FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 20 ވަނަ ބައި


ދުވަހަކީ ބަންދު ދުވަހަކަށްވެފައި، ގަދައަށް ވިއްސާރަ ދުވަހެއްކަމުން، ކޮޓަރީގެ ފިނި މާހައުލުގެ އުފާ ލިބިގަންނަން ޖައްސާލައިގެން އޮތް އިނާއަށް ހަވީރުވެސް ނިދުނީއެވެ. މާބޮޑަށް ސިކުނޑި ވަރުބަލިވެފައި ހުރީކަމަށްވެސް ވެދާނެއެވެ.

"
ޓިކް ޓީކް.......ޓީކް ޓީކް........ޓިކް ޓީކް....." އިނާގެ ފޯން ރިނގު ވާންފެށިހެން ނިދީގެ ތެރެއިން އިނާއަށް ހީވިއެވެ. ނަމަވެސް ރިންގު އަޑު ކެނޑުނުއިރުވެސް އިނާ އަޅައެއް ނުލައެވެ. ހައްތާވެސް އެއީ ހީވާގޮތެކޭ ހީކޮށެވެ.

އަނެއްކާވެސް ރިންގު ވާން ފެށިއެވެ. މިފަހަރު އިނާއަށް ޔަގީން ވެއްޖެއެވެ.
ފޯން ނަގާފަ ބަލާލިއެވެ. ޒިޔާދު.......އެ ގުޅަނީ ޒިޔާދުއެވެ.
ފޯނުން ވާހަކަ ދައްކަން ފެށުމުގެ ކުރިން ތެދުވެފައި އެނދުން ބޭރަށް ދެފައި އެލުވާލައިގެން އިނާ އިށީނދެލިއެވެ.

"
ހަލޯވ..........." ޒިޔާދުއާއި ކުރިމަތިލުމަށް ތައްޔާރުވެލައިގެން އިނާ ގޮވާލިއެވެ.
"
އުނހު....އެނގޭ އައިކަން." އިނާ ބުންޏެވެ.
"
ކަމެއް ނުވޭ......" އިނާ ޖަވާބު ދިނެވެ.
"
މިހުރިހާއިރު ވީއިރު ގުޅަން ބޭނުންނަމަ ޒިޔާދުވެސް ހުންނާނީ ގުޅާފަތާ؟ ނުގުޅާނީ ބޭނުން ނުވާތީނު؟" އިނާވެސް އެކޮޅުން ބުނި އެއްޗަކާ ވިއްދާފައި ޖަވާބު ދިނެވެ.
"
ޒިޔާދު ކަންތައް ކުރަމުން ތި އަންނަ ގޮތުން ހިއެއް ނުވޭ ބޭނުންވާނެހެނެއް." އަދިވެސް އިނާ ބުންޏެވެ.
"
އެއްތަނަކަށްވެސް ނުދެވޭނެ އަހަންނަކަށް. ޒިޔާދު ބޭނުމިއްޔާ މިގެއަށް އައީމަ އަހަންނާ ދިމާވާނެ." އިނާ މިހެން ބުނެފައި ފޯން ކަނޑާލައިފިއެވެ.

ވަރަށްވެސް ހަރުކަށި ވެފައި ރުންކުރު ގޮތަކަށެވެ.
މީގެ ކުރިން ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް އިނާއަށް ލިބިގެން އުޅޭ ފަދައެވެ. އިނާގެ އެ ބަސްމަގާއި ރާގާއި އަޑު އިވި މަންޒަރު ފެނުނުމީހަކުނަމަ، ހައިރާންވާހާ ވަރަށް، މިއަދުގެ އިނާ ތަފާތެވެ.

** ** ** ** ** ** ** ** **
 

ފޯން ބޭއްވިތާ ފަސްމިނެޓްވެސް ނުވާނެއެވެ. ޒިޔާދު އައިސް ހުރި ވާހަކަ ހަމްދު އައިސް އިނާ ކައިރީ ބުނެފައި ހިނގައްޖެއެވެ.
ހިތާ ދެކޮޅަށްވިޔަސް އިނާއަށް ނުކުންނާން މަޖްބޫރު ވިއެވެ.
އިނާ ދިޔައިރު ސިޓިންގރޫމްގައި ނަވީން އިނެވެ. ފެންނަ ހިސާބުގައިވެސް ހަމްދު ނޫން މީހަކު ނެތެވެ.

އިނާ ފެނުމާއެކު ޒިޔާދު ތެދުވެގެން އައިސް އިނާ ކައިރިއަށް ހުއްޓިއްޖެއެވެ. ހަމްދުވެސް އެއްފަހަރު ބަލާލިއެވެ. ނަމަވެސް ދެވަނަ ފަހަރަކުވެސް ހަމްދު އެ ދިމާލަށް ބަލައެއް ނުލައެވެ.
ޒިޔާދު ބުނި އެއްޗެއް ބުނުމުން އިނާ ދިޔައީ ޒިޔާދު އާއެކު ޓެރަސް އަށެވެ. 

އިރުއޮއްސެން ދަނީއެވެ. އެކަމަކުވެސް އިރުގެ ރީތި އަލިކަމެއްވެސް މިއަދަކު ނެތެވެ. ހެނދުނުއްސުރެން ވާރޭ ވެހެމުން އައިސްފަ މިހާރު ކުޑަކޮށް ހުއްޓާލާފައި އޮތެއްކަމަކު މިހާރުވެސް ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެންނެވެ.

އިނާ ގޮސް އިށީނީ ޓެރަސްގައި އިށީންނަން ހިޔާ ކޮށްފައި ހަދާފައި ހުރި ތަނުން އިސްޕަންޖް ޖެހި ބޮޑު ގޮނޑިއެއްގައެވެ. ބަލާ ބެލުމަށް ހީވަނީ، އިނާ އެއްގޮތެއްގައި ސާބިތުވެގެން ހުރި ހެންނެވެ. ޒިޔާދު ބުނާނެ އެއްޗަކަށްވެސް އަދި ކުރާނެ ހަރަކާތަކަށްވެސް ފަރުވާލެއް ނެތި ބިންމައްޗަށް ބަލަހައްޓައިގެން އިނީއެވެ.
އިނާ އެއްޗެއް ބުނާނެ ކަމަށް ހުރެ ހުރެ އެއްޗެއް ނުބުނުމުން ޒިޔާދުއަށް ގޮތް ހުސްވެގެން އެންމެ ފަހުން އިނާ ކައިރީ ޒިޔާދު އިށީނދެއްޖެއެވެ.

"
އިނާއަށް ތިއުޅެނީ މުޅިން ކުށްހީއެއް ވެގެން...." ފުރަތަމަވެސް ޒިޔާދު ބުނީ މިހެންނެވެ.
"
ދެން ކޮބާ ރަނގަޅު ހީއަކީ؟" އިނާ އިނީ ވަރަށް ތައްޔާރުވެގެން ކަހަލައެވެ. ހަމަ ވަގުތުން ޒިޔާދު ބުނި އެއްޗަކާ ވިއްދާފަ ސުވާލު ކުރިއެވެ.
އެންމެ ހިމޭން މީހާއަށްވެސް އެކަހަލަ ކަންތަކުގައި ކެތް ނުކުރެވޭނެކަން ޒިޔާދުއަށް މިހާރު އެނގޭނެއެވެ.

"
ކުރީ ދުވަހުވެސް އަހަރެން ބުނީމެއްނު އެއީ މޮޔަ އެކޭ. އެއީ އެ އަންހެންކުއްޖާ. އޭނަ ކުރުނުކޮށް ކިޔާވަރުން ދިޔައީ ސެންޓް ބަލަން." ޒިޔާދު ކިޔާދޭން ފެށިއެވެ.
"
އެކަމަކު އަހަރެމެން ފުރުވަން ޒިޔާދުއަށް ހުޅުލެއަށް ނުދެވުނީ ކައިރީގައި އޮތް ރިސޯޓަކަށް ޒިޔާދު ދާން ޖެހޭތީއޭ ބުނީމެއްނު؟" އިނާވެސް ހިފެން އޮތް ޕޮއިންޓްގައި ހިފިއެވެ.
"
އާނއެކޭ....." ޒިޔާދުއަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ. ދޮގުހަދަން ކިތަންމެ ފަރިތަ މީހާއަށްވެސް ކުއްލި ކުއްލިއަށް އަންނަ ސުވާލުތަކަށް ވަގުތުން ޖަވާބުދޭން އުނދަގޫވެދާނެއެވެ. އަދި ޚާއްޞަކޮށް ގުޅުމެއްގައި މައްސަލައެއްޖެހިގެން އުޅޭ ހިނދެއްގައި އަންހެނަކު ކުރާނެ ސުވާލުތަކާ ބުނެލާނެ އެއްޗިއްސަކީ އާއްމު ގިނަ ފިރިހެނުންނަށް ވިސްނައިގަންނަންވެސް ފަސޭހަ ކަންތަކެއް ނޫނެވެ.

"
އާނއެކޭ. އެރޭ ދިހައެއް ޖެހިއިރު އަހަރެން ދިޔައީ ފުރައިގެން." ޒިޔާދު ކިޔާދެމުން ދިޔައެވެ.
"
ޒިޔާދު އެކަނިތަ ދިޔައީ؟" ދެމާނަ އެކުލެވޭ ރާގަކަށް އިނާ އަހާލިއެވެ.
"
އިނާ...............!!!" ޒިޔާދުއަށް ބާރަށް ގޮވާލެވުނެވެ. އިނާ އެ މާނަކުރިގޮތް ޒިޔާދުއަށް ވިސްނެއެވެ.

"
ތިހާ ދަށްގޮތަކަށް އިނާގެ ވިސްނުން ހުންނާނެއެކޭ އަހަރެން ހިއެއް ނުކުރަން." ޒިޔާދު ބުންޏެވެ.
"
އަހަރެންވެސް ޒިޔާދުގެ ކިބައިން ތިފަދަ މަކަރާއި އޮޅުވާލުމުގެ އަމަލުތަކަކަށް އުއްމީދު ނުކުރަން." އިނާވެސް އޭނަ ބުނަން ބޭނުންވާ އެއްޗަކަށް މިރޭ ދުލެއް ނުދެއެވެ.

"
ކޮން މަކަރެއްތަ؟ އަހަރެން އިނާއަކަށް އޮޅުވައެއް ނުލަން." ޒިޔާދު ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
"
ކިހިނެއް ތިބަހަށް އަހަރެން އިތުބާރު ކުރާނީ؟" އިނާގެ މަގާމުގައި ހުރި ކޮންމެ މީހަކުވެސް އެހެން ބުނާނެކަން ގައިމެވެ.
"
ކީއްވެ ނުކުރަންވީ؟" ޒިޔާދުވެސް އެހިއެވެ.
"
ފުރަތަމަ ފޯންކޯލް....ދެވަނައަށް ލޯ ކުރިމަތިން....އަދިވެސް ހަމަ އެ ޒިޔާދުތަ ތިބުނަނީ އިތުބާރު ކުރާށޭ.؟" އިނާ ހުރީ ވަރަށް ތައްޔާރުވެގެން ކަން ޔަގީނެވެ.

"
އެދުވަހު އެ ކޯލަށް ޒިޔާދު ދެއްކި ވާހަކަ އަހަންނަށް އަޑު ނީވުނުނަމަ، އެވާހަކަ ޒިޔާދު ކިޔާދޭނެތަ އަހަންނަށް؟" އެއީ އަބަދުވެސް އިނާ ހިތަށް އަރާ އެއްޗެކެވެ. އޭނައަށް އެ އިއްތިފާގް ދިމާނުވިނަމަ، މިއަދާއި ހަމައަށްވެސް އެ ހުރިހާ ކަމެއްވެސް އޮންނާނީ ސިއްރެއްގެ ގޮތުގައިކަން ޔަގީނެވެ.

"
ނުކުރާންވީ ސަބަބެއް ނެތް. އިނާގެ ކަންތައް ތިހުންނަ ގޮތަށް އަހަރެންވެސް މިހިރީ އިތުބާރު ކޮށްގެން." އިނާ އެންމެ ފަހަށް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔާދު ޖަވާބުދިނީ ކުރީގެ ސުވާލަށެވެ. ފަހުން ކުރި ސުވާލަށް ދޭނެ ޖަވާބެއް އޭނަގެ ކިބައިގައި އޮތްނަމަ އަމިއްލަ ދިފާޢުގައި ވާހަކަ ނުދައްކާ ޒިޔާދު ހުންނާނެ ބާވައެވެ.

"
އަހަރެންގެ ކޮން ކަމެއް.؟ ޒިޔާދު އަހަންނަށް ކުރާ އިތުބާރު ގެއްލޭވަރުގެ ކޮން ކަމެއްތަ އަހަރެން ކުރީ؟" އިނާ އިނީ މިއަދު ޒިޔާދު ބުނާ ހުރިހާ އެއްޗަކާ ކުރިމަތިލާން ތައްޔާރުވެގެންކަން ޔަގީނެވެ.

"
ތިއުޅެނީނު...........ނަވީންގެ ފަހަތުން. އިނާ އޭނައާއިއެކު ތިކުޅޭ ކުޅިގަނޑޯ؟ " ޒިޔާދު ތީރެއް ދޫކޮށްލިއެވެ.

ޒިޔާދުއާއި ދިމާލަށް އިނާއަށް ބަލާލެވުނީ ސިއްސައިގެން ގޮސްފައެވެ. ޒިޔާދުހެން ބާރަށް ގޮވާނުލިއެއްކަމަކު އިނާގެ ހަށިގަނޑުގެ އެންމެ ހިމަނާރުވެސް ތެޅިގަތް ކަހަލައެވެ.

"
ތިއީތަ ޒިޔާދުގެ ފެންވަރަކީ............؟" އިރުކޮޅެއްވަންދެން ޒިޔާދުއާއި ދިމާލަށް ބަލަން އިނދެފައި ވަރަށް މަޑުމަޑުން އިނާ އެހީ މިހެންނެވެ.
ޒިޔާދު އާއި ދޭތެރޭ އިނާ އުއްމީދު ކުރީ އެއަށްވުރެ އަޚްލާގީ ފެންވަރު ރަނގަޅު މީހަކަށް ވާނެކަމަށެވެ. ނަމަވެސް ދެންމެ ޒިޔާދު އެ ބުނެލި އެއްޗަކުން އިނާގެ އެ އުއްމީދު ގެއްލިގެން ހިނގައްޖެކަން އިނާގެ މޫނަށް ބަލާލުމުން ސާފުކޮށް އެނގެއެވެ. 

"
އަހަރެންގެ ބޮލުގަ ދޮގު ތުހުމަތެއް އެޅުވުމުގެ ހައްގެއް އިނާއަކަށްވެސް ނޯންނާނެ. އެމީހަކާ އިނާއާއި އޮންނަ ގުޅުމުގެ ހަގީގަތެއް އެނގޭ މީހަކު އެބަހުރިތަ؟" ކުށްކުރި މީހާ އެ ދަނީ އަނެއްމީހާގެ ކުށް ދައްކަމުންނެވެ. 

"
ޕްލީޒް ޒިޔާދު..........މިތަނަށް ނަވީންގެ ވާހަކަ ނުގެނޭ." އިނާއަށް ބޮލަށް އުނދަގޫވެގެން ބުނެލެވުނެވެ.
"
އޭނަ ގޯސްކޮށްފަ ވާހަކަ ދައްކާ އަޑު އަހަންއިނާއަށް ހަމަ އެހާ އުނދަގޫ ދޯ؟ ހެހެހެހެހެ.......އެކަމަކުވެސް އޭނައަކާ ގުޅުމެއް ނޯވޭ؟" ފާޑެއްގެ ހުނުން ގަނޑަކާއެކު ޒިޔާދު މަލާމާތް ކޮށްލިއެވެ. އަދި އިންގޮތް ބަދަލުކޮށްލާފައި ގޮނޑިއަށް ލެނގިލިއެވެ. ކާމިޔާބު ވަނީ އޭނައޭ ހީވާ ކަހަލަ ގޮތަކަށެވެ.

"
ހިއެއް ނުވޭ އޭނައާއި އަހަންނާއި އޮންނަ ގުޅުމާބެހޭ ގޮތުން އިތުރަށް ޒިޔާދުއަށް ބުނެދޭންޖެހޭނެހެން." އިނާ އެބުނީ ތެދެކެވެ. އޭނައާއި ނަވީންއާއި އެފަދަ އެއްވެސް ގުޅުމެއް ނޯންނަކަން އޭނަ އޮންނާނީ ޒިޔާދުއަށް ވަރަށް ރަނގަޅަށް ތަފްޞީލް ކޮށްދީފައެވެ.

"
ހަމަ އެގޮތަށް.........އަހަންނާއި އޭނައާއި އޮންނަ ގުޅުމާބެހޭގޮތުންވެސް އިތުރަށް އިނާއަށް ބުނެދޭންޖެހޭނެ ކަމަކަށް އަހަރެންވެސް ނުދެކެން." ގޮނޑީގައި ހަމަޖެހިގެން އިނދެ ޒިޔާދުވެސް ބުނެލިއެވެ.

ދެމީހުންކުރެ އެކަކުވެސް ދޫދޭން ތައްޔާރަށް ހުރި ހެނެއް ހިއެއް ނުވެއެވެ. ކަނޑައިގެން ދާން އުޅޭ ގުޅުމެއްގެ ވާފަށަށް ކޮންމެވެސް އެއްކޮޅަކުން ދޫ ދިނުމުގެ ބަދަލުގައި ބާރު ކުރުމަކީ ނުބައި ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނޫނީ ނުވާނެއެވެ.

"
ޒިޔާދު ހީކުރާ ގޮތެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު އަހަރެން ޒިޔާދުއަށް އަބަދުވެސް ތެދުވެރިވިން. އޮޅުވާލުމާ މަކަރަކީ އަހަރެންގެ ސިފަތަކެއް ނޫން. އެކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރަން. އަހަރެންގެ މަންމައާއި ބައްޕަގެ ..........." ދިހަވަރަކަށް މިނެޓްގެ ހިމޭންކަމަށްފަހު އެންމެ ފަހުން ވާހަކަ ދެއްކީ އިނާއެވެ. 

ވީ ކީއްކަމެއް ނޭނގެއެވެ. އިނާ އިނީ މިހާރު އޭނަގެ ކުރީގެ އަސްލަށް ރުޖޫޢަ ވެފައެވެ. ޒިޔާދު ދެކެ އައިސްފަ ހުރި ރުޅިއާއި ވެފައި ހުރި ފޫހިވެސް ވަގުތީ ގޮތުންވިޔަސް އޭނަ އެއްފަރާތް ކޮށްލައިފި ކަހަލައެވެ.

"
އަހަންނަށް ދަސްވެފައި ހުރީ މަންމަ އާއި ބައްޕަ އެދެފި ކޮންމެ ކަމަކަށްވެސް ލޮލުން ބޮލުން ރުހެން. އެހެން ނޫންނަމަ......." އިނާ ވާހަކަ ދައްކަމުން ދަނީ ވަރަށް މަޑު އަޑަކުންނެވެ. ޒިޔާދު ހަމަ ގޮނޑިއަށް ލެނގިލައިގެން އިނީއެވެ. އިނާގެ މޫނު ނުފެނުނެއްކަމަކު އިނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

"
އެހެންނޫންނަމަ، ޒިޔާދު އާއި ކައިވެނި ކުރުމުގެ އެއްވެސް ޝައުގެއް މިހާރަކު އަހަރެންގެ ނެތް." އިނާގެ ޖުމްލަ ފުރިހަމަ ކޮށްފިއެވެ. އަދި ހަމަ ސިކުންތެއްވެސް ނުކޮށް އެތަނުން ދާން އިނާ ތެދުވެއްޖެއެވެ.

ނުރައްކަލެއްގެ އިހްސާސް ޒިޔާދުއަށް ކުރެވުނީ އަދި ކިރިޔާއެވެ. އިނާ ތެދުވުމާއެކު ހަމަ ފަހަތުން ފުންމައިގެން ތެދުވެ އިނާގެ އަތުގައި ހިފައިފިއެވެ.

"
ދޫކޮށްލާ............!!! " ޒިޔާދު އާއި ދިމާލަށް އެނބުރުނެއްކަމަކު އިނާ މިހެން ބުނިއިރުވެސް ޒިޔާދު އާއި ދިމާލަށް ބަލާނުލައެވެ. 
"
އިނާ...........މަޑުކޮށްބަލަ. އަހަރެން ދައްކާ ވާހަކަ އަޑުއަހަން މަޑުކޮށްބަލަ." ޒިޔާދު ވަރަށް އާދޭހުގެ ރާގެއްގައި އެދުނެވެ.

"
ޒިޔާދު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ދެނެއް ބޭނުމެއް ނޫން. މިގެއަށް އަންނާށޭ ބުނީ ވާހަކަ ދައްކަން ޒިޔާދު އަށް ފުރުޞަތު ދޭން. އެކަމަކު އެއީ ބޭކާރު ކަމެއް. ޒިޔާދު އައީ ޒިޔާދުގެ ހިތުގައި ގޮވާނުލެވިފައި ހުރި ވާހަކަތަކެއް ގޮވަންކަން އެނގުނު ނަމަ ނުބުނާނަން އަންނާށެކޭ. ދޫކޮށްލާ. އަހަރެން ވަރަށް ފޫހިވެއްޖެ ޒިޔާދު ދެކެ." އިނާއަށް ހަގީގަތުގައިވެސް ޒިޔާދު ދެކެ ނަފްރަތު ކުރެވެން ފަށައިފިއެވެ.

"
ސޮރީ ވަރަށް ބޮޑަށް. އަހަރެންވެސް ރުޅިއައިސް ހުރި ވަރުން އެހެން ބުނެލެވުނީ. އެކަމަކު ....އިނާއަށް އެނގެންވާނެ އަހަރެން އިނާއަށް އޮޅުވައެއް ނުލާކަން. އިނާ ނޫން މީހެއްދެކެ ލޯބިނުވާކަން. ގަބޫލުކޮށްބަލަ އިނާ." އިނާ އެދެމުން ދިޔައީ އޭނަގެ އަތުން ދޫކޮށްލަން ކަމަށް ވީ ނަމަވެސް ޒިޔާދު އޭނަގެ އަތުން ދޫކޮށްލާފައި ދެން ހިފީ ދެކޮނޑުގައެވެ. 

އިނާ އަނގައިންވެސް ނުބުންޏެވެ.

"
އެހެން ނޫންނަމަ ކީއްވެގެންތަ އަހަރެން މިހާ އާދޭހެއް އިނާއަށް ކުރަންވީ؟ އަހަރެންގެ ކޯލްތަކަށް އިނާ ޖަވާބު ނުދޭތީ މާލޭގައި ހުރެފައި މި ހިސާބަށް އަންނާނީ ގައިމު ކަމެއްވެގެނެއްނޫންތަ؟ އިނާއަށް އެވަރު ކީއްވެ ނުވިސްނެނީ؟" ޒިޔާދު މިހުރިހާއިރު ވާހަކަ ދެއްކި ރާގު ބަދަލުވެ އާދޭހާއި އެދުމުގެ އިލްތިޖާއަކަށް އޭނަގެ ވާހަކަތައް ވެއްޖެއެވެ.

"
މިކަހަލަ ޝައްކާއި ވަހުމުތައް އަހަރެމެން ދެމީހުންގެ ދެމެދުގައި ހުރެގެން ކިހިނެއް ކައިވެނި ކުރާނީ. ހިނގާ މި މައްސަލަތައް ހައްލުކުރަން. " ޒިޔާދުގެ އަޑަށް އޯގާތެރިކަން އަންނަން ފެށިއެވެ. ޒިޔާދުއާއި ދިމާވިތާ ކުރީކޮޅުގައި ޒިޔާދުގެ ކިބައިން މުޅިންވެސް ފެނުނު ކަމަކީ އެ އޯގާތެރި ކަމާއި އެ ލޯތްބެވެ. ނަމަވެސް އޭގެ ނިވަލުގައި މުޅިން އެހެން ޒިޔާދެއް ވާކަން މިހާރު އިނާއަށް ނޯޅޭނެއެވެ.

"
އިނާ.........!!!" އިނާގެ ދަތްދޮޅީގައި ހިފައި އުފުލާލަން މަސައްކަތް ކުރަމުން ޒިޔާދު ގޮވާލިއެވެ. އޭނަ ދައްކަމުންދާ އެއްވެސް ވާހަކައަކަށް އިނާ އެއްޗެއް ނުބުނާތީއެވެ. 

"
އިނާއަށް ތި ހީކުރެވީ ގޯސްކޮށޭ.....އެއީ އަހަންނާއި ތިހީކުރާކަހަލަ ގުޅުމެއް އޮތް އަންހެންކުއްޖެއް ނޫން. އެތަކެއްފަހަރުވެސް މިހެން ބުނެދެވިދާނެ. އެކަމަކު އެއީ އެއްވެސް މީހެއްނޫން." ޒިޔާދު ވާހަކަ ދައްކަމުން ދިޔައީ އާދޭހާއި އޯގާތެރި ކަމާއެކުގައެވެ.

"
ކޮބާ ތިކަމުގެ ހެއްކަކީ..........؟؟" ޒިޔާދުގެ ލޮލާއި ލޯ ހަމަކޮށްފައި އިނާ އަހާލިއެވެ. އެ ލޮލުން ޒިޔާދުއަށް ފެނުނީ އިތުބާރު ގެއްލިފައިވާ ކަމުގެ ނަޒަރެކެވެ.

"
އެހިސާބުގައި ހުރެފައި މިތަނަށް، އިނާއާއި ވާހަކަ ދައްކަން އައުން ނުފުދޭތަ ހެއްކަކަށް؟ އިނާ ހިތުން އެހެން ދެން ކޮން ކަމެއްވެގެންތަ އަހަރެން ހަމަ އިރުއިރުކޮޅާ މި އަންނަނީ މިރަށަށް؟ ތިބުނާ ކަހަލަ ގުޅުމެއް އަހަންނާއި އޭނައާއި އޮތްނަމަ އަހަރެން ހުންނަންވީނު އެކޮޅުގަ ހެވިފަ؟ އެކަމަކު މިހިރީ އައިސް އިނާ ކައިރީ. އިނާއާއި ވާހަކަ ދައްކަން. މި ނުފުދޭތަ ހެއްކަކަށް؟" ޒިޔާދުގެ އެ ވާހަކަތައް އަޑު އިވުނު ކޮންމެ މީހަކުވެސް އެ ވާހަކަ ގަބޫލު ކުރާނެއެވެ. އެ އަޑުގައިވާ ޔަގީންކަން އެހާވެސް ބޮޑެވެ.

"
އިހަށް އާދެބަލަ މިތާ އިށީންނަން." އިނާގެ ދެކޮނޑުގައި ހިފައި ކުރިއަށް ގެންނަމުން ޒިޔާދު އެދުނެވެ. އިނާ އޭނަގެ ހަށިގަނޑަށް ގެނައި ކުޑަ ހަރަކާތަކާއެކު ޒިޔާދުގެ އަތާއި ދުރަށް ޖެހިލިއެވެ.
"
އެންމެ ރަނގަޅު. އެކަމަކު އަހަރެން މި ދައްކާ ވާހަކަ އަޑުއަހާލަން އާދޭ. ކުޑައިރުކޮޅަކު އިށީނދެބަލަ. " އޭނަ އިނާގެ ގައިގައި އަތްލަން އިނާ ނުރުހޭކަން އެނގުމުން އިނާގެ ގަޔާއި ދުރަށް އަތްލަމުންވެސް ޒިޔާދު އެދުނީ އޭނަގެ ވާހަކަ އަޑުއެހުމަށް އިނާ މަޑުކުރުމަށެވެ.

"
އިނާ.............!!!" އެއްވެސް ހަރަކާތެއް ނެތިފައި އިނާ ހުންނަން ފެށުމުން އަނެއްކާވެސް އިށީނުމަށް ޒިޔާދު ހަނދާން ކޮށްދިނެވެ. ޒިޔާދު ގޮވާލުމުން އެއްފަހަރު ޒިޔާދު އާއި ދިމާލަށް ބަލާލިއެއްކަމަކު އިނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމާއި ޝަކުވާއެވެ. އިށީންނާނީތޯ ނޫންތޯ ވިސްނާލަން އޭނައަށް ހުރެވުނީއެވެ.

އެވީ ކުޑަ ހިނދުކޮޅު ވެގެން ދިޔައީ ޒިޔާދުގެ ހިތަށާއި ނަފްސަށް ފިނިކަން ގެނެސްދިން ވަގުތުކޮޅަކަށެވެ. އިނާގެ ރީތި ހަށިގަނޑާއި، ކަނދުރާގެ ދެފަރާތުން ވިހުރުވެމުންދާ ރީތި އިސްތަށިގަނޑުގެ ހަރަކާތްތަކުގެ ތެރެއިން އިނާގެ ނުރުހިފައި ހުރި މޫނު ފެނުމުން ޒިޔާދުގެ ހިތް އިތުރަށް ޝައުގުވެރިވާން ފެށިއެވެ.

ކޮންމެވެސް އެއްޗެއް ވިސްނާލަން ހޭދަކުރި ހިނދުކޮޅަކަށްފަހު އިނާ، އަމިއްލައަށް ގޮސް ކުރިން އިށީނދެ އިން ގޮނޑީގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި ނަގައިގެން ޓެރަސްގެ ހިޔާނުކޮށް އޮތް ބަޔާއި ދިމާލަށް ބަލަހައްޓައިގެން އިނދެއްޖެއެވެ.

"
ގަބޫލުކުރޭ އިނާ........އެއީ ތިހީކުރާކަހަލަ ކަމެއް ނޫން. އެކަހަލަ އެއްވެސް ކަމެއް އޭނައާއި އަހަންނާ ދޭތެރޭ ނެތް. އަހަރެންވެސް ގަބޫލުކުރަން. ބައެއްކަންތައްތައް އަހަންނަށް އިނާއަށް ސިއްރު ކުރެވުނު. އޭނައާއިއެކީ ބާޒާރަށް ދާވާހަކަވެސް ބުނެވިފައި ނެތްކަން ގަބޫލު ކުރަން. އޭނަ ގުޅާކަން ބުނެވިފައި ނެތްކަންވެސް ގަބޫލުކުރަން....." އިނާ ގޮސް އިށީނުމުން ބަލަން ހުރެފައި މަޑުމަޑުން ގޮސް އަނެއް ގޮނޑީގައި އިށީނދެފައި ޒިޔާދު ވާހަކަ ދައްކަން ފެށިއެވެ. ކުރިއާއި ޚިލާފަށް ދެރަވެފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރަމުންނެވެ.

"
އެކަމަކު އެއީ ތިހީކުރިކަހަލަ ނުބައި ނިޔަތެއްގައެއް ނޫން. އަހަރެމެން ދެމީހުން ދެރަށެއްގައި އުޅެން ޖެހުމުން ކަންނޭގެ އެހެން އެ ދިމާވީވެސް. ވާހަކަ ދައްކަން ބޭނުންވާ އެއްވެސް އިރަކު އިނާ ނުހުރޭ. ކިތަންމެ ބައްދަލުވާން ބޭނުންވެފައި ހުންނަ ވަގުތުވެސް ފެންނަ ހިސާބަކު ނުހުރޭ. އެއިން ކޮންމެ ވަގުތަކުވެސް ކުރަން ޖެހެނީ ފޯނެއް. އެނޫން ގޮތަކަށް އަހަންނަށް އިނާއާއި ދިމާވެވެން ނޯވޭ." ވަރަށް ދެރަވެފައިވާ އަޑަކުން ޒިޔާދު ބުންޏެވެ. ޒިޔާދުގެ ވާހަކަ އެހިސާބަށް ހުއްޓުމުން އިނާއަށް ޒިޔާދު އާއި ދިމާލަށް ބަލާލެވުނީ ގަސްދަކާ ނުލައެވެ.

"
އެހުރިހާ ކަމެއް ސިއްރު ކުރެވުނީވެސް، އަދި އޭނަގެ އެ އުނދަގޫވެސް ބަލައިގަނެވުނީވެސް އެހެންވެގެން ކަންނޭނގެ. މަޢާފް ކުރޭ އިނާ. އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން." ޒިޔާދު އިނީ ވަރަށް ދެރަވެ ކަރު އެލިފައެވެ. ކުށްވެރިއެއްގެ އިހްސާސް ކުރެވޭނެ އެންމެ ބޮޑަކަށް ކުރެވިފައެވެ. 

އިނާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަދި އިނާގެ ހިތަށް އަރަނީ ކީކޭކަމެއްވެސް ޒިޔާދުއަށް ވިސްނައިގަންނާކަށްވެސް ނޭނގުނެވެ.
*********(ނުނިމޭ)**********

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-10 00:34:29 | Report this Comment
ކިހާދެރަކަމެއް އަނެއް ކާވެސް އިނާހައްދާލީދޯ؟ ނަވިންގެވާހަކަވެސް އެއްފަރުއައި ސޮފާ ނިކަންއެޒިޔާދުއައް ރަގަޅުފިލާވަޅެއް ދީބަލަ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހހެހެހ..........އަދި ނޭނގެއެއްނު އަނާ. އަދި އެ ދެމީހުންގެ ވާހަކަ އެއްކޮށް ނުނިމެއެއްނު ދޯ؟


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 01:42:05 | Report this Comment
ޒިޔާދު އައިސް ހުރި ވާހަކަ ހަމްދު އައިސް އިނާ ކައިރީ ބުނެފައި ހިނގައްޖެއެވެ. ހިތާ ދެކޮޅަށްވިޔަސް އިނާއަށް ނުކުންނާން މަޖްބޫރު ވިއެވެ. އިނާ ދިޔައިރު ސިޓިންގރޫމްގައި ނަވީން އިނެވެ. ފެންނަ ހިސާބުގައިވެސް ހަމްދު ނޫން މީހަކު ނެތެވެ. އިނާ ފެނުމާއެކު ޒިޔާދު ތެދުވެގެން އައިސް އިނާ ކައިރިއަށް ހުއްޓިއްޖެއެވެ.. މީގަ އަސްލު ނަވީންގެބ ބަދަލުގައި ޒިޔާދު ދޯ އިންނަންވާނީ... ؛)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރަނގަޅަށް ތިބުނީ. އެތާގައި ލިޔަންޖެހޭނީ ޒިޔާދުގެ ނަން. އެކަމަކު ސޮފާއަށް ނަވީންގެ ނަން ލިޔެވިފަ އެ އިނީ. އެކުށަށް މަޢާފަށް އެދެން. އެމެކްސް އަށް ޝުކުރިއްޔާ. އެ ކުށް ރަނގަޅުކޮށްލާނަން ސޮފާ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 08:09:43 | Report this Comment
ސޮފާ ހާދަ ރަނގަޅޭ އެތިކޮޅެއް ގެނެސްދިނީމަ. ސަޅިކޮށް ދަނީ . އަނެއްބައި އަވަސް ކޮށްލަދެއްޗޭ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އިކޫ. މަސައްކަތް ކުރާނަން އަނެއްބައި ހަމަ މިއަދު ގެނެސް ދެވޭތޯ އިނގެ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 08:42:52 | Report this Comment
ވަރަށް ސަޅި. ވަރަށްދިގު އިންތިޒާރަކަށްފަހު ވާހަކަ ކިޔާލަން ލިބުމުން ވަރަށް އުފާވެއްޖެ. ކޮންމެ ދުވަހަކުވެސް އޮފީހަށް ގޮސްފަ ބަލާލެވޭ މިވާހަކަ އަޕްވެފަ އިދޭތޯ. އަދި އޮފީސް ނިންމާފަ ގެއަށްގޮސްވެސް ބެލޭ. ދެން ނަވީންއާއި އިނާ ބައްދަލު ކުރުވަބަލައަވަހަށް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހާދަ އުފާވެއްޖެއޭ އައިންގެ ތި ޝައުގުވެރިކަމަށް. އެކަމަކު ހަމަ އެހާ ދެރަވެސް ވެއްޖެ މާ ލަހުން ގެނެސްދެވޭތީ. އެހާ ދިގު އިންތިޒާރެއް ކުރުވަން ޖެއްސޭތީ. އެކަމަކު ހަމަ............


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 08:52:14 | Report this Comment
އޯވް.... ސޮފާ ،،،،،، ސަޅި އޭ މިބައިވެސް ، އެކަމަކު ތަންކޮޅެއް ވާހަކަ ދިގީ ދޯ ، އެއް ސީން އެއް ވީމަ ، އަވަހަށް އަޕްލޯޑްކޮށްދެއްޗޭ އިނގޭ!! މިވާހަކަ ކިޔާ ހިތުން ދެގަޑިން ދެގަޑިން މުރާސިލް ބެލޭ މިހާރު .... ހުވަފެނުގަވެސް ނަވީން ފެންނަނީ އޭ ހަމަ ،،،،، :)
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހެ...............ނަވީން ހުވަފެނުން ފެންނަ ވާހަކަ އޮތީމަ ވަރަށް ހިނިއައިސްފި އިނގޭ. އެނީވޭސް....ވާހަކަ ދިގީއޭތަ އައްމި ތިބުނީ؟ ދިގު ވާހަކައެކޭ މިއީ އައްމި. އެހެންވެ އެއީ. ޝުކުރިއްޔާ އިނގޭ އައްމިގެ ތި ތަޢުރީފަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 09:24:20 | Report this Comment
ވާއޮ، މި ބައި ވެސް ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ރީތި. ތޭންކްސް އަ ލޮޓް ސޮފާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 10:04:02 | Report this Comment
ހާދަ ލަހޭ މި ވާހަކަ ގެނެސްދޭލެއް. ކީއްވެތަ އެހެންވަނީ. މި ނޫން ވަރެއް ހަމަ ނުވާނެތަ! އެނގޭ ހިތްވަރު ކުރާކަންވެސް. އެކަމަކުވެސް އަވަސްވެތޯ ހަމަ ބުނެވެނީ. މީ ދިގު ވާހަކައެއް ވީމަދޯ ސީންތައް އެހާ ދިގުވެފަ ހުންނަނީ. ސަޅި އިނގޭ! އަނެއް ބަޔަށް ކުރެވޭ އިންތިޒާރު ނިމޭނީ ކިހާތާކުބާއޭ އަހާލާ ހިތްވޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެވަނީ ކީއްކަން އެހެން އެކަކަށް ނޭނގުނަސް ހީވަނީ ހަންޑިއަށް އެނގޭނެހެން. ހަންޑިއެއްވިއްޔާ ގައިމު އެނގޭނެ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 15:53:30 | Report this Comment
އިނާ އެ ދައްކާ 'ގޮތްނޭނގޭ' ހިތްވަރުގެ ސަބަބުން ހިނިތުންވެވޭ އެބަ! ހިތަށްއަރަނީ ހާދަ މުހިންމު ދަނޑިވަޅަކުއޭ އިނާއަށް ހިތްވަރު އެ ލިބުނީ. ޒިޔާދަކީ ހަމަ ޒިޔާދު. އެއީ ނުރައްކާ ކެރެކްޓަރ އެއް. އެހެންމީހުންނަށް ޒިޔާދު އޮޅުނަސް، އިނާއަކަށް އެ ޒިޔާދެއް ނޯޅޭނެ ދޯ ސޮފް؟ މިބައިވެސް ވަރަށް 'މީރު'.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތި ކިއުންތެރިޔާއަށް މި ވާހަކަ ތިހާ ކަމުހިނގައްޖައީތީ ވަރަށް އުފާކޮށްފިން. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 17:51:43 | Report this Comment
ސޮފާ!! ހާދަ ލަހޭ ): ބިޒީ ކަމުން ޓައިޕް ނުކުރެވެނީތަ؟ މަލް ހެލްޕް ވެދީފާނަން ޓައިޕް ކުރަން (؛ ވަރަށް ސަޅި މިބައިވެސް ^^
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހެހެހެހެހ...........މަލްއަށް އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. އެއީ ސޮފާއަށް އެހީވާން މަލް ތައްޔާރަށް ހުރީމަ. ވަރަށް އުފާކޮށްފިން އިނގޭ. އެކަމަކު ދެން ބުނަން ޖެހެނީ........ބިޒީކަމުން ކޮމްޕިއުޓަރުދޮށުގަ ނީށީނދެވޭތީ ހުރިހާވެސް މައްސަލައަކީ. އިށީނދެވިއްޖެއްޔާ އެ އޮތީ ލިޔެވިފަ. އެއީ އަސްލު ހުރިހާވެސް މައްސަލައަކީ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 19:07:24 | Report this Comment
އޭ ސޮފް. ވާހަކަ މިހާރު ވަރަށްސަޅި. ދެން އަވަހަށް ނަވީން އާ އިނާ ބައްދަލުކޮށްދީބަލަ، އެކަމަކު "އިނާ" މި ނަން އިނީމަ ދެން ވަރަށް ދޯ . އަޅެ އެހެން ނަމެއް އެތަނަށް ލީނަމަ ސޮފ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތިބުނީ ތެދެއް. އެ ނަން.............!!!! އެކަމަކު ކީއްކުރާނީ. މިއީ މީގެ ހައެއްކަ އަހަރު ކުރިން އަހަރެން ލިޔެފައި އޮތް ވާހަކައެއް. ދެން ބަލަންވީ މިނަން ފުރަތަމަ ކިޔުނީ ކާކަށްތޯ ދޯ؟ ހެހެހެހެ.....ފްރެންޑާވެސް ނަވީންވެގެންތަ ތިއުޅެނީ. "އެގޭ" ކުއްޖެއްގެ ނަމާ އެނަމާ ވައްތަރީ ދޯ؟؟؟؟ޔަގީން.
http://www.muraasil.com/images/reportAbuseIcon.gif
ޓްވީޓީ: ފަތިސްތަރި ދަންނަ ކުއްޖެއްތަ ފްރެންޑާ އަކީ.......؟؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 19:59:29 | Report this Comment
ވަރަށް ސަޅި، ވަރަށް ކިޔާ ހިތްވޭ. އަޅެ އިނާއަށް ނަވީން ނުލިބެންޏާ މަށަށް ނަވީން ދޭންވީނުން، ހެހެހެ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޔޫއްކޮއަށް ނަވީން ލިބޭނެހެން ހީވޭތަ؟ ހެހެހެހެހެ...........އެނީވޭސް.....ޝުކުރިއްޔާ..!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 21:59:08 | Report this Comment
ދެން ސޮފާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާަަަަަ ކީއްވެގެންތަ އެ ކޮންވަސޭޝަންއެއްކޮށް ގެނެސް ނުދިނީ. އަވަސް އަވަސް އަވަސް..........މިރޭ ގެނެސްދީބަލަ އޭގެ އަނެއް ބައި.......ޕްލީޒް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނެއްބައިގަ އެއްކޮށް ގެނެސްދޭނަން. ޝުކުރިއްޔާ...!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 22:04:42 | Report this Comment
ވަރަށް ކިޔާހިތްވާ ވާހަކައެއް މިއީ.......ސަޅި .....ނަވީން އާއި އިނާ އާއި ދިމާވާނެ ދުވަހަކަށް އިންތިޒާރުގަ މިހިރީ. އެކަމަކު ސޮފާ އެދެމީހުން ބައްދަލުކޮށްދިނީމަ ވާނީ. ޕްލީޒް
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފާތު. އަދި ތިހުރިހާ މީހުންވެސް ދިމާވާނެ. ކުޑަކޮށް އިންތިޒާރުކޮށްލާ އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-10 22:16:42 | Report this Comment
ހީވަނީ ވަރަށް ފޯރިގަދަވާނެހެން ދެން އޮތް ބައި. އަވަހަށް ފެންނާނެ ދޯ ސޮފާ. އުއްމީދުކުރަން ސޮފާއަށް ގިނަ ހުސް ވަގުތު ވާނެކަމަށް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އިސްރާ.....!!! ތިއީ ހަމަ އަސްލުވެސް އިސްރާ ކިޔާ ކުއްޖެއްތަ؟ ސޮފާއަށް ވަރަށް ޚާއްޞަ ނަމެއް ތިއީ އިނގޭ. ޝުކުރިއްޔާ އަދިވެސް އެއްފަހަރު.


http://www.muraasil.com/images/comment_reply.pngPosted on 2011-03-25 21:24:59 | Report this Comment
ޞަފާ.. ކޮބާ އަދިވެސް ނަމެއް ބަދަލެއް ނުކުރެވޭ ދޯ! ހެހެ... ދެން ކޮން އިރަކުންނޯ! އަސް ވާހަކަ ވ.ވވވވވވ. ރީތި! އަބަދުވެސް ތި ބަހައްޓާނީ ވާނުވާގަ! ހެހެހެ! އަސް ކޮމެންޓެއްކޮއްލާނެ އަވައްޖެއްވެސް ނުވެގެން މިހުރިހާ ދުވަހު މިހެން ވައިކޮން މި ދިޔައީ! ދެން އެކަމަކު އެހެންނެއް ނުވާނެ! އިންޝާﷲ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތިބުނީ ސޮފާގެ ނަން ބަދަލުކުރާ ވާހަކަތަޝާއިރު؟ އޭރުން ކިހިނެއް ވާނީ. އުނހޫނނނނނނނނނނނނނނނ ނުކުރާނަން ބަދަލެއް. ބައިދަވޭ.........ޝުކުރިއްޔާ އިނގޭ. ޝާއިރުގެ ކޮމެންޓެއް ނުލިބޭތީ ވަރަށް ދެރަވޭ . އެކަން އެނގޭތަ؟ ވަރަށް މިސްވޭ. ހީކުރީ ޝާއިރުއަށް މި ވާހަކަ ކަމުނުދަނީ ކަމަށް. އެކަމަކު މިހާރު ވަރަށް އުފާވެއްޖެ. އުއްމީދުކުރަން ދެން ޝާއިރުގެ ކޮމެންޓްތައް ފެންނާނެކަމަށް. ދޭތެރެއަކުންވިޔަސް ރަނގަޅޭ. ޚަބަރު ވެލަން ވާނެ ނު ދޯ؟
http://www.muraasil.com/images/reportAbuseIcon.gif
ޝާޢިރު: އިންޝާﷲ ވާނަން މިގޮތަށް...ހެހެ... ޞަފާގެ ނަނަ ބަދަލި ކުރާށެކޭ ނޫނޭ ބުނީކީ....އަޖައިބު...މި ވާހަކައިގެ ފެށުމުގަ ޓައިޕިން މިސްޓޭކަކުން ދެމީހުންގެ ނަން އޮޅިފަ އިނީމަ އެތަންކޮޅު އިސްލާހު ކޮށްލައްވާށޭ! ހެހެހެ...ހަޑި ވެޔެއް ނޫނޭ ކޮމެންޓް ނުކުރެވެނީ އެދުވަސްކޮޅު އުޅެން ޖެހުންލެއް ބުރަކަމުން އުޅުނީ ނުކައި ނުބޮއެ...ހެހެ..އަދި ވާހަކަ ކިޔޭނީފަހުންތާ ދޯ.. ކިޔިގެންތާ އަދި ކޮމެމްޓެއްވެސް ކޮށްލެވޭނީ ދޯ... ދެން ވަރަށް ބޮޑަށް ޝުކުރިއްޔާ ޞަފާ ކުރިން ޝާޢިރު ބުނީމަވެސް އެފް.ބީ. ފާރަށް ލިންކް ނުލަން ދެކޮޅުހަދާފަވެސް މިހާރުލާކަން. ނޫންނަމަ އަސްލުނުވެސް ކިޔުނިސް އެހާޒަމާން މިޔާ ދުރުގަ އުޅެފަ އައިސް. ވަރަށް ބޮޑު ފަސޭހަޔަކަށް ވެގެންދޭ އެހެން ހެދީމަ! ތޭންކްސ ބޯޑާ ނަފުސް ބޮޑާކަން ދޫކޮށްލާފަ ބަސް އެހީތި! ހެހެހެހެ.... އަދި އެއީ ފަހުން ކޮންމެ މީހަކު ބުނެގެން ކުރި ކަމަކަށް ވި ނަމަވެސް އޭގެ ހިއްސާއެއް އޮންނާނެ ދޯ މީ އަށްވެސް! ހެޕީ. ސީ ޔޫ

0 comments:

Post a Comment