FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 17 ވަނަ ބައި


ޒިޔާދު އާއި އިސްތިގްބާލް ކުރާކަށް އިނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ވާނެ އެއްޗެއް ވާން ދޫކޮށްލާފައި ޒިޔާދުއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް ކާރުގެ ފަހަތު ސީޓަށް އަރައި އިށީނދެއްޖެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އޭނަ އެތާ އިންކަމެއް އެހާ ފަސޭހައިން ލޮލުގަ އަޅައިނުގަންނާނެކަމަށް އިނާ ވިސްނިއެވެ.

މީހުންގަނށޑުގެ ތެރެއިން ނުކުމެފައި އެންމެ ފުރަތަމަވެސް ދިލްމާ ހޯދާލީ އިނާ ފެނޭތޯއެވެ. ނަމަވެސް އިނާގެ ބަދަލުގައި ހިކްމާ ފެނުމުން އެހެން ހުރިހާ ޚިޔާލެއް ދިލްމާ ދޫކޮށްލިފަދައެވެ. ޒަމާންތަކަކަށްފަހު ކޮއްކޮ ފެނުމުން
ޝައުގުވެރިކަމާ ލޯތްބާއެކު ހިކްމާއާއި ވާހަކަ ދައްކަން ދިލްމާ ފެށިއެވެ. އެ ކޮއްކޮއަކީ އެ އާއިލާގައި ކުޑަކުއްޖަކު ނުލިބި 23 އަހަރު ވީފަހުން ލިބުނު ރަހްމަތެއް ފަދަ ކޮއްކޮއެކެވެ. އެހެންކަމުން ހިކްމާ ވެފައި ވަނީ އެ އާއިލާއަށްވެސް އަދި ޚާއްޞަކޮށް ދިލްމާއަށްޓަކައިވެސް ވަރަށް ޚާއްޞަ ކުއްޖަކަށެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބެލާފައި ދިލްމާ ކޮންމެވެސް އެއްޗެއް ބުނުމުން އިނާ އިން ކާރާއި ދިމާލަށް ހިކްމާ އިޝާރާތް ކުރިތަން ފެނުނެވެ. އެ ކާރު ފާހަގަކުރެވޭތޯ ބަލަހައްޓައިގެން ހުއްޓާ ދިލްމާއަށް ފެނުނީ އެތަނުން ކާރެއްގެ ޑްރައިވަރު ދޮރު ހުޅުވާލާފައި ފައިބައިގެން އެމީހުންނާއި ދިމާލަށް އަންނަ ތަނެވެ. 

"
މިއީ ދޯ ހުރިހާ ދަބަހެއް." އެ ޑްރައިވަރު ފެނުމާއެކު ދިލްމާއަށް އެއީ ކާކުކަން އެނގުނެވެ. 
"
އިނާ ކޮބާ...........؟" ޑްރައިވަރު ކައިރީ ދިލްމާ ދެއްކީ ދަބަހުގެ ވާހަކައެއް ނޫނެވެ.
"
އެބައިން ކާރުގަ.....އިނާ ބުނެގެން މިއައީ." ޑްރައިވަރު ޒާހިރު މިހެން ބުނެފައި ދަބަސްތައް ހިފައިގެން ކާރާއި ދިމާލަށް ހިނގައިގަތެވެ. ޑްރައިވަރުގެ ޖަވާބުން ދިލްމާއަށް ކުޑަކޮށް ހައިރާން ވިއެވެ. ކާރުން ފައިބައިގެން އޭނައާއި ބައްދަލުކުރަން އިނާ ނައީތީ ކުޑަކޮށް ވިސްނާލެވުނެވެ. 
ނަމަވެސް އިތުރު އެއްޗެއް ނުބުނެ ހިކްމާގެ އަތުގައި ހިފައިގެން ހުރެ އިނާގެ ކާރާއި ދިމާލަށް ހިނގައިގަތެވެ. 

ދިލްމާގެ ފަހަތުގައި ހުރެގެން ނުކުތް ޒިޔާދު ފެނުމާއެކު ޓެކްސީ ޑްރައިވަރަކު ގޮސް ޒިޔާދުއާއި ވާހަކަ ދައްކަން ފެށިއެވެ. ޒިޔާދު ހިނިތުންވެލާފައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ހީވާ ގޮތުން އެ ޑްރައިވަރުގެ ދަޢުވަތަށް ދެކޮޅު ހެދީއެވެ. އަދި އެމީހުންގަނޑުގެ ތެރެއިން ދުރަށް ޖެހި ހުރެ ފޯންނަގައިގެން ކޮންމެވެސް ކަމެއް ކުރަން ފެށިއެވެ. ހީވާ ގޮތުން ޒިޔާދު ބަލާ އަންނަން ބުނި މީހާއަށް ގުޅަނީއެވެ.

ކުޑަތަންކޮޅެއް ދުރުގައި އޮތް ކާރު ތެރޭގައި އިން އިނާ މި ހުރިހާ މަންޒަރެއްވެސް ބަލަމުން ގެންދިޔައެވެ. ތެޅޭ ހިތަކާ ނުރުހޭ ލޮލަކުންނެވެ. ޒިޔާދު ކަންތައް އެކުރި ގޮތުން އޭނަގެ ރަހްމަތްތެރިޔާއާއި އިސްތިގްބާލްކުރަން އޭނައަށް ނުދެވުނީއެވެ. އެކަމާ އިނާ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

"
އެބައިނިން ދޯ........" ކާރުގެ ފަހަތު ދޮރު ހުޅުވާލާފައި އެރުމުގެ ބަދަލުގައި، ދޮރު ހުޅުވާފައި ކާރުތެރެއަށް ދިލްމާ ބަލާލީއެވެ.
"
ކޮއްކޮ އަރާ ކުރީ ސީޓަށް." ހިކްމާއަށް ކުރީ ސީޓަށް އެރުމަށް ބުނީ ޑްރައިވަރުއެވެ.
"
އުނހުނ........ކޮއްކޮ އާދޭ ދޮންތަ ކައިރިއަށް މިތަނަށް." ކުރީ ސީޓަށް އަރަން އުޅެގަތުމުން ދިލްމާ މިހެން ބުނުމުން އުފަލުން ފޮޅެމުން އައިސް ހިކްމާ ކާރަށް އަރައިފިއެވެ. ފަހަތުން ދިލްމާވެސް އަރާ އިށީނދެއްޖެއެވެ. 

"
ތިއީވާ ރައްޓެއްސެއް. ކާރުން ނުފޭބެންޏާ ގޭގަ މަޑުކޮށްލިނަމަ ނައިސް." ހިނިތުންވެލައިގެން އިނދެ ދިލްމާ ޝަކުވާ ކުރިއެވެ. 
"
ނޫނޭ ނޫނޭ ދިލް....ފޭބީމޭ...އެކަމަކު ދިމާވި ކަމަކުން....." ދިލްމާއަށް ވިސްނަދެވޭތޯ އިނާ އުޅުނެވެ. ދިލްމާ ބަލާ އައިސްފަ ކާރުގައި އޭނަ އިނުމުން ދިލް ހީކުރާނީ އެކަހަލަ އެއްޗެއްކަން އޭރުވެސް އިނާއަށް އެނގެއެވެ. އޭނަ އިނީ އެކަމާ ކަންބޮޑުވެފައެވެ. އެހެން ވާން މެދުވެރިވި ޒިޔާދު ދެކެ ހިތުގެ އަޑިން ނުރުހިފައެވެ. އެހާ ޒަމާންކޮށްފައި އައުމުންވެސް ގާތް ރަހްމަތްތެރިޔާއާއި ރަނގަޅު ސަލާމަކުން ސަލާމްވެސް ކޮށް ނުލެވުނީއެވެ. 
"
އެނގެއޭ.......އެއީ މައްސަލައެއް ނޫން. މަށަށް އެނގޭ" އިނާ އޭނަގެ އުޒުރު ބުނެދޭން މަސައްކަތް ކުރަން ފެށުމުން ދިލްމާ އަވަހަށް އެކަން ހުއްޓުވިއެވެ. ރަނގަޅު ކޮންމެ ރައްޓިއްސަކުވެސް ކަންތައް ކުރާނެ ފަދައިންނެވެ. އެކަކު އަނެކަކަށް ކުށްވެރިކޮށް، އެކަކު ކުރިމަތީ އަނެއް މީހާ ކުޑަވާކަށް ރަނގަޅު އެއްވެސް ރައްޓިއްސަކު ނުޖައްސާނެއެވެ. ރަހްމަތްތެރިކަމުގައި ޝަރުޠެއް ބާއްވަން ބޭނުން ނަމަ ބާއްވަން އެއީ ރަނގަޅު ޝަރުޠެކެވެ.

"
އެނގެއޭ..........؟" އިނާ އަށް ކުޑަ ސިހުމެއް ލިބުނެވެ. 
"
އާނ.......ދެން ނޭނގިއެއް ނުހުންނާނެނު. ބަލަ މަ މީ މިއަތޮޅުގެ މީހެކޭ. މިއަތޮޅު މީހުންގެ ކަންތައްތައް ހުންނަގޮތް އިނާއަށްވުރެ ރަނގަޅަށް އެނގޭނީ މަށަކަށް ނޫންތަ؟" ރަނގަޅެވެ. ދިލް އަކީ އެ އަތޮޅު މީހެކެވެ. އެކިޔާ "މަ" މި ލަފްޒުންވެސް އެކަން ކޮންމެ މީހަކަށްވެސް ދޭހަ ވާނެއެވެ.
ދިލް ބުނީ އިނާ ހީކުރި އެއްޗެއް ނޫނެވެ. ދިލްވެސް އެ ހީކުރީ އޭނަ ކާރުގައި އިނީ މީހުންތައް ބަލާވަރުންކަމަށެވެ. ރަނގަޅެވެ. ހަގީގަތް އެނގުމަށްވުރެ އެގޮތްވެސް އިނާއަށް މާ ރަނގަޅުވިއެވެ. އެހެންކަމުން ދިލް އެ ބުނި އެއްޗަކަށް އިތުރު އެއްޗެއް ނުބުނެ އަނެއްކާވެސް ބަލާލީ ކާރުން ބޭރަށެވެ. ޒިޔާދު އަށެވެ.

އިނާ ބަލާލިއިރު ޒިޔާދު ހުރީ އަނެއްކާވެސް މީހަކާ ވާހަކަ ދައްކާށެވެ. ސަލާމް ކުރަން ހިފި އަތުން ދޫކޮށްނުލާ ވާހަކައިގަ ތިއްބެވެ. އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ ހަރުކުލައިގެ މުއްސަންޖެއްކަން އެމީހާ ފެނުމުން އިނާއަށް އެނގުނެވެ.

"
މަންމަ ކިހިނެއްތަ؟" ދިލްމާ މިހެން އަހާލިއަޑަށް އިނާ ބަލާލިއެވެ. އޭނަ ހީކުރީ އޭނަގެ މަންމަގެ ވާހަކަ އެހީ ކަމަށްވިޔަސް އެނބުރި ދިލްމާއާއި ދިމާލަށް ބަލާލުމުން، ދިލްމާ އެހެން އެހީ ހިކްމާ ކައިރިންކަން އެނގުނެވެ. ދިލްމާ އިނީ އެދެމީހުންގެ ދެމެދުގައި އިން ހިކްމާގެ ބޮލުގެ ރީތި އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލައެވެ. ނުފެނި ދުވަސްތަކެއް ވެފަ ފެނުމުން ، ހިތުގައި އުފެދިފައިވާ ލޯބީގެ ސަބަބުން ގަސްތަކާ ނުލާ ކުރެވޭ ހަރަކާތެއްގެ ގޮތުންނެވެ.

"
މަންމަ އެބަހުރި ގޭގަ. ދޮންތަ އަންނަންވާއިރަށް ކެއްކި ކެޔޮ ކައްކާފަ މަސްވެސް ހަދާފަ އެބަހުރި." ހިކްމާގެ މި ވާހަކަކޮޅުން މަންމަގެ ރަނގަޅުކަމާ އޯގާތެރިކަން ދިލްމާގެ ހިތަށް ފެނުނު ފަދައެވެ. އޭނަގެ މަންމައަކީ ނަމޫނާ މަންމައެކެވެ. އޭނައަށް އެންމެ މީރު ވާނީ މަންމަގެ އަތުން ކައްކާފައި ހުންނަ ކެއްކިކެޔޮކަން މަންމައަށް އަބަދުވެސް އެނގޭތީ، ކޮންމެ ޚާއްޞަ މުނާސަބާއަކަށްވެސް އެ ކެއުން އޭނައަށްޓަކައި މަންމަ ތައްޔާރުކޮށްދޭކަން ދިލްމާގެ ހަނދާނަށް އައެވެ.

"
ހިނގާ އަވަހަށް ދާން ޒާހިރު." ދިލްމާއާއި ހިކްމާގެ ލޯބި ފެނުމުން ވީހާވެސް އަވަހަކަށް އެމީހުން އެމީހުންގެ އާއިލާއާއި ހަމައަށް ގެންގޮސްދިނުމަށް އިނާ ބޭނުން ވިއެވެ. އެހެންކަމުން ޑްރައިވަރު ކައިރީ އަވަހަށް ދުއްވާލުމަށް އިނާ އެދުނެވެ. 

އެމީހުންގެ ކާރު އޮތީ އެތާހުރި ބައިވަރު ޓެކްސީ ތަކާއި އަމިއްލަ ކާރުތަކުގެ ތަންކޮޅެއް ފަހަތުގައި ކަމުން އެތަނުން ނުކުންނަންވެސް ޑްރައިވަރަށް ދަތިވިއެވެ. ނަމަވެސް މަޑުމަޑުން ފަރުވާތެރިކަމާއެކު އަނބުރާލާފައި މިސްރާބް ބަދަލުކުރަން ފެށިއެވެ. އިނާއަށް އަނެއްކާވެސް ޒިޔާދު ހުރި ދިމާލަށް ބަލާލެވުނެވެ. 

އަދިވެސް ހަމަ އެހުރިތަނުގައި ޒިޔާދު ހުއްޓެވެ. ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރި ކަހަލަ ގޮތަކަށެވެ. އެއްވެސް މީހަކު ޒިޔާދު ކައިރިއަކުވެސް އަދި ވަށައިގެންވެސް ނެތެވެ. އެތާ ތިބި ކޮންމެ މީހަކުވެސް އާއިލާ މީހާ އާއި ތިމާގެ މީހާގެ ދަބަސްތައް ހިފައިގެން ގޮސް އަވަހަށް ކާރަކަށް އަރުވައިގެން އަވަހަށް ރަށާ ދިމާލަށް ދެވޭތޯ ބަލަމުން ދިޔައިރު އެއްވެސް މީހެއްގެ އަޅާލުމެއް ނެތިފައި ޒިޔާދު އެތާ ހުއްޓެވެ. ޒިޔާދުގެ އިސްކޮޅުގެ ދިގުކަމާއި ހައިބަވަންތަކަމާއި ޒުވާންކަމުގެ ސަބަބުން، އެތަނުން ފެންނަ އެންމެންގެ ތެރެއިންވެސް ޒިޔާދު ފާހަގަވަނީ މާ ބޮޑަށެވެ. އެކަނިވެރިއެއްގެ ގޮތަށެވެ. ނުދަންނަ ބީރައްޓެހި ރަށެއްގައެވެ.

ޒިޔާދުގެ އެކަނިވެރިކަން ފެނުމުން އިނާއަށް އޭނަގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. އެއީ އޭނައާއި ކައިވެނި ކުރެވެން އުޅޭ މީހާއެވެ. އެކަމަކު އޭނަ އެދަނީ ޒިޔާދު ނުވެސް ފެންނަ ކަމަށް ހަދާފައި ޒިޔާދު ބަހައްޓާފައެވެ. އޭނައަށް އެ ކުރެވެނީ ރަނގަޅު ކަމެއް ބާވައެވެ. 

ޒިޔާދުއަކީ ބޭވަފާތެރި ދޮގުވެރިއެއްކަން އެނގިހުރެވެސް އިނާގެ ހިތުގައި ޒިޔާދުއަށްޓަކައި ހަމްދަރްދީ އުފެދިއްޖެއެވެ. އިނާފަދަ މާތް ކޮންމެ އަންހެންކުއްޖެއްގެ ހިތަށްވެސް އެހެން ވެދާނެއެވެ. އެކަމަކުވެސް ހިތުގެ ބަލިކަށިކަމަކީ ބައެއްފަހަރަށް ގެއްލުމާއި ހަލާކުގެ ތެރެއަށް ތިމާ މީހާ ގެންދާ ކަމެއްކަން އިނާއަށްވެސް އެނގެނީ ކަމަށް ވެދާނެއެވެ. ނުކެރުމާއި ލަދުވެތިކަމާއެކުވެސް ރަނގަޅު ސިކުނޑިއެއްވެސް އިނާއަށް ދެއްވާފައިވަނީ ކަމަށް ވެދާނެއެވެ. 
ޒިޔާދުއާއި ދޭތެރޭގައި ހަމްދަރްދީ އުފެދުނީ އޭނަގެ ހިތުގައި ކަމަށް ވިޔަސް، އަމަލީ ގޮތުން އެކަމެއް މިފަހަރު އިނާ ނުދެއްކިއެވެ. ނޫނީ ދައްކާކަށް އޭނަގެ ޟަމީރު ގަބޫލެއް ނުވިއެވެ. 

"
އިނާ........ރަނގަޅުތަ.....؟ ކަމެއްވީތަ އަނެއްކާ ؟" ޒިޔާދު ނުފެންނަ ހިސާބަށް ކުރިއަށް ކާރު ދިއުމުން ސީޓްގައި ހަމަޖެހިލި އިނާގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަމުން އައި ދިލްމާ އަހާލިއެވެ. 

އިނާ ގެ ހިތާއި ސިކުނޑިއާއި ދެމެދުގައި ކުރެވޭ ޚިޔާލުތަކުގެ ހިލަންވެސް ދިލްމާއަކަށް ނުވެއެވެ. އަދި އިނާގެ ޒިޔާދު އޭނައާއިއެކު އެއް ފްލައިޓަކުން އައިސް އެއްކޮށް ޓާރމިނަލް އިން ނުކުމެގެން އައިކަމެއްވެސް ދިލްމާއަކަށް ނޭނގެއެވެ. އެނގޭއިރު ވާނީ ކިހިނެއްބާއެވެ.

"
އެއްވެސް ކަމެއް ނުވޭ...." އިނާގެ ޖަވާބަކީ އެއީއެވެ. ދިލްމާއަށް އެއްކަމެއްވެސް އަންގަން ބޭނުން ނުވާ ކަން ޔަގީނެވެ.
ނަމަވެސް އޭނަގެ އެ ޖަވާބު ދިލްމާ ގަބޫލު ނުކުރާކަން ދިލްމާއަށް ބަލާލުމުން އިނާއަށް އެނގުނެވެ. ދިލްމާ އިނީ ސީދާ އޭނަގެ މޫނަށް ބަލާށެވެ. ހީވާ ގޮތުން ދިލްމާ ބުނަން ބޭނުންވި އެއްޗެއް ނުބުނެވިފަ އެ އިނީ ހިކްމާ އެދެމީހުންގެ މެދުގައި އިނީމައެވެ. 
އެވެސް ނަސީބެކޭ އިނާގެ ހިތަށް އެރިއެވެ. 

އެމީހުންގެ ކާރު ގަމުގެ ރީތި މަގުތައް މަތީގައި އޮވެގެން ކުރިއަށް ދިޔައެވެ. 

ޒިޔާދުތޯއެވެ. ދިލްމާއެކޭ ޒިޔާދުއެކޭ ދާދި އެއްވަރެވެ. ގޮވާލުމުން އަޑުއިވޭ ހިސާބު ކައިރީގައި ހުރެފައި އަޅާވެސް ނުލާ، އޭނަގެ އިނާ އޭނަ ދޫކޮށްލާފައި ދިޔަކަމެއް ޒިޔާދުއަކަށް ނޭނގެއެވެ. ހިތަދޫއަށް ދެވޭނެ ގޮތެއް ނެތިފައި ހުރިއިރު، އިނާ އަމިއްލަ ކާރެއްގައި އޭނަގެ ކައިރިން އަޅާފައި ދިޔަކަމަށް ޒިޔާދުގެ ހިތަށް އަރާނީވެސް ކިހިނެއްހެއްޔެވެ؟ ވާނީވެސް އެހެންނެވެ. ތެދުވެރިއަކާއި ދޭތެރޭ ތެދުވެރި ވާންނޭނގުނު މީހެއްގެ ހިތަށް، ނުރައްކަލުގެ އިލްހާމް ވުމަކީވެސް ދުރު ކަމެކެވެ. 

ޒިޔާދު އަދިވެސް ހުރީއެވެ. ފޭދޫގައި އުޅޭ އޭނަގެ ރަހްމަތްތެރި ރަމީޒްގެ އިންތިޒާރުގައެވެ.
އޭނަ މާލެއިން ފުރީ އޭނަ އައްޑޫއަށް އަންނަ ވާހަކަ ރަމީޒްކައިރީ ބުނެފައި ކަމަށް ވިޔަސް، އޭނައަށް އާދެވުނުއިރު، ޒިޔާދު ވީ ހިތަދޫގައެވެ. ރަމީޒްގެ ދަރިފުޅު ޑޮކްޓަރަށް ދައްކާލަން ހަވީރު ހިތަދޫއަށް ދިޔައީ އެހާއިރަށް އާދެވިދާނެކަމަށް ހީކޮށް ކަމަށް ވިޔަސް، ހޮސްޕިޓަލުގައި އެ ކުޑަކުއްޖާ އެޑްމިޓް ކުރުމުގެ ސަބަބުން ޒިޔާދު ބަލާ ގަޑިއަށް ނުދެވުނީއެވެ. 

ޓާރމިނަލް އިން ނުކުތްއިރު ގިނަ އަދަދެއްގެ ޓެކްސީތަކަކުން އޭނަ ގެންގޮސްދިނުމަށް ހުށަހެޅިއެވެ. ނަމަވެސް އެތަނުން ޓެކްސީއެއްގައި އޭނަ ދިއުމަށް ރަމީޒް ގަބޫލު ނުވީއެވެ. ރޭގަނޑުގެ ދަތުރުތައް ކޮޅަކަށް ތިންސަތޭކަ ނަގާނެއޭ ކިޔައިގެންނެވެ. ޓެކްސީ ދަތުރެއް ކޮށްދޭނީ އެވަރަށްކަން އޭނައަށްވެސް ނޭނގެނީކީ ނޫނެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަންވެސް ޒިޔާދުއަށް އެނގެއެވެ. ތިންސަތޭކަ ރުފިޔާއަކީ އޭނައަށްޓަކައި އެއްވެސް އެއްޗެއް ނޫންކަން ރަމީޒް އަށްވެސް އެނގޭނެއެވެ. އޭނައަށް ދެވެން ދެން މަޑުކުރުމަށް އެހާ ވަރަށް ރަމީޒް ބުނީ، ރަމީޒްއަށް އޭނަ ބަލާ ނާދެވުނުކަމުގެ ނަން އޭނައަށް ލިބިދާނެތީ އެކަމުން ސަލާމަތްވާންކަން ޒިޔާދުއަށް އެނގެއެވެ. 

ހިތަދޫ ހޮސްޕިޓަލުން ހަމަ ދެންމެއަކު ނުކުމެގެންއައިސް، ގަމާއި ދިމާލަށް މިސްރާބް ޖަހާފައިވާ ކާރުގައި އިން ރަމީޒްވެސް އިރުއިރުކޮޅާ ގަޑި ބަލަމުން ދުއްވަމުން ދިޔައީ ޒިޔާދު ނަގައިގެން އަލުން އަނބުރާ ހިތަދޫއަށް އަވަހަށް އައުމަށެވެ. ޒިޔާދު ހުންނަން ހަމަޖެހިފައިވަނީ ރަމީޒްގެ ބޮޑު ގޭގެ ކޮޓަރިއެއްގައި ކަމަށްވިޔަސް، އަންނަ ގޮތަށް އައިސް ދާން ބޭނުންވަނީ އިނާ ކައިރިއަށް އެގެއަށް ކަމަށް ޒިޔާދު އޮތީ މާ ކުރިންވެސް ބުނެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތްތާއޭ ރަމީޒްގެ ހިތަށް އެރިއެވެ. ކައިވެނި ކުރަން އުޅެނީ ޖަވާހިރެއްފަދަ އަންހެންކުއްޖަކާއެވެ. އެ އަންހެންކުއްޖާއަށްޓަކައި ޖާނާއި މާލުވެސް ޒިޔާދު ދޫކޮށްލަފާނެކަން ރަމީޒް ދަނެއެވެ. 

"
އައްސަލާމް އަލައިކުމް..." ރަމީޒްގެ އިންތިޒާރުގައި އެއްފަރާތެއްގައި ހުރި ޒިޔާދުއަށް އޭނަގެ ކައިރިން މިއަޑު އިވުމުން ބަލާލިއެވެ. 
ސަލާމް އެގޮވީ ކާކުކަން އެނގުމުން އެ ސަލާމް ބަލައިގަންނަނާކަށްވެސް ޒިޔާދުގެ ބޮޑާ ހިތަކަށް ގަބޫލެއް ނުވެވުނެވެ. ސަލާމް ގޮވާލި މީހާގެ މޫނަށް ފަރުވާވެ ބަލާލެވުނީއެވެ.

ކިތަންމެ ފަރުވާވެ ބެލިޔަސް ފެންނަ ފެނުން ބަދަލެއް ނުވާނެއެވެ. ޒިޔާދުއަށް އެ ފެންނަނީ ރަނގަޅަށެވެ. އެއީ ނަވީންއެވެ. އިނާއާއި އޭނަގެ ދެމެދަށް އެޅުނު ހުރަހެއްކަމަށް އޭނަ ޝައްކުކުރާ ނަވީންއެވެ.

"
މިތާ ކޮން ކަމަކު.....؟" އިންސާނުންގެ ރީތި އާދައިގެ މަތިން އޭނަ ސަލާމް ގޮވުމުންވެސް ޒިޔާދު ސަލާމް ބަލައިނުގަތުމުން އެކަމާ އަޅާނުލާ ޒިޔާދު އާއި ވާހަކަ ދެއްކޭތޯ ނަވީން މަސައްކަތް ކުރިއެވެ. ނަވީންގެ ހިތް ސާފެވެ.
ޒިޔާދު ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވިކަހަލަ ގޮތެއް ފެނުނެވެ. ނަމަވެސް އަނގައިން ނުބުންޏެވެ. ނަފްރަތުގެ ލޮލަކުން ބަލާލީއެވެ.

"
ޒިޔާދުއަދިވެސް ތިހުންނަނީ އެ ރުޅީގަތަ؟ އެތާ ތިބި އެކަކަށް ނޭނގުނަސް ޒިޔާދުއަށް ރަނގަޅަށް އެނގޭނެ އަހަރެން ޒިޔާދުގެ ކާރުގައި ނުޖައްސާކަން." ހީވަނީ ޒިޔާދު އެކަނި ހުރި ވަގުތަކުން ޒިޔާދު އާއި ދިމާލަށް އެހެން ބުނެލާނެ ފުރުޞަތަކަށް ނަވީން އަބަދުވެސް ބަލަމުން އައިހެންނެވެ. 

"
ޒިޔާދު އަމިއްލައަށް ނޫންތަ އަހަރެންގެ ކާރުގައި އައިސް ޖެއްސީ. ހަގީގަތަކީ އެއީ. އެކަން އެނގޭ އަހަރެމެން ދެމީހުންނަށްވެސް. ހެހެހެ. އަހަންނަށް އެނގޭ ޒިޔާދު އަހަރެން ދެކެ ރުޅިއަންނާތީކަން އެހެން ހެދީ. އެކަމަކު ރުޅިއަންނަން ޖެހޭ ސަބަބެއް ނެތްކަން ހީވަނީ މިހާރު ޒިޔާދުއަށް އޮންނާނީ އެނގިފަހެން." މިބުނީ ދޮގެއްހޭ އަހާލާކަހަލަ ގޮތަކަށް ނަވީން ބުނެލިއެވެ. ހަރުދަނާވެފައި ހިތްވަރުވެސް ގަދަ މީހަކަށް ނޫނީ ނަވީން ނުވާނެއެވެ.

ޒިޔާދުއަށް އެ ހަގީގަތާ ދެކޮޅު ހެދޭކަށް ނެތެވެ. އެހެންކަމުން ނަވީނަށް ނުބަލާންވެގެން އެހެން ދިމާލަކަށް ބަލަން ފެށިއެވެ. ހުރިހާ ގޮތަކުންވެސް ފުދުންތެރި، ހައިބަތާއި ޝާހީ ގޮތް ހުރި ޒުވާން ދެ ފިރިހެނުންވެސް އެތިބީ އެއް އަންހެންކުއްޖެއްގެ ސަބަބުން އެކަކު އަނެކަކަށް ހިތް ނުތަނަވަސް ވެފައެވެ. އެހާ އާއްމު ކަމަކަށް ނުވިޔަސް، މިއީވެސް ދުނިޔޭގެ ހަގީގަތެކެވެ.

ޒިޔާދު އޭނައާއި ދިމާލަށް ނުބަލާން މަސައްކަތް ކުރީތީ ނަވީންވެސް ގަސްދުކުރީ އަޅާނުލާ ދާށެވެ. ނަމަވެސް އެވަގުތު އެމީހުން ކައިރިއަށް އައިސް އަންހެންކުއްޖަކު ހުއްޓިއްޖެއެވެ. ކޮން އެއްޗެއް ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ދާން ނެގި ފިޔަވަޅުވެސް އަލުން ބަހައްޓަމުން ނަވީން ގަސްދުކުރީ އެމީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނުމަށެވެ.

"
މާޔާ....މިއީ ޒިޔާދު....އިނާގެ ވާން އުޅޭ ފިރިމީހާ." އެ އަންހެންކުއްޖާ އައިސް ނަވީންގެ ދާދި ގާތަށް ހުއްޓުމުން ނަވީން އެ އަންހެން ކުއްޖާއަށް ބުނެދިނެވެ. ޒިޔާދު ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

"
މިއީ މާޔާ. އަހަރެންގެ..........." މާޔާއަށް ޒިޔާދު ބުނެދިނުމަށްފަހު ޒިޔާދުއަށް މާޔާއަކީ ކާކުކަން ބުނެދޭން ނަވީން ފެށިއެވެ. ނަމަވެސް ނިންމައެއް ނުލައެވެ. ކާކުކަން ބުނަންފަށާފައި ޖުމްލައިގެ ފަހުބައި ބުނެވުމުގެ ކުރިން މާޔާގެ މޫނު ފެނުމުން ނަވީން ހުރިހާ ކަމެއް ހަނދާން ނެތުނު ފަދައެވެ. އުފާވެރި ހިނިތުންވުމަކުން އެދެމީހުން އެކަކު އަނެކަކަށް ހިނިތުންވެލީއެވެ.

ނަވީން ބަލާލިއިރު ޒިޔާދު ހުރީ ވަރަށް ތޫނު ލޮލަކުން އެދެމީހުންނަށް ބަލާށެވެ. ދެންވީ ކިހިނެއް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އަތްދިއްކޮށް ޒިޔާދު ނަވީންއާއި ސަލާމް ކޮށްލިއެވެ. ނަވީންގެ "އެހެން" ލޯބިވެރިޔަކު ހުރިކަން ޔަގީންވުމުން ޒިޔާދުގެ ހިތް ނަވީން އާއި ދޭތެރޭގައި ސާފުވީ އެވެ. ނުވިތާކަށް އިސްވެ އައިސް ނަވީން އޭނައާއި ވާހަކަ ދެއްކުމުންވެސް އެ ގުޅުން ނުއުފައްދަންވީ ސަބަބެއް ނެތްތާއޭ ޒިޔާދުގެ ހިތަށް އެރިއެވެ. 
ފިރިހެނުންނަކީ ވިސްނުންތެރި ބަޔަކަށް ވަނީ އެހެންވެއެވެ. އަންހެނުންފަދައިން ކަމެއްގެ ހަސަދަ މާގިނަ ދުވަހަކު މާ ގިނައިރަކު އެމީހުންގެ މެދުގައި ނޯވެއެވެ. ގުޅެންވެއްޖިއްޔާ، ކިތަންމެ ބޮޑު މައްސަލައެއް ދެމެދުގައި އޮތަސްވެސް އެކަން އެމީހުން ހަނދާން ނައްތާލަކަށް މާ ލަހެއް ފަހެއް ނުވެއެވެ. 

"
ކޮންތާކަށް ގެންގޮސްދޭންވީ...." ނަވީންވެސް ޒިޔާދު ދިއްކުރި އަތުގައި ހިފައި ސަލާމް ކޮށްފައި އެހިއެވެ. ފަޚުރުވެރިކަމާއެކުގައެވެ.
"
އަސްލު ދާންޖެހެނީ ފޭދޫއަށް. ފޮށި ބަހައްޓަންޖެހޭނީ ފޭދޫ ގެއެއްގަ. އެކަމަކު އިނާއާއި ބައްދަލުވާން ދާން އެބަޖެހޭ." ބޯކަހާލަމުން ޒިޔާދު ބުނެލިއެވެ. ވަރަށް ގާތް ރައްޓެއްސެއްފަދައެވެ.
"
ހިނގާ. ގެންގޮސްދީފާނަން. އަހަރެމެންވެސް ދަނީ ހިތަދޫއަށް." ނަވީން ދަޢުވަތު ދިނެވެ.
"
ރަމީޒްއަށް ގުޅާފަ ބުނަންޖެހޭނެނު." މިހެން ބުނެފައި ރަމީޒްއަށް ގުޅާފައި ޒިޔާދު ވާހަކަ ދައްކަން ފެށިއެވެ. މާޔާ އާއި ނަވީން އެތަނުން އެހެން ބަޔަކު ފެނިގެން އެބަޔަކާއި ވާހަކަ ދައްކަން ފެށިއެވެ.
މާޔާއަކީ ކޮން ރަށެއްގެ ކާކުކަމެއް ޒިޔާދުއަކަށް ނޭނގެއެވެ. އެކަމަކު ގައިމުވެސް އެއީ ގުޅޭ ދެމީހުންނެވެ. އިނާހާ ރީތި ނުވިޔަސް އެއީވެސް ވަރަށް ރީތި އަންހެންކުއްޖެކެވެ.
ފޯންގައި ހުރިއިރުވެސް ޒިޔާދުއަށް ވިސްނެމުން ދިޔައީ ލޯކުރިމަތިން ފެންނަން ހުރި ނަވީން އާއި މާޔާ އާއި ދޭތެރޭގައެވެ.

"
ކޮންކަމަކު ނަވީންމެން އައިސް ތިއުޅެނީ." ކާރު ދުއްވާލުމުން ޒިޔާދު އަހާލިއެވެ.
"
އަހަރެމެން އައީ އޮފީސް މީހެއް ފުރުވާލަންވެގެން. މިބުނީ މާލެއިން އައި މީހެއް. " ކާރުގެ ލޯގަނޑުން ފަހަތު ޝީޓްގައި އިން މާޔާއަށް ބަލާލަމުން ނަވީން ބުނެލިއެވެ.

އެބަލާލުމާއި އެ ދެމެދުގައި ބަދަލުކުރެވުނު ހިނިތުންވުންވެސް ޒިޔާދު ދެކުނެވެ. އަދި ގިނަ އެއްޗެހިތަކެއް ހިތަށް އެރިއެވެ. 
**********(ނުނިމޭ)**********



މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

http://www.muraasil.com/images/comment_reply.pngPosted on 2011-03-01 14:01:27 | Report this Comment
އެއްބަޔެއް ނުގެނެސްދިނުމަށްވުރެ ކޮންމެވެސް ވަރެއް ގެނެސްދިނުންވެސް މާ ރަނގަޅުވާނެކަމަށް ހީވާތީ، މިބައި ގެނެސްދިނީ. ހީކުރަން ހުރިހާ ކިއުންތެރިންނަށްވެސް ކަމުދާނެކަމަށް. ދެކޭގޮތް އަންގާލަދިނުން އެދެން. ޝުކުރިއްޔާ!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 14:28:50 | Report this Comment
ވާވް.... ވަރަށް ސަޅި... އަނެއްބައިވެސް އަވަހަށް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން...


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 14:32:39 | Report this Comment
ސިފަކުރުމާ ވާހަކަ އެތުރިފައިވާ ގޮތް ރަނގަޅު. އެހެންނަމަވެސް ބައެއްފަހަރު ތަންކޮޅެއް ގޮތް ބޮދުވެފަ ހުންނަހެން ހީވޭ... ވާހަކަ ވަރަށް ރީތި... އަނެތްބައި ވަރަށް އަވަހަށް ކިޔާލަން ލިބޭނެ ކަމުގެ އުންމީދުގައި އެބަހުރިން.....
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އެނގެން ބޭނުންވަނީ ޒަވާ ތިބުނާ "ގޮތްބޮޑު" ގެ މާނަ. އެޔެއް ބުނެދީފިއްޔާ ރަނގަޅު. ޝުކުރިއްޔާ.
މީމު: މިސާލެއް ދެވިދާނެތަ ގޮތް ބޮޑުވެފަ ހުންނަ ފަހަރުތަކުގެ
މީމު: "ގޮތް ބޮޑު" ވުން ޒަވާ މާނަ ކުރައްވާގޮތް އެނގެން އަޅުގަޑުވެސް ބޭނުންވޭ. އެހެނީ ފާޑުކިޔުމަކީ ލިޔުންތެރިޔާއަށް ލިބޭ ކުރިއެރުމެއް. އެ ފާޑުވާން ޖެހޭނީ މީހުންނަށް ފަހުމްވާ އަނެކާއަށް ފައިދާއެއް ލިބޭ ފާޑުކިޔުމެއްކަމަށް އަޅުގަނޑަށް ވިސްނޭ. އެހެންވީމާ އެނގެން ބޭނުންވޭ މި ވިސްނެނީ ރަގަޅަށްތޯ ނުވަތަ ނުބައިކޮށްތޯ. ހީކުރަން ޒަވާ ބުނެދެއްވާނެކަމަށް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނެއްބައި އިރާދަކުރެއްވިއްޔާ މާދަމާ ގެނެސްދެވޭނެ. ޝުކުރިއްޔާ!!!
ފަތސް އިރު: މީހަކު ފާޑު ކިޔާ ކޮން މެ ފަހަރަކު އެހެން ނަމެއް ގަ ފަތިސްތަރި އެމީހަކާ ޖަދަލު ކުރަނީ ކީއްވެ ބާ އޭ ވަރަށް ހިތަށް އަރާ،،
ނ: ވާހަކައިގެ ޑައިލޮގް ތަކަށްވުރެ ކުރިއެއް މެދެއް ނުފެންނަ ޖުމްލަތަކުގެ ސަބަބުން ބައެއް ފަހަރު މާދިގު އިންތިޒާރެއް ކުރަން ޖެހެނީ. އެކަމަކު އެޖުމްލަތައް ވަރަށް ރީތި އިނގޭ. ނަމަވެސް ވާހަކަ ދިގުކުރަން ނުވަތަ އެހެން ބޭނުމަކު ނަމަވެސް ކޮންމެހެން ބޭނުން ނުވާ ޖުމްލަ ތަކެއް ލުމަކީ ބޭނުންހުރި ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. މީދެން ހަމަހިޔާލެއް. ފަތިސްތަރިގެ ވާހަކަ ތައް ހަމަ އޮބިނޯވޭ.
: ފަތިސްއިރުގެ އަރިހުން މައާފަށް އެދެމުން ދަންނަވަން. ބަލަގަ މި ކުރަނީ އަމުދަކުން ޖަދަލެއް ނޫން. އެނގެން ބޭނުން ވެގެން މި އުޅެނީ. އަދި ދަންނަވަންތޯ. މީމު ގެ ނަމުގަ ކޮމެންޓް މިކުރަނީ ފަތިސްތަރިއެއް ނޫން. ޙައިރާން ހީވޭ. ! އެކަމު ބުނަން ތިޔަ ކޮމެންޓް އެގިއްޖެ ތީ ފަތިހަކަށް ނުވިތާ އިރަކަށްވެސް ނުފުދޭކަން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތި ކޮމެންޓް ކުރީ ކޮންމެ މީހަކަށްވިޔަސް ބުނެލަން ބޭނުންވަނީ....ނުފެނި...ނޭނގި....ނުބަލާ....ނުހޯދާ....ތިމާއަށް ހީވާ ހީވުމެއްގެ މައްޗަށް، ހަގީގަތެއް ނެތް ވާހަކަ ދައްކައިގެން މީހުންގެ އަގު ވައްޓާލަން އުޅުމަކީ ރީތި ސިފައެއް ނޫނޭ. ތި ކިއުންތެރިޔާއަށް ކިހިނެއް ބުނަން އެނގުނީ އެއީ ސޮފާ ލިޔާ އެއްޗެކޭ؟ ތިފަރާތުން ޚިޔާރުކޮށްގެން ތި އުޅޭ ނަން (ފަތިސްއިރު) މިކަމުންވެސް އެބައެނގޭ ތިފަރާތުން ކުރާ ކޮންމެ ކޮމެންޓަކީ ސޮފާއަށް "ޖެއްސުން" ކުރަން ލިޔާ އެއްޗެއްކަން. ރަނގަޅު ހިތެއް އޮވެގެން ނޫންކަން ތިއުޅެނީ އެބައެނގޭ. ތި ކިއުންތެރިޔާ ހެޔޮ ނޭދުނަސް ސޮފާއަށްވެސް ހެޔޮ އެދޭ ކޮންމެވެސް ބަޔަކު އެބައުޅޭ. ތިކިއުންތެރިޔާއަށް ކަމު ނުދިޔަޔަސް ސޮފާގެ ވާހަކަ ކަމުދާ ދެތިންމީހުންވިޔަސް އެބައުޅޭ. އެހެންވީމަހެން ތިކަހަލަ ތުހުމަތުތައް ސޮފާގެ ބޮލުގަ އަޅުވާއިރު ސޮފާއަށް ހެޔޮއެދޭ ކިއުންތެރިން ނުތިބޭނެ އަނގައިންނުބުނެއެއް. އެއީ އެވާގޮތަކީ. ހަގީގަތަށް ބުނަންޏާ ސޮފާ ނުވޭ ތިކަހަލަ ކޮމެންޓަކަށް ޖަވާބު ދޭހިތެއްވެސް. އެޕްރޫވް ކުރާ ހިތެއްވެސް. އަދި އަމުދުން ޖަދަލު ދޭހިތެއްވެސް. އެކަމަކު ސޮފާގެ ވާހަކައިގެ ކޮންމެ ބަޔަކަށް ތި ވައްތަރަށް ކޮމެންޓް ފޮނުވާތީ، އެންމެ ފަހުން ތި ކުރި ކޮމެންޓް މި އެޕްރޫވް ކުރީ ސޮފާ އަކީ އެހެން ނަންނަމުގަ ކޮމެންޓް ކުރާހާ \"ފިނޑި\" އެއް ނޫނޭ ބުނަން ވެގެން. ސޮފާ ބުނަން ބޭނުން އެއްޗެއްވެއްޖިއްޔާ ބުނާނީ މިގޮތަށް، ސޮފާގެ ނަމުގަ. ފާޑުފާޑުގެ ނަންނަމަކު ނޫން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނ އަށް........ހަގީގަތުގަ ސޮފާވެސް އުޅެނީ ވާހަކަ ކުރުކުރަން. އެކަމަކު މިއީ ކުރުވާހަކައެއް ނޫން. އެހެންވެ މިވާހަކަ މި ލިޔެވެނީ ދިގު ވާހަކަތައް ލިޔާ ސްޓައިލަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް. ތިފާޑުކިއުންވެސް ވަރަށް އުފަލާއެކު ބަލައިގެންފިން. ކިޔައްޗޭ އިނގޭ ވާހަކަ އެއްކޮށް. ކިޔާފަ ދެކޭ ގޮތް އަންގާލަދޭތި. ޝުކުރިއްޔާ
ޝަޒް: Fathis iru o whatever jahaagen ulhey meehayah bunelan beynun vaneee..sofa ae ehaa nukerey meeheh nuney…….sofa bunan beynunvaa ehcheh bunaanee dhimaalashey……….thikahala vai vaahaka dhahkkaa mehun ulheythee ey than thanuga hama nujehun ufedhenee…..adhi bunan nikan ragalhu vaahakaeh…..thikahala kuna messakah vaahaka kamu nudhiyayas…………shaxmen kahala kithanmme kuhjakah mi vaahaka reethivaane…….ekan ingeyne konme part akahves libemun anna comment ashaa likes ah balaaleemaves……..thiyah faadu kiumekey nukiyaane……….thihunannee maavarakahviyya dhw jassaalaafa………..thihen ulhen heyo nuvaane…………. IF YOU DONT LIKE THIS STORY PLEASE JUST DONT READ…………. DISGUSTING : S.. N YEAH…. THIS IS SHAX NOT FATHISTHARI (SOFA) INGEY………… :p


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 14:35:36 | Report this Comment
ހޫމް ހެހެހެހެހޭ ތިހާވަރަށްވެސް ކޮންމެދުވަހަކުވެސް ގެނެސްދެއްޏާ އޯކޭއޭ! މިވަރުން މިފަހަރުޝުކުރު ކޮށްލާނީ ދޯ! މިންވަރށް ޝުކުރުކުރައްވާނެއެއްނުދޯ، ހޫމް ދެން ބުނެބަލަ މާޔާއާއި ނަވީން އެއުޅެނީ ޒިޔާދުގެ ލޮލުގައި އަދުނެއް އަޅުވަން ދޯ، އެވަރަށް ހިތްތަށް ނުތަޅުވާ ދެން އަވަހަށް ނަވީންއާއި އިނާ އާއި ދިމާ ކޮށްބަލަ، ޔޫޓޭކް ކެއަރ ސީޔޫ ސޫން ނެކްޓް ޕާރޓް ޓްމޯރޯ
ލިވާ: އަނދުނެއް ނޫން އެއީ. ހަމަ ޒިޔާދު ކަހަލަ ފީކަޅާ ފިރިހެނަކަށް ނަވީންވެސް އެވީ. ފޫހިވެއްޖެ މުޅިން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ބަލާނަމޭ ކޮންމެ ދުވަހަކު އެތިކޮޅެއްވިޔަސް ގެނެސްދެވޭތޯ. ސޮފާއަށް އެނގޭ ކުދިން ކުދިން ބޭނުންވާނެކަން އަވަހަށް ކިޔަން. އެހެންވީމަ ޓްރައި ކުރާނަން އިނގޭ. ޝުކުރިއްޔާ ލަޔާލް. ވަރަށް އުފާވެ ހިތްވަރުވެސް ލިބޭ ލަޔާލްގެ ކޮމެންޓް ކޮންމެ ދުވަހަކުވެސް ލިބޭތީ. ޝުކުރިއްޔާ އަދިވެސް. ވވވވވވވ ބޮޑަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 14:43:43 | Report this Comment
ހާދަހާވާ ދެރަގޮތެކޭ އިނާއަށް ތިވަނީ. ނަވީން ކީއްވެގެންތަ އިނާ މަތިން އެހާ އަވަހަށް ހަނދާން ނައްތާލީ. ނަވީން ނުވޭދޯ އަސްލު އިނާދެކެ ލޯތްބެއް. ވވވވވ.ދެރަވޭ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދޯ.........ހާދަހާ ދެރައޭ.....އެކަމަކު އަދި އެހާ ދެރަނުވާތި. އަދި ނޭނގޭނެއެއްނު.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 15:26:43 | Report this Comment
ހަމަ އެއް ކަހަލަ ދޯ ހުރިހާ ފިރިހެނުންވެސް. ނަވީން ގެ ފަރާތުން އުންމީދު ކުރި ގޮތެއް ނޫން އެވީ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ނޫނޭ ........ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ. ހުރިހާ އަންހެނުންވެސް އެއްގޮތެއް ނޫނެއްނު ދޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 16:13:18 | Report this Comment
ވަރަށް ސަޅި..ތި ކުރާ ހިތް ވަރަށް ސާބަސް...
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ މަޖީ............ވަރަށް އުފާވެއްޖެ. އަބަދުވެސް ތިގޮތަށް ހިތްވަރު ދެއްޗޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 16:16:51 | Report this Comment
އެ ނުވާނެ ނަވީންގެ ލޯބިވެރިޔަކަށް.. އޭނަ ނުބުނެ އެއްނު އެހެނެއް.. އަބަދު އިންތިޒާރު ކުރެވޭ ވާހަކަ އެއްމީ.. އައިޝްގެ ފުރަތަމަ ކޮމެންޓްމީ.. ސޮފާ އަށް ކާމިޔާބީ އަށް އެދެން.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ އައިޝް. ކާމިޔާބީއަށްޓަކައި ސޮފާ މަސައްކަތް ކުރާނަން. ހީކުރަން ދެން އަބަދުވެސް އައިޝްގެ ކޮމެންޓްތައް ލިބޭނެކަމަށް.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 16:41:55 | Report this Comment
މާދެން ދިގުކޮށް ހުންނަނީ އެއް ސީން އަކުން މުޅި އެޕިސޯޑް މިއޮންނަނީ ފުރިފައި. އެއް ވާހަކައެއް އެހާ ދިގުކޮށް ގެނެސްދިނީމަ ވަރަށް ފޫހި. ވީހާ ވެސް ކުރުކޮށް ގެނެސްދިނިއްޔާ ރަނގަޅު. ދެން މިހާރު ދާގޮތް ވަރަށް ފޫހިވޭ. އިނާ ކިތަންމެ ރަނގަޅަސް އިނާއަށް ވެސް ކެރެންޖެހޭނެ ދޯ އޭނަގެ ދިފާޢުގައި ކޮންމެވެސް ކަމެއް ކުރެވެން. އަނެއްކާ ވާހަކައިގެ ބަޠަލުންނަކީ އިނާއާއި ޒިޔާދު ބާ. ހާދަ ފޫއްސޭ ދެން ތިހެން ގެންދާތީ. ވަރަށް ދެރަވޭ. އެކަމަކުވެސް ވާހަކަ ވަރަށް ރީތިވާނެކަމަށް އުއްމީދުކުރަން.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:21:25 | Report this Comment
ސޮފާ....ހާލު ކިހިނެތްތަ.............ޝަޒްގެ މޮޑެމް މައްސަލަ ޖެހިގެން ނުވަދެވުނީއޭ....މިސްޑް ޔުއާރ ސްޓޯރީ އ ލޮޓް....ކޮންމެ ދުވަހަކު ހިތައް އަރާ މިހާރު އިންނާނީ އަޕްލޯޑް ކޮށްލާފައޭ..........ެންމެ ފަހުން މިއަދު ހުރިހާ ޕާރޓްސް ތަކެއް ކިޔޭގޮތް މިވީ.......ސޮރީ އިނގޭ ކޮންމެ ޕާރޓް އަކަސްވެސް ކޮމެންޓް ނުކުރެވުނީމަ.......ޝަޒް ހަމަ ބުނެލާނީ ވާހަކަ ތިގެންދާ ގޮތް ހަމަ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވ ވެސް ކަމުދެއޭ.......ވަރަށްވެސް ރީތިއޭ...............ޔޫ އަރ ދި ބެސްޓް އޭ ހަމަ.......ޝަޒްގެ އަބަދުގެވެސް ދުޢާ އަކީ ސޮފާއަށް މާތް ﷲ ހެޔޮގޮތް މެދުވެރި ކުރެއްވުން...........
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ހާލުރަނގަޅޭ ޝަޒޫ......ޝަޒޫ ކިހިނެއް؟ ރަނގަޅު ދޯ؟ މޮޑެމްއަށް އެހެން ވިޔަނުދެއްޗޭ ދެން. ތިހާވަރަށް ސޮފާގެ ވާހަކަ ކިޔާހިތްވާކަން އެނގުނީމަ ހާދަހާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާަ އުފާވެއްޖެއޭ. ސޮފާ ވަރަށް މިސްވި ޝަޒްގެ ކޮމެންޓްތައް. ހިތަށް އެރީ ޝަޒްއަށްހަޑިވީކަމަށް ވާހަކަ. އެކަމަކު މިހިރަ "ވ" ތަކެއް ފެނުނީމަ ޝައްކު ފިލައިފި. ހާދަ ރަނގަޅޭ ޝަޒް އެހާ ގިނަ "ވ" ދިނީމަ. އަދި ޚާއްޞަކޮށް ތިހާ ހެޔޮ ދުޢާކޮށްދިނީމަ ވަރަށް އުފާކޮށްފިން. އަބަދުވެސް ހުންނައްޗޭ ސޮފާގެ "ކާމިޔާބީގެ" ފަހަތުގަ އިނގޭ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:28:02 | Report this Comment
ވަރަށް ސަޅި. މިހެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއް ގެނެސްދޭންވިނުން ؛)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ ދޯ. ވަރަށް މަސައްކަތް ކުރާނަން ފޮޅުވަތްކޮޅެއްވިޔަސް ގެނެސްދެވޭތޯ. ޝުކުރިއްޔާ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:33:25 | Report this Comment
ވަރަށް ރީތި މިބައިވެސް.. އެކަމް ނަވީންގެ ބިޓެއް ހުރުން އެއީ ގަބޫލު ކުރެވޭނެ ކަމެއްނޫން.. ރިއު ބުނާނީ މާޔާ އާ ނަވީން އާ ދެމެދު އެކަހަލަ ގުޅުމެއްނެތޭ.. ދެން އެގިދާނެތާ ވާގޮތެއްވެސް،.. ތޭންކިޔޫ ސޯމަޗް ސޮފާ އެހާ އަވަހަށް އަޕްލޯޑް ކޮށްދިނީމަ.. ތޭންކުސް އަ ލޮޓް. މޭ ގޯޑް ބްލެސް ޔޫ..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ރިއު އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. . ހާދަ އުފާވެއްޖެޔޭ ތިހާ ހެޔޮ ދުޢާކޮށްދޭތީ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:33:42 | Report this Comment
އަޅެ ހަމަ ހަބޭސް. އެކަމް ނަވީން އިނާ އައް ގެއްލިދާނެތަ؟؟؟ ސޮފާ އައް އެންޓިކޮއް މީހަކު ކޮމެންޓް ކުރިޔަސް ދެރަނުވައްޗޭ.. ވުލްފް މެންގެ ސަޕޯޓް އަބަދުވެސް ވަނީ ސޮފާ އާ އެކު.. ސޮފާ ތިކުރާ ބުރަ މަސައްކަތައް ކާމިޔާބު ދެއްވާށި.... ވާހަކަ ވ.ރީތި.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ވަރަށް އުފާވެއްޖެ ގާރލް. ތިކުދިންގެ ސަޕޯޓް ތިގޮތަށް އަބަދުވެސް ލިބޭނެކަމަށް ހީކުރަން. ޝުކުރިއްޔާ ވަރަށް ބޮޑަށް. ތި ކޮށްދޭ ހެޔޮ ދުޢާތަކަށް. ދެން އޮތީ ނަވީންގެ ވާހަކަ. ގައިމު ނަވީން ލިބޭނެ ކޮންމެވެސް އެކަކަށް. ބަލަމާ ދޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:35:09 | Report this Comment
ސޮފާ ތިގޮތަށް ރެގިއުލާ ކޮން ގެނެސްދެންޔާ އޯކޭ..ނުގެނެސްދޭތި މައްސަލައަކީ..މިހާރު އެބަ އޯކޭވޭ..ވވވވ ނައިސް..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކަނބުލޯ. ނުގެނެސްދެނީކީ ނޫނޭ.........ނުގެނެސް ދެވެނީ. އެކަމަކު ބަލަން އެބަ އަވަސް އަވަހަށް ގެނެސްދެވޭތޯ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 17:48:04 | Report this Comment
ޒަވާގެ ކޮމެންޓަށްމަވެސް ތާއީދު
ނުހާ މަންމަ: ޒަވާގެ ކޮމެންޓަކަށް މަ ތާއީދެއް ނުކުރަން
ނުހާ އައްޕަ: ޒަވާގެ ކޮމެންޓަކަށް މަ ތާއީދެއް ނުކުރަން
ނުހާ މާމަ: ޒަވާގެ ކޮމެންޓަކަށް މަ ތާއީދެއް ނުކުރަން. ޒަވާ އުޅެނީ މޮޔަ ބޮލަށް އަރައިގެންތަ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 18:05:48 | Report this Comment
ވާހަކަ ވަރަށް ސަޅި. ދެން "ފަތިސް އިރު" އަށް ދަންނަވާލަން އޮތީ މީހެއްގެ މަޖުބޫރުކަމަކާއެކުގަތޯއޭ ވާހަކަ ވިދާޅުވަނީ. ފްރެންޑާ އަށް ހަމަ ހީވަނީ "ޖޭ" މިބަސް ހަމަ ތިބޭފުޅާގެ ސިކުނޑިއަށް އަންނަނީ މާ އަވަހަށްހެން. (މިއީ ފަތިސްތަރީގެ ފްރެންޑާ)
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ފްރެންޑާ....!!!


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 18:24:47 | Report this Comment
ވަރަށްސަޅި މިވާހަކަ. އައިން ބުނެލާނީ އެހެންތަނަކުން މީހަކު އެއްޗެކޭ ކިޔަސް އަޅާނުލާށޭ. އަޅެ މާޔާއަކީ ނަވީންގެ ގާލްފްރެންޑަށް ނަހަދައްޗޭއިގޭ. ނަވީންގެ ގާލްފްރެންޑަކަށް ވާންވާނީ އިނާ. ނަވީން ބުނަންއުޅުނީ މާޔާއަކީ އޭނަގެ އޮފީސް ކުއްޖެކޭދޯ.
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ސޮފާ އަޅައެއް ނުލަން އަސްލު. އެކަމަކު ދެން މިހާރު އަބަދު އަބަދު އެވައްތަރަށް ކޮމެންޓް ކުރާތީ މި ޖަވާބު ދިނީ. ނަވީން ގެ ގާރލްފްރެންޑަށް ނަހަދާށޭ؟؟؟؟؟؟؟؟؟ ހެހެހެހެ........ބަލަމާ ދޯ؟؟؟؟


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 18:30:23 | Report this Comment
ސޮފާނަވީން ކައިރީހުރީ ނަވީންގެބިޓޭ މުޅިއަކުންނުބުނޭއެއްނު ވެދާނެއެހެންނޫންވެސްދޯ؟ސޮފާއެކަހަލަސަޕްރައިޒްދޭނެ
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަނާ އަށް ބުނާނެ އެއްޗެއް ނެތް. ބޮޑު ސްމައިލަކާ ޝުކުރިއްޔާއެއް އޮތީ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 19:21:26 | Report this Comment
V V RYTHI... HAMA SUPER DUPER... HEHEE..
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ތެންކްޔޫ ނަޝް.............ތެންކްޔޫ.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 20:06:17 | Report this Comment
މިވާހަކަ ވ ވެސްރީތި. ދިގު އިންތިޒާރެއް ނުކުރުވާ އަނެއް ބައި ގެނެސްދޭނަންދޯ؟ ޕުލީޒް
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ.........ބަލަން އެބަ އިންތިޒާރު ނުކުރުވާ ގެނެސްދޭން.


http://www.muraasil.com/images/comment_reply.pngPosted on 2011-03-01 20:19:38 | Report this Comment
ސޮފާ ހާދަ ރަނގަޅޭ.ތިބުނާހެން އެއްގޮތަކައްވެސް ނުގެނެސްދިނުމައްވުރެ ކުރުކޮއްވެސް ގެނެސްދިނުން މާރަނގަޅު..މިބައިވެސް ވވވ ރީތި އިނގޭ.މީހުންކިޔާ އެއްޗިއްސަ އަޅާނުލާ ސޮފާ ،އަހަރެމެން ސޮފާއައް ޓްރަސްޓް ކުރަން އަދި އެޓްރަސްޓް ގެއްލުވާވެސްނުލެވޭނެ.އަދި ބުނަން ފަޒޫ މާދަމާ ފުރަނީ އިނގޭ .ދެން ދިމާވާނީ ދުވަސްކޮޅެއްފަހުން. ސޮފާގެ ވާހަކަ ވވ މިސްވާނެ.ޓީސީ.

0 comments:

Post a Comment