FATHISTHARI Vaahaka

Once upon a time it happened...how it happened is a fiction by me for you...!!! :)

ފޯންކޯލް - 11 ވަނަ ބައި


ޒިޔާދު އެހާ ރުޅިއެއް އަންނަންވީ ސަބަބެއް އޭނައަކަށް ހަމަ ނުވިސްނެއެވެ.
ވިސްނޭނީވެސް ކިހިނެއް ހެއްޔެވެ؟ އޭނަ ގަބޫލުކުރާ ގޮތުގައި ނަމަ ކުށްކުރީ ޒިޔާދުއެވެ. ރުޅި އަންނަން ޖެހޭނީ އޭނައެވެ. އެކަމަކު ޒިޔާދު މިހާރު އެއިން އެއްކަމެއްވެސް ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ. އޭނަ ނުގުޅީތީ މެސެޖް ނުކުރީތީ އެކަމާ ތަކުރާރުކޮށް ސުވާލު ކުރަމުން ދާއިރު އެ އެކްސިޑެންޓްގެ ފަހުން ދެކެވުނު ވާހަކަ ތަކުންނާ ޒިޔާދުގެ އަމަލުތައް ހުރި ގޮތުން އޭނަ އެހެރީ ޒިޔާދު ދެކެ ހިތްހަމަނުޖެހިފައިކަމެއް ޒިޔާދުއަށް ހަމަ ނުވިސްނެނީހެއްޔެވެ.

ޒިޔާދު ހިނގާފައި ދިޔަ ދިމާލަށް ބަލަން އިރުކޮޅަކު އިނާ ހުއްޓެވެ. ދެން ބޮޑުމަންމަ ކައިރިއަށް އެކޮޓަރިއަށް ވަންނަން ހިނގައިގަތީ މާދަމާރެއަށް ޒިޔާދުއަށް ވަގުތު ދޭނީބާއޭ ނުދޭނީބާއޭ ހިތުގައި ސުވާލު އުފައްދަމުންނެވެ.

މަޑުމަޑުން ދޮރުލައްޕާލާފައި އިނާ ގޮސް އަނެއްކާވެސް ހުއްޓިލީ ޚާލިދާ ކައިރިއަށެވެ. ޚާލިދާ އޮތީ ދޮރާއި ދިމާލަށް އެނބުރި ނޫންކަމުން އިނާ އެކޮޓަރިއަށް ވަން ވަގުތު ނޭނގުނީއެވެ. އެހެންނަމަވެސް ކުރިމައްޗަށް އާދެވުމުން އިނާއަށް އެނގުނެވެ. އޭނަ ޒިޔާދު އާއި ވާހަކަ ދައްކަން އެ ދިޔަ ކުޑަވަގުތުކޮޅުގެ ތެރޭގައި ބޮޑުމަންމައަށް އެ އޮތީ ނިދިފައެވެ. ބޮޑުމަންމަގެ ގައިމަތީގައި އަޅާލާފައި އޮތް ފޮތިގަނޑު ރީތިކޮށްލުމަށްފަހު ބޮޑުމަންމަގެ ވިންދު ބަލަން ފެށިއެވެ.

އޭނައަކީ ސީނިއަރ ސްޓާފް ނަރުހެކެވެ. ތަޢުލީމާއި ތަމްރީންގެ ގޮތުން އެއްވަނައިގެ ނަރުހެކެވެ. ކޮންމެ ތަނެއްގައިވެސް ނަރުހެއްގެ ވާޖިބު އޭނައަށް އަދާ ކުރެވުމަކީ ހަމަ ފިޠުރަތީ ކަމަކަށް ނޫނީ ނުވާނެއެވެ. ބޮޑުމަންމަގެ ހާލާއިދޭތެރޭ އޭނައަށް ނޭނގޭނެ ކަމެއް ނޯންނާނެއެވެ. ވިންދު ބެލުމަށްފަހު ހިތްހަމަޖެހުމާއެކު ގޮނޑި ކައިރި ކޮށްލާފައި ގޮނޑީގައި އިނާ އިށީނދެއްޖެއެވެ.

އޭނަގެ ބޮޑުމަންމަ........އޭނަ ދެކެ އިންތިހާއަށް ލޯބިވާ ބޮޑު މަންމަ......!!!
ބޮޑުމަންމަ..........އެއީ އޭނައަށް ކިހިނެއް ކިއުނު ނަމެއްކަންވެސް އެނގުނީ ހާދަ ފަހުންނެވެ. އޭނައަށް ކުރިން ހީކުރެވިފައި އޮންނަނީ އެއީ މަންމަގެ މަންމަ ކަމަށެވެ. ނުވަތަ އެހެން ހުރިހާކުދިންގެވެސް ހުންނަހެން އޭނަގެ ވެސް މާމަ ކަމަށެވެ.

ކޮންފަދަ މާތް އިންސާނެއްހެއްޔެވެ؟ އެ މަންމައަށް އޭނަ އާއި ދިމާނުވިނަމަ.....ދިމާނުވިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ އަސްލު މަންމައާއެކު އޭނަވެސް މި ދުނިޔެ އަޅާ ދާނީ ނޫންކަމެއްވެސް ނޭނގެއެވެ. މި މަންމައާއި އޭނައާއި ދިމާވުން އެއީ އޭނަގެ ނަސީބެވެ. ޔަގީނެވެ.

އޭނަގެ އެންމެ ތުއްތު ދުވަހު އޭނައަށް އެހީވި މީހަކީ މި މަންމައެވެ. މީހުންގެ ބަސްބުނުންތަކުން އޭނަ ސަލާމަތްކުރަން ބޮޑުމަންމަ ކުރާ މަސައްކަތް އޭނަ މިހާރުވެސް ހަނދާން އެބަހުއްޓެވެ. ގޭދޮށުމީހުންވެސް އޭނައަކީ ކޮން ކުއްޖެއްތޯ އަބަދު ސުވާލުކޮށް އޭރު ހަދައެވެ. އެއިން ކޮންމެ މީހެއްގެ ކައިރީވެސް ތިމަންނާގެ ދަރިއެކޭ ބޮޑުމަންމަ ބުނަމުން އައި ހަނދާންވެސް އިނާ އެބަހުއްޓެވެ. އޭރު މީހުން އެހެން ސުވާލުކުރާތީވެސް އޭނަ ހައިރާން ވެއެވެ. މަންމަގެ ދަރިއެއްގެ ވާހަކަ މަންމަ ކައިރިން އަބަދު އަހާތީއެވެ. އަދި އެއަށް ބޮޑުމަންމަ ޖަވާބު ދިނުމުންވެސް އެ ސުވާލު ކުރާ މީހުންގެ މޫނުމަތިން ނުތަނަވަސްކަމާއި ސުވާލުގެ ބެލުން ފެންނާތީ އޭރު އޭނައަށް ކިހާ އުނދަގޫ ވޭހެއްޔެވެ.

ކުރާނީ ކީއްހެއްޔެވެ؟ އޭރު އޭނަވެސް ހީކުރަނީ ސޯފީހެން އޭނައަކީވެސް ހަމަ އެގޭ ކުއްޖެއް ކަމަށެވެ.

އެކަމަކު އެހަގީގަތް އަބަދަށްވެސް ވަންހަނާވެފައި އޮތްނަމަހީވެސް މާ ރަނގަޅޭ އޭނަގެ ހިތަށް ބައެއްފަހަރަށް އަރައެވެ. އޭނަގެ އަމިއްލަ ފެށުން އައިސްފައިވާ ގޮތުން އޭނަވެސް ލަދުގަނެއެވެ. އޭނަގެ ކުޑައިރުގަވެސް، ސްކޫލް ދައުރުގައިވެސް އެކަމުގެ ސަބަބުން އޭނަ ވަމުން އައީ ހުރިހާ ކަމަކާއިވެސް ފަސްޖެހޭ އަންހެންކުއްޖަކަށެވެ. ބޮޑުމަންމަ އާއި މަންމަ ދެމުން އައި ހިތްވަރުންވެސް އޭނައަށް ލިބެމުން އައީ ކުޑަކުޑަ ހިތްވަރެކެވެ. ކިތަންމެ ލޯބިން އެމީހުން ވިސްނައިދިން ކަމުގައިވިޔަސް އޭނައަށް ނޭނގޭ އުނދަގޫތަކެއް އޭނައަށް އައީ ވަމުންނެވެ.

ސްކޫލް ދައުރުނިމި ވަޒީފާގެ ދާއިރާއަށް ނުކުތްއިރުވެސް އޭނަގެ ކިބައިގައި އެ ސިފަ ހަރުލާފައި ހުރިކަން އޭނައަށް އެނގެއެވެ. އެހެން މީހުން ބުނެފާނެ އެއްޗަކަށް، ކޮށްފާނެ ސުވާލަކަށް އަބަދުވެސް އޭނަ ޖެހިލުން ވިއެވެ. ހަގީގަތުގައިވެސް އޭނަ ޖެހިލުން ވިއެވެ. އެކަމަކު އެއީ އޭރެވެ. މިހާރު މިއީ އޭގެ އެތަކެއް އަހަރު ފަހުންނެވެ. އެކަމަކުވެސް......އޭނަގެ ނަފްސުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް އެ ނުކެރޭ، ފަސްޖެހޭ އަންހެންކުއްޖާ ފޮރުވިފައި ވެއެވެ. އެހެން އެކަކަށް އެކަން ނޭގުނަސް އޭނައަށް އެނގެއެވެ.

އިނާ، އޭނަގެ ބޮޑުމަންމަގެ މޫނަށް ބަލަން އިންއިރު ވިސްނެމުން ދިޔައީ އަމިއްލަ ވިސްނުންތަކެވެ. އޭނަގެ އަމިއްލަ ހަޔާތާއި އެ މާތް މަންމަ އާއި ގުޅުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް ކަންތައް ވެފައި ހުރި ގޮތް އޭނަގެ ވިސްނުމަށް އަންނަމުން ދިޔައެވެ. އެ މަންމަގެ ފަރާތުން އޭނައަށް ލިބުނު ހިތްވަރާއި ޚިދުމަތެވެ. އަމިއްލަ ދަރިއަކަށްވުރެވެސް އޭނަ ދެކެ ލޯބިވެއޭ ބަލާމީހުންނަށް ހީވާ ވަރަށްވެސް އެ މަންމަ އޭނައަށް ލޯތްބާއި އޯގާތެރިކަމާއި ހިމާޔަތް ދިނެވެ.

ބޮޑުމަންމަ އަށް ބަލަން އިން އިނާގެ ލޯ ފެންކަޅިވާން ފެށިއެވެ. އެކަމަކު އެއީ އިނާ ވާން ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން އަޑުއަޑު ނުގޮވާ ގޮތަށް މަޑުމަޑުން ސޯފާއިން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ މޫނު ބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓިއްޖެއެވެ. އޭނައަށް ފެނުނީ ކިތަންމެ ބޭނުން ނުވިޔަސް އޭނަގެ ދެލޮލުން ކަރުނަ ފައިބަމުންދާތަނެވެ.

އޭނައަށް މި ރޮވެނީ ކީއްވެގެން ހެއްޔެވެ؟ ބޮޑު މަންމަގެ ހާލު އެ އަންނަނީ ރަނގަޅު ވަމުންނެވެ. އިރާދަކުރެއްވިއްޔާ މާދަން ވާއިރު މުޅިން ރަނގަޅުވެދާނެއެވެ. އެކަމަކުވެސް.....އޭނަގެ ހިތުގައި ކޮންމެވެސް ކަމެއްގެ ބިރުވެރިކަމެއް އުފެދެމުން ދަނީއެވެ. ކޮންމެވެސް ކަމަކާ އިނާގެ ހިތަށް ތަދުވަމުން ދަނީއެވެ.

ސަބަބުވެސް އިނާއަށް މުޅިއަކުން ނޭނގެނީކީ ނޫނެވެ. އެ ސަބަބާ ބައްދަލުކުރަން އޭނަ ބޭނުން ނުވަނީއެވެ. އެ ސަބަބު އޭނައަށް ނޭނގި އޭނަގެ ވަށައިގެން ކިތަންމެ ގިނައިން އެނބުރުނަސް އެ ސަބަބާއި އިނާ ބައްދަލުވާކަށް ބޭނުމެއް ނޫނެވެ.

އެކަމަކުވެސް އެހެން ވާނެހެއްޔެވެ؟ އިނާގެ ހިތަށް ތަދުވަމުން އެ ދަނީ އެއްކަމެއް ދެކަމަކާހެދިއެއް ނޫނެވެ. ބޮޑުމަންމަގެ ހާލާމެދު ކުރެވޭ ފިކުރަށްވުރެ އޭނަގެ ހިތަށް ވަމުން އެދާ އުނދަގުލުގެ ސަބަބުވެސް އޭނައަށް ކުރެވޭ ފިކުރު ކުޑައެއް ނޫނެވެ. އެއީ ޒިޔާދުއެވެ. އަދި ޒިޔާދުގެ ސަބަބުން ދިމާވެފައިވާ މައްސަލައެވެ.

އެހެންވިޔަސް ހެވެވެ. ޒިޔާދުގެ ކިބައިން ފަހަކަށް އައިސް މި ފެންނަ އެކިއެކި ކޫސަނި ކަންތަކާ ވިސްނާ ރޮއިހަދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެއީ އޭނަ އުޅޭހިތްވާގޮތެއް ނޫނެވެ. އެހެންކަމުން ހިތްވަރުކޮށްލާފައި ފުންނޭވާއެއް އިނާ ލިއެވެ. އަދި އަވަހަށް އިސްކުރު ދޫކޮށް މޫނުގައި ފެން ހާކާލިއެވެ.

** ** ** ** ** ** ** ** **

އާ ދުވަހަކަށް އިރު އަރައިފިއެވެ.
އިނާމެންތިބި ކޮޓަރި ތެރެއަށް އިރުގެ މާ ބޮޑުއަލިކަމެއް ވެރިނުވިޔަސް އިނާއަށް މިކަން އެނގުނީ ކޮރިޑޯ ތެރެއިން އިވެމުން ދިޔަ މަދު ފިޔަވަޅުތައް ސަތޭކައެއްހާ ފިޔަވަޅުތަކަށް ބަދަލުވާހެން ހީވި ހިސާބުންނެވެ.
ހޭލާ ހުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ނިދި ބަރުވެފައިވާ ދެލޯ ރަނގަޅަށް ހުޅުވަން މަސައްކަތް ކުރަމުން ގޮސް އިނާ އެންމެ ފުރަތަމަވެސް ބަލާލީ ބޮޑުމަންމަގެ ހާލެވެ. އައިވީ ފަދަ އެއްޗެއް ގުޅާފައި ނެތުމުގެ ސަބަބުން މުޅި ރޭވެސް އިނާއަށް މާ ބޮޑު ކަންބޮޑުވުމެއް އިހްސާސް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ބޮޑުމަންމަގެ ވިންދުބަލާލާ ހަދާލާފައި ގައިމަތިން ފޮތިގަނޑު ރަނގަޅުކޮށްލާފައި އިނާ ހިންދެމިލިއެވެ.

"
ދަރިފުޅާ އިނާ........!!!" ނިދީގެ ތެރެއިން ޚާލިދާ އިނާއަށް ގޮވާލިއެވެ.
"
ކީކޭ ބޮޑުމަންމާ......؟" ބޮޑުމަންމަކައިރިއަށް ޖެހިލާފަ ބޮޑުމަންމަގެ އަތްތިލައިގަ ފިރުމާލަމުން އިނާ އަހާލިއެވެ. ހިތްފުރިގެން އައިފަދަ އުފަލާ ލޯތްބާއެކުގައެވެ.

"
ދަރިފުޅު އަދިވެސް އިނީތަ؟ ބައްޕަ ނާދޭ ދޯ އަދިވެސް.....؟" ލޯވެސް ނުހުޅުވާ އެއޮތްގޮތަށް އޮވެ ޚާލިދާ އަހާލިއެވެ.
"
އާނ.....އެކަމަކު ދެން އެހާ ލަހެއްނުވާނެހެން ހީވަނީ؟ ކަމަކުތަ ބޮޑުމަންމާ.....؟" އިނާ އަހާލިއެވެ.
"
އުނހުނ.......ދަރިފުޅު ކިހާ ވަރުބަލިވާނެ؟" މަޑުމަޑު އަޑަކުން ޚާލިދާ ބުނެލިއެވެ.

އިނާ ވަކި އެއްޗެއް ނުބުނެއެވެ. ހިނިތުންވެލާފައި ބޮޑުމަންމަގެ ހުދު އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. ޚާލިދާ ހަމަ ދެލޯމަރާލައިގެން އޮތީއެވެ. ދަރިފުޅުގެ ފިރުމުމާ ލޯބި އިހްސާސް ކުރަމުންނެވެ.

އިނާގެ ލޯ ފުރިގެން އައެވެ. ހިތަށް ކުރަމުން ދިޔަ އަސަރުތަކުންނެވެ. އެ މަންމައަށްޓަކައި އުމުރު ދުވަހުވެސް ކައިރީގަ ހުރެވޭނެ ނަމައޭ އޭނަގެ ހިތް އެދެއެވެ. އެކަމަކު އޭނަގެ އުމުރުން 13 އަހަރުން ފެށިގެން އޭނަ ހުންނަނީ ޚާލިދު އާއި ޝީލާގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، އެ ދެމަފިރިން ދާ ކޮންމެ ތަނަކަށް އޭނައަށް ދާން ޖެހޭކަން އެއީ ހަގީގަތެވެ. އެހެންކަމުން މިއަދުވެސް ބޮޑުމަންމަ ގެއަށް ފޮނުވާލުމުން ވީ އެންމެ އަވަހަކަށް އެމީހުން ރަށަށް ދާންޖެހޭނެކަން އިނާއަށް އެނގެއެވެ. އެ ހަނދާނުން އިނާގެ ހިތަށް ނޭނގޭ އަސަރުތަކެއް ކުރުމުން އިނާގެ ލޯ ދިޔައީ ފެންކަޅި ވަމުންނެވެ.

"
ދަރިފުޅާ.........!!!" ޚާލިދާއަށްވެސް އޭނަގެ އިނާ ވަރަށް ރަނގަޅަށް އެނގޭކަން އެނގުނެވެ. އިނާގެ އަތުގެ އިހްސާސްތަކާއެކު ހިތުގެ ހާލުވެސް ޚާލިދާއަށް އިހްސާސްވީ ކަންނޭނގެއެވެ. ނިދީގެ ސަބަބުންނާއި ބަލިވުމުގެ ސަބަބުން ވަރުދެރަވެފައިވާ ދެލޯ ހުޅުވާލާފައި އިނާއަށް ޚާލިދާ ގޮވާލީ އެހެންވެގެންނެވެ.

އިނާއަކަށް އަނގައަކުން ނުބުނެވުނެވެ. ބޮޑުމަންމައަށް ފެނިދާނެތީ އުޅޭފާޑަކަށް އޭނަ އިސްޖަހާލީއެވެ.

"
ދަރިފުޅު އަދިވެސް ބޮޑެއް ނުވޭދޯ؟ ނުރޮއި.........ބޮޑުމަންމަ މިހާރު ރަނގަޅޭ.....ބޮޑުމަންމައަށްވުރެ ބޮޑަށް އެކަން އެނގޭނެ ދަރިފުޅަށް. ދަރިފުޅުނު ނަރުހަކީ. ހުއްޓާލާ.....ބޮޑުމަންމަ ނެތްދުވަހަކުވެސް ނުރޯތި އިނގޭ." ހިތްވަރާއެކު އަތްއުފުލާލާ އިނާގެ ކޮލުގައި އަތްޖައްސާލަމުން ޚާލިދާ ވާހަކަ ދެއްކިއެވެ.

އިނާއަށް އިސްއުފުލާލެވުނީ ސިހުނުލެއް ބޮޑުކަމުންނެވެ. މަންމަ "ނެތްދުވަހަކުން" ނޭ ބުނިއަޑު އިވުމުންނެވެ.

"
ތިއީ މި މަންމަގެ އުފަން ދަރިއަކަށްނުވިޔަސް، މި މަންމަ އެންމެ ލޯބިވާ ދަރިފުޅުކަން ދުވަހަކުވެސް ހަނދާން ނައްތާނުލާތި އިނގޭ. މަންމައަށް އެނގޭ ދަރިފުޅު ތިރޮނީ ރަށަށް ދާންޖެހޭތީކަން. އެކަމަކުވެސް ބުނަން.......ކޮންމެ ތާކުހުއްޓަސް މި މަންމަގެ ހެޔޮ ދުޢާތައް ދަރިފުޅާއެކުވާނެކަން ހަނދާން ނައްތާނުލާތި." ޚާލިދާ ވަރަށް ލޯތްބާއެކު ޔަގީންކަން ދިނީ އޭނަ އެ ދަރިފުޅު ދެކެ ވާ ލޯބީގެއެވެ. އެ ދަރިފުޅަކީ އޭނައަށް މަރުވެސް ދޭނެ ދަރިއެއްކަން ޚާލިދާއަށް އެނގޭތީއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. ކުޑަކުޑައިރުވެސް ހިތްވަރު ދޭ ފަދައިންނެވެ. ވިސްނައިދޭ ފަދައިންނެވެ.

"
އަވަހަށް ހުއްޓާލާ. މަންމައަށް ކޮންމެވެސް ބޯ އެއްޗެއް ދީބަލަ ނިކަން. މާ ބޮޑަށް ފެންބޮވަނީ ހަމަ." ވާހަކަ ނިންމާލާފައި ހިނިތުންވެލަމުން ޚާލިދާ ބޯ އެއްޗަކަށް އެދުމުން އިނާ އަވަސް އަވަހަށް މޫނު ފޮހެލާފައި ހިނގައިގަތެވެ.
"
ކުރުނބާ ފެން މިގެނައީ" ތައްޓަކަށް ކުރުނބާ ފެންއަޅައިގެން އައިސް ހުއްޓެމުން އިނާ ބުނެލިއެވެ.
"
ރަނގަޅުވާނެ. އެކަމަކު މަންމައަށް އެންމެފުރަތަމަ ފެން އަޅާދީބަލަ. ފަހުން ކުރުނބާ ބޯނީ." ޚާލިދާ އެދުނީ ފެނަށެވެ.

އިނާ އަވަހަށް ގޮސް އެތަށި ބަހައްޓާފައި އެހެން ތައްޓަކަށް ފެން އަޅައިގެން އައިސް ޚާލިދާއަށް ފެންދޭން ފެށިއެވެ. ތަށީގެ މެދަށްވުރެ ގިނައިން ހުރި ފެން ޚާލިދާ ބުޔެވެ. އެއަށްފަހު ފުން ނޭވާއެއްލާފައި އިނާގެ އެހީއާއެކު އޮށޯވެއްޖެއެވެ.

އިނާވެސް ތަށި ބަހައްޓާފައި އައިސް ބޮޑުމަންމަގެ ގައިމަތީ ފޮތިގަނޑު ރަނގަޅުކޮށްލަދިނެވެ.

"
ބޮޑުމަންމަ އަދި ކުޑަކޮށް ނިދޭތޯ ބަލަންވީނު. ޑޮކްޓަރުން އަންނަން އަދި ބައިވަރު ވަގުތު އެބައޮތް. " ޚާލިދާ ހަމަޖެހިލުމުން އިނާވެސް ޚާލިދާގެ މަގަތުން ގޮނޑީގައި އިށީނދެލާފައި ބުނެލިއެވެ.

"
މަންމަވެސް ނިދި އެބައާދޭ ވަރަށް." ހިނިތުންވެލާފައި ޚާލިދާ މިހެން ބުނެލިއިރުވެސް އޮތީ ދެލޯމަރާލައިގެންނެވެ.

ފަނަރަވަރަކަށް މިނެޓްވަންދެން އިނާ އެ ގޮނޑީގައި އިނެވެ. އެއަށްފަހު ބޮޑުމަންމައަށް ނިދިއްޖެކަން ޔަގީންވުމުން މަޑުފިޔަވަޅުތަކެއްގައި ގޮސް އިނާ ވަނީ ފާހާނާއަށެވެ. ހެނދުނަށް ތާޒާ ވެލުމަށެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު ގެއިން އައުމާއެކު އޭނަ ގެއަށް އެނބުރި ދާންޖެހޭނެތީ އެވަގުތަކަށް ތައްޔާރު ވެލުމަށެވެ.

މިއަދު ގެއިން އައީ ޚާލިދުއެވެ. ހަތެއްޖަހަން ފަނަރަ ވަރަކަށް ހުއްޓާ އައިސް ޚާލިދު ވަންއިރު އިނާ އިނީ ސޯފާގައި އިށީނދެލައިގެންނެވެ.

"
ދަރިފުޅު ހާދަ ވަރުބަލިވެފަހެން ހީވެއޭ." ކޮޓަރިއަށް ވަދެފައި ޚާލިދު ފުރަތަމަވެސް ކައިރިވެލީ އޭނަގެ ދައްތަ އޮތް އެނދާއި ކަމަށް ވިޔަސް، ދައްތައަށް ނިދިފައި އޮތީމަ ދެން ގޮސް އިނާ ކައިރީ ސޯފާގައި އިށީންނަމުން ޚާލިދު ބުނެލީ އޭނައަށް ހީވި ގޮތެވެ.

"
ކުޑަކޮށް........" ހިނިތުންވެލަމުން އިނާ އޭނަގެ ބައްޕައަށް ޖަވާބު ދިނެވެ.
"
އަވަހަށް ދެން ދޭ ދަރިފުޅު. ކާރު އެބައޮތް ބޭރުގަ. ގޮއްސަ ނިދާލާފަ އިނގޭ އެހެން ކަމަކާ އުޅޭނީ. ބައްޕައަށް އެނގޭ ދަރިފުޅު. އެހެންވެ މިހެން މި ބުނީ. ބައިގަޑިއެއްހާއިރުވިޔަސް ނިދަންވާނެ އިނގޭ. ދެން ދޭ އަވަހަށް." އިނާގެ ކޮނޑުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ޚާލިދު ވިސްނައިދިނެވެ. އިނާއަކީ ރޭގަނޑު ހޭލާ ހުރެފައިވެސް ދުވާލު ނުނިދާ މުޅި ދުވަސް ހޭދަކޮށްލާނެ ކުއްޖެއް ކަން ޚާލިދު ދަނެއެވެ.

"
ރޭގަ ޚާއްޞަ ކަމެއް ހިނގިތަ؟ ދައްތަގެ؟" އިނާގެ ދަބަސް ނަގަން އޭނަ ހިނގައިގަތުމުން ޚާލިދު އޭނަގެ ދައްތަގެ ހާލާއި ބެހޭ ގޮތުން ސުވާލު ކުރިއެވެ.
"
ނޫން. އިރާދަކުރެއްވީތީ ރޭގަ ހުރިހާކަމެއްވެސް ރަނގަޅު. އެއްވެސް މައްސަލައެއް ނެތް ރޭގެ ރިޕޯޓްތަކަކުވެސް." ދަބަސް ހިފައިގެން އެނބުރެމުން އިނާ ޔަގީންކަން ދިނެވެ. ނަރުހެއްގެ ހައިސިއްޔަތުންނެވެ. އަދި ދަރިއެއްގެ ނަޒަރުންވެސް ބަލާލަމުންނެވެ.

"
އެހެންވެއްޖިއްޔާ މިއަދު ދައްތަ ގެއަށް ދޫކޮށްލާނެކަންނޭނގެ. އާނ ދެން ދަރިފުޅުދޭ. ބައްޕަ އަންގާނަން. މަންމަ އެބަހުރި ދަރިފުޅު އަންނަންދެން ގޭގަ." ޚާލިދު ބުންޏެވެ.

"
ކުޑައިރުކޮޅެއް ކުރިން ބޮޑުމަންމަ ހޭލި. ފެންދޭށޭ ބުނީމަ ފެން ދިނީމަ ނިދިފަ ބޮޑުމަންމައަށް އެއޮތީ. އެހެން އެއްވެސް އެއްޗެއް އަދި ނުދެން." އިނާ އެންމެ ފަހުގެ ހާލަތު ބައްޕައަށް ބުނެދިނެވެ.

"
އާނ....ރަނގަޅު. ދަރިފުޅު ގޮއްސަ މަންމަ ފޮނުވާ އަވަހަށް." ޚާލިދުގެ އެންމެ ފަހު ވާހަކަކޮޅާއެކު އިނާ އެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ގެއަށް ދިއުމަށްޓަކައެވެ.

ބައްޕައެބުނުއްވީ ރަނގަޅަށެވެ. އޭނައަށްވެސް ހީވަނީ މިއަދު ބޮޑުމަންމަ ގެއަށް ދޫކޮށްލާނެހެންނެވެ. ބޮޑުމަންމަ ހޮސްޕިޓަލުގައި އޮންނަން ޖެހޭނެ ސަބަބެއް ދެނެއް ނެތެވެ. ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމުގެ ސަބަބުން ވަރުދެރަވިޔެއް ކަމަކު ސިއްހީ ގޮތުން ބަލާއިރު އެއްވެސް މައްސަލައެއް ފެންނާކަށް ނެތެވެ. ހުރިހާ ރިޕޯޓަކުންވެސް ދައްކާ ގޮތުންނަމަ ރަނގަޅެވެ. އެހެންވީމަ މިއަދު ފޮނުވާލާނެކަމަށް އިނާވެސް ޔަގީން ކުރިއެވެ.

އޭރަށް މާދަމާ އެމީހުންނަށް ރަށަށްވެސް ދެވޭނެއެވެ. ރަނގަޅެވެ. ކިތަންމެހާވެސް ރަނގަޅެވެ. ޒިޔާދުގެ ކިބައިން އޭނައަށް އަވަހަށް ސަލާމަތް ވެވޭނީވެސް އޭރުންނެވެ. އޭނައަށް ވާނެނަމަ މިއަދު ބޮޑުމަންމަ ގެއަށް ފޮނުވާލައިފިއްޔާ މިރޭ ވުމުގެ ކުރިން އޭނަ ފުރައިގެން ދާނެއެވެ. ޒިޔާދު އެބުނާ ބޮޑު ބައްދަލުވުމަކީ އޭނަ ވާން ބޭނުންވާ ކަމެއް ނޫނެވެ. އެ ބައްދަލުވުމުން ރެކެން އޭނައަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރަން އޭނަ ބޭނުންވެއެވެ.

ހަމަ އެންމެ ސަބަބަކާހެދިއެވެ. ޒިޔާދުއާއި އިތުރަށް އެ ވާހަކަ ދެއްކި ވަރަކަށް މައްސަލަ ވާނީ ގޯސްހެން އޭނައަށް ހީވާތީއެވެ. އެ ގޯސް ވުމަށްވުރެ އެ ވާހަކަ އެއްގޮތަކަށް ނުދެއްކުންވެސް އޭނައަށް މާ ރަނގަޅެވެ. ދުވަސްކޮޅެއްފަހުން ޒިޔާދުގެ ރުޅި ފިނިވެދާނެއެވެ. އޭގެ ފަހުން ދެން ދައްކާ ވާހަކައެއް ދެއްކުން މާ ބުއްދިވެރިވެފައި ނަތީޖާ ނުކުތުންވެސް އަވަސް ވާނެ ކަމަށް އިނާ ދެކެއެވެ. ޒިޔާދުގެ ގޮތާއި ބާވަތް މިހާރު އިނާއަށް އެނގެން ފަށާފައިވާތީ، އިނާގެ ހިތް ދިޔައީ ފިނޑިވަމުންނެވެ.

އިނާ އޭނަގެ ދަބަސް ތެރެއިން ފޯން ނަގައިގެން ފޯން ބަލާލިއެވެ. ޒިޔާދު ގުޅާފަ ނޫނީ މެސެޖެއްވިޔަސް ކޮށްފައި އޮވެދާނެ ކަމަށެވެ. ވީ މާ ރަނގަޅަށޭ އިނާ ހިތަށް އެރިއެވެ. ފޯން އޮތީ ބެޓެރީ ޑައުންވެގެން ނިވިފައެވެ. ނިވުނީ ކޮން އިރަކު ކަމެއްވެސް އިނާއަކަށް ނުމެ އެނގެއެވެ. އެހެންވިޔަސް އެއީ ރޭގައި ޒިޔާދު ދިޔަ ފަހުންކަން ގައިމެވެ.

ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި އަލުން ފޯން ނަގާ ދަބަސްތެރެއަށް ލާފައި ސީޓްގައި ހަމަޖެހިލިއެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިނެއްކަމަކު އިނާގެ ލޯކުރިމަތިން ފެންނަ އެއްވެސް މަންޒަރެއް އިނާއަށް ނުފެންނަ ފަދައެވެ. އިނދެވުނީ އެއަށްވުރެ ބޮޑަށް ފިކުރު ބޮޑުވެފައެވެ.

އިނާ އިން ގޮސް ކާރު ގޮސް މަޑުކޮށްލީވެސް ގަރާޖް ތެރެއަށެވެ. ކާރުން ފައިބައިގެން އިނާ ގޮސް ގެއަށް ވަނީ ގަރާޖްތެރޭން ގޭތެރެއަށް ވަދެވެން ހުންނަ ދޮރުންނެވެ. އެއާއެކު އިނާއަށް ސިހުމެއް ލިބުނެވެ.
ސިޓިންރޫމްގެ ދޮރު ކައިރީ ބޭރު ދޮރާއްޓާއި ދިމާލަށް ބަލަން ހުރި ސޯނިއާ ހުރީ ހަގު ދަރިފުޅު ރަޔާން އުރާލައިގެން ރޮވިފައެވެ. ސޯނިޔާގެ ކައިރިއަށް ހުއްޓިލަމުން އިނާ ބަލާލީ ސޯނިޔާ އެބަލަން ހުރީ ކޮންކަމަކަށްތޯއެވެ. އޭނައަކަށް ފެންނާކަށް އެއްވެސް މީހަކުވެސް އަދި އެހެންކަމެއްވެސް އެތާކު ނެތެވެ.

"
ކިހިނެއްވީ ދޮންތާ.......؟ ކިހިނެއްވެފަ ތިހިރީ.....؟" ސޯނިޔާގެ އުރުގައި އިން 9 މަހުގެ ރަޔާން އުރާލަން މަސައްކަތް ކުރަމުން އިނާ އަހާލިއެވެ. ފަރުވާތެރިކަމާއެކުގައެވެ.

"
އިނާ......!!" ސޯނިޔާއަށް އިނާ ފެނުމުން ހަމައެކަނި ބުނެލެވުނީ މިވަރަށެވެ. ދެން އެއަށްވުރެ ބޮޑަށް ރޮއިގަނެވިއްޖެއެވެ. އޭނަގެ އުރުގައި އިން ރަޔާންއަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ.
ވީ ކީއްކަން ނޭނގޭ އިނާ ސޯނިޔާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނދެ ވީ ކިއްތޯ އަހަން ފެށިއެވެ.

"
މަންމަ........މަންމަ ނިޔާވެއްޖެ..............!!!" ސޯނިޔާއަށް ސޯފާގައި އިށީނދެވުމާއެކު ބުނެލެވުނެވެ. އަދި ހަމައެއާއެކު މޫނުގައި ދެއަތް އަޅާފައި ސޯނިޔާއަށް ރޮއިގަނެވިއްޖެއެވެ.

އިނާއޭތޯއެވެ. އިނާއެކޭ ގަނޑުވެފައި އިން ބުދެކޭ އެއްގޮތެވެ. ހުއްޓިފައި ހުރި މަންޒަރެކޭ އެއްގޮތެވެ.
********(ނުނިމޭ)********

http://www.muraasil.com/images/loading.gif
http://www.muraasil.com/images/comment_reply.pngPosted on 2011-02-16 10:42:32 | Report this Comment
ހާދަ ރީއްޗޭ!
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ!!!
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 14:43:31 | Report this Comment
ދުވަސްތަކަކަށް ފަހު ފުރަތަމަ ރަބީޢުމަހުގައި ތިޔަ ފެއްޓެވި ފެއްތެވުމަށް މަރުޙަބާ! ތި ގޮތުގައި ސާބިތުވެ ހުންނެވުމަށް އެދެވޭ. ދެ ދުވަހުން ނަމަވެސް އާ ބައެއް ގެނެސް ދިނުމަކީ އަޅުގަޑުގެ އެކަނި އެދުމެއް ނޫން.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ!!!
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 14:59:10 | Report this Comment
މާލަސްދޯ ތިގެނެސްދެވޭލޭ. ހަމަވަގުތު ނުވަނީދޯ... ހާދަ ދެރައޭ...
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް މާ ދެން ލަސް. ސޮރީ އިނގޭ........ބަލާނަން ރަނގަޅު ކުރެވޭތޯ
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 15:06:46 | Report this Comment
"މިތުރުންގެ ހިތަށް ދަތިކުރި ކަޅުފޮއެ ރޭތައް ނިމި ފިޠުރަތުގެ އުޞޫލުން ފަތިސްވީއެވެ. ފަތިސްތަރި ފެނުނީއެވެ. ޒަމާން ބަދަލުވުމަކުން ފަތިސްތަރީގެ ވިދުމަކަށް ބަދަލެއް ނާދެއެވެ. އުޑުމަތީ ދަތުރުކުރާ ކަޅުވިލާ ތަކުން ފަތިސްތަރީގެ އަލިކަން ފަޑުވިޔަ ނުދެއްވުން އެދެން. ހިތްވަރާއި ކެތްތެރިކަމާއެކު ސާބިތުވެ ހުންނެވުމަށް ދަންނަވާލާ ހިތްވޭ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ!!! މަސައްކަތް ކުރާނަން އެފަދަ ހިތްވަރުގަދަ މީހަކަށް ވެވޭތޯ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 15:52:51 | Report this Comment
ރީތި..ހާދަ ލަސްވީ؟؟ ހާލު ރަގަޅުތަ؟
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އަސްލުވެސް ދޯ..........މާލަހީ.......!!! ސޮފާވެސް ގަބޫލުކުރަން. ހާލު ދޯ؟ ހާލުގެ ވާހަކައަށް ކީކޭ ސޮފާ ބުނާނީވެސް.
http://www.muraasil.com/images/reportAbuseIcon.gif
ޝައްޖު: ހާދަ ދެރަ ތިވަނީ ؟؟ ބަލީތަ ؟
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 16:45:00 | Report this Comment
ހާދަ ދުވަހެއް ކޮށްފަ އަޕްލޯޑްތިކުރީ....... ކާކުގެ މަނަމައެއްބާ މަރުވީ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: މަރީއަށް ޝުކުރިއްޔާ. ކޮމެންޓް ކުރީތީ. އަސްލުވެސް ނޭނގުނުތަ ކާކުގެ މަންމައެއްކަން މަރުވީ؟؟ ދެރަކަމެއް ތިއީ. ހުރޭ......މާދަން ބައިން އެކަން ރަނގަޅަށް އޮޅުންފިލުވަދެވޭތޯ ބަލާނަން އިނގޭ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 18:27:13 | Report this Comment
ކިހާދިގު އިންތިޒާރެއް ކުރެވިއްޖެ މިހާރު ވާހަކައަށް. ދެން އަޅެ އެހެން ނަހަދައްޗޭ އިނގޭ. މިހާރު ކޮބާތަ ނަވީން. އޭނަގެ ބައި ވަރަށް މިސްވޭ މިވާހަކަ ކިޔާއިރު
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ކެތްކުރަން ދަސްކޮށްދޭ ކްލާހެއް ހިންގަންވީ ދޯ؟ ހެހެހހެ.............
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 23:16:57 | Report this Comment
ހާދަ ދުވަހެއްވެއްޖެޔޭ........އެހެން ނަހަދާ ދެން އަވަހަށް ގެނެސްދެއްޗޭ ސޮފާ. މި މުރާސިލްއަކު ނެތް މި ނޫނީ އިޝު ކިޔާހިތްވާކަހަލަ ވާހަކައެއްވެސް.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: އާނ އިޝޫ.........ބަލާނަން އަވަހަށް ގެނެސްދެވޭތޯ. ޝޫކުރިއްޔާ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 23:23:19 | Report this Comment
އިޓްސް ބީން އަ ލޯންގް ޓައިމް ފަތިސްތަރި ނާރާތާ. ޕްލީޒް. ކޮންމެ ދުވަހަކު ގެނެސްދީބަލަ. އެހެން ނޫނީ ޓަޗް ގެއްލެނީ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޔެޕް. އައި ވިލް ޓްރައި އިނގޭ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-16 23:31:10 | Report this Comment
ސޮފާ.........ލަސްނުކޮށް ގެނެސްދޭންވާނެ ދެން. ސްވީޓީއަށް ޔަގީން ސޮފާ ލިޔާ ވާހަކައެއް އާދައިގެ ގޮތަކަށް ނުދާނެކަން. ނިކަން އަވަސް އަވަހަށް ގެނެސްލަބަލަ.
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ދޮގެއްވާނޫން. ތަންކޮޅެއް އަވަހަށް ގެނެސްދޭންވެއްޖެ އަސްލުވެސް. މަސައްކަތް ކުރާނަން އިނގޭ. ދެން ތި ކުރި ތަޢުރީފަށްވެސް ޝުކުރިއްޔާ އިނގޭ.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-17 00:05:58 | Report this Comment
ހާދަ ދުވަހެށް ކޮށްފަތި ގެނެސްދިނީ.... ވ ރީތި އަނގޭ
http://www.muraasil.com/images/reportAbuseIcon.gif
http://www.muraasil.com/images/icons/comments_user.gifފަތިސްތަރި: ޝުކުރިއްޔާ ކްރިސް.........!!! ކަންތައްތައް ހުންނަ ގޮތުން ހަމަ ވަގުތު ނުވެގެން ނުގެނެސްދެވެނީ. އެކަމަކު އެބަ މަސައްކަތް ކުރަން އިނގޭ. ކްރިސް މެންކަހަލަ ކުދިން ސޮފާއަށް ހިތްވަރު ދިންވަރަކަށް ކުރިއަށް ދާން ފަސޭހަވާނެ. ގިނަގިނައިން ހިތްވަރުދޭތި އިނގޭ. އޭރުން ވާނެ މިކަން.
Top of Form
ނަން:

ކޮމެންޓު:
Bottom of Form


http://www.muraasil.com/images/comment_reply.pngPosted on 2011-02-17 08:31:51 | Report this Comment

0 comments:

Post a Comment