު ފޯން ނެގިއެވެ. ދެތިން މީހަކަށް ގުޅާފައި އަވަސް އަވަސް ވާހަކަތަކަކަށްފަހު ޒިޔާދު ދެން ގުޅީ ރަމީޒް އަށެވެ. ރަމީޒް ވީ ކޮންތާކުތޯ ބަލާފައި، ސީދާ ހޮސްޕިޓަލަށް އޭނަ ގެންގޮސްދިނުމަށް ޑްރައިވަރު ގާތުން ޒިޔާދު އެދުނެވެ.
ކަންތައް މިވީ ގޮތުން އޭނަގެ ޕްލޭން މުޅިން އެއްކޮށް ފެއިލް ވީއެވެ. އެކަމަކު އަދިވެސް، އެންމެ ފަހު ސިކުންތާ ހަމައަށްވެސް، އޭނަގެ ބަހަށް އިނާ ހައްލާލުމަކީ ޒިޔާދުގެ މަގްޞަދެވެ. އަނބުރާލާފައި ހިތަދޫއަށް ދާން މިސްރާބް ޖެހީވެސް އެހެން ވެގެންނެވެ.

"
ކިހިނެއް ތިހެދީ.....މިރޭ އިނާއާއެކުގަޔޭ އުޅޭނީ ކިޔާފަ....؟؟" ހޮސްޕިޓަލްގެ ބޭރަށް ކާރުމަޑުކުރުވާފައި، އޭނަ އައިސްހުރިކަން ރަމީޒްއަށް އަންގާލުމުން ނިކުމެފައި ރަމީޒް ފުރަތަމަވެސް ކުރީ އެ ސުވާލެވެ.
"
ކުޑަ ކަމެއް ދިމާވެގެން...." ޒިޔާދު ބުނަން އުޅުނެވެ. ރަމީޒްއަށް ކަމުގެ ހަގީގަތް އަންގަން އެއްވެސް ވަރަކަށް ޒިޔާދު ބޭނުމެއް ނުވެއެވެ.
"
ކޮން ކަމެއް ދެން ދިމާވާންވީ. އިނާ ގައިމު ހޮސްޕިޓަލަކު ނެތް. އެނޫން ދެން ކޮންކަމެއް އިނާއަށް ދިމާވާނީ." ޒިޔާދު ހަދައިގެން އުޅެނީ ކިހިނެއްކަން އެއްވެސް ވަރަކަށް ނޭނގޭ ރަމީޒް އެބުނީ ތެދެކެވެ.

"
ގޭގަ އެބައުޅެއޭ........އާނ. ދެން ގޮސްލާނަމޭ އިނގޭ" ޒިޔާދު އެތަނަށް އައީ ނުސީދާގޮތަކުން ވިޔަސް ކޮންމެވެސް ކަހަލަ އަލިމަގެއް އޭނައަށް ފެނިދާނެކަމަށް ކަމުގައިވިޔަސް، އޭނަ އައިތަނުން ރަމީޒު ދައްކަން އެ ފެށި ވާހަކައަކުން އެތާ ނުހުރެވިގެން ޒިޔާދު ހިނގައިގަތެވެ.
"
ބަލަ މިހިސާބަށް އައީ ކަމަކު ނޫންތަ؟" ޒިޔާދުގެ މޫނުމަތިން އެ ފެންނަ ކަންބޮޑުވުމާއި ހާސް ކަމުގެ ސަބަބުން ރަމީޒްއަށް އަހާލެވުނެވެ.
"
އާނ.. އެއީ ތެދކޭ ދޯ. ހެހެހެ........ބުނެބަލަ ކޮންއިރަކުން ރަށަށް ދަނީ. ދެމީހުން އެއްކޮށް އެކޮޅަށް ދާން ކަމަށް" ޒިޔާދު އެހެން އެހީ ރަމީޒްގެ ސުވާލުތަކުން އުނދަގޫވެގެން ކޮންމެވެސް އެއްޗެކޭ ކިޔަން ވެގެންނެވެ.

"
ދެވިދާނެ މިހާރުވެސް. ވައިފް އެކަނިވާނެތީ ތަންކޮޅެއް ލަސްކޮށްލާފައި ރަށަށްދާން ކަމަށް އިނީ. މިހާރު ދަރިފުޅުވެސް ރަނގަޅު." ރައްޓެހިވި ފުރަތަމަ ދުވަހެކޭ އެއްފަދައިން ކައިވެންޏަށް ހަތްއަހަރުވީއިރުވެސް، ވަފާތެރިކަމާއި ތެދުވެރިކަން ނޫން އެއްޗެއް ނުދަންނަ ރަމީޒްއަށްޓަކައި ހުރިހާވެސް އެއްޗަކީ އަނބިމީހާކަން ޒިޔާދުއަށްވެސް އެނގެއެވެ.
އޭނަ ދައްކަން އައި ވާހަކަ ރަމީޒް ކައިރީ ދައްކަން އޭނައަށް އެންމެ އުނދަގޫވާ ސަބަބަކީވެސް އެއީއެވެ.

"
އެހެންވެއްޖިއްޔާ އިހަށް މަޑުކޮށްލަބަލަ. އެބަ އަންނަން" އޭނައަށް މިއާދެވުނީ ނުބައި މީހެއްކައިރިއަށް ކަމަށް ޔަގީންކޮށްފައި ޒިޔާދު ހިނގައިގަތެވެ.
"
އަނހަ.....މިހާރު ދާންވީ؟ ކިހިނެއް ވެގެންތަ ތިއުޅެނީ މައިތިރި ނުވެވިގެން؟" ހިނިގަނޑެއް ޖަހާލާފައި ރަމީޒް އަހާލިއެވެ.
"
މާބޮޑު ގޮތެއް ވީކީ ނޫނޭ. އިނާ.............." ޒިޔާދު ބުނަން އުޅުނު އެއްޗެއްވެސް ނުބުނެވުނެވެ. ފޯން ރިންގު ވާން ފެށީއެވެ. ނަގައިގެން ބަލާލިއިރު އެއީ އޭނަގެ އެކުވެރިޔާ އަފްރާހްއެވެ. ފޯން ހިފައިގެން ޒިޔާދު ހިނގައިގަތީ ދުރަށެވެ. ބަލަން ހުރެފައި ރަމީޒްވެސް އެބަ އަންނަމޭ ބުނެލިއެވެ.

"
ހަލޯވ.........." ހޮސްޕިޓަލްތެރެއަށް ވަދެގެން ރަމީޒް ދާތަން ބަލަން ހުރެފައި ޒިޔާދު ފޯން ނެގިއެވެ.
"
ޕްލޭން އެއްކޮށް ފްލޮޕް.......އެއްކަލަ އިރު ގުޅީމެއްނު މަށަށް ؟ ހަމަ އިރުކޮޅަކުން ފާތުވެސް ގުޅީ.......އެނގޭތަ.....އަހަރެން ދެއްކި ހުރިހާ ވާހަކައެއް ބަފާބެއަށް އަޑު އިވުނީ." އޭނައާއެކު އެފަދަ ހުރިހާ ޕްލޭންތަކެއްގައި އުޅޭ އޭނަގެ އެންމެ އެކުވެރި އަފްރާހްއަށް ވާހަކަތައް ކިޔައިދޭން ޒިޔާދު ފެށިއެވެ. އަފްރާހް އެގުޅީ އެ ދެމީހުން ވާހަކަ ދައްކާ ނިންމާފައި އޮތް ގޮތަށް ކަންތައް ދިޔަތޯ ޔަގީން ކޮށްލުމަށެވެ. އެހެންކަމުން ދެމީހުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"
އާނ. ނުވި ބަފާބެއަށް. އަހަންނަކަށް ނޭނގޭ އިވުނީ ކިހާ ހިސާބަކުން ކަމެއް. ގައިމުވެސް އެންމެ ފަހުން އަހަރެން ދެއްކި ހުރިހާ އެއްޗެއް އަޑު އިވުނުކަން ޔަގީން." ޒިޔާދު ބޯކަހާލިއެވެ.
"
އެހެން ނޫންނަމަ ވަރަށް ސަޅިކޮށް ދާނީ. އޭނައަކަށް ދޮން ކަޅުވެސް ނޭނގޭނެ އެހެން ނޫންނަމަ." ޒިޔާދު އަކީ ބޭރުފުށުން ވަރަށް އޮމާން މީހަކަށް ވުމުން އޭނައާ ދިމާލަށް އިނގިލި ދިއްކޮށްލަން މީހަކަށް ފުރުޞަތު ލިބުމަކީ އޭނަ އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ. އޭނަ ކިތަންމެ ނުލަފާ ކަމެއް ކުރިޔަސްވެސް އެކަން މީހަކަށް ނޭނގެންޏާ އޭނައަށް ހަމަ އުފާ އުފަލެވެ.

"
އާނ ދެން މިހާރު ޚާލިދު އޭނަގެ ދަރި ކައިރީ ނުބުނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަހަންނަކަށް ނެތް." އެއީ ތެދެކެވެ.
"
އަހަންނެއް ނުގުޅަން އަދި އޭނައަކަށް. އޭރު އޭނަ ހުރީ އެތެރޭގަ. ތައްޔާރުވާން. ގައިމު ތައްޔާރުވެގެން ނުކުންނާނެތާ؟ އެހިސާބުން ދެން ނޭނގެ ވާނީ ކިހިނެއްކަމެއް" އިނާ ތައްޔާރުވެގެން ނުކުންނައިރު ޚާލިދު އާއި ދިމާވާނެކަން ޒިޔާދުއަށް ޔަގީނެވެ.
"
ބުނެވެސްފާނެ. ނުބުނެވެސް ފާނެ." ޒިޔާދު އަށް ވަކި ގޮތެއް ނުނިންމުނެވެ.
"
ބަލަ ކޯޗެކޭ ކިޔަންތަ އަހަރެން އޭނައަށް ދެން ގުޅަންވީ. އަހަންނަށް ކިހިނެއް އެނގެނީ ޚާލިދު އޭނަ ކައިރީ ނުބުނާކަމެއް." އިނާއަށް ގުޅާށޭ އަފްރާހް ތަކުރާރުކޮށް ބުނާތީ، ޒިޔާދުއަށް އުނދަގޫވެގެން ބުނެލެވުނެވެ.

"
އުނހުނ........އޭނަ ބުނީ އޭނަގެ ދަރިފުޅާ ދެން އަހަރެން ދައްކަންޖެހޭ ވާހަކައެއް ނުހުންނާނެއޭ." އަފްރާހްއަށް އޮޅުންފިލުވަދެމުން ޒިޔާދު ދިޔައެވެ.
"
ދެން ބުނީ އެވަގުތު އެތަނުން ދިޔައިއްޔާޔޯ ރަނގަޅީ؟ ކީއްކުރަންތަ އެއެއް ތި އަހަނީ؟"
"
އާނ ތިހެންވެސް ވެދާނެ." އަފްރާހް ބުނި އެއްޗަކާ ޒިޔާދުއަށް އެއްބަސް ވެވުނެވެ.

"
އެހެންވީމަ ގުޅަންވީ ދޯ؟ ތިބުނިހެން އޭނައެއް ނުބުނާނެ ކަންނޭނގެ. ދަރިގެ ހިތުގަ ޖައްސަން ކެރޭ ބަފައެއް ނޫން އެއީކީ. ގުޅަންވީ ދޯ؟" ޒިޔާދުއަށް ހިތްވަރު ލިބެން ފެށިއެވެ.
"
އާނ........ހުރޭ. އިރުކޮޅަކުން ގުޅާނަން. ޚާލިދު އޭނަކައިރީ ބުނެފިކަން އެނގިއްޖެއްޔާ ހަމަ ދިމާލަށް އަހަރެން ބުނާނަން، އެހެން މީހުންނަށް ނުކުރެވި އޮތްކަމެއް އަހަންނަށް ވާނެކަން އަންގާލީޔޭ." ޒިޔާދުގެ އަސްލު ސިފަ ފާޅުވަމުން ދިޔައެވެ.
"
ހެވޭ އަތްނުލެވި އޮތަސް. އެވާހަކަ ބުނެލީމަ އޭނައަށް އެނގޭނީ ހަމަ ބިމަށް ފައިބަން. ތިމާ ވަރެއް ނެތިގެން އުޅޭ އަންހެނެއް އެއީ." މިހާރު އެ ފެންނަ ޒިޔާދު އަކީ ރެޔާއި ހަމައަށްވެސް، ލޯބިން އިނާ އާއިއެކު އެތައް ވާހަކައެއް ދައްކާ އެތައް ވަޢުދެއްވީ ޒިޔާދުއޭ އެކަކުވެސް ބުނާނެހެއްޔެވެ؟

"
ހުމް.....ތިހެން ބުނާއިރުވެސް އެނގޭނެ އަހަންނަށް ކެރޭނެކަން." ވަރުގަދަ އަޒުމެއްގައި ހުރި ފާޑަށް ޒިޔާދު ބުނެލިއެވެ.
"
މިހާރު މިހިރީ ރަމީޒް ކައިރިއަށް ހޮސްޕިޓަލަށް އައިސް." އަފްރާހް ހުރިހާ އެއްޗެއް އޮޅުންފިލުވަމުން އެބަ ދެއެވެ.

"
ނޭނގެ. ހަމަ ބޯ ގޮވައިގެން އާދެވުނީ. އެކަމަކު އޭނަ ކައިރީ ކިހިނެއް ވާހަކައެއް ކިޔާނީ. ރަނގަޅުވަގުތެއްގަ ތިގުޅީ އިނގޭ" ހަގީގަތުގައިވެސް އަފްރާހް އެގުޅީ އޭނައަށް ގޮތްހުސްވެފަ ހުރި ވަގުތެއްގައެވެ.

"
އާނ. އޭނަ ފަހަރެއްގަ ނިދާވެސް ފާނެ. އޭގެ ކުރިން ގުޅާލަން ޖެހޭނެނު." ޒިޔާދު އަވަސް އަރުވާލާފައި ހުރީ އިނާއަށް ގުޅުމަށެވެ.
އާނ........މާދަން މެންދުރުފަހުފްލައިޓުން ފުރަނީ.......ހޫމް. އޯކޭ." އިތުރު ވާހަކައެއް ދައްކަންވެސް މިހާރު ޒިޔާދު އަކަށް ވަގުތެއް ނެތެވެ. ބޭނުން ވަނީ އަވަހަށް އިނާއަށް ގުޅާށެވެ.
******(ނުނިމޭ)******
ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 14:12:53 | Report this Comment
އިނާއަށް ދެރަ ގޮތެއް ނުހަދައްޗޭ އިނގޭ...... ޒިޔާދު ހާދަ ގޯހޭ... އިނާ އާ އެންމެ ގުޅެނީ ހަމަ ނަވީން އާ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރަނގަޅު މީހަކަށް ދެރަގޮތެއް ނުވާނެނު ޒީން....ހެހެހެހ........ޝުކުރިއްޔާ އިނގޭ...!!!

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 14:16:33 | Report this Comment
ވާހަކަ ވަރަށްރީތި އަނެތްބައި އަޕްޑޭޓް ވާނީ ކޮންއިރަކުން
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާއަށް ވީ އެންމެ އަވަހަކަށް އަޕްޑޭޓް ކުރާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 14:16:44 | Report this Comment
ވަރަށް އިންޓަރެސްޓިންގ........ :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ގާރލް

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 14:30:32 | Report this Comment
މާ ކުރު.. އަނެއްކާ އެއްވެސް އިނަޓްރެސްޓިން ކަމެއް ނުހިނގާ. ދެން ބަޔަކަށް އިންތިޒާރު ކުރަން. ޒިޔާދު މީ ހާދަ ނުލަފާ މީހެކޭ. އިނާ ޑިޒާވްސް ބެޓާ ދޭން ދެޓް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކަނބުލޮއަކަށް ނޭނގުނެއްނު އިންޓްރެސްޓިންގ ކަމެއް ހިނގި އިރުވެސް. ހެހެހެހެ..........އެނީވޭސް.........ބަލަމާ ދޯ ދެން އަންނަ ބަޔަކަށް.
http://www.muraasil.com/images/reportAbuseIcon.gif
ކަބުލޮ: Some ppl are really jealous of ur talent.. way to go Sofa

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 15:30:36 | Report this Comment
އިންޓުރެސްޓިން ކަމެއް ނުހިނގި.. އެކަމަކު މިބައި ވެސް ކިޔާލަން ރަނގަޅު.. ބުނެލަން ބޭނުން ވަނީ މަޖުބޫރެއް ނޫނޭ ކޮންމެ ބައެއްގަ އިންޓުރެސްޓިން ކަންތައް ތަކެއް ހިނގުން. އެކަމަކު ކިޔުން ތެރިޔާ ބޭނުން ވާނީ ވާހަކައިގަ އޭނާ ގަބޫލު ކުރާ ގޮތައް ކަންތައްތައް ކުރިޔައްދާން. އަހަރެން މިވާހަކަޔައް ކިޔުން ތެރިން ކޮއްފަހުރި ކޮމެންޓުތައް ކިޔާލުމުން ފާހަގަ ކުރެވުނު ކަމަކީ ބައެއް ކިތުންތެރިން މިވާހަކައި ގައި ބޭކާރު ވާހަކަ ގިނަކަމަށް ހިޔާލުފާޅު ކޮއްފަ ހުރިކަން. އަދި ލިޔުން ތެރިޔާއަށް އެބުނާ ބޭކާރު ވާހަކަ ސާފު ކުރަން އުނދަގޫ ވެފައިވާކަން ބުނެލަން ބޭނުން ވަނީ ލިޔުންތެރިޔާ މިވާހަކަ ޕަބުލިޝްކުރަމުން ތިގެންދަނީ ވާހަކަ އެއްކޮއް ލިޔެ ނިންމާފަހޭ؟ އެހެން ކަމަށްވާނަމަ ދެން ލިޔާވާހަކައެއް ލިޔުމުގެ ކުރިން މަޝްހޫރު ބޭފުޅެއްގެ ވާހަކައެއް ދިރާސާ ކޮއްލައްވާފަ އެއުސްލޫބުގެ މަތީގައި ތިބާގެ ފަންނު ބިނާކުރުން ރަނގަޅެވެ. ތިބާއަކީ މިރޮނގުން ކުރިޔައް ވަޑައިގެންނެވި ދާނެ މީހެއް ކަމާމެދަކު އަހަރެން ޝައްކެއްނުކުރަމެވެ. ބޭނުން ވަނީ ކުޑަކުޑަ ހިއްވަރެކެވެ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މި ވާހަކަ ޕަބްލިޝް މި ކުރަނީ ވާހަކަ އެއްކޮށް ލިޔެގެން. އެކަމަކު، ސޮފާ މިހާރު ވިސްނަމުން މިދަނީ، ތި ބުނިހެން، ދެން ލިޔާ ވާހަކައެއް ލިޔުމުގެ ކުރިން ފުރަތަމަ "ވާހަކަ ލިޔަން ދަސްކުރަން". އެހެންކަމުން، މި ވާހަކައިގެ ފަހުން ދެން ސޮފާގެ ވާހަކައެއް ނުފެނި ފުދޭވަރެއްގެ ދުވަސްކޮޅެއް ވެދާނެކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ. ސޮފާ ލިޔަން ފަށާފައިވާ "އަލިމަހުގެ ވިދުން" ވެސް ދެން ހީވަނީ ފެންނާނީ މި ބުނާ ދުވަސްކޮޅުގެ ފަހުންހެން. އެވާހަކައިގެ ފޭނުންނަށްވެސް އެހެންވެ އެކަން އަންގާލަން ބޭނުން. އެކަމަކުވެސް، ސޮފާ ބޭނުންވޭ އެބަ ވާހަކަ ލިޔަން ދަސްކުރަން. އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ދުވަހަކުން ދަސްވާނެ ސޮފާއަށް.
http://www.muraasil.com/images/reportAbuseIcon.gif
ޝިއު: ނ. އެބުނީ ވަރަށް ބޮޑު ތެދެއް..ސޮފާ އަށް ބުނެލާނީ ހިތްވަރު ދެރަނުކޮށް ހިތްވަރާ އެކު ކުރިއަށް ދާށޭ އިރާދަކުރެއްވިއްޔާ ކާމިޔާބު ލިޔުން ތެރިއަކަށް ވާނެ އޭ .. ވަރަށް ރީތި އިގޭ މިބައި ދެން ކޮންއިރަކުން އަނެއްބައި އަޕް ވާ ނީ
http://www.muraasil.com/images/reportAbuseIcon.gif
ރަތްވިލާ: މަޝްހޫރު ކޮންމެ މީހަކީ މޮޅު މީހަކަށް ވުން ލާޒިމެއް ނޫން. ހިތަށް އަރަނީ މި ރާއްޖޭގައި އެބަހުރި ބާއޭ ދިގު ވާހަކަ ލިޔަން މޮޅު ކަމަށް މަޝްހޫރު މީހެއް. ފަހުގެ ތާރީޚުގައި ފެނިފައި ވަނީ މަޝްހޫރު ކުރުވާހަކަ ލިޔުންތެރިން. އެހެންވީމާ ފަތިސްތަރި ވާހަކަ ލިޔަން ދަސްކުރަންދާނީ ކާކުގެ ކައިރިއަށް. ކުރެވިދާނެ ކަމެއް އެބައޮތް. އަމިއްލައަށް ދިރާސާކުރެވިދާނެ. މޮޅު ލިޔުންތެރިޔަކަށް ވެވޭނީ އޭރުންހެން ހީވަނީ. ވާހަކަ ލިޔުން ހުއްޓާލަން ހިތަށް ވެސް ނާރުވާތި އިނގޭ. ތީ އާދައިގެ ލިޔުންތެރިއެއް ނޫން. ކިޔުންތެރިންގެ ތެރެއިން ދެތިން މީހަކު އެހެން ބުނެގެން ވާހަކަ ލިޔުން ހުއްޓާލައިގެން ނުވާނެ އިނގޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝިއު އަށް........ސޮފާ ހިތްވަރު ދެރަނުކުރަމޭ. ބޭނުންވަނީ އަދިވެސް އިތުރަށް މި ދާއިރާއިން މޮޅުވާން. އެކަމަށް ވަގުތު ނަގާނެނު ދޯ؟ ޝުކުރިއްޔާ ވަރަށް ބޮޑަށް ޝިއުގެ ތި ހިތްވަރުގެބަސްކޮޅަށް.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 15:52:30 | Report this Comment
ވަރަށްރީތި މިބައިވެސް........... އަސްލު މީދޯ ފިފިހެނުންގެ އަސްލު ސިފަޔަކީ.......! އަޅެ އިނާ އޭނަޔާ ދެން ގުޅިޔަ ނުދައްޗޭ.......ދެން ގުޅޭނީ ނަވީންއާ......... އިނގޭ.........
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ........މަރީ!!! ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެކަން އަބަދުވެސް ހަނދާން ބަހައްޓައްޗޭ މަރީ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 16:16:45 | Report this Comment
އަހަރެންނަކީ ސޮފާގެ މިވާހަކަ ފެށުނީއްސުރެ ކިޔާ އަދި ކިޔުންތެރިން ކޮށްފައި ހުންނަ ކޮމެންޓްތައްވެސް ޤަވާޢިދުން ކިޔާ މީހަކީމު. އަހަރެން ދެކޭގޮތުގައި ސޮފާ އަކީ ވާހަކަ ލިޔުމުގެ ހުނަރު ލިބިފައިވާ އެހުނަރުގެ ބޭނުން ހިފަން މަސައްކަތް ކުރާ ފަރާތެއް. އެހެންނަމަވެސް ބައެއް ކިޔުންތެރިން ލިޔާ ވާހަކަ ބަލައިގަތުމުގެ ބަދަލުގައި ޖަދަލު ކުރަމުންދާތަން ފެނޭ. މިބާވަތުގެ ޢަމަލުތަކަކީ ލިޔުންތެރިޔާއަށް ޑިސްކަރޭޖްމެންޓް އެއް ގެނުވައިދީ ހިތްވަރު އެލިދާނެފަދަ ޢަމަލުތަކެއް. އަހަރެން ދެކޭގޮތުގައި ސޮފާގެ މިވާހަކަ އަދި ފޫހިވެގެން ނުވަތަ އިންޓްރެސްޓިންގ ކަމެއް ނުހިނގައިގެން ނުކިޔާވަރުގެ ކަމެއް ނުވޭ. އަދި މިނޫނަސް ވަރަށް ގިނަ ދިވެހި ވާހަކަ ކިޔާމީހަކަށް އަހަރެން ވާތީ އަހަރެން ދެކޭގޮތުގައި މިވާހަކައަކީ ހަމަ ޕްރޮފެޝަލް ލިޔުންތެރިޔަކު ލިޔެފައިވީ ވާހަކައަކަށް ނުވި ކަމުގައިވިޔަސް ހަމަ ޕްރޮފެޝަނަލް ފެންވަރަށް ލިޔެފައިވާ ވާހަކައެއް. މިކަމުގައި ކުރިއަށް ދިޔުމަށް ތިޔަފަރާތަށް ހިތްވަރާ ޢަޒުމް ދެއްވާށި..
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަހޫގެ ތި ހިތްވަރުގެ ބަސްކޮޅާއެކު..........މި ރޮނގުން އަދިވެސް އިތުރަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރާނަން.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 17:06:38 | Report this Comment
ދުވަހަކުވެސް އަދި މިވާހަކައަށް ކޮމެންޓެއް ނުކުރަން... އެކަމު ގަވާއިދުން ސޮފާގެ މިވާހަކަ އަދި ވާހަކަޔަށް ކޮށްފަ ހުންނަ ކޮމެންޓްތަށް ކިޔާހަދަން. ވާހަކަޔާމެދު ބުނެލާނީ މީމިހާރު މުރާސިލްގަ އަޕްލޯޑް ކުރަމުންދާ އެއްމެ ރީތި އެއްމެ ރިއަލިޓީއާ ވައްތަރު ވާހަކަޔޭ...ޔާނާ ގަބޫލް ކުރަނީ ސޮފާ އަކީ ވާހަކަ ލިޔުމަށް ވަރަށް ކުޅަދާނަ ލިޔުންތެރިއެއްކަމަށް...ވަރަށް އުފާވޭ މިހާ ރީތި ވާހަކައެއް ކިޔާލަން ލިބުނީމަ...ތޭންކްސް ސޮފާ...މިދާއިރާއިން ކުރިއަށް ދިއުމަށް ސޮފާއަށް އިތުރު ހިތްވަރު ދެއްވާށި....(އާމީން)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ގަވާޢިދުން ސޮފާގެ ވާހަކަ ކިޔާތީ ޔާނާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.!!! އަދި ތި ކުރި ތަޢުރީފްވެސް އުފަލާއެކު ބަލައިގެންފިން. ސޮފާގެ މަގްޞަދަކީ މި ދާއިރާއިން ކުރިއަށް ދިއުން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 17:15:37 | Report this Comment
މިބައިވެސް ވވވވވވވވވވ ރީތި........
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ނީޝް....!!!

http://www.muraasil.com/images/comment_reply.pngPosted on 2011-03-21 18:07:40 | Report this Comment
މި ޕާޓް ވެސް ވަރަށް ވަރަށް ވަރަށް ރީތި... ތޭންކްސް ސޮފާ!!! އަޅެ އިނާއަށް ދެރަ ގޮތެއް ނުހަދައްޗޭ ޕްލީޒް.......
http://www.muraasil.com/images/reportAbuseIcon.gif

0 comments:

Post a Comment